Skip to content
އެސްފިޔަ

މި ލޯތްބާއި ތި ވަޢުދު: ޕާޓް 2 (ބްލާރބް)

ވަޢުދަކުން އާލާވި ލޯބީގެ އަސްލަކީ ކޮބާ ހެއްޔެވެ؟
އެ ލޯބީގެ އަސްލަކީ ހަޤީޤީ ލޯބި ނަމަ، އެ ލޯބި ފަނޑުނުވެ ދާނީ ކީހިނަކުން ހެއްޔެވެ؟

ވަކިވީ މަޖުބޫރުންނެވެ.
ގެއްލިގެން ދިޔައީ ފުއްދަން ހުވާކުރި ވަޢުދެވެ.
ނިމުމެއް އައި އެ ލޯތްބަށެވެ.

އެ ލޯތްބަށް ނިމުމެއް އައިކަން ޔަޤީންހެއްޔެވެ؟

***

ރެޒިޓެންސީ ނިންމުމަށްފަހު ރޫޔާއަށް މާލެ އަންނަން މަޖުބޫރުކުރުވީ ބައްޕަގެ ބަލީގެ ސަބަބުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ހޮސްޕިޓަލެއްގައި ވަޒީފާ ލިބުމާއެކު އެ ފުރުސަތުގެ ބޭނުން ހިފައި އޭނާ މާލޭގައި ދިރިއުޅުން އާރާސްތު ކުރަން ނިންމީ، އެއް އިރެއްގައި ފަސްއެޅިފައިވާ މާޒީގެ ހިޔަނިތައް ފެންނާނެ ކަމަށް ހީކޮށްގެންނެއް ނޫނެވެ.
ތަޤްދީރުގެ ނިޔާ ރޭވިފައި އޮތީ އެހެން ގޮތަކަށެވެ

އެ ނަމެއް ހިތުގައި ވަޅުލައިގެން އުޅެމުން ދިޔަ ރަޒާން، ބައްޕަގެ ވަސިއްޔަތު ފުރިހަމަ ކުރުމަށް، ދޫކޮށްލެވުނު ލޯބީގެ ހަނދާނުގައި ދުވަސްތައް ގުނަމުން ދަނިކޮށް، މާޒީގެ އަލިކަމެއް ހަޔާތަށް އެޅެން އުޅޭ ކަމުގެ އިހުސާސް ކުރެވުނެވެ. އެ ސޫރައެއްގެ ޚިޔާލުން މިންޖުނުވެ ހޭދަވި ދުވަސްތަކަށް ނިމުމެއް އަންނަން އުޅޭކަން ޔަޤީންވިއެވެ.
އޭނާއަށް އެ ލޯބި އެއް ފަހަރު ދޫކޮށްލެވުނެވެ.
އެހެނަސް ދެވަނަ ފަހަރު އެ ލޯބި ދޫކޮށްލާކަށް އޭނާ ނެތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Aami

    MIVaahaka varhreethi

    1. Thea reminisces
      Aami

      Thank youuu 🫶

  2. Anonymous

    Alhey interview upload kuraanee kn irakun??
    Next part vx??
    Mee vrh shauqu veri kamaaieku kiyaa vhk ehh…
    Curiously waiting….

    1. Thea reminisces
      Anonymous

      Thank youu the support 🫶💕
      Next part Friday or Saturday

Comments are closed.