Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މާފުކުރާށޭ ލޯބިވާ 4

miss rose Level 1
June 12, 2026 2 Mins Read
0 Comments

” ސަނާޝް. އަހަރެންނަށް ސަނާޝް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ސަނާޝްދެކެ ލޯބިވެވިއްޖެ. އަހަރެން އަބަދު ސަނާޝް މަތިން ހަނދާންވޭ. ސަނާޝް. ވިލަ ޔޫ ބީ މައި ގަރލްފްރެންޑް.” ރަތްކުލައިގެ ރޯޒް ބޮނޑިއެއް ތިއްކޮށްގެން ހުރެ އަޒްކާން ވާހަކަދެއްކިއެވެ. ސަނާޝްގެ ދެލޯ އުފަލުން ވިދާލިއެވެ.

” ޔެސް ޔެސް. އައި ލަވް ޔޫ އަޒްކާން.” އަޒްކާން ދިން މާބޮނޑީގައި ހިފަމުން ސަނާޝް ބުނެލިއެވެ. އަޒްކާންއަށް އުފަލުން ސަނާޝްގެ ގައިގައި ބައްްދާލެވުނެވެ.

” އެހެމް. އެހެމް. ” އެވަގުތު އަޒާން ކަރުކެހިލިއެވެ.

” ކޮންގްރެޓިއުލޭޝަންސް ސަނާޝް އެންޑް އަޒްކާން.” އެވަގުތު އެންމެން އެއްއަޑަކުން ބުނެލިއެވެ.

” ތެންކްޔޫ. އަހަރެމެން ދެމީހުން މިދަނީ ބޭރަށް. ޔޫ ގައިޒް ހޭވް ފަން. ” ސަނާޝްގެ އަތުގައި ހިފަމުން އަޒްކާން ބުނެލިއެވެ. ސަނާޝްއާއި އަޒްކާން ގޮސްވަނީ ގެ ކައިރީގައި ހުރި ކާތަނަކަށެވެ. ސަނާޝް ގޮވައިގެން ގޮސް އަޒްކާން އިށީނީ އެންމެ އެތެރޭގައި އިން މޭޒުގައެވެ.

” ސޯ ކޯއްޗެއް ކާން ބޭނުމީ؟” ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އަޒްކާން ބުނެލިއެވެ.

” ކާބޯނާރާ ޕާސްޓާ އެންޑް ޗޮކްލެޓް މިލްކްޝޭކް. ” ސަނާޝް ބުނެލިއެވެ.

” އެކްސްކިއުޒްމީ. ޓޫ ކާބޯނާރާ ޕާސްޓާ އެންޑް ޓޫ ޗޮކްލެޓް މިލްކްޝޭކް.” ވެއިޓަރަށް ގޮވާލަމުން އަޒްކާން ބުނެލިއެވެ.

” އަހަރެމެން އަދި މި ރައްޓެހިވީނުން. ސޯ ލެޓްސް އިންޓްރޮޑިއުސް. މައި ނޭމް އިޒް ޔޫސުފް އަޒްކާން ޒުހައިރު. އައިއޭމް އެއިޓީން އިޔަރޒް އޯލްޑް. އައި ހޭވް އަ ސިބްލިންގް. އަޒާން ކިޔަނީ. އޯކޭ ސަނާޝް ކުރިއަށް ގެންދޭ.” އަޒްކާން ހީލަމުން ބުނެލިއެވެ.

” މައި ނޭމް އިޒް އައިޝަތު ސަނާޝް ސަމީރު. އައިއެމް ސެވެންޓީން އިޔަރޒް އޯލްޑް. އައި ހޭވް އަ ސިބްލިންގް . ސާރާ ކިޔަނީ. ދެން މީހުން ލޯބިން ކިޔަނީ ޝާޝާ. ” ސަނާޝްވެސް ހީލަމުން ބުނެލިއެވެ. އެވަގުތު ވެއިޓަރު ކާއެއްޗެހި ގެނައެވެ. ކާތަކެތިން ދުވާމީރު ވަހުން މީހަކު ކުޅުދިޔާވާނެވެ.

” އަވަހަށް ކާން ފަށަމާ!” އަޒްކާން ޕާސްޓާ ތަށިތެރެއަށް އޫލަމުން ބުނެލިއެވެ. ޕާސްޓާ ތަށި ތެރެއަށް އޫލިގޮތަށް ސަނާޝްއަށް އަޒްކާން އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. ބޭބީ ބްލޫކުލައިގެ ހުޑީއެއް ލާފައިވާއިރު ދިގުވެފައިވާ އިސްތަށިގަނޑު ކަންފަތާއި ހަމައަށް ހުރުމުން އަޒްކާން ވައްތަރީ އެނިމޭ ކެރެކްޓަރ އަކާއެވެ. ބޮޑުބޮޑު ދެލޮލާއި ކަޅުކަންގަދަ ކަޅިއެއް ލިބިފައިވާއިރު އެބޮޑު ދެލޮލަށް އިސްތަށިތަކުން އުނދަގޫ ކުރަމުން ދިޔުމުން ވަކިން ލޯތްބެވެ. މީގެ އިތުރުން އަޒްކާންއަށް ލިބިފައިވާ ކަޅުކަންގަދަ ބުމައިގެ ސަބަބުން އަޒްކާންގެ ރީތިކަން އިތުރު ކޮށްދެއެވެ.

” ޝާޝާ. ކިހިނަތްވީ ނުކައި ތީނދީ؟” ސަނާޝް ސިހުނީ އަޒްކާންއާއި ވާހަކަދެއްކުމުންނެވެ.

” ކަ….ކަމެއްނުވޭ.” އަޅައަޅައިގަންނަމުން ސަނާޝް ބުނެލިއެވެ. އެވަގުތު ސަނާޝް ސިހުނީ އަޒްކާން ސަނާޝްގެ އަތުން އޫއަތުލުމުންނެވެ.

” އަވަހަށް ކާލަ. ވަރަށް މީރު ވާނެ. އަހަރެންގެ އަތުން ކެއިމަ އަނެއްކާ އެކްސްޓްރާ މީރު ފްލޭވަރ އެއްވެސް ހުންނާނެ. ” ސަނާޝްއަށް ޕާސްޓާ ކޮޅެއްލަވަމުން އަޒްކާން ބުނެލިއެވެ.

” ދެން އަޒްކާން. ” ސަނާޝް ލަދުގަތެވެ.

” އަސްލުވެސް އޭ. އެކްސްޓްރާ ފްލޭވަރ އެއްހުންނާނެ މިހާރު މިއަށްއައިއްސަ. ” އަޒްކާން މަޖާވެލާފައި ބުނެލިއެވެ. ލަދުން އިނދެފަވެސް ސަނާޝް ކާލިއެވެ.

” ޔޯ ލަވް ފީލްސް ލައިކް ދަ ރެއިން ފީލްސް ލައިކް އަ ސޯންގް އައި ޔޫސްޑް ޓު ނޯ އެންޑް ޔޯ ލަވް ފީލްސް ލައިކް ދަ ވޭ ދެއަރ އިޒް އޮންލީ ގްރީން ލައިޓްސް ޑްރައިވިން ހޯމް. ޔޯ ލަވް ފީލްސް ލައިކް އަ ސަންޑޭ ވެން ޔޫ ގޮސް ނޯ ވެއަރ ޓު ގޯ.”

އެވަގުތު ރެސްޓޯރެންޓްއިން އަންނަން ފެށި ލަވައިން އެތަން އިތުރަށް ހިއްގައިމު ކުރުވިއެވެ. ސަނާޝް ގެ މޫނަށް ރަތްކުލަ އަރައިގެން ދިޔައިރު އަޒްކާން އަށް ހިނުތުން ވެވުނެވެ. ސަނާޝްވެސް އުލުން އެތިކޮޅެއް ނެގުމަށްފަހު އަޒްކާންއަށް ލެވިއެވެ. ސަނާޝް އާއި އަޒްކާން ކައިގެން ބިލްދެއްކި ތަނާ އަޒްކާންގެ ފޯނު ރިންގްވާން ފެށިއެވެ.

އައްސަލާމަލައިކުމް.

ކިޔުންތެރިންގެ ސަމާލުކަމަށް.

ހުރިހާ ކިޔުންތެރިންގެ ހާލު ރަނގަޅު ވާނެކަމަށް އުންމީދު ކުރަމެވެ. މިދިޔަ ހަފްތާގައި އަޅުގަނޑު ސްކޫލްގައި ޔުނިޓް ޓެސްޓްތައް އޮތުމުން އަޅުގަނޑަށް މިދިޔަ ހަފްތާގައި ދެ ޕާޓް ނުނެރެވުނީއެވެ. މިކަމަށް ޓަކައި އަޅުގަނޑު ކިޔުން ތެރިންގެ ކިބައިން މާފަށް އެދެމެވެ.

 

Share Article

Follow Me Written By

miss rose

Level 1

Other Articles

Previous

ޒާޔާ (ކުރު ޚުލާސާއެއް)

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 12

Next
June 13, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 12

Previews
June 12, 2026

ޒާޔާ (ކުރު ޚުލާސާއެއް)



All Right Reserved!