ހިތް އެދޭ މަންޒިލަކީ… 43 (ފަހުބައި)
ރޯޒްވުޑްއަށް ލިވްޔާ އަޅައިލި ފުރަތަމަ ފިޔަވަޅާ އެކީ މަރުހަބާކީ ލައިނީއެވެ. ނޭވާލާން އުނދަގޫވާހައި ބާރަށް ލިވްޔާގެ ގައިގައި އޮޅުލައިގަނެވުނު އިރު ދެބެންގެ ލޮލުން ވެސް ކަރުނަ ނީރާލައިފިއެވެ.
“އައިމް ސޮރީ ލިވީ.. މި ހުރިހައި ދުވަހަކު ކުޑާއަށް އެއްވެސް ކަމެއް ކޮށްނުދެވުނީތީ ވަރަށް ބޮޑަށް ސޮރީ..” ލިވްޔާއާ ދުރުވެލަމުން ލައިނީ އިއްވައިލުމާ އެކީ ލިވްޔާ ވަގުތުން ދެފަރާތަށް ބޯހޫރުވައިލިއެވެ.
“ނޫން.. ކުޑާ ނުޖެހޭނެ މާފަށް އެދޭކަށް.. ވެގެން ދިޔަ އެއްވެސް ކަމެއްގަ ކުޑާގެ އެއްވެސް ފޯލްޓެއް ނެތް..” ލައިނީގެ ކަރުނަ ފުހެދެމުން ލިވްޔާ އެދުނީ މަޢާފަށް ނޭދުމަށެވެ.
“ދަރިފުޅާ..” އެތައް އަހަރެއް ކޮށްފައި ބައްޕަގެ ދުލުން ދަރިފުޅާއޭ ކިޔައި ގޮވައިލުމުން ލިވްޔާއަކަށް ކެތެއް ނުކުރެވުނެވެ. ދުވެލާފައި ގޮސް އަނީސްގެ އަތުތެރޭ ބޮނޑިވެގަތީ ކުޑަ ކުއްޖެކޭ އެއްފަދައިންނެވެ. ރޮވިފައި ހުރި އަނީސް ވެސް ދެއަތުން ލިވްޔާގެ ގައިގައި ވަށައި ބާރުކޮށްލީ ހެޔޮ ޙާލުގައި ދަރިފުޅު އަނބުރާ އައުމުން މާތްﷲއަށް ހަމްދު ކުރަމުންނެވެ. މިއަދު އޭނާއަށް ލިވްޔާއާ ވާހަކަ ދައްކައި، ބައްދައިލާ، ފިރުމައިދެވޭތީ އިންތިހާއަށް އުފަލުން ހުރެއެވެ.
އިރުކޮޅެއް ފަހުން އަނީސްގެ ގައިން ދޫކޮށްލާފައި ލިވްޔާ ބަލައިލީ ޒީނާގެ ގާތުގައި ތިބި ރިއާ އާއި ޔަލާއަށެވެ. ލަސް ފިޔަވަޅުތަކެއްގައި ލިވްޔާ ގޮސް އެ ދެކުދިންގެ ކުރިމަތީގައި ހުއްޓިފައި ތިރިވެލިއެވެ. އެއްފަހަރު ރިއާގެ މޫނަށް ބަލައިލާފައި، ޔަލާގެ މޫނަށް ބަލައިލެވުނު ވަގުތު ލިވްޔާގެ ހިއްސުތައް މަޑުޖެހިގެން ދިޔައެވެ.
އެއީ ހަމަ ކުޑަކުޑަ ލައިނީއެކެވެ. އެ ދޮންދޮން މޫނާއި، ފުއްކޮޅެއް ފަދަ ދެކޯ ފެނި ލިވްޔާގެ ހިތް ވިރިގެން ދިޔަ ފަދައެވެ. ހިތް އެދުނީ ވަގުތުން ޔަލާ ގެނެސް އެ މޭތެރޭގައި ފޮރުވައިލާށެވެ. ވޭތުވެގެން ދިޔަ ދެ އަހަރު ތެރޭ ޔަލާއަށް ނުދެވުނު ލޯބި މިއަދު ދޭށެވެ. އެހެނަސް އެއްވެސް ހަރަކާތެއް ނުގެނެވި، ގަބުވެފައި ލިވްޔާއަށް އިނދެވުނީއެވެ.
“ލިވީ ދޮންތީ..” ލިވްޔާ ސިހިގެން ދިޔައީ ޔަލާގެ ލޯބިލޯބި އަޑުން ފުރަތަމަ ފަހަރަށް އޭނާއަށް ގޮވައިލުމުންނެވެ. އެއަށްވުރެ ބޮޑަށް އަސަރު ކުރީ ދުވަހަކު ވެސް އަދި އޭނާއާ ދިމާވެފައި ނުވާ އިރު ވެސް، ޔަލާއަށް އޭނާ އެނގުމުންނެވެ. ލިވްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ލައިނީ ޔަލާއަށް އޭނާގެ ވާހަކަތައް ކިޔައިދޭނެކަމާއި މެދު އެއްވެސް ޝައްކެއް ނެތޭ ހިތަށް އެރުމުންނެވެ.
ޔަލާއާއި ރިއާ އެކުގައި ގެނެސް މެޔާލައި ބޮނޑިކޮށްލަމުން ލިވްޔާ ދެލޯ މަރައިލުމާ އެކީ އެ ދިގު އެސްފިޔަތައް ފޫއަޅުވައިލާފައި ކަރުނަތައް ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. އިރުކޮޅެއް ފަހުން ދެކުދިން ގަޔާ ދުރުކޮށްލާފައި ޔަލާއަށް ލިވްޔާ ބަލައިލިއެވެ.
“ޔަލާ.. ދޫނި..” ޔަލާގެ ފުއްކޮޅެއް ފަދަ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ލިވްޔާ ގޮވައިލިއެވެ.
“ލިވީ ދޮންތި ކީއްވެ ރޮނީ..؟ ނުރޮއެ..” ވިސްނޭ ހަރު މީހަކު ފަދައިން ޔަލާ ލިވްޔާގެ ކަރުނަތައް ފުހެލައިދިނުމާ އެކީ ލިވްޔާއަށް އިތުރަށް ރޮވުނީއެވެ. އަނެއްކައި ވެސް އެ ދެއަތުގެ ތެރެއަށް ޔަލާގެ ކުޑަކުޑަ ހަށިގަނޑު ގެންނަމުން ލިވްޔާ ޔަލާގެ ބޮލަށް ބޮސްދިނެވެ. ހިނދުކޮޅަކަށް ވެސް ޔަލާއާ ދުރުވާން ބޭނުންނުވެފައި ހުރެ ލިވްޔާ އިތުރަށް ޔަލާ ގަޔާ ބޮނޑިކޮށްލުމުން ޔަލާގެ މައުސޫމު ހުނުމުގެ އަޑު އިވިލިއެވެ. އެކަމުން ލިވްޔާގެ ހިތް ލޯބިން ފުރިގެން ދިޔަ އިރު، މަންޒަރު ބަލަން ތިބި އެންމެންގެ ލޯތަކުން ވެސް ކަރުނަ ނީރައިލީ، އެ މަންޒަރު ފުރިހަމަ ކަމުންނެވެ.
*** ** ***
މުޅި ދުވަސް އެކުގައި ލިވްޔާ ހޭދަކުރީ އާއިލާއާ އެކުގައެވެ. ޔޫކޭގެ ވާހަކަތައް އެންމެންނާ ހިއްސާކުރަމުން ދިޔަ އިރު ގިނަ ވަގުތު ޔަލާ އިންނާނީ ލިވްޔާގެ އުނގުގައެވެ. ހީކުރި ވަރަށް ވުރެ އަވަހަށް ޔަލާ ލިވްޔާއާ ދޯޅުވެއްޖެއެވެ. މިހާރު ރައިހާންއަށް ވުރެ ފަސޭހައިން ލިވްޔާ ކައިރިޔަށް ޔަލާ ދާތީ ރައިހާންގެ ހާސް ޝަކުވާ އިވިއްޖެއެވެ.
އެރޭ ޔަލާ ނިދަން ވެސް ބޭނުންވީ ލިވްޔާއާ އެކުގައެވެ. ޔަލާ ފެންވަރުވާލައިގެން ލިވްޔާ ނުކުތް އިރު އެނދުމަތީގައި ރައިހާން އިނެވެ. ދެމީހުންގެ މެދުގައި ބައްދަލުކުރެވުނު ނަޒަރަށް ފަހު ހިނިތުންވެލަމުން ލިވްޔާ ޔަލާ އެނދުމަތީގައި ބަހައްޓައިލިއެވެ. އެ ކުޑަކުޑަ ހަށިގަނޑުގައި ތުވާލި އޮޅާލައިގެން ހުރި އިރު ވެސް ހީކަރުވައިގަނެގެން ތުރުތުރުއަޅައެވެ.
ޔަލާއަށް ފިނިވާތީ އަވަހަށް ފެން ހިއްކައިލާފައި ލިވްޔާ ޔަލާ ނިދާ ހެދުން ލައްވައިލިއެވެ. ނޫކުލައިގެ އަތްކެނޑި ޓީޝާޓުކޮޅަކާއި، ހަމަ އެކުލައިގެ ސޯޓުކޮޅެއް ލައްވައިލުމުން ޔަލާގެ ލޯބިކަން ދެގުނަވެފައިވީ ފަދައެވެ.
“ލާލަ މިހާރު ދޮންބެއަށް ވުރެ ބޮޑަށް ލިވީ ދޮންތި ދެކެ ލައިކް ވޭ ދޯ..؟” ރައިހާން ޝަކުވާކޮށްލި އިރު، ދެރަވީހެން ހީވެ ޔަލާ ވަގުތުން ގޮސް ރައިހާންގެ އުނގަށް އެރިއެވެ.
“ނޫން.. ލާލަ ދޮންބެއާ ދޮންތި ދެކެ ހަމަ ސޭމްކޮށް ލޯބިވޭ.. ދޮންބެ ދެރަނުވެބަ..” ރައިހާން ދެރަވީހެން ހީވެ ޔަލާ ތުންދަމައިލަމުން ބުނެލިއެވެ. އޭނާގެ ސަބަބުން ރެން ދޮންބެ ދެރަވެފައި ހުރުމަކީ އެ ކުޑަކުޑަ ހިތަށް ދުވަހަކު ވެސް ބަރުދާސްތުކުރެވޭނޭ ކަމެއް ނޫނެވެ.
“ދޮންބެގެ ދޫނި ދެރަވީތަ..؟ އަޅޭ.. ދޮންބެއަށް އެނގޭ ލާލަ ދޮންބެ ދެކެ ވަރަށް ލޯބިވާކަން.. ދެން އަވަހަށް ސްމައިލް ކޮށްލާ..” ޔަލާ ހަގީގަތުގައި ވެސް ދެރަވީހެން ހީވެ ރައިހާން ޔަލާގެ ކޮލަށް ދޮނެއް ދިނެވެ. އެއާއެކު ޔަލާ ތުއިވެލާފައި އެނދުގެ މެދުގައި އޮށޯންނަމުން ރައިހާންއާއި ލިވްޔާއާ ދެމީހުންގެ އަތުގައި ހިފައިލިއެވެ.
“ލާލަ މިރޭ ނިދަން ބޭނުމީ ދޮންބެއާ ދޮންތިއާ ޓޫ ކުދިންނާ އެކީ..” ޔަލާ އޭނާ ބޭނުންވާ ގޮތް ހާމަކޮށްލުމުން ރައިހާންއާއި ލިވްޔާ ކައިރިޔަށް ވެސް ހިނި އައެވެ. ޔަލާގެ ދެފަރާތުގައި ދެމީހުން އޮށޯތް އިރު ދެމީހުންގެ ނަޒަރު ވެސް ވަނީ ސީދާވެފައެވެ.
“ދޮންބޭ.. ޝަހާދަތް..” ޔަލާ ބުނެލުމާ އެކީ ރައިހާން ޔަލާއަށް ޝަހާދަތް ކިޔައިދެމުން ދިޔަ މަންޒަރު ބަލަން ލިވްޔާ އޮތީ ހެވިފައެވެ. ޔަލާއާ އެކުގައި ރައިހާން އުޅެމުން ދިޔަލެއް ލޯބިކަމުން ލިވްޔާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވިއެވެ. ﷲގެ ރަޙުމަތްފުޅުން ކައިވެނި ކޮށް ދަރިޔަކު ލިބޭ ދުވަހަކުން ރައިހާން ވާނީ އެންމެ ފުރިހަމަ ބައްޕައަކަށް ކަން ލިވްޔާގެ ހިތް ބުނަމުން ދިޔައީ، އެ ތުންފަތަށް ހިނިތުންވުމެއް ގެނުވަމުންނެވެ.
އިރުކޮޅެއް ނުވެ ޔަލާއަށް ނިދުމުން ވެސް ރައިހާންއާއި ލިވްޔާ އެ އޮތް ގޮތަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން އޮތެވެ. ރަައިހާންގެ އެއް އަތުން ޔަލާގެ އިސްތަށިގަނޑާ ކުޅެމުން ދިޔަ އިރު، ލިވްޔާގެ އެއް އަތް ވަނީ ޔަލާގެ ބަނޑުމަތީގައި ބޭއްވިިފައެވެ. ދެމީހުންކުރެ އެކަކު ވެސް ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި ތިބީ ދެ އަހަރު ވާން ދެން އެކަކު އަނެކަކު ނުފެނުނު ތަން ފޫބައްދައިލަން ހެން ހީވެއެވެ. އެގޮތުގައި ތިބެތިބެފައި އެންމެ ފުރަތަމަ މެރުނީ ލިވްޔާގެ ދެލޮލެވެ. ދެން ވެސް ލިވްޔާއަށް ބަލަން އޮވެއޮވެފައި ރައިހާންގެ ދެލޯ ވެސް މެރިގެން ދިޔައީ ދުވަހުގެ ވަރުބަލިކަން އިހުސާސްކުރެވުނު ވަރުންނެވެ. ދެ އަހަރު ފަހުން، ދެމީހުންނަށް ވެސް ހަމަނިދި ލިބުނު ފުރަތަމަ ރެޔަށް މިރޭ ވާނެކަން ޔަގީނެވެ.
ކޮޓަރިއަށް ވަންނަން ދޮރު ހުޅުވައިލި ލައިނީއާއި ޔާނިއުއަށް ހިނިތުންވެވުނީ ފެނުނު މަންޒަރުންނެވެ. ރައިހާންއާއި ލިވްޔާގެ މެދުގައި ޔަލާ ނިކަން ލޯބިކޮށް ނިދައިލާފައި އޮތް އިރު، ރައިހާންއާއި ލިވްޔާގެ މޫނުމަތިން ނިދީގައި ވެސް ފެންނަމުން ދިޔައީ ދުވަހަކު ނުފެންނަހައި ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
“އެދެމީހުންނަށް އުނދަގޫ ނުކުރަމާ..؟ ދޭ ޑިޒަރވް ދިސް އާފްޓަރ އެވްރީތިން ދޭވް ބީން ތްރޫ..” ލައިނީ ބުނެލުމާ އެކީ ޔާނިއު ވެސް ހިނިތުންވަމުން ބޯޖަހައިލިއެވެ. މަޑުމަޑުން ދޮރު ލައްޕައިލާފައި ނުކުތް އިރު ދެ ހިތުގައި ވެސް ވަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. ރައިހާންއާއި ލިވްޔާގެ ޙަޔާތް އަލުން ރޯޝަންވީތީ ޝުކުރުވެރިކަމެވެ.
“އިރާދަކުރެއްވިއްޔާ ދެން ކުރިޔަށް އޮތީ ހުސް އުފާވެރިކަން..” ލައިނީގެ ނިތަށް ބޮސްދެމުން ޔާނިއު ބުނެލުމާ އެކީ ލައިނީ ވެސް ޔާނިއުގެ މޭތެރޭގައި ބޮނޑިވެލީ ދެލޯ މަރައިލަމުންނެވެ. ދިރިއުޅުމުގައި ފެށެން މި އުޅޭ އައު ބާބަށް މަރުޙަބާގެ ލަފްޒުތައް ގަތަމުންނެވެ.
**ދެ މަސް ފަސް**
ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތަކާ އެކުވެގެން އިވެމުން ދިޔަ ހިމޭން ލަވައިގެ ރާގުން އެތަނުގައި ތިބި ހުރިހައި ހިތްތަކަށް ދިރުން ގެނެސްދެމުން ދިޔައެވެ. މާ ދުރުނޫން ހިސާބަކުން އިވެމުން ދިޔަ ރާޅުތަކުގެ އަޑުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެމުން ދިޔައެވެ. ވަށައިގެން އެލުވިފައިވީ ރަން ފެއަރީ ލައިޓްތަކާ އެކުވެގެން އިރު އޮއްސެމުން ދިޔަ ވަގުތު އުދަރެސް ފަވައިލެވިފައިވީ ރީތި ރަންކުލައިން އިތުރަށް ޗާލުކަމަށް ދައްކަމުން ދިޔައެވެ. މާ ދުރުނޫނުން ހިސާބެއްގައި ހުދު ދޮންވެލިގަނޑުގެ މަތީގައި ހުރި ބެކްޑްރޮޕްގެ ކުރިމަތީގައި ދެންމެ ކައިވެނި ކުރެވުނު އަލަތު ދެމަފިރިން ކަމަށްވާ ޒާމިން އަދި މީޝާ ހުއްޓިލައިގެން ތިބި އިރު ދެ މޫނުގައި ވެސް ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމާއި ލޯތްބެވެ.
“ކޮންގްރޭޓްސް މޭން! ރިއަލީ ހެޕީ ފޯރ ޔޫ..” ލުއި ހުނުމަކާ އެކީ ޒާމިންގެ ގައިގައި އޮޅުލައިގަންނަމުން ރައިހާން ބުނެލުމާ އެކު ފަހަތުގައި ހުރި ޔާނިއު ވެސް އައިސް އެބަސްތައް ތަކުރާރުކޮށްލަމުން އެދެމީހުންގެ ގައިގައި ހިފައިގަތެވެ. އެ މަންޒަރު ބަލަން ޔަލާ އުރާލައިގެން ލައިނީ ހުރި އިރު، ގާތުގައި ލިވްޔާ ވެސް ހުއްޓެވެ. ހުރިހައި އެންމެންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ ނިމުމެއް ނެތް އުފާވެރިކަމެވެ.
“ކޮންގްލޭތްސް ޒާމްބޭ..!” ނޫކުލައިގެ ވަށްތިރި ހެދުމެއްގައި އިން ޔަލާ ލައިނީގެ އުނގުން ފައިބައިގެން ގޮސް ޒާމިންގެ ފައިގައި އޮޅުލައިގަތީ ހެމުންނެވެ. ވަގުތުން ޒާމިން ވެސް ފުޅާ ހިނިތުންވުމަކާއެކީ ޔަލާ އުރައިލާފައި “ތެންކްޔޫ” އޭ ބުނެލިއެވެ.
އެންމެން އެކި ކަންކަމުގައި މަސްއޫލުވީ ވަގުތު ބަލާފައި ރައިހާން ލިވްޔާގެ އަތުގައި ހިފައި ދަމައިލިއެވެ. ދެކޮޅުހެދުމެއް ނެތި ލިވްޔާ ވެސް ރައިހާންއާ އެކީ ދިޔައީ ރައިހާން ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ.
ޕާޓީ އޮތް ހިސާބާ ތަންކޮޅެއް ދުރުން ގޮނޑުދޮށަށް ނުކުމެފައި ރައިހާން ހުއްޓުމާއެކީ ލިވްޔާ ވެސް ހުއްޓުނެވެ. ޖަހަމުން ދިޔަ ލުއިލުއި ރާޅުތަކާއި، އޮއްސެމުން ދިޔަ އިރުގެ ނަލަކަމަށްވުރެ ރައިހާންއަށް ރީތިވީ ލިވްޔާއެވެ. ޕާޓީއާ ގުޅޭހެން ކަނޑުނޫކުލައިގެ މެކްސީއެއްގައި ހުރި އިރު، ކޮށްފައިވީ ލުއި މޭކަޕުން އެ ރީތިކަން ދެގުނަވެފައިވާ ފަދައެވެ.
“ކީއްކުރަން މިތަނަށް ތި އައީ..؟” ރައިހާން ބަލަމުން ދިޔަ ގޮތުން ލަދުގަނެފައި ހުރި ނަމަވެސް ލިވްޔާ އަހައިލިއެވެ. އެއާއެކު ހަމަބިމަށް އާދެވުނު މީހަކު ފަދައިން ރައިހާން ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ލިވްޔާ.. އެއްފަހަރު އަހަރެންގެ އަތުން ލިވްޔާ ބީވެގެން ދިޔަހެން ދެވަނަ ފަހަރަށް އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން.. ލިވްޔާ ދެކެ ލޯބިވާ ވަރު ބަޔާންކޮށް އަހަންނަށް އެއްފަހަރު މިކަހަލަ ސްޕީޗެއް ދެވިއްޖެ.. އެކަމަކު އެދުވަހު ތަގުދީރުގައި އަހަރެމެން ދެމީހުން އެކުގައި ވުން ލިޔެވިފައި ނެތީ.. މިއަދު އަނެއްކައި ވެސް އަހަރެން ލިވްޔާއާ މި ސުވާލު މިކުރަނީ ވަޢުދަކާ އެކީ.. ދެން ދުވަހަކު ވެސް.. ދުވަހަކު ވެސް އަހަރެން ލިވްޔާ އަހަރެންގެ އަތުން ބީވިޔަކަ ނުދޭނަން..” އެހައި ހިސާބަށް ބުނެފައި ރައިހާން ހުއްޓައިލިއެވެ. އަދި ލިވްޔާގެ ކުރިމަތީގައި އެއްފައި މައްޗަށް ތިިރިވެލާފައި ޖީބުން ނެގި އަނގޮޓި ދިއްކޮށްލިއެވެ.
“ވިލް ޔޫ މޭކް މީ ދަ ލަކިއެސްޓް މޭން ބައި ބީންގ މައި ވައިފް..؟” ރައިހާންގެ އެ ލަފްޒުތައް ލިވްޔާގެ ކަންފަތަށް އިވުނީ ލުއިލުއި މިޔުޒިކެއް ފަދައިންނެވެ. ވަގުތުން އެ ދެލޮލުގެ ތެރެއަށް ކަރުނަތައް ބޮނޑިވެގަތް އިރު، ބޯޖަހައިލެވުނީ އިތުރު ވިސްނުމަކަށް ނުގޮހެވެ. ވަގުތުން ރައިހާންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވި އިރު، އެ އަނގޮޓި ލިވްޔާގެ ވައަތުގެ ކަށި އިނގލީގައި އަޅުވައިލާފައި އެ އަތްތިލައަށް ބޮސްދިނީ ދީވާނާއެއް ފަދައިންނެވެ.
“ރައިހާން.. ދިސް އިޒް.. ދަ ސޭމް ރިންގް..” އަނގޮޓިއަށް ބަލައިލަމުން ލިވްޔާއަށް ބުނެވުނީ އެއީ މީގެ ދެ އަހަރު ކުރިން ކައިވެންޏަށް އެހި އިރު ވެސް ރައިހާން އޭނާއަށް ދިން އަނގޮޓިކަން އެނގުމުންނެވެ. ހިނިތުންވެލާފައި ރައިހާން ބޯޖަހައިލުމުން ލިވްޔާގެ އުފާވެރިކަން ދެގުނަވީ ފަދައެވެ. މި ހުރިހައި ދުވަހެއް ވި އިރުވެސް އޭނާގެ އިންތިޒާރުގައި ރައިހާން އެ އަނގޮޓި ބޭއްވިކަން އެނގުމުންނެވެ.
“އަދި އެއް ކަންތައް..” އެހެން ބުނެލާފައި ރައިހާން އަނެއްކައި ވެސް ޖީބުން އެއްޗެއް ނެގިއެވެ. މިފަހަރު ނެގީ ރަން ތަނޑިއެކެވެ. ސުވާލު އުފެދިފައި ހުރެ ލިވްޔާ ރައިހާންއަށް ބަލަހައްޓައިގެން ހުއްޓާ ރައިހާން އެ ތަނޑި ލިވްޔާގެ އަތުގައި އަޅުވައިލިއެވެ.
“މީ ޑޭޑް މަންމައާ ކައިވެނިކުރި ރޭ މަންމައަށް ދިން ފުރަތަމަ ހަދިޔާ.. އަހަންނަށް އަށާރަ އަހަރުވީ ދުވަހު މަންމަ އަހަންނަށް މީތި ދީފަ ބުނީ ރެން އަނބިމީހާއަށް މީތި ދޭން މަންމަ ބޭނުމޭ.. ލިވްޔާ ނޫން އެހެން އަންހެން ކުއްޖަކަށް މީތި ހައްގެއް ނޫން.. މިއަދު މިދުވަސް ދެކެން މަންމަ ހުރި ނަމަ..” ވާހަކަ ދައްކަމުން ގޮސް ޖަޒުބާތުގައި ޖެހުނު ވަގުތުކޮޅު ރައިހާންގެ އަޑު ކުރަކިވިއެވެ.
“ރައިހާން.. ދެން ދެރަނުވޭ.. ތީ ވަރަށް ހިތްވަރުގަދަ ދަރިއެއް.. މަންމައާއި ބައްޕައަށް އިންސާފު ހޯދައިދެވުނީ ރައިހާންގެ ހިތްވަރުން.. އޭ.އާރް މެމޯރިއަލްސް މިއަދު އަނެއްކައި ވެސް ތްރައިވް ވަމުން އެދަނީ ރައިހާންގެ ސަބަބުން.. ޔުއަރ ޕޭރެންޓްސް ވުޑް ބީ ސޯ ޕްރައުޑް އޮފް ޔޫ..” ރައިހާންގެ މޫނުގައި ދެއަތުން ހިފައިލަމުން ލިވްޔާ އެނިތަށް ބޮސްދިނީ ނުހަނު ލޯބިންނެވެ.
“މަންމައާ ބައްޕަ މިއަދު ދުނިޔޭގައި ހުރި ނަމަ ލިވްޔާ ދެކެ ވެސް ވަރަށް ލޯބިވީސް.. ބުނާނެ ރެންގެ ހޮވުން ހާދަހައި ފުރިހަމައޭ..” ކަރުނައިގެ ތެރެއިން ވެސް ރައިހާން ހިނިތުންވެލީ ހިތުގެ އަޑިން އުފާވެ ހުރެއެވެ. މަންމައާއި ބައްޕަ މިއަދު ކައިރީގައި ނެތަސް، މަންމައާއި ބައްޕަ ބޭނުންވާ ފަދަ ޒުވާނަކަށް އޭނާ ވެއްޖެއެވެ. މަންމައައި ބައްޕަގެ އުއްމީދުތައް ފުރިހަމަކޮށްދެވިއްޖެއެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ލޯބިވާ މަންމައާއި ބައްޕަ ދޫކޮށްފައި ދިޔަ އުފާވެރިކަމުގެ ހަނދާންތައް އޭނަޔާ އެކީ އަބަދުމެ ވާނެއެވެ.
ކޯޓު އަޑުއެހުމަށް ފަހު އޭ.އާރް މެމޯރިއަލްސްއަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކުރެވިގެން ދިޔުމާ އެކީ އެ ކުންފުނި އަނެއްކައި ވެސް ކުރިލައި ހެދެމުން ދިަޔއީ ރައިހާންއާއި ޔާނިއުގެ އިތުރުން ލިވްޔާގެ ހިތްވަރުންނެވެ. ދާދި އިހަކަށް ދުވަހު ކުންފުނީގެ މައި އިމާރާތް އަލުން ލިބުން ވެގެން ދިޔައީ ރައިހާންއަށް ލިބުނު ބޮޑު ކާމިޔާބީއަކަށެވެ. އަފާފް ވެސް އެންމެ ފުރަތަމަ ވިޔަފާރި ފެށި ތަނުގައި އަނެއްކައި ވެސް ކުންފުނި ގާއިމްކުރަން ލިބުނު ފުރުސަތަށް ރައިހާން އަބަދުމެ ޝުކުރުވެރިވާނެއެވެ.
“އިރާދަކުރެއްވިއްޔާ ދެން އަބަދު ވެސް އޮތީ އުފާވެރިކަން.. ލަވް ޔޫ ރައިހާން..” ރައިހާންގެ މޭތެރޭގައި ބޮނޑިވެލަމުން ލިވްޔާ އިއްވައިލީ ފުރިފައިވީ ހިތަކާ އެކީއެވެ.
“ލަވް ޔޫ މޯރ، ސޫން ޓު ބީ ވައިފީ..” އެ ވަރުގަދަ ދެއަތް ލިވްޔާގެ ހަށިގަނޑުގައި ވަށައިލަމުން ރައިހާން ބުނެލީ ދުނިޔޭގައިވީ ހުރިހައި އުފަލެއް އޭނާގެ ފަސްބަޔަށް އެޅުނު ފަދައިން ހިތް ފުރިފައި ހުރެއެވެ. ދިރިއުޅުމުގައި ފެށެން އުޅޭ އައު ބާބަށް ހިތުން ރުހުމުން މަރުޙަބާ ކިޔަމުންނެވެ.
**ހަތަރު އަހަރު ފަސް**
ރޯޒްވުޑްގެ ބަގީޗާތެރޭ ދުވަމުން ދިޔަ ހަ އަހަރުގެ ޔަލާ އާއި ތިން އަހަރުގެ ރިވްޔަންގެ ސަކަރާތުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. އެދެކުދީން ކުޅެމުން ދިޔަ ހިސާބާ މާ ދުރުނޫން ހިސާބެއްގައި ކުއިލްޓް ފަތުރާލައިގެން ސަޔަށް އިންސާފުކުރަން ތިބި ރައިހާންއާއި ލިވްޔާ އަދި ޔާނިއުއާއި ލައިނީ ތިބީ އޮލަ ވާހަކައެއްގައެވެ. ޔާނިއުގެ އުނގުގައި އޮތް އަށް މަހުގެ ޔުވާންގެ ދެލޯ މެރެމުން ދިޔަ އިރު، ވަށައިގެން މީހުން ވާހަކަ ދައްކަމުން ދިޔަ އިރު ވެސް އެ ތުއްތު ސިކުނޑިއަށް އުނދަގޫވާހެން ހީނުވެއެވެ.
“މަންމީ މަންމީ! ކޫ ކޮބާ؟” ރިވްޔަން ދުވެލާފައި އައި ގޮތަށް އައިސް ލިވްޔާގެ އުނގަށް ވެއްޓިގަންނަމުން ރިއާ ކޮބައިތޯ ސުވާލުކޮށްލީ ޝަކުވާގެ ރާގަކަށެވެ.
“ދަރިފުޅޫ.. މަންމި ބުނީމެއްނު ކޫ މިއަދު ދިޔައީ ރީން ދޮންތިއާ މިކީ ބޭބެއާ އެކީ ބްރެކްފަސްޓަށޭ..” ރިވްޔަންގެ ކޮނޑާ ހަމައަށް އަރާ ލޯބިލޯބި ބުޅި އިސްތަށިގަނޑުގައި ފިރުމައިލަމުން ލިވްޔާ ބުނެލީ ލޯބިން ފުރިގެންވީ ރާގެއްގައެވެ. ނާއިފް ކައިރިން ވަރިވެގެން މީގެ އަހަރެއްހައި ދުވަސް ކުރިން ރީނާ މިކްޔާލާ ކައިވެނި ކުރީ ދިރިއުޅުމައިގެން ކުރިޔަށް ދާން ވިސްނާފައެވެ. އާއިލާގެ އެންމެންގެ ރުހުމާ އެކީ ކުރެވުނު ކައިވެނިން މިފަހަރު ރީނާއަށް ހުރިހައި ލޯތްބަކާއި އުފާވެރިކަމެއް ލިބުނެވެ. މިކްޔާލަކީ ފުރިހަމަ ފިރިއެކެވެ. ރިއާއަކީ އުފަން ދަރިޔަކަށް ނުވިޔަސް، ރިއާ ދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. އަހަރުތަކެއް ވާން ދެން ބަނަކޮށް އޮތް ރީނާގެ ދިރިއުޅުމަށް ރޯޝަންކަމެއް ގެނެސްދިނީ މިކްޔާލެވެ.
ލިވްޔާ ދިން ޖަވާބު ކަމުނުގޮސްގެން ވަގުތުން ރިވްޔަން ތުންދަމައިލާފައި ޝަކުވާކޮށްލީ ރިއާ ނެތުމުން ފޫހިވެގެންނެވެ. ކައިރީގައި އިން ޔަލާ ވެސް ވަގުތުން އެކަމާ ޝަކުވާކޮށްލީ އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން ދެކުދިން އެއްގަލަކަށް އަރަމުންނެވެ. ރިވްޔަން އުފަންވީއްސުރެ ރިވްޔަންގެ ދައްތަމެންނަށް ވެގެން ޔަލާއާއި ރިއާ ތިބެނީ އަބަދުހެން ފާރައަށެވެ. ވަކިން ޚާއްސަކޮށް ޔަލާއެވެ. އެހައި ކުޑައިރު ވެސް ރިވްޔަންގެ ދައްތައަކަށް ވެގެން ޔަލާ އުޅެމުން ދިޔައީ ރިވްޔަންގެ ހުރިހައި ކަމެއް އެންމެ ގާތުން ބަލަމުންނެވެ. އެހައި ކުޑަ އިރުގައި ވެސް އެމެދުގައި އޮތް ގުޅުން ނުހަނު ވަރުގަދަވެފައި ލޯތްބެވެ.
“ދަރިފުޅޫ.. މަޑުމަޑުން ވާހަކަ ދައްކާ.. ބަލަ ޔޫވް އެ އޮތީ ނިދާފަ އެއްނު..” ނުހަނު ލޯބިން ރިވްޔަން ގެނެސް އުނގުގައި ބައިންދައިލަމުން ރައިހާން ބުނެލީ ވިސްނައިދޭ ރާގަކަށެވެ. އެޔާއެކު ރިވްޔަންގެ ރުޅިގަނޑު ވަގުތުން މައިތިރިވީ އިރު، އިސާހިތަކު އެ ތުންފަތުގައި ލޯބި ހިނިތުންވުމެއް ކުޅެލީ ނިދާފައި އޮތް ޔުވާން ފެނުމުންނެވެ. ޔަލާއާ ދެކުދިން ވަގުތުން ޔާނިއުއާ ގާތަށް ޖެހިލަމުން ގުދުވެލާފައި ޔުވާންގެ ރަތްކުލަ އަރާ މަޑުމަޑު ކޯތާފަތުގައި ބޮސްދިން މަންޒަރު ބަލަން ތިބި އެންމެންގެ ހިތްތައް ވެސް ހީވަނީ ފުރިގެން ބަންޑުންވާ ހެންނެވެ.
ޔަލާއަށާއި ރިވްޔަންއަށް ހިމޭނުން ތިބެވުނީ އިރުކޮޅަކަށެވެ. އަނެއްކައި ވެސް ދެކުދިން އެކުގައި ތެދުވެގެން ބަގީޗާ ތެރޭ ދުވަން ފެށީ ލިބިފައި އޮތް މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ.
ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރު ރޯޒްވުޑް އާއިލާއަށް އިތުރު ދިރުމެއް ގެނެސްދިނީ ތުއްތުއްތު ރިވްޔަންއާއި ޔުވާންއެވެ. ރިއާ އާއި ޔަލާއަށް ފަހު ރިވްޔަން އުފަންވީ ދުވަހު ފުރަތަމަ ފިރިހެންކުއްޖާއަށް ވުމުން އެންމެން ވެސް ތިބީ ނުހަނު އުުފަލުންނެވެ. އޭގެ ތިން އަހަރު ފަހުން އަނެއްކައި ވެސް ލައިނީއާއި ޔާނިއުއަށް ލިބުނު ޔުވާންއާ އެކީ މިހާރު މުޅި އާއިލާ ފުރިހަމަވެފައިވާ ފަދައެވެ.
ފާއިތުވެގެން ދިޔަ ހަތަރު އަހަރާ އެކީ އޭ.އާރް މެމޯރިއަލްސް އަކީ މިއަދު އަނެއްކައި ވެސް ރާއްޖޭގައި އެންމެ ނަން ހިނގާ އެއް ކުންފުންޏަށް ވެގެން ދިޔައީ ރައިހާންއާއި ޔާނިއުގެ އިތުރުން ލިވްޔާގެ ބުރަ މަސައްކަތުންނެވެ. ރާއްޖެއިން ބޭރުގައި ވެސް ކުންފުނީގެ ބްރާންޗްތައް ހުޅުވިގެން ދިޔަ އިރު އެ ކުންފުނީގެ ކޮންމެ ކަނަކުން އާލާކޮށްދެމުން ދިޔައީ އަފާފްގެ ހަނދާންތަކެވެ. އެ ކުންފުނި ކުރިއެރުވުމަށް ޓަކައި އަފާފްގެ ގައިން އޮހޮރިފައިވާ ދަލާއި، އަފާފް ވީ ގުރުބާނީއެވެ. އަފާފް ދަސްކޮށްދިން ކަންތައްތަކުގައި ހިފައިގެން ރައިހާންއާއި ޔާނިއު ކުރަމުން ދިޔަ މިންނެތް މަސައްކަތުގެ ފޮނި ނަތީޖާއެވެ.
“އެބަ އަންނަން އިނގޭ ޔޫވް ބާއްވައިލާފަ..” ޔާނިއުގެ އަތުން ނިދިފައި އޮތް ޔުވާން ނަގަމުން ލައިނީ ތެދުވެލިއެވެ. ލައިނީއާ އެކީ ޔާނިއު ވެސް ތެދުވީ ލައިނީއަށް އެހީވުމުގެ ނަމުގައި ވިޔަސް، ޔާނިއުގެ މަގުސަދު ރައިހާންއަށާ ލިވްޔާއަށް ވަގުތުން ވިސްނުނެވެ. އެކަމާ އެދެމީހުން ދިމާކުރަން ފެށުމުން ލައިނީ ރަކިވި ނަމަވެސް ޔާނިއު ރައްދު ދެމުން ލައިނީ ގޮވައިގެން ގޭތެރެއަށް ވަނެވެ.
ޔާނިއުއާއި ލައިނީ ގޭތެރެއަށް ވަނުމާއެކީ ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން ކުއިލްޓް މަތީގައި ދެމިލިއެވެ. ލިވްޔާގެ އުނގުގައި ބޯއަޅާލައިގެން ހަށިގަނޑު ދަމައިލުމާ އެކީ ލިވްޔާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ. ލިވްޔާގެ ހިމަހޯލި އިނގިލިތައް ރައިހާންގެ އިސްތަށިގަނޑަށް މެހިގެން ދިޔުމާ އެކި ރައިހާންއަށް ހިނިތުންވަމުން ދެލޯ މަރައިލެވުނީ ވީ އަރާމަކުންނެވެ.
“ރައިހާން..” ލިވްޔާ ގޮވައިލުމުން ރައިހާން ހޫމް އަޅުވައިލިއެވެ.
“އަހަރެން ވެސް ބޭނުން އެހެން ބޭބީއެއް..” ލިވްޔާ ބުނެލި ވާހަކައިން ރައިހާން ވަގުތުން ދެލޯ ހުޅުވައިލާފައި ކޮޅަށް ތެދުވިއެވެ.
“އަސްލުވެސްތަ..؟” ލިވްޔާގެ ދެއަތުގައި ހިފައިލަމުން ރައިހާން އަހައިލުމާ އެކީ ލިވްޔާ ލަދުން ހުރެ ވެސް ބޯޖަހައިލިއެވެ.
“ތިހާ ލަދުން އުޅެގެން އެކަހަލަ ކަންތައް ވޭތަ..؟” އެއްމިޔަކަނިން ހީލަމުން ލިވްޔާއާ ގާތްވެލަމުން ރައިހާން ބުނެލީ ވައި އަޑުންނެވެ.
“ދެން ރައިހާންން!” ލަދުން މޫނުގައި އަތް އަޅައިލަމުން ލިވްޔާ އޭނާގެ ނަން ކިޔައިލި ގޮތުން ރައިހާންގެ ލުއިލުއި ހުނުމުގެ އަޑު އިވިލިއެވެ. އެ ވަރުގަދަ ދެއަތުގެ ތެރެއަށް ލިވްޔާ ގެންނަމުން ރައިހާން ލިވްޔާގެ ނިތަށް ބޮސްދިނެވެ. ފަހަތުން އިވެމުން ދިޔަ އެދެމަފިރިންގެ ދަރިފުޅު ރިވްޔަންގެ އަޑުން އެ ވަގުތުކޮޅަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ.
*** ** ***
ރޯޒްވުޑްގެ އާއިލާ އެކުގައި ރޭގަނޑުގެ ކެއުން ނިންމައިލި ގޮތަށް ލިވްޔާ ކޮޓަރިއަށް އައީ ރިވްޔަން ނިންދެވުމަށެވެ. ރިވްޔަން ގައިދޮއްވައިލާފައި ނިދަން ލައްވާ ޓީޝާޓަކާއި ސޯޓުކޮޅެއް ލެއްވުމަށް ފަހު ލިވްޔާއަށް ރިވްޔަން ނިދަން ބޭއްވުމުގެ ކުރިން އަނެއްކައި ވެސް މުޅި ކޮޓަރިތެރޭގައި ދުވަން ފެށިއެވެ. ވަގުތުން ރިވްޔަން އަތުޖެހޭތޯ ލިވްޔާ ވެސް ދުވަމުން ދިޔައީ ރައިހާން އަތުވެއްޖެ ނަމަ ދެން ދެބަފައިންގެ ސަކަރާތް ގަދަވެގެން ރިވްޔަން ނުނިދާނެކަން އެނގޭތީއެވެ.
ލިވްޔާގެ އަތުނުވާންވެގެން ހެމުންހެމުން ދުވަމުން ދިޔަ ރިވްޔަން ގޮސް މަތަވީ ހަމަ އެވަގުތު ދޮރު ހުޅުވައިލާފައި ވަން ރައިހާންގެ ފައިގައި ޖެހިފައެވެ. ވަގުތުން ރައިހާން ރިވްޔަން އުރައިލުމާ އެކީ ރިވްޔަންގެ މައުސޫމު ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ.
“ޑެޑީގެ ޕްލަމްކޮޅު މި އުޅެނީ މިރޭ ވެސް ނުނިދަންވެގެންތަ..؟” ރިވްޔަންގެ ލޯބިލޯބި ކޮލަށް ދޮނެއް ދެމުން ރައިހާން އަހައިލިއެވެ.
“ޑޭޑީއާ އެކީ ޕްލޭ ކޮށްލާފަ ނިދާނީ ޕްލީޒް..” ރިވްޔަން ތުން ދަމައިލާފައި އާދޭސްކޮށްލިލެއް ލޯބިކަމުން ރައިހާންއަށް ނޫނެކޭ ބުނަން އުނދަގޫވިއެވެ. މަންޒަރު ބަލަން ހުރި ލިވްޔާ އަރިކަށީގައި އަތް ވިއްދައިލީ ރިވްޔަން ބުނެފި ކަމެއްގައި ރައިހާންގެ ދުލުން “ނޫން” އެ ލަފްޒު ބޭރުނުވާނެކަން މާ ކުރިން ވެސް އެނގޭތީއެވެ.
“ރައިހާން.. ދެން ރިވް ގޮވައިގެން ސަކަރާތް ޖަހާނީކީ ނޫން.. މިހާރު ވެސް މި އުޅެނީ ނިންދަވަން އުނދަގޫވެގެން..” ވަގުތުން ލިވްޔާ ކުދިކިޔައިގަތުމާ އެކީ ދެބަފައިން އިހުނަށް ވުރެ ވެސް ސަކަރާތްގަދަކޮށްލީ ލިވްޔާއަށް ޖެއްސުމަށްހެން ހީވެއެވެ. ރިވްޔަން ގޮވައިގެން ކޮޓަރިތެރޭގައި އެނބުރެމުން ދިޔަ ރައިހާންއަށް ބަލަން ތުންދަމައިގެން ލިވްޔާއަށް ހުރެވުނީ އިރުކޮޅަކަށެވެ. ދެބަފައިންގެ ލޯބިވެތި ހަރަކާތްތައް ފެނުމާއެކީ ލިވްޔާގެ ހިތް ވެސް ވިރިގެން ދިޔައީ އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވަމުންނެވެ. އެނދުމަތީގައި ރިވްޔަން ބާއްވައިލަމުން ގުދުވެލާފައި އެ ދޮން މޫނުގެ އެތަން މިތަނަށް ރައިހާން ބޮސްދެމުން، ލޯބިކޮށްލަމުން ދިޔަ އިރު ރިވްޔަންގެ ހުނުމުގެ އަޑު ހިނދުކޮޅަކަށް ވެސް ނުކެނޑެއެވެ.
ރިވްޔަން އަކީ ހަމަ ސީދާ ރައިހާންގެ ކާބަން ކޮޕީއެކެވެ. އަފާފްގެ ފުށުން ރައިހާންއަށް ވާރުތަވި ހުރިހައި ސިފަތަކެއް ރިވްޔަން ރައިހާންގެ ފުށުން ވާރުތަކޮށްލީ އެންމެ ފުރިހަމައަށެވެ. އެ ރޭގަނޑެއްހައި ކަޅުކަން ގަދަ ދެލޮލާއި، ނޭފަތާއި، ތުންފަތުން ފެށިގެން ގޮސް އުޅޭ އުޅުމުގައި ވެސް މީހަކަށް ސިފަވާނީ ހަމަ ރައިހާންއެވެ. ލިވްޔާގެ ފަރާތުން ރިވްޔަންއަށް ވާރުތަވީ ހަމައެކަނި އެ ބުޅި އިސްތަށިގަނޑެވެ. އެހެނަސް އިސްތަށިގަނޑުގައި ހުންނަ އާދަޔާޚިލާފު ކަޅުކަން ވާރުތަކުރީ ރައިހާންގެ ފުށުން ކަން ޔަގީނެވެ. ދޮންދޮންކޮށް ހުންނާތީ އެ ދެ ލޮލާއި އިސްތަށިގަނޑުގައި ހުންނަ އަނދިރިކަމުން އިތުރަށް އެ ތުއްތު މޫނު އަލިކޮށްދީ، އުޖާލާކުރުވައެވެ. ކޮނޑާހަމައަށް އަރާ އެ ބުޅި އިސްތަށިގަނޑު ނިތް މައްޗަށް ވެއްޓިފައި އޮންނަ އިރު، އެ ތުއްތު މޫނު ކޮޅުގެ ލޯބިކަން އިންތިހާއެވެ. ރިވްޔަން ހީވަނީ ހަމަ ކުޑަކޮށްލާފައި އިންނަ ރައިހާންއެއް ހެންނޭ އެގޭ އެންމެން އަބަދު ވެސް ކިޔާނެއެވެ. ވައްތަރުވުމުން ކަމަށް ވެސް ވެދާނެއެވެ. ރިވްޔަން ލިވްޔާއަށް ވުރެ ބޮޑަށް ފޯރިހުންނަނީ ވެސް ރައިހާންއަށެވެ. ދެބަފައިންގެ ސަކަރާތް ގަދަވެގެން ލިވްޔާ އަޑުލާންޖެހޭ އެތައް ފަހަރެއް އަންނަނީ ރިވްޔަން ބުނާހައި ކަމެއް ރައިހާން އެއްވެސް ފަސްޖެހުމަކައި ނުލައި ކޮށްދޭތީއެވެ. ހުރިހައި ލޯތްބެއް ދަރިފުޅަށް ޓަކައި ހުސްކޮށްލައިގެން ރައިހާން ހުންނަނީ ރިވްޔަންއަށް ޓަކައި ޖާނުން ފިދާވާން ވެސް ތައްޔާރަށެވެ.
“އޯކޭ ބަޑީ.. ދެން ހިނގާ އަވަހަށް ނިދަން.. ބަލަ މިހާރު ވެސް މަންމި އެހުރީ ރުޅިއައިސްގެން ކަންފަތުން ދުން އަރާފަ..” އެނދުމަތީގައި ރިވްޔަން ބާއްވައިލަމުން ރައިހާން ބުނެލުމާ އެކީ ރިވްޔަން ތުންދަމައިލަމުން ވެސް އެއްބަސްވިއެވެ. އެއަށްފަހު “މަންމީ”އޭ ބުނެލަމުން އެނދު ކައިރީގައި ކޮޅަށް ހުރި ލިވްޔާއާ ދިމާއަށް ރިވްޔަން އޭނާގެ ކުޑަކުޑަ އަތް ދިއްކޮށްލީ މިވަގުތު މަންމައަށް ވެސް ބޭނުންވާކަން އެ ކުޑަކުޑަ ހިތް ވިސްނައިދިނުމުންނެވެ. ލޯބިން ހިތް ފުރި ބަންޑުންވަމުން ދިޔުމާ އެކީ ލިވްޔާ ރިވްޔަންގެ އަތްތިލައިގައި ހިފައިލަމުން ދަރިފުޅުގެ މަގަތުގައި އޮށޯތެވެ.
“ގުޑްނައިޓް މަންމިގެ ހޭންސަމް..” ރިވްޔަންގެ މަޑުމަޑު ކޯތާފަތުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލީ ލޯބިން ހިތް ފުރެމުން ދިޔަ ޙާލުގައެވެ.
“ގުޑްނައިޓް މަންމީ.. ގުޑްނައިޓް ޑޭޑީ..” އެއްފަހަރު ލިވްޔާގެ ކޮލުގައި، އަނެއްފަހަރު ރައިހާންގެ ކޮލުގައި އެ ކުޑަކުޑަ ތުންފަތް ޖައްސައިލަމުން ރިވްޔަން ބުނެލުމާ އެކީ ދެމަފިރިންގެ ހިތް ވެސް ވިރިގެން ފޭބި ކަހަލައެވެ. އެ ދަރިފުޅުގެ ކޮންމެ އަދާއަކުން، ކޮންމެ އިޝާރާތަކުން އެދެމަފިރިން ފިދާކުރުވައެވެ.
“ގުޑްނައިޓް ދޫނި.. ޑެޑީގެ ލިޓްލް ޕްރިންސް..” ރިވްޔަން ރައިހާންގެ މޭތެރޭގައި ބޮނޑިވެލުމުން، އެ ބުޅި އިސްތަށިގަނޑާ ކުޅެލަމުން ރައިހާން އިއްވައިލިއެވެ. ރިވްޔަންގެ ފުއްކޮޅެއް ފަދަ މޫނު ރައިހާންގެ ތަނަވަސް މޭގައި ޖައްސާލައިގެން އޮތް އިރު، ލޯބިކަމާއި މައުސޫމުކަމުގެ އިންތިހާއެވެ.
ރައިހާންގެ އަޑުދަށުން ޝަހާދަތާއި ކުރުސި ކިޔައި ނިންމައިލާފައި ރިވްޔަން ނިދުމުގެ ކުރިން ކިޔައި ހުރިހައި ދުޢާތަކެއް ވެސް ކިޔައިލިއެވެ. ދުވަހު އެއްކޮށް ސަކަރާތާއި މަޖަލުގައި ހޭދަކުރުމުގެ ސަބަބުން އެސްފިޔަތައް ބަރުވެ، ހިނދުކޮޅެއްގެ ތެރޭގައި އެ މައުސޫމު ދެލޯ މެރިގެން ދިޔައެވެ.
މައުސޫމުކަމާ އެކީ ނިދައިލާފައި އޮތް ދެމަފިރިންގެ ލޯބީގެ ނިޝާނަށް ބަލަހައްޓައިގެން ލިވްޔާއަށާ ރައިހާންއަށް ތިބެވުނީ ކިހައި އިރެއް ވާން ދެން ކަމެއް ނޭނގެއެވެ. ތިން އަހަރުވީ އިރު ރިވްޔަން ހީވަނީ ދުނިޔެމަތީގެ ހުރިހައި ލޯބިކަމެއް ހުސްކޮށްލައިގެން ހުރިހެންނެވެ. އެ ލޯބިލޯބި ފުށްކޮޅެއް ފަދަ ދެކޮލާއި، ހުނުމުގެ އަޑު އިވިފައި ވެސް މީހެއްގެ ހިތް ފިދާވާހައި ވެއެވެ. ދޮންކަމުން ގޮސް ރަތްކުލަ އަރާ ދެކޯ ފުއްޕާލައިގެން ނިދައިލާފައި އޮތް އިރު އެ މައުސޫމު މޫނުމަތީގައި ދުނިޔެމަތީގެ އެއްވެސް ފިކުރެއްވާހެނެއް ހިޔެއް ނުވެއެވެ. ދޮރުުފޮތިތައް ކަހައިލާފައި ހުރުމުން ކުޑަދޮރުން އެތެރެއަށް އެޅެމުން ދިޔަ ހަނދުވަރުގެ ޝާހީ ރިހި އަލިން އެ ތުއްތު މޫނު އިތުރަށް އުޖާލާވެފައިވާ ފަދައެވެ. އެއް އަތުގެ ކުޑަކުޑަ އިނގިލިތަކުން ރައިހާންގެ ޝަހާދަތް އިނގިލީގައި ހިފަހައްޓައިލާފައި ވާއިރު، އަނެއް އަތުގެ އިނގިލިތައް ގުޅިފައިވީ ލިވްޔާގެ އަތާއެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ލޯތްބާއި، ހިމާޔަތުގެ ދަށުގައި ލޯބިލޯބިކޮށް ނިދައިލާފައި އޮތް އިރު އެ ދަރިފުޅަށް ޓަކައި ދެމަފިރިންގެ ހިތް ލޯބިން ފުރެމުން ދިޔައީ އެންމެ ފުރަތަމަ އެދަރިފުޅު އުރައިލި ދުވަހެކޭ ވެސް އެއްފަދައިންނެވެ.
“ލިވް..” ރައިހާން ގޮވައިލުމުން ލިވްޔާ ރިވްޔަންގެ މޫނުން ނަޒަރު ވަކިކޮށްލާފައި ރައިހާންއަށް ބަލައިލިއެވެ.
“ހައު ޑިޑް އައި ގެޓް ސޯ ލަކީ..؟ ތިހައި ލޯބިލޯބި ވައިފްއެއް.. މިހައި ޕްރެޝަސް، އަޑޯރެބްލް ދަރިފުޅެއް.. އަހަރެމެންގެ ދަރިފުޅަށް ތިހައި ޕަރފެކްޓް މަންމިއެއް.. އަހަންނަށް އަދިވެސް ގަބޫލު ނުކުރެވޭ..” ލޯބިން ފުރިގެންވީ ނަޒަރަކުން ލިވްޔާއަށް ބަލަހައްޓައިގެން އޮވެ ރައިހާން ބުނެލި އިރު އެ އަޑުގައިވީ އަސަރަކުން ލިވްޔާގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އެނގުންވެލައިގެން ދިޔައެވެ.
“ވެދާނެއެއްނު އަހަރެންގެ ފިރިމީހާއަކީ ވެސް ހަމަ އެހައި ޕަރފެކްޓް ހަޒްބަންޑަކަށް ވީމަ ކަމަށް.. އަހަރެމެންގެ ލޯބިލޯބި ރިވްއަށް ތިހައި ޕަރފެކްޓް ބައްޕިއަކަށް ވީމަ ކަމަށް..” ލަދުރަކި ހިނިތުންވުމަކާ އެކު ވެސް ލިވްޔާ ބުނެލީ އޭނާގެ ހިތުގެ އޮތް ގޮތަށެވެ. އެއާއެކު ހިނިތުންވަމުން ރައިހާން ތެދުވެލާފައި ލިވްޔާއާ ކައިިރިވެލުމުން ލިވްޔާ ވެސް އިހުނަށް ވުރެ ކައިރިވެލީ އެދެމުގައިވީ ދުރުމިން ނައްތައިލަމުންނެވެ. އެއާއެކު އެދެމެދުގައި ހިނގާ ދިޔަ ލޯބީގެ ކުޑަކުޑަ ވަގުތުކޮޅުގެ ހެކިވެރިއަކަށް ވެގެން ޝާހީކަމާއެކު ބަބުޅަމުން ދިޔައީ ކުޑަދޮރުގެ ބޭރުން ފެންނަން އިން ސާފު، ރީތި ހަނދެވެ.
ހިނދުކޮޅަކަށް ދެމަފިރިންގެ މެދުގައި ދެމިގެން ދިޔަ ލޯބީގެ ހަދިޔާއަށް ނިމުމެއް އައީ ދެމީހުންގެ ދޭތެރޭގައި އޮތް ރިވްޔަން ފުރޮޅިލުމުންނެވެ. އިރުކޮޅަކަށް ނަމަވެސް ރިވްޔަން އެތަނުގައި އޮތް ކަން ހަނދާން ނެތުމުން ދެމީހުން ކައިރިއަށް ވެސް ހިނި އައެވެ. ރިވްޔަންގެ ދެފަރާތުގައި އޮށޯވެލަމުން ދެމީހުން އަނެއްކައި ވެސް ލޯބިން ފުރިގެންވީ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
“ލަވް ޔޫ ސޯ މަޗް ބޭބީ.. ލިވްއާ ރިވް އަކީ މިއަދު އަހަރެންގެ މުޅި ދުނިޔެ.. އުމުރަށް ވެސް ލޯބިވާނަން..” ވައި އަޑުން ރައިހާން ބުނެލީ ނިކަން ލޯބިކޮށް ނިދައިލާފައި އޮތް ރިވްޔަންގެ މޭމަތިން ލިވްޔާގެ އަތްތިލަޔާ އިނގިލިތައް މަހައިލަމުންނެވެ.
“ލަވް ޔޫ މޯރ ރައިހާން.. ހާދަހާ ލޯބިވޭ.. ރައިހާންއާ ރިވްގެ ސަބަބުން އަހަރެން އެކުގައި ކޮމްޕްލީޓް ވެއްޖެ.. ދިރިއުޅުމުގައި ދެން ބޭނުން އިތުރު އެއްވެސް ކަމެއް ނެތް..” ލިވްޔާ ވެސް ހިތުގެ އަޑު އިއްވައިލީ ރައިހާންގެ އިނގިލިތަކާ އޭނާގެ އިނގިލިތައް މެހުނު ވަގުތުގައެވެ.
“އިންޝާﷲ، އަބަދު ވެސް ވާނީ އެކީގައި.. އެއީ އަބަދުވެސް އަހަރެންގެ ހިތް އެދޭ މަންޒިލަކީ ތިއީ ކަމަށް ވާތީ..” ރައިހާންގެ ލޯބިވެތި ވަޢުުދު އިއްވައިލީ ފުން ހިނިތުންވުމަކާ އެކީއެވެ.
އެވަގުތު ރިވްޔަންގެ މޭމަތިން ގުޅިފައިވީ ދެ އަތްތިލައިގެ ދަށުން އިހުސާސްކުރެވެމުން ދިޔަ ރިވްޔަންގެ ހިތުގެ ވިންދުން އެ ވަގުތުކޮޅު އިތުރަށް ފުރިހަމަކޮށްދިނީ ފުރިހަމަ އާއިލާއެއްގެ މިސާލުގައެވެ. އެތައް ހުރަސްތަކެއް ކަޑައްތުކޮށްފައި، އެކަކު އަނެކަކަށް ޓަކައި ޖާނާއިމާލުން ޤުރުބާންވީ ދެމަފިރިންގެ ގޮތުގައެވެ. އެކަކުއަނެކަކަށް ލޯބިން ފުރިގެންވީ ނަޒަރަކުން ބަލަހައްޓައިގެން ތިބި އިރު ދެހިތުގައި ވެސް ވީ އެއް ވާހަކައެކެވެ. ދެ ހިތް ތާއަބަދުމެ އެދޭ މަންޒިލަކީ އެކަކު އަނެކެެއްގެ ލޯތްބެވެ. އެ ލޯބި ފުރިހަމަކޮށްދިން ލޯބީގެ ނިޝާނެވެ.
ނިމުނީ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







hello everyone!! here’s the last episode of Hiyy Edhey Manzilakee!
alhamdhulillah, finally mi vaahaka ves kaamiyaabu kama ekee ninmaalevijje.. nayaa unmeedhu kuran mi vaahaka ves hurihaa readers ah varah varah kamudhiya kamah.. nayaa ge ehen vaahaka thakah libunu support mi vaahaka ah ves libuneethee varah varah ufaa kuran.. thihaa loabi loabi readers thibeythee asluves varah varah ufaavey.. bodu bodu koh loabivey abadhuves!❤️❤️❤️
Since this story is finished im going to take a little break to focus on my alevel final exams. In Sha Allah alevel ah fahu, November or December mahu nayaa ge mulhin aa story eh kiyaalan libeyne.. unmeedhu kuran e story ah ves inthizaaru kohlaane kamah.. but for now, it’s a goodbye.. will miss you guys so much!!💔
once again, thank you so much for the love and support you’ve shown even when i don’t deserve it after delaying episodes.. i know readers disappoint kurevifa ves hunnaane kan and im really genuinely very sorry for that.. but thank you sooo much for the support you’ve shown me regardless. it always means so much to me❤️❤️❤️
Heiii nayaa…
Maashaa Allah ehn stry thakekey ehfadhain mi stry vx vrh vrh furihama…. hama heevee vaahakaige thereygaa ulhevun hn… thihaa buxy kh ulhemun vx Stories up kohdhey thee vrh ufaaveyy…. vakin khaahsa kh kiyavamun story liyumakee vrh undhagoo adhi bura kameh kan vx gaboolu kuran…. ekm nayaa thikuri hiyvarah hama saabas…. I’m really proud of u nayuuu☺️❤️… nayaa ge thi talent ah bunaane ehcheh vx neynge… knme meehakah vx kameh dhimaavegen stry genesdheveyleh lasvedhaane…. kiyuntherin vx jeheyne aslu ekan qaboolu kuran…. haahsakoh kiyavaa iru…. u deserve our support nayuuu…. kithanme delay eh ainama vx stry ninmeema aslu vrh ufaavehje… hama mi stry ga vx dhahkaafa miothy nayaage emme best kan yageen…. mi stry vrh furihama….. stry aa gulhey gothun bunaane ehcheh hama neiy…. adhi vx ehfaharu nayaa kiyavamun thihaa buxy koh ulhemun vx stry up kohdhey thee vrh ufaavey.. I appreciate it…. GOOD LUCK FOR U’RE A’LEVEL EXAM!!… Nayaa ge new stry akah inthizaaru kuran…. Alhugandu ge heyo dua aa support abadhu vx nayaa aa eku vaane… nayaa abadhu vx kaamiyaabee ah edhen… LOVE YOU 😘💖.. TAKE CARE….
omggggg
miyoh loabi loabi comment ah bunaane echeh nuves engunu.. hama asluves rovijje🥹
thankyouu so much darling!! thihaa understating vefa adhi ehaa appreciative veema nayaa varah varah ufaavey.. adhi story ge reethikamah thi kohli thaureefun vakin bodah ufaavejje! thank you so so sooo muchhh!!🥹💕
my duas will always be with you as well.. wishing you the very best as well loabi.. love youuu bigg💕💕
Varah varah varah reethi mi story Masha Allah
Naya aha abadhuves edhenee kuri erun
Mikahala reethi new stiry akah abadhuves inthizaaru kuraanan..Insha Allah
🤲🫶👌🤍
aw thankyouu Mary💕
wishing you the same💕💕
In Sha Allah thi inthizaaruge nimun varah foni vaane
This stry is amazing! Gonna miss u a lot
thankyouu 💕
will miss you guys more :((
Vaahaka varah rythi Nayaa. waiting for more stories.. ekamaku dhen mi vaahaka v miss vaane, aslu break eh beynun vey storyeh ninmaafa. good luck on your studies dear! hope to c u again. lots of ❤️❤️❤️
thankyouu marsha!! marsha kahala molhu author eh nayaa ge stories kiyaalaafa comment kohlaathy abadhuves varah varah ufaavey! you’ll always be an inspiration!!🥹
yess i agree new plot akah when story eh liyan fashaa iru break eh beynun vaane
thankyouu again!! more and more love!!💕💕
mashaallah vrh reethi story…and nayaa alhugandakah neynge hama bunaane ehccheh ves its hama my fav series mulhi esfiya site inn ves….mulhi story ah hama hundred dhey varu vey..and keep it up … vrh hunaruveri masha allah….and komme meehakah ves kan kan dhimaa vaane and stories upload kureveyleh las viyas eii hama ehvx massala ehnnoon …. and GOOD LUCK WITH YOUR EXAMS….ALL THE BEST…..waiittingg for ur next story after ur exams and thankyou mihaa reethi stry eh genesdhinyma….nayaa kiyavamun stry upload kuryma vrh proud cuz u managed time and vhk upload kuryma….kiya vaairu iys normal…kiyavahccheyy rangalhah…all the bestt again
abadhus dhiriulhumuga kaamiyaabaa ufaa faagathikamah edhen…my duas are always withnyou inshaallah
TAKE CAREE
LYYYYYYYYYYYYYYYYYSSSSMMMMMMMMM
aww thankyouu smmm dearr<333
varah carah ufaavejje thihaa bodah story kamudhiyaeema and thihaa understanding veema adhi maa ufaavey! much love!!
yess in sha allah hama nayaa ge enme best dheynan kiyevumah ves.. my duas are always with you as well dear<33
love youuuu <33333
Maashaallah, mi vaahakaige nimun ves vrh furihama. So happy for ren and livy 😍😍
thankyouu so much dear💕
vaahaka nimendhen comment kuran meeny
Asluves hama varah reethi vaahaka eh
Feshigen nimendhen genesheefa huri goi varah salhi
hope to read a new story from you soon 💗
varah ufaavejje comment kohleema, thank you so so much💕💕
insha allah November or December ga new story eh kiyaalan libeyne
Oh my godd!! Story nimuny thr alheyy😭
Btw this part was astonishingly incredible✨ just woa👏 especially the descriptions! Gosh! It’s on a another level✨
rivyan sifa kohdheefa inleh loabi kamun e kujja fulhu uraalaa hug eh dhey hihvejjeyyy💗
so happy everybody got a happy ending!
All the best for your upcoming exams! I’ll miss ur amazing masterpieces!
Ly and Tc💖
yess story ves nimuny miyoh hehe
thankyouu so muchhh, yess rivyan loabi kamun hama evaru vaa varu veyey dho ehehe
thankyouu so so much once again, love you moree💕💕
Wowowowow naayaa thi liyunu vaahaka haadha salhi eyyyyy 🩷🩷🩷🩷 salhisalhi this is varah awesome BB mwahmwah 😁😁😁😁🥰🥰🥰
Wowowowow another fmgreat story from THE naayaa smith 🥰🥰🥰🥰 this is so awesome BB xoxo gossip girl 🥰🥰🥰🩷🩷🩷🩷💕💕💕💕
lmaooo thankyouu cuz<33
youre not funny btw
anyway thanks again couldntt have done this without you mwahmwahmwah love ya!!<3
Okg finally the story is finished komme dhuvahaku ves balaileve new ep eh indhey thr abadhuves waiting ga hureveni kiyaahithun dhen vaane gotheh neyngigen omgg raihan and livee is one of my fav couples hama woww story keeru heevani hama film eh hen loa kurimachah sifavey komme thankolheh ves and dhera vaathankolhu ga hama rovey vrh vrh salhi sofa kohdheyfa huri goi I really likes ur stories🥺💗 and milaan and yaina couple is my favvv
Naya..
GOOD LUCK FOR UR EXAMS INSHA ALLAH U WILL GET GOOD RESULTS 💕
And naaya ge vaahk ah abadhuves inthizaaru kuraanan
Proud of youuuu navuu🫶🏻🫶🏻🫶🏻
My story ves kiyaalacheh exam nimunima
“Ithubaaru gehluvaanula” esfiya site in libeyne
Good luckkkkkk lots of lovee from hudhuuh
aww thankyouu so much for this lovely comment hudhuna!💕
hehehe yesss i really like Milan and yaina too but I think again and zaara are still my favourite hehe.. I saw your story ga ves Milan and yaina were a couple right?? varah ufaavi fenuneema e names
I just read your story upload vefa in varah varah varah salhi.. yaina and Milaan aissa ineema varah special vejje e story hehe.. will comment too ingey adhi💕
This is hama ehme reethi
I dont know like keekey tha bunaani I dont know bunaane ehcehh ves ehaa ves reeethi mi vhk feshigen nimendhen gurrrl mi vhk kiyan bit for some reason fahu 4 part mi kiyaalevuniii vrh lahun ekmah nihaayathah maafah edhen
Im always hama nayaa ge supporter eh
Im a big fan of youuu 🥰
Anyways im curiously waiting for your next storyyyy…. have a safe journey
And take care
Always love youu 🥰🥰🥰