Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

އެ ހަނދާންތައް މިހިތުން ނުފިލާނެ

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 Level 2
July 9, 2026 3 Mins Read
0 Comments

އަތުގައި އޮތް ފޮޓޯ ގަނޑަށް ބަލަން އޮތް ވަރަކަށް ދާނިޝްގެ ހިނިތުންވުން ފުން ވަމުންދިޔައެވެ.އެ ހިނިތުންވުންވުމުގެ ފަހަތުގައި އެތައް ވޭނަކާއި ، ހަނދާންތަކެއް އެކުލެވިގެންވާކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.މާޒީގެ ކަޅުއަނދިރި ޞަފްޙާތައް އޭނާގެ ކުރިމަތީގައި ސިފަވަމުން ދިޔަ އިރު އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ވިދަން ފެށިއެވެ.އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟.. އަމިއްލަ އަތުން ހުރި ހަމައެކަނި ދަރިފުޅު މަރާލާނީ ހިތުގައި ރަހުމެއް ހަމްދަރުދީ އެއް ނެތް ބައްޕައެއް ނޫން ހެއްޔެވެ؟. އޭނާގެ އަތުގައި އެއޮތީ ހުރި ހަމައެކަނި ދަރިފުޅު އަޝަލްގެ އެންމެ ފަހުގެ ހަނދާނެވެ.އެދަރިފުޅު ދުނިޔެއާ އަލްވަދާޢުކީ އުމުރުން އެންމެ 1 އަހަރުގައެވެ.މާޒީގެ ޞަފްޙާތައް ސިފަވަމުން ދިޔަ ވަރަކަށް އޭނާގެ ވިސްނުން މީގެ 5 އަހަރު ކުރިއަށް ގެންދިޔައެވެ.

އެއީ މީގެ 5 އަހަރު ކުރިއެވެ.ދާނިޝް އަކީ ރަށުގެ އެންމެ ގަދަރުވެރި އާއިލާގައި ހުރި ހަމައެކަނި ދަރިފުޅެވެ.އޭނާ ބުނާހާ އެއްޗެއް ބުނާ ވަގުތަކު މައިންބަފައިން ހޯދައި ދިނަސް އޭނާ އެކަމުގެ ނާޖާއިޒު ފައިދާއެއް ނުނަގައެވެ.އޭނާ އަކީ އިސްލާމީ ރިވެތި އަޚްލާޤު ލިބިފައިވާ މަޑުމައިތިރި މިޒާޖެއްގެ ޒުވާނެކެވެ.ސުކޫލު ނިންމާފައި ވެސް ވަނީ ގިނަ ރަން ވަނަ ތަކަކާއެކު މައިންބަފައިން ފަޙުރުވެރި ކޮށްދެމުންނެވެ.

އޭނާގެ އުމުރުން 23 އަހަރު ވީ ތަނާ އޭނާ ކައިވެނި ކުރި އެވެ.ދާނިޝް ކައިވެނި ކުރީ ހަމަ އޭނާ ކަހަލަ ރަނގަޅު މިޒާޖެއްގެ ވެރި މީހަކާ އެވެ.ކައިވެނި ކުރެވުނީ ދެ އާއިލާގެ ވެސް ފުރިހަމަ ރުހުމާ އެކުގައެވެ.ޕާޓީ ނިންމުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ދެމީހުން ދިޔައީ ގިނަ އަހުދު ތަކާއި ވަޢުދު ވަމުންނެވެ.”ދާނިޝް… އަހަރެން ދުވަހަކު ވެސް ދޫކޮށް ނުލައްޗޭ”ލައިސާ ދާނިޝް ގާތު ވަރަށް ލޯބިން ބުނެލި އެވެ.”އިންޝާ ﷲ މަރުވަންދެން ވެސް އަހަރުމެން ދެމީހުން އުޅޭނީ އެއްކޮށް”ދާނިޝް ލައިސާ އަށް ބުނެލި އެވެ.

ދުވަސްތައް އޭގެ އެންމެ ހަލުވިމިނުގައި ފާއިތުވަމުން ގޮސް ދާނިޝްމެންގެ ކައިވެންޏަށް އަހަރެއް ފުރިއްޖެއެވެ.އޭރު ލައިސާ އިނީ ދާނިޝްގެ ދަރިއަކަށް ބަލިވެއެވެ.ލައިސާ ބަނޑުބޮޑު ވުމުން ދާނިޝްގެ އޯގާތެރި ކަން ދެގުނަ އިތުރުވި ފަދައެވެ.އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ؟ކޮންމެ ބައްޕަ އަކުވެސް ފުރަތަަމަ ދަރިފުޅަށް ހާދަ އިންތިޒާރެއް ކުރާނެއެވެ.ނަމަވެސް ، ތަގުދީރުގައި ލިޔެވިފައިވާ ގޮތެއް އެނގޭނީ ފަހެ ކާކަށްހެއްޔެވެ؟

ދަރިފުޅު އަޝަލް އުފަންވުމާ އެކު ދާނިޝް ގުނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރާ ކަން އޭނާގެ އަންހެނުންނަށް ފާހަގަވާން ފެށިއެވެ.ސަބަބަކީ ، ގިނަ ރޭރޭ ދާނިޝް ގެއަށް އަންނަނީ ފަތިސްވާ ފަހުން ކަމަށް ވާތީއެވެ. އައިސް ދެން ނިދާ މީހާ އިރުއޮއްސޭ ފަހުން ހޭލާފަ އަނެއްކާވެސް ދާނީ ބޭރަށް ކަމަށް ވުމުންނެވެ.އަދި ދަރިފުޅާއި އަނބިމީހާ އަށް ވުރެ ދާނިޝް އަށް މުހިންމުވަނީ އޭނާގެ ރައްޓެހިން ދައްކަމުން ދިޔަ އަވާމެންދުރު ތަކެވެ..

އޭގެ ދުވަސްކޮޅެއް ފަހުން ދާނިޝް އޮފީހުގެ ފަރާތުން ލައިސާ އަށް ލިޔުމެއް ލިބުނެއެވެ. އޭގައި އޮތް އެއްޗެއް ކިޔާފައި އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.އޭގައި ވަނީ ދާނިޝް ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުމެކެވެ.މިކަމާ ވަރަށް ކަންބޮޑުވެ ހުރެ ލައިސާ ދާނިޝް އަށް ފުޅާ ލިއެވެ.ނަމަވެސް ދިހަ ފަހަރު ގުޅިއިރަށް ވެސް ބިޒީ ކޮށްލަނީއެވެ.އޭނާ ގާތު އޮފީހަށޭ ކިޔާފައި ދާނިޝް އެދަނީ ކޮންތާކަށް ބާއޭ ހިތަށް އެރިއެވެ.ހޭވެރިކަން ވީ އެއް އަހަރަށް ދާ ކުޑަކުޑަ އަޝަލް “މީ” އޭ ކިޔާ ގޮވާލުމުންނެވެ.ދާނިޝް އައިމަ ސުވާލު ކުރަން ނިންމާ އަޝަލް އަށް ސަމާލުކަން ދިނެވެ.ނަމަވެސް އިތުރު ހައިރާން ކަމެއް ލައިސާ އަށް ލިބުނީ ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތު އެނދު މަތީގައި އޮތް ޕެކެޓްތަކެއް ފެނިފައެވެ.އޭގައި ހުރި ހުދުކުލައިގެ ކުނޑި ތަކެކެވެ.ހަމަގައިމުވެސް އޭނާ އެކަހަލަ އެއްވެސް އެއްޗެއް ނުގަންނަމޭ ލައިސާ ހިތަށް އެރިއެވެ.އަދި މިއީ ކޯއްޗެއްތޯ ގޫގުލް މެދުވެރިކޮށް ބަލަން ފެށިއެވެ.ސާޗް ބަޓަން އަށް ފިތުމުން އައި އެއްޗަކުން އޭނާގެ ބޮލަށް ބޮޑު ހިލަގަނޑއް ވައްޓާލި ފަދައެވެ.އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ؟. އެއޮތީ އޭނާގެ ހިތުގައި އެނބުރުން ހުރިހާ ސުވާލެއްގެ ޖަވާބެވެ.އޭނާގެ ލޯބިވާ ދާނިޝް އެވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެނިމިފަ އެވެ.ދާނިޝް ގެއަށް ލަހުން އަންނަ ސަބަބަކީ ވެސް މިއީ ދޯއޭ ހިތަށް އެރިއެވެ.ދާނިޝްގެ ހާލު ހިތަށް އަރުވައިފައި އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.އުރުގައި އިން އަޝަލް އަށް ވެސް ކަމެއް ގޯސް ވެއްޖެ ކަމުގެ އިހުސާސް ކުރެވުނީ ކަންނެންގެއެވެ.އަޝަލް ވެސް ލައިސާ އެކޭ އެއްފަދައިން ރޮމުން ދިޔައެވެ.

އެރޭ ދާނިޝް ގެއަށް އައިއިރު ފަތިހު 4 ޖެހީއެވެ.އައިވަގުތު ހުރީ މަސްތުގެ ޙާލަތުގައެވެ.އޭނާ ފެނުމާއެކު ލައިސާ ދާނިޝް ގެ ކުރިމައްޗަށް އަރައި އެއްޗިހި ގޮވަން ފެށިއެވެ.”އޭތް… ކީއްވެގެންތަ ތިއުޅެނީ! ދާނިޝް އަށް އެނގޭތަ ތިމާގެ ދަރިއަކާ އަންބެއް އެބަ ހުރިކަން…ކަލޭ ހީކުރަނީ ތަ އަހަންނަށް އެއްވެސް ކަމެއް ނޭނގޭނެ އޭ…އޭން”. ނަމަވެސް ދާނިޝް ހުރީ ކިޔާ އެއްޗެއް އަޑުއެހޭ ވަރަށް ވުރެ ބޮޑަށް މަސްތުވެފައެވެ.”އޭތް ތި އަނގަ މަޑުން ލައިގެން ހުރޭ”ދާނިޝް ބުންޏެވެ.ގޭތެރޭގައި ދެމީހުން ޒުވާބު ކުރާ އަޑަށް ނިދާފައި އޮތް އަޝަލް ހޭލާއިގެން އައެވެ.އަޝަލް ފެނުމާއެކު ދާނިޝްގެ ލޭ ކެކިގަތީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ.ދިޔަ ގޮތަށް ގޮސް މޭޒުމަތީގައި އޮތް ވަޅި ނަގާ ހޫރާލިއެވެ.ވަޅި ހެރުނީ އަޝަލްގެ މެއަށެވެ.އެފަދަ ހަމަލާއަކަށް ތައްޔާރު ނުވެ ހުރި އަޝަލް ބިންމައްޗަށް ވެއްޓުނެވެ.މުޅިތަނުގައި ލޭގެ ކޯރެއް ހެދިގެން ދިޔައެވެ.ލައިސާ ހިތްވަރު ނެރެގެން އަޝަލް ހޮސްޕިޓަލަށް ގެންދިޔަ އިރު މާލަސް ވެއްޖެއެވެ.އޭރު އެތުއްތު ފުރާނަ ވަނީ ހަށިގަނޑާއި ވަކިވެފަ އެވެ.ލައިސާ އަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ.އެވަގުތު ދާނިޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.އޭނާ ވަނީ ކުށަށް އަމިއްލަ އަށް އިޢުތިރާފު ވެފައެވެ.

ހޭވެރިކަންވީ “ދާނިޝް އޭ” ކިޔާ ފުލުހަކު ގޮވާލުމުންނެވެ.އޭގެ ފަހުން މިހާރު ފަސް އަހަރު ވިޔަސް ދާނިޝްގެ ހިތުގައި އެހަނދާންތައް ހަރުލާފައި ވެ އެވެ.އޭނާގެ ދަރިފުޅު ވެސް އަނބިމީހާ ވެސް އޭނާ އާ ވަކިވެގެން ދިޔައީ ހަމަ އޭނާގެ ކުށުގެ ސަބަބުންނެވެ.މަސްތުގެ އަވައިގައި ޖެހި ދަރިފުޅު ވެސް މަރާލީ ހަމަ އޭނާގެ ދެއަތުންނެވެ.އެ އުފާވެރި ހަޔާތް ބަރުބާދުކޮއްލީވެސް ހަމަ އޭނާ އެވެ.މިއަދު ދާނިޝްގެ ގެއަކީ ޖަލުގެ އަނދިރި ހަތަރު ފާރުތެރެއެވެ. މުޅި އުމުރު އޭނާ ހޭދަ ކުރަން އޮތް ތަނަކީ ވެސް އެއީ އެވެ .އޭނާ އަށް މިއަދު އެވަނީ ހެޔޮ ވިސްނުން ލިބިފައެވެ . ފޮޓޯ ގަނޑަށް އަދި އެއްފަހަރަކު ބަލައިލަމުން އޭނާ ބުންޏެވެ.”ދަރިފުޅާ ބައްޕަ އަށް މާފް ކުރޭ”.

 

Share Article

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝
Follow Me Written By

𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝

Level 2

Well this is my first time writing stories inshallah I'll improve after reading the comments please comment to my stories

Other Articles

Previous

ރާނިއޭ ހިތުގެ މަލާތީ-7

Next

ފުރަތަމަ ލޯބި

Next
July 9, 2026

ފުރަތަމަ ލޯބި

Previews
July 9, 2026

ރާނިއޭ ހިތުގެ މަލާތީ-7



All Right Reserved!