Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް.. 08 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
April 18, 2016 10 Mins Read
19 Comments

އަހަރެން ބުނެފިނަމަ އައިރްއަށް ވިސްނައިގެން އުޅެން ފަސޭހަވާނެއެވެ. “އާސީން..” އައިރް ގޮވާލިއެވެ. އަހަރެން ސިހިފައި އައިރްއާއި ދިމާލަށް ބަލާލީމެވެ.

“ލުކް.. އަހަރެން މިހާރު ފުލުހެއް ގޮތަށް މަސައްކަތް ކުރާ ވަރަށް ދުވަސް ވެއްޖެ.. އޭގެ ކުރިން އަހަރެން ކިޔަވަން ހުރީ ރާއްޖެއިން ބޭރުގައި.. އެހެންވީމަ އަހަރެންނަށް ވަނީ ވަރަށް ގިނަ ތަންތަން މިދުނިޔެމަތިން ފެނިފައި.. އަހަރެން ބުނަން މިއުޅެނީ އާސީންއަކަށް އަހަރެން ގަބޫލު ނުކުރާނެ ވާހަކައެއް ނުބުނެވޭނެއޭ” އައިރް އަހަރެންގެ ކުރިމަތީގައި އެއްކަކޫ ޖައްސައިގެން އިށީދެލިއެވެ. އަހަރެން ވިސްނާލީމެވެ. މިވާހަކަ އައިރް ކައިރީގައި ބުނެފިނަމަ އައިރްއަށްވެސް އަހަރެންނަށް ފަސޭހަކޮށްދެވިދާނެއެވެ. “އަހަރެން.. ” އަހަރެން ހާސްވާން ފެށިއެވެ. މީހާ ދާހިއްލާ ތުރުތުރު އަޅަން ފެށިއެވެ. “އާސީން” އައިރް ކުޑަކޮށް އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. “އައިރްއަށް ތިހީވީ ރަނގަޅަށް.. އަޅުގަނޑަށް އެތަނުން މީހަކު ފެނިގެން އެގަޑީގައި ބަލާލީ” އަހަރެން ދެލޯ މަރާލަމުން ހިތްވަރުކޮށްފައި ބުނީމެވެ. “އަހަރެންނަށް ހީވިއޭ” އަހަރެން ބަލާލީ އައިރް އެހެން ބުނެލި އަޑަށެވެ. އައިރް ހުރީ އޭރު ކޮޅަށް ތެދުވެއެވެ. “ޕްލީޒް.. އެއީ އަޅުގަނޑުގެ މައްސަލައެއް ނޫން.. ނާސިރު ގެންގުޅޭ ޖިންނި.ބަންޝީލް ކިޔާ… އަޅުގަނޑަށް ފެނުނީ.. އޭނަ ބުނީ އަޅުގަނޑަކީ އޭނަގެ މިލްކެކޭ.. އެއްވެސް މީހަކު އަޅުގަނޑުގެ ގައިގައި އަތްލިޔަކަ ނުދޭނަމޭ.. އޭނަ އައިރްއަށް ކަމެއް ކޮށްފާނެ.. އޭނައަށް އެނގޭ އައިރްއަކީ އަޅުގަނޑަށް ކިހާ މުހިއްމު” އެހާ ހިސާބަށް ބުނެފައި އަހަރެންނަށް ބުނެވެން އުޅުނީ ކީކޭކަން ވިސްނިގެން އަހަރެން ހުއްޓުނީމެވެ. “ކިހާ މުހިއްމު.. މީހެއްކަންތަ” އައިރް އަނެއްކާވެސް އެއްފައި މައްޗަށް ވާގޮތަށް އަހަރެންގެ ކުރިމަތީގައި އިށީދެލިއެވެ. އޭރު އެމޫނުމަތީގައިވަނީ އަހަރެންގެ ހިތައް އެންމެ ތެދުވާ ހިނިތުންވުމެވެ. އެންމެ ފުރިހަމަ ހިނިތުންވުމެވެ.

އަހަރެން ލަދުގަތެވެ. މީހާގެ މޫނު ރަތްވެގެން ދިޔަކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. “އަހަރެން ހުއްޓާ ޖިންނިއެއް ކީއްކުރަން.. އިންސިއަކަށްވެސް އާސީންއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ” އައިރް އެއްލޯ މަރާލަމުން އެހެން ބުނެލިއެވެ. އެވަގުތު އަހަރެންގެ ހިތައް ފިނިވެގެން ދިޔައެވެ. ހިތައް ހިންހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަހަރެން ބަންޝީލްގެ ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ނާސިރުގެ އަހަރެންނަށް އެނގޭ ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. “އެހެންވީމަ.. ނާސިރުގެ އަސްލު މައްސަލައަކީ މަރްޔަމް ނަޝްފާތާ.. ތި ހުރިހާ ކަމެއްވެސް ގުޅިފަވަނީ އޭނައާ” އައިރް ބުނެލިއެވެ. “އެއީ ނާސިރުގެ ދަރި.. އެކުެއްޖާ ވަނީ މަރުވެފައި.، އަޅުގަނޑަކަށް އެހާ ބައިވަރު މައުލޫމާތެއް އަދި ނެތް އެކުއްޖާގެ ލިބިފައެއް.. މިއަދު އައިރްގެ އަތައް ދިނީމެއްނުންތޯ ފޮޓޯއެއް.. އެއީ އޭނަ” އަހަރެން ބުނެލީމެވެ. “ހޫމް.. އަހަރެން މިއަދު ކޮންމެވެސް ވަރަކަށް ތި ކުއްޖާގެ ކޭސް ފެނޭތޯ ބަލާލިން.. އަދިވެސް ބަލާނަން” އައިރް އަހަރެން ކައިރީގައި ސޯފާގައި އިށީދެލިއެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަހަރެން ފިނިވެގެން ދިޔައެވެ. “އެންމެންނަށްވެސް އެނގޭނެ އާސީންއަށް އަހަރެން މުހިއްމުކަން.. އަހަރެން ފެނުމުން އާސީންއަށް ވާގޮތުން” އައިރް ބުނެލިއެވެ. އަހަރެން ލަދުގަތެވެ. ވަރަށް ބޮޑަށެވެ. “ތިހާ ލަދުރަކި.. ލަދުރަކިކަން އެއީ އަހަރެންނަށް އާސީންގެ އެންމެ ކަމުދާ ސިފަ” އައިރް ބުނެލިއެވެ. އެވަގުތު މީހަކު ކަރުކެހިލި އަޑު އިވުނެވެ.

އަހަރެންނަށް ވަގުތުން އައިރްއާއި ދުރަށް ޖެހިލަމުން އެދިމާލަށް ބަލާލީމެވެ. އެވަގުތު ނުލަފާ ހިއްޏެއް އައިސްފައިވާ ދޮންބެ އަހަރެންނަށް ފެނިގެން ދިޔައެވެ. “ސޮރީ.. އަހަރެން” “އިޓްސް އޯކޭ.. އަހަރެން އައި ބޭނުން ވެއްޖެ.. ދާން މިދަނީ” އަހަރެންނާއި ދިމާލަށް ބަލާލަމުން އައިރް އަނެއްކާވެސް ދޮންބެއާއި ދިމާލަށް ބަލާލިއެވެ. “އެހެންތަ.. އެހެންވީމަ ރަނގަޅު ގަޑިއަކުތާ މިއާދެވުނީ.. އަހަރެންނަށް ހީވާ ގޮތުން ކޮއްކޮ އައިރްއަށް ހުރިހާ އެއްޗެއް ކިޔައިދީފި ދޯ” ދޮންބެ އަހާލިއެވެ. އައިރް ކޮންއެއްޗެއްހޭ އަހާލާ ގޮތައް ބަލާލިއެވެ. “އާ.. ކިޔައިދީފިން” އަހަރެން ބުނެލީމެވެ. “ގުޑް.. އެހެންވީމަ މިވެސް ގެންދޭ.. މިއީ އައިރްއަށްވެސް މުހިއްމުވާނެ އެއްޗެއް” ކުޑަ ކަރުދާސްކޮޅެއް އައިރްއަތަށް ދެމުން ދޮންބެ ބުނެލިއެވެ. އައިރް ހިނިތުންވެލަމުން އޭގައި ހިފިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލަމުން ދަނީއޭ މަޑުމަޑުން ބުނެލިއެވެ. އައިރް އާއި އެކު ދޮންބެ ގޭ ދޮރާއި ހަމައަށް ދިޔައެވެ. އައިރް ދިއުމުން ދޮރު ލެއްޕުމަށްފަހު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދޮންބެއަށްވެސް ފެންނަނީ އައިރް ވަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގައި.. އެކަމަކު ފުރަތަމަ މަންމައާއި ބައްޕަ ކައިރީގައި އަހާލައްޗޭ” ދޮންބެ އެހެން ބުނެލަމުން ގޮސް ކޮޓަރިއަަށް ވަނެވެ. އަހަރެންނަށް ހިތުގައި އަތް އަޅައިގެން ހުރެ ސޯފާ މައްޗަށް ވެއްޓިގަނެވުނެވެ. މިހާ އުފާވި ދުވަހެއް އަހަރެންގެ ހަޔާތުގައިވެސް ނާދެއެވެ.  އަހަރެން ކޮޓަރިއަށް ވަނީމެވެ. ދިޔަގޮތަށް ބާލީހެއް ނެގީމެވެ. އަދި އެއްއަތުން އޭގެ އެއްކަނުގައި އަނެއް އަތުން އަނެއް ކަނުގައި ހިފަހައްޓައިގެން ހުރެ ނަށަން ފެށީމެވެ. ރާގެއް އަޅުވައިގެން ހުރެއެވެ. އެވަގުތު ކުއްލިއަކަށް ކުޑަދޮރުން ބޭރުގައި ދިއްލިފައި ހުރި ރަތްކުލައިގެ ދެލޯ އަހަރެންނަށް ފެނުނެވެ. ވަގުތުން އަހަރެންނަށް ހުއްޓުން އެރިއެވެ. އެދެލޯ އިރުކޮޅަކު ހުރުމަށްފަހު ގެއްލުނެވެ. އަހަރެންގެ ހާސްވެގެން ދިޔައެވެ.

އެރޭގައި އިތުރަށް އަހަރެންނަކަށް އުދަގުލެއް ނުވެއެވެ. ނަމަވެސް ނިދިލާއިރަށް އަހަރެންނަށް އެދެލޯ އަހަރެންނަށް ފެންނަމުން ދިޔައެވެ. އަހަރެންނަށް ހެދުނު ހޭލެވުނުއިރު އައިރްގެ ލޯބި މެސެޖްއެއް ލިބިފައި އިނެވެ. އަހަރެންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެރޭގައި ދިމާވި ކަންތައް ހަނދާންނެތިގެން ދިޔަ ކަހަލައެވެ. ރީތިވެލައިގެން އަވަހަށް ސައިބޯން ނިކުން އިރު އެންމެން ތިބީ ސައިބޯށެވެ. ނަމަވެސް ބައްޕައެއް ނެތެވެ. “ހޫމް ހޫމް.. ލަވް އިން ދަ އެއާ” އަހަރެން ފެނުމާއި ކޮއްކޮ ފެށިއެވެ. އަހަރެން ލަދުގަތެވެ. ރޭގައި ފެނުނީ ކޮއްކޮއަށް ހެއްޔެވެ. ދޮންބެގެ މޫނުމަތިގައިވެސް ވަނީ ހިނިތުންވުމެކެވެ. މަންމަވެސް ހިނިތުންވެލިއެވެ. “މަންމާ.. އެގޭތަ.. ރޭގައި އަޅުގަނޑަށް ފެނުނު ލަވް ސްޓޯރީގެ އާ މަންޒަރެއް” ކޮއްކޮ ބުނެލިއެވެ. “ސާބަހޭ..” އަހަރެން ކޮއްކޮގެ ބޮލުގައި ޖަހާލީމެވެ. “އެބުނާހެން… ކޮއްކޮ ދެން ތީ ކޮންކަމެއް.. ދޮންތައާއި ދިމާކުރާކަށް..” ދޮންބެ ބުނެލިއެވެ. “އެކަމަކު މަންމާ ބުނަން.. އައިރް އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އަހަރެން ރުހި ގަބޫލު” ދޮންބެ ތެދުވަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ހީލިއެވެ. އަހަރެން ދެލޯ އަޅާލީމެވެ. ކޮއްކޮ ހޭންފެށިއެވެ. “ދެން ސަކަރާތްނުޖަހާ.. އަވަހަށް ދޭ ފިލާވަޅު ހަދަން..” ކޮއްކޮ ހޭން ފެށުމުން މަންމަ ބުނެލިއެވެ. ކޮއްކޮ ހެމުން ބޭރަށް ނިކުތެވެ. އަހަރެންވެސް ސައިބޮއިގެން އަވަހަށް ދޮންބެއާއި އެކު އޮފީހަށް ދިއުމަށް ނިކުތީމެވެ.

އޮފީހަށް ގޮސް ގޮޑީގައި އިށީދެލީމެވެ. އެވަގުތު ރޭގައި ޖައިޝްއާއި އަހަރެންނާއި ދެމީހުންގެ ދެމެދުގައި ހިގި ހުރިހާ ކަމެއް ކުއްލިއަކަށް ސިފަވެގެން ދިޔައެވެ. އަނެއްކާ ޖައިޝް މިއަދު ބުނާނީ ކީކޭ ހެއްޔެވެ. ޖައިޝް އަހަރެންނާއި ވާހަކަ ދައްކާނެ ހެއްޔެވެ. ނޫނީ ޖައިޝް އަހަރެންނާއި ވާހަކަ ނުދައްކާ އަހަރެން ދެއްކި ހުރިހާ ވާހަކައެއް ބޭޒާރު ކޮށްލާނީ ހެއްޔެވެ. އަހަރެން އެހެން އިރުކޮޅަކު އިނީމެވެ. އެވަގުތު ކުއްލިއަކަށް އަދްލީ އަހަރެންގެ ސިކުނޑިއަށް އައެވެ. އޭނަ ކޮބާ ހެއްޔެވެ. ސައިކަލަށް އަރައި އަވަހަށް އެގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ. އަދްލީ އުޅޭ ގެ ކައިރިއަށް ސައިކަލް މަޑުކޮށްލުމަށްފަހު އަވަސްކަމާއި އެކު އޭނައުޅޭ ކޮޓަރިއާއި ހިސާބަށް ދިޔައީމެވެ. ބެލް ޖަހާލީމެވެ. ދޮރުގައި ޓަކިޖަހާލީމެވެ. އަދި އަތުން ދޮރުގައި ތަޅައިގަތީމެވެ. “އަދްލީ.. ކޮބާތަ” އަހަރެން ހާސްވެފައި ހުރުމުން ދޮރުގައި ތަޅައިގަނެވުނީ ވަރަށް ބާރަށެވެ. “އާސީން މިޔަވީތަ” ދޮރުން ބޯ ދިއްކޮށްލަމުން އަދްލީގެ ބުނެލިއެވެ.

އަދްލީ އެވަރަށް ދޮރު ހުޅުވައިގެން ހުއްޓާ ކުއްލިއަކަށް ކޮއްޕާލަމުން އަހަރެން އެތެރެއަށް ދެމިގަތީމެވެ. “ހެޔޮނުވާނެ.. ރޭގައި އަހަރެން ގުޅި ވަރެއް ނުފެނޭތަ.. އެވަރަށް ކުރި މެސެޖްތަކެއްވެސް ނުފެނޭތަ” އެތެރެއަށް ވަތްގޮތަށް އަހަރެން ބުނެލީމެވެ. އަދްލީ ހުރީ ހަމައެކަނި ހަރަވާޅެއް ކަހަލަ އެއްޗެކެވެ. އިސްތށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލެވިފައެވެ. އަހަރެން އެތަނަށް ބަލާލީމެވެ. އެވަގުތު އަހަރެންނަށް ބޯ ހޫރާލެވުނެވެ. އެތަނެކޭ ކުޑަވަރެއްގެ ކުނި ގޮޑެކޭ އެއްވަރެވެ. އެތަނުގައި ނެތް އެއްޗެއް ނެތެވެ. އަދްލީ އާއްމުކޮށް ކާން ގެންގުޅޭ ޖަންކް ފުޑްގެ ހުރިހާ ޕެކެޓް ތަކެއް ހުރީ އެތަނުގައެވެ. އަހަރެން އަދްލީއަށް ބަލާލީމެވެ. “މިއީ” އެތަން ދައްކާލާ ގޮތަށް އަހަރެން އަހާލީމެވެ. “އަހަރެން ބުނެގެންތަ މިތަނަށް ތި ވަނީ..” ހިތްހަމަނުޖެހިފައި އެހެން ބުނެލަމުން އަދްލީ އެތެރެއަށް ވަންނަން ހިގައިގަތެވެ. “އެކަމަކު އަދްލީ.. މިތަން.. އަހަރެން ރީތި ކޮށްލަފާނަން.. ގެނޭ މިތަން ސާފުކޮށްލާނެ އެއްޗެއް” އަހަރެން އަދްލީ ފަހަތުން ދިޔައީމެވެ. އަދްލީ ގޮސް އިށީނީ އެތަނުގެ މެދުގައި އިން ގޮޑިއެއްގައެވެ. އޭނަގެ ކުރި މަތީގައި ތިން ހަތަރު ސްކްރީން ބެހެއްޓިފައި ހުއްޓެވެ. އަދި އޭނަ ކައިރީގައި އެއް ކީބޯޑް ބެހެއްޓިގައި ހުއްޓެވެ. އޭރުވެސް އެތަނުގައި ހޫނު އަރައަރާ ހުރި ކޮފީ ތައްޓެއް ހުއްޓެވެ. އަހަރެން ދިއުމުގެ ކުރިން އަދްލީ ހުޅުވައިގެން އިން އެއްޗެއް ކްލޯޒް ކޮށްލިއެވެ.

“އަދްލީ.. ޕްލީޒް.. ތިހެން ނޫޅެބަލަ.. ހިގާބަލަ ބޭރަށް ހިގާލަން” އަދްލީ އެހެން މީހުންނާއި ވަކިން އުޅޭކަށް އަހަރެން ބޭނުމެއް ނޫނެކެވެ. “އަހަރެން ނުބުނަން ދޯ އާސީން ކައިރީގައި އަހަރެން އުޅޭގޮތަށް ފާޑު ކިޔާށެކޭ” އަދްލީ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. “ކީއްކުރަންތަ.. ރޭގައި އެވަރަށް ގުޅީ” އަދްލީ އަހާލިއެވެ. “ހޯހް.. ތެންކް ގޯޑް.. އެޓް ލީސް އަހަރެން ގުޅިކަން އެގިއްޖެތާ ދޯ” އަހަރެން ބުނެލީމެވެ. “ބޮޑު ކަމަކު.. އަސްލު މިވާގޮތަކީ ނާސިރުގެ ކޭސް” “އަހަރެންނަށް ހެޔޮ ނުކިޔާ ދިނަސް.. އަހަރެން ބޭނުމެއް ނޫން.. އޭނަގެ ކޭސްގެ އެއްވެސް މައުލޫމާތެއް ހޯދާކަށް.. އަދި އެނގޭކަންވެސް.. އަސްލުވެސް މި ބުނަނީ” އަދްލީ އޭނަގެ ބޮޑު ކޮންޕިއުޓަރ އާއި ދިމާލަށް އެބުރުނެވެ. “ލުކް.. އަސްލު ވާ ގޮތަކީ..” “އަހަރެން ބުނެފީމެއްނުން.. އާސީން.. އަހަރެން ނާސިރުގެ ކޭސްގައި އެހީވީ ތިއީ އަހަރެންގެ އެކުވެރިއެއް ވީމަ.. އެކަމަކު ދެން އޭނަގެ ކޭސްގައި އަހަރެންނަށް އެހީއެއް ނުވެވޭނެ.. އަހަރެން ބުނެލަން ބޭނުންވަނީ އާސީންއަށްވެސް.. ދިރިހުންނަން ބޭނުންނަމަ ތި ކޭސް ދޫކޮށްލާށޭ” އަދްލީ އެހެން އިދެ ބުނެލިއެވެ. “ކީކޭ ތިބުނީ” އަހަރެން ހާސްކަމާއި އެކު އަދްލީއާއި ކައިރިވެލީމެވެ. “ބުނަން އާސީން.. އިންސާނުންނަކީ ދޮގު ހަދާބައެއް.. އެކަމަކު މި ކޮންޕިއުޓަރ އެއްޗެއްސަކީ ދޮގު ހަދާ އެއްޗެއްސެއް ނޫން.. އެހެންވެ މި ބުނަނީ” އަދްލީ އަހަރެންނާއި ދިމާލަށް އެބުރެނެވެ. “އަދްލީ އެކަމަކު.. ކީކޭތަ ތިކިޔަނީ.. އަހަރެން މިއައީވެސް އަސްލު އަދި އެއްފަހަރު މަރްޔަމް ނަޝްފާގެ މައުލޫމާތު އިތުރަށް ހޯދައިދޭށޭ ބުނަން” އަހަރެން ބުނެލީމެވެ.

“ބުނަން އާސީން.. އާސީން ތިއީ މިހާރު އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ.. އެހެންވީމަ މިބުނަނީ… އަހަރެންނަށް ކަމެއް ކޮށްދެއްޔާ.. މި އެކުވެރިޔާއަށް ކަމެއް ކޮށްދެންޏާމު.. ތި ނާސިރު.. އަދި ނަޝްފާގެ ނަން ހަނދާން ނައްތާލާ” އަދްލީ ބުނެލިއެވެ. އަހަރެން ހައިރާން ވިއެވެ. އަދްލީ އެހެން އެވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ. “އެކަމަކު އަދްލީ.. ނާސިރު އަހަރެންގެ ކައިރީގައި ބުނެފަ އޮތީ އޭނާގެ ދަރިފުޅަށް އިންސާފް ހޯދާދޭށޭ.. އަހަރެން ބޭނުން ކޮންމެހެނެއް ހަދާފަވެސް އަހަރެންނަށް އެހީވެވޭ ގޮތެއް އޮވެއްޖެނަމަ.. އެހީވާން.. އަހަރެން އަދްލީ ކައިރިއަށް މިއައީވެސް އަދްލީ އަހަރެންނަށް އެހީވާނެ ކަމަށް ހީކޮށް..” އަހަރެން ބުނެލީމެވެ. “އެނގޭތަ.. އަހަރެން އާސީން އެކުވެރިއެއް ގޮތަށް ބަލަން ފެށީ ތިހެން ވެގެން… އަބަދުވެސް އަމިއްލަ މީހާގެ ބޭނުންތައް ދޫކޮށްފައި އެހެން މީހުންގެ ބޭނުން ތަކަށް އިސްކަން ދޭތީ..” އަދްލީ ތެދުވިއެވެ. “ކޮން ކަހަލަ މައުލޫމާތެއް ބޭނުންވަނީ” އަދްލީ ހިނިތުންވެލިއެވެ. އަހަރެން ބޭނުންވާ މައުލޫމާތު ދިނީމެވެ. އަދި އޭނައަށް ނޭނގި އެގޭ ތެރޭގައި ހުދުކުލައިގެ ކަރުދާސްކޮޅެއް ބޭއްވީމެވެ. އަދްލީއަށް ނޭނގިއެވެ. އަހަރެން އެހެން ހެދީ އޭނާގެ ރައްކަލަކަށެވެ.

އަހަރެން ސައިކަލަށް އެރި އިރު އަދްލީ ހުރީ ބަލާށެވެ. އަދްލީއަކީ މީގެ ކުރިން އެގޮތަށް ވާހަކަ ދެއްކި މީހެއް ނޫނެކެވެ. އަދްލީ ވާހަކަ ދެއްކި ގޮތުން އަހަރެންނަށް ކޮންމެވެސް ނުބައެއް އުޅޭކަމަށް އަހަރެންގެ ހަވަނަ ހިއްސު ބުނެލިއެވެ. އަހަރެން އަދްލީއަށް ބަލާލަމުން ހިނިތުންވެލީމެވެ. އަދްލީ އަހަރެންނާއި ދިމާލަށް އަތުން ހަނާ އަޅާލިއެވެ. އަހަރެން ސައިކަލް ދުއްވާލީމެވެ. އޭނައަކީ މީގެ ކުރިން އެހާ އަމާންކޮށް ވާހަކަ ދައްކާފައިވާ މީހެއް ނޫނެކެވެ. މިއަދު އޭނަގެ ބިހޭވިއަރވެސް ފެންނަނީ އެހެން ދުވަސްތަކާއި މުޅިން ތަފާތުކޮށެވެ. އެހެން ދުވަސް ތަކުގައި އަހަރެން އެގޮތަށް އޭނަގެ ހުއްދަ ނުހޯދާ އެގެއަށް ވަދެއްޖެނަމަ ރުޅި އައިސް ރަތްވާނެއެވެ. އެކަމަކު މިއަދު ތަފާތެވެ. ރުޅި އައި ނަމަވެސް އޭނަ ތަފާތެވެ. ކޮންމެވެސް ކަމެއް އޭނަ އެބަ ފޮރުވައެވެ. އަނެއްކާ ކޮންކަމެއް އޭނައަށް އެނގެނީ ބާއެވެ. އަހަރެން ކައިރީގައި މި ކޭސްއާއި ދުރައްދާން އެބުނީ ކީއްވެބާއެވެ. ބަންޝީލްގެ އިތުރަށްވެސް މި ކޭސްގައި އިތުރު ނުބައެއް އުޅެނީ ހެއްޔެވެ. އަހަރެން ދިޔަ ގޮތަށް އޮފީހަށް ވަނީމެވެ. މޭޒު ދޮށުގައި އަހަރެން އިށީދެލީމެވެ. އަތުން ބޮލުގައި ހިފަހައްޓާލީމެވެ. ނަޝްފާއާއި މި ކޭސް އެހާ ބޮޑަށް ގުޅެންވީ ކީއްވެ ހެއްޔެވެ. ނަޝްފާ ކޮބާ ހެއްޔެވެ. ނާސިރުއަށް އޭނަގެ ފޮޓޯ ދެއްކުމުން އެހާ ދެރަވާންވީ ކީއްވެ ހެއްޔެވެ. ބަންޝީލް ރުޅި ގަދަވީ ކީއްވެ ހެއްޔެވެ. “އާސީން.. ޖައިޝް ހޯދި.. ބުނި އާސީން އައީމަ ތިމަންނަ ކެބިންއަށް އައުމަށް ބުނާށޯ” އޮފީސް ތެރެއިން ކުއްޖަކު އަހަރެންގެ ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ. އަހަރެން އެކެބިން އާއި ދިމާލަށް ބަލާލިމެވެ. ދޮރު ހުރީ ޖަހާފައެވެ. އަހަރެން ތެދުވެ މަޑުމަޑުން ހިގައިގަތީމެވެ.

ދޮރުހުޅުވާލާފައި ބަލާލިއިރު ޖައިޝް ހުރީ ދޮރަށް ފުރަގަސްދީގެންނެވެ. އަހަރެން ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވަނީމެވެ. “ޖައިޝް” އަހަރެން ޖައިޝްއަށް ގޮވާލީމެވެ. “ދޮރުޖަހާ” ޖައިޝް އެހުރިގޮތަށް ހުރެ ޖަވާބު ދިނެވެ. އަހަރެން ދޮރު ޖެހުމަށްފަހު ޖައިޝްގެ ފުރަގަހުގައި ހުއްޓުނީމެވެ. “ކިހިނެއްވީ ޖައިޝް.. ހުރިހާ ކަމެއް އޯކޭތަ” އަހަރެން ހާސްވާ ގޮތްވިއެވެ. ޖައިޝް އެހެން ހުރެ ވާހަކަ ދެއްކުމުން އަހަރެން ބިރުގަންނަން ފެށިއެވެ. އަނެއްކާ ބަންޝީލް އޭނައަށް ކަމެއް ކުރީ ހެއްޔެވެ. “އާސީންއަށް އެނގޭތަ.. އަހަރެން މީގެ ކުރިން ހީކުރަނީ.. މިރާއްޖޭގައި ހުރި.. އާސީން އެންމެ ބިރުގަންނަ އެކަކީ އަހަރެން ކަމަށް” ޖައިޝް ބުނެލިއެވެ. އެވަގުތު ޖައިޝްގެ އަޑުގައި ކުޑަ ބަރުކަމެއް ހުރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަދި މަޑުމަޑުން އަހަރެންނާއި ދިމާލަށް އެބުރުނެވެ. އެވަގުތު އަހަރެން ސިހިގެން ދިޔަ ވަރުން ފަހަތަށް ޖެހިލެވުނެވެ. ޖައިޝްގެ ދެލޯ ވަނީ ދިލިފައެވެ. އަހަރެން ހުރީ ޖައިޝްއާއި ގާތްގަނޑަކަށް ހަފޫޓް ދުރުމިނުގައެވެ. ރަތްކުލައިން ދިލިފައި ހުރި ދެލޮލުގެ ކުލަ މަޑުމަޑުން ޖައިޝްގެ ލޮލުގެ ކުލައަށް ބަދަލުވިއެވެ. “އަހަރެންނަށް މި ބުނެވުނީ ރަނގަޅަށްތަ” ޖައިޝްގެ އަޑުވަނީ ފުދޭވަރަކަށް ބަރުއަޑަކަށް ބަދަލުވެފައެވެ. ހީވަނީ ދެމީހުން ވާހަކަ ދައްކާހެންނެވެ. އަހަރެންގެ ނޭވާ ތާށިވިކަހަލައެވެ. ބަންޝީލް އެކުރީ ކީއްހެއްޔެވެ. “އެނގޭތަ.. އަހަރެން ހިޔެއް ނުކުރަން އާސީން ތިހާ ގަޅި ވެދާނެ ކަމަކަށް.. ޖިންނި އުޅޭ ކަމަށް ގަބޫލު ނުކުރާ މީހަކަށް.. އަމިއްލައަށް ހުރިހާ އެއްޗެއް ކިޔައިދިނީ.. އެނގޭތަ ޖައިޝް އާސީންއަށް މަލާމަތް ކުރިވަރު” ޖައިޝްގެ އަޑުން ބަންޝީލް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބިރުން ފަހަތަށް ޖެހިލެވުނެވެ.

“ސޯ ސޭޑް.. ކީއް ކުރަނީ ދޯ.. ބައެއް މީހުންގެ ނިމުން ހަމަ ހިތީ” އަނެއްކާވެސް ޖައިޝް ބުނެލިއެވެ. “ޖައިޝް.. ކޮބާ” އަހަރެންނަށް އަހާލެވުނެވެ. “މިހުރީނުން.. އާސީން ކުރިމަތީގަ.. ރީތިތަ އަހަރެންގެ ނިއު ލުކް” ޖައިޝްގެ އަޑުން ވާހަކަ ދައްކަމުން ދިޔައީ ބަންޝީލްއަށް އަހަރެންނަށް ޔަގީން ވެގެން ދިޔައެވެ. “ބަންޝީލް.. ޕްލީޒް.. އޭނަ ދޫކޮށްލާ.. ބަންޝީލް ރުޅި އަންނަނީ އަހަރެން ދެކެއެއްނުން.. އޭނަ މިދޭތެރެއަށް ލަނީ ކީއްކުރަން.. އަންނަ ރުޅިއެއް އަހަރެންނަށް ބާލަބަލަ.. ޕްލީޒް.. އޭނަ ދޫކޮށްލާ.. އަހަރެން ބިރުން ހުރެ ވާހަކަ ދެއްކީމެވެ. ޖައިޝް ފާޑަކަށް ބޯ އަރިކޮށްލިއެވެ. ދެލޯ ބޮޑުކޮށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ދޫކޮށްލާށޭ.. ބަލަ އާސީންއެއް ނޫންތަ މީނަ ވެއްދީކީ.. މާ ބޮޑު މީހަކަށް ވާންވެގެން އަމިއްލައަށް ހުރިހާ ވާހަކައެއް ކިޔައިދިނީ.. އަހަރެން ކުރިންވެސް ބުނިން.. އަހަރެންގެ ބާރު އާސީންއަށް ނޭނގިގެންނޭ ތިއުޅެނީ..” ބަންޝީލްގެ އަޑު އަހަރެންނަށް ރީއްޗަށް ސާފުވެގެން ދިޔައެވެ. ޖައިޝްގެ އަނގައިން އިވެނީ ބަންޝީލް ވާހަކަ ދައްކާ އަޑެވެ. “ޕްލީޒް.. އޭނަ ދޫކޮށްލާ..އޭނައަށް ކަމެއް ނުކުރާތި” އަހަރެންނަށް ބުނެވުނެވެ. “ހާދަ ވަރެއް ތިވަނީ.. ޖައިޝްއަށް ކަމެއް ވެދާނެތީ.. މީނަ ދެކެވެސް ހަމަ އެހާ ލޯބިވޭތަ… އައިރްދެކެވެސް ލޯބިވޭ.. ޖައިޝް ދެކެވެސް.. ކިހިނެއްތަ އެހެންވާނީ.. ދެ މީހެއް ދެކެ އެއްވަގުތަކު ކިހިނެއްތަ ލޯބިވާނީ.. އިންސާނުން ހާދައޭ ދޯ މޮޅީ.. ތިކަމަކީ އަހަރުމެންނަށް އުޅެއުޅެވެސް ނުކުރެވޭ ކަމެއް” ޖައިޝް ވާހަކަ ދެއްކިއެވެ.

އަހަރެން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ދޮރުގައި ހިފާލީމެވެ. “ދޮރު ހުޅުވޭނީ އަހަރެން ހުޅުވީމަ.. އަހަރެން ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ އާސީން.. ކަލޭ ބޭނުންނަމަ ޖައިޝް ސަލާމަތް ކުރެވިދާނެ.. ދެމީހުންގެ ތެރެއިން އެކަކު ކަލެއަށް ސަލާމަތް ކުރެވޭނީ.. އައިރް ނޫނީ ޖައިޝް.. ބުނޭ ކާކު ބޭނުންވަނީ ސަލާމަތް ކުރަން” ޖައިޝް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މީގެ ކުރިން ބަންޝީލް އަހަރެންނާއި އެހާ ކައިރިވެފައެއް ނުވެއެވެ. އަބަދުވެސް ތަވީދުގެ އުދަގޫ ބަންޝީލްއަށް ކުރުވައެވެ. އެކަމަކު މިއަދު ޖައިޝްއަށް އެއްވެސް އުދަގުލެއް ނުވާ ކަހަލައެވެ. “ޕްލީޒް.. ބަންޝީލް.. ތިހެން.. ނަހަދާ..” އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް އޭރު އަހަރެން ހުރީ ދޮރުގައި ޖެހިފައެވެ. “އަވަހަށް ބުނޭ.. ކާކު ބޭނުންވަނީ.. ޖައިޝްތަ.. ނޫނީ އައިރްތަ” އަނެއްކާވެސް ޖައިޝް ބުނެލިއެވެ. އަހަރެން އެތަނުން ވަކި މީހަކު ޗޫސް ކުރަނީ ކިހިނެއް ހެއްޔެވެ. ދެމީހުންނަކީވެސް އަހަރެންނަށް މުހިއްމު ދެމީހުންނެވެ. އައިރްއަކީ އަހަރެންގެ ފުރާނަ ފަދަ މީހެކެވެ. ދެން ހުރީ ޖައިޝްއެވެ. “މައްސަލައެއް ނެތް.. ފުރާނައަކީ އައިރް ވެއްޖެނަމަ.. އަހަރެން ކީއްކުރަންދޯ ހުންނަނީކީ” އެހެން ބުނެ ޖައިޝް އޭނަގެ ކަރުގައި ދެއަތުން ހިފަހައްޓާ ބާރު ކޮށްލިއެވެ. “ނޫން.. ނޫން.. ޕްލީޒް.. ނޫން.،” އަހަރެންނަށް ކުއްލިއަކަށް އެދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. ޖައިޝް ހޭންފެށިއެވެ.

“މައްސަލައެއްނެތް.. އަހަރެން އާސީންއަށް ދޭނަން އެއްދުވަސް.. އާސީން ނިންމާނީ ދިރިހުންނާނީ ކާކުތޯ.. މަރުވާނީ ކާކުތޯ.. އަހަރެން ހީކުރަން ރަނގަޅު ނިންމުމެއް ނިންމާނެކަމަށް.. އެހެންވީމަ މިހާރު ދެން އެންމެ ރަނގަޅު މިތަނުން ދިޔަ ޔަސް” އެހެން ބުނެ އަހަރެންނާއި ދިމާލަށް ޖައިޝް ބަލާލިއެވެ. އެވަގުތު ލައްޕާފައި ހުރި ދޮރު ކުއްލިއަކަށް ހުޅުވުނެވެ. އަހަރެން ސިހިފައި ދޮރާއި ދިމާލަށް ބަލާލަމުން ޖައިޝްއާއި ދިމާލަށް ބަލާލީމެވެ. ޖައިޝް ލޮލުން ނިކުންނާށޭ ބުނެލީ ރުޅިވެރިކަމާއި އެކުގައެވެ. އަހަރެން މަޑުމަޑުން ނިކުތީމެވެ. އެވަގުތު ކުއްލިއަކަށް ދޮރު ލެއްޕުނެވެ. އަހަރެންނަށް އަނގަމތީގައި އަތްއަޅާލެވުނެވެ. ލޮލުން ކަރުނަތައް ހުރީ ވެރިގަންނަން ތައްޔާރަށެވެ. އަހަރެން ހިންދިރުވާލީމެވެ. ބިރުން ހުރެ އަވަސްއަވަހަށް ގޮސް ދަބަސް ހިފައިގެން ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮށްލީމެވެ.

ބާރަށް ދުއްވާފައި ގޮސް ގެ ކައިރިއަށް މަޑުކޮށްލުމަށްފަހު އަވަހަށް ގެއަށް އެރީމެވެ. ގޭ ދޮރު ހުޅުވާލެވުނު އިރު ސިޓިންރޫމްގައި މަންމަ އިނެވެ. އަހަރެން ފެނުމުން ހައިރާންކަމާއި އެކު މަންމަ ތެދުވިއެވެ. އަހަރެން ދުވެފައިގޮސް މަންމަ ގައިގައި ބައްދާލީމެވެ. އަދި އެހުރިހާ ވަގުތަކު ހިފަހައްޓައިގެން ހުރި ކަރުނަތައް އެވަގުތު އޮހިގަތެވެ. “ދަރިފުޅާ” މަންމަ ލޯތްބާއި އެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެން ބަންޝީލް ޖައިޝްގެ ގައިތެރެއަށް ވަތް ވާހަކަ މަންމަ ކައިރީގައި ބުނީމެވެ. މަންމަ ވަގުތުން ބައްޕައަށް ގުޅިއެވެ. ބައްޕައަށް ކޮންމެވެސް ވަރަކަށް އެވާހަކަ ކިޔައިދިނެވެ. ބައްޕަ މިގުޅަނީއޭ ކިޔަފައި ބޭއްވިއެވެ. އޭގެ އިރުކޮޅެއްފަހުން ދޮންބެވެސް ގެއަށް އައެވެ. ދޮންބެއަށް ގުޅާފައި ބައްޕަ އެވާހަކަ ބުނުމުން އޮފީހުގައި މަޑުނުކޮށް އައީއެވެ. “ރޭގައި ދޮންބެ ދިނީމޭ ޖައިޝްއަތައްވެސް.. ތަވީދު.. ދެމުން ބުނިން.. ގަބޫލު ނުކުރިޔަސް މި އަޅައްޗޭ” ދޮންބެ އަހަރެންގެ ކައިރީގައި އިށީނަމުން ބުނެލިއެވެ. އަހަރެން ބޮލުގައި ހިފަހައްޓާލީމެވެ. ޖައިޝް ތަވީދު ނޭޅީ ކީއްވެ ހެއްޔެވެ. އޭނަ އެހާ ގޮތްދޫނުކުރަން ވޭ ހެއްޔެވެ. ބަންޝީލް ދެން ހަނދާނީ ކިހިނެއްބާއެވެ.

ބައްޕަ އިރުކޮޅެއްފަހުން ދޮންބެއަށް ގުޅިއެވެ. ދޮންބެ ވާހަކަ ދެއްކުމަށްފަހު ބޭއްވިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކީކޭ ބައްޕަ ބުނީ” އަހަރެން އަވަސް އަވަހަށް އަހާލީމެވެ. “މުހައްމަދުފުޅުބެ.. ބޭނުންވެޔޯ އާސީންއާއި ބައްދަލު ކޮށްލަން” ދޮންބެ ބުނެލިއެވެ. އަހަރެން ފޫހިކަމާއި އެކު ސޯފާގައި ވެޑުވެލީމެވެ. އެމީހާ އަހަރެންނާއި ބައްދަލު ކުރަން ބޭނުންވަނީ ކީއްކުރަން ހެއްޔެވެ. އޭނައާއި ބައްދަލު ކޮށްގެން ބަންޝީލް ޖައިޝްގެ ގައިން ނެރެވޭނެ ހެއްޔެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. ކޮންމެވެސް އޮފީސް ނަންބަރެކެވެ. އަހަރެން ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެލީމެވެ. “އާސީން ދެއްތޯ” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެވެ. “ލައްބަ” އަހަރެން ބުނެލީމެވެ. “މިގުޅީ ފުލުސް އޮފީހުން.. އައިރް ބުނީ އާސީންއަށް ގުޅާށޯ.. ނާސިރުގެ ކޭސްގައި..” އެމީހާ ބުނެލިއެވެ. “އައިރް ބުނީއޭތޯ.. އައިރް ކޮބާތޯ” އަހަރެން ސުވާލު ކޮށްލީމެވެ. “އައިރް ހުރީ ޗުއްޓީގައި.. މިހާރު އެކޭސްގެ ހުރިހާ ކަމެއް ކުރަނީ އަޅުގަނޑު.. މީހާން..” މީހާން ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އައިރް ޗުއްޓީ ނަގަންވީ ކީއްވެ ހެއްޔެވެ. ރޭގައި އެކަހަލަ ވާހަކައެއް ނުވެސް ބުނެއެވެ. އަނެއްކާ ހެނދުނު މެސެޖް ކުރިއިރުވެސް އެކަހަލަ އެއްވެސް އެއްޗެއް ނުބުނެވެ. އަހަރެން ހިންހަމަނުޖެހުނެވެ. އައިރް ރޭގައި އެގޮތަށް ވާހަކަ ދެއްކީ މިއަދު މިހެން ހަދަން ހެއްޔެވެ. “އަޅުގަނޑު ކިހިނެއްތޯ ހަދާދެންވީ” އަހަރެން އަހާލީމެވެ.

“މިހާރު ނާސިރުގެ ކޭސްގައި ކިހިނެއްތޯ ވެފައި އޮތީ ބަލާލަން ބޭނުންވަނީ.. މިކޮޅަށް އާދެވޭނެތޯ” މީހާން ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. މުހައްމަދުފުޅު ކައިރިއަށް ނުގޮސް ސަލާމަތްވާނެ ގޮތެއް ދިމާވީއެވެ. “އާ ދެވިދާނެ.. މިހާރު މިދަނީ… ކީކޭތޯ ބުނަންވޯ ގޮސް” އަހަރެން އަހާލީމެވެ. އެވަގުތު އަހަރެން ކައިރީގައި ހުރި ދޮންބެގެ މޫނމަތިން ހައިރާންކަން ފާޅުވެގެން ދިޔަކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ބުނޭ.. މީހާންއާއި ބައްދަލު ކުރާށޭ” މީހާން ބުނެލިއެވެ. އަހަރެން އާއެކޭ ބުނުމަށްފަހު ފޯނު ކަނޑާލީމެވެ. “އަހަރެން ވަރަށް އަވަހަށް ފުލުސް އޮފީހަށް ދާން ވެއްޖެ.. މުހައްމަދުފުޅުބެ ކައިރިއަށް ދާނީ ފަހުން ދޯ.. ދޮންބެވެސް ދޭ އޮފީހަށް” އަހަރެން ބުނެލީމެވެ. ދޮންބެ ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކޮއްކޮ.. ފުލުސް އޮފީހަށް ފަހުންވެސް ދެވިދާނެ.. އެކަމަކު މިވަގުތު.. އަހަރުމެންނަށް ޖައިޝް ސަލާމަތް ކުރާނެ ގޮތެއް ވިސްނަން ހިގާ.. މުހައްމަދުފުޅުބެ އާއި ވާހަކަ ދައްކާލުމުން އެކަން އެނގިދާނެ” ދޮންބެ ބުނެލިއެވެ. “ޖައިޝް އަމިއްލައަށް ބޮއި ބޮޑިއެއް އެއީ.. އޭނަ ނުވިސްނާ ވަރަކަށް އަހަރުމެން ވިސްނާނެކަމެއް ނެތް” އަހަރެން ބުނެލީމެވެ. އަދި އެތަނުން ތެދުވެ ހިގައިގަތިމެވެ. ނަމަވެސް އޭގެ ކުރިން ދޮންބެ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“އާސީން.. ކޮއްކޮއަށް ތިކިޔޭ އެއްޗެއް އެނގޭތަ.. ޖައިޝް އެއީ ކޮއްކޮގެ އެކުވެރިއެކޭ.. އޭނައަށް އެހީވާން ކޮއްކޮ ބޭނުމެއް ނުވޭތަ” ދޮންބެ ހިފެހެއްޓިގޮތުން އަހަރެންގެ އަތަށް ތަދުވެގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް އަހަރެންގެ ބޮލަށް ތަދެއް އެރިއެވެ. އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ. ދެންމެ އެބުނެވުނު އެއްޗަކީ އަހަރެން ބުނަން ބޭނުންވި އެއްޗެއް ނޫނެކެވެ. ދޮންބެ އެބުނީ ރަނގަޅަށެވެ. ޖައިޝްއެއީ އެކުވެރިއެކެވެ. އަހަރެން ދޮންބެއާއި ދިމާލަށް ބަލާލަމުން އާއެކޭ ބުނެލީމެވެ. ދޮންބެ ބޯޖަހާލަމުން އަވަހަށް ބޭރަށް ނިކުތެވެ. އަހަރެން ދޮންބެގެ ސައިކަލް ފަހަތަށް އެރުމުން ދޮންބެ ސައިކަލް ދުއްވާލިއެވެ. އެވަގުތު އަނެއްކާވެސް ބޮލަށް ތަދު އެރިއެވެ. ހީވަނީ ސިކުނޑި ފަޅައިގެންދާން އުޅޭ ހެންނެވެ. ކުއްލި ކުއްލިއަށް އަރަމުން ދިޔަ ތަދު މުހައްމަދުފުޅުގެއާއި ކައިރިވި ވަރަކަށް ބޮޑުވަމުން ދިޔައެވެ. “ކޮއްކޮ.. ކިހިނެއްތަ ތިވަނީ” އަހަރެން ބޮލުގައި ހިފަހައްޓައިގެން އިނުމުން ދޮންބެ އަހާލި އަޑުއިވުނެވެ. “ބޮލަށް.. ތަދު.. ވަނީ” އަހަރެންނަށް ބުނެވުނީ ވަރަށް އުދަގުލުންނެވެ.

މުހައްމަދުފުޅު ގެ ކައިރިއަށް ދޮންބެ ސައިކަލް ޕާކް ކޮށްލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ކުރިއަށް ހިގައިގަތެވެ. އެގެއަކީ މާލޭގައި ހުރި ގޭތަކާއި ބަލާފައި ތަފާތު ގެއެކެވެ. ބޮޑު ގެއެކެވެ. ގެއަށް ވަނުމަށް ކުޑަ މަގެއް ގޮތަށް ރީތި ބައްޓަމަކަށް ހަތަރެސްކަނަށް ހުރި ގާ ވަނީ ބެހެއްޓިގައެވެ. ދެފާރާތަށް ވާގޮތަށް މާގަސްތައް ހެއްދިފައި ހުއްޓެވެ. ދޮންބެ އަހަރެންގެ އަތުން ދޫކޮށްލަމުން އެތެރެއަށް ހިގައިގަތެވެ. އަހަރެންނަށް އެގޭ ގޯތިތެރެއަށް ވަންނުމުން ބުނަން ނޭނގޭ ކަހަލަ އުދަގޫ ތަކެއް ވާންފެށިއެވެ. ކުރިން ބޮލުގައި ރިއްސަމުން ދިޔަ ގޮތައް ރިއްސައިގަތެވެ. އަހަރެން އަތުން ބޮލުގައި ހިފަހައްޓާލަމުން އެތެރެއަށް ފިޔަވަޅު އަޅާލީމެވެ. އެވަގުތު އަހަރެންނަށް ހީވީ މުޅިދުނިޔެ އެބުރި ގަތް ހެންނެވެ. ދެލޯ މަރާލަމުން އަހަރެން ކުޑަކޮށް މަޑުޖެހިލީމެވެ. މިއީ މީގެ ކުރިން އަހަރެންނަށް ވީ ގޮތެއް ނޫނެކެވެ. އަހަރެން މީގެ ކުރިންވެސް މިގެއަށް އަންނަމެވެ. ބައްޕައާއި އެކު ދެތިން ފަހަރެއް އަދި ދޮންބެއާއި އެކުވެސް ދެތިން ފަހަރެއްގައި އާދެވިފައި ހުންނާނެއެވެ. އެކަމަކު މިހާރު ވަމުންދާގޮތެއް މީގެ ކުރިން ދިމާވެފައެއް ނުވެއެވެ.

ދޮންބެ ގޮސް ގޭ ދޮރުގައި ޓަކި ޖަހާލިއެވެ. އެވަގުތު އެތެރެއިން އަންހެން ކުއްޖަކު ދޮރުހުޅުވާލިއެވެ. “މުހައްމަދުފުޅުބެ” ދޮންބެ ބުނެލިއެވެ. އަހަރެން ހުރީ އެއްއަތުން ބޮލުގައި އަތް ޖައްސާލައިގެންނެވެ. “ވަންނަވާ.. ބައްޕައަށް ގޮވާލާނަން” އެކުއްޖާ ހިނިތުންވެލަމުން އެތެރެއަށް ހިފައިގަތެވެ. ދޮންބެ ގެއަށް ވަނެވެ. އަހަރެން މަޑުމަޑުން ގޭ ދޮރުމަތީގައި ހުއްޓިލީމެވެ. އަހަރެންގެ ސިކުނޑި ބުނަމުން ދިޔައީ އެގެއަށް ނުވަދެ އަބުރާ ލުމަށެވެ. ނަމަވެސް ހިތް އަހަރެންނަށް ވިސްނައިދެމުން ދިޔައެވެ. މަޑުމަޑުން އަހަރެން އެތެރެއަށް ވަނީމެވެ. އެވަގުތު ބޮލުގައި ރިހެގަތީ މީގެ ކުރިން ދުވަހަކުވެސް ނުރިހޭހާ ބޮޑަށެވެ. “އާހް” އަހަރެންގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. “ކޮއްކޯ ކިހިނެއްވީ” ދޮންބެއަށް އަހަރެންގެ އަޑު އިވިގެން ބަލާލީ ކަހަލައެވެ. އަހަރެން ހުރީ ދެލޯ ވަރަށް ބޮޑަށް މަރާލައިގެން ބޮލުގައި ދެއަތުން ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. “އެމަންޖެއާއި ކައިރިނުވާތި” ހީވާގޮތުން ދޮންބެ އުޅުނީ އަހަރެންގެ ކައިރިއަށް އަންނާށެވެ. އެކަމަކު މުހައްމަދުފުޅުގެ އަޑު އިވުމުން ދޮންބެ ހުއްޓުން އެރިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

މަންޝާ (ނުވަވަނަ ބައި)

Next

މިހިތުގެ ލޯތްބޭ ތީ 22

Next
April 18, 2016

މިހިތުގެ ލޯތްބޭ ތީ 22

Previews
April 18, 2016

މަންޝާ (ނުވަވަނަ ބައި)

19 Comments!

  1. Fantasy says:
    April 18, 2016 at 8:51 am

    mibaives kamudhaane kamah heekuran 🙂 hurihaa kudinge hiyaal thakah maruhaba 🙂

  2. ފަޔާ says:
    April 18, 2016 at 9:20 am

    nice story !! hageegai vaahaka dhen nuliyanee tha ??/

    1. Fantasy says:
      April 18, 2016 at 1:05 pm

      thnks faya 🙂 hageegai vaahaka mihaaru vany huttifa.. anekka ves fashaa kamah vaanama ehvana bain fashan jeheynee 🙂 kihineh hadahan vee

  3. Aimsithu says:
    April 18, 2016 at 9:23 am

    Waow varah nice

    1. Fantasy says:
      April 18, 2016 at 1:06 pm

      thnks dear 🙂

  4. princess says:
    April 18, 2016 at 9:42 am

    Woww mi prt haadha dhigey…salhi salhi….fantasy haadha molhey…thihen ulhefa banshyl aa aasyn aa thwhche..hehe..tc

    1. Fantasy says:
      April 18, 2016 at 1:07 pm

      hehe thnks princess dear bodu koh igey.. dhigukoh genes dheyveytho balany.. egothah liyevunyma avahah up kohlee 🙂

  5. ny says:
    April 18, 2016 at 9:48 am

    Heeley I’m firs,,,,,,,,,☺☺☺☺☺ v v reethi mibaaves nunimeyne namaey hithanara,,, fantasy avasko up kodechey dey thy thnks ????????????

    1. Fantasy says:
      April 18, 2016 at 1:10 pm

      thnks ny dear 🙂 v try kuraanan adhives avas koh dheveytho igey 🙂

  6. Aana says:
    April 18, 2016 at 10:03 am

    When next part

    1. Fantasy says:
      April 18, 2016 at 1:19 pm

      v avahah up veytho try kuraanan igey dear 🙂

  7. Faxoo says:
    April 18, 2016 at 12:22 pm

    Varah reethi mibaives Fantasyy ? alhey.. Aaseen ah kihinehba e vany ? pls dhera gotheh nahadhacchey ingey Fantasy ? keep it up ??? waiting desperately fr next part ??

    1. Fantasy says:
      April 18, 2016 at 1:20 pm

      thnks faxoo dear 🙂 bodu koh thihaa lobi comment eh koh leema 🙂 v try kuraanan salaamith kureeytho igey 🙂

  8. ken? says:
    April 18, 2016 at 12:25 pm

    ehaa avahaaa up kureemaves wen next part oa kiyaane…liyevuneema up kuraaney ingey..hurihaa kudhin keitheri kamaa ekeega wait kurey…
    ☺ ? ? ?
    fantasy story hama v awesome…v v v curious vey dn vaane gothkaa medhuga ???

    1. Fantasy says:
      April 18, 2016 at 1:22 pm

      heheh thnks ken dear 🙂 ken bunihen liyevunu haa avahah genes dheynan igey 🙂 thnks for the lovely comment 🙂

  9. Niz says:
    April 18, 2016 at 12:32 pm

    Wow awesome story..hama vv baraabaru..fantasy haa dhigukoh vaahaka up kuraa kujjaku adhi nei…v happy vey mihaa dhigu koh up kuraathy…vaahaka sifa kurunthah vx v bst..hyvany hama film akun fenna hen..alhe niz ah vx thi gotha vaahaka liyan dhas koh dhybala..hahaahaha..waiting for nxt part…..

    1. Fantasy says:
      April 18, 2016 at 1:24 pm

      thnks niz dear 🙂 bodu koh 🙂 dhigu koh genes dheveytho v try kuran fantasy ves 🙂 thnks ekan faahaga koh leema igey 🙂

  10. shine says:
    April 18, 2016 at 6:13 pm

    Alhey haadha haaey rythyyyyy.. ❤❤❤❤… I luvvvvv❤ this..
    . Abadhu abadhu beley mi story up veythoa.. u r my best author??.
    Bt fantasy, Aaseen ah dhera gotheh nahadhahchey..
    Nd upload as soon as possible. Waiting waiting ??

  11. maashu says:
    April 18, 2016 at 7:05 pm

    alheyyyyy… so nice….. <3 i totally loved it… and air aa aasin aa gulhuvaaladee plz…. u are one the my favourite authors.. love yuh.. cant wait for the next part.. avahah up koh dhehchey…

Comments are closed.

Next Episodeއިންސާފް.. 09 ވަނަ ބައި←


All Right Reserved!