Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-36

flower_ Level 110 Stories
July 20, 2026 4 Mins Read
3 Comments

*”ޝާމް؟ އެއީ ކާކު؟ ކުރިން ވެސް މިންހާ އަށް ކޮންމެވެސް ޝާމް އެއް މާބޮނޑިއެއް ފޮނުވި. ހާދަ ވިއަރޑް ނޯޓް އެކޭ.” އައިޒާ ވެސް ހުރީ ހައިރާން ވެފަ އެވެ.*

މިންހާ ހުރީ ނޭވާލާން ވެސް ހަނދާންނެތިފަ އެވެ. މިފަދަ ނޯޓް ތައް އޭނާ އަށް މި ފޮނުވާނީ ކާކުބާއެވެ؟ ޝާމް އަކީ ކާކުބާއެވެ؟ ޝާމް އަށް އޭނާ އެނގުނީ ކިހިނެއްބާއެވެ؟ މިފަދަ އެތައް ސުވާލެއް މިންހާގެ ހިތައް އަރައި ފައިބާމުންދިޔައެވެ.

“މިންހާ. ކޮންކަމަކާ ތިވިސްނަނީ؟ އެއީ ކާކުކަން އެނގޭތަ؟” އައިޒާގެ އަޑައް މިންހާ ކުޑަކޮއް ސިހުނެވެ.

“ނޫން. ނޭނގެ. ކުރިން ވެސް ހަމަ އެމީހަ މިގޮތައް މާބޮނޑި ފޮނުވި.” މިންހާ އައިޒާ އަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އައިޒާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ސީރިއެސް ކަމަކަށް ވެސް ވެދާނެ. މިއީ މީހަކު މަޖަލަކަށް ކޮއްގެން ވެސް ވާނެކަމަށް ނޫން.” އައިޒާ ބުންޏެވެ. މިންހާ އެއްބަސްވިއެވެ.

ރައުފާ ބަދިގޭގައި އުޅެފައި ކުރިއަށް ވަން އިރު ކޮޓަރި ޑްރެސިން ޓޭބަލް މަތީގައި ގަނޑެއް އޮތެވެ. ރައުފާ އުޅުނީ އޭތި ޑަސްބިނަށް ލާށެވެ. ނަމަވެސް ނޭނގޭ ބާރަކުން އޭނާ އަށް އޭގައި ލިޔެފައިވާ އެއްޗެއް ލިއުމެއް މަޖުބޫރުކުރުވި އެވެ.

“މަންމާ. ބައްޕާ. ވަރަށް ބޮޑައް ސޮރީ. އަހަރެންގެ ސަބަބުން އެންމެން ވެސް ތިބެނީ އަބަދު ދެރަވެފަ. އަހަރެންގެ މޫނު ފެނުނަސް އެންމެން ރުޅިއާދޭ. އެކަކުވެސް އަހަރެންނާއި އަނގައަކުން ވެސް ނުބުނެ. މަންމަ އާއި ބައްޕަ ވެސް.  އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުން އެންމެން އަހަރެންނަށް މިހާ ބޮޑު އަދަބެއް ތިދެނީ. އަހަރެން ވެސް ވަރަށް ދެރަވެ ތިހެން ހަދާތީ. ވަރަށް ހިތުގަޖެހޭ. މަންމަ އާއި ބައްޕަ އަހަރެންގެ ސަބަބުން ލަދުގަންނަން ޖެހުނީމަ ވެސް އަހަރެން ވަރަށް ދެރަވޭ. އެންމެ ރަނގަޅުވާނީ އަހަރެން މިތަނުން ދިޔައިއްޔާ. އެހެންވެ އަހަރެން މިދަނީ. މަންމަ އާއި ބައްޕަ ހިތްވާރުކުރާތި. ކޮންމެވެސް ދުވަހަކުން އަހަރެންނަށް މަޢާފު ކޮއްދޭނެކަމަށް އުންމީދުކުރަން. އަހަރެން އަބަދުވެސް މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބި ވާނަން. މަންމަ އާއި ބައްޕަ އަށް ހެޔޮ ދުޢާ ވެސް ކޮއްދޭނަން. މަންމަ އާއި ބައްޕަ ދެކެ ލޯބިވާ މިންނަ.”

އެކިޔައިފައި ރައުފާ ރޮއިގަތެވެ. ދެކަކޫ ވަރުދޫވެ ތަޅުން މައްޗަށް ވެއްޓުނެވެ. ރަނާ އާއި ރިޝްފާ ވެސް ދުވެފައި އައެވެ. އޭރު ރައުފާ އަޑުން އަޑުނަގައި ރޮނީ އެވެ.

އެދުވަހު މާލެ ދާން ފުރި ލޯންޗަކުން ގޭގެ އެކަކަށް ވެސް ނޭނގި މިންނަ މާލެ ދާން ފުރި އެވެ. އެތާގައި އަޅައިލާނެ ޔާރެއް އިޔާރެއް ހުރީމަ އެއް ނޫނެވެ. އޭނާަގެ ސަބަބުން މަންނަ އާއި ބައްޕަ ދެރަވެފައި ތިބޭނީ އެވެ. އޭނަގެ ހިތައް ކެތްނުވާތީ އެވެ. އޭނަގެ ފަރާތުން އެހެން މީހަކައް އުނދަގުލެއް ނުފޯރުވާށެވެ. އޭނަ އާއި ނުލައި އެންމެންނަށް އުފަލުގައި އުޅެވޭނެ ކަމައް ގަބޫލު ކުރެވޭތީއެވެ.

މިންނަ ދެކެ ރުޅިއައިސްފައި ތިއްބަސް އެންމެން ވެސް މިންނަ ދެކެ ވަރަށް ލޯބިވެއެވެ. އަދި މިންނަ މިފަދަ ބޮޑު ފިޔަވަޅެއް އަމިއްލަ އަށް އަޅާނެކަމަކަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ. މިހިތާމައިގައި ރައުފާގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. އޭނާ އަށް ރަނގަޅަށް ނިދެނީއެއް ނޫނެވެ. ރަނގަޅަށް ކެވެނީއެއް ނޫނެވެ. ރައުފާގެ ހާލަތު ފެނިފައި ހަނާ ވެސް ހުންނަނީ ކަންތައް ބޮޑުވެފައެވެ. ނަދީމް ވެސް ކިތަންމެ ފޮރުވަން އުޅުނަސް އޭނާ ވެސް ހުރީ ވަރަށް ދެރަވެފައިކަން އެންމެންނަށް ވެސް އެނގެއެވެ. ގޭތެރެ އަށް ހީވަނީ ހިތާމައިގެ ސާލެއް ފަތުރައިލެވިފަވާހެންނެވެ.

އޭގެ އެތައް ދުވަހެއް ފަހެވެ. އެއްރެއެވެ. މައިހާ އާއި މިންހާ ބޭރައް ނުކުމެ އުޅުނީ ހިނގައިލާށެވެ. ހިނގަމުން ދިޔައިރު ދެ އަންހެން ކުދިންގެ ހިޔާލެއް ފިކުރެއްނެތެވެ. ނާއިލް އެކުދިންނާއި ބައްދަލު ކުރަން އަންނަ ކަމައް ބުނެފައި އޮތުމުން އެކުދިން ގޮސް އިށީންދެލީ ބަނދަރުމަތީ ހުރި ބެންޗެއްގައި އެވެ.

އައި ނައި ތަނެއް ނޭނގެ އެވެ. މޫނުމަތި ނިވައި ކޮއްގެން ތިބި ދެފިރިހެނުން އެތަނަށް އައެވެ. އޭގެން އެކަކު ހިފީ މިންހާގެ އަތުގައެވެ. އާދި މިންހާ އެތަނުން ގެންދަން އުޅުނެވެ. މިންހާ އެމީހާގެ ކިބައިން ސަލާމަތް ވާން މަސައްކަތް ކުރަން ފެށިއެވެ.

“ކަލޭމެން ތީ ކޮންބައެއްތަ؟ ކީއްވެތަ އަހަރެންގެ ކޮއްކޮ ގަދަކަމުން ގެންދަން ތިއުޅެނީ؟ ކޮންކަމެއްތަ ބޭނުންވަނީ؟” މައިހާ ވެސް މިންހާ ސަލާމަތް ކުރަން މަސައްކަތް ކުރަން ފެށިއެވެ. ދުރުގައި ތިބި މީހުންނަށް މިމަންޒަރު ފެނިގެން އަންނަން ފެށިއެވެ.

“މިންހާ. މަ ބުނީމެއްނު އަހަރެން އަންނާނަމޭ މިންހާ ބަލާ. މިހުރީ އައިސް. ހިނގާ އަހަރެންނާއެކު ދާން.” މިންހާގެ އަތުގައި ހިފައިގެން ހުރި މީހާ ބުންޏެވެ.

“ތީ ކާކުތަ؟ އަހަރެން ނުދާނަން އެއްތާކައް ވެސް. ތީ ކާކުހޭ؟ ކޮންކަމެއްހޭ ބޭނުން ވަނީ؟” މިންހާ ބުންޏެވެ.

“އޭތް. ކަލޭމެންތީ ކޮންބައެއް؟ މިއަންހެން ކުދިންނާއި ބެހެނީ ކީއްވެތަ؟ ދޫކުރޭ!” އެތަނައް އެއްވި މީހުންގެ ތެރެއިން ބަޔަކު އެމީހާގެ އަތް މިންހާގެ އަތުން ނައްޓަން މަސައްކަތް ކުރިއެވެ.

ދެން ސަލާމަތް ނުވެވޭނެކަން އެނގުމުން ދެން ހުރިމީހާ ދުއްވައިގަންނަމުން މައިހާގެ ބަނޑުގައި ޖަހާ ކޮއްޕައިލިއެވެ. އަދި އެދެމީހުން ދުވައިގާތެވެ. ބައެއް މީހުން އެދެމީހުން ފަހަތުން ދިޔައެވެ.

ބަނޑުގައި އަޅާ ވޭނަށް ކެތްނުވެގެން މައިހާ ބިންމައްޗަށް ތިރިވެވުނެވެ. މައިހާގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.

“މިން. ވަރަށް ތަދުވޭ.” މައިހާ ބުނެލިއެވެ. މައިހާ އަށް އެހީވުމުގެ ގޮތުން މިންހާ ވެސް މައިހާ ކައިރިއަށް ތިރިވެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މައިހާ ލައިގެން ހުރީ ހެދުމާއި ހަރުވާޅުގައި ހުރިލެއެވެ. މިންހާގެ ސިކުނޑި ސުމާކަށް ދިޔައެވެ.

“އަވަހަށް އެންބިއުލާންސް އަށް ގުޅާ. އެކުއްޖާ އަވަހަށް ހޮސްޕިޓަލަށް ގެންދަންޖެހޭނެ.” އެތާހުރި އަންހެނެއް ހާސްވެފައި ބުންޏެވެ. މީހުންތައް ފޯނުނަގައި އެންބިއުލާންސް އަށް ގުޅަން ފެށިއެވެ.

“ދަރިފުޅާ އެންބިއުލާންސް އެއަންނަނީ. ކުޑައިރުކޮޅަކަށް ހިތްވަރުކޮއްލާ.” އެއަންހެން މީހާ ވެސް އައިސް މައިހާ ކައިރިއަށް ތިރިވެލަމުން ބުންޏެވެ. އޭރު ތަދަށް ކެތްނުވެގެން މައިހާ އަށް ރޮވެނީއެވެ.

“ޑރ. މިންހާ ހިތްވަރު ކުރޭ. އެކޮއި ދައްތަ އަކައް އެވެސް ކަމެއް ނުވާނެ.” މިންހާ ހުއްޓުން އަރައިފައި ހުރުމުން އެތަނުން ތަންކޮޅެއް ދުވަސްވީ އަންހެނެއް އައިސް މިންހާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ.

މިންހާ އަށް ހަމަހޭވެރިކަންވީ ދެނެވެ. އޭނާ ވަގުތުން ފޯނުނަގައި އައިޒާ އަށް ގުޅައި ވެގެން އުޅޭގޮތް ކިޔައިދީ ތައްޔާރުވެ ތިބުމަށް ބުންޏެވެ.

ނާއިލް އަށް އާދެވުނުއިރު މީހުންގަނޑު އެއްވެ އުޅުނެވެ. އެންމެން ހާސްވެގެން އުޅެއެވެ. ދުރުން އެމްބިއުލާންސްގެ އަޑު އިވުމުން ނާއިލްގެ ހިތް ބާރަށް ތެޅިލިއެވެ. އެވަގުތު އައިޒާ އޭނާ އަށް ގުޅިއެވެ.

“ނާއިލް. ވަރަށް އަވަހައް ރީހާން އަށް ގުޅާފަ ބުނޭ ހޮސްޕިޓަލަށް އަންނާށޭ.” ނާއިލް ފޯނު ނެގުމާއި އެކު އައިޒާ ބުންޏެވެ. އޭނާ ހުރީ ހާސްވެފަ އެވެ.

“ކިހިނެއްވީ؟” ނާއިލް އަހައިލި އެވެ. ނަމަވެސް އައިޒާ ޖަވާބެއް ނުދީ ފޯނު ކަޑައިލި އެވެ.

“އެމީހުން އަތެއް ނުވި. އެމީހުން ފިލައިފި. ދިޔަ ދިމާލެއް ވެސް ނޭނގެ.” ދުރުން ދުވަމުން އައި ފިރިހެނުންތަކެއް ގޮވައިލިއެވެ.

“ފުލުހުންނަށް އަންގާ. އެމީހުން ދޫކޮއްލައިގެން ނުވާނެ.” އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ.

ނާއިލް އޭގެން މީހެއް ކައިރީ ވެގެން އުޅޭގޮތް އެހިއެވެ. އެމީހާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ނާއިލް އަށް ހީވީ މޭގަނޑު އަނގައަށް އައިހެންނެވެ. ފޯނުނަގައި ރީހާން އަށް ގުޅަމުން މީހުންގަނޑު ތެރެއިން ފުރޭނިގެން ގޮސް މިންހާ ކައިރި އަށް ހުއްޓިލިއެވެ. އޭރު އެންބިއުލާންސް ވެސް އައިސިއެވެ. މައިހާ އަރުވައިގެން މިންހާ އާއި ނާއިލް ދިޔައެވެ.

އެމީހުންނަށް ހޮސްޕިޓަލަށް ދެވުނު އިރު އައިޒާ ހުރީ އެމީހުންގެ އިންތިޒާރުގައި އެވެ. ރީހާން އަށް ވެސް އާދެވުނީ އެވަގުތު އެވެ. އޭނާގެ ފަހަތުން ރިޝްފާ އާއި ހަސަން ވެސް އައެވެ.

“އަވަސް. އަވަސް. އަވަހައް އެމެޖެންސީ ރޫމް އަށް ވައްދާ.” އައިޒާ ބުންޏެވެ.

“މިންހާ. ކިހިނެއްވީ؟ ވީގޮތެއް ބުނެބަލަ.” ރީހާން އަވަހައް އައިސް މިންހާ ކައިރިއަށް ހުއްޓިލާމުން ވާހަކަ ދެއްކިއެވެ.

“ދަރިފުޅާ. ތިއްތައައް ކިހިނެއްތަވީ؟” ރިޝްފާ ވެސް އައިސް އެހިއެވެ. ނަމަވެސް މިންހާ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ އައިޒާ އާއި އެކު ދުވެފައި ގޮސް އެމެޖެންސީ ރޫމް އަށް ވަނެވެ. އޭރު މިންހާގެ ކޯތާފަތް މަތީގައި ވެސް ކަރުނައިގެ ރޮނގެއް އެޅިފައި ވެއެވެ.

ދެ ނަރުހަކާއި އެކީ މާޔާ ބާރުބާރަށް އަންނަތަން ފެނުމުން ރިޝްފާ މާޔާ ހިފެހެއްޓިއެވެ.

“ދަރިފުޅާ. ކިހިނެއްތަ ވެގެން މިއުޅެނީ؟” ރިޝްފާ އެހިއެވެ. ހަސަން އާއި ރީހާން ވެސް މާޔާ އާއި ދިމާލައް ބަލައިލީ ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެވެ.

“މަންމާ. އަހަރެންނަކަށް ނޭނގެ. އަހަރެން ކައިރީ އަވަހައް އަންނާށޭ ބުނީމަ މިދަނީ.” މާޔާ ބުންޏެވެ. އަދި އޭނާ ވެސް ގޮސް އެމެޖެންސީ ރޫމް އަށް ވަނެވެ.

“ނާއިލް. ކަލޭ އައީ މިންހާ އާއި އެކުގަ އެއްނު. ކަލޭ އަށް އެނގޭނެ ވީގޮތް ބުނޭ.” ރީހާން އެހީ ދުރުގައި ކަރުއެލުވައިލައިގެން އިން ނާއިލް ކައިރީގަ އެވެ.

ނާއިލް ކުރު ގޮތަކަށް ކިޔައިދިނެވެ. ރީހާން މަޑުމަޑުން ހިނގައިފާއި ގޮސް ގޮނޑިއެއްގައި އިށީންދެލިއެވެ. ކަކުލުގައި އުޅަބޮށި ވިއްދާއިލާމުން އިސްތަށިގަނޑު ގައި ބާރަށް ހިފައިލި އެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެފައެވެ. ރިޝްފާ “މަގޭ ދަރި” އޭ ކިޔައި ރޯންފެށިއެވެ.

ފަނަރަވަރަކަށް މިނެޓުފަހުން މިންހާ ނުކުތެވެ. ބާރު ހިނގުމެއްގައި ގޮސް އޭނާ ހުއްޓުނީ ރީހާންގެ ކުރިމައްޗަށެވެ. އިތުރު މީހަކާއި ދިމާލައް އޭނާ ބަލައި ވެސް ނުލައެވެ.

“އޮޕަރޭޝަން ކުރަންޖެހޭނީ. ތިއްތަބޭ ގޮސް ފޯމްފިލްކޮއްލާ.” މިންހާ ބުންޏެވެ. އޭރު އޭނާގެ ދެލޯ ވެސް ވަނީ ރަތްވެ ދުޅަވެފަ އެވެ.

“މާ ބޮޑައް ގޯސްވީތަ؟” ރީހާންގެ އަޑު ތުރުތުރު އަޅައެވެ.

“ތިއްތަ އާއި ބޭބީގެ ހާލަތު ވަރަށް ދަށް. ވަގުތުން އޮޕަރޭޝަން ނުކުތެވިއްޖެއްޔާ ދެމީހުން ވެސް ގެއްލިދާނެ.” މިންހާ ބުންޏެވެ. އަދި އިތުރަށް އެންމެ ސިކުންތެއް ވެސް މަޑު ނުކޮއް ގޮސް އެނބުރި އެމެޖެންސީ ރޫމް އަށް ވަނެވެ.

“އެއަންހެން މީހާ ނެތްނަމަ މިވަގުތު މިންހާ ހުންނާނީ މަގޭ ކައިރީގައޭ!” ޝާމް ހަޅޭލަވައިގަތެވެ.

“ކައޭ އަށް ވެސް ނުހުރެވުނީނު. މަ ކިތައްފަހަރު ކައޭ ކައިރީ ބުނީ އޭނަ އެކަނި ހުއްޓާއޭ ދާނީ. ކަލޭ އަޑުނޭހީނު. ދެން އެމީހުން ވެސް އުޅޭނީ ވިސްނައިގެން.” ޝާމް ކައިރީ ހުރި މީހަކު ބުންޏެވެ.

-ނުނިމޭ-

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

އާއެކޭ ލޯބިވޭ ފަންސާސް އެއްވަނަބައި (ޅެމަކުން އަމުނާލި ހިތުގެ އުދާސް)

Next

ފޭދޭ ކުލަތައް-5 ( ފަހުބައި )

Next
July 20, 2026

ފޭދޭ ކުލަތައް-5 ( ފަހުބައި )

Previews
July 20, 2026

އާއެކޭ ލޯބިވޭ ފަންސާސް އެއްވަނަބައި (ޅެމަކުން އަމުނާލި ހިތުގެ އުދާސް)

3 Comments!

  1. Aami says:
    July 20, 2026 at 10:07 pm

    Varah dhera vey

    1. flower_ says:
      July 20, 2026 at 11:19 pm

      😢

  2. flower_ says:
    July 21, 2026 at 11:44 am

    Same Alhugandhu ves vrh dhera vey liyaa iru 😭

Comments are closed.



All Right Reserved!