Skip to content
އެސްފިޔަ

މާފު ކުރާށޭ ލޯބިވާ – 5

Listen to this story Audio · 7:14 Powered by Esfiya Voice
0:00 7:14

” ހަލޯ” ފޯނު ނަގަމުން އަޒްކާން ބުުނެލިއެވެ.

” ދޮންބެ ކޮންއިރަކުން ގެއަށް އަންނަނީ؟ އެއޮށް އެގާރަޖެހީ.” އެކޮޅުން އަޒާން ބުނެލިއެވެ.

” އޭނ. އެގާރަ ޖެހީއޭ. މިއަންނަނީ ޝާޝާ ގޮވައިގެން.” އަޒްކާންއަށް ހަމަ ހަގީގަތުގައިވެސް ގަޑި ދިޔަގޮތެއް ނޭނގެއެވެ.

” ސާބަހޭ ދޮންބޭ. ޝާޝާ ގެންނަންވީ މިތަނަކަށްނޫން. ޝާޝާ ގެންދަންވީ ގެއަށް. އެންމެން ހިނގައްޖެ ގެއަށް.” އަޒާން ބުނެލިއެވެ.

“:އޯހް. ޝާޝާ ގެއަށްލާފައި މިއަންނަނީ. ” އަޒާންއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަޒްކާން ފޯނު ކަނޑާލިއެވެ. އަޒްކާން އާއި ސަނާޝް ހިނގާފައި ދިޔައިރު އެދެމެދުގައި ވަނީ ހަމަހިމޭންކަމެވެ.

” ދަނީ އިނގޭ. ގުޑްް ނައިޓް.” ގެއާއި އަރާ ހަމަވުމާއިއެކު ސަނާޝް ބުނެލިއެވެ.

” އުނހު . ގުޑް ނައިޓް ކިސްއެއް ދީފައި ދެވޭނީ.” ސަނާޝްގެ އަތުގައި ހިފަމުން އަޒްކާން ބުނެލިއެވެ.

” ދެން އަޒްކާން. މީހަކަށް ފެނިދާނެ . ގުޑް ނައިޓް. ” ސަނާޝް އަޒްކާންގެ އަތް ފޮޅުވާލާފައި ދުވެފަ ގޮސް އެތެރެއަށް ވަނެވެ.

” ދަރިފުޅާ ހާދަ ލަސްވީ? ސާރާ އައިއްސި ގެއަށް .” ސަނާޝް ގެއަށް ވަނުމާއިއެކު ސޯފާގައި އިން ސާއިމާ ބުނެލިއެވެ.

” ފްރެންޑަކާއި އެއްކޮށް މިއައީ” ޖަވާބު ދިނުމަށްފަހު ސާއިމާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ސަނާޝް ކޮޓަރިއަށް ދިޔައެވެ. އެއަށްފަހު އަލަމާރިން ނިދަންލައެއްޗެއް ނަގައިގެން ސަނާޝް ވަނީ ފާހާނާއަށެވެ. އެއްޗެހި ބަދަލުކޮށްގެން ސަނާޝް އައިސް އެނދުގައި އޮށޯތީ ނިދަންށެވެ.

” ގެސް ވަޓް ދޮންތާ. އަޒާން ވޯޒް ސަޕްރައިޒްޑް ޓުސީމީ ލައިކް ދިސް. ” އެވަގުތު ސާރާ އައިސް ފޯނުން ފޮޓޮއެއް ދައްކަމުން ބުންޏެވެ.

” ދެން ސާރާ! ކީއްުކުރަން ތިކަހަލަ އެއްޗެހި ފޮނުވަނީ? ” އެ ފޮޓޯގައި ސާރާ ހުރިގޮތްފެނި ސަނާޝް ހިތްހަމަނުޖެހުނެވެ.

” ވައި? ވީ އާ ޑޭޓިން އެންނު. އެހެންވީމަ މައްސަލެއް ނޫނެންނު. ” އާދައިގެ ރާގެއްގައި ސާރާ ބުނެލިއެވެ.

” އެހެންވެގެންނޭ މިބުނީ. ޔުއަރ ޑޭޓިންް އެއްނު. ނޮޓް މެރީޑް އެއްނު. މެރީ ކޮށްގެން ތިކަހަލަ ކަންތައް ކުރާނީ. ” ސަނާޝް އޮށޯންނަމުން ބުނެލިއެވެ.

” އެނީވޭސް. ގުޑް ނައިޓް. ނިދަން މިދަނީ.” ސާރާ ކޮޓަރިން ނުކުންނަމުން ބުނެލިއެވެ.

ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައެވެ. ސާރާ އާއި އަޒާން އެކޭ އެއްފަދައިން ސަނާޝް އާއި އަޒްކާންގެ ގުޅުންވެސް ދިޔައީ ކުރިއަރަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ސަނާޝް ދިޔައީ މިރޭ އޮތް އޭނާގެ އުފަންދުވަހުގެ ޕާޓީއަށް ތައްޔާރު ވަމުންނެވެ. ނޫކުލައިގެ ޕާޓީ ހެދުމެއް ލާފައިވާއިރު ބޮލަށް ވަނީ ރީތި ގޮތަކަށް ދޫ ހުޅިއެއް ޖަހާާފައެވެ. ހެދުން ގަޔަށް ހިފާފައިވާއިރު ހެދުމުގެ ކޮނޑުން ފެށިގެން ފަޔާ ހަމައަށް ވަނީ ލޭސް ފޮތިގަނޑެެއް އެލުވާލާފައެވެ. އުނަގަނޑުން ތިރިން ހެދުން ފުއްޕާލާފައި ވާއިރު އެތަނަށްވެސް ވަނީ ވެލިފޮތި ލައްވާފައެވެ. ހެދުމުގެ ކަރު ހަތަރެސް ކަނަށް އިންއިރު ކަރުގައި ވަނީ ހެދުމާއި ގުޅޭނެ ފަށެއް އަޅާފައެވެ.

” ޝާޝާ! ނިމުނީ ? މަޝާ ﷲ މައި ބިއުޓިފުލް ބެސްޓީ. ” ދޮރު ހުޅުވާލަމުން ކޮޓަރިއަށް ވަތް ޝޫރާ ބުނެލިއެވެ.

” ތެންކިޔޫ. ކޮބާ އަޒްކާން އާއި ސާރާ? ” ހިނިތުންވެލަމުން ސަނާޝް އެހިއެވެ.

” އަޒްކާން އެބަހުރި ދޮރުމަތީގައި. ވައްދަން ވީދޯ. ” ޝޫރާ ދޮރު ހުޅުވަމުން ބުނެލިއެވެ. ހުޅުވުނު ދޮރުން ވަތް އަޒްކާން ފެނި ސަނާޝްވެސް ހުއްޓުން އެރިއެވެ. ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރި އަޒްކާން ވަނީ އާދައިގެ މަތިން އިސްތަށިގަނޑު ނިތްކުރި މައްޗަށް ވައްޓާލާފައެވެ.

” އެބައަންނަން ސާރާ ކޮބައިތޯ ބަލާލާފަ. ” އަޒްކާން އާއި ސަނާޝް އަށް ވަގުތު ދެމުން ޝޫރާ ނުކުތެވެ. އެވަގުތު އަޒްކާން މަޑުމަޑުން ސަނާޝްގެ އަތްތިލަ ނެގުމަށްފަހު ބޮސްދިނެވެ.

” ހެޕީ ބަރތްޑޭ މައި ލަވްލީ އޭޝް. ފްރޮމް ނައު އޯން ޔޫއަރ މައި އޭޝް. ” އަޒްކާން ހީލިއެވެ. ސަނާޝްވެސް އަޒްކާން އަށް ހިނިތުންވެލިއެވެ.

” ހިނގަ ނުކުންނަމާ. މިހާރު އެންމެން ތިބޭނެ. ” ސަނާޝްގެ އަތުގައި ހިފައި ހިނގައިގަންނަމުން އަޒްކާން ބުނެލިއެވެ. ސިޓިންރޫމްގެ މެދުގައި ބޮޑު މޭޒެއް ހުރިއިރު ވަށައިގެން ސޯފާތައް ހުއްޓެވެ. ތަފާތު ވައްތަރުގެ ކާނާއިން މޭޒުމަތި އޮތީ ފުރިފައެވެ. ފުރަތަމަ ކަމަކަށް އޮތީ ކެޔުމެވެ. ކައި ނިންމައިގެން ދެން އޮތީ ކޭކު ފެޅުމެވެ.

” ޝޫ. ޑިޑް ޔޫ ސީ އަޒްކާން?” ކޭކު ފަޅައި ނިމުމުން ފޮޓޯ ނެގުމަށްފަހު އެންމެން ދާން އުޅުމުން ޝޫރާ ކައިރީގައި ސަނާޝް އެހިއެވެ.

” ފާހަނަ އަށޯ ކިޔާފަ ހިނގައްޖެ ޝާޝާގެ ކޮޓަރިއަށް. ޝާޝާ ދެން ދަނީ އިނގޭ. ” އަތްދަަބަސް އަޅުވާލައިގެން ނުކުންނަމުން ޝޫރާ ބުނެލިއެވެ. ސަނާޝްވެސް މާބޮޑު ކަމަކަށް ނުހަދައިގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރަކުން ސަނާޝްގެ ދެލޯ ބޮޑުވިއެވެ. ނިދަންލާ ތުނި ހެދުމުގައި ސާރާ ހުރިއިރު ސާރާ އާއި އަޒްކާން ދިޔައީ އެކަކު އަނެކަކު ތުންފަތުގައި ބޮސްދެމުންނެވެ. ސަނާޝް ދޮރު ހުޅުވާލުމާއިއެކު އަޒްކާން ސާރާ ދުރަށް ކޮއްޕާލިއެވެ.

” އަޒްކާން. ތީތަ އަހަރެން ދެކެ ވީ ލޯތްބަކީ? އަހަރެން ވީ ލޯބީގެ ބަދަލުގައި އަޒްކާން އަށް ދޭން އެނގުނު އެއްޗަކީ ތީތަ? އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން އަޒްކާން އަހަންނަށް ބޭވަފާތެރި ވާނެކަމަކަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދިން އުފަން ދުވަހުގެ ހަދިޔާއަށް. ނިކުމޭ މިތަނުން.” ވީދެރައިން ސަނާޝް އަށް ރޮވުނެވެ.

” ނޫން އޭޝް. އަހަރެން  އޭޝް ދެކެ ވަރަށް ލޯބިވޭ. މިފެނުނު………”

” ނޫން އަޒްކާން. އަޒްކާން އަހަރެން ދެކެ ވާލޯބި އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ މިއަދު. އަހަންނަށް ރަނގަޅީ ތިކަހަލަ ލޯބި ނުވިއްޔާ. މިވަގުތުން ފެށިގެން އަހަންނާއި އަޒްކާން އާއި ދެމެދުގައި އޮތް ގުޅުން ނިމުނީ. ނުކުމޭ މިތަނުން. ނުކުންނާށޭ. ” ސަނާޝް ހަޅޭއްލަވައިގަތެވެ. އަޒްކާން އަވަސް އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ.

” ސާރާ! ތިއީ އަހަރެންގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮ . އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން ސާރާ ތިހެން ހަދާފާނެ ކަމަކަށް. މީގެ ފަހުން އަހަންނަށް ސާރާ ވަނީ މަރުވެފަ. ” އިސްޖަހައިގެން ހުރެ ސާރާ ނުކުމެގެންދިޔައެވެ. އެއާއިއެކު ސަނާޝްއަށް ރޮއެގަނެވުނެވެ.

މިހާރު

މާޒީގެ ހަނދާންތަކުން ސަނާޝްއަށް ނުކުމެވުނީ މީހަކު ދޮރުގައި ޓަކިޖަހާލި އަޑަށެވެ.

” ދަރިފުޅާ ޝާޝާ! ކީއްތިކުރަނީ? އާދޭ ކާން. ” ދޮރުހުޅުވާލިއިރު ދޮރުމަތީ ގައިހުރި ސާއިމާ ބުނެލިއެވެ. ސަނާޝްވެސް ބޯޖަހާލުމަށްފަހު މޫނު ދޮވެލައިގެން ނުކުތެވެ.

…………………………………………………………

” ކަލޭ އައީދޯ. ކާކަށް ފަރި ދެއްކެން މާރީތިވެގެން ތިހުރީ. ހީކުރީ އަޒާން ކަމަށްދޯ މެސެޖްކުރީ. ” އަޒާންގެ ކޮޓަރިއަށް ވަތް ސާރާ ފެނުމާއިއެކު ވިހަހިނިތުންވުމާކާއިއެކު ޒާކިޔާ ބުނެލިއެވެ.

” ހެޔޮނުވާނެ ޒާކިޔާ . މަގޭ ފަހަތުން ނެއްޓިބަލަ. ކަލޭ ބުނިކަންތައް ކޮށްދީފީމެންނު. އެވަރުން ނުފުދެނީތާ?” ދެބުމަ ގޮށްޖަހާލަމުން ސާރާ ބުނެލިއެވެ.

” މަގޭ ކިހިނަތްތަ ކަލޭ ފަހަތުން ދުރަށްދާނީ. މަށަކަށް ކަލެއަކަށް އިތުބާރެއް ނުކުރެވެއޭ. ކަލޭ ހަމަގޮއްސަ އެންމެން ކައިރީގައި ކިޔާފާނެ މަ ބުނެގެންނޭ ކަލޭ އެރޭ އެހެންހެދީ. ” ޒާކިޔާ ހަށަންބަނދެލަމުން ބުނެލިއެވެ.

” ކަލޭ ހާދަ މޮޅޭދޯ! މަގޭ ލައްވާ އެކަންތައް ކުރުވާފައި އަދި ތިއުޅެނީ މަ ލައްވާ އެކަންތައް ފޮރުވަން. ހެޔޮނުވާނެ ދޮންތައަށް އެހެންހަދަން.” ސާރާގެ ދެލޯ ފެންކަޅިވިއެވެ.