Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 24 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 16, 2016 11 Mins Read
31 Comments

“މަންމާ!….” ފައްވާޒްއަށް ބުނެވުނީ އެހާ ހިސާބަށެވެ. “ހިންގާ ހޮސްޕިޓަލަށް.” ފައްވާޒް ބުނަމުން ދޮރުން ނުކުތުމަށް ހިގައިގަތެވެ.

“ކިހިނެއްތަ ވީ؟” ހަފީޒާ ބާރަށް އެހެން ބުނިއިރު ފައްވާޒް ދޮރުން ނުކުމެގެން ގޮސް ނިމިއްޖެ އެވެ. ޝަކީލާއަށް ކަމެއް ވީކަމުގައި ހަފީޒާގެ ހިތް ބުނަމުން ދިޔަ އެވެ.

ހަފީޒާއާއި ރިފާ އަވަހަށް ކޮޓަރިއަށް ވަނީ ބުރުގާ އެޅުމަށެވެ. ވީ ގޮތެއް ނޭގިތިބެ ތެޅިތެޅި އޮތް ހިތަކާއެކު ދެމީހުން އަވަސްކޮށްލައިގެން ނުކުތެވެ. ހިބާވެސް ހިފައިގެން ހުރި ފައިލާއި ދަބަސް ސޯފާ މައްޗަށް އެއްލާފައި އެމީހުން ފަހަތުން ދިޔަ އެވެ.

ތިރިއަށް ފޭބިއިރު މާޒް ވެސް ދޮރުކައިރީ ހުއްޓެވެ. ރިފާ ގޮސް ފައްވާޒްގެ ސައިކަލު ފަހަތަށް އެރި އެވެ. އަޒްކާއާއި މާޒްއާއި ވެސް ސައިކަލަށް އަރައިގެން ނައްޓާލައިފި އެވެ.

“ހަފީ، ހިންގާ ދޮންބޭބެއާ އެއްކޮން.” ހަފީޒާ ކައިރީ ރަޝީދް ބުންޏެވެ. އަދިވެސް ހަފީޒާއަށް ވީ ގޮތެއް ނޭގެ އެވެ. ރަޝީދުގެ ސައިކަލު ފަހަތަށް އަރާ ވީގޮތް ނޭގޭތީ ރަޝީދުއާއި ސުވާލު ކުރި އެވެ. ރަޝީދު ހަފީޒާއަށް ވީގޮތް ކިޔައިދެމުން ސައިކަލު ދުއްވާލި އެވެ.

“ހިބާ، ހިންގާ އަހަންނާ އެއްކޮން.” އަޒްމީލް ބުންޏެވެ.

“އަޒްމީލު މަންމަތަ ހޮސްޕިޓަލަށް ގެންދިޔައީ؟” ހިބާ އަޒްމީލުގެ ސައިކަލު ފަހަތަށް އަރާ އިށީންނަމުން އަހާލި އެވެ. އަޒުމީލު ހައިރާން ވިއެވެ.      “ހިބާއަކަށް ނޭގޭތަ ވީ ގޮތެއް؟” އަޒުމީލު އެހި އެވެ. ހިބަ އާން އެކޭ ބުނުމުން އަޒުމީލު މާ ބޮޑަށް ވެސް ހައިރާން ވި އެވެ.

“ކޮންމެސް މީހަކު ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ވާޒްދޮންބެ ބުނީ. ދެން އަޒުމީލު މަންމަ ނައިސްގެން އުޅުނީމަ ހިބާ ހީކުރީ އަޒްމީލު މަންމަ ކަމަށް.” ހިބާ ބުންޏެވެ.

“ހިބާ، ހޮސްޕިޓަލަށް ގެންދިޔައީ އަހަރެންގެ މަންމައެއް ނޫން. ހޮސްޕިޓަލަށް ގެންދިޔައީ ޒާން.” އަޒްމީލު ބުންޏެވެ. ހިބާއަށް ހީވީ މުޅި ދުނިޔެ އެކޮޅުކޮޅުން ޖެހި ހެނެވެ. އަނގައިން ބުނަންވެސް ނޭގިފައި ހިބާއަށް އިނދެވުނީ އެވެ.

“އިރާދަ ކުރެއްވިއްޔާ މާބޮޑު އަނިޔާއެއް ނުލިބޭނެ. އެގޮތަށް އުންމީދު ކުރަން ވާނީ.” އަޒުމީލު ބުންޏެވެ. ސައިކަލު ޕާކުކުރުމުން ހިބާ ފޭބި އެވެ. އަޒުމީލު ފައިބާ ހިބާއަށް ބަލައިލި އިރު ހިބާގެ ލޮލުން ފޭބި ކަރުނަ ކޯތާފަތަށް އެޅެމުން ދިޔަ އެވެ.

“ހިބާ، އަދި ރޯކަށް ނުވޭނު. އަދި އަނިޔާވީ ކިހާ ވަރަކަށް ކަން ވެސް ނޭގޭނު. މާ ބޮޑު ގޮތެއް ނުވެވެސް ހިގައި ދާނެނު. ހިތްވަރު ކުރަން ވާނެ.” އަޒުމީލު ބުންޏެވެ.

“ފައުޒާން ބުނެފަ ދިޔައީ އިންތިޒާރު ކުރުމަށް. އޭނަ… އޭނަ..” ހިބާއަށް ވާހަކަ ދެއްކޭ ވަރެއްވެސް ނުވި އެވެ. އަޑު ބެދިއްޖެ އެވެ.

“ހިބާ؟” އަޒުމީލު ކަންބޮޑުވި އެވެ. ހިބާ މިހާރު އެވަރަށް ރޮންޏާ އަދި ވެގެން އުޅޭގޮތް އެނގުނީމަ ކިހާ ވަރެއް ވާނެ ހެއްޔެވެ. “ހިބާ ރޮންޏާ ހިނގާ ގެއަށްދާން. ދެން ތިހެން ރޮންޏާ ކުޑައްތަ ވެސް ދެރަވާނެނު.”

ހިބާ ލޯ ފޮހެލި އެވެ. އަދި ކުރިއަށް ހިގައިގަތީ ހޮސްޕިޓަލަށް ވަނުމަށެވެ. ރޭގަނޑުގެ އެގަޑީގައި ވެސް ހޮސްޕިޓަލްގެ އަވަސް ފަރުވާދޭ ކޮޓަރިއާ ދިމާލުގައި ވަރަށް މީހުން ގިނަ އެވެ. ވަރަށް ގިނަ މީހުނަށް އަނިޔާ ވެގެން ވަނީ ފަރުވާ ހޯދަން ގެނެސްފަ އެވެ. ހިބާމެން ދިއައިރު ބޭރުގައި މަޑުކޮށްލައިގެން އަޒްކާއާއި މާޒްއާއި ރިފާ ތިއްބެވެ. ފައްވާޒްއާއި ހަފީޒާ ވީ އެތެރޭގަ އެވެ. އިރުކޮޅަކުން ބޭސްތަކެއް ގަނެގެން ރަޝީދް ވެސް އައިސް އެތެރެއަށް ވަދެގެން ހިގައްޖެ އެވެ. ހިބާ ތަންކޮޅެއް ދުރުގައި މަޑުކޮށްލީ މީހުން ގިނަކަމުން ހާސްވެދާނެތީ އެވެ. ހިބާ ފެނުމުން ރިފާ ހިބާ ކައިރިއަށް އައިސް މަޑުކޮށްލި އެވެ.

“ކިހިނެއްތަވީ؟” ރިފާ އައިސް ހިބާ ކައިރީ ހުއްޓިލުމުން ހިބާ ރިފާ ކައިރީ އަހާލި އެވެ. ރިފާ ހިބާއަށް ބަލައިލީ ވަރަށްވެސް ދެރަވެފައި ހުރެ އެވެ. ހިބާގެ ހިތް ބާރަށް ތެޅެންފެށީ ރިފާ ބަލައިލި ގޮތުންނެވެ.

“ހިބާ. ޒާންގެ ސިކުނޑިއަށް ކޮންމެސް ގެއްލުމެއް ވެފަ އޮވެގެން މިހާރު އައި.ސީ.ޔޫ.އަށް ލާން ވެގެން އެއުޅެނީ. މަންމަ ވެސް ވެއްޖެ އެތެރޭގަ. ޑޮކްޓަރ ބުނެގެން ކޮންމެސް މަޝްވަރާއެއް ކުރަނީ.” ރިފާ ބުންޏެވެ.

“ފައުޒާން… ފައުޒާން… ރަގަޅު ވާނެތަ؟” ހިބާއަށް ކެތެއް ނުވި އެވެ. ރޮވެން ފެށި އެވެ. އަޒުމީލު ހިބާ ކައިރިއަށް ޖެހިލި އެވެ. އަދި ނުރޯށޭ ބުނަމުން ޖީބުން ނެގި ޓީޝޫ ބޮނޑިއެއް ހިބާއަތަށް ދިނެވެ. އެވަގުތު މީހުން ގަނޑު ތެރެއިން ހިސްޕިޓަލަށް ވަދެގެން އައި ޒެކް ހުރީ ވަރަށް ހާސްވެފަ އެވެ. ޒެކްއަށް އަދި ވެގެން އުޅޭ ގޮތެއް ރަގަޅަކަށް ނޭގެ އެވެ. ޒެކްވެސް އައިސް ހިބާ ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އަޒުމީލު ޒެކްއަށް ވީގޮތް ކިޔައިދިނުމުން ޒެކްއަށްވެސް ބަލައިލެވުނީ ހިބާގެ މޫނަށެވެ. ހިބާ ވާނެ ދެރަ ޒެކްއަށް އެގޭތީ އެވެ.

ފައުޒާން އައި.ސީ.ޔޫ އަށް ގެންގޮސްފި އެވެ. ރަޝީދު އެއްކައިރިއަށް ޖެހިލީ ޝަކީލާ ގުޅާތީ އެވެ. ޝަކީލާ ދެކެ އައިސްފައި ހުރި ރުޅިގަނޑުވެސް މިހާރު ވަނީ މަޑު ވެފަ އެވެ.

“އަޒްމީލް، ދޭބަލަ މަންމައަށް ގޭގެ ދޮރު ހުޅުވަ ދޭން. އެބަހުރި ގެއަށް ނުވަދެވިފަ.” ގޮނޑިއެއްގައި އިށީދެގެން އިން އަޒްމީލު ކައިރީ ރަޝީދް ބުންޏެވެ. އަޒްމީލް އަވަހަށް ގެއަށް ދިޔައެވެ. އޭރުވެސް އެހެން މީހުން އެތާ މަޑުކޮށްގެން ތިބީ އެވެ.

އަޒްމީލު ގެއަށް އައިއިރު ދޮރުމަތީ ޝަކީލާ ހުއްޓެވެ. އަޒްމީލު ފެނުމުން ލިފްޓާއި ދިމާއަށް ޝަކީލާ ހިގައި ގަތެވެ.

“ކޮންތާކުތަ ތި އުޅެނީ؟ މިހާރު ދާ ތާކަށްދަނީ ބައްޕަވެސް ގޮވައިގެންތަ؟” ޝަކީލާ ބުންޏެވެ. ޝަކީލާއާއި ވާހަކަނުދައްކަން އަޒުމީލު ހުރީ ބޭ އަދަބީކޮން ވާހަކަދެއްކި ދާނެތީ އެވެ. ނަމަވެސް ޝަކީލާގެ ބަހުރުވަ ހުރި ގޮތުން އަޒުމީލުއަށް ވެސް ނުހުރެވުނެވެ.

“މަންމައަކަށް ނޭގެދޯ. ޒާން ހޮސްޕިޓަލުގައި އޮވެގެން އެދަނީ މަރާ ހަނގުރާމަ ކުރަމުން. މަންމައަށް ހެވެއްނު މުޒާހިރާއަށް ދެވެނިކޮން.” އަޒުމީލު ހިސާބަކަށް ނުރުހިފައި ހުރެ ބުންޏެވެ.

“ފައުޒާން އެތަނަށް ދާތީނު ތި ހުރިހާ ކަމެއް ތި ދިމާވަނީ. އަޖައިބެއްނުވާނެތަ؟” ޝަކީލާ ހުރީ އަޒުމީލު ރުޅި އައިސްފައި ހުރުމުން ހިތްހަމަ ނުޖެހިފަ އެވެ.

“ޒާންގެ ޑިއުޓީއޭ ޒާން އެ އަދާކުރީ. އެކަމަކު މަންމަ ކީއްވެތަ ގޭގަ ނޯވެވިގެން ތި ދަނީ؟ މަންމަގެ ޑިއުޓީ އޮތީ އެތާތަ. މަންމައާ ހެދި މިރޭ އަހަރުމެން އެންމެން ހާސްވެފަ ތިބީ. މަންމައަށް ކަމެއްވީނަމަޔޯ. އެމީހުން ޒިންމާވާނެތަ؟ މަންމައަށް އަޅާލާ އެހީވާން އަންނާނެތަ؟ އެހެންވެސް ތިބި ބަޔަކީ އަހަރުމެން. ކުޑައްތަމެން. މަންމައަށް ވިސްނޭނީ ކޮންދުވަހަކުން ބާއޭ އަހަރެން ހިތަށް އަރާ.” އަޒުމީލު ލިފްޓުން ނުކުމެގެން އައިސް ގެއަށް ވަން އިރުވެސް ޝަކީލާއާއި ދިމާއަށް އެއްޗިހި ކިޔަމުން އާދެ އެވެ. އަޒުމީލު ހުރީ ވަރަށް ރުޅި އައިސްފަ އެވެ.

“އަޒުމީލު ވެސް އަދި މަށާ ދިމާއަށް އެއްޗިހި ކިޔައެއްނު އެބަ. ލަދެއްނުގަނޭތަ މަމީ ކަލޭގެ މަންމަޔޭ.” އަޒުމީލު އަނގަ ހުއްޓާނުލުމުން ޝަކީލާ ކައިރިއަށް ރުޅި އައެވެ.

“އެނގެޔޭ. މަންމަވީމަނު މިހެން މިބުނީ. މަންމަވެސް އަހަރުމެން ގޯސް ކަމެއް ކުރަންޏާ އެއްޗިހި ކިޔައިގެން ހުއްޓުވަމެއްނު. އެގޮތަށް މަންމަ ވެސް ތިގޮތަށް އުޅެންޏާ އަހަރުމެން ވެސް ޖެހޭނެނު މަންމަވެސް ހުއްޓުވަން. މަންމައަކީ ވެސް އިންސާނެއްނު. އަބަދު ރަގަޅު ކަންތަކެއް މަންމައަކަށް ވެސް ނުކުރެވޭނެނު.” އަޒުމީލު ބުންޏެވެ. ޝަކީލާ އަޒުމީލުއަށް ބަލަން އިރުކޮޅަކު ބަހެއް ނުބުނެ ހުރެފައި ގޮސް ކޮޓަރިއަށް ވަނެވެ.

“އެއްބަޔަކު ދާންވީނު ހެދުނުން އަންނަން. އޭރުން ދެން އެންމެ ރަގަޅުވާނީ.” ރަޝީދު ބުންޏެވެ. އެކަމާ އެންމެން މަޝްވަރާ ކުރުމަށްފަހު ފައްވާޒް ބައިންދާފައި އެހެން މީހުން ގެއަށް އައީ އެވެ. ފައްވާޒް ކައިރީ ޒެކް މަޑުކޮށްލައިގެން އިނެވެ. އަޒްކާ ގެއަށް ލާފައި މާޒްވެސް ގޮސް ހޮސްޕިޓަލުގައި ވަރަށް ގިނައިރު ވަންދެން އިނެވެ.

ޖެހިގެން އައި ދުވަހު ދިހައެއް ޖެހި އިރު އަލީ އައިސް ގެއަށް ވަނެވެ. އޭރު ހަފީޒާ ވީ ހޮސްޕިޓަލަށް ގޮހެވެ. ރިފާއާއި ހިބާ ގޭތެރޭ ކަންތަކުގައި އުޅެ އެވެ. މިއަދު މަސައްކަތް ކުރިއަށް ދާލެއް ވަރަށްވެސް ލަހެވެ. ދެމީހުންވެސް ހީވަނީ ކޮންމެހެން ކުރަން ޖެހިގެން ކުރާ ހެނެވެ. ދެމީހުންވެސް ތިބީ އެއްވެސް ކަމެއް ކުރާހިތް ނުވެފަ އެވެ.

“ކޮބާ ވާޒް؟” އަލީ އައިސް ފެންވަރާލައިގެން ނުކުމެ ރިފާ ކައިރީ އަހާލި އެވެ.

“ނިދާފަ. ރޭގަ ހޭލަ ހުރެފަ އައިސް ނިދީ.” ރިފާ ބުންޏެވެ. “ދެންމެ މަންމަ ގުޅާފަ ބުނީ މިހާރު ސީ.ޓީ ސްކޭންއެއް ހަދަން ވެގެންނޯ އުޅެނީ.” ރިފާއަށް ލިބުނު އެންމެ ފަހުގެ ހަބަރު އަލީއާއި ހިއްސާ ކޮށްލި އެވެ. އަލީ ބޯޖަހާލި އެވެ.

ކައިގެން އަލީ ހޮސްޕިޓަލަށް ދިއުމަށް ނުކުތެވެ. ރިފާއާއި ހިބާ ވެސް މެންދުރުފަހު ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވަނީ އެވެ. ގޭތެރެއާއި ތަންތަން ސާފުކޮށް ހެދުމަށްފަހު ދެމީހުން ތައްޔާރުވެގެން ކާރެއްގައި ހޮސްޕިޓަލަށް ދިޔައެވެ. ދިއުމުން ލިބުނު ހަބަރުން ހިބާގެ ހިތް ކުދިކުދި ވެއްޖެ އެވެ.

“ޑޮކްޓަރު ބުނީ ޒާންގެ ސިކުނޑިއަށް ކޮންމެސް ކަހަލަ ގެއްލުމެއް ވެފައި ހުރި ކަމަށް.” އަޒުމީލު ބުންޏެވެ. “އެކަމަކު އެއީ ފުރާނައަށް ނުރައްކާ ވާވަރުގެ ގެއްލުމެއް ނޫނޯ.” ދެން ކޯމާއެއްގަޔޯ މިހާރު އެއޮތީ. އެގޮތަށް ކިތަންމެ ދުވަހަކުވެސް އޮވެދާނެޔޯ. ނޫނީ ދެތިން ދުވަހުވެސް އޮވެދާނެޔޯ. ނޭގެޔޯ ބުނާކަށް.” އަޒްމީލް ރިފާއާއި ހިބާއަށް އެވާހަކަތައް ކިޔައިދިނީ ޑޮކްޓަރ އައި ގަޑީގައި އަޒުމީލު އެތާ ހުރީމަ އެވެ.

“ދެ ދުވަހެއް ތެރޭ ރޫމްއަކަށް ޗޭންޖް ކުރާނަމޯ. ޒާންއަށް އެންމެންގެ އަޑުވެސް އިވޭނެޔޯ. އެންމެން ދައްކާ ވާހަކައާއި ކުރާ ކަންތައް ވެސް އިނގިދާނެޔޯ. އެހެންވީމަ ޒާން ކައިރިއަށް ވިސިޓް ކުރަން އަންނަ އެކަކުވެސް ރޮއެ ނަހަދާ ޒާންއަށް ހިތްހަމަ ޖެހޭގޮތަށް ވާހަކަ ދައްކައްޗޯ ޑޮކް ބުނީ.” އަޒުމީލު ހިބާއަށް ވަރަށް ރަގަޅަށް ބަލައިލަމުން ބުންޏެވެ.

“އެއީ ތެދެއް. އެހެންވީމަ އެންމެން ވެސް ބަލަން ޖެހޭނީ ޒާން ހެޕީވާ ގޮތަށް ކަންތައް ކުރަން. ދެންމެ ނަދޫއަށް ވެސް ގުޅައިފިން. ނަދޫ ވެސް ދެދުވަހެއް ތެރޭ އަންނާނެ މިކޮޅަށް.” ހަފީޒާ ބުންޏެވެ. ހަފީޒާ ހީކުރީ ފައުޒާން އެންމެ އުފާވާނީ ނަދުވާ ފެނުނީމައި ކަމަށެވެ. އެހެންކަމުން ދެތިން ދުވަހަށް ނަދުވާ ފޮނުވައި ދިނުމަށް ނަދީމާ ކައިރީ ބުނެގެން ހަފީޒާ ނަދުވާ ވެސް ގެންނަނީ އެވެ.

އެރޭ ފަހަރަކު މީހަކަށް އައިސީޔޫއަށް ވަދެވޭނެ ކަމަށް އޮތީ އަންގާފަ އެވެ. އެވަގުތަށް ހިބާ އާއި އަޒްކާ ވެސް މަޑުކޮށްގެން ހުރީ އެރޭ ކްލާހަށް ވެސް ނުގޮހެވެ. ފަހަރަކު މީހަކު ވަދެ ފައުޒާން ބަލައިލާފައި ނުކުންނައިރު މޫނުމަތިން ފެންނަން ހުންނަ މާޔޫސް ގޮތަކުން ހިބާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިބާއަށް ފުރުސަތު ލިބުމުން ހިބާވެސް ގޮސް މަޑު މަޑުން ވަނެވެ. ފައުޒާންއޮތް އެނދާއި އެހާ ކައިރިއަކަށް ނުދެވެ އެވެ. ދެތިން ފޫޓު ދުރުން ފައުޒާން ފެންނަނީ ވަރަށް ނިކަމެތި ހާލެއްގައި އޮއްވަ އެވެ. އެތަން މިތަނަށް ވަނީ ހޮޅި ގުޅާފަ އެވެ. ނޭފަތަށާއި އަތަށާއި ބޮލަށް ވެސް ވަނީ އެއްޗިހި ތަކެއް ގުޅާފަ އެވެ. ފައުޒާންގެ ލޯ ވަނީ ހިސާބަކަށް ހުޅުވިފަ އެވެ. ފައުޒާން އޮތް ހާލު ފެނުމުން ހިބާއަށް ވަރަށް އަސަރު ކުރި އެވެ. ހިބާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ފައުޒާންއަށް ކުރިމަތިން ހުރިހާކަމެއް ފެންނާނެ ކަމުގައި ޑޮކްޓަރު ބުނި ވާހަކަ ހިބާ ހަދާނަށް އައެވެ. އެހެން ކަމުން އަވަހަށް ހިބާ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުން ފޮހެލި އެވެ. އަދި ހިބާ ފައުޒާންއަށް އަތުން ހަނާ އަޅާލި އެވެ. އަދި ވަރަށް ބޮޑަށް ހީލި އެވެ. ފައުޒާންއަށް އެމަންޒަރުތައް ފެންނާނެ ކަމުގެ އުންމީދުގައި ހިބާ ހުއްޓެވެ. ހިބާގެ ގަޑި ހަމަވުމާއި އެކު ހިބާ ނުކުތެވެ. ހިބާ ނުކުމެފައި ހިބާއަށް ރޮވެން ފެށި އެވެ. ފައުޒާން އޮތް ހާލާއި މެދު އަސަރުކޮށްގެން ފައުޒާން ކުރިމަތީ ހިންދާލައިގެން ހުރި ކަރުނަތައް ބޭރުކޮށްލީ ހަފީޒާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އެވެ. ހަފީޒާ ހިބާއަށް ހިތްވަރު ދެމުން ގެންދިޔަ އެވެ.

އޭގެ ދެދުވަސް ފަހުން ފައުޒާން ކޮޓަރިއަށް ބަދަލު ކުރި އެވެ. ފުލުސް އޮފީހުން ވަރަށް އެހީ ވެއެވެ. ކޮންމެ ދުވަހަކު އެތަނުން މީހުން އާދެ އެވެ. ފައުޒާންއަށް ބޭނުންވާ ހުރިހާ ސާމާނެއް ދެނީ އެތަނުންނެވެ. ފައުޒާން އޮންނަނީ އެމީހުންގެ ބެލުމުގެ ދަށުގައި ކަމުގައި އެމީހުން ބުންޏަސް ހަފީޒާމެންގެ އެދުމުގެ މަތިން އެމީހުން އަބަދު އެތާ ތިބޭކަށް ނަހަދަ އެވެ.       ފައުޒާން ކޮޓަރިއަށް ބަދަލު ކުރި ދުވަހުގެ ރޭ ނަދުވާ ވެސް މާލެ އައެވެ. ފައްވާޒް އާއި ރިފާއާއި ދެމީހުން މަޝްވަރާ ކުރުމަށްފަހު ޖެހިގެން އައި ދުވަހު ހެދުނުގެ ސައިގަޑީގައި އައިސް ހަފީޒާއާއި ވާހަކަ ދައްކަމުން ދިޔަ އެވެ.

“މަންމާ! ޒާން އެ ހާލުގައި އޮއްވާ ވާޒްމެން ފުރައިގެން ދިޔައިމަ މަންމައަށް ކިހާ އުނދަގޫ ވާނެ. ވާޒްމެން ތަންކޮޅެއް ފަހުން ދާން ނިންމަން ކަމަށް މި އުޅެނީ.” ފައްވާޒް ހަފީޒާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

“ނޫނޭ ދަރިފުޅާ. ތިހިން ހަދާނެ ކަމެއްނެތް. ތި ކޯސް ލިބުނީ ވެސް އެހާ ވަރުން. ތިގޮތަށް ހަދާނެ ކަމެއް ނެތް. ޒާން ވެސް ދެރަވާނެ އޭނަޔާ ހެދި ވާޒްގެ ކިޔެވުން ކުރިއަށް ނުގެންދެ ވެންޏާ.” ހަފީޒާ ބުނަމުން ދިޔަ އެވެ.

“އެކަމަކު މަންމާ. އަބަދު ހޮސްޕިޓަލުގަ އުޅެން ކިހާ ދަތި ވާނެ.” ރިފާ ބުންޏެވެ.

“ތިހެން ހީނުކޮށް ބަލަ. އަޒްމީލުއާއި މާޒްއާއި ޒެކް ވެސް އެތިބީނު. އަދި އަޒްކާ ވެސް އެހެރީނު. މިއަދު ނަދުވާ ވެސް އެ އައީނު. އަދި ނުވިތާކަށް ހިބާ ވެސް އެހެރީނު.” ހަފީޒާ ބުންޏެވެ. “ވާޒް، ދަރިފުޅުމެން ދިޔަޔަސް ދައްޗެއް ނުވާނެ. މަންމަމެން ވަރަށް ރަގަޅަށް ރާވާލައިގެން އުޅޭނީ.” ހަފީޒާ ބުންޏެވެ. އެންމެފަހުން ހަފީޒާ އެކަމާ އެއްބަސް ނުވެގެން ފައްވާޒްމެން ޖެހުނީ ފުރަން ތައްޔާރު ވާށެވެ. ދެން ފުރަން ބާކީ އޮތީ ދެދުވަހެވެ.

އެދުވަހު މެންދުރު ފަހު ހިބާ ހޮސްޕިޓަލަށް ދިޔައިރު އަލީ އިނީ ގޮނޑީގައި އިށީދެގެންނެވެ. ދެން ހަފީޒާ ވެސް އިނެވެ. ހަފީޒާ ޑިއުޓީ ނިންމާފައި އައިސް އެތާ މަޑުކޮށްލީ އެވެ.

“ހިބާ، ހިބާއަށް ކޮންމެދުވަހަކު އާދެވޭނެ ގަޑިއެއް ބުނޭ. މިހާރު މިތާ ޑިއުޓީ ހަދަން ރާވާލަން މި އުޅެނީ.” ހިބާ ފެނުމުން ހަފީޒާ ބުންޏެވެ.

“ހިބާއަށް އޯކޭ ރޭގަނޑު ސެވަންގެ ކުރިން ކޮންމެ ގަޑިއެއް ވެސް.” ހިބާ ބުންޏެވެ.

“ތިހެން ވިއްޔާ ރޭގަނޑު ހަތަކުން ނަދޫ ބައިން ދާނީ؟” އަލީއަށް ބަލައިލަމުން ހަފީޒާ ބުންޏެވެ.  “އެހެންވީމަ ހިބާ ކޮންމެ ދުވަހަކު ކައި ހަދައިގެން އަންނަން ވާނެ އެކެއް ޖަހާއިރަށް. އޭރުން ހަވީރު ކުޑައްތަ އަންނާނަން. ކުޑައްތަ ޑިއުޓީގަ ވާ ގަޑިތަކުގައި އަލީބެ އިންނާނެ.” ހަފީޒާ ބުންޏެވެ.

“ދެން ދަންވަރު ކާކު؟” ހިބާ އަހާލި އެވެ.

“ދަންވަރު އަބަދުވެސް ތިބޭނެ އަޒްމީލުއާއި މާޒްއާއި ޒެކް. އެކުދިން ބުނީ އެކުދިން ދަންވަރު ތިބޭނަމޯ.” ހަފީޒާ ބުންޏެވެ.

އޭގެ ދެދުވަސް ފަހުން ފައްވާޒްއާއި ރިފާ ފުރައިގެން ހިގައްޖެ އެވެ. ހިބާއަށް ގޭތެރޭ ހުރިހާކަމެއް ކުރަން ޖެހިއްޖެ އެވެ. ހިބާ ކަންތައް ނިންމާލާފައި ކޮންމެ ދުވަހަކު ވެސް ބާރަގަޑި ބައިގައި ހޮސްޕިޓަލުގައި އިނުމަށް ދެއެވެ. ހިބާ އިންނަ ގަޑި ތަކުގައި ފައުޒާންއަށް އެކި ވާހަކަ ކިޔައިދީ  ހަދަ އެވެ. ފައުޒާންއާއި އެވަރަށް އަނގަ ތަޅުވަ އެވެ. ހަފީޒާ ވެސް އޮންނަނީ ގިނައިން ފައުޒާންއާއި ވާހަކަ ދެއްކުމަށް އަންގާފަ އެވެ.

މާޒްއާއި ޒެކް ރޭގަނޑު ތިބެގެން ވެސް ފައުޒާންއާއި އެހާ ވާހަކަ ދައްކަ އެވެ. ފައުޒާން އަށް ޖޯކު ކިޔައިދީ ސަކަރާތް ޖަހާ ހަދަ އެވެ. ބައެއް ދުވަސް ދުވަހު ޝަކީލާ ވެސް ފައުޒާންއަށް ގޮވާލަން ދެ އެވެ. ފައުޒާން ފުލުހުގައި އުޅޭތީ ޝަކީލާ ކިތަންމެ ރުޅި އައިކަމުގައި ވިއަސް ޝަކީލާ މިހާރު ހުރީ ވަރަށް ދެރަ ވެފަ އެވެ. ފައުޒާން އަކީ ވެސް ދަރިއެއް ފަދައިން ކުޑައިރު އަޒުމީލުއާއި އެކު ޝަކީލާ އަތުން ކައިހެދި ކުއްޖެކެވެ. އަޒްކާ ވެސް ދޭތެރެއަކުން އާދެ އެވެ. ނަމަވެސް ނަދުވާ އަންނަނީ ވަރަށް މަދުންނެވެ. ހަފީޒާ ހީކުރި ގޮތާ ހިލާފަށް ނަދުވާ މާލެ އަޔަސް ހޮސްޕިޓަލުގައި އިންނާކަށް ނަދުވާއަށް ވަގުތެއް ނުވެ އެވެ. މަދު ދުވަހަކު ހޮސްޕިޓަލުގައި އިނަސް އަވަހަށް އިންނަނީ ދާން ވެފަ އެވެ.

ހިބާ އެދުވަހު ހޮސްޕިޓަލަށް އައިސް އިންދެފައި ހަވީރު ވުމުން ވެސް އެކަކުވެސް ނައެވެ. އިރު އޮއްސިއްޖެ އެވެ. ހިބާ ހަފީޒާއަށް ގުޅާލި އެވެ.

“ކުޑައްތާ؟ ކާކު މިގަޑީގަ އަންނަނީ؟ ހިބާ ކްލާހަށް ދާން ޖެހޭނެނު.” ހިބާ ހަފީޒާ ކައިރީ ބުންޏެވެ.

“ނަދޫ ބުނި ހަތަރެއް ޖަހާއިރު ދާނަމޭ. ނުދޭތަ؟” ހަފީޒާ ހައިރާން ވެފައި އަހާލި އެވެ. އަޅެ އޭނަ ދާނަމޭ ބުނީމަ ކުޑައްތަ މި އައީ ހުޅުމާލެއަށް ރައްޓިއްސަކާ ބައްދަލުކޮށްލަން ވެގެން.” ހަފީޒާ ބުންޏެވެ. “އަލީބެ ވެސް ގޮވައިގެން މި އާދެވުނީ.”

“އަޅެ ދެން ކިހިނެއް ހަދާނީ؟ އަޒްމީލުއަށް ގުޅަންވީތަ؟” ހިބާ އެހި އެވެ. ހަފީޒާ އާންއެކޭ ބުނުމުން ހިބާ އަޒްމީލުއަށް ގުޅި އެވެ. އަޒްމީލު ވެސް އޭރު ހުރީ މާލެއަކު ނޫނެވެ. އޭނަ ހުރީ އެއަރޕޯރޓުގަ އެވެ. ހިބާ ހަދާނެ ގޮތެއް ނޭގިގެން ދެން ގުޅީ ޒެކްއަށެވެ. ވަގުތުން ޒެކް އައިސްފި އެވެ. ޒެކް އައީ މާޒްވެސް ގޮވައިގެނެވެ. މާޒް އެތާ ބައިންދާފައި ޒެކް ނުކުތީ ހިބާ ގޮވައިގެން ހިބާ ގެއަށް ގެންދާށެވެ.

“ހިބް، ކުޑައްތަ ކައިރީ ބުނަންވީނު ޒާން ބޭރަށް ގެންދަން. ދެން ޒެކްއަށް ހީވަނީ ބޭރަށް ގެންދިޔައިމަ މާ ރަގަޅު ވާނެހެން.” ޒެކް ކާރު އިސްޓާޓު ކޮށްލަމުން ބުންޏެވެ.

“ހިބާއަށް ހީވަނީ ކުޑައްތަމެން އަތުގަ އެހާ ލާރި ނެތީ ކަންނޭގެ. ފިޒާ ބޭރުގައި ހުންނާތީ ވަރަށް ހަރަދު ދާނެނު. އަނެއްކާ މިހާރު ވާޒް ދޮންބެމެން ވެސް އެ ދިޔައީ.” ހިބާ ބުންޏެވެ. ޒެކް ބޯ ޖަހާލަމުން ވިސްނުމަކަށް ގެއްލިފައި އިނދެ ކާރު ދުއްވަމުން ދިޔަ އެވެ.

“އެބަ އޮތް ގޮތެއް.” ޒެކް ހިބާއަށް ބަލައިލަމުން ބުންޏެވެ. ހިބާ ޒެކްއަށް ބަލައިލީ ސުވާލުން ފުރިގެންވާ ގޮތަކަށެވެ. “ހިބްގެ ބައްޕަ ބުނެފަ އޮތީ ޒާންއަށް އެހީއެއް ބޭނުން ވެއްޖެއްޔާ ބުނާށޭ. އެހެންވީމަ ބައްޕައަށް ތިކަން ކޮށްދެވިދާނެ.” ޒެކް ބުންޏެވެ.

“ޒެކް. ކުޑައްތަމެން ތިގޮތެއް ގަބޫލެއް ނުވާނެނު. އިންގޭނު ކުޑައްތަމެންގެ ގޮތް.” ހިބާ ބުންޏެވެ.

“އަދިވެސް އެބައޮތް ގޮތެއް.” ޒެކް ލައިޓަށް ކާރު މަޑުކޮށްލަމުން ބުންޏެވެ. “ޒާންގެ އެކައުންޓަށް ފައިސާ ލާނީ. އެއްވެސް މީހަކަށް ނޭގޭނެނު ޒާންގެ އެކައުންޓުގަ ފައިސާ ހުންނާނެ ވަރެއް. އޭރުން އެ ލާރި ޔޫސް ކުރާކަށް ކުޑައްތަމެން ފަހެއް ނުޖެހޭނެނު.” ޒެކް ބުންޏެވެ. ހިބާ ހައިރާން ވެފައި ޒެކްއަށް ބަލައިލި އެވެ.

“އެކަމަކު ތި ފައިސާ ނެގޭނީ ޒާންއަށް އެކަންޏެއްނު.” ހިބާ ހައިރާން ވެފައި ބުންޏެވެ.

“ވާޒްއަށް އިނގޭނެ ޒާންގެ ޑޮލަރ އެކައުންޓް ކާޑު ނަންބަރު. ވާޒް ޒާންގެ ކާޑުން ޑޮލަރ ނެގީ ޒެކް ގޮވައިގެން ގޮސް. އެހެންވީމަ އެއަށް ޑޮލަރ ލީމަ ކުޑައްތަ މެނަކަށް ނޭގޭނެ މާބޮޑަކަށް،” ޒެކް ބުންޏެވެ. ހިބާ އެކަމާ އެއްބަސް ވިއެވެ. “ދެން ޖެހޭނީ ކޮންމެސް ގޮތަކުން އެ އައިޑިއަރ ކުޑައްތައަށް ދޭން.”

އެރޭ ހިބާ އެކި ގޮތްގޮތަށް ވިސްނަމުން ދިޔަ އެވެ. ހަފީޒާ ކައިރީ އެވާހަކަ ދައްކާނެ ގޮތަކާމެދު އެވެ. ހިބާ ކްލާހުން އައި އިރު އަލީއާއި ހަފީޒާ ހޮސްޕިޓަލުން އައިސް ގެއަށް ވަންނަނީ އެވެ. އެންމެން އެއްކޮން އައިސް ބަދިގެއަށް ވަނީ ކާށެވެ.

“ހިބާވެސް މިހާރު ކައްކަން ވަރަށް މޮޅު ވެއްޖެޔޭ ދޯ.” އަލީ ކަމުން ބުންޏެވެ. ހިބާ ހީލި އެވެ.

“ވާހަކައެއް ބުނަންތަ؟” ހިބާ ޖެހިލުންވެ އިންދެ އަހާލި އެވެ. ހަފީޒާއާއި އަލީ ހިބާއަށް ބަލައިލި އެވެ. “ޒާން ބޭރަށް ގެންދާކަށް ނުވިސްނަންތަ؟”

“ތިކަމާ މި ވިސްނަނީ. މިއަދު ހުޅުމާލެއަށް ވެސް ދިޔައީ ކުޑައްތަގެ ރައްޓެހި ސަމީރާ ބުނެގެން. އެއީ ކުޑައްތަގެ ރައްޓެހި ވަރަށް މުއްސަންދި ބައެއް. އެމީހުން ބުނެފި މެލޭޝިޔާއަށް ފޮނުވަ ދީފާނަމޯ. އަނެއްކާ ފުލުސް އޮފީހުންވެސް ބުނެފި އެމީހުން ވެސް ކޮންމެސް ވަރެއްގެ އެހީ ތެރިކަމެއް ދޭނެ ވާހަކަ.”ހަފީޒާ ބުންޏެވެ. “ހިބާ ހާދަ ވިސްނައޭ ޒާންއާ ދޭތެރޭގަ. އަހަރެން ހިތައް އަރާ ނަދޫވެސް ހިބާ ގޮތަށް ވިސްނާ ނަމައޭ. މިއަދު ނަދުވާ ވެއްޖެ ރިސޯޓަށް ގޮސް. އަޅެ ޒާން ބަލިވެގެން އެކަމަށް އައި މީހެއް ހޮސްޕިޓަލަށް ވަދެވެސް ނުލާ އެއުޅެނީ.” ހަފީޒާ އިނީ ހިތްހަމަ ނުޖެހިފަ އެވެ.

“ކުޑައްތާ! ހިބާއަށް ވިސްނުނު ގޮތެއް ބުނެލަންތަ؟” ހިބާ ބުންޏެވެ. ހަފީޒާ ބޯ ޖަހާލި އެވެ. އަލީވެސް ހިބާ ބުނަން އުޅޭ ވަހަކަ އަޑު އަހަން ސީރިއަސް ވެފައި އިނެވެ.

“ފައުޒާންގެ އެކައުންޓުގަ ކިހާވަރެއް ހުރިތޯ ބަލާފަ އޭގެން ވެސް ހަރަދު ކުރެވޭނެނު. މިބުނީ ދެ އެކައުންޓުގަ ވެސް. ވާޒް ދޮންބެއަށް އެނގޭނެ ކަންނޭގެ ކާޑު ނަންބަރު.” ހިބާ ބުންޏެވެ. ހަފީޒާއާއި އަލީ ހިބާއަށް ބަލަހައްޓައިގެން ތިއްބެވެ. ހިބާ ހީކުރީ ހިބާއަށް މި ބުނެވުނީ ބުނަން ނުވާނެ އެއްޗެއް ކަމުގަ އެވެ. “ދެން ހަމަ ހިޔާލެއް މީ. އެގޮތަށް ދެން ހަދާށެކޭ ނޫން….” ހިބާ ޖެހިލުން ވެފައި އިންދެ ބުންޏެވެ.

“ތިބުނީ ރަގަޅު ވާހަކައެއް. ޒާންގެ ޑޮލަރ އެކައުންޓުގަ ފުދޭވަރަށް ޑޮލަރު ހުންނާނެ. އަހަރެން ބުނެގެން ވާޒް އެންމެފަހުން އޭގެން ޑޮލަރު ނެގީ. އެ ކާދު ވެސް އޮންނާނީ އަހަރެން އަތުގަ. އޭރުވެސް ހުރި ދެހާސް ޑޮލަރު. އެއީ ފިޒާއަށް ޑޮލަރު ފޮނުވަން އުނދަގޫ ވާތީ ޒާން ހެދި އެކައުންޓެއް. އެހެންވީމަ މިހާރު ހުންނާނެ ކަންނޭގެ ފުދޭ ވަރަކަށް ގިނައިން. ހިބާ ތި ދިނީ ވަރަށް ރަގަޅު އައި ޑިއަރ އެއް. ކުޑައްތައަށް ވެސް އޭގެން ޑޮލަރު ނެގޭނެ. އެއީ ކުޑައްތަމެން އެންމެނަށް ޑޮލަރު ނެގޭނެޔޭ ކިޔައިފަ ޒާން ހުޅުވި އެކައުންޓެކޭ.” ހަފީޒާ އިނީ ވަރަށް ހިތްހަމަ ޖެހިފަ އެވެ. އަދި އަލީ ވެސް އިނީ އެކަމާ ހެދި ހަމަ ޖެހިލާފަ އެވެ.

ކައިނިމިގެން ހިބާ ކޮޓަރިއަށް އައިސް ޒެކްއަށް ގުޅި އެވެ. އަދި ހަފީޒާ މެންނާ އެވާހަކަ ދެއްކުމުން ވީގޮތް ކިޔައިދިނެވެ. ދެން ހަދަންވީ ގޮތް ޒެކްއަށް އެނގޭ ކަމުގައި ޒެކް ބުންޏެވެ. އަދި އެއްވެސް މީހެއް ކައިރީ އެވާހަކަ ނުދެއްކުމަށް ވެސް ޒެކް ބުންޏެވެ.

ޖެހިގެން އައި ދުވަހު ހިބާ ހޮސްޕިޓަލަށް ވަދެގެން ގޮސް ފައުޒާން އޮތް ކޮޓަރިއަށް ދިއައިރު އެކޮޓަރި ހުރީ އެތެރެއިން ތަޅުލާފަ އެވެ. ހިބާ ހީކުރީ ފައުޒާން ރީތި ކުރާތީ ތަޅުލާފައި ހުރީ ކަމަށެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓާ ނަރުސް ކުއްޖަކު އައިސްފި އެވެ.

“ކީއްވެ ތަޅުލާފަ؟” ނަރުސް ކުއްޖާ އައީ ހުންބަލާ ބީ.ޕީ ޗެކް ކުރާށެވެ. ހިބާ ސުވާލު އުފެދިފައި ނަރުސް ކުއްޖާއަށް ބަލައިލި އެވެ.

“ރީތި ކުރަނީކީ ނޫންތަ؟” ހިބާ ހައިރާން ވެފައި ހުރެ އަހާލި އެވެ. ނަރުސް ކުއްޖާ ބޯ ހޫރާލަމުން ކޮޓަރި ދޮރުގައި ޓަކި ޖަހާލި އެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުން ދޮރު ހުޅުވީ ނަދުވާ އެވެ. ނަދުވާގެ ބޯ ވަނީ ކުޑަކޮން ހޭވިފަ އެވެ. ނަރުސް ކުއްޖާއާއި އެކު ހިބާ ކޮޓަރިއަށް ވަނެވެ. އޭރު މިންހާޖް ވެސް ކުޑަ އެނދުގައި އިށީދެލައިގެން އިނެވެ. ކުޑަ އެނދުގައި އަޅާފައި އޮތް ހުދު ފޮތިގަނޑުވެސް ގުޅަވެގެން ގޮސް ވަނީ އެއްކަނަކަށް ބޮޑިވެގެން ގޮސްފަ އެވެ.

“ތަޅުލެވިފަ ދޯ ހުރީ. ނޭގެ ތަޅުލެވިފަ ހުރިކަމެއް ވެސް.” ނަދުވާ ހާސް ވެލައިފައި ބުންޏެވެ. ހިބާ އެއްފަހަރު މިންހާޖަށް އަނެއްފަހަރު ނަދުވާއަށް ބަލައިލި އެވެ. ނަރުސް ކުއްޖާ އައިސް އޭނަ ކުރާކަމެއް ކޮށްފައި ނުކުމެގެން ހިގައްޖެ އެވެ.

“ކަލޭ ކޮންމެހެން އަހަރުމެނާ ދިމާއަށް މާ ޝައްކު ގޮތަކަށް ބަލަހައްޓައިގެން ހުންނާނެ ކަމެއްނެތް.” ނަދުވާ ހިބާއާއި ދިމާއަށް ބުންޏެވެ. “ކަލެއަށް އެއްކަމެއް ވެސް ނުކުރެވޭނެ.” މިންހާޖުގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެގެން ދަމުން ނަދުވާ ބުންޏެވެ. ހިބާ ހައިރާން ވެފައި ނަދުވާއަށް ބަލަން ހުއްޓެވެ. ނޫނޭވާ އެއީ އަންހެނެކޭ ހިބާ ހިތަށް އެރި އެވެ. ފައުޒާންއަށް މިހާރު އެނގޭނެކަން ގައިމެވެ. ހިބާ ފައުޒާންއަށް ބަލައިލި އެވެ. ފައުޒާންގެ ލޮލުން ކަރުނަ ފައިބާތަން ހިބާއަށް ފެނުނެވެ. ހިބާ އަވަހަށް ޓިޝޫއަކުން ކަރުނަތައް ފޮހެލައި ދިނެވެ. ހިސާބަކަށް ތުބުޅީގައި އިސްތަށި ފަޅާފައި ހުރުމުން ފިރިހެން ވަންތަކަން އިތުރު ވެފައި ވެއެވެ. ނަމަވެސް ކުރިއަށް ވުރެން މިހާރު ވަނީ ހިކިފަ އެވެ. ހިބާ ފުންކޮން ފައުޒާންއަށް ބަލައިލި އެވެ. ހިބާ ހުރީ ވަރަށް ދެރަވެފަ އެވެ. ނަމަވެސް ފައުޒާން ކުރިމަތީ ރޯކަށް ހިބާ ބޭނުމެއް ނޫނެވެ.

“ފައުޒާން. ނުރޮއެ. ފައުޒާން ރަގަޅު ވީމަ ހުރިހާ ކަމެއްވެސް ރަގަޅު ވާނެ.” އަސަރުން ފުރިފައިވާ ގޮތަކަށް ހިބާ ބުންޏެވެ. “ހިބާ ފައުޒާންއަށް ވެއިޓް ކޮށްގެން ހުންނާނަން. އަވަހަށް ރަގަޅުވާތި. ހިބާ މިހާރު މިއުޅެނީ ވަރަށް ފޫހިވެގެން. ހިބާއާ ސަމާސާ ކޮށްލާނެ ކުއްޖަކު ވެސް މިހާރަކު ނެތް.” ހިބާ އައިސް ފައުޒާން ކައިރީ ހުރި ގޮނޑީގައި އިށީނެވެ. “ފައުޒާން ނެތީމަ ގޭތެރެ އޮންނަނީ ފަޅުވެފަ. ފައުޒާން ހަމަ ތިހިން އޮންނާނީތަ؟ އޭރުން ދެން އެހެން މީހުން ހާދަ ފޫހިވެޔޭ.” ހިބާ ފައުޒާންގެ ބޮލުގައި ފިރުމާލި އެވެ. “ފައުޒާންއަށް ހިބާ ފޮނުވި މެސެޖު އެއީ އޮޅިގެން ފޮނުވުނު އެއްޗެއް އިންގޭ. އެކަމަކު އެއީ ހިބާގެ ހިތް އެދޭ ގޮތަކީ. ކީއްކުރާނީ ދޯ. ފައުޒާންއަށް ވެސް އެކަމާ ކުރެވޭނެ ކަމެއް ނެތެއްނު. އެކަމަކު ވެއިޓް ކުރާށޭ ބުނެފަ، ތިއޮތީ މިހާރު އޮތް ގޮތް. އަވަހަށް ރަގަޅުވެގެން ތެދުވޭ. ހިބާ މިގޮތަށް ވެއިޓްކޮށްގެން ހުންނާނަން ފައުޒާން ރަގަޅު ވަންދެން….” ހިބާ ހުއްޓާނުލާ ފައުޒާންގެ ބޮލުގައި ފިރުމަމުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދަ އެވެ.

ދުވަސް ކޮޅެއް ފަހުން ރާއްޖޭން ބޭރަށް ދިއުމަށް ހަމަޖެހިއްޖެ އެވެ. ހަފީޒާއާއި އަލީއާއި ނަދުވާ ވެސް ދެއެވެ. އެންމެން ދަނީ މެލޭޝިޔާއަށެވެ. އެއީ ނަދީމާއާއި ސައީދުއަށް ވެސް އެހީ ވެވޭނީ އެތަނަށް ދިއުމުން ކަމަށް ހަފީޒާ ދެކޭތީ އެވެ. ކިތަންމެ އަގު ބޮޑަސް ހަފީޒާ ބޭނުންވީ އެހެން އެކަން ކުރާށެވެ.

ހިބާ އެކަނި ގޭގައި ހުންނަން ޖެހޭތީ ހަފީޒާ ހިބާ ބައްޕަ ކައިރިއަށް ދިއުމަށް ހިބާ ކައިރީ ބުނުމުން އެކަމާ ހިބާ ގަބޫލެއް ނުވި އެވެ. ހިބާ އަޒްކާ މެންގޭގައި އަހަރު ނިމެންދެން ހުންނާނީ ކަމުގައި ބުންޏެވެ. އަހަރު ނިމެން ކައިރިވެފައި އޮތުމުން އަހަރު ނިމިގެން ރަށަށް ދާން ހިބާ އޮތީ ނިންމާފަ އެވެ. އެކަމާ ހަފީޒާ ޝަކީލާއާއި ވާހަކަ ދެއްކުމުން ޝަކީލާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނެވެ.

*    *    *    *    *    *    *    *    *    *    *    *    *

ދުވަސްތައް ފާއިތުވެގެން ދާން ފެށިއެވެ. ބަންދު ވުމާއި އެކު ހިބާ ފުރައިގެން ދިޔައީ ރަށަށެވެ. ވައިބަރ މެދުވެރިކޮށް ހަފީޒާމެންގެ ހަބަރު ހިބާ ހޯދަ އެވެ. ފައުޒާންގެ ވާހަކައާއި ނަވާގެ ވާހަކަ ހަފިޒާ ހިބާއަށް ކިޔައިދެމުން ދެއެވެ. ފިޒާވެސް ހިބާއަށް އެވަރަށް ގުޅައެވެ. އެޕް.ބީ އިން ދިމާ ވެގެން ވެސް އެތައް ވާހަކައެއް ފިޒާ ހިބާއަށް ކިޔައި ދެއެވެ. ރިފާއާއި ފައްވާޒް ވެސް އުޅެނީ ފިޒާ ކައިރީ ކަމުން އެމީހުންގެ ހަބަރުތައް ވެސް ހިބާއަށް ލިބެއެވެ.

އެދުވަހު ހިބާ އެފް.ބީ އަށް ވަދެ އިނީ ގޭގެ ސޯފާގައި އިށީދެގެން ނެވެ. މޫމިނާ ބަދިގޭގައި އުޅެ އެވެ. އިރުކޮޅަކުން ފިޒާ އޮންލައިން ވެއްޖެ އެވެ. ހިބާ ހައި ޖަހާލުމުން ފިޒާ ވައިބާ އިން ގުޅަނީ ކަމުގައި ބުންޏެވެ.

ހިބާ ފޯނު ނަގައިގެން ގުޅަންދެން އިނެވެ. އިރުކޮޅަކުން ރިންގުވާން ފެށި އެވެ. ހިބާ ފޯނު ނެގުމާއި އެކު ފިޒާ ދިން ހަބަރަކުން ހިބާ ފުމެން ފެށި އެވެ. އަދި ފުންމައިގެން ސޯފާ މައްޗަށް އަރާ ހަޅޭއް ލަވަން ފެށި އެވެ. އުޅެވޭ ނޫޅެވޭ ގޮތްވެސް ހިބާއަކަށް ނޭގެ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 23 ވަނަ ބައި

Next

Next
April 16, 2016

Previews
April 16, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 23 ވަނަ ބައި

31 Comments!

  1. Shaai says:
    April 16, 2016 at 6:38 am

    Wow..
    Haadha riycheyy….
    Alhe dhen fauxaan avahah rangalhuvegen Thi nadhoo ge goas vaahaka Mamma kairiyga dhahkabala. Eyrun dhen v rythi vaane. Me baives v furihama….. Aasi Thi kuraa hihvarah Hama Saabas. V obi story….

  2. Rinxy says:
    April 16, 2016 at 9:05 am

    Hats off to Asi

  3. Lsi says:
    April 16, 2016 at 9:25 am

    Kobaa 23

  4. Aisha says:
    April 16, 2016 at 9:27 am

    Love u aaasi. Wen next part. Cnt wait any more. Ummmmmmmma

  5. shinnu says:
    April 16, 2016 at 9:37 am

    Wow.v salhi.

  6. Sithoo says:
    April 16, 2016 at 9:50 am

    Ehfahara huriha episodes upload kuryma maa awas waahaka nimeyleh..

  7. A says:
    April 16, 2016 at 9:58 am

    v reethi wow

  8. Hadhee says:
    April 16, 2016 at 10:24 am

    Alhey so interesting… Next avahah up kurahchey plx

  9. Zee says:
    April 16, 2016 at 10:49 am

    Vv salhi Aasi varehney thanks

  10. Isheee says:
    April 16, 2016 at 11:35 am

    Wow aasi varah habeys n thanks

  11. Yanaalee says:
    April 16, 2016 at 11:35 am

    Vaahaka v interesting.. Saabas thikura hiyvarah

  12. Ifaa says:
    April 16, 2016 at 12:03 pm

    V v reethi mi vaahaka ….so interesting

  13. Pinky says:
    April 16, 2016 at 1:03 pm

    Avahah up kohdhybaa plx nadhuvaa falhaa ery dhw zaan ah zaan kurimathy varah interesting zaan hurihaa vaahaka eh zaan manma yah kiyaadhyba avahah rangalhu vefa adhi hiba aa zaan gulhuvabala plx varah interesting hiba zaan kairi ah raahjen beyrah gendheh ala plx

  14. eny says:
    April 16, 2016 at 2:06 pm

    v salhi …pinky buny ragalhah hibaa zaan kairiah gendhaba eyrun thi nadhuvaa foari dhahkaane dhen nadhuvaa bast kohlaaneee majaavaane hhehe

  15. Lyn says:
    April 16, 2016 at 2:08 pm

    Hadikan.mihaa hadi vaahaka eh adhi nukiyan.

    1. Angel says:
      April 17, 2016 at 12:21 am

      Dhen nukiyaa ehen vihyya….

    2. eny says:
      April 17, 2016 at 8:47 am

      lyn dhooni ganda hadiviyya nukiyaba

  16. nakko says:
    April 16, 2016 at 2:34 pm

    varah salhi story eh mee. gina parts thah up kureethy v bodah thanks. Aasi varah molhu. Aasi akee molhu liyun theri eh. keep it up.

  17. Siyaa says:
    April 16, 2016 at 3:26 pm

    Nice v avahah up kohdehcey.konmes kuhjaku bunedeebala mivaahaka ekkon in siteh

  18. Anonymous says:
    April 16, 2016 at 4:31 pm

    Wow haadha reethi me vaahaks

  19. Aimmmm says:
    April 16, 2016 at 9:28 pm

    Mi vaahaka eyko kiyene gothe bunedheebala. Dhivehi vaahaka .com akun nufeney

    1. Hooo says:
      April 17, 2016 at 11:22 am

      Dhivehie vaahak. .Com get library ge loabi ge vaahaka hunaan section ga hunaaney

  20. Minmi says:
    April 16, 2016 at 9:52 pm

    Lyn hajam plzzz

  21. Angel says:
    April 17, 2016 at 12:22 am

    Awsome story!

  22. eny says:
    April 17, 2016 at 8:48 am

    allhey ehfaharaa 3 episode uploadkohfa aasi fileetha ….. vvvv inthizaaru ebaurevey plxxxxxxxxxxxxxxxxxxxxxx upload kohba

  23. Lala says:
    April 17, 2016 at 10:59 am

    Koba vaahaka avas up koh dheeba wait ga ey meeni

  24. Soabi says:
    April 17, 2016 at 12:28 pm

    Next part kobaa hadaha Lahey up vaaleh v kiyaahiyvey ????

  25. dark princess says:
    April 17, 2016 at 8:03 pm

    Miami comment Imuran hahaha Mobley dhw????

  26. mine says:
    April 17, 2016 at 8:08 pm

    Be fast aasi I can’t wait

  27. Mai says:
    April 17, 2016 at 8:50 pm

    Koba mirey up nukuranitha

  28. Faxoo says:
    April 26, 2016 at 2:48 pm

    Nadhuvaa gandu ge vaahaka buneba avahah Hiba noony Fauzaan avahah rangalhuvegen 🙁 dhww Hiba ah kon happy news ehba libuny 😀 mi part ves varah reethi 😉

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި←


All Right Reserved!