Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފޭދޭ ކުލަތައް-5 ( ފަހުބައި )

Shaba
Shaba Level 110 Stories
July 20, 2026 2 Mins Read
19 Comments

ޝައުރާގެ ފިޔަވަޅުތަކުން ބާރު ދޫވި ފަދައެވެ. މިއީ އޭނާ ފަސް އަހަރު ވަންދެން އަޑުއަހަން ބޭނުންވި ބަސްތަކެވެ. އެކަމަކު މިއަދު އެ ބަސްތައް އިވުމުން އޭނާގެ ހިތަށް އުފާވެރިކަމެއް ނުލިބުނެވެ. އޭނާގެ ސިކުނޑިއަށް ސިފަވެގެން ދިޔައީ އޭނާގެ ކަރުނަތައް ފޮހެދިން ދާއިންގެ މޫނެވެ.

5 ވަނަބައި…

ޒައިދާންގެ ބަސްތައް ވައިގެ ތެރެއަށް ބޭރުވުމާއެކު، ޝައުރާގެ ކަންފަތް ބައްވެގެެން ދިޔަ ކަހަލައެވެ. މިއީ އޭނާ ފަސް އަހަރު ވަންދެން ހޭލާ ހުރެއާއި ހުވަފެނުގައި އަޑުއަހަން އެދެމުންދިޔަ ބަސްތަކެވެ. ނަމަވެސް، މިއަދު އެ ބަސްތަކުން އޭނާގެ ހިތަކަށް އެއްވެސް އުފާވެރިކަމެއް ނުލިބުނެވެ. އޭނާގެ މޭތެރޭގައި އޮތީ ހަމައެކަނި ފުން ހައިރާންކަމާއި މާޔޫސްކަމެވެ.

“ޒައިދާން… ތި ދެއްކީ ކޮން ކަހަލަ ވާހަކައެއް؟” ޝައުރާ މަޑުމަޑުން ޒައިދާންގެ އަތް އޭނާގެ ކޮނޑުމަތިން ނައްޓުވާލަމުން ފަހަތަށް ފިޔަވަޅެއް އެޅިއެވެ. “ކައިވެންޏަށް ބާކީ އެންމެ ދެ ހަފްތާ އޮއްވައި އީލާއަށް ތިފަދަ ބޮޑު ދޯކާއެއް ދޭން ތިއުޅެނީ ކީއްވެ؟ އޭނާ ޒައިދާންދެކެ ލޯބިވަނީ ކޮން ފަދަ ސާފު ހިތަކުންކަން ނޭނގޭތަ؟”

“އަހަރެންނަށް އެނގޭ ޝައު! އެކަމަކު އަހަރެންނަށް މިއަދު ޔަގީންވެއްޖެ އަހަރެންގެ ހިތުގައި އީލާއަށްޓަކައި އެއްވެސް މަގާމެއް ނެތްކަން،” ޒައިދާންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. “އަހަރެންގެ މުޅި ހަޔާތަކީ ޝައުރާ. ދާއިންއާއެކު ޝައުރާ އުޅޭތަން ފެނުމުން އަހަރެންގެ މޭ ފިތެނީ. އަހަރެންނަށް މިއަދު މި ބުނެވުނީ އަސްލު ހަގީގަތް. ޕްލީޒް ޝައު، އަހަރެންގެ ގާތަށް އާދޭ.”

ޝައުރާ ފުން ނޭވާއެއްލިއެވެ. އޭނާގެ ސިކުނޑިއަށް ސިފަވެގެން ދިޔައީ އޭނާގެ ހިތް ކުދިކުދިވި ދުވަހު އޭނާގެ ކަރުނަތައް ފޮހެދީ، އޭނާގެ އަބުރާއި ސިއްރު ހިމާޔަތްކުރަން އަމިއްލަ ނަފްސު ގުރުބާންކުރި ދާއިންގެ މޫނެވެ. ދާއިން ޝައުރާދެކެ ވާ ސާފު، ތެދުވެރި ލޯބި މިއަދު ޝައުރާއަށް ބޮޑަށް ވިސްނުނެވެ. ޒައިދާންގެ ލޯތްބަކީ ހަމައެކަނި އަމިއްލަ އެދުމާއި ހަސަދައިގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން އޭނާއަށް ޔަގީންވިއެވެ.

“ނޫން، ޒައިދާން،” ޝައުރާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ. “ވަގުތު ފާއިތުވެއްޖެ. އަހަރެން ޒައިދާންދެކެ ވަރަށް ބޮޑަށް ލޯބިވިން. ފަސް އަހަރު ވަންދެން އަހަރެން އިންތިޒާރު ކުރިން. އެކަމަކު ޒައިދާންއަށް އަހަރެންގެ އަގު ވަޒަންކުރަން އެނގުނީ އަހަރެން އެހެން މީހެއްގެ ހައްގަކަށް ވާން އުޅޭކަން އެނގުނު ދުވަހު. ތިއީ ހަގީގީ ލޯތްބެއް ނޫން. ތިއީ ހަމައެކަނި ކޮލެޖް ދުވަސްވަރުގެ އެކުވެރިކަން ގެއްލިދާނެތީ އުފެދުނު ހަސަދައެއް.”

ޒައިދާން ސިހިފައި ޝައުރާގެ މޫނަށް ބަލާލިއެވެ.

“އަހަރެންގެ ހަޔާތަށް މިހާރު ވަނީ ހަގީގީ ލޯބި އައިސްފަ. ދާއިންއަކީ އަހަރެންގެ ކަރުނަތަކުގެ އަގު ވަޒަންކުރަން އެނގުނު މީހާ. އަހަރެން ބޭނުމީ ދާއިންއާއެކު އާ ދިރިއުޅުމެއް ފަށަން،” ޝައުރާ އޭނާގެ ދަބަސް ރީތިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. “ޒައިދާން ގެއަށް ގޮސް އީލާއާ މެދު ވިސްނާ. އޭނާއަށް ދޯކާ ނުދީ. އަހަރެމެންގެ މެދުގައި އޮތް އެކުވެރިކަން މިއަދުން ފެށިގެން ނިމުނީ.”

ޝައުރާ ޒައިދާންގެ ކައިރިންލާފައި ހިނގައިގަތީ ވަރަށް ހަމަޖެހިލާފައެވެ. އޭނާގެ ހިތުގައި އޮތް ބަރު ބުރަދަން މިއަދު މުޅިން ލުއިވެގެން ދިޔަ ކަހަލައެވެ.

އޮފީހަށް ވަދެގެން ދިޔަ ޝައުރާ ސީދާ ދިޔައީ ދާއިންގެ ކެބިންއަށެވެ. ކެބިންގެ ދޮރު ހުޅުވާލިއިރު، ދާއިން އިނީ ލެޕްޓޮޕުން މަސައްކަތެއްގައެވެ. ޝައުރާ ވަނުމާއެކު ދާއިން ހީލިއެވެ.

“ޝައުރާ… މިއަދު ހާދަ ލަހުން؟” ދާއިން އަހާލިއެވެ.

ޝައުރާ ގޮސް ދާއިންގެ މޭޒުކައިރީގައި ހުއްޓުނެވެ. އަދި ދާއިންގެ ދެއަތުގައި މަޑުމަޑުން ހިފާލިއެވެ. “ދާއިން… އަހަރެމެންގެ މެދުގައި އޮތް ފޭކް ރިލޭޝަންޝިޕް މިއަދުން ފެށިގެން ނިމުނީ.”

ދާއިންގެ މޫނުމަތިން ކުޑަ މާޔޫސްކަމެއް ފާޅުވިއެވެ. އޭނާ ހީކުރީ ޝައުރާ އޭނާއާ ދުރަށް ދަނީ ކަމަށެވެ. “އެހެންތަ؟… އެންމެ ރަނގަޅު…” ދާއިން އިސްޖަހާލިއެވެ.

“ނޫން ދާއިން، އަހަރެން ބުނި އެއްޗެއްގެ މާނައަކީ، މިއަދުން ފެށިގެން އަހަރެމެންގެ މެދުގައި މިއޮތީ ހަގީގީ ގުޅުމެކޭ،” ޝައުރާ ލޯތްބާއެކު ހީލިއެވެ. “އަހަރެން ބޭނުމީ ދާއިންގެ ހަގީގީ ބައިވެރިޔާއަށް ވާން. އަހަރެންގެ ހިތުން ޒައިދާންގެ ނަން މުޅިން ފޮހެވިއްޖެ. މިހާރު މި ހިތުގައި ވަނީ ހަމައެކަނި ދާއިންގެ ނަން.”

ދާއިންއަށް ގޮނޑިން ތެދުވެވުނެވެ. އޭނާގެ މޫނުމައްޗަށް ވެރިވީ ދުވަހަކުވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ. އޭނާ ޝައުރާގެ އަތުގައި ބާރަށް ހިފާލަމުން، އޭނާގެ ހަޔާތުގެ ބައިވެރިޔާ މޭގައި ޖައްސާލިއެވެ. ޝައުރާގެ ދިރިއުޅުމުން ފޭދެމުންދިޔަ ކުލަތައް، ދާއިންގެ ތެދުވެރި ލޯބީގެ ސަބަބުން އަލުން އާވެ، ދިރުން ލިބިގެން ދިޔައީއެވެ.

(ނިމުނީ)
މިވާހަކަވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން! 🥰
ކިޔުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަނަނަވަން! ♡ ~ ޝަބާ ~ ♡

Share Article

Shaba
Follow Me Written By

Shaba

Level 110 Stories

Just a girl who loves to write, read, and get lost in the world of stories. Writing has always been more than a hobby for me—it's a place where my imagination comes alive and my thoughts find a voice. Every story I create is written with passion, emotion, and the hope that it will inspire, comfort, or entertain someone. I'm still growing as an author, and every story I write is part of my journey. I truly appreciate every reader who takes the time to support my work. I welcome both positive and negative feedback because every comment helps me learn, improve, and become a better writer. Thank you for being part of this journey with me. I hope my stories leave a little piece of themselves in your heart. — Author Shaba ✍️📚

Other Articles

Previous

ލޯބި-36

Next

ގުރާފުޅު – 2

Next
July 21, 2026

ގުރާފުޅު – 2

Previews
July 20, 2026

ލޯބި-36

19 Comments!

  1. Gurll_17 says:
    July 20, 2026 at 9:50 pm

    OMG last part ves vrh salhiiii MA! 💗
    But sad Haadha avahakashey thi story ninmaaly 😭
    Dhaain and Shaura so cute wowww 😍
    When’s 🆕 story? Can’t wait
    Lysm and Tc 🤗

    1. Shaba Shaba says:
      July 21, 2026 at 1:27 pm

      Happy to know that you enjoyed 🥰
      alhey maa avahah dhw mi ninmaalevunee 🥺
      Yeah they are so cuteee 😘
      Next srory liyevunuhaa avahakah IA stay tuned
      Lym u also tc 💌🫀

  2. Anonymous says:
    July 21, 2026 at 9:24 am

    Mi part ves habeys hama 😍
    I thought shau dhaany Zaidhaan kairiah kamah 😭😂
    Curiously waiting for the next story whens next?

    1. Shaba Shaba says:
      July 21, 2026 at 1:24 pm

      Happy to know that you enjoyed 🥰
      Heheh mifaharu shau dhaain kairiah edhiyaee 😃
      Next srory liyevunuhaa avahakah IA stay tuned

  3. DARK FLAKE TRIVIAL EXISTANCE (bLack) says:
    July 21, 2026 at 10:48 am

    Wlcm.Dear❤️…Mi part vx vrh Reethi MA! I rlly like it a lot & lot Aslu vx Shau e’hadhee Gud decision for a person like him should be banished from there!!!
    So So Austonishing… ANYWAYS, WHEN’S NEXT?
    STORY of yours
    Ly.. & Tc bettu❤️

    1. Shaba Shaba says:
      July 21, 2026 at 1:23 pm

      Happy to know that you enjoyed this part aswell 🥰
      Yeah shau hama ehedhy ehme rangalhah 😉
      Next srory liyevunuhaa avahakah IA Stay tuned
      Midhuvas kolhu vrh buxy koh miulheny vx I’ll try vrh avahah upload kureveythw 😊
      Lym u also tc 🫀💌

    2. Black says:
      July 23, 2026 at 8:38 pm

      Yrhhh. I knw I vx competition again hure💔…proud to be Ur frnd

  4. Gurrly currly says:
    July 21, 2026 at 11:22 am

    Maashaa Allah mi stry vx varah varah reethi…
    Vrh furihama story eh…
    Knme part akah comment nukurevun nama vx hurihaa part eh kiyaalee ehvx foohi kameh nethi varah shauqu veri kamaaieku…
    Keep it up shaba…
    U can do it…
    Vrh proud vey shaba akee friend ekey bunan…
    Abadhu vx kaamiyaabee ah edhen…
    Lysm

    1. Shaba Shaba says:
      July 21, 2026 at 1:20 pm

      Happy to know that you enjoyed 🥰
      Awwwn Thank youu sm for your support it means a lot to me… I appreciate your support…This comment make my day for real 😘…Awwn vrh ufaavehje Same I vx vrh proud vey gurly aky frnd ekey bunan 💞 Gurly ah ves abadhves kaamiyaabee ah edhen …
      Lym and Tc 🫀💌

  5. ކިއުންތެރިއެއް says:
    July 21, 2026 at 3:10 pm

    …މީ ޝަބާ ވަރަށް ރީއްޗަށް ލިޔެފައި އޮތް ރީތި ވާހަކައެއް. ވާހަކައިގައި އުޅޭ މީހުންގެ ކުޅި ފޮނި އިހުސާސްތައް ގެނެސްދީފައިވާ ގޮތް ވެސް ކީކޭ ދެން ބުނާނީ؟ ތިޔައި ހަމަ ވަރަށް ވެސް ހުނަރު ހުރި ޒުވާން ލިޔުންތެރިއެއް

    1. Shaba Shaba says:
      July 21, 2026 at 4:34 pm

      އަޅުގަނޑަށް ހަމަ އުފަލުން ގޮސް ރޮވިއްޖެ ކިއުންތެރިއެއް ގެ މި ކޮމެންޓު ކިޔާލާފަ 🥺🥰… ވަރަށް އުފާވެއްޖެ ވާހަކަ އެހާ ކަމުދިޔަކަން އިނގުނީމަ. އަޅުގަނޑަކަށް ވެސް ނޭންގެ ހަމަ ބުނާނެ އެއްޗެއް ތި ކޮމެންޓު ކިޔާލާފަ 😊💕 އެހާވެސް އުފާވެއްޖެ … ވަރަށް ބޮޑަށް ޝުކުރިއްޔާ ! 💗

  6. Me says:
    July 22, 2026 at 12:46 pm

    Adhi eelaa ge bai ainama? Cuz you mentioned she was also having a crush on dhaain! So you gotta clear that up ehnu😭

    1. Shaba Shaba says:
      July 22, 2026 at 8:39 pm

      Ohh yhhh sorry 😭 thank youuuuu so much for telling me next time ehga rangalhu kohlaanan 🥰

  7. Aisherr says:
    July 22, 2026 at 3:50 pm

    Kihineh thibuny eyga bunefa iny dhaain aky eelaa ge crush ekey and dhaain ge ehvves ishaaraatheh nuveema Zaidhaan aa gulhuny eyy ehnu dhn eelaa ge Kon baeh gehnaany vaki u idiot

    1. Me says:
      July 22, 2026 at 8:05 pm

      C’mon man!! She mentioned ehnu eelaa faadakah hasadha veri vi vhk? So e meehun marry kohgen hurihaa kameh settle vegen vhk ninmaali nama maa reethi vees nunhoa? Plus how’d you or me or another know zaidhaan nudhaane kameh dhaain maraalaakah? U pervert! And eelaa vx hasadha veri veema shaura ah hama gotheh hadhaafaane ehnu? Gamaaraaaa…

  8. Aisherr says:
    July 22, 2026 at 3:52 pm

    Last part vx vrh thafaathu ingey ma 🤗
    Dhaain and Shaura so waaaauuuuuu Alhugandhu ah vx ekahala care kuraa kuhjjeh libeyne Nama eyy hithah araa hama vrh ginaan 😭 new story When?
    Lysm and Tc 😚

    1. Shaba Shaba says:
      July 22, 2026 at 8:42 pm

      Happy to know that you enjoyed 🥰
      Vrh lwbi dhw edhekudhin 🤩😊 Aisherr ah vx adhi libeyne IA ❤ vrh avahah stay tuned
      Lym u also tc 🫀💌

  9. Nadhoo says:
    July 22, 2026 at 7:58 pm

    Edhemeehunge loabivethi part tha kiyaa hithun huhtaaey thi nimaali but vaahaka v reethi

    1. Shaba Shaba says:
      July 22, 2026 at 8:45 pm

      Alhey Maa avahah dhw mi ninmaalevuny sorry 😭
      Happy to know that you enjoyed 🥰
      Thank youuu sm 💕

Comments are closed.



All Right Reserved!