ހިތުގެ މަގުތައް-1
ވިލާތަކުން އުޑުމަތި ބައްދާލާފައި އޮތް ހަވީރެކެވެ. ކޮލެޖުގެ ބޮޑު ގޯތިތެރޭގައި ދަރިވަރުންގެ ހަލަބޮލިކަން ވަނީ ބޮޑުވެފައެވެ. ކްލާސްތައް ނިމިގެން ބައެއް ކުދިން ގެއަށް ދާން ހިނގައިގަތްއިރު، އަނެއް ބަޔަކު ގަސްތަކުގެ ހިޔަލުގައި ތިބެ ސަކަރާތް ޖަހަމުންދިޔައެވެ. މިއީ މާލޭގެ އެންމެ ބޮޑު އެއް ކޮލެޖުގައި އާދައިގެ މަތިން ފެންނަ މަންޒަރެކެވެ. ނަމަވެސް އެ މާހައުލުގެ ތެރޭގައި ތިބި ހަ ޒުވާނެއްގެ ހަޔާތް ވަނީ އެކަކު އަނެކަކާ ނޭނގޭ ގޮތްގޮތަށް ގުޅިލާމެހިފައެވެ.
ގޯތިތެރޭގައި ހުރި ބޮޑު މާގަހެއްގެ ދަށުގައި ހުރި ބެންޗެއްގައި އަފްލާޒް އިނީ ފޮތެއް ހުޅުވައިގެންނެވެ. އޭނާއަކީ އަބަދުވެސް މަޑުމައިތިރި، ކިޔެވުމަށް މޮޅު އަދި މީހުންނާ މާ ގިނައިން ވާހަކަނުދައްކާ ޒުވާނެކެވެ. ފޮތަށް ބަލަން އިން ނަމަވެސް، އޭނާގެ ހަގީގީ ސަމާލުކަން ހުރީ އެހެން ދިމާއަކަށެވެ. ކޮލެޖުގެ މައި ދޮރުން އެތެރެއަށް ވަދެގެން އައި ޔަޝްމީ އަށެވެ. ޔަޝްމީއަކީ ފެންނަ ކޮންމެ މީހެއްގެ ހިތް އަތުލާ ފަދަ ހިނިތުންވުމެއް ލިބިފައިވާ، ހިތްހެޔޮ އަންހެން ކުއްޖެކެވެ.
ޔަޝްމީ އޭނާގެ އެކުވެރިންނާ ވާހަކަދައްކަމުން ދިޔައިރު، އަފްލާޒްގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުއްޓާ ކުއްލިއަކަށް ޔަޝްމީ އެދިމާއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު، އަފްލާޒްގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. އޭނާ މަޑުމަޑުން ހިނިތުންވެލިއެވެ. ނަމަވެސް ޔަޝްމީގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އޭނާ އަވަސްއަވަހަށް އިސްދަށަށް ޖަހާލުމަށްފަހު، ހިނގުން އަވަސްކޮށްލާފައި ކްލާސްތަކާ ދިމާއަށް މިސްރާބުޖެހިއެވެ. އަފްލާޒް ފުން ނޭވާއެއްލަމުން އޭނާ ދިޔަ ދިމާއަށް ބަލަން އިނެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. “ޔަޝްމީ އަހަރެން ފެންނައިރަށް އެދަނީ ކީއްވެބާ؟ އަހަރެންގެ ފަރާތުން ކަމުނުދާ ކަމެއް ފެނުނީ ބާ؟ ނޫނީ އޭނާގެ ހިތުގައިވެސް އަހަރެންނާ މެދު ސިއްރު އިހުސާސްތަކެއް ވަނީބާ؟
” އަފްލާޒްގެ ހިތުގައި ސުވާލުތަކުގެ ތޫފާނެއް އުފެދުނެވެ. އެ ދެމީހުންގެ މެދުގައި ފާޅުނުކުރެވިފައިވާ ކޮންމެސް ސިއްރެއް ވާކަން ދެމީހުންނަށްވެސް އެނގެއެވެ.
އެވަގުތު ކޮލެޖުގެ ކެންޓީނުގެ އެންމެ އެތެރޭގައި ހުރި މޭޒެއްގެ ކައިރީގައި ޔައިޝް އާއި ލިޔުޝާ ތިއްބެވެ. އެމީހުންނަކީ ކޮލެޖަށް ވަންނަން އުޅުނު ދުވަސްވަރުއްސުރެ ރައްޓެހިވެގެން އުޅޭ ދެލޯބިވެރިންނެވެ. ލިޔުޝާ އިނީ ވަރަށް ފަރުވާތެރިކަމާއެކު ލެޕްޓޮޕުން އެމީހުންގެ ގްރޫޕް އެސައިންމަންޓް އިސްލާހުކުރާށެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު، ޔައިޝް އިނީ އޭނާގެ ފޯނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކޮންމެވެސް ބޮޑު ކަމަކާ ހާސްވެފައިވާ ކަމުގެ ނިޝާންތަކެވެ.
“ޔައިޝް! އަހަރެން މި ބުނި ބައި ރަނގަޅުތަ؟” ލިޔުޝާ އަހައިލިއެވެ. ނަމަވެސް ޔައިޝްގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ލިޔުޝާ އިސްއުފުލާ ބަލައިލިއިރު ޔައިޝް އިނީ ފޯނުގެ ސްކްރީނަށް ގެއްލިފައެވެ. “ޔައިޝް!” ލިޔުޝާ މިފަހަރު ކުޑަކޮށް އަޑުބާރުކޮށްލިއެވެ.
ޔައިޝް ސިހިފައި ފޯނު އަވަސްއަވަހަށް މޭޒުމަތީގައި ބާއްވާލިއެވެ. “އާނ… އާނ ލިޔޫ. ކީކޭ؟ އަޑުއަހަމޭއެބަ” ޔައިޝް ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ.
ލިޔުޝާ ލެޕްޓޮޕް ލައްޕާލިއެވެ. އޭނާގެ ދެލޮލުން ދެރަވުމާއި ކަންބޮޑުވުން ފާޅުވަމުންދިޔައެވެ. “ޔައިޝް، މިހާރު ވަރަށް ބަދަލުވެއްޖެ. އަހަރެން ކައިރީގައި އިނަސް ހީވަނީ ތި އިންނަނީ އެހެން ދުނިޔެއެއްގައެއްހެން. ފޯނުވެސް އަބަދު ފޮރުވަނީ. ކޮންކަމެއް ސިއްރުކުރަނީ؟” ލިޔުޝާގެ ސުވާލުން ޔައިޝް އިސްދަށަށް ޖެހިއެވެ. ހަގީގަތަކީ ޔައިޝްގެ ހިތް މިހާރު ލިޔުޝާއަކަށް ސާފެއް ނޫނެވެ. އޭނާގެ ހިތުގައި އެހެން ސޫރައެއް ކުރެހެން ފަށައިފިއެވެ. ނަމަވެސް ލިޔުޝާގެ ކުށެއްނެތް ސާފު ލޯތްބަށް ހިޔަނި އަޅުވާލާނެ ހިތްވަރެއް އޭނާގެ ނެތެވެ. “ހަމަ ހީވާގޮތް ލިޔޫ… އެއްވެސް ކަމެއް ސިއްރެއް ނުކުރަން ސޮރީ،” ޔައިޝް އަނެއްކާވެސް ދޮގުހެދިއެވެ.
ކޮލެޖުގެ ބޮޑު ލައިބްރަރީން ނުކުމެގެން އައި ޒައިން އާއި ޝައިހާ ތިބީ ހެމުން ހެމުން ވާހަކަދައްކާށެވެ. ޒައިންއަކީ ކޮލެޖުގެ އެންމެ މަޖާ، އަދި އެންމެންނާވެސް ރައްޓެހި ޒުވާނެކެވެ. ޝައިހާއަކީ އޭނާގެ ހަޔާތުގެ ހުރިހާވެސް އުންމީދެކެވެ. އެ ދެމީހުންގެ ލޯތްބަކީ މުޅި ކޮލެޖަށްވެސް ނަމޫނާއެކެވެ.
“ޝައި، މިފަހަރުގެ ފައިނަލް އެގްޒޭމުން އަހަރެން އެންމެ މަތިން މާކްސް ހޯދައިފިއްޔާ ކޮން ސަޕްރައިޒެއް ދޭނީ؟” ޒައިން ލާނެތް ގޮތަކަށް އަހައިލިއެވެ.
ޝައިހާ އަތުގައި އޮތް ފޮތްބައި މޭގައި ޖައްސާލަމުން ހީލިއެވެ. “ޒައިން ފުރަތަމަ ފާސްވެބަލަ. އަބަދު ކުޅިވަރުގައި އުޅޭ މީހަކަށް އެގްޒޭމްގަ މަތިން މާކްސް ލިބޭނެތަ؟” ޝައިހާ ދިމާކޮށްލިއެވެ.
“މިފަހަރު ބަލަން ހުރޭ. ޝައިއަށްޓަކައި އަހަރެން ދުވާލަކު ވިހި ގަޑިއިރުވެސް ކިޔަވާފާނަން,” ޒައިން ޝައިހާގެ ދެލޮލަށް ބަލައިލީ ފުން ލޯތްބަކާއެކުގައެވެ. ޝައިހާގެ ކޮލަށް ރަތްކަން ވެރިވެގެންދިޔައެވެ. އެމީހުންގެ ދިރިއުޅުން މިވަގުތު ވަރަށް އުފާވެރިއެވެ. ނަމަވެސް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނެއްގެ އެއްވެސް ރޭކާލުމެއް އެ ދެމީހުންނަކަށް ނެތެވެ.
އިރުއޮއްސި، ކޮލެޖުގެ ބޮޑު ބައްތިތައް ދިއްލެން ފެށިއެވެ. ކޮލެޖުގެ ގޭޓުން ބޭރަށް ނުކުންނަން ހިނގައިގަތް އަފްލާޒްގެ ފަހަތުން މީހަކު ދުވެފައި އައި އަޑު އިވުނެވެ. އޭނާ އެނބުރި ބަލައިލިއިރު، ކުރިމަތީގައި ހުރީ މާނޭވާލަމުންދިޔަ ޔައިޝްއެވެ. ޔައިޝްގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.
“އަފްލާޒް… މަޑުކޮށްބަލަ. އަހަރެން ވަރަށް ބޮޑަށް ބިރުގަނޭއެބަ” ޔައިޝްގެ އަޑު ތުރުތުރުލަމުންދިޔައެވެ.
“ކިހިނެއްވީ ޔައިޝް؟” އަފްލާޒް ކަންބޮޑުވެފައި އަހައިލިއެވެ.
އަފްލާޒް… އަހަރެންނަށް ކުއްޖެއް ދެކެ ލޯބިވެވިއްޖެ. އެކަމަކު އެއީ ލިޔުޝާއެއް ނޫން. އަހަރެންގެ ހިތް މިހާރު ހުއްޓިފައިވަނީ… ޔަޝްމީއަށް!”
ޔައިޝްގެ އެ ބަސްތައް އިވުމާއެކު އަފްލާޒްގެ ގަބޫލުކުރަން ދަތިވެ، މުޅި ދުނިޔެ އެނބުރިގަތް ފަދަ އިހުސާސެއް ކުރެވުނެވެ. ޔަޝްމީއަކީ އަފްލާޒް ފުރާނައިން ލޯބިވާ، އަދި ހިތުގައި ސިއްރުކޮށްގެން އުޅޭ ކުއްޖާއެވެ. އަދި ޔައިޝްއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.
ނުނިމޭ!
މިއީ އަޅުގަނޑު ގެ ފުރަތަމަ ދިގު ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވޭ ކިޔާލާފަ ރަނގަޅު ކޮށްލަން ޖެހޭ ކަންކަން ފަހަގަ ކޮށްލުން އެދެން ހުރިހާ ކިޔުންތެރިން އަށް ކަމުދާނެ ކަމަށް އުންމީދު ކުރަން! 🥰
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Varah Reethi Mi Vaahaka. Masha Allah.
I’m Very Excited For The Next Part
When Next?
Happy to know that you enjoyed 🥰
Awwn vrh ufaavehje ehaa excited vefa huryma 😊
Next part today IA stay tuned
Yay ❤️.. Me first!!! MA..1st ep vv Rythi n Gud..Alhe Aflaaz so sorry for him! His best friend pis pis Now the timing is going likewise.. Anyways, when’s next?
Staying tuned for next part..
Can’t wait to read it!! Ly❤️
*2nd
Yay u 2nd 😅😊… Happy to know that you enjoyed 🥰
Yh feel bad for Aflaaz 😭 Next part today IA
Yh Stay tuned hehe.. Lym dear 🫀💌
Anmaa Haadha reethi ey first part ves 💖
Unmeedheh nukuran mihaa avahah Shaba ge Dhigu vhk eh kiyaalan libeyne kamakah vs Aslu hama shock eh libuny story fenunyma 😳😅 kihineh baa vaany dhen? So curious
Lysm and Tc 💗
Happy to know that you enjoyed 🥰
Awwwn thank youuuuu sooo muchhhh
Ummeedhu nukoh huhtaa dhw mi libuny kiyaalan 😅
Let’s see dhw kihineh thw vany 👀
Lym u also tc 🫀💌
This is ur 2nd story dear
My bad it’s a mistake thank you for telling me 😊
Vedhaane ehnu e vhk ehaa dhigu noon v ma kamah ves ehen nooney mistake eh kamah ves 😊
Yeah it’s a mistake and yes e story ehaa dhigeh vx noon dhw 😊
Wowwww Maashaa Allah mi part vx hama 💯….
Alhey yaish dhw….😭😭😭
Feel bad for aflaaz 😔😔
When next??
Keep shining gurrl….
Lysm,Tc😘💖
Happy to know that you enjoyed 🥰
Yhh yaish 😭 I feel bad for him too 😢
Next part today IA stay tuned
Lym u also tc 🫀💌
Mi story ge 1st part vx vrh Reethi MA 😍
Shaba u are so talented Masha Allah keep it up ✨
Alhey yaish liu ehaa lwbin ulhey iru thihen nuhadhaga
Curiously waiting for the next part When’s next? 😎
Ly and Tc 🖤✨
Happy to know that you enjoyed 🥰
Awwn thank youuuuu so muchhh bro! 💕
Next part today IA stay tuned
Lym u also tc 🫀💌
Hey you girllll!
Vrh Reethi first part 🤜🏻🤛🏻
Thikura hiyvarah ahsaribahaa Saabas rahdhukuran 👏
Yaishuuu liu ah Ehen nuhadha I feel bad for Aflaaz 😭
Curios for the next part When’s next?
Hiii Ishern
Happy to know that you enjoyed 🥰
Awwn thank youuuuu so muchhh 💕
Arn dhen keehkuraany I feel fad for him too
Next part today IA stay tuned
Hii Mrs shaba…..
How are you ☺️
First part vess vrh rythi MA 💕✨
Curiously waiting for the next part…..when next…..?
Lysmmm and tc my dhooni 😘💗
Happy to know that you enjoyed 🥰
I’m so sorry for the late reply 😭🥺
Lym u also tc 🫀💌
poor liusha yaish just hurting her more by not being honest with her and wasting her time liusha deserves better
Happy to know that you enjoyed 🥰
Yhh poor liusha. yes I agree she deserves better
I’m so sorry for the late reply my dear 😭🥺