Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މަލާމާތް ލޯބި – 3

leafy Level 210 Stories100 Login
July 12, 2026 4 Mins Read
0 Comments

ކޮލެޖަށް ވަދެވުނެހެން ބިރުވެރި އިހުސާސެއް ކުރެވުނެވެ. ދިއްލާފައިވާ އެންމެ އަލިމަޑު ބޮކިން ފަނޑު އަލިކަމެއް މުޅި ހަރުގެ ތެރެއަށް އެޅިފައިވެއެވެ. ކުއްލިއަކަށް ޖޫނާ ވަދެގެންއައި ދޮރު ފަހަތުން އަމިއްލައަށް ލެއްޕުނެވެ. ޖޫނާ ބިރުން އެ ދިމާއަށް ބަލައިލިއެވެ. އެކަކުވެސް ފެންނަން ނެތުމުން ދޮރާ ދިމާއަށް ނުކުތުމަށް ހިނގައިގަތެވެ. ކިތަންމެ މަސައްކަތްކުރި ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ކުއްލިއަކަށް ފަހަތުން އަޑު އިވުނީ ލުބުނާގެ އަޑެވެ. “ކޮންތާކަށް ދާން ތިއުޅެނީ؟ މިއީ ކަލޭގެ ސެމިސްޓަރު ނިމުން ފާހަގަކުރުމަކީ.” އޭރު ޔައިމާއާއި ޝަފްރާ ޖޫނާގެ ދެއަތުގައި ހިފަހައްޓާ ކަކޫމައްޗަށް ކޮޅަށް ބެހެއްޓިއެވެ. ލުބުނާ އަތުގައި އޮތް ފޮނިލިނބޯ ޖޫސް ފުޅިއެއް މަތި ނައްޓާލަމުން ބުންޏެވެ. “ކަލޭ މަގޭ އާހީއާ ނުކުޅެއްޗޭ! އޭނާ މަ ދެކެ ފޫހިވާން ފަށައިފި ތި ޖޫސްގަނޑާހުރެ.” އެހެން ބުނުމަށްފަހު ޖޫނާގެ ދަތްދޮޅީގައި ހިފާ އެ ޖޫސް ފުޅި ޖޫނާގެ އަރުތެރެއަށް އަޅާލިއެވެ. “ކަލެއަށް މިރޭ މަ އަތަކުން ސަލާމަތެއް ނުވެވޭނެ.” ޖޫސް އެތި ހުސްކޮށް ތަޅުންގަނޑު މައްޗަށް އެ ފުޅި އެއްލާލިއެވެ. ޝަފްރާ ބިންމަތީގައިހުރި ފުޅިއެއް ނަގާ ޖޫނާގެ މޫނަށް އަޅާލިއެވެ. “އާހް.” ޖޫނާގެ މޫނުމަތިން ދިލަނަގައިގެން ދިޔައެވެ. ހަންގަނޑު ވިރިގެން ފައިބަމުން ދިޔައެވެ. އިސްތަށިތަކާއި މަސްތައްވެސް ވިރެމުން ފައިބަމުން ދިޔައެވެ. ޔައިމާއާއި ލުބުނާއާއި ޝަފްރާ ތިން މީހުންވެސް ޖޫނާ ބިންމައްޗަށް އެއްލާލުމަށްފަހު، ނުލަފާ ހިނިގަނޑެއް ޖަހަމުން އެނބުރި ލުބުނާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

މޫނުގެ ބޮޑު ބައެއް ވިރި ސިފަ ގެއްލިފައިވާ ޖޫނާ ފާހާނާއާ ހިސާބަށް ދެވޭތޯ މަސައްކަތް ކުރިއެވެ. މާގަނޑުން މޫނަށް ފެން ދޫކޮށްގެން ހުރިއިރު މޫނުމަތިން ދިލަނެގުން ހުއްޓުނެވެ. ޖޫނާ ކޮލެޖުން ނުކުމެ ކައިރީގައިހުރި ހަސްފަތާލާ ހަމައަށް ދެވޭތޯ ބެލިއެވެ. މޫނުމަތި ނިވާކުރުމަށް ފޮތިގަނޑެއް އޮޅައިގެންހުރެ ހަސްފަތާލަކަށް ވަނެވެ. ނޭވާލުމަށް ބޭނުންކުރާ ނޭފަތް ވިރި ބަންދުވެފައިވެއެވެ. އަނގައިގެ ކުޑަ ޖާގައަކުން ނޭވާ ހަށިގަނޑަށް ލިބެމުން ދިޔައެވެ. ކޮށިގަނޑު ކައިރިއަށް ދެވުމާއެކު މުވައްޒަފުން ތެޅިގަތެވެ. ޖޫނާ އަވަހަށް ކުއްލިފަރުވާ ކޮޓަރިއަށް ގެންދެވުނެވެ. ނޭފަތާއި އަނގަ ވިރިފައިވުމުން ނޭވާލުމަށް އުނދަގޫވެގެން އުޅެއެވެ. މަސްތައް ގުޑުވައިގެން ކަފަން ޖެހުނެވެ. ލުއިފަރުވާ ކޮޓަރިއަށް އަވަހަށް ގެންދެވުނެވެ. ޖޫނާއަށް ސަލާމަތް ވެވުނީ ހަމަ ކިރިޔާއެވެ. އެހެންނޫނީ އެއީ ހަމަ މަރުގެ އެތިފަހަރެކެވެ.

ސަމާ ލުބުނާމެން ގޭގައި ޖޫނާ އަންނާނެ އިރަކަށް މަޑުކޮށްގެން ހުއްޓެވެ. އިރުކޮޅަކުން ލުބުނާމެން ގެއަށް ވަނެވެ. ދެއްކި ވާހަކަތަކުން ކަމެއް ގޯސްކަން ރެއަކާލިއެވެ. “ދެން ނުފެންނާނެ އެ ޖޫސްގަނޑެއް.” ޝަފްރާ ބުންޏެވެ. ސަމާ އަވަހަށް އެގެއިން ބޭރަށް ނުކުމެ ޖޫނާއަށް ގުޅިއެވެ. ތިން ފަހަރަށް ގުޅިއިރުވެސް ފޯނެއް ނުނަގައެވެ. ސަމާއަށް މިހާރު ކަމެއް ގޯސްކަން އެނގުނެެވެ. ހަސްފަތާލުގައި ފަރުވާ ލިބިގަންނަމުން ދިޔަ ޖޫނާއަށް ގައިގެ އެތައް މިތަނުގައި ރިއްސަން ފެށިއެވެ. އޭނާ ވިސްނަމުން ދިޔައީ ލުބުނާ ބޯންދިން ޖޫހުގައި ކޮންމެވެސް އެއްޗެއް އަޅާފައި ހުރިކަމެވެ. އޭގައި ފޮނިލިނބޯ ރަހައަށްވުރެ ހިތި ރަހަ ގަދަކަމުންނެވެ. ކުއްލިއަކަށް ޑަކުޓަރުން ޖޫނާގެ ކޮޓަރިއަށް އައެވެ. ލޭގެ އިމުތިހާނުތަކުން ވަރަށް ގިނަ އަދަދަކަށް އަމޭނިޓިކު ޓޮކުސިން ހަށިގަނޑުގައި ހުރި ވާހަކަ ބުންޏެވެ. ގުރުދާއާއި ޗިސްމެއަށް ވަރަށް ގެއްލުންވާނެ ކަމަށް ބުންޏެވެ. “ވީ އެންމެ އަވަހަށް އެ ޓޮކުސިންތައް ހަށިގަނޑުން ފިލުވަން ޖެހޭނެ. އެހެންނޫނީ ފުރާނައަށް ނުރައްކާވާނެ.” ޑަކުޓަރު ފައިލު ބަލަމުން ކިޔައިދިނެވެ. “މޫނަށް އަޅާފައި ތިހުރީ ސަލްފިއުރިކު އެސިޑު.” އެހެން ބުނުމަށްފަހު ޑަކުޓަރު ނުކުތެވެ.

މިހާރު ޖޫނާއަށް އެ ދައުވަތަށް އިޖާބަ ދެވުމުން މޮޔަ ހީވިއެވެ. ލުބުނާމެން ހިފާފައި އެހުރީ ޖޫނާ މި ދުނިޔެއިން ފުހެލާށެވެ. އޭނާގެ ދޮންބެއަށް މެސެޖު ކުރުމަށް ފޯނު ނެގިއެވެ. ހާލަތު ކިޔައިދީ މެސެޖު ކުރިއެވެ. ސަމާ ގުޅާފައި އޮތްތަން ފެނުނެވެ. ނަމަވެސް އޭނާއަށް މިހާރު ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ. މޫނުމަތި މައްޔިތަކާ އެއްވަރަށް ކަފުންކޮށަފައިވެއެވެ. ގައުޒު ފޮތި ބޭނުންކޮށް މޫނު ފޮރުވާލާފައިވެއެވެ. އަނގައަށް ހޮޅި ގުޅާފައިވާއިރު، އައިވީވެސް ގުޅާފައި ހުއްޓެވެ. ޖޫނާގެ ހަޔާތަށް އަނދިރިކަން ވެރިވިހެން އެރޭގެ ވަގުތުތައް ހިނގައްޖެއެވެ. އިރުކޮޅަކުން ޒާންގެ އަޑު އިވުނެވެ. އޭރު ޖޫނާއަށް ލޯވެސް ހުޅުވަައި ނުލެވުނެވެ. އޭނާގެ ހަށިގަނޑު އޭނަގެ އަމުރުތަކަށް ނުކިޔަމަންތެރިވާން ފެށިއެވެ. އެރޭ އެ ހާލުގައި އޮވެ ކޯމާއަކަށް ވެއްޓުނެވެ.

ޑަކުޓަރު އިރުޝާދުދދެއްވި ފަދައިން ހެނދުނުގެ ވަގުތު ޖޫނާ ގޮވައިގެން ހިންދޫކަރައިގެ ހަސްފަތާލަކަށް ގެންދިޔުމަށް މަތިންދާ ބޯޓަކަށް އެރުވިއެވެ. ޒާންވެސް ޖޫނާއާއެކު، ދިޔައެވެ. ޒާން ހާސްވެ ކަންބޮޑުވެފައި ހުއްޓެވެ. އޭނާ ހިތުން ސުވާލުކުރަމުން ދިޔައީ މިއީ ކޮންބަޔަކު ކުރި ކަމެއްބާވައެވެ. ޖޫނާއަކީ ޒާންގެ ނަޒަރުގައި އަމިއްލައަށް މިފަދަ ކަމެއް ކޮށްފާނޭ ކަހަލަ ކުއްޖެއް ނޫނެވެ. އޭނާގެ ކިލާހުގެ ވާހަކައެއް ގޭތެރެއަކު ނުދައްކައެވެ. އެހެންކަމުން ޒާންއަށް އިތުރަށް ހާސްވެވުނެވެ. އަމިއްލައަށް އިނދެ ޝައްކުކުރަން ފެށިއެވެ. ޖޫނާ އާންމުކޮށް އެކުގައި އުޅުނު ސަމާގެ ނަންބަރަށް ގުޅަން އޭނާ ބޭނުންވިއެވެ. ނަމަވެސް ޖޫނާގެ ހާލަތު ރަނގަޅުވޭތޯ ހިތުން ދުޢާކޮށްލަކޮށްލާ އިނެވެ.

މެންދުރުފަހުން މިވާދު ލިބިގެން ލުއިފަރުވާ ކޮޓަރިއަށް ވެއްދުނެވެ. ހަށިގަނޑުގެ ގިނަބައިތަކުގައި ޓޮކުސިންތައް އަށަގެންފައިވާކަމަށް ޑަކުޓަރުން ޚަބަރު ދިނެވެ. ޒާންއަށް މާގިނަ ދުވަހަކު ހިންދޫކަރިއިގައި ހުރެވޭކަށް ނެތެވެ. އެހެންކަމުން ދޮނޭމެންގޭ ނަޒްލާއަށް ގުޅާ ޖޫނާ ކައިރިއަށް އައުމަށް އެދުނެވެ. އޮންލައިންކޮށް ކިޔަވަމުންދާތީވެ، ނަޒްލާ ޖޫނާއަށް ބަލައިދޭން އެއްބަސްވިއެވެ. ޖޫނާގެ ހާލަތު ދުވަހަކަށްފަހު ދުވަހެއް ގޯސްވަމުން ދިޔައެވެ. ޗިސްމޭ އެކަށް ހަލާކުވެފައިވުމާއެކު ޗިސްމޭގެ އެތިކޮޅެއް ހޯދަން މަޖުބޫރުވިއެވެ. އެ ހަދިޔާ ކުރާ މީހެއްގެ އަތުން ގަންނަން މަޖުބޫރުވިއެވެ. ޒާން އިތުރަށް ފައިސާ ނުލިބިގެން ލޯނެއްވެސް ނެގިއެވެ. ކޮއްކޮއަށް ފަރުވާދިނުން ކުރިއަށް ގެންދިޔުމަށް އިތުރު ވަޒީފާއަކަށްވެސް ވަނެވެ. ހަމައެކަނި އޯ ލެވެލު އިމުތިހާނު ހަދާފައިވުމުން ވަޒީފާ ހޯދުމަށް އުނދަގޫވެސްވިއެވެ.

ޖޫނާއަށް ހޭވެރިކަންވީ ހަތަރު މަސް ހިނގާދިޔަ ފަހުންނެވެ. އޭރު ނަޒްލާ ހަސްފަތާލުގެ އެނދު ކައިރީގައިވާ ގޮނޑީގައި އިށީނދެ އިނެވެ. ޖޫނާއަށް ލޯ ހުޅުވާލެވުމުން ޑަކުޓަރުންނަށް ގޮވާ ގެނައެވެ. ވޭތުވެދިޔަ ހަތަރު މަހުގެ ތެރޭގައި ޖޫނާގެ ހާލަތު ރަނގަޅުވަމުން ދިޔައެވެ. ޗިސްމޭގެ އެތިކޮޅު ލެއްވުމުން އިތުރަށް ފުރިހަމަކަން ގެނައެވެ. ނަޒްލާއަށް ވެވުނު އެހީއެއް ޖޫނާއަށްވިއެވެ. ނަޒްލާ ޖޫނާގެ އިސްތަށިގަނޑުގައި އަތް ކާއްތާލަމުން ބުންޏެވެ. “ކިހިނެތް މިހާރު؟” ޖޫނާ އަނގަހުޅުވާލިއެވެ. “ރަނގަޅު” ދޫ ނުގުޑުވާ ގިނަ ދުވަސްވުމުން އަޑު އައީ ވަރަށް މަޖާ ގޮތަކަށެވެ. މިހާރު ޖޫނާއަށް ލުބުނާމެންގެ ނުލަފާކަން ހުރިވަރު އިނގުނެވެ. އަދި މިހާރު އެ މީހުންކުރި ގަނާތައް ފޮރުވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް މިހާރު އެ މީހުން ހީކުރާނީ ޖޫނާ މަރުވީކަމަށެވެ. ޚުދު ޖޫނާ އަމިއްލަ ސިކުނޑީގައި ރޭވުމެއް ރާވަމުން ދިޔައެވެ.

ނަޒްލާ ގަނެދިން ފޮތަކާއި ގަލަމަކުން ލުބުނާމެން ކުރި ކަންތައްތައް ހަނދާންހުރި މިންވަރަކުން ލިޔުނެވެ. އޭނާއަށް ހަނދާންވާ ބޮޑެތި ހާދިޘާތަކުން ސަފުހާތައް ފުރާލިއެވެ. އޭގެ އިތުރުން އޭގެން ކޮންމެ މީހެއްގެ ޝަޚުސިއްޔަތާއި ސިފަތައްވެސް އިނގުނު މިންވަރަކަށް ލިޔުނެވެ. ހަގީގަތުގައިވެސް ޖޫނާ ރާވަމުން ދިޔައީ ބޮޑު ރޭވުމެކެވެ. ނަޒްލާގާތު މި ރޭވުމުގެ އެއްބައި ކިޔައިދެވޭތޯ ބެލިއެވެ. ޖޫނާއަށް ވާހަކަ ދެއްކޭވަރު ވީމާ ނަޒްލާގެ ފަރާތުންވެސް ޚިޔާލު ހޯދިއެވެ. “މިފަހަރު ކަލޭމެން ޖޫސްގިރުވާލާނަން!” ޖޫނާ ލުބުނާމެން މަތިން ވިސްނަމުން ދިޔައެވެ. ވަރުގަދަ ކެހިގަނޑެއް އަރައި ކެއްސަން ފެށިއެވެ. ހަގީގަތަކީ ޖޫނާގެ ހަށިގަނޑު ރަނގަޅުވިޔަސް އޭނާގެ ހިތުގެ ބަޔަކަށް ވިހައިގެ ސަބަބުން ގެއްލުން ލިބިފައިވުމެވެ. އިރުކޮޅަކުން ހިތުގެ ވިންދު ދަށަށް ދާންފެށިއެވެ. ޖޫނާއަށް މިފަހަރު ސަލާމަތްވެވެން ނެތްކަން އިނގޭ ކަހަލައެވެ. އެންމެ ފަހު ވަގުތުވެސް އޭނާ ލިޔުނު ފޮތާ ދިމާލަށް އިނގިލި ދިއްކުރަމުން ދިޔައެވެ.

ވަހީދާއަށް ޖޫނާގެ މަރުގެ ޚަބަރު އިވިގެން ދިޔައީ ނަޒްލާގެ ފަރާތުންނެވެ. ޒާންއަށްވެސް އެ ޚަބަރު ފޯރުކޮށްދިނެވެ. ޖޫނާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ނަޒްލާ އެނބުރި ހުޅުމާލެއަށް ދިޔައެވެ. ނަމަވެސް މިފަހަރު އޭނާ ޖޫނާ އުޅުނު ރަށަށް ދިޔުމަށް ގަސްދު ކުރިއެވެ. ނަޒްލާ ދާން ނިންމީ އޭނާގެ އެކުވެރި ރައިޝާ ގޮވައިގެންނެވެ. އެއީ ރައިޝާ ބޭނުންވަނީ އެ ރަށުގައިވާ ކޮލެޖުގައި ބައިވެރިވާށެވެ. ރައިޝާއަކީ ހަށިގަނޑުން ހެޔޮ ފުރާވަރުން ކެނޑި ވިއްސަކަށް އަހަރުގެ ކުއްޖެކެވެ. ދަންފުޅީގެ ބައްޓަމަކީ އޭނާގެ ހަށިގަނޑު ހުންނަ ގޮތެވެ. ލޫޅާފަތިކަނމާއި ތޫނުފިލިކަންވެސް އެ ހަށިގަނޑުން ދައްކުވައިދެއެވެ. ރަށަށް ލެފުމުން ނަޒްލާއާއި ރައިޝާ ބަލައި އައިސްހުރި ޒާންއާއެކު އޭނާގެ ގެއަށް ދިޔައެވެ.

ގޭތެރޭގައިވާ ފަޅުކަން ފިލައިދިޔައީ ޒާން، ނަޒްލާ އަދި ރައިޝާ އެގެއަށް ވަނުމުންނެވެ. “މިގޭގައި ކިޔަވަން ހުރެވޭނެތަ؟” ރައިޝާ ދަބަސް ބަހައްޓަމުން ބުންޏެވެ. “މައްސަލައެއް ނެތް! ޖޫނާ އުޅުނު ކޮޓަރި ރަނގަޅުވާނެއެއްނު؟” ޒާން ބަދިގެއަށްވަދެ ގަހުވަ ގިރަން ތައްޔާރު ކުރަމުން ސުވާލުކޮށްލިއެވެ. ހޫނ އަޅުވާލަމުން ރައިޝާ ނަޒްލާއާއެކު ޖޫނާގެ ކޮޓަރިއަށް ދިޔައެވެ. “ޖޫނާގެ އެއްޗެހި ވަކިކޮށްލާނަން މިރޭ.” ޒާން ބިސްކޯދު ޑަބިޔާ ހުޅުވާލަމުން ބުންޏެވެ. ރައިޝާ ނަޒްލާއާއެކު އެ ކޮޓަރިއަށްވަދެ ބަލައިލިއެވެ. އިރުކޮޅަކުން ޒާން ދެ ކުދިންވެސް ސައިބޯން އައުމަށް ބުންޏެވެ. ހަވީރުގެ ސައިބޯން ހުރިހާ އެންމެންވެސް ކާމޭޒު ދޮށުގައި އިށީނެވެ.

ހަވީރުގެ ސަޔަށްފަހު، ރައިޝާ ކޮޓަރިއަށްވަދެ ރަމަތަކުރަން ފެށިއެވެ. ޖޫނާގެ އެއްޗެހިތައް ފޮށިފޮށްޓަށް އަޅަމުން އޭނާގެ ސާމާނު ނަގާ އަތުމުން ދިޔައެވެ. ދާގީ ހުޅުވުމަށްފަހު، ހެދުންތަކާއި އެހެނިހެން އެއްޗެހި ނަގާ އަތުރާލިއެވެ. މިހާރު އެއީ ރައިޝާގެ ކޮޓަރިއެވެ. މޭޒުގައި އިށީނދެ ލެޕުޓޮޕު ހުޅުވާ ކޮލެޖުގެ ޖާލަށްވަދެ ފޯމު ފުރިއެވެ. އޭރު ނަޒްލާ ކޮޓަރިއަށް ވަނެވެ. “ދާނަންތަ މަށާއެކު ބޭރަށް؟” ރައިޝާ ބޭރަށް ނުކުންނަ ހިތްވެގެން ނަޒްލާއާއެކު ދިޔައެވެ. ޒާންވެސް ލަސްނުކޮށް ވަޒީފާއަށް އެނބުރި ދިޔައެވެ. ދެވަޒީފާ އަދާކުރާތީވެ އެ ފަކީރަށް ރަނގަޅަށް ނިދިވެސް ނުލިބެއެވެ. ނަޒްލާ ރައިޝާއާއެކު ދިޔައީ ބަނދަރާ ދިމާއަށެވެ. ޖެހެމުންދިޔަ މަޑު ވައިރޯޅިތަކުގެ ފިނިކަން އިހުސާސްވަމުން ދިޔައެވެ.

އޭރު ލުބުނާމެން ބަނދަރަށް ނުކުމެ އުޅެއެވެ. ލުބުނާ ހިނގާފައިދަމުން ޝަފްރާގެ ގައިގައި ގިލިގިލި ކޮށްޓާލިއެވެ. ޝަފްރާ ރުޅިއައިސްގެން ފާތިމަތާއި ލުބުނާއާ ދެ މީހުންގެ ގައިގައި ޖެހިއެވެ. “އޫނ. މީނާ ނިކަން ހިންސަވެރިވާނެ.” ޔައިމާވެސް އެ މީހުންނާ ބައިވެރިވިއެވެ. “މަގޭ އަޑުއެހިން ޚަބަރެއް. އެއްކަލަ ޖޫސްގަނޑު މަރުވިއްޔޯ.” ލުބުނާ ނުވާކަމަށްހެދި އަތް އުރާލަމުން ބުންޏެވެ. “ކަލޭ އެރޭ އޭނާ މޫނު ވިރުވާލީއެއްނު.” ޝަފްރާ ބުންޏެވެ. “ބަލަ އޭނާގެ ކަންތައް ފަލައެއްނު. މަގޭ އާހީ މަށާ ދުރުވާންފެށީ އެ ޖޫސްގަނޑާ ހަދައިގެން ވިއްޔަ. މޫނުމަތި ހީވަނީ އޮށާޅަ ބިސްގަނޑެއްހެން ވިއްޔަ. މަގޭ ހިތަށްއަރާ އާހިލުއަށް ޖޫސްގަނޑުން މީރުވީ ކޮން ރަހައެއް ބާވައޭ.” ލުބުނާ ބާރަށް ބުންޏެވެ. “ދެން އޭނާ ކަލެއަށް ޖެއްސުން ކުރާކަށް ނާންނާނެ. ޖޫސްގަނޑު ހަމަ ރަނގަޅަށްވެސް މިފަހަރު ގިރިފައި ވާނީ” ޝަފްރާ ދެއަތް ފުޅާކުރަމުން ބުންޏެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ނޭނގި ވެވުނީ ލޮތްބޭ – 1 ބައި

Previews
July 11, 2026

ނޭނގި ވެވުނީ ލޮތްބޭ – 1 ބައި



All Right Reserved!