Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަސިއްޔަތް

Hudhuna Level 1
June 30, 2026 2 Mins Read
0 Comments

މިއަދު އަހަންނަކީ މޮޔައެއް ކަމުގައި މީހުން ބުނެވެ. އާއިލާގެ އެންމެނާ މޫނުކެނޑިއްޖެވެ. ހަމައެކަނި މައްސަލަ އަކީ އަނބިމީހާ މަތިން ހަނދާން ނަތްތާލައިފައި އަހަރެން އެހެން މީހަކާ އިނުމެއް ނޫނެވެ.އެމީހުން ބުނާގޮތުގައި، އަސްލު މައްސަލަ އަކީ އަހަރެން ކައިވެނި ކުރި މީހާއެވެ.އޭނާގެ އުމުރެވެ. އެކަމަކު އަހަރެން ކުށެއް ނުކުރަމެވެ. އަނބިމީހާ އަށް ބޭވަފާތެރިއެއްވެސް ނުވަމެވެ. މުޖުތަމައު ކޮންމެ ގޮތަކަށް އަހަންނާމެދު ކަންތައް ކުރިޔަސް ފަރުވާލެއްނެތެވެ. ލޯތްބަކީ ކޮބައިކަން މިޒަމާނުގައި ދަންނަނީ ކިތައް މީހުންހެއްޔެވެ؟.

އަހަންނާއި ޝިއުނާ ގުޅުނީ މީގެ ފަސް އަހަރު ކުރިންނެވެ. ޖަވާދީ ހަޔާތެއް ފެށީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. އާނއެކެވެ. ޝިއުނާ އަކީ ޖަވާހިރެކެވެ. ކުރާ ކޮންމެކަމެއް ވެސް ކުރަނީ އަހަންނާއި މަޝްވަރާކުރުމަށްފަހުގައެވެ. އެހާމެ ގެވެހިއެވެ. އެކަހަލަ ޖަވާހިރެއް މިޒަމާނުގައި ލިބޭނީ އަތްފުނާ އަޅައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

ކައިވެންޏަށް ދެއަހަރު ވިތަނާ އަނބިމީހާ ބަލިވާންފެށިއެވެ. އާދަޔާ ހިލާފަށް ކެއްސުމާއި، ކެއްސާއިރު ލޭއައުން އާއްމު ކަމަކަށްވެއްޖެވެ. ރަށުގެ ހަސްފަތާލަށް ދައްކައިގެން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.އެހެންކަމުން އަހަރެން އަނބިމީހާ ގޮވައިގެން ދިޔައީ މާލެވެ. އެންމެ ލޯބިވާ މީހާ އެހާލުގައި އުޅޭތަން ދެކެން ކެތްވާނީ ކިހިނަކުން ހެއްޔެވެ. މާލެއަށް ދެވުމާއެކީ އަހަރެން ނިއްމީ އަވަހަށް ޑޮކުޓަރަށް ދައްކާށެވެ. ޑޮކުޓަރުގެ މޫނު ފެނުމާއެކީ ހިތް ތެޅިގަތެވެ. ކަމެއް ގޯސްވެއްޖެކަން ޔަގީންވިއެވެ. ޑޮކުޓަރު ބުނިގޮތުގައި ޝިއުނާގެ ހާލު ވަރަށް ނާޒުކެވެ. ދެވުނު އެންމެ އަވަހަކަށް ބޭރަށް ފުރުމަށް ޑޮކުޓަރު ލަފާދިނެވެ.

ބޭރަށް ދެވިއްޖެވެ. އަނބިމީހާގެ ހާލު ވަރަށް ސީރިއަސެވެ. ދުވަހުން ދުވަހަށް ދަނީ އަނބިމީހާގެ ހާލު ދެރަވަމުންނެވެ.އަނބިމީހާ އަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުވާކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ކެއްސާލާއިރު އެއަންނަ ލޭތައް ފެނި ލޯމަރާލެވެ. އަނބިމީހާގެ އިތުރު ޓެސްޓު ތަކެއްހެދިއްޖެވެ. ޓެސްޓުތަކުގެ އިންތިޒާރުގައި ހުރި ކުއްލި ސިހުމެއް އައީ ފޯނު ރިންގުވާ އަޑަށެވެ.ހަސްފަތާލުން އަހަންނަށް އައި ކޯލުވެގެން ދިޔައީ އަހަރެންގެ ހިތަށް އެއްފަހަރާ އެތައް ކައްޓެއް ހެރުނު ކޯލަކަށެވެ. ގިސްލަ ގިސްލާފައި ރޯން ފެށުނީރު އަތުން ފާރުގައި ޖެހުނީ ވީ ދެރައެއްގެ ސަބަބުންނެވެ. އޭރު އަހަންނާއި ގާތުގައި ހުރި ނަފީސާ ހުރީ ކަންބޮޑުވެ ހާސްވެފައެވެ. ނަފީސާ އަކީ އަހަރެން އުޅޭގޭ ވެރިފަރާތެވެ. ވަރަށް ހިންހެޔޮ މީހެކެވެ.

ނަފީސާ އަށް ވީގޮތް ކިޔައިދިނީރު އަހަންނަށް ހަމަ ރޮވެނީއެވެ. އަނބިިމީހާ ވަނީ ކެންސަރު ބަލީގެ އެންމެ ފަހު ސްޓޭޖުގައޭ ބުނުމުން ކެތްވާނީ ކާކަށް ހެއްޔެވެ. އެއީ އަހަރެންގެ މުޅި ދުނިޔެއެވެ. އަބަދުވެސް އެންމެ ގާތުގައިވާ ފަރާތެވެ. އެ ހިނިތުންވުމެވެ. ރޮއެ ރޮއެ އަހަރެންގެ ދޮން މޫނު ވަނީ ރަތްވެފައެވެ. ދެލޯ ވަނީ ކަރުނުންތެމި، ރަތްކުލަ ޖެހެން ފަށާފައެވެ.ގާތުގައި ހުރި ނަފީސާ ވެސް އަހަންނަށް އެކި ގޮތްގޮތުން ހިތްވަރު ދިނެވެ.

ކީމޯތެރަޕީގެ ސަބަބުން އަނބިމީހާގެ ކަޅުކަންގަދަ އިސްތަށިގަނޑު ގޮއްސިއެވެ. ބޮލުގައި އެންމެ އިސްތަށި ކޮޅެއް ނުވާ އަނބިމީހާ އެދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. އަބަދު އޮންނަން ޖެހެނީ އެނދުގައެވެ. ހިނގާލާނެ ބާރެއް އެފަކީރުގަޔަކު ނުހުރެވެ. އަނބިމީހާ ނިދުމުން ހިއްފަހައްޓައިގެން ހުންނަ ކަރުނަތަށް ބޭރުކޮށްލެވެ. އަނބިމީހާ ކުރިމަތީ ދެރަވެފައިވާ މަންޒަރެއް ނުދައްކަމެވެ. ނަމަވެސް އަހަރެން އަނބިމީހާ ކައިރިއަށް ވަންނަ ކޮންމެފަހަރަކު ހިނިތުންވެލައެ. އެއިން ކޮންމެފަހަރަކު އަހަންނަށް  އަންގައިން ބުނަން ދަތިވެއެވެ. ހާދަހާ ހިތްވަރުގަދައެވެ. އެހާވޭން އަޅާއިރު އަހަންނަށް އެވާތަދު ފޮރުވަން މަސައްކަތް ކުރާ މަންޒަރު އަހަންނަށް ފެނެއެވެ

ދުވަސްތަށް ހަފުތާތަކަށް ބަދަލުވެގެން ދިޔައެވެ.އަނބިމީހާ އަހަންނަށް އިޝާރާކޮށް ކޮޓަރިއަށް އައުމަށް އެދުނެވެ. އެވަގުތު އޭނާ ފެށީ އަހަރެން ހީވެސް ނުކުރާހާވާހަކަތަކެވެ. އޭނާ ނެތް ދުނިޔޭގައި އަހަރުމެންގެ ދެދަރިންނަށް މަންމައެއްގެ ލޯބި ދިނުމަށް އެދުނެވެ. އެއާއެކު އަނބިމީހާ މި ދުނިޔެއާ އަލްވަދާއު ކިޔާފިއެވެ. އަހަންނަށް އަޅޭ ލަވައިގަނެވުނެވެ. ލޯބިވާއެވެ. އަހަރެން އެކަނިކޮށް ނުލާށެވެ.ތިފަދަ ހިތްވަރުގަދަ އިންސާނެއް އަހަރެން ނުދެކެމެވެ. ލިބެމުންދިޔަ ވޭނަށް ވުރެން އަނބިމީހާ އަށް މުހިންމުވީ އަހަރެން އުފަލުގައި ބަހައްޓާށެވެ. އެއީ އަހަރެންގެ މުޅި ހަޔާތުގައި ވެސް އެންމެ ލޯބިވިފަރާތެވެ. އަހަރެންގެ މުޅު ދުނިޔެއެވެ

ދަރިންގެ ހައްގުގައި ރަށަށް އައީ ގައިގައި ނެތް ހިއްވަރުންނެވެ. ލޯބިވާ އަނބިމީހާއަށްޓަކައެވެ. އަނބިމީހާގެ މަރަށް ސާޅީސް ވިތަނާ އަހަރެންްް އިތުރު ކައިވެންޏެއް ކުރީ ހިތާ ދެކޮޅަށެވެ. އެއާއެކު އަހަންނަށް އަމާޒުވީ މިީހުންގެ ފާޑުކިޔުންތަކާއެވެ. މުޖުތަމައު ކޮންމެ ގޮތަކަށް ދެކުނު ކަމުގައިވިޔަސް ފަރުވާލެއްނެތެވެ. އަހަރެން އަނބިމީހާ އަށް ބޭވަފާތެރިއެއް ނުވަމެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުމެވެ. އަހަރެންގެ ފުރާނައެވެ. އަހަރެން ހަމައެކަނި ލޯބިވާނީ އެ އަނބިމީހާ ދެކެއެވެ. އަހަރެން އިތުރު ކައިވެންޏެއް ކުރި ނަމަވެސް އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ. ނިޔާވަމުން އަނބިމީހާ ކުރި ވަސީޔަތް އަހަރެން އަބަދުވެސް ހަނދާންކުރާނަމެވެ. ”އަހަރެން ނެތް ދުނިޔެއެއްގައި ވެސް ދަރިންނަށް މަންމައެގެ ލޯބިދޭތި  އަދި ނަފީސާއާ ކައިވެނި ކުރާރި!”

Share Article

Follow Me Written By

Hudhuna

Level 1

Other Articles

Previous

ގާތުގާ… 33

Next

ލޯބި-20

Next
June 30, 2026

ލޯބި-20

Previews
June 30, 2026

ގާތުގާ… 33



All Right Reserved!