Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބަދަލް-10

_MuXo_
_MuXo_ Level 110 Stories
July 14, 2026 3 Mins Read
9 Comments

ކާރު މަޑުކޮށްލީ ބިލްޑިން އާއި ފުދޭވަރަކަަށް ދުރުގައެވެ. ޒައިދާން އާއި ހިގާފައި ދިޔައިރު އެތަކެއް މީހުންނެއް އަހަރެންނަށް ބެއްޔެވެ. ބައެއް މީހުން އަހަރެންނާއި ދިމާއަށް ބަލާލާފައި ހިނިތުންވުމެއް ރައްދުކޮށްލައެވެ. އަހަރެންގެ ހިތަށް ކިތައްމެހާ ވެސް ފަސޭހަވިއެވެ. ލިފްޓްގައި ގޮސް އަހަރެންގެ އެޕާރޓްމެންޓް ދޮރާއި ހަމައަށް ދަނިކޮށް މީހެއް ގައިގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ. ނަސީބަކުން އެމީހަކު އަހަރެންގެ އުނަގަނޑުގައި ހިފައި ވެއްޓުނަ ނުދީ ހިފާއްޓާލިއެވެ. އަހަރެންގެ ނަޒަރު ސީދާވީ ގަދަ ކަޅުކުލާގެ ކަޅިރަވައަކާ އެވެ.

*ޕާރޓް-10*

“ސޮރީ..” އަހަރެން ތެދުކުރަމުން އެމީހާ ވާހަކަ ދެއްކިއެވެ. އަހަރެން އިނީ ހުއްޓުން އަރާފައެވެ. އެމީހާ އާއި ދިމާއަށް ބަލާށެވެ.

“ހަޔާތް..” އަހަރެން ސިހުނީ ޒައިދާން ގޮވާލުމުންނެވެ. އޭރު އޭނާ އިނީ ދޮރު ހުޅުވާގެންނެވެ. އަހަރެން ވެސް ވަނީމެެވެ. ގޭތެރެއަށް އަހަރެން ނަޒަރު ހިންގާލިމެވެ. ހިތްފަސޭހަ މިތަނުގައި ހުރީ މަޑު ނޫކުލައިގެ ދަވާދު ލެވިފައެވެ. ބެލްކަނީގައި ކާޓެއިންސް ނުލީ އަހަރެން އެދިގެންނެވެ. ދޮރާދިމާ ވާގޮތަށް ހުރި ސޯފާސެޓް ކުރިމަތީގައި ޓީވީ އެއް ހުއްޓެވެ. ސިޓިން ރޫމް އާއި ކާގެ އިނީ އެއްކޮށެވެ. ބަދިގެ އިނީ ވަކިންނެވެ. މި އެޕާރޓް މެންޓްގައި ތިން ކޮޓަރި ހުރެއެވެ. އަހަރެން އައިސް އިށީނީ ސޯފާގައެވެ.

އަނެއްކާ އާ ދިރިއުޅުމަކައިގެން މިފަށަނީއެވެ. އުޅެން ޖެހެނީ އެކަންޏެވެ. އަހަރެންގެ ރައްކާތެރިކަން އޮތީ އަހަރެންގެ އަތް މަތީއެވެ. މަންމަމެންގެ ހަދާން ތަކާއި ދުރައް ދެވޭނެއެެވެ. މިތަނަކީ އަހަރެންނަށް އާތަނެކެވެ. މިއަވަށު އެކަކަށް ވެސް އަހަރެންނެއް ނޭނގޭނެއެވެ. ދެލޯ މަރާލައިގެން އޮތް އަހަރެން ދެލޯ ހުޅުވާލީ ޒައިދާން އައިސް އަހަރެންގެ މަގަތުގައި އިށީނުމުންނެވެ.

“މާދަން ޖެހޭނެ މަސަށްކަތަށް ދާން..” ޒައިދާން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. ޒައިދާން އިނީ އަހަރެންނަށް ބަލާށެވެ. އަހަރެންނަށް އުނދަގޫވިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގާ ހުރިހާ ހިޔާލެއް ވެސް އެނގޭނީ ހަމަ އޭނާ އަށެވެ. އަހަރެން ވެސް ޒައިދާން އަށް ބަލާލީމެވެ. އޭނާ ހިނިތުން ވެލިއެވެ. އެކަމު އަހަރެންނަކަށް ރައްދުގައި ހިނިތުންވުމެއް ނުދެވުނެވެ.

“ޒައިދާން ކޮންއިރަކުން ދާނީ..؟” އަހަރެން  އަހާލީމެވެ. އޭނާ އަނެއްކަ ފަހަރަށް ހީލިއެވެ.

“ހަޔާތް ބޭނުމީ އަހަރެން ދާންތަ..؟” ޒައިދާން ސަމާސާ ކޮށްލިއެވެ.

“ނޫން.. ހަމަ އަހާލީ..” އަހަރެން ވެސް އެކަނި މިތާ އިންނާނަށް ވޭނުމެއް ނޫނެވެ.

އެރޭ ޒައިދާން ދިޔައީ އަހަރެނާއި އެކީ ކައިގެންނެވެ. އަހަރެމެން ނޫޑުލިސް ކައްކައިގެން ކައިގެން ޒައިދާން ދިޔުމުން އަހަރެން އުޅުނީ ކޮޓަރި ތެރެ ތަރުތީބު ކުރުމުގައެވެ. ޒައިދާން އަހަރެންނަަށް ގަނެދިން ހެދުންތަަށް އަލަމާރީގައި އަޅުވާލާފައި އަހަރެން ނިދަން އޮށޯތީމެވެ. އަހަރެންގެ އެދުމުގެ މަތިން ކޮޓަރީގައި ސޯފާއެއް ވެސް އެބައިނެވެ. އެނދުގައި ނިދާކަށެއް އަހަރެންނަކަށް މިހާރު ލާހިކު ނޫނެވެ. އަހަރެންގެ ހިތް ބިރުގަންނަނީ އެވެ. ސިކުނޑި ހާސްވަނިއެވެ. އަހަރެން ބަލިކަށި ވެއެވެ. އަހަރެން ބަލިކަށި ވުމަކީ އަހަރެން އެދޭކަމެއް ނޫނެވެ. ހިޔާލުތަށް އެއްފަރާތް ކޮށްލާފައި އަހަރެން އުޅުނީ ނިދޭތޯއެވެ.

“ބޮޑު އުނދަގުލެއް.. ހިތަށް އަރާ ކިޔެއް ކުރަންހޭ މަކަލޭ ވިހޭ.. އެވަރުން ބަލައި ބޮޑުކުރީމަ މިވަރު ކުޑަކަމެއް ކޮށްލާކަށް ނޭނގުނު..”

“މަށަަށް ހެޔޮ ކަލޭގެ ހިތަށް ކޮންމެ އަސަރެއް ކުރިއަސް..”

“ބުނަންތަ.. ކަލޭތީ އެއް ވެސް ބޭނުމެއްނެތް އެއްޗެއް..”

ދެލޯ ހުޅުވާލެވުނިރު އަހަރެންގެ ނިތްކުރިން ދާތިކިތަށް ފައިބަނީއެވެ. އަހަރެންނަށް ދިޔައީ މައިނޭވާތަކެއް ލެވެމުންނެވެ. ތެދުވެ އިށީންދެލީމެވެ. މިފެނުނީ ކޮންކަހަލަ ހުވަފެނެއް ބާއެވެ. އަހަރެންގެ ސިކުނޑީގައި އެހަނދާންތަށް ވަނީ ހަރުލާފައެވެ. މީހުސް މަންމަމެންގެ ކަންތަކެވެ. އެކަމު އަހަރެންގެ މިހާއްސަ ދުވަހަށް ހުރަހާކަށް އެމީހުން ވުމަކަށް އަހަރެން ނޭދެމެވެ.

ކިރުތައްޓެއް ބޯލައިގެން އަހަރެން ނުކުމެލީ ބެލްކަންޔަށެވެ. ގަނޑިން ހެނދުނު 6:30 އެވެ. އުޑުމަތި ފަވަމުން ދިޔައީ އިރުގެ ރީނދޫ އަލިންނެވެ. ދުނިޔެމަތީވީ ފިނިކަންކަނޑުވައި އިރުގެ ހޫނުކަން ދިޔައީ ދުނިޔެ ހޭލައްވަމުންނެވެ. ސުކޫލަަށް ދާ ކުޑަކުދިންތަށް ގޮވާގެން އެކުދިންގެ މައިންބަފައި ދަނީއެވެ. އެކުދިންގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. އަހަރެންނަށް އެހާ އުފާވެރިކަން ނުލިބެނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ވެވުނު ކޮން އިހުމާލަކުން ހެއްޔެވެ؟

އަހަރެން މިހާރު ހުއްޓިގެން މިހުރީ “ކްރަމްބްލްސް އެންޑް ޗެޕްޓާރސް” ކިޔާތާކުއެވެ. މިތަނަކީ އަހަރެންގެ ވަޒީފާ ހަމަޖެހިފައިވާ ތަނެވެ. އަހަރެން ވަންނަން ނުވަންނަން ހުރެފައި ވެސް ވަނީމެވެ. އޭރު އެތަނުގައި އެއް ވެސް މީހެއް ފެންނާކަށް ނެތެވެ. އެއީ ލައިބް ރެރީއެކެވެ. އެތަން ވަރަށް ރީއްޗެވެ. މަތިމައްޗަށް ހުރި ޝެލްފް ތަކުގައި ބާވަރެއް ފޮތްތަކެއް ހުއްޓެވެ. އެފޮތްތަށް ކިޔާލަން އަހަރެން ބޭނުމެވެ.

“ހާޔްޔްޔް.. ތީ ހަޔާތް ތަ..؟” އަހާރެންގެ ފަހަތުން ކުއްޖަކު ގޮވާލި އަޑު އިވުނެވެ. އަހަރެން  ފަސް އެނބުރި ބަލާލީމެވެ. އޭރު އެއަންހެން ކުއްޖާ ހުއްޓެވެ. އޭނާ ލައިގެން އިނީ ކަޅު ކުލައިގެ ބޭގީ ޖިންސް އަކާއި ރަތް ކުލައިގެ ގޮޅި ޖެހި ގަމީހެއް ލައިގެންނެވެ. އެކުއްޖާގެ އިސްތަށިގަނޑުވަނީ ކޮނޑާއި ހަމައަށް ކޮށާލާފައެވެ. އިސްތަށިގަނޑުގެ ތިރީބައިގައި ވަނީ ރަތްކުލަ ޖައްސާލާފައެވެ.

“ލައްބަ..” އަހަރެން ބޯޖަހާލީމެވެ.

“މައި ނޭމް އިޒް އެލީޝާ.. ހަޔާތް މިއަދު އުޅޭނީ އަޅުގަނޑާ އެކީގަ.. އެނީވެއިސް.. ހިނގާދޯ އަވަހަށް ދާން..” އެކުއްޖާ އަހަރެންގެ އަތުގައި ހިފައިގެން ހިގައިގަތެވެ.

އަހަރެންގެ މަސަށްކަތަކީ އެތަނުގައި ހުރި ފޮތްތަށް ތަރުތީބު ކުރުމެވެ. އެއީ ވެސް ނަދީބެއް ނޫން ހެއްޔެވެ؟ އެހާ މަސަށްކަތް ބުރައެއް ނުވެ އެއް ނޫންހެއްޔެވެ؟ ކިތައްމެ ހާވެސް ރަގަނޅެވެ. އެލީޝާ އަކީ އަޙްލާގް ރަގަނޅު ހެޔޮލަފާ ކުއްޖެކެވެ. އޭނާ އަބަދުވެސް އިންނަނީ ހިނިތުން ވެލާގެންނެވެ. އެހެންވެ އަހަރެންގެ ހިތަށް ވަރަށް ހިތްހަމަޖެހުން ލިބެއެވެ.

އަހަރެމެން ދެމީހުން ތިބީ އެތާ އިން މޭޒެއް ކައިރީ މަސަތްކަތް ނިއްމާލާފައި ފޮތެއް ހިފައިގެންނެވެ. އެލީޝާ ދިޔައީ އޭނާ ކީވާހަކަތައް އަހަރެންނަށް ކިޔާދޭމުންނެވެ. އަހަރެން ވަރަށް ޝައުގުވެރިވެފައި އެވާހަކަތަށް އަޑުއެހަން ހުރީމެވެ.

“ކިލް ފޯރޔޫ އިޒް މައި ފެވް.. ހަޔާތް ކޮންމެހެން ވެސް ޖެހޭނެ އެފޮތް ކިޔަން..” އެލީޝާ ބުނެލިއެވެ. އަހަރެން އެއްބަސް ވީމެވެ. ދެމީހުން އެގޮތަށް ވާހަކަ ދައްކަން ތިބެފައި މީހަކު ބަލާކަހަލަ އިހްސާސް އެއް ވުމުން އަހަރެންނަށް ވަށައިގެން ހޯދާ ލެވުނެވެ. އޭރު މާދުރޫން ހިސާބެއްގައި ހުރި މޭޒެއް ކައިރީގަ މީހަކު ހުއްޓެވެ. އެއީ ހަމަ އެދެލޮލެވެ. އެ ކަޅު ދެލޮލެވެ. އަހަރެން ނާއި އޭނާގެ ހަތަރު ކަޅި ހަމަވުމާއި އެކު އޭނާ ވަގުތުން ނަޒަރު ވަކި ކޮށްލިއެވެ. އަހަރެން އެމީހަކާއި ދިމާއަށް ރަގަނޅަށް ބަލާލީމެވެ. ބޯ ފަން އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އަށްޔެވެ. އޭނާގެ މޫނުގައި ކަޅުތިލައެއް ވެސް އިނެވެ. ލޯކާރީގައެވެ. އޭނާ ލައިގެން އިނީ ކަޅިކުލައިގެ އަތްދިގު ގަމީހެކެވެ. ވަރަށް ވެސް ހިތްގައިމެވެ.

މަސަށްކަތް ނިއްމާލާފައި އާދެވުނުއިރު ރޭގަނޑު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ކަންނެތް ފިޔަވަޅު ތަކެއް އަޅަމުން އައިސް އަހަރެން އައިސް ދޮރު ހިޅުވާލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 71

Next

ލޯބި-27

Next
July 14, 2026

ލޯބި-27

Previews
July 14, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 71

9 Comments!

  1. Shaba_17 says:
    July 14, 2026 at 5:23 pm

    Again me first yayy yayy yayy 🎉🎊
    Mi part ves vrh Reethi MA! 💗
    Haya and Zaidhaan vrh gulhey hehe 😅
    Anehkaa keehve baa Haya sihsaigen E dhiyaee 😩
    Curiously waiting for the next part When’s next?
    Lysm and Tgc 💗

    1. _MuXo_ _MuXo_ says:
      July 14, 2026 at 5:41 pm

      Yesss you first again ✨🤗
      Happy to know that you enjoyed this part 💙
      Gurll fr fr.. 😝
      Next part ves v avahah IA 💗
      Love you more.. You also take care 🥰

  2. Black says:
    July 14, 2026 at 8:58 pm

    Fantastic!!!(^_-)
    Mi part vx vrh Reethi. 💗💗💗 Muxo you made me blushed😆 Xai x Haya that masterpiece kiiru..LOL 😂 Keep the hardwork up!
    Curiously waiting for the next part… 💗💗
    CW4whennext???(^o^)
    Lysm 💩💗& Tc my beloved author🎭💗

    1. _MuXo_ _MuXo_ says:
      July 15, 2026 at 4:34 pm

      Happy to know that enjoyed this part 🤗
      Hehhe..
      IA I will ✨
      Next part dhen in vhk thah liyelaafa 💙
      Love you more 😘💗 you also take care my dear reader 😉

  3. Your fav bab Your fav bab says:
    July 16, 2026 at 1:18 pm

    Love it!!💗 Waiting for next..

  4. أحمد زان says:
    July 22, 2026 at 6:19 am

    Is it a romance story? A scary story? Is it about islam, writer, respond

    1. _Muxo_ says:
      July 28, 2026 at 7:12 am

      Romantic Dear

    2. _Muxo_ says:
      July 28, 2026 at 7:13 am

      Awwn..Author kiyanee ves MuXo dhw wow 😲

  5. Black says:
    July 28, 2026 at 7:15 am

    Why muXo tale upload nukuranee?

Comments are closed.

Next Episodeބަދަލް-11←


All Right Reserved!