Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 4

leafy Level 210 Stories100 Login
July 14, 2026 5 Mins Read
2 Comments

ބަނދަރުގެ ބިތްދޮށުގައި ހުރި ޖޯލިފައްޗެއްގައި އާހިލު، އަހުސަން، އަދި ފާއިޒު ފޯނުތައް ހުރަހަށް ހިފަހައްޓައިގެންތިބެ ކުޅިވަރު ކުޅެމުން ދިޔައެވެ. ބަޑި ޖަހާ އަޑު ވަރަށް ދުރަށް އިވެއެވެ. ބަޑިޖަހާ އަޑުހުރި ކުޅިވަރެއް އެ މީހުންގެ ފޯނުން ކުޅެމުން ދިޔައެވެ. އެ ބުރު ނިންމުމަށްފަހު، އާހިލު ލުބުނާ ކައިރިއަށް ދިޔައެވެ. އާހިލު އަންނަތަން ފެނި އެހެން ހުރިހާ އަންހެން ކުދީން ދުރަށް ޖެހުނެވެ. އިރުއޮއްސެމުން ދިޔަ މަންޒަރު ތަސްވީރުތައް ނަގަމުން ދިޔައެވެ. އާހިލުއާއި ލުބުނާ ދެ މީހުންވެސް އެކި ގޮތްގޮތަށް ތިބެ ފޯނުން ތަސްވީރުތައް ނަގަމުން ދިޔައެވެ.

ރައިޝާއަށް ލުބުނާމެން ފެނުނުހެން ލޮލުގައި އަޅައިގަތެވެ. ނަޒްލާއާ ދެ މީހުން ވާހަކަ ދައްކަމުން ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. “ނަޒް ކޮން ދުވަހަކުން ފުރަނީ؟” ނަޒްލާ ފޯނު ނިއްވާލާ ޖީބަށްލަމުން ބުންޏެވެ. “މާދަމާ ފުރާނަން. ނެތޭ މަޑު ކުރެވޭކަށް. ޖޫނާގެ ވަސިއްޔަތް ލިޔެފައިހުރި ފޮތް ބޭއްވުމަށް މިއައީ. ރައިއަށް އެންމެ ރަނގަޅުވާނެއްނު؟” ރައިޝާ އެއްބަސްވަމުން ނިތް އެއްލިއެވެ. ގެއަށް ވަދެވުނުހެން ތާޒާވެލައިގެން ކެއްކުމައިގެން އުޅުނެވެ. ރައިޝާ ބަދިގޭގައި އުޅެއެވެ. އަލަމާރިން ތަރުކާރީކޮޅު ނެގުމަށްފަހު ހަނާކުރަން ފެށިއެވެ. އިރުއޮއްސި ރަތްވިލާ އޮއްސޭހާވިހެން ޒާން ގެއަށް އައެވެ. “އާދޭ ކާން!” ރައިޝާ ދައުވަތު ދިނެވެ. “މިއަންނަނީ ތާޒާވެލައިގެން.” އޭރު ނަޒްލާ ކޮޓަރިން ނުކުމެ ކާމޭޒުދޮށުގައި އިށީނެވެ. ރައިޝާއާއި ދެމީހުންވެގެން ހަނާކުރި ތަރުކާރީ އަޅައިގެން ކާން ފެށިއެވެ.

ދެ މަސް ފަހުން ރައިޝާ ކޮލެޖުގެ ދޮރުން ވަނެވެ. އޭނާގެ ހިތުގައި އޮތީ މާއްދާތަކުން ފާސްވެ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. މައިދޮރުން ވަދެވުނުހެން ލުބުނާމެންގެ ނަޒަރު އޭނާއާ ދިމާއަށް ގެނުވިއެވެ. މުށިކުލައިގެ ދެލޮލަށް އެޅެމުން ދިޔަ ދަޅައަށް ބަލަމުން ކުދި ވާހަކަ ކިޔަމުން ދިޔައެވެ. ރައިޝާގެ ވަނަވަރު ބެލުމަށް ލުބުނާމެން އަވަސްވެގަތެވެ. ލުބުނާ ފަރި ދެއްކުމަށް ހިނގާފައި ރައިޝާ ކައިރިއަށް އައެވެ. ރައިޝާ ލުބުނާމެންނާ ދިމާއަށް ބަލައިވެސް ނުލައެވެ. އޭނާ މިތަނަށް އައީކީ އެ މީހުންނާ ބެހޭކަށް ނޫނެވެ. ރައިޝާ ސަމާލުކަން ނުދިނުމުން ލުބުނާ މޫނު ކުނިކޮށްލިއެވެ. “ހާދަހާ އަވަހަކަށް ކޮންތާކަށް ތިދަނީ؟” ލުބުނާ ދެއަތް އުރާލަމުން ސުވާލު ކުރިއެވެ. “ކާކު ތީ؟”ޝަފްރާ މޫނަށް ގޮތެއް ހަދާލަމުން ބުންޏެވެ. ރައިޝާ ލުބުނާމެން ކީ އެއްޗަކަށް އަޅައިވެސްނުލާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ރައިޝާ ވަންނަން ދޮރު ހުޅުވިހެން އާހިލު ނުކުތެވެ. ރައިޝާއާ ދިމާއަށް ނަޒަރު ހިންގާލަމުން އާހިލު ލުބުނާ ކައިރިއަށް ދިޔައެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ލުބުނާ ރައިޝާއަށް ރުޅި ހަދައިފިއެވެ.

ރައިޝާ އަޅައިވެސްނުލާ ކިލާހާ ދިމާއަށް ދެވޭތޯ ބެލިއެވެ. އޭނާ މީހަކު ހޯދަމުން ދިޔައެވެ. ނަމަވެސް އެ މީހަކު ފެންނަން ނެތުމުން ދަބަސް ހިފައިގެން ކިލާހަށް ވަނެވެ. ފާއިޒު އާއި ޔައިމާ ދެ މީހުން ވަރަށް ކައިރިވެގެން ތިއްބެވެ. ދެ މީހުންވެސް ތިބީ ވަރަށް ހޫނު ވާހަކައެއް ދައްކާށެވެ. ރައިޝާ ވަދެ އިރުކޮޅެއް ނުވަނީސް ދާރިސް އައެވެ. “ރައިޝާ!؟ އަވަހަށް އިށީނދޭ. އެހުރީ ހުސް ގޮނޑިއެއް.” ހުސް ގޮނޑިއެއް ދައްކަމުން ދާރިސް ބުންޏެވެ. ރައިޝާ މަޑު ހިނގުމެއްގައި މޭޒުދޮށުގައި އިށީނދެ ކިލާހަށް ތައްޔާރުވިއެވެ. އިރުކޮޅަކުން ސަމާ ކިލާހަށް ވަނެވެ. އޭނާ އަދިވެސް ހުރީ ޖޫނާ ނެތުމުން ދެރަވެފައެވެ. ރައިޝާއަށް އިށީނދެ އިނދެވުނީ ޖޫނާގެ ގޮނޑީގައެވެ. ސަމާ އައިސް ރައިޝާއާ ސަލާން ކުރުމަށްފަހު ތަޢާރަފުވިއެވެ.

ރައިޝާ ކިލާސްތައް ނިންމުމަށްފަހު މެންދުރު ކެއުމަށް ގެއަށް ދާން ނުކުތެވެ. އޭރު ލުބުނާއާއި ޝަފްރާ ދެމީހުން ދޮރުގެ މަގަތުގައި ތިއްބެވެ. “އާ ކުއްޖެއްތަ؟ ކޮން ގެއަކު އުޅެނީ؟” ލުބުނާ ސުވާލު ކުރިއެވެ. ރައިޝާ އަޅާއިވެސްނުލައި ހިނގައިގަންނަން އުޅުނެވެ. އިރުކޮޅަކުން އާހިލުއާއި އަހުސަން ނުކުތެވެ. އާހިލުގެ ނަޒަރު ހުއްޓިފައިހުރީ ރައިޝާއާ ދިމާއަށެވެ. ލުބުނާއަށް މި މަންޒަރުފެނި ރުޅި އަރަން ފެށިއެވެ. ރައިޝާދެކެ ފޫހިވާން ފެށިއެވެ. މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ލުބުނާ އާއި ޝަފްރާ ދެ މީހުން އަޅައިނުލާ އެ މީހުންގެ ގެއަށް ދިޔައެވެ. ރައިޝާވެސް އަޅައިނުލާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އޭރު ވަހީދާ މެންދުރު ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. ލަސްނުކޮށް ރައިޝާ ކައިގެން އެނބުރި ކޮލެޖަށް ދިޔައެވެ. ގަޑި ފެށުމާ ދޭތެރެ ބައިގަޑިއިރު އޮތުމުން ރައިޝާ ކިލާހުގައި އިށީނދެ ފިލާވަޅުތައް ބަލަމުން ދިޔައެވެ.

ކިލާހަށް މަޑުމަޑުން ކުދީން ވަންނަން ފެށިއެވެ. ލުބުނާމެންވެސް ކުރީބައިގައި ވަނެވެ. “އެހެރީ އެއްކަލަ ރައިޝާ.” ޝަފްރާ ލުބުނާއަށް ދެއްކިއެވެ. “ކަލޭ ކީއްވެގެންތަ ވާހަކަ ނުދައްކަނީ؟” ލުބުނާ ރައިޝާ ކައިރިއަށް ދިޔައެވެ. “ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެންނު؟ ކަލޭމެންތިއީ ނިކަން ފުރިހަމަ ބައެއްނު. ދެން ކީއްކުރަންތަ އަހަރެން ކައިރިއަށް ތިއަންނަނީ؟” ރައިޝާ ނިކަން ނުވާކަމަށް ހެދި ފޮތަށް ބަލަން އިނދެ ބުންޏެވެ. “ބަލަ އަހަރެމެން ވާހަކަ ދެއްކުމުން ޖަވާބުދޭން ރަނގަޅެއްނު.”ލުބުނާ ބަދަލުގައި ބުންޏެވެ. ރައިޝާ އަޅައިނުލާ ފޮތް ކިޔުމައިގެން ކުރިއަށް ދިޔައެވެ. ދާރިސް ވަދެގެން އައުމާއެކު ކިލާސްތެރެ ހަމައަކަށް އެޅުނެވެ. ކިޔެވުން ކުރިއަށް ދިޔައެވެ.

މިއަދަކީ ޒާންގެ ބައްޕަ ފަރީދު ޖަލުން ނިކުމެވޭ ދުވަހެވެ. މީގެ ދަހަރެއް ކުރިން އޭނާ ވަނީ ޖަލުގެ ގޮޅިއަށް ލެވިފައެވެ. އާރިފުއަށް ދަރާފައިވާ ބޮޑު ލޯނެއް ނުދެއްކުމުގެ ސަބަބުން އޭނާ ޖަލަށް ލީއެވެ. ޖަލުން ނުކުމެ އޭނާ ހަނދާނަށް އައިގޮތަށް ގެއަށް ދިޔައެވެ. އޭރު ވަހީދާ ގޭތެރެ ސާފުކުރުމަށް އަވަދިނެތި އުޅުނެވެ. “ފިރިމީހާ އައުމުންވެސް މަރުހަބާ ނުކިޔާނަންތަ؟” ފަރީދު ވަހީދާއަށް ގޮވާލިއެވެ. ވަހީދާއަށް އިވުނު އަޑުން ބިރުން ތުރުތުރުލައިގަތެވެ. އެއީ އޭނާގެ ފިރިމީހާ އަޑުކަން ޔަގީނެވެ. ނަމަވެސް މިއަދު އަމުދުން އޭނާގެ އަޑުގައި ބިރުވެރިކަން ވެއެވެ. ގޭތެރެއަށް ވަދެ ޖޫނާއަށް ގޮވަން ފެށިއެވެ. “ޖޫނާ ވީ މަރުވެފައި. ޕޮލިހުން އަދިވެސް ތަހުގީގު ކުރަނީ.” ވަހީދާ ފުން ނޭވާއެއްލިއެވެ. “މަރުވީއޭ. ނޫން އޭނާ މަރެއް ނުވާނެ.” ފަރީދު ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ލަސްނުކޮށް އޭނާ ބޭނުންވީ ފެންވަރައިގެން ޖޫނާއާ ބެހޭ މައުލޫމާތު ހޯދާށެވެ.

ރައިޝާ ބުރަ ދުވަހަކަށްފަހު އެނބުރި ގެއަށް އައެވެ. ރައިޝާ ސިހިގެން ދިޔައީ ސޯފާގައި އިށީނދެ އިން މެދު އުމުރުގެ މީހާ ފެނިއެވެ. ބިރުވެރިކަން މުޅި މާހައުލުގައި ވެއެވެ. ރައިޝާ މޫނުގައި އަތް އަޅައިގެންހުރީ ފަރީދު ހިފައިގެން ކިޔަން އިން ފޮތް ފެނިއެވެ. އެއީ ޖޫނާ ލިޔެފައިވާ ފޮތެވެ. ނަމަވެސް ޝައްކު ނުކުރެވެނީސް ނުވާކަމަށް ހެދިގެން ހުއްޓުނެވެ. “ޖޫނާ؟” ރައިޝާ ހުއްޓިފައި ހުރުމުން ފަރީދު ގޮވާލިއެވެ. “މީ ޖޫނާއެއް ނޫން. މީ ރައިޝާ.” ރައިޝާ ތަޢާރަފުވިއެވެ. “ނޫން ތިއީ މަގޭ ދަަރި ޖޫނާ.” ފަރީދު ޖޫނާގެ މަރު ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ރައިޝާ ކޮންމެވެސް ވަރަކަށް ހައިރާންވެފައި ހުއްޓެވެ. ރައިޝާ އަޅައިނުލާ ކޮޓަރިއަށް ވަންނަން ދިޔައެވެ. އޭރު ބަދިގެއާ ދިމާލުން ފެނުނު މަންޒަރުން ރައިޝާ ހަޅޭއްލަވައިގަތެވެ. އަޑުއައީ ކެނޑިކެނޑިގެންނެވެ. “ވަހިއްތާ!!” ރައިޝާ ދުވެފައިގޮސް ބަދިގެ ތަޅުންމަތީ ވަޅި ޖަހާ މަރާލާފައި އޮތް ވަހީދާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ދެން ވަކި ވަހީދާ މި ދުނިޔެއަށް ގެނެވޭނެ ހެއްޔެވެ؟ ރައިޝާގެ ލޮލުން ކަރުނަތައް ހިލެމުން ދިޔައެވެ. މިއީ އޭނާގެ ކުރިމަތީގައި މިފަދަ އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ފުރަތަމަ ފަހަރެވެ.

ރައިޝާ ކަރުނަތައް ފައިބައިގެން ދިޔައީ އަންގައިވެސް ނުލައެވެ. ފަހަތުން އިވުނީ ފަރީދުގެ އަޑެވެ. “ތި ގޮތަށް މަރުވާން ބޭނުން ނުވާނަމަ ތިއީ ޖޫނާ. އެހެންނޫނީ ހަމަ އެ ހާލަތް ކަލެއަށް ޖައްސާނަން.” ރައިޝާ މޭގަނޑު އަތަށްނައީ ހަމަ ކިރިޔާއެވެ. ފަރީދު އަތުގައި ޖޫނާގެ ފޮތާއި، ވަޅިއެއް އޮތެވެ. މިހާރު ރައިޝާގެ ރޭވުންތައް ފުނޑުފުނޑުވީއެވެ. “އަދި އެއްފަހަރު ސުވާލު ކުރާނަން. ތިއީ ކާކު؟” ފަރީދު ވަޅި އަތަށް ހެޔޮކޮށްލަމުން ބުންޏެވެ. ރައިޝާއަށް ކުރެވޭނެ ކަމެއް ވަކި އެބައޮތް ހެއްޔެވެ؟ “ޖޫ..ނާ” އެހެން ބުނުމާއެކު ފަރީދު ވަޅި ދޫކޮށްލުމަށްފަހު ދިޔައެވެ. ރައިޝާއަށް ފަރީދުގެ ކިބައިން ސަލާމަތްވާނެ ހަމަ އެއްގޮތްވެސް ނެތެވެ. މިހާރު ރައިޝާގެ ހަތަރު އުދަރެސް ފެނުޖެހެން ފެށިއެވެ. ފަރީދުއަށްޓަކައި ރައިޝާއަކީ މިހާރު ޖޫނާ ތަމްސީލުކުރާ މީހާއެވެ. މިހާރު ރައިޝާގެ ރޭވުންތައް ހަމަ ފުރިހަމައަށްވެސް ފުނޑުފުނޑުވީއެވެ. އޭނާއަށް ކޮލެޖުގައި ކިޔަވާނެ ފަހި ފުރުސަތަށްވެސް ނާދިރުކަން ކުރިމަތިވީއެވެ. އިރުކޮޅަކުން ބަދިގެއަށް ފަރީދު ވަނެވެ. “ކަލޭ ހަމަޖެހިގެން ނޫޅެވޭނެ. ކަލޭ ޖެހޭނީ އާރިފުގެ ދަރިއާ ކައިވެނިކުރަން. އެހެންނޫނީ ކަލޭވެސް ނިންމާލާނަން.” ފަރީދު އިންޒާރުދެމުން ދިޔައެވެ. ރައިޝާ އެއްބަސްވިއެވެ. އޭނާއަށް ވަކި މި ދަނޑިވަޅުން ސަލާމަތްވެވޭނެ އިތުރު ގޮތެއް އެބަ އޮތް ހެއްޔެވެ؟

ފަރީދު އާރިފުއަށް ގުޅިއެވެ. “ކަލެއަށް މަގޭ ވިއްކާލާނަން އިއްފަތްތެރި ދަރިއެއް. އެވަރުން ލޯނަށް ފުދޭނެއްނު؟” ހުރިހާ ގޮތަކުންވެސް ހެޔޮކަމަށްބުނެ އާރިފު ފޯނު ކަނޑާލިއެވެ. ރައިޝާ ވަހިއްތަ ކައިރިން ތެދުވެ ރޮމުން ރޮމުން ކޮޓަރިއަށް ދިޔައެވެ. އޭނާގެ ހިތަށް ހީވަނީ ޒަލްޒަލާއެއް އައިސްގެން އުޅޭހެންނެވެ. މިއީ އޭނާއަށް އާކަމެކެވެ. މިގޭގައި އުޅޭ ވެރިޔާ މިހާ ނުބައިކަން އަދި އެ އެނގުނީއެވެ. އެއޮށް ހުރިހާ ދުވަހު މި ނުލަފާ މީހާގެ ބޭނުންތައް ފުއްދައިދިން ވަހިއްތަވެސް އެއޮތީ މަރާލާފައެވެ. ރައިޝާއަށް މިހާރު ދިރިއުޅުމުގެ މަތިން ފޫހިވާން ފެށިއެވެ. އޭނާ ކައިވެނިކުރަން ޖެހޭނީ ކޮންފަދަ ނުބައި މީހެއްކަން އޭނާއަށް އެނގޭ ކަހަލައެވެ. ގިސްޖަހަމުންވެސް ފޯނުނަގާ ނަޒްލާއަށް ގުޅިއެވެ. “ފަރީދުބެ އައިސް ވަހީއްތަ މަރާލައިފި.” ރައިޝާ ގިސްޖަހަމުން ކިޔައިދިނެވެ. ދުޅަވެފައިވާ ދެލޮލުން އަދިވެސް ކަރުނަ އޮހެމުން ދިޔައެވެ. އެހެން އޮއްވާ ރައިޝާގެ ގާތަށް ނިދިއައެވެ.

ޒާންއަށް ގެއަށް އާދެވުނުހެން ބަދިގޭގައި އޮތް ލޭގެ ކޯރު ފެނުނެވެ. ވެއްޓިފައިވާ ވަޅިތައްވެސް ފެނުނެވެ. ޒާންއަށް ނާމާންކަން އިހުސާސްކުރެވުނެވެ. ކުއްލިއަކަށް ފަހަތުން އޭނާގެ ބައްޕަގެ އަޑު އިވުނެވެ. “ހާދަ ބޮޑުވެއްޖޭ ދޯ!” ޒާން ރުޅިއައެވެ. “ކޮބާ މަންމަ؟” “އެއީ އަހަންޖެހޭ ސުވާލެއް ނޫނެއްނު! ތިއޮތީ ކުރިމަތީ ފެންނާކަށް ނޫންތަ.” ޒާން ފޯނު ނަގާ ޕޮލިހަށް ގުޅަން އުޅުނެވެ. “ކަލޭ ޕޮލިހުންނަށް ގުޅައިފިނަމަ ކަލޭގެ ކޮއްކޮއަށްޓަކައި ބަދަލެއް ނުހިފޭނެ.” ފަރީދު އޭނާއަށް ފެނުނު ޖޫނާގެ ފޮތްނަގާ ޒާންއަށް ދިއްކޮށްލިއެވެ. ކާމޭޒުގައި އިށީނދެ އިނދެ އެ ފޮތް އެއްކޮށްހެން ކިޔެވެ. ޒާންއަށް ބަދަލު ހިފުމުގެ ރޫހު އައެވެ. އެންމެ ފަހު ސަފުހާ ނިމުނު އިރު ޒާންއަށް ކެތް ނުކުރެވިގެން އުޅެއެވެ. ޖޫނާއަށް ކިލާހުގެ ކުދިން ކޮށްފައިވާ ޖެއްސުމާއި ދުއްތުރާތަކަށްވުރެ މަރާލަން ކޮށްފައިވާ މަސައްކަތް އޭނާއަށް މާ ބޮޑު ކަމަކަށް ވިއެވެ. ނަމަވެސް އޭނާއަށް ކަމެއް ކުރެވޭނެ ހެއްޔެވެ؟ ޒާން އިސް އުފުލާލިހެން އޭނާގެ ބައްޕަ ބޯ ހަލުވާލިއެވެ. އަދި މޭޒުގައި ދިމާލަށް އޮތް ވަޅި ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. “މަގޭ ދަރިއަކަށް އެ ނުލަފާ މީހުން ހެދި ގޮތްތައް. އެ މީހުންނަށްވެސް ހަމަ އެ ގޮތް މަގޭ ދަށްކާލާނަން.” ޒާންގެ މޫނުންވެސް އޭނާގެ ބައްޕަ ބުނަމުން ދިޔަ ބަސްތަކަށް އެއްބަސްވަމުން ދިޔަކަން އެނގެއެވެ.

އާދީއްތަ ދުވަހަކަށް އިރު އަރައިގެންއައެވެ. ރައިޝާ ކޮލެޖަށް ދާން ތައްޔާރުވެ ގެއިން ނުކުމެ ދިޔައެވެ. ކިލާހުގައި އިން އިރުވެސް ރައިޝާގެ ގައިން ހީބިހި ނަގަނަގާ އިނެވެ. މިއަދުގެ މެންދުރުފަހުގެ ކިލާސްތައް ނެތްކަން އެނގިހުރެ ގެއަށް އެނބުރި ދިޔައެވެ. ކިލާހުގެ އެކަކަށްވެސް ރައިޝާއާބެހޭ މައުލޫމާތެއް އަދިއެއް ނޭނގެއެވެ. މިކަމާ ލުބުނާމެން ކަންފަތުން ދުން އަރައަރާ ތިއްބެވެ. ރައިޝާ ކައިވެނި ކުރެވޭނީ ހަމައެކަނި ދެވަނައެއްނެތް އާހިލުއަށެވެ. އާރިފުގެ ދަރިއެއްކަމުން ކައިވެނިކުރުވަން ދެ ފަރާތުންވެސް އެއްބަސްވެފައި ވާތީއެވެ. ފަރީދު ރައިޝާ ގޮވައިގެން ކޯޓަށް ދިޔައެވެ. އޭރު އާރިފު ކޯޓުގައި ހުއްޓެވެ. “ކޮބާ ކަލޭ ދަރި؟”ފަރީދު ލަހެއްނުވެ ސުވާލު ކުރިއެވެ. “އެބައާދެ އިރުކޮޅަކުން.” އާރިފު އައިނު ހެޔޮކޮށްލަމުން ބުންޏެވެ.

އާހިލު އައިސް ކޯޓު ކުރިމައްޗަށް ސައިކަލު ހުއްޓުވިއެވެ. ތަޅުދަނޑި ޖީބަށް ލުމަށްފަހު އާރިފު ކައިރިއަށް ދިޔައެވެ. “ބައްޕާ ކީއްކުރަންތަ ކައިވެނި ކުރުވަނީ؟” އާހިލު އޭނާގެ ބައްޕައާ ޝަކުވާ ކުރަން ފެށިއެވެ. އާހިލުއަށް އިންޒާރުދެމުން އެތެރެއަށް ވެއްދިއެވެ. އާހިލު ހައިރާންވެ ދިޔައީ ކައިވެނިކުރަން ގެނެސް އިން ކުއްޖާ ފެނިއެވެ. ‘އެއީ އަލަށް ކޮލެޖަށް ވަދެގެން އުޅޭ ރައިޝާއެއްނު.’ އާހިލުގެ ހިތުން ކިޔަމުން ދިޔައެވެ. ގާޒީ ‘އަނބި ގަބޫލުކޮށްފިންހޭ؟’ އަހާލުމުން ހަމަހިމޭންކަން ވެރިވިއެވެ. އާހިލު ރައިޝާއާ ކައިވެނި ކުރާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އާރިފު ލޯއަޅާލުމުން އާހިލު އަނބި ގަބޫލުކޮށްފީމޭ ބުންޏެވެ. ކޯޓުން ނުކުމެ ކައިވެނީގެ ސެޓިފިކެޓު ހިފައިގެން ނުކުތެވެ. “ތިއީ ޖޫނާ؟” އާހިލު ސުވާލު ކުރިއެވެ. “ކީއްވީ؟” ރައިޝާ އާހިލުއަށް ބަލައިލިއެވެ. އާހިލު ފާޑަކަށް ބަލައިލުމަށްފަހު ހީނގަތެވެ. “ހާދަހާ ރަހަ ތަފާތޭ މިހާރު. ތީ އެ ޖޫސްގަނޑެއް ނޫންވިއްޔަ.” ރައިޝާ ފާޑަކަށް ބަލައިލިއެވެ. “ޖޫސްގަނޑޭ؟”

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ދަޅައެއް ފަދަ ލޯބި

Next

ރަހުމްކުރާށެވެ – 5

Next
July 14, 2026

ރަހުމްކުރާށެވެ – 5

Previews
July 13, 2026

ދަޅައެއް ފަދަ ލޯބި

2 Comments!

  1. Lara_@ says:
    July 14, 2026 at 7:33 am

    I am so confused
    Is that Joona change
    Like her name to Risha

    1. leafy says:
      July 14, 2026 at 1:03 pm

      Lets see!

Comments are closed.



All Right Reserved!