
ހިތުގެ މަގުތައް- ފަހުބައި

ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް ކުރިމަތީގައި ޒައިން، ޝައިހާ، ޔައިޝް އަދި ލިޔުޝާ ތިބީ ކެތްމަދުވެފައެވެ. ދާދިފަހުން އެމީހުންގެ ބޮލުން ނެގުނު ބޮޑު ތޫފާނަށްފަހު، މިއަދު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހަގީގީ ހިނިތުންވުމެވެ.
އެތެރެއިން ނުކުމެގެން އައި އަފްލާޒް އާއި ޔަޝްމީ ފެނުމާއެކު، ޝައިހާ އާއި ލިޔުޝާ ދުވެފައި ގޮސް ޔަޝްމީގެ ގައިގައި ބައްދާލިއެވެ. އެމީހުންގެ ފަހަތުން ފުރޮޅުލީ ގޮނޑިއެއްގައި އިން ސާޖިދު ފެނުމުން އެންމެންގެ ހިތްތަކަށް ފިނިކަން ލިބުނެވެ. ސާޖިދުގެ މޫނުމަތީގައި ކުރިން ހުރި ބަލިކަށިކަން ކެނޑި، އާދަޔާ ޚިލާފު ދިރުމެއް ހުއްޓެވެ.
“ސާޖިދުބޭ! ހާލު ކިހިނެއް؟” ޒައިން ކުރިއަށް ޖެހިލާ ސާލާމްކޮށްލަމުން އަހައިލިއެވެ.
“ވަރަށް ރަނގަޅު ޒައިން. މާތް ﷲގެ ރަޙްމަތްޕުޅުން ބޭބެ މިހުރީ މުޅިން ސަލާމަތުން،” ސާޖިދު ހިނިތުންވުމަކާއެކު ޖަވާބުދިނެވެ.
“އޭ ބްރޯ، ކޮބާ ހުރިހާ ކަމެއް ހަމައަކަށް އެޅުނީތަ؟” އަފްލާޒް ޒައިންގެ ކޮނޑުގައި އަތްބާާލަމުން ސިއްރުން އަހައިލިއެވެ. ޒައިން ބޯޖަހާލަމުން ހީލިއެވެ. ހަގީގަތް އެނގުމުން އަފްލާޒްވެސް ހަމަޖެހުމުގެ ނޭވާއެއްލިއެވެ.
އެރޭ ހުރިހާ އެކުވެރިން އެކުގައި ތިބީ ޒައިންމެންގެ ގޭގެ ބޮޑު ސިޓިންގްރޫމްގައެވެ. މިފަހަރު އެތަނުގައި ޒައިންގެ ބައްޕަ ޤާސިމްގެ އިތުރުން ޝައިހާގެ ބައްޕަ އަޙްމަދުވެސް އިނެވެ. އެ ދެމީހުން ތިބީ ކުރީގެ ހިތްހަމަނުޖެހުންތައް ހަނދާންނައްތާލާ، ވަރަށް ގާތް އެކުވެރިން ފަދައިން ވާހަކަދައްކާށެވެ.
“ޤާސިމް، އަހަރެމެން ދެން ކަންތައް ލަސްކުރާނެ ކަމެއް ނެތް،” އަޙްމަދު ބުންޏެވެ. “ކުދިންގެ ކައިވެނި މިހާރު އެއޮތީ ކުރެވިފައި. އެކަމަކު އާއިލާއާއި އެކުވެރިންނަށް ބާއްވަން ބުނި ބޮޑު ހަފުލާ އަންނަ ހަފުތާގައި ބާއްވަންވީ ނޫންތޯ؟”
“ތިޔައީ ހަމަ އަޅުގަނޑުގެވެސް ޚިޔާލު،” ޤާސިމް އެއްބަސްވިއެވެ. “މިފަހަރު ދެ ކުދިންގެ ޕާޓީ ބާއްވާނީ އެކުގައި، ވަރަށް ކުލަގަދަކޮށް. އަފްލާޒް އާއި ޔަޝްމީ، އަދި ޒައިން އާއި ޝައިހާ. ހުރިހާ ޚަރަދެއް ކުރާނީ އަޅުގަނޑުގެ ކުންފުނިން.”
އެ ބަސްތައް އިވުމާއެކު ހަތަރު ލޯބިވެރިން އެކަކު އަނެކަކަށް ބަލައިލާފައި އުފަލުން ހީލިއެވެ. ޔައިޝް އާއި ލިޔުޝާވެސް އެމީހުންނަށްޓަކައި ވަރަށް އުފާވިއެވެ. “އަހަރެމެން ހުރިހާ ކަމެއް ސެޓް ކުރާނީ،” ޔައިޝް ބުންޏެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، ކައިވެނީގެ ބޮޑު ހަފުލާއަށް ބާކީ އޮތީ އެންމެ ތިން ދުވަހެވެ. ހަ އެކުވެރިން ކޮލެޖު ނިންމާފައި ހޯލްގެ ޑެކަރޭޝަން ކަންތައްތައް ބަލަން ދާން އުޅުނު ވަގުތެވެ. ލިޔުޝާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. އެ މެސެޖުގައި އޮތީ ފޮޓޯއެކެވެ.
ލިޔުޝާ އެ ފޮޓޯ ހުޅުވާލުމާއެކު އޭނާގެ ދެލޯ ބޮޑުވެ، އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ. ކައިރީގައި ހުރި ޝައިހާ ފޯނު ނަގައި ބަލައިލިއެވެ.
އެ ފޮޓޯއިން ފެންނަމުންދިޔައީ ޔައިޝް، ކޮލެޖުގެ އެހެން އަންހެން ކުއްޖަކާއެކު ވަރަށް ގާތްކޮށް ރެސްޓޯރެންޓެއްގެ ތެރޭގައި އިން މަންޒަރެވެ. އެ ފޮޓޯގެ ތިރީގައި ލިޔެފައި އޮތެވެ. “ލިޔުޝާ… ކަލޭ ހީކުރީ ޔައިޝް ބަދަލުވީ ކަމަށްތަ؟ އޭނާ އަދިވެސް ކަލެއަށް ސިއްރުން އެހެން ކުދިންނާ ބައްދަލުކުރޭ.” ޔައިޝް އަށް ލިޔުޝާގެ ފޯނުގައި އޮތް އެތި ފެނުމާއެކު ލިޔުޝާ އަށް އެއީ ކޮންމެސް މީހަކު ދޭތެރެ ޖައްސަން ކުރިކަމެއް ކަން ވިސްނައިދިނެވެ. މިފަހަރު ލިޔުޝާ ޔައިޝް ދެއްކި ވާހަކަ ގަބޫލުކުރިއެވެ.
ކޮލެޖުގެ އެ ހަލަބޮލި ދުވަސްތަކާއި، ހިތްދަތި ކޮޅިގަނޑުތަކަށްފަހު ފާއިތުވެގެންދިޔަ ތިން އަހަރަކީ ހަ އެކުވެރިންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި އަހަރުތަކެކެވެ. އެންމެންވެސް ކޮލެޖުން ފުރިހަމަ ކާމިޔާބީއާއެކު ގްރެޖުއޭޓްވެ، އަމިއްލަ ފައިމައްޗަށް ތެދުވެއްޖެއެވެ. ނަމަވެސް އެމީހުންގެ މެދުގައި އޮތް ބަދަހި އެކުވެރިކަމާއި ފުން ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށުގައި ހުރި ރެސްޓޯރެންޓެއްގެ ބޭރުގައި ތިބި ބޮޑު މޭޒެއްގެ ވަށައިގެން ހަ އެކުވެރިން ތިއްބެވެ. އުޑުމަތީގައި ރަތްވިލާ ފެތުރެމުންދިޔައިރު، އައިސްލަމުންދިޔަ ފިނިރޯޅިތަކުން މުޅި މާހައުލު ވަނީ އުފާވެރިކޮށްފައެވެ.
އަފްލާޒް އިނީ އޭނާގެ ކައިރީގައި އިން ޔަޝްމީގެ އަތުގައި ހިފާލައިގެންނެވެ. އަފްލާޒް މިހާރު އުޅެނީ ރާއްޖޭގެ ބޮޑު ބޭންކެއްގެ ސީނިއާ މެނޭޖަރެއްގެ މަގާމުގައެވެ. ޔަޝްމީއަކީ ކޮލެޖެއްގެ ލެކްޗަރަރެކެވެ. އެމީހުންގެ ހިތްދަތި މާޒީގެ ހަނދާންތައް މިހާރު ވަނީ އުފާވެރި މުސްތަޤްބަލަކަށް މަގުދައްކައިދީފައެވެ. ސާޖިދުބޭގެ ސިއްހަތު މިހާރު މުޅިން ރަނގަޅެވެ. އޭނާ އުޅެނީ އަމިއްލަ ވިޔަފާރިއެއްގައެވެ.
“ޔަޝް، މިއަދު އަހަރެމެންގެ މި ގްރޫޕް ފެނުމުން ހިތަށް އަރަނީ އަހަރެމެން ކުރިމަތިލީ އިމްތިހާންތަކުގެ މުހިންމުކަން،” އަފްލާޒް ހިނިތުންވެލަމުން ބުންޏެވެ. “އެދުވަހު ޔަޝްމީ އަހަރެން ފެނުމުން ދުރުހެލި ނުވިނަމަ، އަދި އަހަރެން ހިތުގެ ވާހަކަ ސިއްރުކުރިނަމަ މިއަދު މި އުފާވެރިކަމެއް ނުލިބުނީސް.”
މޭޒުގެ އަނެއްކޮޅުން އިވުނީ ޒައިންގެ ބާރު ހީލުމުގެ އަޑެވެ. ޒައިން އޭނާގެ ބައްޕަގެ ކުންފުނީގެ މާލިމީއަކަށް ވެއްޖެއެވެ. އޭނާގެ ކައިރީގައި އިން ޝައިހާއަކީ އެ ކުންފުނީގެ މައި އާކިޓެކްޓެވެ. ދެ އާއިލާގެ މެދުގައި އުފެދުނު ބޮޑު ތޫފާނަށްފަހު، މިއަދު އެ ދެ އާއިލާއަކީ މާލޭގައި އޮތް އެންމެ ގާތް ދެ އާއިލާއެވެ.
“އަފްލާޒް! އަދިވެސް ތިއިނީ ކޮލެޖު ދުވަސްވަރުގެ ހަނދާން އާކުރަން،” ޒައިން ސަމާސާކޮށްލިއެވެ. “މުހިންމީ މިއަދު އަހަރެމެން އެންމެން އެކުގައި ތިބިކަން. ބަލާބަލަ ޔައިޝްމެންނަށް!”
ޒައިން އިޝާރާތް ކުރި ދިމާއަށް އެންމެން ބަލައިލިއެވެ. ޔައިޝް އާއި ލިޔުޝާ ތިބީ އެމީހުންގެ އުނގުގައި އިން އެއް އަހަރުގެ ކުޑަކުޑަ އަންހެން ދަރިފުޅު، އާޔާ ގޮވައިގެންނެވެ. ޔައިޝްއަކީ މިހާރު ސޮފްޓްވެއާ އިންޖިނިއަރެކެވެ. ލިޔުޝާއަކީ ގްރަފިކް ޑިޒައިނަރެކެވެ. ލިޔުޝާ ރަށަށް ބަދަލުވާން ޖެހުނު ދުވަހު ޔައިޝް ދެއްކި ހިތްވަރަކީ އެމީހުންގެ ދިރިއުޅުން ސަލާމަތްވި ސަބަބެވެ.
“އާނ، ލިޔޫ މާލޭގައި މަޑުކުރަން އަހަރެމެން ކުރި ހަނގުރާމަ އަދިވެސް ހަނދާން އެބަހުރި،” ޔައިޝް އާޔާގެ ކޮލުގައި ކިސްއެއް ދެމުން ބުންޏެވެ. “އެކަމަކު މިއަދު އަހަރެމެންގެ ހަޔާތް މިވަނީ ފުރިހަމަވެފައި.”
ލިޔުޝާ ޔައިޝްގެ ކޮނޑުގައި ބޯއަޅާލަމުން ހީލިއެވެ. “އިތުބާރާއި ކެތްތެރިކަމަކީ ލޯބީގެ އެންމެ ބޮޑު ބާރުކަން އަހަރެމެންނަށް ދަސްވެއްޖެ އިރުއޮއްސި، މާހައުލަށް ރޭގަނޑުގެ ހަމަހިމޭންކަން ވެރިވަމުންދިޔައިރު، ހަ އެކުވެރިން އެކުގައި ތަށިތައް ޖައްސާލަމުން އެމީހުންގެ އެކުވެރިކަމާއި
ލޯތްބަށް ހެޔޮ ދުއާކުރިއެވެ.
ކޮލެޖުގެ ގޯތިތެރެއިން ފެށުނު އެ ދަތުރަކީ ހަމައެކަނި ލޯބީގެ ވާހަކައެއް ނޫނެވެ. އެއީ ކުށްހީތަކާއި، ހަސަދަވެރިކަމާއި، މަރުގެ ތުންފަތުން ސަލާމަތްވެ، އާއިލީ ހުރަސްތައް ގިރާކޮށް ކުރި ބޮޑު ދަތުރެކެވެ. ކޮންމެ މީހެއްގެ ހިތުގެ މަގުތައް ތަފާތު މިސްރާބަކަށް ދަތުރުކުރި ނަމަވެސް، ފަހު މަންޒިލުން އެންމެންގެ ހިތްތައް ވަނީ އެއް މަގަކުން ބައްދަލުވެފައެވެ. އެއީ ތެދުވެރި ލޯބީގެ މަގެވެ.
(ނިމުނީ)
މިބައި ލަސްވިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން!
މިވާހަކަ ވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުންމީދުކުރަން! 🥰
ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުގެ ގިނަ ވާހަކަތަކެއް ކިޔާލަން ލިބޭނެ އިންޝާ ﷲ !
މިދުވަސް ކޮޅު ކިޔެވުމަށް ސަމާލުކަން ދިނުމުގެ ގޮތުން އަޅުގަނޑު ކުޑަ ބްރޭކެއް ނަގަން ނިންމައިފިން! އެހެންކަމުން ދެން އާވާހަކަ އެއް ކިޔާލަން ލިބޭނީ ބްރޭކަށް ފަހު! ހުރިހާ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑު ވާހަކަ ތަކައް ދެއްވާ ސަޕޯޓައް ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަން! އާ ވާހަކަ އަކަށް އިނތަޒާރު ކޮށްލައްވާ! 💗😊
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (10)
Comments are closed.
Heii shabaa… maashaa allah vrh furihama vaahaka eh..
Knme part akah vakin comment nukurevunas vaahaka kiyaalin ingey…
Maashaa allah hurihaa part vx vrh vrh reethi…
Break nimmaafa shaba ge miah vure vx furihama vaahaka eh fennaane kamah ummedhu kuran…
Anyways… how are u?
Alai and hurihaa kudhinnah salaam bunedhehycheyy..
U mn mathin vrh miss vey…
Hii ☺️ Happy to know that you enjoyed 💗. IA miah vuren rythi vhk eh fehnaane IA ❤️. ALHAMDHULLILAH I’M FINE WBU? IA salaam bunedheynan Awwn gurly mathin vx i men vrh miss vey 😭 Ziyern and Eddie vx salaam buni gurly ah 💌… Gurly ge vhk eh kiyaalan libeyne kon iraku thr? Vrh inthizaaru kurevey byee
Overall story vrh rythi 😚🔥
Vrh happy hrh kdhin ahvx happy ending eh libunyma 😃… Vrh iburaiytheri lwbige vhk eh same happened to me also 😭… But I’m okay 👍😊…Break ah fahun miah vuren rythi story eh kiyaalan libeyne kamh unmeedhu kuran 😊 kihaa dhuhu ge break eh tha 🤭 haha waiting for a next masterpiece 😘❤️ ehaa gina dhuhu ge inthizaarehga nubahahtahchey 🙃…
Lysm and tc 💗
Happy to know that you enjoyed 💗. Shaba vx happy anonymous happy v ma 😃. Ohh I feel bad for you 😞 IA kiyaalan libeyne miah vuren rythi story eh ☺️ Ehen bunaakah neynge dhn shaba akah vx sadly dhn miaharu dhigu vhk eh kiyaalaakah nulibeyne 😭 but I will try to write short story’s 👍… Balaanan ehaa gina dhuhu ge inthizaarehga nubahahtaa veythw 🤭😄… Btw thank youuu sm for loving this story Stay turned shaba akah hiyeh nuve dhen mi id in heneh upcoming story’s publish kureveyne cux my phn restart kohlaigen hurihaa ehcheh gohssi Gmail ge pass ehves neynge 😬…. Byee lym u also tc ❤️😘
Hii after a long time 😭
What a beautiful story wauuu Masha Allah 💗
Hurihaa characters aa vaki vaan jehuny dhw 😥
Waiting for another long story 😊… And all the best
Oh Yea I ge salaam vx hurihaa kudhin ah bunedhehchey
Lysm & Tc 💕
Hii yeaa after a long time dhw 😭
Happy to know that you enjoyed 💗. Yess hurihaa characters aa vaki vaan jehunymi 😞 sadly dhn miaharu dhigu vhk eh kiyaalaakah nulibeyne 😭 but I will try to write short story’s 👍… Btw thank youuu sm for loving this story Stay tuned shaba akah hiyeh nuve dhen mi id in heneh upcoming story’s publish kureveyne cux my phn restart kohlaigen hurihaa ehcheh gohssi Gmail ge pass ehves neynge 😬 yea salaam bunedheynan IA Ziyern and Eddie salaam buni…. Byee lym u also tc ❤️😘
Superb 🔥🤩 yesterday adhi vhk kiyan feshy miadhu mi nimuny kiyaa… Adhi esfiya site in kee ehen furathama vhk keep going ✨💥 Waiting for another masterpiece
Happy to know that you enjoyed the story 💝
Ohhhh Ehen thr Haadha avahey dhw 😄
Vrh Ufaavehje Mi site in kee ehme furathama vhk ah Mi vhk veema 😊… I’m sorry dhen Neynge vhk eh liyeveyne dhuvaheh bunaakah… Alhugandhu ge vhk eh avas musthagbalehga kiyaalan libeyne hen heenuvey vrh dhera 😭
Heyy shabaaaa…. how are you???
Hurihaa kudhin kihineii??
Vrh miss veyyy😭😭😭😭
Heyy shabaaaa…. how are you???
Hurihaa kudhin kihineii??
Vrh miss veyyy😭😭😭😭