ބަދަލް-11
މަސަށްކަތް ނިއްމާލާފައި އައިރު ރޭގަނޑު އަށެއްޖަހާ ބޮޑު ވެއްޖެއެވެ. ކަންނެތް ފިޔަވަޅުތަކެއްގައި އައިސް އަހަރެން ދޮރު ހުޅުވާލީމެވެ. އަހަރެން ދިޔައީ ސިއްސާގެންނެވެ.
*ޕާރޓްـ11*
އަހަރެން ސިހުނުވަރު ފެނިފައި ޒައިދާން ފެށީ ހޭށެވެ. އަހަރެންނަކަށް ނުހެވުނެވެ. ޒައިދާންގެ ބަދަލުގައި އެހެން މީހަކު އިންނަމަ އަހަރެންނަށް އޮންނާނީ ނުރައްކާއެވެ. އަދި ބައެއްގެ ހަޑި އަތްތަކުން މި ސަލާމަތް ވެވުނީ ކުރިން ދުވަހަކު އެވެ. އަނެއްކާ އެހެން މީހެއްގެ އަތްދަށުވާކަށް އަހާރެން ބޭނުމެއް ނޫނެވެ. އަހަރެންގެ މިފިޔަތަށް ކޮށާލާކަށް އަހަރެން ބޭނުމެއް ނޫނެވެ.
“ހާދަ ވަރަކަށް ތި ސިހުނީ..” ޒައިދާން ތެދުވަމުން ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުން ވެލީމެވެ. އަހަރެން ބަދިގެޔަށް ވަދެގެން އައިރު އުދުންމަތީ ތެއްޔެއް ހުއްޓެވެ. ބަލާލީރު އެއީ ސްޕެގެޓީ އެވެ. އެއީ ޒައިދާން ކައްކާފައެވެ. ފެންވަރާ ތާޒާ ވެލައިގެން މިއަންނަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނީމެވެ.
ފެންވަރައި ހަދައިގެން ކާން ދިޔައީމެވެ. ޒައިދާން މިރޭ ތަންކޮޅެއް އަވަހަށް ގޮށްސިއެވެ. އޭނާގެ މަސަތްކަތެއް އެބަ އޮތް ކަމަށް ބުނެފައެވެ. ތަށިތައް ދޮވެ ހަދާފައި އަހަރެން ނުކުމެލީ ބޭރަށެވެ.
އަހަރެންގެ ހަޔާތް މިފަދަ ގޮތަކަށް ކުރިޔަށް ދާނެ ކަމަކަށް އަހަރެން އެއްގޮތަކަށް ވެސް ހިތަކަށް ނާރަމެވެ. އަދި އަހަރެންގެ އުމުރުން އެއްމެ 18 އަހަރެވެ. އަހަރެންގެ ކުޑައިރުގެ އެހަދާންތަށް ވަރަށް ހިއްޗެވެ. އެހަދާންތަށް އާ ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ މައިންބަފައިން ވަނީ އަހަރެންގެ ދިރިއުޅުން އަހަރެން އަތުން ފޭރިގަނެފައެވެ. އެހެން އެމީހުން ހެދީ ކީއްވެހެއްޔެވެ؟ އަހަރެން ކޮޓަރިގަނޑަކަށް ލައިގެން ހަތްޔަރު ކޮށްގެން އުޅުނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ފިޔަތަށް ކޮށާ ކުދި ކޮށްފިއެވެ. އެކަމު އަދި ބަލަން ހުންނާށެވެ. އަހަރެންމީ ހަޔާތް އެވެ. ހަޔާތް އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކެވެ. ހަޔާތް އަދި މި އަނދިރި ދިރިއުޅުން ފަސްދާނު ލާނެއެވެ.
އަވަސް އަވަހަށް އެސްފިޔަތަށް ޖަހާލަން މަޖުބޫރުވީ އަހަރެންގެ ލޮލުން ކަރުނަ ތިކިތައް އުފެދެން ފެށީމައެވެ. މިވަރު ކުޑަކަމަކުން އަދި އެއީ ރޯވަރު ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ އަހަރެން ބެލްކަނި ދޮރު ރަގަނޅަށް ތަޅު ލާފައި އައިސް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލީމެވެ.
ސޯފާގައި އޮށޯވެލީމެވެ. އަހަރެން ލޯމަރާލުމާއި އެކީ ދެލޯ ހުޅުވާލީމެވެ. އަހަރެންނަށް ސިފަވީ އެއްކަލަ މީހާ އެވެ. ލައިބްރެރީގަ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި މީހާ އެވެ. އެއީ ކާކު ހެއްޔެވެ؟ އަނެއްކާ އެމީހާ އަށް އަހަރެން އެނގޭހެއްޔެވެ؟ ނޫނީ އެއީ ޝައިލް އަށް މަސަށްކަތް ކޮށްދޭ މީހެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެވެ. ޝައިލް އަކަށް އަހަރެން މިތާ ދިރިއުޅޭކަމެއް ނޭނގޭނެއެވެ.
ފުންނިންޖަކުން ހޭލެވުނީ ފޯނު އެލާމް ވާން ފެށުމުންނެވެ. އަހަރެން ތެދުވީމެވެ. ފެންވަރައި ހަދައިގެން ސައިބުއީމެވެ. ބެލްކަންޔަށް ނުކުމެލީމެވެ. މިއަދި އަހަރެންގެ ހިތް އުފަލެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެން ވަރަށް އުފާވެއްޖެއެވެ. މަންމަގެ ހަޅޭކެއްގެ އަޑެއް ނީވެއެވެ. ޝައިލްގެ ސޫރައެއް ކުރިމައްޗަކު ނެތެވެ. ގޭތެރެ ހަމަހިމޭނެވެ. އަހަރެން ކުރާ ކަމަކަށް އެއްޗެހި ކިޔާ ހަޅޭލަވާނެ މީހަކު ނެތެވެ.
ހަގަނޑި ސާޅީސް ފަހެއް ވީރަށް އަހަރެން ނުކުތީމެވެ. އަހަރެން ލައިގެން ހުރީ ޖިންސަކާއި ސްވެޓާ އެކެވެ. މީޗެހީގައި އަހަރެން ފެންނަކެއް ރީއްޗެވެ. މާޝާ ﷲ އެވެ. އަހަރެން ދޮރު ތަޅުލާފައި އެނބުރިލި ތަނާހެން މީހެއްގެ ގައިގައި ޖެހިނުވެ. އަހަރެން ދިޔައީ ސިއްސާގެންނެވެ. އޭނާގެ އަތުގައި ހުރި އެއްޗެހި ވެއްޓިއްޖެއެވެ. އަހަރެން ވެސް ތިރިވެލީ އެމީހާ އަަށް އޭއްޗެހި ނަގާދޭށެވެ. އަހަރެން އާފަލު ތަކެކެވެ. އަހަރެން ވެސް އޭނާގެ އަތުގައި އޮތް ކޮތަޅަަށް އޭއްޗެހި ލީމެވެ. އަހަރެން އެމީހާ އާއި ދިމާއަށް ބަލާލީމެވެ.
ފިރިހެނެކެވެ. ހަމަ އެދެލޮލެވެ. އެއީ އެއްކަލަ މީހާ އެވެ. އަހަރެން މިތަނަށް ފުރަތަމަ ދުވަހު އައިރު ޖެހުނު މީހާ އެވެ. ލައިބްރެރީގައި އަހަރެންނާއި ދިމާއަށް ބަލަން ހުރި މީހާ އެވެ. އަހަރެންގެ ހިތް ތެޅިލިއެވެ. ކުޑަކޮށް ބިރުގަތެވެ.
“ސޮރީ..” އަހަރެންނަށް ބުނެވުނީ ތަންކޮޅެއް މަޑުންނެވެ. އެމީހާ ހިނިތުން ވެލިއެވެ. ވަރަށް ރީއްޗެވެ. އަހަރެންނަށް ހަމަ ބަލަހައްޓައިގެން ހުރެވުނީއެވެ. މީހެއްގެ ހިނިތުންވުން މިހާ ރީތިވާނެ ހެއްޔެވެ؟
“އިޓްސް އޯކޭ.. އަމް.. ތީ..؟” އެމީހާ ތެދުވަމުން އަހާލިއެވެ. އަހަރެން ވެސް ތެދުވީމެވެ. އެމީހާ އެއެހީ އަހަރެންގެ ނަން ހެއްޔެވެ؟ ވެދާނެއެވެ. ބުނަންވީ ހެއްޔެވެ؟ ނޭނގެއެވެ.
“ހަޔާތް..” އަހަރެން ބުނެލީމެވެ. އެމީހާ އަނެއްކާ ވެސް ހިނިތުން ވެލިއެވެ.
“މާޝާ ﷲ.. ވަރަށް ރީތި ނަމެއް.. އައިމް އަޝްކަން..” އޭނާ ސަލާމަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެއަތުގައި ހިފާ ހިތެއް ނުވިއެވެ. އަދި އަހަރެންނާއި އަޝްކަން މިދިމާވީ އެވެ. އަދި އަހަރެންގެ ގަޔަށް އަތްލާކަށް އޭނާއަކަށް ފުރުސަތެއް ނޯންނާނެވެ. އަހަރެން ފާޑަކަށް ހީލީމެވެ. އޭނާ އަަށް އެނގުނީ ކަންނޭނގެއެވެ. އޭނާ އެއަތް ތިރިކޮށްލިއެވެ.
“ހަޔާތް ގަނޑިނެހިދާނެ.. އަވަހަށް ދޭ..” އަޝްކަން ގަނޑި ބަލާލަމުން ބުނެލިއެވެ. އަހަރެންނަަށް ވެސް ފޯނުން ގަނޑި ބަލާލީމެވެ. ތެދެކެވެ. މިހާރު ދިހަ މިނެޓް އަށް ވީއެވެ. އަހަރެން ހަނާ އަޅާލާފައި ދިޔައީމެވެ.
އަޝްކަން… އޭނާ އަކީ ރަގަނޅު މީހެއް ހެން ހީވެއެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ރީތި ކޮށެެވެ. އަޝްކަން އުޅެނީ ހަމަ އެފްލޯގައެވެ. އަހަރެންނާ އަޝްކަން އަކީ އެހެންމަ އަވައްޓެރިންނެވެ. އަހަރެންނަށް މަޖާވިއެވެ.
މިއަދު 7 ނުޖާހަނީސް މަސަށްކަތް ނިމިއްޖެއެވެ. އަހަރެންގެ ފޯނާއި ޗާރޖަރު ހިފައިގެން އަހަރެން ގެޔަށް ދާން ތައްޔާރު ވެލީމެވެ. އެލީޝާ އައިސް އަހަރެން ކާރީ ހުއްޓިލިއެވެ. އޭނާ އިނީ ފުޅާ ހިނިތުންވުމެއް ދީގެންނެވެ.
“ހިގާބަ އަހަރެންނާ އެކީ ކެފޭއަކަށް.. އަދި ހަޔާތް އައި ފަހުން ނުދަމެއްނު އައިމެން ދެކުދިންނެއް..” އެލީޝާ އަހަރެންގެ އަތުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އަހަރެން ނޫނެކޭ ބުނާނީ ކިހިނަކުން ހެއްޔެވެ؟ އެލީޝާ އާއި ދެމީހުން ބޮޑަށް އެކުވެރިވާން ވެއްޖެއެވެ. އޭނާ އެހާ އުފަލުން އެހެން ބުނުމުން އަދި ވަކިން ނޫނެކޭ ބުނާކަށް އަހަރެންނަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އަހަރެން އެއްބަސް ވީމެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Vrh gina mistakes hurikan faahga vey eba
Yeah.. Adhi mibalaalevunee.. Busy kamun double check nulurevuneema eii.. IA next part ga e mistake ragalhu kohllaanan! 💙
Wow 👏
Masha Allah ♥️
Thank you! 🥰
Masha Allah ♥️
Thankx sis 🥰
Yo vrh reethi ingey mi part vs MA✨!!
Suppose she met her soulmate kanne👀
Waiting for next!
Happy to know that you enjoyed this part 🤗
Hama vedhaane 😭
Alhey HI MUXO
V gina dhuvahah fahu mi story kiyaamilevunee
Job ge kanthakaa ulhen hadhaigen phone ves halaakuvee viyya
BTW mi part v reethi
Js spelling mis
CW4THENEXTP
Tc gurlll
Hiiii Sheex 🤗
Yh.. Vrh gina dhuvahah fahu muxo ves liyan feshee 😭
Oh my dear.. Phone halaaku v eyy 🤣
Nextpart ves vrh avahah liye veythw balaanan👍
You also take care dear 💙