Skip to content
އެސްފިޔަ

ހިތުގެ މަގުތައް-3

Listen to this story Audio · 3:52 Powered by Esfiya Voice
0:00 3:52

ޔައިޝްގެ ލޯބީގެ ހުށަހެޅުމާއި، ދުރުގައި ހިތްދަތިވެފައި ހުރި އަފްލާޒް ފެނުމުން ޔަޝްމީގެ ސިކުނޑި ސުމަކަށް ދިޔައެވެ. މުޅި މާހައުލަށް ނޭވާހާސްކުރުވާ ފަދަ ހަމަހިމޭންކަމެއް ވެރިވިއެވެ. ޔަޝްމީއަށް ހުރިހާ އެއްޗެއްވެސް ބުނެދެނީ އޭނާގެ ހިތް ވަނީ އަފްލާޒްގެ ހައްގަކަށް ވެފައި ކަމެވެ. ހަމައެއާއެކު، ޔައިޝް އަކީ ލިޔުޝާގެ ބައިވެރިޔާކަން އެނގޭތީ، އޭނާގެ ހިތުގައި ޔައިޝްއަށްޓަކައި އެއްވެސް ކަހަލަ ޚާއްޞަ ޝުއޫރެއް ނެތެވެ.

“ޔައިޝް…” ޔަޝްމީ ދެފަރާތަށް ބޯހޫރާލަމުން ފަހަތަށް ޖެހިލިއެވެ. “ތިޔައީ އަހަރެން ދުވަހަކުވެސް އުންމީދު ކުރި ވާހަކައެއް ނޫން. އަދި އަހަރެން ގަބޫލުކުރާނެ ވާހަކައެއްވެސް ނޫން. ޔައިޝް ތިއީ ލިޔުޝާގެ ލޯބިވެރިޔާ. އަހަރެން ޔައިޝްއާ ދޭތެރޭ އެކަހަލަ ގޮތަކަށް ދުވަހަކުވެސް ނުވިސްނަން. އަދި ދުވަހަކުވެސް ނުވެސް ވިސްނާނަން.”

ޔަޝްމީގެ ސާފު ބަސްތަކުން ޔައިޝްގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. އެވަގުތު ޔަޝްމީ ދުރުގައި ހުރި އަފްލާޒްއާ ދިމާއަށް އަސަރުގަދަ ބެލުމަކުން ބަލައިލުމަށްފަހު، އެތަނުން ދާން ހިނގައިގަތެވެ. އަފްލާޒްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް، އޭނާގެ އެންމެ ގާތް އެކުވެރިޔާ ބާކީވެ، ހިތްދަތިވި މަންޒަރު ފެނުމުން ދެރަވިއެވެ.

ޔަޝްމީ ދިއުމުން ޔައިޝް ބެންޗަށް ވެއްޓިގަތެވެ. އޭނާގެ ބޮލުގައި އަތްއަޅައިގެން އިންދާ، ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުގައި އަތްބާާލިއެވެ. އެއީ އަފްލާޒްއެވެ.

“ޔައިޝް… ހިތްވަރު ކުރޭ. އަހަރެން ބުނީމެއްނު ތިއީ ނުބައި ނިންމުމެކޭ،” އަފްލާޒް މަޑުމައިތިރިކަމާއެކު ބުންޏެވެ.

ޔައިޝް އިސްއުފުލާ ބަލައިލިއެވެ. އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. “އަފްލާޒް، އަހަރެންނަށް މިހާރު ވިސްނިއްޖެ. އަހަރެން ޔަޝްމީގެ ފަހަތުން ދުވުނުއިރު، މަގޭ ހަގީގީ ލޯބި އަހަރެންނާ ދުރުވަނީ. އަހަރެން މިހާރު ބޭނުމީ ލިޔުޝާގެ ކައިރިއަށްދާން. އޭނާގެ ކިބައިން މާފަށް އެދެން.”

ނަމަވެސް، ކަންތައްތައް ޔައިޝް ހީކުރި ވަރަށްވުރެ މާ ބޮޑަށް ގޯސްވެއްޖެއެވެ. އެ ދެމީހުން ދެއްކި ވާހަކަ އަޑުއަހަން ގަސްތަކުގެ ނިވާފަތްގަނޑުގައި ކަރުނުން ފުރިގެންވީ ދެލޮލާއެކު ލިޔުޝާ ހުއްޓެވެ. އޭނާ އެތަނަށް އައީ ޔައިޝްގެ ހަގީގަތް ބަލާށެވެ. ލިޔުޝާ ދުވެފައި އެމީހުންގެ ކުރިމައްޗަށް ނުކުތެވެ.

“ޔައިޝް!” ލިޔުޝާގެ ހަޅޭކުގެ އަޑާއެކު ޔައިޝް އާއި އަފްލާޒް ސިހިފައި ތެދުވިއެވެ. “ކަލޭ ތިޔައީ ހާދަ ގޯސް މީހެކޭ! އަހަރެން ކަލޭދެކެ ފުރާނައިން ލޯބިވީއިރު، ކަލޭ ތިއުޅެނީ އެހެން ކުއްޖެއްގެ ފަހަތުން އަހަރެމެންގެ ގުޅުން މިހިސާބުން ނިމުނީ!” ލިޔުޝާ ރޮމުން ރޮމުން ކޮލެޖުގެ ގޭޓުން ބޭރަށް ދުއްވައިގަތެވެ. ޔައިޝް އޭނާގެ ފަހަތުން ދުވަން އުޅުނު ނަމަވެސް އަފްލާޒް އޭނާ ހިފެހެއްޓިއެވެ. “މިވަގުތު އޭނާ ހަމައަކަށް އެޅެން ވަގުތުދީ،” އަފްލާޒް ބުންޏެވެ.

މި ހާދިސާގެ ޚަބަރު ކޮލެޖު ތެރޭގައި ވަރަށް އަވަހަށް ފެތުރިގެންދިޔައެވެ. ކެންޓީނުގައި ތިބި ޒައިން އާއި ޝައިހާއަށް މިކަން އެނގުމުން އެމީހުންނަށްވެސް ބޮޑު ސިހުމެއް ލިބުނެވެ.

“މިއީ ޔައިޝް ކުރި ވަރަށް ބޮޑު މޮޔަކަމެއް. ލިޔޫ މިހާރު ހުންނާނީ ވަރަށް ދެރަވެފައި،” ޝައިހާ ކަންބޮޑުވެފައި ބުންޏެވެ.

ޒައިން ފުން ވިސްނުމެއްގައި އިނދެ ބުންޏެވެ. “ޝައި، އަހަރެންނަށް ހީވަނީ މިކަމުގެ ތެރޭގައި އަދި އެހެން ސިއްރެއްވެސް އެބައޮތްހެން. އަފްލާޒްގެ މޫނުމަތިންވެސް ފާޑެއްގެ ހިތްދަތިކަމެއް ފެނޭ. އޭނާ ޔަޝްމީއާ ދޭތެރޭ ވިސްނާ ގޮތް އަހަރެންނަށް ކުޑަކޮށް ރޭކާލާ.”

އެރޭ ހަވީރު، ކޮލެޖުގެ ކްލާސްތައް ނިމިގެން އެންމެން ގެއަށް ދިޔަ ވަގުތު، އަފްލާޒް މަޑުމަޑުން ހިނގާލާފައި ގޮސް ޔަޝްމީގެ ކުރިމައްޗަށް ހުއްޓުނެވެ. މިއީ އޭނާ ޔަޝްމީއާ އެކަނި ބައްދަލުކޮށް ވާހަކަދައްކަން ކެރުނު ފުރަތަމަ ފަހަރެވެ.

“ޔަޝްމީ… މިއަދު ހެނދުނު ވީކަންތަކާ ބެހޭގޮތުން ވާހަކައެއް ދައްކާލެވިދާނެތަ؟” އަފްލާޒް ޖެހިލުންވެފައި ހުރެ އަހައިލިއެވެ.

ޔަޝްމީ އަފްލާޒްގެ ދެލޮލަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަން ހުރި ސާފުކަމާއި އަޅާލުން ފެނުމުން ޔަޝްމީގެ ހިތް އަވަސްވިއެވެ. “އާނ… ކޮން ވާހަކައެއް؟” ޔަޝްމީ މަޑުމައިތިރިކަމާއެކު އަހާލިއެވެ.

ނުނިމޭ!

 

 

Comments (13)

  1. RAAJIHA

    woww so nice MA! ALHEYYYY I WAS SO WORRIED….thank god she said no….but at the same time,i feel bad for liu..and yaish…afxal pls tell yashmee that you love her plzplzplz.. next part thankolheh dhigu kohlachey Shaba!plzzzz anyway,so excited for next part! LYSM AND WHEN NEXTT…?

    1. Shaba
      RAAJIHA

      Happy to know that you enjoyed 🥰
      Let’s see Yashmee bunany keekey thw 👀
      BTW sorry for the late reply 😭🥺
      Dhigu kohlaanan IA next part today stay tuned
      Lym dear 🫀💌

  2. Alaika_22

    Hey shaba
    Mi part vess vrh vrh rythi MA…💕✨
    Alhey feel badd for liu..😢
    Curiously waiting for the next part……whn nxt?????
    Lysm and tc sissss💋😘

    1. Shaba
      Alaika_22

      Happy to know that you enjoyed 🥰
      Next part today IA stay tuned
      Lym u also tc my dear 🫀💌

  3. Gurrly currly

    Maashaa Allah mi part vx hama 💯…
    Alhey liushaa dhw…
    Vaanee ehn yaish ehfaharaa die meehun fahathun ulhunee ma…
    Bas ahaabala dhn vx..
    When next?

    1. Shaba
      Gurrly currly

      Happy to know that you enjoyed 🥰
      Yhh liusha 😭 Aslu vx dhw yaish basahaaba dhn
      Btw sorry for the late reply 😭🥺
      Next part today IA stay tuned

  4. Anonymous

    Next when pls fst can’t wait 😭

    1. Shaba
      Anonymous

      Next part today IA stay tuned

  5. Black

    This part vx Hama habbeyys✨ KEEP IT UP THE GOOD WORK!
    I rlly appreciate it! Day by day I can see you’re progress is going to be the topper..❤️ btw, what the heck that dude did? Two cats fahaa dhuvvaaa koshi varu vx nuvi Laillahh❤️.. Anyways, when’s next? Awaiting for next part!!
    Lysm 💔
    Tgsm

    1. Black
      Black

      *MA

    2. Shaba
      Black

      Happy to know that you enjoyed 🥰
      Awwn thank youuuuu so muchhh dear 💗
      Btw sorry for the late reply 😭🥺
      Next part today IA stay tuned
      Lym u also tc 🫀💌

  6. Nuha.aaaa

    Vrh rythi MA 💕😊

    1. Shaba
      Nuha.aaaa

      Thank youuu 💕

Comments are closed.