Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އެ ހަނދާން – 1

Eyesh Level 210 Stories100 Comments
July 23, 2026 3 Mins Read
0 Comments

މާލޭގެ ވަށައިގެންވާ ކަނޑުގެ ހަމަހިމޭންކަމަށް ބަދަލެއް ނާދެއެވެ. މޫދުގެ ލޮޏުގަނޑުގެ ކުލައާއި މޫދުން އަންނަ ފިނިރޯޅިތައްވެސްމެއެވެ. މަގުތައް ކުރިއެކޭވެސް އެއްގޮތަށް ތޮއްޖެހި ބާރުބޮޑެވެ. ހަނިގޯޅިތަކުން ފުރިބާރުވެގެން ނިކުންނަ ސައިކަލު ތަކާއި ކާރުތައްވެސް ހަމަ ކުރިއެކޭ އެއްފަދައެވެ. މާލޭގެ މައިމަގުގެ ދެފަރާތުގެ ޕޭމަންޓް މަތިން ދެކޮޅަށް ހިނގާމީހުންތައް ނުހަނުގިނައެވެ. އޮފީސްތަކަށާއި އެތަން މިތަނަށް ދިއުމުގައި މީހުންތައް މަސްއޫލުވެއުޅެއެވެ. މިއީ ކޮންމެދުވަހަކު ހެން ފެންނަ ބަދަލެއް ނާންނަ ކަންކަމެވެ. ބަދަލުވީ ހަމައެކަނި ވަގުތެވެ. ހާލަތެވެ.

ސާރާ ހުރީ މާލޭގެ ބޭރުމަގުގެ ރާޅުގަނޑާއިދިމާލަށް ހުންނަ ފިސާ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ އަށްވަނަ ފަންގިފިލާގެ ކުޑަދޮރުކައިރީގައި ހުއްޓިލައިގެން މޫދަށް ނަޒަރު ހުއްޓައިލަގެންނެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. ފަހަތުން ނާޝް އޭނާ ޗުއްޓީގައި ތުރުކީ އަށް ދާން އުޅޭވާހަކަ ވަރަށް އުފަލުން ކިޔާ އަޑުއުވެއެވެ. އިރުކޮޅަކުން ޒަމްރާ ފެށީ ހުޅުމާލޭގައި އަލަށް ހުޅުވި ރެސްޓޯރެންޓެެއްގެ މޮޅުވާހަކައެވެ. ސާރާ އެމީހުންނާ ދިމާލަށް އެނބުރި ހީލިއެވެ. އަބަދުވެސް ހީލާ އުސޫލުންނެވެ. ކުއްލިއަކަށް ސާރާގެ ފޯނު ވައިބްރޭޓް ވުމުން އަތުގައި އޮތް ފޯނަށް އައި މެސެޖު ހުޅުވާލިއެވެ.
” އޮފީސް ވަރަށް ބިޒީ. އަވަހަކަށް ނުދެވޭނެ. އޮފީސްމީހުން އެކީގަ ހޮޓަލުން ކާނީ. ސާރާ ގެއަށްގޮސް ކާލާ.” މެސެޖު ކިޔާލުމަށްފަހުވެސް އިރުކޮޅަކު ފޯނަށް ބަލަން ސާރާއަށް ހުރެވުނެ. އެ މެސެޖުގައި އެއްވެސް އިމޯޖީއެއް ވެސް ނެތެވެ. ސާރާގެ ދުވަސް ދަނީ ކިހިނެއްތޯ، ނޫނީ މިސްޔޫ އޭވެސް ޖަހާލާފައެއް ނެތެވެ. އެއީ އާދައެވެ. ނަސްރު ކޮންމެހެން އެގޮތަށް މެސެޖު ކުރަނީކީ ސާރާ ދެރަކުރަން ނޫންކަން އޭނާއަށް އެނގެއެވެ. އެއީ ނަސްރުގެ ގޮތެވެ. ނަސްރުއަކީ ވަފާތެރި، އޯގާތެރި، ހެޔޮލަފާ މަޑުމައިތިރި ފިރިއެކެވެ. މެސެޖެއް ކުރާއި ހިތާއި ކިސް ފޭސް އިމޯޖީތައް ނުފޮނުވި ނަމަވެސް އަބަދުވެސް ސާރާދެކެ ލޯބި ވާ ވާހަކަ ނަސްރު ބުނެއެވެ. ސާރާގެ ޝަކުވާއަކީ ލޯބި ވާ ވާހަކަ އަބަދު ބުންޏަސް އަމަލަކުން އެކަން ނުދައްކާހެން ސާރާއަށް އިހުސާސް ވުމެވެ. އެކަހަލަ ކަމަކާ ސާރާ ޝަކުވާއެއް ކުރާއިރަށް ނަސްރު އަބަދުވެސް ދެނީ އެއްޖަވާބެކެވެ. ” މަ ދައްކަން ލޯބިވާކަން. ސާރާބޭނުން ވާގޮތަށް ނުދެއްކެނީ ކަންނޭގެ…”
ނަސްރު ލޯބި މާނަ ކުރާގޮތް ތަފާތީކަންނޭނގެއެވެ. އޭނާގެ ނަޒަރުގައި ހަމަ އެކަނި ލޯބިވާކަން ދެއްކުމަކީ ބިލްތައް ދައްކައި، ގޭގައި ކުރަން ހުންނަ ބައެއް ކަންކަމުގައި އެހީވެދީ ބަލިވުމުން އަޅާލުން އެކަނި ކަންނޭނގެއެވެ.
ނަމަވެސް ސާރާއަށް ލޯބި ދަސްވެފައިވަނީ މުޅިން ތަފާތުކޮށެވެ. ސާރާއަށް ލޯތްބަކީ ، ލޯބިން ބުނާ ބަސްތަކެވެ. އަތުގައި ހިފާލައިގެން އެތައް އިރެއް ވަންދެއް ފޫހި ކަމެއް ނެތި ހީފައި ދައްކާ ވާހަކަ ތަކެވެ. ލޯބިން ބައްދާލުމެވެ. އަތުގައި ހިފައިގެން ހިނގާލަން ދިއުމެވެ. ހާއްސަ ދުވަހެއް ނޫނަސް ލޯބިން މަލެއް ދިނުމެވެ. ވަރަށް މިސްވެޔޭ ބުނެ ކުއްލިއަކަށް ކޮއްލާ މެސެޖެވެ. ސާރާއަށް އެ ކަންކަމަކީ ލޯބިވާ މީހެއްގެ ފަރާތުން ބޭނުންވާ ކަންކަމެވެ.

ސާރާއަކީ އަގުބޮޑެތި ހަދިޔާތައް ބޭނުންވާ ކުއްޖެއް ނޫނެވެ. ހަމައެކަނި އޭނާ ބޭނުންވީ އޭނާ އަކީ ކިހާ މުހިއްމު މީހެއްކަން ނަސްރުގެ ފަރާތުން އޭނާއަށް އިހުސާސްވާށެވެ. އެކަން އެހެން ވުމަށް އެދި ނަސްރުގެ ކަންކަން ބަދަލު ކުރެވޭތޯ ސާރާ ވަރަށް މަސައްކަތް ކުރިއެވެ އިރެއްވެސް ދިޔައެވެ. ރޭގަނޑު ރީތިވެގެން ބޭރަށް ކާލަން ގޮސް، ބައެއް ރޭރޭ ނަސްރު އަށް އެންމެ މީރު ކާއެއްޗެހި ކައްކާ، އުފަންދުވަހު ނަސްރުގެ ރައްޓެހިން ގެއްށް ގެނެސް ސަޕްރައިޒްދީ، ބައެއްފަހަރު ލޯބިމެސެޖު ކޮއްލާ ވަރަށް ލޯބިވާ ވާހަކައާއި ނަސްރު ކޮއްދޭ ހުރިހާ ކަމެއް ބަލައިގަންނަ ވާހަކަ ބުނެލާ މިކަހަލަ އެތައް ކަމެއް ސާރާކުރިއެވެ. ސާރާ އެކަހަލަ ކަމެއް ކުރުމުން ބައެއްފަހަރު ނަސްރު ހީލައެވެ. އަނެއްބައި ފަހަރު ސާރާއަށް ޝުކުރު އަދާކުރެއެވެ. އަނެއް ބައި ފަހަރު ކަމެއް ވީކަމަށް ވެސް ނުހަދާ އުޅެއެވެ.

ސާރާ އެންމެ އުފާވާ އެއްކަމަކީ ލޯބިން ތައުރީފު ކޮށްލާއަޑުއެހުމެވެ. މަލީޒް އާއިއެކު ސާރާ އުޅުނު ހަތް އަހަރުގެ ތެރޭގައި އެތައްފަހަރަކު ވަރަށް ލޯބި ތައުރީފު އޭނާއަށް ވަނީ އަޑުއިވިފައެވެ. ހާދަ ރީއްޗޭ، ހާދަ ލޯބިއޭ މިއަދު، ތިކުލަ ސާރާއާ ވަރަށް ގުޅޭ، ތީ އެންމެ ލޯބި ލޯބިކޮޅު. މީ އާންމުކޮށް މަލީޒްގެ ފަރާތުން އިވުނު ބަސްތަކެވެ. ބައެއްފަހަރު ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެން ތާކަން ދިޔަޔަސް ކޮންމެވެސް ތައިރީފެއް ކޮއްލާނެއެވެ. މަލީޒް އަށް ސާރާގެ ކިތަންމެ ކުޑަކަމެއް ނަމަވެސް އަބަދުވެސް ފާހަގަވިއެވެ.

ނަމަވެސް މިހާރު…..
ސާރާއާއި ނަސްރުގެ ކައިވެންޏަށް މިވީ ފަސް އަހަރު ތެރޭގައި ދުވަހަކުވެސް މިފަދަ ބަހެއް ނަސްރުގެ ފަރާތަކުން ނާދެއެވެ. ބައެއް ފަހަރު އާހެދުމެއް ލައި ރީތިވެގެން ތާކަށް ދާން ނިކުންނަ އިރު ނަސްރުއަށް ފާހަގަ ވޭތޯވެސް ސާރާއުޅެވެ. ނަމަވެސް ދުވަހަކުވެސް ނަސްރު އަށް އެކަހަލަ ކަމެއް ފާހަގަވާ ހެނެއް ހިޔެއްނުވެއެވެ.

ހަމައެކަހަލަ ދުވަހެކެވެ. “ދުވަހަކުވެސް ނަސްރު އަހަންނަށް ކޮންޕްލިމެންޓު ނުކުރަނީ ކީއްވެތަ އަސްލު؟” ރީތިވެގެން ދުއްވާލަން ދާން ނިކުންނަމުން ސާރާ ހީލަމުން ނަސްރުއާއި ސުވާލުކޮއްލިއެވެ. ” ސާރާ އަބަދުވެސް ރީއްޗޭ.” ނަސްރު ގެ ޖަވާބު ވަރަށްވެސްކުރެވެ. “އެހެންވީރު ދުވަހަކުވެސް އެހެން ނުބުނަނީ ކީއްވެ؟..” ސާރާ ކޮނޑުއަރުވާލިއެވެ. “އަހަންނަކީ އެހެން ކޮންޕްލިމެންޓް ކުރާ މީހެއް ނޫނޭ..” އާދައިގެ މަތިން މިފަހަރުވެސް ނަސްރުދިނީ ކުރު ޖަވާބެކެވެ. އެދުވަހަށް ފަހު ސާރާ ދުވަހަކުވެސް ނަސްރުއާއި އެސުވާލު ނުކުރެއެވެ. އެެެކަލަހަ ކުދި ކުދި ކަންކަން ގިނަވެ ސާރާގެ ޝަކުވާތައް ގިނަވާން ފެށިއެވެ. ” އަހަރެން ސާރާއަށް ކޮއްދޭ ކަން ކަން ނުފުދެނީތަ އަބަދު ޝަކުވާ ކުރަނީ؟… މި މެރިއޭޖްގަ ހުންނަން ސާރާއަށް ވޯތު ނުވަންޏާވެސް ބުނެލާ..” ސާރާ ޝަކުވާކުރާ ކޮންމެ ފަހަރަކު ނަސްރު ދެނީ މި ޖަވާބެވެ. އެހެން ކަމުން ސާރާވެސް އޭނާގެ ޝަކުވާގެ ބަސްތައް ނުބުނެ ހިފަހައްޓަން ވަރަށް މަސައްކަތް ކުރެެއެވެ. އެއްވެސް ހާލެއްގައި ސާރާވެސް ނަސްރުވެސް އެކަކު އަނެކަކަށް ދެރައެއް ދޭކަށް ބޭނުމެއް ނުވެއެވެ.

އެދެމީހުންވެސް ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުންކަން ދެނެގެން އުޅެވޭތޯ ބަލަނީ އެކައިވެނި ރޫޅެނެ ނޭދޭތީއެވެ.

************************

އޮފީހުގެ ބުރަ މަސައްކަތް ނިންމާލުމަށް މަލީޒް އޭނާގެ ކޮންޕިއުޓަރު ނިއްވާލިއެވެ. އަދި ފޯނު ނަގައި ވައިބަރ ހުޅުވާލީރު ނައުގެ މެސެޖެއް އައިސްފައި އިނުމުން ބަލާލިއެވެ. ” ކޮންކުލަ އެއް ރީތީ؟.” ހަތަރު ދޮރުފޮތި ގަނޑުގެ ފޮޓޯއާއިކު އަހާފައި އޮތެވެ. “ހުރިހާ އެއްޗެއްވެސް ރީތި.” މަލީޒް ކުރު ޖަވަބުގެ މެސެޖެއް ފޮނުވާލިއެވެ. ” ޔޫ ޑޯންޓް ކެއާ ދޯ އަސްލު؟”.. އަނެއްކާވެސް ނައުގެ މެސެޖެކެވެ. މަލީޒް ފުންނޭވާއެއްލީ ގޮތުން އެއީ ހަގީގަތްހެންވެސް ހީވެއެވެ. ވެދާނެއެވެ. އަސްލުވެސް އޭނާ އަށް ދޮރުފޮތިގަނޑުގެ ކުލަ މާމުހިއްމު ނޫނީކަންނޭނގެއެވެ. ނޫނީ މާބޮޑަށް ވަރުބަލި ވެފައި އިނުމުން އެކަމާ މާބޮޑު އަޅާލުމެއް ނުދިނީއެވެ. އެކަހަލަ ކުދި ކުދި ކަންކަމާ މަލީޒް ވަރަށް އުޅުނު އިރެއް ދިޔައެވެ. ނަމަވެސް އެއީ އެހެން މީހަކާ އެކުއެވެ.

އެއީ މަލީޒް އާއި ސާރާ ލޯބިން އުޅުނުހަތްއަހަރު ތެރޭގައެވެ. އެދެމީހުން އަލަށް ދިމާވީރު ދެމީހުން ނަކީވެސް މާގިނައިން ބޭރަށް ގޮސް މާގިނަ ރައްޓެހިންނާ ދިމާވެ ހެދި ބައެއް ނޫނެވެ. ނަމަވެސް އެކިުގައި ދުވަސްތައް ހޭދަވީ ވަރަކަށް ދެމީހުންވެސް މަޑުމަޑުން ބަދަލުވިއެވެ. އެކުގައި ފިލްމު ބަލަން ސިނަމާއަށް ގޮސް، ފެރީގައި ހުޅުމާލެއަށް ގޮސް އިރުއޮއްސޭ މަންޒަޒު ބަލާލަން އަތުގައި ހިފާލައިން އެތަތް އިރަކު ތިބެއެވެ. ބައެއް ދުވަސް ދުވަހު ފަތިހު ހޭލައިގެން ގޮސް އިރު އަރާ މަންޒަރު ބަލާލާ، ދުއްވާލަން ގޮސް އައިސްކްރީމް ގަނެގެން ތޮށިގަނޑުމަތީގައި ފައި އެލުވާލައިގެން އެތައް އިރަކުތިބެއެވެ. އެހެން ތިބެ މަޖާ ވާހަކަ ދައްކާ ހީސަމާސާ ކުރުން އެއީ އާންމު ކަމެކެވެ. އެދެމީހުން އެކުގައި ކުރާނެ ކަންކަން ދުވަހަކުވެސް ހުސް ނުވާ ކަހަލައެވެ. އެއީ އެދެމީހުންނަށްވެސް އެމީހުންގެ މާޒީގެ ތެރެއިން ހާދާހަ ރީތި ސޮފްހާތަކެކެވެ.

ނުނިމޭ…

 

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

އާއެކޭ ލޯބީވޭ… ފަންސާސްދެވަނަބައި (މާޒީން އަލިވިލުނު ރޭ)

Next

މި ލޯތްބާއި ތި ވަޢުދު (22)

Next
July 23, 2026

މި ލޯތްބާއި ތި ވަޢުދު (22)

Previews
July 22, 2026

އާއެކޭ ލޯބީވޭ… ފަންސާސްދެވަނަބައި (މާޒީން އަލިވިލުނު ރޭ)



All Right Reserved!