Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ތިއާގެ ހާއްސަ އެޕިސޯޑް: ރޫޔާއާއެކު ޗެޓެއް

Thea reminisces
Thea reminisces Level 210 Stories
July 4, 2026 3 Mins Read
1 Comment

ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ އަންހެން ލީޑު، ރޫޔާ. މަރުހަބާ…. ރޫޔާ. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟
ރޫޔާ: (ހީލަމުން) އުފާވެފައި.
ތިއާ: (ހީލަމުން) ތިއާވެސް އުފާވެއްޖެ ރޫޔާ އުފާވީމަ.. ކިހިނެއް ހާލު؟
ރޫޔާ: ހާލު ރަނގަޅު. ތިއާގެ ހާލު ކިހިނެއް؟
ތިއާ: (ރަޒާންގެ އިންޓަވިއު މަތިން ހަނދާން ކުރަމުން) އޯކޭ. އެހެންވީމާ ހިނގާ އިންޓަވިއު ފަށަމާ…

ތިއާ: އޯކޭ.. ފަސް ލަފްޒު ބޭނުންކޮށްގެން އަމިއްލަ ނަފްސު ސިފަކޮށްލަދީބަލަ.
ރޫޔާ: އަންޑަސްޓޭންޑިން. ކެތްތެރި. އަމް.. (ވިސްނަން އިނދެފައި) ހިތްވަރުގަދަ، ލޮޔާލް، ދެން… ދެން…ސާރޖަން؟؟

ތިއާ: އޯކޭ. އަސްލު ކީއްވެ ރޫޔާ ސާރޖަންނަކަށް ވާން ނިންމީ؟
ރޫޔާ: (ހީލަމުން) އަސްލު މެޑް ސްކޫލް ނިމެންދެން ނުވިސްނަން އެހާ ވަރަކަށް.. ކޮން ސްޕެޝަލިސްޓަކަށް ދާކަށް.. އެހެން ހުއްޓާ ބޮލަށް އައީ.. ސާރޖަން އަކަށް ވާން.

ތިއާ: އޯހް… އޮފް ދުވަސް ދުވަހު ކޮންކަމެއް ކުރަނީ؟
ރޫޔާ: ފޮތް ކިޔުން، ނިދުން…

ތިއާ: ރޫޔާއަށް އާދަވެފައިވާ އެންމެ ގޯސް އާދަ އަކީ ކޮބާ؟
ރޫޔާ: ރަނގަޅަށް ފެން ނުބޮއުން. ގަޑިން ގަޑިއަށް ނުކެއުން

ތިއާ: މިވާހަކައިގެ ފުރަތަމަ އެޕިސޯޑުގައި ރޫޔާ ވަނީ ޕިކަޕު ދުއްވަން ދަސްކުރަނީކަން އިމްޕްލައި ކޮށްފަ؟ ސުވާލަކީ، ޕިކަޕު ދުއްވަން ލައިސެންސު ލިބުނު ތޯ؟
ރޫޔާ: (ހީލަމުން) ދެން އޮތް ސުވާލު..

ތިއާ: (ބޯ ޖަހައިލަމުން) އޯކޭ.. ދެން އޮތް ސުވާލު މީ ތިއާގެ އެކުވެރިންނާ ބެހޭގޮތުން.. ތިން މީހުން ތިން ލަފްޒުން ސިފަ ކޮށްދީ…
ރޫޔާ: (ވިސްނަން އިނދެފައި) މައިރާ… މައި އަކީ ވަރަށް ހަލަނި، އަޑުގަދަ… ވަފާތެރި
ރޫޔާ: ދެން ޝަފް… މަޑުމައިތިރި، ހިތްހެޔޮ، އޯގާތެރި
ރޫޔާ: ޝެހޭ.. ވިސްނުންތެރި، ހިތްތިރި އެކަމަކު ރުޅިގަދަ

ތިއާ: ގްރޫޕްގައި އެންމެ މޮޅު ޚިޔާލު ދެނީ ކާކު؟
ރޫޔާ: ޝަފް އާއި ޝެހޭ

ތިއާ: ދެން އެންމެ ގޯސް ޚިޔާލު ދެނީ..
ރޫޔާ: މައިރާ
ތިއާ: މައިރާ؟؟
ރޫޔާ: އާނ. ޤާނޫނީ ވަކީލަކަށް ވިޔަސް އޭނާ ދެނީ އެންމެ ނުބައި އައިޑިއާތައް..

ތިއާ: ރޫޔާއާއި ސާޖިދް ކިހިނެއް ރަހުމަތްތެރިންނަށް ވީ؟
ރޫޔާ: ސާޖް… އަސްލު ސާޖް އަކީ.. ކީކޭ ބުނާނީ.. ސްކޫލު ދުވަސްވަރު.. ޔޫ ނޯ…ބެކް ބެންޗާއެއް.. ބަސްނާހާ.. އަޑުގަދަ.. އެކަމަކު ސާޖް އެހެން އުޅުނަސް ވަރަށް މޮޅުވާނެ ކިޔަވަން.. އަހަރެމެން ފްރެންޑްސްވީ ގޮތަކީ..ދޯ… އަހަރެން އުޅުނީ ގޭގެ ފޭރުގަހުން ފޭރެއް ބިނދެނުލެވިގެން. ދެން އެހެން ހުއްޓާ ސާޖްއަށް ފެނުނީ. ސާޖް އައިސް ގަހަށް އަރައިފަ އެ ފޭރު ބިނދެލައިދިނީ… ދެން ސާޖް އަހަންނަށް ގަހަށް އަރަން ދަސްކޮށްދިނީ.. ފުރާޅަށްވެސް… ވަޅަށްވެސް…

ތިއާ: ޔާ.. އައި ނޯ. ދެން އޮތް ސުވާލު.. ކޮން ސީރިސް އެއް އެންމެ ކަމުދަނީ؟
ރޫޔާ: ވަރަށް ގިނައިން ބަލަން މެޑިކަލް ސީރީސް.. އަޕޮތަކެރީ ޑައިރީސް އެއީ ކޮމްފޯޓް ސީރީސް.

ތިއާ: އޯހް. މައޮމައޮ… ދެން އޮތް ސުވާލު.. ބުޅާތަ ދޫނިތަ؟
ރޫޔާ: ބުޅާ… ވަރަށް ބޭނުން ބުޅަލެއް ގެންގުޅެން..

ތިއާ: ކޮންޗެއް އެންމެ ކާހިތްވަނީ؟
ރޫޔާ: ގަރުދިޔައާއި ބަތާ…

ތިއާ: ސޯ.. ރެސިޑެންސީ ނިންމާފަ މާލެ ދާން ތިއުޅެނީ.. ކޮންކަހަލަ އިހުސާސެއް ކުރެވެނީ؟
ރޫޔާ: ދެން އޯކޭ.. އަނެއްހެން މަޖުބޫރު ވެގެން މިދަނީ..

ތިއާ: ދެން ހީވެތާ….(އެއްބުމަ އަރުވައިލަމުން)
ރޫޔާ: ކޮންޗެއް؟

ތިއާ: ރަޒާން؟
ރޫޔާ: ރަޒާން ކޮންޗެއް…

ތިއާ: ރަޒާން އާ ދިމާވާނެ ހެން؟؟؟
ރޫޔާ: ނޭނގެ…

ތިއާ: ރަޒާނާ ދިމާ ވެއްޖެނަމަ ރޫޔާ ކިހިނެއް ހަދަނީ؟
ރޫޔާ: ޑިޕެންޑްސް އޮން ދި ސިޗުއޭޝަން.. އޭނާ އަކީ ޕޭޝަންޓެއް ވެއްޖެނަމަ ޓްރީޓްކުރަނީ..

ތިއާ: އޯކޭ… ދެން ރަޒާނާއެކު އިތުރު ފުރުސަތެއް ލިބިއްޖެނަމަ…
ރޫޔާ: އެގެއިން… ޑިޕެންޑިން އޮން ދި ސިޗުއޭޝަން

ތިއާ: ކީއްވެ އަސްލު ރަޒާނަށް އެހާ ފަސޭހަލުން މަޢާފު ކުރީ؟
ރޫޔާ: (ވިސްނަން އިނދެފައި) އޭރުވެސް ބުނިން ދޯ އަޅުގަނޑަކީ ވަރަށް އަންޑަސްޓޭންޑިން މީހެކޭ. އެހެންނޫނަސް.. ނަފްރަތު ކުރުމަށް ވުރެ އެމީހާއަށް މަޢާފުކޮށް ދިރިއުޅުމައިގެން ކުރިއަށް ދިއުމަކީ އޮތް ރަނގަޅު ގޮތް.

ތިއާ: ރަޒާން ދިން ފްރޭމް އަދިވެސް އެބައޮތް ތަ؟
ރޫޔާ: (އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަމުން) ޔެސް

ތިއާ: ވެލް ދިޒް އިޒް ދި އެންޑް
ރޫޔާ: ސޯ ނިމުނީ ތަ…؟

ތިއާ: ރޫޔާ (ވަރަށް ސީރިއަސް ވެލައިފަ) ތިއާ އަށް ކަމެއް ކޮށްދެވޭނެތަ؟
ރޫޔާ: (ހާސްވެފައި) ކޮން ކަމެއް؟

ތިއާ: ރަޒާން ތެރަޕީއަކަށް ގެންދެބަލަ
ރޫޔާ: (ދެލޯ ހަނިކޮށްލަމުން) ތެރަޕީ… ރަޒާން؟

ތިއާ: ޔެސް
ރޫޔާ: ނޯ.

ތިއާ: ރޫޔާ ކަމަނާ.. ޕްލީޒް.. އައި އޭމް ޓްރައުމަޓައިޒްޑް އިންޓަވިއުއިން ހިމް
ރޫޔާ: ވެލް… އިޓްސް ޓްރޫ ހީ ހޭޒް ނޯ ފިލްޓަރ

ތިއާ: ޔެސް.
ރޫޔާ: ކިހާ ގޯސްވި މި އިންޓަވިއު؟

ތިއާ: އޮން ސްކޭލް އޮފް ވަން ޓު ޓެން؟ އިލެވެން
ރޫޔާ: އަޑުއަހަން މިހުރީ

ތިއާ: ރޫޔާއަށް އިނގޭތަ.. އަހަރެން ދިޔައީ އޭނާއާ އިންޓަވިއު ކުރަމުން.. ދެން ހުރެ ބަހައްޓައިފަ އޭނާ ފެށީ އަހަންނާ އިންޓަވިއު ކުރަން
ތިއާ: ހީ ވޯޒް ލައިކް [މައި ޓާން]
ތިއާ: ދެން އަހަން ފެށީ.. ކީއްވެ ހެއްޔޭ އޭނާއާއި ރޫޔާ ވަކި ކުރީ
ތިއާ: އޭނާ ހުރީވެސް އަހަންނަށް ދެލޯ އަޅައިގެން
ތިއާ: އަދި އަހަންނަށްވެސް ދިނޭ އެއްހާސް ރުފިޔާ، ކުޑައިރުގެ ވާހަކަ ނާހަން ޝަރުތުކޮށްފަ
ތިއާ: ދެން އަހަންނަށް ބިރުވެސް ދެއްކި.. ރޫޔާއަށް ދެރަގޮތް ހަދައިފިނަމަ އަހަރެންގެ ފަހަތުން އަންނާނެ ވާހަކަ..
ރޫޔާ: ވަރަށް ބިރުވެރި ތަޖުރިބާއަކަށް ދޯ ވަނީ..
ތިއާ: ޔެސް!!

(20 މިނެޓް ފަސް)
(ތިއާ އޮތީ ސޯފާގައި އޮށޯވެ. ރޫޔާ އިނީ ގޮނޑިއެއްގައި އިށީނދެ، އަތުގައި ފޮތަކާއި ފަންސޫރު ހިފައިގެން)
ތިއާ: އަހަރެން އޯވާ ރިއެކްޓް ކުރިހެން ހީވޭތަ؟
ރޫޔާ: ކުޑަކޮށް.

ތިއާ: އޭނާ ހާދަ ބިރުވެރިއޭ.. އަހަރެން ހިތަށް އަރާ ކީއްވެބާއޭ އަހަރެން ރަޒާން ކަހަލަ ކެރެކްޓަރ އެއް ލިޔުނީ؟
ރޫޔާ: ދެޓްސް ބިކޯޒް ޔޫ އާ އެޓްރެކްޓެޑް ޓު ދޯޒް ކައިންޑް
ތިއާ: ސީރިއަސްކޮށްތަ؟
ރޫޔާ: ޔަޕް..
ތިއާ: (ކަމެއް ރޭކައިލެވިގެން) މަޑުކޮށްބަލަ.. ކޮންއިރަކު މި އިންޓަވިއު އަހަރެންގެ ތެރަޕީ ސެޝަނަށް ބަދަލުވީ؟
ރޫޔާ: ތިއާ ވާހަކަ ދައްކަން ފެށީމަ އަހަރެން އަޑު އެހީ
ތިއާ: އެކަމަކު ރޫޔާ އަކީ ސާރޖަނެއްނު. ދެން ބުނެބަލަ.. ކޮބާ ޕްރޮފެޝަނަލް އޮޕީނިއަންއަކީ؟
ރޫޔާ: އެކްސްޕޯޝަރ ތެރަޕީ
ތިއާ: ނޮޕް. އަހަންނެއް ނޫޅެން ރަޒާނާއެކު އަލުން އިންޓަވިއު ކުރާކަށް.
ރޫޔާ: އަޕް ޓު ޔޫ
ތިއާ: އެކަމަކުވެސް.. ތެންކްސް..
ރޫޔާ: (ރޫޔާގެ ފޯނު ކުއްލިއަކަށް ރިންގު ވާން ފެށި)
ރޫޔާ: އެމަޖެންސީ އެއް. ދާން މިދަނީ. (އެއްވެސް މީހަކަށް ބެލުމެއް ނެތި އަވަހަށް އެތަނުން އޭނާ ގޮއްސި)
ތިއާ: ވެލް.. ދެޓް ވޯޒް ތެރަޕިއުޓިކް…

hello dearest readers. Apologies for late update. I sort of have been busy with my personal life, but don’t worry. I will be uploading the first ep of s2 tmrw. In the meantime, take care. Stay hydrated. And feel free to comment your prediction cuz y’all are in for a wild ride
😙❤️❤️

 

 

 

 

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

އެހެން ދުނިޔެއެއް؟ – 5

Next

ޒާޔާ – 2 (ސާދަވަނަ ބައި)

Next
July 4, 2026

ޒާޔާ – 2 (ސާދަވަނަ ބައި)

Previews
July 3, 2026

އެހެން ދުނިޔެއެއް؟ – 5

One Comment

  1. Anonymous says:
    July 4, 2026 at 6:09 pm

    Mirey tha next?

Comments are closed.



All Right Reserved!