Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތުގެ މަގުތައް-2

Shaba
Shaba Level 110 Stories
July 30, 2026 2 Mins Read
6 Comments

ޔައިޝްގެ ދުލުން “ޔަޝްމީ” ގެ ނަން އިވުމާއެކު، އަފްލާޒްގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެނެވެ. އޭނާގެ ހިތަށް ލިބުނު ސިހުމާއި ރިހުން ބޭރުފުށުން ނުދައްކާވޭތޯ އޭނާ ދަތްކުނޑިވިކާލިއެވެ. ޔަޝްމީއަކީ އޭނާގެ ހިތުގެ މަލަކަށް ހަދައިގެން، ކޮންމެ ދުވަހަކު ކޮލެޖުން ފެންނާނެ ވަގުތަކަށް އިންތިޒާރުކުރާ ހަމައެކަނި ސޫރައެވެ. ނަމަވެސް މިއަދު އޭނާގެ އެންމެ ގާތް އެކުވެރިޔާ، އޭނާގެ ފުރާނަ ފަދަ ރަހުމަތްތެރިޔާ މި ބުނަނީ ޔަޝްމީ ދެކެ ލޯބިވާ ވާހަކައެވެ.

“ޔައިޝް… ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް؟” އަފްލާޒް ގަދަކަމުން އަޑު ހަމައަކަށް އަޅުވަމުން އަހައިލިއެވެ. “ލިޔުޝާ ކޮބާ؟ އޭނާ އެހާ ލޯބިން އުޅޭއިރު، ތިގޮތަށް ކަންތައް ކުރުން ރަނގަޅެއް ނޫނެއްނު”

ޔައިޝް ބޮލުގައި އަތް ހާކާލަމުން ދެކޮޅަށް ހިނގަން ފެށިއެވެ. “އަހަރެންނަށްވެސް އެނގޭ އަފްލާޒް! މިއީ ކުށެއްކަން އެނގޭ. އެކަމަކު ހިތަކަށް ބާރެއް ނުފޯރުވޭނެއެއްނު؟ ދާދިފަހުން ގްރޫޕް ޕްރޮޖެކްޓެއްގެ ތެރެއިން ޔަޝްމީއާ ވާހަކަދައްކަން ފެށުނު ފަހުން، އަހަރެންގެ ޚިޔާލުތަކުން އޭނާ ވަކި ނުކުރެވޭ. އަހަރެން ލިޔުޝާއަށް ދެރައެއްދޭކަށް ބޭނުމެއް ނޫން. އެކަމަކު ހަގީގަތް ފޮރުވައިގެން އުޅުމަކީ އޭނާއަށް ވާނެ މާ ބޮޑު ކެހިވެރިކަމެއް.”

އަފްލާޒް އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓެވެ. އޭނާގެ ހިތް ގޮވަމުންދިޔައީ “އަހަރެންވެސް ޔަޝްމީ ދެކެ ލޯބިވަމޭ” ބުނުމަށެވެ. ނަމަވެސް އެކުވެރިކަމުގެ ހައްގުގައި އޭނާގެ ދޫ ބަންދުވިއެވެ.

އެ ވަގުތު ކޮލެޖުގެ ގޭޓުން ބޭރުގައި ހުރި ބަސްހުއްޓީގައި ޔަޝްމީ އިނީ ފޯނަށް ބަލާށެވެ. އޭނާގެ ހިތް ތަޅެމުންދިޔައީ މިއަދު ހަވީރު އަފްލާޒްގެ ހަތަރުކަޅި ހަމަވި ވަގުތު ކުރެވުނު އިހުސާސްތަކުންނެވެ. ހަގީގަތުގައި ޔަޝްމީ އަފްލާޒް ފެނުމުން އަވަހަށް ދަނީ އޭނާ ދެކެ ފޫހިވާތީއެއް ނޫނެވެ. އޭގެ އިދިކޮޅެވެ. އަފްލާޒްގެ ކުރިމައްޗަށް ދިއުމުން އޭނާގެ ހިތް ބާރަށް ތެޅި، ހާސްވާތީއެވެ. އަމިއްލަ ޖަޒުބާތުތައް ފަޅާއަރާފާނެތީއެވެ.

ޔަޝްމީ ފުން ނޭވާއެއްލަމުން ހިތާހިތުން ބުންޏެވެ. “އަފްލާޒްއަށް ދުވަހަކުވެސް އަހަރެންގެ ހިތުގެ ހާލެއް ނޭނގޭނެއެވެ. އޭނާއަކީ އެހާ މޮޅު، މަޑުމައިތިރި ކުއްޖެކެވެ. އަހަރެން ފަދަ އާދައިގެ ކުއްޖަކަށް އޭނާ ހިތް ކިޔާނެ ހެއްޔެވެ؟” އޭނާގެ ވިސްނުން މެދުކަނޑާލީ ފޯނަށް އައި މެސެޖަކުންނެވެ. އެއީ ޔައިޝްގެ މެސެޖެކެވެ. “ޔަޝް، މާދަމާ ކޮލެޖުން ހެނދުނު ބައްދަލުވެވިދާނެތަ؟ ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އެބައޮތް.” ޔަޝްމީ ބޯކަހާލަމުން “އާނ” އޭ ޖަހާފައި ރިޕްލައި ކުރިއެވެ. އޭނާއަށް ނޭނގުނު ކަމަކީ އެ ބައްދަލުވުމުން އޭނާގެ ހަޔާތް ބަދަލުވެގެންދާނެ ކަމެވެ.

ލިޔުޝާ ގޮސް ކޮޓަރިއަށް ވަތް ގޮތަށް އެނދަށް ވެއްޓިގަނެ ރޯންފެށިއެވެ. އޭނާގެ ހަވަނަ ހިއްސުން އޭނާއަށް ބުނެދެނީ ޔައިޝް އޭނާއާ ދުރުވަމުންދާ ކަމެވެ. ކުރިން ކޮންމެ ރެއަކު ގުޅާ، ދިގު މެސެޖުތައް ކުރާ ޔައިޝް މިއަދު އޭނާގެ މޫނަށް ބަލައިލަންވެސް ބޭނުންނުވާ ފަދައެވެ.

“އަހަރެންގެ ކޮން ކުށެއްބާއެވެ؟” ލިޔުޝާގެ ހިތް ކުދިކުދިވަމުންދިޔައެވެ. އެވަގުތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝައިހާ އަށް ގުޅާލިއެވެ.

ޝައިހާ ފޯނު ނެގުމާއެކު ލިޔުޝާގެ ގިސްލުމުގެ އަޑު އިވިގެން ހާސްވިއެވެ. “ލިޔޫ! ކިހިނެއްވީ؟ ރޮނީ ކީއްވެ؟”

“ޝައި… ޔައިޝް… ޔައިޝް މިހާރު އަހަރެން ދެކެ ލޯތްބެއް ނުވޭ. އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަނީ،” ލިޔުޝާ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. ޝައިހާ ލިޔުޝާއަށް ހިތްވަރުދެމުން ބުންޏެވެ. “ތިއީ ކުށްހީއަކަށްވެސް ވެދާނެއެއްނު؟ މާދަމާ އަހަރެން ޒައިން ކައިރީ ބުނެގެން ޔައިޝްއާ ވާހަކަދައްކާލާނަން. ކަންބޮޑުނުވޭ ލިޔޫ.”

އެރޭ ދަންވަރު ޒައިން އާއި ޔައިޝް ތިބީ އާދައިގެމަތިން ކޮފީއެއްގައެވެ. ޝައިހާ ބުނެގެން ޒައިން އިނީ ޔައިޝްގެ މޫނުމަތިން ކަމެއް ދެނެގަނެވޭތޯ ބަލާށެވެ.

“ޔައިޝް، ކޮބާ ލިޔުޝާ؟ މިރޭ މާ ހިމޭންވެފައި ކީއްވެ؟” ޒައިން ސަމާސާ ރާގަކަށް އަހައިލިއެވެ.

ޔައިޝް ކޮފީ ތަށިން ކޮލެއް ބޯލަމުން ފުން ނޭވާއެއްލިއެވެ. “ޒައިން… އަހަރެން ލިޔުޝާއާ ވަކިވާން ވެއްޖެހެން ހީވޭ.”

ޒައިންގެ މޫނުމަތިން ސަމާސާކަން ކެނޑި، ސީރިއަސްކަން ވެރިވިއެވެ. “ކީކޭ؟ ކީއްވެ؟ ތީ މަޖަލަކަށް ދައްކާނެ ވާހަކައެއް ނޫން. ޔައިޝްއަށް އެނގޭތަ ލިޔުޝާ ޔައިޝްދެކެ ވާ ލޯބި؟”

“އެނގޭ… އެކަމަކު އަހަރެންގެ ހިތުގައި މިހާރު ވަނީ އެހެން ކުއްޖެއް. ޔަޝްމީ،” ޔައިޝް ތެދުތެދަށް ބުންޏެވެ.

ޒައިން މޭޒުމަތީގައި އަތުން ޖަހާލިއެވެ. “ޔައިޝް! ތިއީ މޮޔަކަމެއް. ތި ކުރެވެނީ ކިހާ ބޮޑު ކެހިވެރިކަމެއްކަން ހަނދާން އެބަހުރިތަ؟ ލޯތްބަކީ ކުޅިވަރެއް ނޫން!” ޒައިން ހިތްހަމަނުޖެހިފައި ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ކޮލެޖުގެ ލައިބްރަރީގެ ފަހަތުގައި ހުރި ބެންޗެއްގައި ޔަޝްމީ އިނީ ޔައިޝްގެ އިންތިޒާރުގައެވެ. ކުޑަކޮށް ހިނގާލާފައި އައި ޔައިޝް އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ މޫނުމަތިން ބޮޑު ނިންމުމެއް ނިންމާފައިވާކަން ފާޅުވެއެވެ.

އެވަގުތު ދުރުގައި ހުރި ގަހެއްގެ ނިވާފަތްގަނޑުގައި އަފްލާޒް ހުއްޓެވެ. އޭނާ އައީ ޔައިޝް މިރޭ ކުރަން އުޅޭ ކަންތައް ބަލާށެވެ. އޭނާގެ ހިތް ކުދިކުދިވަމުންދިޔަ ނަމަވެސް، ޔަޝްމީގެ ޖަވާބަކީ ކޮބައިތޯ ބަލަން އޭނާ ބޭނުންވިއެވެ.

“ޔަޝްމީ… އަހަރެން މިއަދު ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މިއައީ،” ޔައިޝް ޔަޝްމީގެ ދެލޮލަށް ބަލަން ހުރެ ބުންޏެވެ. “އަހަރެން ޔަޝްމީ ދެކެ ވަރަށް ލޯބިވޭ. އަހަރެމެންނަށް އެކުގައި އުޅެވިދާނެތަ؟”

ޔަޝްމީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ހީކުރީ ކޮލެޖުގެ ކަމަކު ކަމަށެވެ. އެވަގުތު ޔަޝްމީގެ ނަޒަރު ދުރުން ހުރި އަފްލާޒްއާ ސީދާވިއެވެ. އަފްލާޒް ހުރީ ހިތްދަތިވެފައި ބަލާށެވެ.

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shaba
Follow Me Written By

Shaba

Level 110 Stories

Just a girl who loves to write, read, and get lost in the world of stories. Writing has always been more than a hobby for me—it's a place where my imagination comes alive and my thoughts find a voice. Every story I create is written with passion, emotion, and the hope that it will inspire, comfort, or entertain someone. I'm still growing as an author, and every story I write is part of my journey. I truly appreciate every reader who takes the time to support my work. I welcome both positive and negative feedback because every comment helps me learn, improve, and become a better writer. Thank you for being part of this journey with me. I hope my stories leave a little piece of themselves in your heart. — Author Shaba ✍️📚

Other Articles

Previous

ނޭދެން ވަކިވާކަށް 27 ވަނަ ބައި

Next

ހިތުގެ މަގުތައް-3

Next
July 30, 2026

ހިތުގެ މަގުތައް-3

Previews
July 30, 2026

ނޭދެން ވަކިވާކަށް 27 ވަނަ ބައި

6 Comments!

  1. Gurrly currly says:
    July 30, 2026 at 7:03 pm

    Maashaa allah mi part vx varah varah reethi….
    Alhe yaish ulhey gotheh dhww…
    Yashmee , yaish reject kohlaa…
    When next??
    Keep shining gurrl…
    Lysm,Tc😘💖

    1. Shaba Shaba says:
      July 30, 2026 at 7:23 pm

      Happy to know that you enjoyed 🥰
      Arn dhw yaish ulhey goiy dhn 😭
      Let’s see reject kohlaathw next prt ga ingeyne
      Next pending stay tuned
      Lym u also tc 🫀 💌

  2. Anonymous says:
    July 30, 2026 at 7:35 pm

    maasha allah vrh reethi mi part vexx..alhey if i was afxal,. i would go to her and tell her about my feelings hehe….liusha vrh dhera vaane dho alheyyy..so sadd anyway,vrh reethi mi bai ves but nrxt part thankolheh dhigu kohlachey plzzzz when nextt, lysm girll

  3. Eddie says:
    July 30, 2026 at 8:18 pm

    Mi part ves vrh Reethi MA 💗💯
    Yashmee Yaishuuu reject kohlaa 😭
    Feel bad for liushaa 😭💔😭💔😭💔
    When’s next?
    Lysm and Tc 😊💕

  4. Your fav bab Your fav bab says:
    July 30, 2026 at 8:22 pm

    Woa! Genuinely impressed✨
    Vrh reethi mi story kuriah mi dhaa goth!
    Let’s see yashmy libeynee kaakah thw dhw👀
    You have potential, so keep shining darling…

  5. Alaika_22 says:
    July 31, 2026 at 1:18 am

    Wow wow wow wow shaba vrh rythi mi part vess MA ✨💕
    Yaish is soo bad…. Yashmee just rejected him……
    Feel bad for liu 😭😭😭
    Curiously waiting for the next part……whn nxt???????
    Lysm and TGC 💋☺️

Comments are closed.

Next Episodeހިތުގެ މަގުތައް-3←


All Right Reserved!