Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

(2) Milkey thi magey

Mannu Level 1
May 3, 2016 6 Mins Read
9 Comments

ދެދުވަސް ވެގެން ދިޔައިރުވެސް ޔަސްމާގެ ހިތަށް އެއްވެސް ވަރަކަށް ހިތަހަމަ ޖެހުމެއް ނުލިބެއެވެ. ޒީބާ ކުރިން ދުވަހަކުވެސް ޒާހިދުގެ ވާހަކައެއް އޭނާގެ ކައިރިއަކު ދައްކާފައެއް ނުވެއެވެ. ބައްޕައަކީ ކާކުތޯ އަހާލާފައިވެސް ނެތެވެ. މިއަދު ކުއްލިއަކަށް އެހެން އަހާލުމުން ހިތް ބިރު ގަންނަން ފަށައިފިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނަގެ ހިތު ތެރޭގައި އަށަގަނެފިއެވެ. އަވަހަށް މާލެދާން ޓިކެޓް ނެގީވެސް އެހެންވެއެވެ.

ފޯލިން ނިންމާލުމުގެ ކުރިން އިއްބާން މެނާއި އެމީހުންގެ އަލަށް އައި އޮފިސަރ ތައާރަފް ކޮއްދިނެވެ. އުމުރުން 39 އަހަރޭ ބުންޏެއް ކަމަކު ހީވަނި ފަންސަވީސް އަހަރުގެ ޒުވާނެއް ހެންނެވެ. ނަން ބުނާނީ ހުރިހާ ކުދިން އަމިއްލައަށް ތައާރަފު ވުމުން ކަމަށް ބުނުމުން އިއްބާން އެންމެ ފުރަތަމަ ތެދުވެ ސަލާމް ގޮވަމުން އަމިއްލައަށް ތައާރަފް ވެލިއެވެ. އެމީހާގެ މޫނު މަތިން ދަންނަ ވައްތަރު ޖަހަނި ކިއްވެ ކަމެއް އިއްބާން އަކަށް ނޭނގުނެވެ. އަހާލަން ހިތަށް އެރި ނަމަވެސް އެއްޗެކޭ ހީކޮށްފާނެތީ އަހަން ފަސްޖެހުނީއެވެ.

“އަޅުގަނޑަށް ކިޔަނީ ޒާހިދު.. މުހަންމަދު ޒާހިދު” ޒާހިދު އެހެން ބުނުމުން އިއްބާންއާއި އަދި އެހެން ކުދިންވެސް ހީލިއެވެ. ދެދުވަހަށްފަހު އެލާޓް ނިމުމުން ޖެހިގެން އައި ދުވަސްވީ އޭނާއަށް އޮފް ދުވަހަކަށެވެ. ސައިކަލުވެސް އެހެންނާ ދުއްވާ ވަރަށްވުރެ ބާރަށް މިރޭ ދުއްވާފައި އައީ އަމިއްލަ ކޮޓަރީގައި ނިދާލެވޭނެތީއެވެ. ގޭގައި އެއްވެސް މީހަކު ނެތުމުން މުލި ގޭގައި އޭނާ އެކަނި ވިއެވެ. ކުރިއަށް ވުރެވެސް ބޮޑަށް އޭނާ އުފާވިއެވެ.

“އިޝާން ތޭންކް ޔޫ.. އަޅެ ދޭބަ ދެންވެސް” ފާހަނައިން ނިކުތް އިއްބާންއަށް ބޭރުން ބަޔަކު ވާހަކަ ދެއްކި އަޑު އިވުމުން އަވަހަށް ސޯޓެއް ލައިގެން ބޭރަށް ނިކުމެއްޖެއެވެ. ފުރަގަސް ޖަހައިގެން ހުރި ޒީބާވެސް އެވަގުތު އެނބުރުނު ގޮތަށް އުފަލުން އައިސް އިއްބާންގެ ބުޑުގައިހެން ޖެހިޖެއެވެ.

“އިއްބަ އައީ ތަ؟؟ ގުޑް ވަރަށް ދުވަސް ވެއްޖެ ނުފެންނަތާވެސް… ޓެލްމީ” އުނގަދޫ ޖެހުނީއެވެ. ގެއަށް އައީ ހިތްހަމަ ޖައްސާލާށެވެ.

“ޒީ… އޭ ހިޓް ފުޅިއެއް ގަނެގެން ވާނީ” ޒީބާ ކައިރީގައި ހުރި އިއްބާން އޭނާއަށް ފެނުނީ ތަންކޮޅެއް ފަހުންނެވެ. އަނގައަށް ގޮތެއް ހަދާލަމުން އިޝާން އަތުގެ އިޝާރާތުން އައުމަށް ބުނެލިއެވެ.

“އިޝާން ކައިރީގަ ކިތައް ފަހަރު ބުނަންވީ ބޭކާރު މީހުން ގެއަށް ނުވައްދާށޭ…” ރުޅި އައިލެއް ބޮޑުމަކުމް އިއްބާންގެ މޫނު ރަތްވާ ގޮތްވިއެވެ.

“އާންޓީ ކައިރީގަ ބުނާނަން އައީމަ… ” ބިރު ދައްކާ ކަހަލަ ގޮތަކަށް ޒީބާ ބުނެލިއެވެ. ޒީބާގެ އެ ޖުމްލައިން އިއްބާންގެ ރުޅި ވީ އިތުރެވެ. ހީވީ އަލިޔފާން އެއްޗަކަށް ތެޔޮ ޖެހިހެނެވެ.

“އިޝާން ގެންދޭ މީނަ…ހަމަ މިހާރު ނެރޭ” މޭޒުމަތީގައި ހުރި މާވަށިގައި ޖަހައި ވއްޓާލަމުން އިއްބާން ހަޅޭލަވައިގަތެވެ. އިއްބާން މީހާ ރުޅި އަތުވެދާނެ ކަމަކަށް އެއްވެސް މިހަކު ހިއެއް ނުކުރެއެވެ. މާވަށިން ބުރައިގެން އައި ބިއްލޫރި ކޮޅެއް ޒީބާގެ އަތަށް ހެރިފައިވާ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ބިރުގަނެފައެވެ. އިއްބާންގެ ލޮލަށް ބަލަހައްޓައިގެން ހުރި އިރު އެދެލޮލުގައިވަނީ ބިރުވެރި ކަމެވެ.

“ޒީ އަތުން ލެއެއްނު ތި އަންނަނީ…” ޒީބާގެ އަތުން ފައިބަމުން ދިޔަ ލޭތައް ފެނުމުން އިޝާން ހާސްވާ ގޮތްވިއެވެ.

“ސުބްހާނައްﷲ… ޒީ ބަލަ” އަދިވެސް ޒީބާ އެހެން އިންނަން ފެށުމުން އިޝާން ބުނެލިއެވެ. އިއްބާންވެސް ސީރިއަސްވެލާފައި އެތަން ބަލާލީ ދެނެވެ. އަރައިފައިވާ ރުޅިވެސް މަޑުވެ ދުވެފައި އައިސް ޒީބާގެ އަތުގައި ހިފައިފިއެވެ. ނަމަވެސް ޒީބާގެ މޫނުމަތިން ހީވަނީ އޭނާއަށް އެއްވެސް ވަރަކަށް ތަދު ނުވާހެނެވެ.

“ދޫކުރޭ… މިހާރު ދޫކުރޭ އަހަރެންގެ އަތުން…” ކުއްލިއަކަށް ޒީބާ ރުޅި ގަދަ ވެގެން އިއްބާން އަތް ފޮޅުވާލައިފިއެވެ. މިހާރު ޒީބާ ހީވަނީ އެހެން ކުއްޖެއް ހެންނެވެ. ކުރިން އެހުންނަ މައުސޫމު ގޮތްކެނޑި އެމޫނު މަތިން ފެންނަނީ ނުރައްކާތެރި ކަމެވެ. ޒީބާގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އަންނަންވި އެއްވެސް ސަބަބެއް އިއްބާނަކަށް ނުވިސްނުނެވެ. އަބަދުވެސް އިއްބާން އޭނައާއި ދިމާއަށް ރުޅިއިސް ކުރެއެވެ.

“ޒީބް.. އަހަރެން ގަސްތުގަ އެއް ނޫނޭ.. ޒީބާ ކަމް ބެކް” ގެއިން ނިކުމެގެން ދިޔަ ޒީބާއަށް ބަލަން ހުރެފައި އިއްބާން ބުނެލިއެވެ.

ޔަސްމާވެސް ދަތުރުގައި އުޅެފައި ގެއަށް ވަންއިރު ޒީބާއިނީ ސިންކު ކައިރީގައި ކޮޅަށެވެ. އެދިގު ބުޅި އިސްތަށިގަނޑު އޭރު އެއްވެސް ތަރުތީބެއްނެތި ވިހުރިފައި އޮތެވެ. އުނަގަނޑާއި ހަމައަށް ފޯރާ އެއިސްތަށިގަނޑު ދުވަހަކުވެސް އެގޮތަށް ދޫކޮއްލާފައެއް ޒީބާއެއް ނުބާއްވައެވެ. ތަންކޮޅެއް ދުރުން ފެންނަން ހުރި ރަތްކުލައިގެ ތިކިތަކުން ޔަސްމާގެ ހިތުގެ ވިންދު އަވަސްވާ ގޮތްވިއެވެ. އަވަހާއި ހިނގާލާފައި އައިސް ކޮނޑުގައި ހިފާ ޒީބާ އޭނާއާއި ވީ ފަރާތަށް އަނބުރާލިއެވެ.

“ޒީ އަތުން ލެ އެއްނު މިއަންނަނީ.. ހިނގާ މަންމައާއެކު ބޭސް އަޅަން” ޔަސްމާ ޒީބާގެ އަތުން ލޭ އަންނަތަނުގައި އަތްއަޅަމުން ލޯބިން އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ.

“މަންމައޭ.. ކާކުގެ މަންމައެއް ތީ… ޒީބާގެ މަންމައެއް ނޫންތީ.. ކަލޭ ކައިރީގަ އަހަރެން ބުނިންދޯ ކުރިންވެސް” އިނގިލި ދިއްކޮއްލަމުން އަމުރުވެރި ގޮތަކަށް ޒީބާ އެހެން ބުނުމުން ޔަސްމާގެ މޫނު ދިޔައީ ހުދު ވެގެންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ދަރިފުޅު އަނެއްކާވެސް މަރުވާތަން ބަލާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.

“ޒީ ދަރިފުޅު އަތް ކެނޑުނީ ކިހިނެއް؟ ވަޅިންތަ؟” ޔަސްމާގެ ޝައްކު ޔަޤީން ކުރުމުގެ ގޮތުން ޒީބާ ކައިރީގައި އަހާލިއެވެ.

“އަހަންނަށް ކިޔަނީ ޒޯޔާ… ޒީބާ އެއް ނޫން…” އެއްކޮލުން ހީލައިގެން އިނދެ ބުނެލިއެވެ. ޔަސްމާގެ ކުރިއަށް ވުރެވެސް ބޮޑަށް ދެލޯ ބޮޑުކޮއްލިއެވެ.

“ލޯންގް ޓައިމް ނޯ ސީ…. އެގާރަ އަހަރު ދޯ” އަދިވެސް ޒީބާހުރީ އެހެން ހިނިތުން ވެލައިގެންނެވެ. ޔަސްމާގެ ލޮލަށް ކަރުނަތައް ޖަމާވާންފެށީ ދެނެވެ. އެތައް ދުވަހެއްގެ ހަޤީޤަތް ފޮރުވައިގެން ކުއްޖާ ގޮވައިގެން އުޅުމުންވެސް އެ ހަޤީޤަތް އެދަރިފުޅާއި ދުރަކަށް ނުދެއެވެ.

“އޯން… ކިހިނެއް ވީ..؟ ޔަސް ހާދަ ދެރައެއް ތިވީ”

“ޒީބާ…. އަހަރެންގެ ޒީބާ ދީ…” ދެލޮލުން އޮހެމުން ދިޔަ ކަރުނައިގެ ތެރެއިން ޔަސްމާ ހަޅޭލަވައިގަނެފައި އޭނާގެ ދަރިފުޅުގެ މޫނުގައި ޖަހާލިއެވެ. އެއާއިކު ޒީބާގެ ހަށިގަނޑު އޭނާގެ އަތްމައްޗަށް އެއްވެސް ރުލެއްނެތި ވެއްޓިއްޖެއެވެ. ޒީބާ އޭނާގެ ގަޔާލައި ބޮނޑިކޮއްލަމުން ޔަސްމާ ތިރީ އިށީނީ ދެފައިގައި ބާރު ދޫވާހެން ހީވުމުންނެވެ. ތިރިއަށްދާންއައި އިޝާން އެ އެޕާޓްމަންޓް ދޮރު ހުޅުވާލީ މާބޮޑަށް އަޑު ގަދަވާހެން ހީވުމުންނެވެ. ޔަސްމާއަށް އިޝާން ފެނުމުން ކުރިއަށްވުރެ ބާރަށް ރޯން ފެށުނެވެ. އެހީއަކަށް އެދިގެން ގޮވަފަދަ ގިތަކަށެވެ.

ހޮސްޕިޓަލްގެ އެނދުގައި ޒީބާ އޮތްއިރު އެންމެ ފަހަރަކުވެސް ޔަސްމާ އޭނާގެ ނަޒަރު އެކުއްޖާއާއި ވަކިކޮށް ނުލައެވެ. އެހެން ދިމާއަކަށް ބަލާލިއަސް ގެއްލި ދާނެހެން ހީވާކަހަލައެވެ. އެހެން ބަލަން ހުރުމަށްފަހު ލޯބިން ފުރިގެންވާ ގޮތަކަށް ޒީބާގެ މޫނުގައި ޔަސްމާ ބޮސްދިނެވެ. މަންމަގެ ދަރިފުޅާއޭ ބުނެ ބޮލުގައި ފިރުމާލިއެވެ. ޔަސްމާ އަދިވެސް އެންމެ ފުރަތަމަ ޒީބާ ފެނުނު ދުވަސްމަތިން ހަނދާން ނުނެތެއެވެ. އެއީ މީގެ އެގާރަ އަހަރު ކުރިންނެވެ. ކުޑަކުޑަ ޒީބާއަށް އޭރު އެންމެ 5 އަހަރެވެ. އަދިވެސް އެހިޔާލުތައް ޔަސްމާއަށް އުނދަގޫ ކުރެއެވެ.

  • *   *   *   *   *

11 އަހަރު ކުރި

އުމުރުން 25 އަހަރުގައި ޔަސްމާ ތައުލީމު ހާސިލް ކުރަމުން ގެންދިޔައީ ޔޫ.ކޭގެ ޔުނިވަސިޓީ އަކުންނެވެ. އޭނާއާއި ޒާހިދުވެސް ދިމާވީ އެތަނުންނެވެ. ދެމީހުންވެސް ލޯބީގެ ގޮތުން ގުޅުނީ އެތައް ދުވަހެއް ވާންދެން އުޅުމަށް ފަހުގައެވެ. ޔަސްމާއަށް އޭރުގައި ޒާހިދު މީހަކާއި އިނދެގެން ދަރިއެއް ހުންނަކަމެއް ނޭނގެއެވެ. މާލެ ގޮސްފައި ކައިވެނި ކުރަން ނިންމައިގެން ދެމީހުންވެސް ތިބީއެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވީ މާލެ އައުމުންނެވެ. ޒާހިދު އޭނާގެ ފަސްއަހަރުގެ ދަރިއެއް ހުންނަ ކަމަށް ބުނުމުން ޔަސްމާއަށް ހުރެވުނީއެވެ. ދެރަވި ނަމަވެސް ޒާހިދުއާއި ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ.

ޑިގްރީ ނިންމައިގެން އައި ޔަސްމާ އޭރު ބޭނުންވީ ޒާހިދުއައި ކައިވެނި ކޮއްގެން މާލޭގައި ދިރިއުޅުމަށެވެ. ނަމަވެސް ޒާހިދު ދޮގު ހެދުމުން ޔަސްމާ އެހިޔާލު ހިތުގެ ތެރެއިން ނެރެ އެއްލާލިއެވެ. ދެތިން ފަހަރެއްގެ މަތިން ޔަސްމާ ދަރިފުޅު ދައްކާލުމަށް ބުނުމުން މާފަންނުގައި ހުރި ގެއެއްގެ ކައިރިއަށް ގެންދިޔައެވެ. އެގެއިން ނިކުތް ފަސް އަހަރުގެ ކުޑަ ފުއްގަނޑު ފެނި ޔަސްމާ އެންމެ ފުރަތަމަ ނަޒަރުންވެސް އެކުއްޖާދެކެ ލޯބި ވެވިއްޖެއެވެ.

“ދަރިފުޅު ކޮން ނަމެއް ކިޔަނީ؟” ޔަސްމާ އެކުއްޖާގެ ކޮލުގަޔާއި ބުޅި ބުޅި އިސްތަށިގަނޑުގައި ފިރުމާލަމުން އަހާލިއެވެ.

“ޒީބާ…” އެދުވަހު ގަޑީރެއް ވަންދެން ކުޑަކުޑަ ޒީބާ ގޮވައިގެން ޔަސްމާ އުޅުނެވެ. ޔަސްމާއަށް އެކުއްޖާ އުމުރަށްވުރެ ހަރުކަން ދެއްކި ވާހަކަތަކުން ފާހަގަ ވިއެވެ. އަދި އެއުމުރުގެ އެހެން ކުދިންނާ ވަރަށް ތަފާތުކަންވެސް އެނގުނެވެ.

ޔަސްމާ އެންމެ ބޮޑަން ޒާހިދުމަތިން ފޫހިވާން ފެށީ ކުޑަކުޑަ ޒީބާއާއި އަޅާ ނުލުމުންނެވެ. ކޮންމެ ދުވަހަކުހެން ޔަސްމާ ޒީބާއާއި ބައްދަލު ކުރަން ދެއެވެ. ޒީބާގެ ހަވަނަ އުފަންދުވަސް ކައިރިވަމުން ދިޔަވަރަކަށް ޔަސްމާވެސް ދިޔައީ އެކަމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް މިހާރު ޒީބާ އޭނާއަށް ނުފެންނަތާ ހަފްތާއެއް ވެދާނެއެވެ. ޔަސްމާ ޒާހިދުއާއި ބައްދަލު ކުރަން ދިޔައީވެސް ޒީބާއާއި ބައްދަލު ކުރަން ބޭނުން ވުމުންނެވެ.

“މަށަށް ކިހިނެއް އެނގެނީ؟ އޭނާގެ މަންމަވީ ޖަލުގަ… އޭނާ ހުންނަނީ މާމަ ކައިރީ” ޒާހިދުގެ ފަރުވާ ކުޑަ ކަމުން ޔަސްމާގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕައަކު އަންހެން ދައރިއަކާއިމެދު މިހާ ފަރުވާކުޑަ ކުރަން ވާނެ ހެއްޔެވެ؟

“ޒާހިދު ތީ އަޅެ ކުދ އެކުއްޖެއްގެ ބައްޕައޭ… އެންމެ ފަހަރކު އެމައުސޫމު މޫނުން ޒާހިދުދެކެ ވާ ލޯބި ނުފެނޭތަ… އަހަރެން ތިކަހަލަ މީހަކާއި އިންނާކަށް ބޭނުމެއްނޫން.. ޒީބާގެ މަންމައޭ ގޯހީ އެކުޑަ ފުރާނައެއް ނޫނޭ” ޔަސްމާ އެހެން ބުނެފައި ދިޔައީ އަނެއްކާވެސް ޒީބާ ފެނޭތޯއެވެ. މިވީ ދުވސްކޮޅު ތެރޭގައި ޔަސްމާވަނީ ވަރަށް ބޮޑަށް އެކުއްޖާއާއި ގާތްވެފައެވެ. އަމިއްލަ ދަރިއެއް ދެކެވެސް އެހާ ވަރަށް އޭނާއަށް ލޯބި ނުވެވޭނެއެވެ. އެގެއަށް ވަދެގެން ދިޔައިރު ވަރަށް ގިނަ މީހުން އެގޭގެ ތެރޭގައި އެއްވެފައި އޮތެވެ. ޔަސްމާވެސް ވާނުވާ ބަލަނަ އެންމެންގެ ތެރެއިން އަވަހާ ވަދެލިއެވެ. އޭނާ ހުއްޓުން އެރީ ކުޑަ ކުޑަ ޒީބާ ލެޔާއި ތަތްތެޅިފައިވާ މަންޒަރު ފެނުމުންނެވެ. އުޅަންބޮށި ކައިރިން ވަރަށް ބޮޑު ތަނެއް ކަނޑައިގެން ގޮސްފައިވެއެވެ.

އެއްވެސް މީހަކު ކަމެއް ނުކޮށް ހުރުމުން ޔަސްމާއަށް ރޮއެގަނެފައި އައިސް ޒީބާ އަތްމައްޗަށް ނަގައިގެން ދުއްވައިގަނެފިއެވެ. ހޮސްޕިޓަލްއަށް ގެންދެވުނު އިރުވެސް ކުއްޖާގައިވަނީ ލޭ މަދު ވެފައެވެ. ޒާހިދު އެތަނަށް އައިސްވެސް އެއްވެސް ވަރަކަށް ހާސްވެގެނެއް ނޫޅެއެވެ. ޒީބާ ހޭ އެރުމުންވެސް ދައްކަނީ ބޮޑެތި މީހުން ދައްކަ ވާހަކައެވެ. ޔަސްމާ އެކާމާއި ވަރަށް ހައިރާންވިއެވެ.

“ދޫނީ… ދީނިއަށް ކިތައް އަހަރުތަ؟” ޔަސްމާ އެކުޑަ ކުއްޖާގެ ބޮލުގައި ހިފާ ދެފަރާތަށް ތަޅުވަލަމުން ބުނެލިއެވެ.

“20 …. ކޮން ދޯނިއެއް އަހަންނަކީ އިޝާލް..” ޒީބާ އެހެން ބުނުމުން ޔަސްމާގެ ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. އެންމެ ހިނދު ކޮޅެއްވެސް ލަސްނުކޮށް ޔަސްމާ ބޭނުންވީ އެކުއްޖާ ގޮވައިގެން ބޭރަށް ދާށެވެ.

“ޒަހިދުއަށް އަޑު އިވޭތަ؟ ކީއްވެ ޒީ އެކަހަލަ ވާހަކަ އެދައްކަނީ.. ” ޔަސްމާ ޒާހިދުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް ޒާހިދުގެ ޖަވާބުން އޭނާ އެއްވެސް ފަރުވާލެއް ނެތްކަން އިނގުނެވެ.

“ޒާހިދު އަހަންނަށް ޒޯ ދޭންވީނު.. އެއްވެސް މީހަކަށް ނުގެންދެވޭ ގޮތަށް.. ޒޯގެ ޕާސްޕޯޓް ކަންތައް އަހަރެން ހަމަ ޖައްސާނަން.. ޒާހިދު ބަލަން ބޭނުން ނުވާކަން އަހަންނަށް އެނގޭ… ޕްލީޒް މިކުއްޖާ ޒާހިދުއަކަށް އުނދަގުލެއް ނުކުރާނެ” ޒާހިދު އެއްވެސް ސުވާލަކާއި ނުލާ އެކަންވެސް ކޮއްދީފިއެވެ. ދުވަހަކުވެސް އެހާ ފަރުވާ ކުޑަ ބައްޕައެއް ޔަސްމާ ނުދެކެއެވެ. ހީވަނީ ބުރައެއް ބޮލުން ދުއްވާލަން އުޅުނުހެނެވެ. މީހަކު ބަނޑުއަޅާ ވިހެއި ދަރިއެއް ދެކެވެސް އެހާ ލޯބި ނުވާނެއެވެ. ނަމަވެސް ކުރިއަށް ވާން އޮތް ގޮތެއް އެއްވެސް މީހަކަށް ނޭނގއެވެ.

ޔޫ.ކޭއަށް ދިޔަ ފަހުންވެސް ޒީބާ އަމިއްލައަށް ވާހަކަ ދައްކަމުން ގެންދިޔައީ އިޝާލް ކިޔައިގެންނެވެ. ޔަސްމާ އެންމެ ފަހުން ނިންމީ ނަފްސާނީ ޑޮކްޓަރަކަށް ދައްކާށެވެ. ޑޮކްޓަރ އިނގިރޭސިން ކިޔަމުން ދިޔަ އެއްޗެހި ޔާސްމާ ވަރަށް ލޯބިން ދިވެހިން ޒޯޔާ ކައިރީގައި އަހަމުން ދިޔައެވެ. ވަކި ހިސާބަކުން ޒީބާ ވަރަށް ރުޅި ގަދަ ވެއްޖެއެވެ. މަންމައާއި ބައްޕަގެ ވާހަކައެހުމުން އެކުއްޖާއަށް ވޯގޮތެއްވެސް ނޭނގުނެވެ. އަދި މޭޒުމަތިގައި އޮތް ކަތުރެއް ނަގައި ޑޮކްޓަރާއި ދިމާއަށް އެއްލާލައިފިއެވެ.

“ޒޯޔާ… ” ޑޮކްޓަރ އިނގިލި ދިއްކޮއްލާފައި ބުނުމުން އޭނާ މައިތިރި ވެއްޖެއެވެ. ޑޮކްޓަރ ނިންމީ ޒީބާ ހިޕްނޮޓައިޒް ކުރުމަށެވެ. ޔަސްމާ އެއްބަސްވީ ކޮންމެ ގޮތެއް ހަދައިގެންވެސް އެކުއްޖާ ސަލާމަތް ކުރަން ބޭނުންވާތީއެވެ. ޒީބާގެ ހިޕްނޯސިސް ސެޝަންއަށަފަހު ޑޮކްޓަރ ނިކުމެ ޔަސްމާއަށް ބަލާލިއެވެ.

“އާރ ޔު ހަރ މަދަރ…” ޔަސްމާ ބޯ ހޫރާލިއެވެ.

“ވަޓް ހެޕަންޑް ޓު ދެޓް އެންޖަލް؟” ޑޮކްޓަރ ބުނެލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ސުވާލެވެ.

“ސޮރީ؟” ޔަސްމާވެސް ސުވާލުން ފުރިފައިވާ ނަޒަރަކުން ޑޮކްޓަރަށް ބަލާލިއެވެ.
“ދިސް އިޒް ކޯލްޑް ޑިސްސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑަރ”

(Dissociative Identity Disorder or Multiple Personality Disorder)

އެހެން ބުނުމަށްފަހުގައި އެ ބައްޔާއި ބެހޭ މައިލޫމާތު ހުރި ފޮތެއް ޔަސްމާއަށް ދިއްކޮއްލިއެވެ. އެކަމާއި ބެހޭ އިތުރު ތަފްސީލު ކިޔަމުން ދިޔަ ވަރަކަށް ޔަސްމަގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އިންސާނަކަށް ކެތްނުވާވަރުގެ ހިތްދަތި ކަމަކާއި ދިމާ ވުމުން ގިނަ ފަހަރަށް މިހެން ދިމާވެއެވެ. އަމިއްލަ ހަށިގަނޑާއި ސިކުނޑި އެ ހިތްދަތިކަމާއި ކުރިމަތި ލާނެ ހިތްވަރު ނެތުމުން މިކަހަލަ ކުދިން އެހެން މީހަކަށް ގޮވާލައެވެ. މީގެ މާނައަކީ އެމީހެއްގެ ޕާސަނަލްޓީ ބައިބައި ވުމެވެ. ކުޑަކުޑަ ޒީބާއަށް އަމިއްލައަށް އެހީއެއް ބޭނުން ވުމުން އޭނާއަށްވުރެ ބޮޑުމީހެއްގެ އައިސްފާނެއެވެ. އެމީހާގައި ބޮޑުމީހެއްގެ އުޅުމާއި ވާހަކަ ދެއްކުމާއި ބާރުވެސް ހުރުން އެކަށީގެން ވެއެވެ. މިބަލީގައި ކުދިން އެމީހުންނަށް ދިމާވެފައިވާ ހިތަދަތިކަމަށް ކެއް ނުކުރެވުމުން މީހާ އެކަމުން ދުރުވެގަންނަނީއެވެ. ނުވަތަ އެހެން ޕާސަލްޓީއެއް އެކުއްޖާގެ މައްޗަށް ވެރިވެ ގަންނަނީއެވެ. އެއްވެސް އިންސާނަކަށް އެވަރުގެ ހިތްދަތިކަމެއް ދޭންވާނެ ހެއްޔެވެ.

އެތާނގައި އިނދެ އެތުނި ފޮތް ކިޔާ ނިންމާލިއިރު ޔަސްމާ ވަނީ ހަދާނެ ގޮތް ހުސްވެފައެވެ. އެހާ ކުޑަ ކުއްޖަކަށް މިވަރުގެ ހިތަދަތިކަމެއް ދިނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދުވަހަކުވެސް ޔަސްމާ މާފެއް ނުކުރާނެއެވެ. މީހަކާއި އިންނަ ހިޔާލުވެސް ޔަސްމާގެ ހިތުން ފިލި ކަހަލައެވެ. އުމުރުގައި މިހާ ލޯބި ދަރިއަކު ލިބޭނެ ކަމެއް ނޭނގެއެވެ. ޑޮކްޓަރ ކައިރީގައި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެކަމާއި ޒީބާ ދުރުކޮއްދިނުމަށް ޔަސްމާ އެދުނެވެ. އޭނާ އެކުއްޖާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދޭނެއެވެ. އިރާދަކުރެއްވިއްޔާ ދުނިޔޭގެ ހުރިހާ ނުރައްކަލަކުން ސަލާމަތް ކުރާނެއެވެ.

“އޯ.ކޭ އައި ވިލް ޓްރައި” އެހެން ބުނެފައި އަނެއްކާވެސް ޑޮކްޓަރ ނިންމީ ހިޕްނޮޓައިޒް ކުރުމަށެވެ. އަދި ޒީބާ ގޮނޑިގައި ބެހެއްޓުމަށްފަހު އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

“ޒީބާ ޔު ޑޯންޓް ހޭވް ޓު ރިމެމްބަރ ޕާސްޓް.. ފޮގެޓް އިޓް އަންޓިލް އިޓްސް ޓައިމް” އެހެން ބުނަމުން ޑޮކްޓަރ ޒީބާގެ ކޮނޑުގައި ޖަހާލުމުން އެކުޑަ ދަރިފުޅު ދެލޯ ހުޅުވާލާފިއެވެ. ވަގުތު ޖެހުމުން އަނެއްކާވެސް ކުރީގެ ކުރީގެ ޒީބާ އަންނާނެ ކަން ޔަސްމާއަށްވެސް އިނގެއެވެ. މިހުރެވުނީ ކޮންތާކު ކަމެއްވެސް އެކުއްޖާއަސް ނޭނގުނެވެ. އެއްވެސް ކަމެއް ހަނދާނެއް ޒީބާއެއް ނެތެވެ.

“ދޫނީ ހިނގާ މަންމައާއެކު ދާން.. މީ ޒީގެ މަންމަ..” ޔަސްމާ އެހެން ބުނުމުން ޒީބާ ހެވިލާފައި އައިސް ކަރުގައި އެލިގަނެފިއެވެ. ޒީބާ ބޮޑުވަމުން ދިޔަ ވަރަކަށް ސުވާލުތައްވެސްވީ އިތުރެވެ. ޔަސްމާ ޒީބާ ކައިރީގައި ދޮގުހެދީ އެކުއްޖާއަށް ރަނގަޅަކަށެވެ. ޒާހިދުގެ ފޮޓޯއެއް ދެމުން މިއީ ބައްޕަކަމަށްބުނެ އަދި މަންމައާއި ބައްޕަ އުޅެނީ ވަރިވެގެން ކަމަށްވެސް ބުންޏެވެ. ޒީބާއަށް ދެއަހަރުގައި ވަރިވީ ބައްޕައާއި މަންމަވެސް ދުރުވަން ބޭނުން ވެގެން ކަމަށް ޔަސްމާ ބުނެދިނެވެ. ދޮގު ހެދުމަކީ ރަނގަޅު ކަމަކަށް ނުވި ނަމަވެސް ހާލަތަށް ވިސްނާފައި އެނޫން ގޮތެއް ޔަސްމާއަކަށް ނުފެނުނެވެ.

ނުނިމޭ

 

Share Article

Follow Me Written By

Mannu

Level 1

Other Articles

Previous

އިންސާފް .. 13 ވަނަ ބައި..

Next

އަހަރެންގެ ވާހަކަ (ބާރަވަނަ ބައި)

Next
May 3, 2016

އަހަރެންގެ ވާހަކަ (ބާރަވަނަ ބައި)

Previews
May 3, 2016

އިންސާފް .. 13 ވަނަ ބައި..

9 Comments!

  1. ken? says:
    May 3, 2016 at 12:26 pm

    kuh ebahuri…proof read kohlaafa up kohlinama..ekam story ge plot v reethi vaane hen heevanee…u cn do much better than this…

    1. Mannu says:
      May 3, 2016 at 12:51 pm

      Dhen up kuraa iru vrh check kuraanan. Thank you

  2. neeraa says:
    May 3, 2016 at 12:34 pm

    vara reethi avaha up kolabala kiyaa hithu nuhuravay ne

  3. naa says:
    May 3, 2016 at 12:42 pm

    Haadha lahey up kuraa leh

  4. Ainyyy says:
    May 3, 2016 at 8:49 pm

    Hope u will upload the next part very soon… nice concept… keep up the good work.

  5. Rix says:
    May 4, 2016 at 10:34 am

    V reethi

  6. Saee says:
    May 7, 2016 at 3:35 pm

    Haadha lahunney dhw mi story up kurany..? Knme dhuvahaku balan mi vaahaka up vehjje thoa

  7. zoya says:
    May 15, 2016 at 12:40 pm

    vara rithi waiting to next part

  8. rosy says:
    May 24, 2016 at 9:30 pm

    Haadha laha

Comments are closed.



All Right Reserved!