ހިތް އެދޭ މަންޒިލަކީ… 38
“މީކީ އިއްޔެއަކު މިއަދަކު އެމީހުން ރާވައިގެން އުޅޭ ކުޅިގަނޑެއް ނޫން.. ރީންތައާ ނާއިފް ކައިވެނި ކުރި އިރުވެސް މިކަމެއް ދިޔައީ ހިނގަމުން.. ފުރަތަމަ އަހަންނަށް ވެސް ހީކުރެވުނީ ނިމްޝާ އެގޮތަށް ކަންތައް ކުރީ ރެން ލިވީއާ ރައްޓެހިވީމަ ރުޅިއައިސްގެން ބަދަލުހިފަން ކަމަށް.. އެކަމަކު ވިސްނާލަބަލަ.. ނާއިފްއާ ނިމްޝާ ދެބެންނަށް ވުން، އެކަންތައް އެއްވެސް މީހަކަށް ނޭނގި އޮތުން، ރީންތައާ ނާއިފް ކައިވެނިކުރުން، ރައިހާންއާ ނިމްޝާ ރައްޓެހިވުން، ނިމްޝާ ރައިހާން ދޫކޮށްލާފަ ދިޔުން، ރައިހާން ލިވީއާ އެކީ މޫވްއޮން ކުރީމަ އަނބުރާ އައުން، އެވަރަށް ބްލެކްމެއިލް ކޮށްފައި ލިވީ ލައްވައި ކޮމްޕެނީގެެ އަގު ވައްޓައިލުން، އެންމެންނާ ދުރަށް ލިވީ ފޮނުވައިލުން.. މި ހުރިހައި ކަމެއް މީ ބޮޑު ރޭވުމެއްގެ ދަށުން ހިނގަމުން އަންނަ ކަންތައްތަކެއްހެން ހިޔެއް ނުވޭތަ..؟ އަދިވެސް މިކަންތައްގަނޑުގެ ތެރޭގައި ސެންސް މޭކް ނުކުރާ ބައިވަރު ކަންތައް އެބަހުރި.. މާނައަކީ އަހަރެމެންނަށް ނޭނގޭ ބައިވަރު ހަގީގަތްތަކެއް އެބަހުއްޓޭ.. މިކަންތައްގަނޑުގެ ތެރެއިން ލިވީ ސަލާމަތްކުރުމަކީ ތި ހީކުރާހައި ފަސޭހަކަމެއް ނޫނޭ!” ލައިނީގެ ވާހަަތަކުން އެންމެން ހިމޭންވި އިރު އެކަމާ ދޭތެރޭ އެންމެ ބޮޑަށް ވިސްނުނީ ޔާނިއުއާއި ރައިހާންއަށެވެ.
“އެހެން ނުވާނެ! ކޮން ދޮގެއް ހަދާކަށް! ނާއިފްއެއް ނުކުރާނެ ތިވަރުގެ ކަމެއް! މިހާރުވެސް ނާއިފާ ދިމާއަށް ކިޔުނު އެއްޗެހި މަދުވެގެންތަ ތި އުޅެނީ؟” ކުއްލިއަކަށް ރީނާ ހަޅޭއްލަވައިގަތުމުން އެންމެންނަށް އެދިމާއަށް ބަލައިލެވުނެވެ.
“މިގޭ އެންމެން ވެސް ހީވަނީ އަހަރެންގެ ފިރިމީހާއާ ޖައްސާލައިގެން އުޅޭހެން! އޭނަގެ ބޮލުގަ ނާޅުވާކަށް ތުހުމަތެއް ނެތޭ! އެންމެފަހުން އޭނަ ބޮލުގަ އެޅުވި ކަންތައް ބަލާބަލަ! އެ ނުބައި ނުލަފާ އަންހެނާ ކުރި ކަންތައް ވެސް އެ އެޅުވީ ނާއިފްގެ ބޮލުގައެއްނު!” ރައިހާންއަށް ކެތްވީ އެހިސާބަށެވެ. ބާރު ހިނގުމެއްގައި ގޮސް ރީނާގެ ކުރިމަތީގައި ހުއްޓުނު އިރު އެ ދެއަތް ވަނީ މުއްކެވިފައެވެ.
“ޚަބަރުދާރު! ދެވަނަ ފަހަރަށް އަހަރެންގެ ލިވްޔާއޭ ކިޔައިގެން ތި އަނގައިން އެއްޗެއް ބޭރު ނުކުރައްޗޭ! އަހަރެން އެއްޗެކޭ ނުބުނެ ހުންނަތާ ވަރަށް ދުވަސް ވެއްޖެ.. މަންމަމެންގެ ނުރުހުމުގަ ތި ކިޔާ ނާއިފަކާ އިނދެގެން އޭނައަށް ތަކައި މުޅި އާއިލާ ދެކޮޅުވެގެން އުޅޭ އިރު އެކަކު ވެސް ދޮންތައާ ދިމާއަށް އެއްޗެކޭ ބުނިތަ؟ އޭނަ ދޮންތަ ގައިގަ ޖެހި ރޭ ވެސް އަހަރެން އެއްޗެކޭ ބުނީމަ ދޮންތަ ރުޅިއައިސްގެން އައިސް ޖެހީ އަހަރެންގެ ގައިގަ! މިޔޮށް ހުރިހާ ދުވަސްވީ އިރު ނާއިފް ދޮންތައަށާ ރިއްކޮއަށް ކޮށްދިން ކަމެއް ބުނެބަލަ! ޒަރޫރީ ޚަރަދެއް ނުކުރި އިރު، އެކަން ވެސް މި ކޮށްދެނީ އަހަންނެއް ނޫންތަ؟ ނާއިފް ރިއްކޮއަށް ކޮށްދިން ކަންތަކަށް ވުރެ އަހަންނާ ޔާން ކޮށްދިން ކަންތައް ވެސް މާ ގިނަވާނެ! ދެން ބުނޭ އަހަރެން ކަލަގޮވަނިއްޔޭ! މި ހުރިހާ ދުވަހަކު އެއްޗެއް ނުބުނެ މިހުންނަނީ ދޮންތައާ މައްސަލައެއް ޖެހެން ބޭނުންނުވާތީ.. އެކަމަކު ދޮންތައަށް އަހަންނަށް ވުރެ، މި އާއިލާއަށް ވުރެ ތި ބުނާ ފިރިމީހާ މުހިއްމު ވަންޏާ މީގެ ފަހުން އަހަންނާ އެއްވެސް ގުޅުމެއް ނުބޭއްވިޔަސް ވަރިހަމަ!” ރުޅިއައިސްފައި ހުރި ވަރުން ރައިހާންއަށް ކިޔޭނުކިޔޭއެއް ވެސް ނޭނގުނެވެ. އަހަރުތަކެއް ވާން ދެން ހިތުގައި ފޮރުވައިގެން އުޅުނު ޝަކުވާތައް ރީނާގެ ކުރިމަތީގައި ބަންޑުކޮށްލި ގޮތުން އެތަނުގައި ތިބި އެންމެންގެ ހިތަށް ވެސް އަސަރުކުރިއެވެ.
“އެ ނާއިފް އެ ހަލާކުކޮށްލީ ކިތައް މީހުންގެ ދިރިއުޅުން؟ ދެން ވެސް އަހަންނަށް ހެވެއް އެދެންޏާ ނާއިފް ދިފާއު ކުރުން ހުއްޓާލާ! ދޮންތަ ރުޅިއަޔަސް އަހަރެން މިފަހަރު ހުއްޓާލާނީ އެ ނާއިފް ޖަލަށް ލާފަ!” އެހިސާބަށް ބުނުމަށް ފަހު ރައިހާން ފަސްއެނބުރި ހިނގައިގަތީ ގެއިން ނުކުންނާށެވެ. ރައިހާންގެ ފަހަތުން ޒާމިންއާއި ޔާނިއުގެ އިތުރުން ލައިނީ ވެސް ދުވެފައި ދިޔައީ މިވަގުތު ރައިހާންއަށް އެހީވުމަށް ވުރެ މުހިއްމު ކަމެއް ނެތްކަން އެނގޭތީއެވެ.
ރައިހާން ނުކުތުމާ އެކީ ރީނާ އަނގަމަތީގައި އަތް އަޅައިލަމުން ތިރިވިއެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެން ފެށުމާއެކު ގިސްލެވެމުން ދިޔައެވެ. އެ މަނޒްޒަރު ބަލަން ކުޅަދާނަ ނުވެގެން އައިސާމަނިކެ އައިސް ރީނާ ކައިރި އިށީނދެލާފައި، މާމަ ދަރިފުޅު ގައިގައި ބައްދައިލިއެވެ.
“މާމާ.. ރެން އެބުނީ ތެދެއް.. މަންމައާ ބައްޕަގެ ބަސްނާހަ ނާާއިފްއާ ކައިވެނި ކުރީމަ މި ހުރިހާ ކަމެއް މިވަނީ.. އަހަރެންގެ ދަރިފުޅު ވެސް ބައްޕައެއްގެ ފުރިހަމަ ލޯބި ލިބުމުން މަހުރޫމުވީ.. ރެންއަށް ރެންގެ ލޯބި ގެއްލުނީ ވެސް.. ބައްޕަގެ ކޮމްޕެނީ ވެސް ދިޔައީ.. މާމާ.. އަހަރެން މީ ހާދަ ސުންޕާ މީހެކޭ..” އައިސާމަނިކެގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރީނާ ކިޔަމުން ދިޔައެވެ.
“ވީ ކަމެއްވީ ދަރިފުޅާ.. މިހާރު ވެސް ދަރިފުޅަށް ވިސްނެން މާ ލަސްވެއްޖެ.. އެކަމަކު ވިސްނުނީތީ މާމަ ﷲއަށް ޙަމްދުކުރަން.. ދެން ހުއްޓައިލާ.. ހިތްވަރުކުރަން ވާނެ.. ރައިހާން އަދި ހުރިހާ ކަމެއް ރަނގަޅުކުރާނެ އިންޝާﷲ.. މާތްﷲ ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” ރީނާގެ ބޮލުގައި ފިރުމައިލަމުން އައިސާމަނިކެ ނަސޭހަތް ދެމުން ދިޔައެވެ.
*** ** ***
“އަހަރެމެން ކަންތައް ކުރަންވާނީ ވަރަށް ވިސްނައިގެން.. އަހަރެން ވަރަށް ބިރުގަނޭ ލިވީއަށް ގޮތެއް ވެދާނެތީ..” ލައިނީ ވާހަކަ ދައްކަމުން ދިޔައީ އެތަނުގައި ތިބި ރައިހާންއާއި ޔާނިއުގެ އިތުރުން ޒާމިންއާއެވެ.
ރައިހާންގެ އޮފީހުގައި ހަތަރު މީހުން ތިބި އިރު ޒާމިން އިނީ ރައިހާންގެ ކޮމްޕިޔުޓަރު ދޮޮށުގައި އެހައި އަވަހަށް އޭނާގެ މަސައްކަތް ފަށައިގެންނެވެ. ރައިހާން ދެކޮޅަދެކޮޅަށް ހިނގަމުން ދިޔަ އިރު ލައިނީ ގޮވައިގެން ޔާނިއު ސޯފާގައި އިނެވެ. ގަޑިން ދަންވަރު ބާރަޖަހާފައިވީ ނަމަވެސް އެކަކަށް ވެސް އެކަން އިހުސާސްވީހެނެއް ހިޔެއް ނުވެއެވެ.
“މިވަގުތު ނާއިފް ވީ ރިސޯޓެއްގަ.. އެހެންވީމަ ލަސްނުކޮށް މަސައްކަތް ފަށަންވީ..” ޔާނިއު ބުނެލުމާ އެކީ އެމީހުންނަށް އިތުރު ހިތްވަރެއް ލިބުނެވެ.
“ރެން.. މިގޮތަށް އެއްވެސް ކަމެއް ނޭނގެނީސް ލިވީގެ ލޮކޭޝަން ހޯދަން ވަރަށް އުނދަގޫވާނެ.. އެންމެ ފަސޭހަވާނީ މިކަމުގެ ތެރޭގަ އުޅުނު މީހަކު އަތުލައިގަނެގެން މިކަން ކުރިއްޔާ..” ރައިހާންއަށް ބަލައިލަމުން ޒާމިން ބުނެލުމާ އެކީ ރައިހާންގެ ހާސްކަން އިތުރުވިއެވެ. މިހާރު ވެސް ލިވްޔާގެ ޚަބަރެއް ނުވެގެން އެހިތަށް ވަމުން ދިޔަ އުނދަގޫ ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. ލިވްޔާ ދިރިހުރިކަމެއް ނުވަތަ ނެތް ކަމެއް ވެސް ނޭނގޭ ޙާލު ރައިހާންގެ ހަށިގަނޑުގައިވާ ކޮންމެ ހިއްސެއް ވެސް ހީވަނީ ތެޅިފޮޅޭ ހެންނެވެ. ބޭނުންވަނީ ލިވްޔާ ހުރި ތާކަށް ދާށެވެ. އެ ނިޔަނެތި އަންހެންކުއްޖާ އޭނާގެ މޭތެރޭގައި ފޮރުވައިލާށެވެ. ދެ އހަަރު ވާން ދެން އެކަނިމައިއެކަނި އެ ލޮބުވެތި އަންހެން ކުއްޖާ ތަހައްމަލު ކުރި ކޮންމެ ކަމެއް ހިތުން ފިލާ ވަރަށް ލޯބިދޭށެވެ.
“ޕޮލިހަށް އަންގަންވީނު..” ޔާނިއު ބުނެލުމާ އެކީ ލައިނީ ވަގުތުން ތެޅިގަނެފައި ދެކޮޅު ހެދިއެވެ.
“ނޫން! އޭރުން މާ ސަކަރާތް ވާނެ.. ނިމްޝާ އަހަރެން ކައިިރ ބުންޏޭ އަބަދު ވެސް އަހަންނާ ލިވްޔާގެ ފަސްފަހަތް ބަލަން މީހަކު ހުންނާނެޔޭ.. ޕޮލިހަށް އަންގައިފިއްޔާ އެމީހުންނަށް އެނގޭކަށް އިރުތަކެއް ނުނަގާނެ.. ނިމްޝާ ކޮށްލަން ޖެހޭނީ ހަމަ އެންމެ ފޯނެއް.. އަހަރެމެންނަށް ކަމެއް ކުރެވުމުގެ ކުރިން ލިވީގެ ދުވަސް ދާނެ..” ލައިނީގެ ވާހަކައިން އެންމެންގެ އުއްމީދު އެލެން ފެށިއެވެ. މި ހުރިހައި ދުވަހަކު ލައިނީއަށް އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ވާހަކައެއް ނުބުނެ ފަސްޖެހުމުގެ ފަހަތުގައިވީ ސަބަބުގެ ބިރުވެރިކަން ރައިހާންއަށާ ޔާނިއުއަށް އިހުސާސްވީ އަދި ކިރިޔާއެވެ.
“ދެން ކިހިނެއް ހަދާނީ..؟” ޒާމިން އަހައިލުމާ އެކު ރައިހާން އޭނާއަށް ބަލައިލިއެވެ.
“ނިމްޝާ ހޯދަންވީ..” ރައިހާން ބުނެލީ އެއީ އޮތް ހަމައެކަނި ގޮތް ކަމަށް ވާތީއެވެ.
“ނިމްޝާ ހޯދައިގެން ކުރިމައްޗަށް ގެންނަންވީ.. ނޫން.. އޭނަ ކިޑްނެޕްކުރަންވީ.. ނާއިފް މާލޭގަ ނެތް އިރު ފަސޭހަ ވެސް ވާނީ މިކަން ކުރަން.. ނިމްޝާއަށް ބިރުދައްކާލައިގެން ލިވްޔާ ވީ ތަނެއް ހޯދަންވީ.. އޭގެ ފަހުން ޕޮލިހުންނަށް އަންގާނީ.. ލިވްޔާ ސަލާމަތުން ހުރިކަން ޔަގީން ނުވަނީސް އިތުރު މީހަކަށް މިކަން އެނގިގެން ނުވާނެ..” ރައިހާން ބުނި ގޮތާ ޔާނިއުއާއި ޒާމިން ވަގުތުން އެއްބަސްވީ ނަމަވެސް ލައިނީ ހުރީ އަދިވެސް ކޮންމެވެސް ވަރަށް ބިރުންނެވެ.
“އެކަމަކު އެކަން ކުރާކަށް ފަސޭހައެއް ނުވާނެ.. ނިމްޝާއަކީ ތި ހީކުރާވަރަށް ވުރެ މާ ވިސްނުންތޫނު އަންހެނެއް.. އޭނަ އަތުލައިގަންނާނީ ކިހިނެއް..؟” ލައިނީގެ އިންޒާރުން ވެސް ރައިހާންގެ އަޒުމަކަށް ގުޑުމެއް ނައެވެ.
“އެއީ ވެސް ތެދެއް.. ނިމްޝާ އަތުލައިގަތުމަސް ވުރެ ފަސޭހަ ވާނީ އަހަރެމެން ކުރިމަތީގަ، އަހަރެމެން ތެރޭ އުޅޭ މީހެއްގެ ފަރާތުން މިކަން ހޯދަން އުޅުނިއްޔާ..” ޔާނިއު ބުނެލުމުން ރައިހާންއާއި ޒާމިންއަށް އެކަކުއަނެކަކަށް ބަލައިލެވުނެވެ.
“ތިބުނީ.. ނާއިފްގެ ވާހަކަތަ..؟” ރައިހާން އަހައިލުމުން ޔާނިއު ބޯޖަހައިލިއެވެ. އެއާއެކު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ރައިހާންއާއި ޒާމިންއަށް ވެސް ގަބޫލުކުރެވުނެވެ.
“ލައި ދޭ ގެޔަށް.. ލާލަ ވެސް ވީ ގޭގައެއްނު.. ޔާން ދޭ ލައި ލާފަ އަންނަން.. ދެން ކުރާ ކަމެއް ކުރާނީ އަހަރެމެން ތިން މީހުން..” ގަޑިން ވީވަރު ފެނިފައި ރައިހާން ބުނެލި ނަމަވެސް ލައިނީ ވަގުތުން ދެކޮޅު ހެދިއެވެ.
“ނޫން.. މި ހުރިހާ ދުވަހު ވެސް ލިވީގެ ހަބަރެއް ނުވީ އަހަރެން ހަނުހުރީމަ.. އިތުރަށް މިހެން ވާކަށް އަހަންނެއް ބޭނުމެއް ނޫން.. އަހަރެންގެ ކޮއްކޮ އަހަރެން ބޭނުން..” ލައިނީގެ އަޑު ކުރަކިވެގެން ދިޔުމާ އެކީ ޔާނިއު އައިސް ދެއަތުން ލައިނީގެ މޫނުގައި ހިފަހައްޓައިލިއެވެ.
“އެންމެންނަށް ވެސް އެނގޭ މިހާރު ލައި މަޑުން ހުރީ މަޖުބޫރުވެގެންކަން.. ލައި ވެސް ކުރި ކަމެއް ކުރީ ލިވީއަށް ޓަކައި.. ދެން ލައި ހާސްނުވޭ.. ގޯ ހޯމް ގެޓް ސަމް ރެސްޓް.. އަނެއްކާ ޔަލާއަށް ހޭލެވޭ އިރު ލައި ކައިރީގަ ނެތިއްޔާ ކިހާ ވަރަކަށް ރޯނެ.. ހިނގާ ގެޔަށް ދާން ދޯ..؟ އަހަންނާ ރެންއާ ޒާމިން ވެގެން ހުރިހައި ކަމެއް ހަމަޖައްސާނަމޭ.. ޕްލީޒް ޓްރަސްޓް އަސް..” ޔާނިއު ވިސްނައިދޭ ރާގެއްގައި ބުނުމުން ލައިނީ ބޯޖަހައިލިއެވެ. އިތުރަށް ބަހުސްކުރުމެއް ނެތި ޔާނިއުއާ އެކީ ލައިނީ ނުކުމެގެން ދިޔުމުން ޒާމިން އާއި ރައިހާން މަޝްވަރާ ކުރަން ފެށީ ދެން ހަދަންވީ ގޮތަކާއި މެދުގައެވެ. އިރުކޮޅެއް ފަހުން ޔާނިއު އައުމާ އެކީ ތިން މީހުންގެ ރޭވުން އިތުރަށް ފުރިހަމަވެގެން ދިޔައެވެ.
“ނާއިފް ދެން އޮފީހަށް އަންނާނީ މާދަން ނޫން އަނެއް ދުވަހު.. އެހެންވީމަ އޭރަށް އަހަރެމމެން ތައްޔާރުވާންވީ..” ޔާނިއު ބުނެލުމުން ދެން ތިބި ދެމީހުން ބޯޖަހައިލިއެވެ.
“ހާސްނުވޭ ރެން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލިވީ އެނބުރި އަހަރެމެން ކައިރިޔަށް އަންނާނެ..” ރައިހާންގެ ކޮނޑުގައި ޖަހައިލަމުން ޒާމިން ބުނެލީ ހިތްވަރުދދޭ ރާގެއްގައެވެ. އެއާއެކު ރައިހާން ފުންނޭވާއެއް ދޫކޮށްލަމުން މޫނުގައި އަތް ހިންގައިލިއެވެ.
“މި ހުރިހާ ދުވަހު އަހަރެން ހީކުރީ ލިވްޔާ އަހަންނަށް ބޭވަފާތެރިވެ ފިލީކަމަށް.. އެކަމަކު.. ކީއްވެތަ މިހެން މިވީ..؟ ލިވްޔާ އުޅޭނެ ހާލެއް ވެސް ނޭނގޭ.. ލިވްޔާ މިއަދު ދުނިޔޭގަ ހުރިކަމެއް ނެތް ކަމެއް ވެސް އަހަންނަކަށް ނޭނގެ..” ރައިހާންގެ އަޑު ކުރެހިގެން ދިޔައީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
“ރެން ހިތްވަރުުކުރޭ.. މިވަގުތު ހިތްވަރުކޮށް ނޫނީ ލިވްޔާ ސަލާމަތްކުރެވޭކަށް ނެތް.. ޕްލީޒް..” ޔާނިއު ރައިހާންގެ ގައިގައި ބައްދައިލަމުން ބުނެލީ ހިތްވަރުދޭ ރާގެއްގައެވެ. މިވަގުތު ރައިހާންގެ ހިތުގައި އަޅަމުން ދާނޭ ވޭން އަންދާޒާކޮށްލަން ވެސް އުނދަގޫވާތީއެވެ.
*** ** ***
އޮފީސް ދަތުރެއްގެ ނަމުގައި ބަނޑޮހުގައި ހަފްތާއެއް މަޑުކުރުމަށް ފަހު ނާއިފް ހުޅުމާލެ އައީ ކަމެއް ވެގެން އުޅޭކަމުގެ ހިލަމެއް ވެސް ނުވާ ހާލުގައެވެ. ނަގަމުން ދިޔަ މަޖާގަނޑުގެ ތެރޭގައި މާ ބޮޑު ވިސްނުމަކަށް ނުގޮސް ނާއިފް ހުރިހައި ކަމެއް ދޫކޮށްލައިގެން ހުރީ މި ހުރިހައި ދުވަހަކު ނުވި ކަމެއް ދެން ވެސް ނުވާނެޔޭ ހިތަށް އަރުވާލައިގެން ހުރެއެވެ. އެހެނަސް ނާއިފަށް ނޭނގުނު ކަމަކީ އެމީހުންގެ ހުރިހައި ރޭވުމެއް ފެނަށްވެގެންދާ ދުވަސް ކައިރިވެފައިވީ ކަމެވެ. ކުރި ހުރިހައި ނުބައި ކަމެއްގެ ޖަޒާ ލިބެން ނުހަނު ގާތްވެފައިވާ ކަމެވެ.
ނާއިފް އަންނަ ޚަބަރާ އެކީ ރައިހާންމެން ތައްޔާރުވީ ނުހަނު އަވަހަށެވެ. ލިވްޔާއަށް ނުރައްކަލެއް ނުވާނޭހެން ނުހަނު ފަރުވާތެރިކަމާ އެކީ ރައިހާންއާއި ޔާނިއުއާއި ޒާމިންގެ އިތުރުން ލައިނީއާއި އެ އާއިލާގެ އެންމެން ވެސް ދިޔައީ އެކަމުގައި އެއްބާރުލުން ދެމުންނެވެ. ރީނާ ވެސް މެއެވެ. މި ހުރިހައި ދުވަހު އޭނާ ނާއިފް ދިފާޢު ކުރަމުން ދިޔައީ ލޯބިވާތީއެވެ. އެހެނަސް މިއަދު އޭނާ ވެސް ހަގީގަތާ ކުރިމަތިލާން ތައްޔާރުވެފައިވާ ފަދައެވެ. ކާމިޔާބު ކައިވެންޏަކަށް ބޭނުންވަނީ ހަމައެކަނި ލޯބި ނޫންކަން އެންމެ ފަހުން ގަބޫލުކުރެވިފައިވާ ފަދައެވެ.
ނާއިފް ގެއަށް ވަން އިރު ރޭގަނޑު ދިހައެއް ވެސް ޖަހާ ބޮޑުވެއްޖެއެވެ. ގޭތެރެއިން އެއްވެސް އާދަޔާޚިލާފު ކަމެއް ފެންނަން ނެތުމުން ނާއިފް ކޮޓަރިއަށް ވަނީ އަވަހަށް ތަޒާވެލަން ބޭނުންވެ ހުރެއެވެ. އެވަގުތު އެނދުމަތީގައި ރިއާ ނިންދަވަން އިން ރީނާ ފެނުނުކަމަށް ވެސް ހަދައިނުލާވ ނާއިފް ގަމީސް ބޭލީ ފެންވަރަން ވަންނާށެވެ.
“ކާން ހަދަންތަ..؟” އިތުރު ސުވާލެއް ނުކޮށް ރީނާ އަހައިލުމުން ނާއިފް ބޯހޫރުވައިލިއެވެ.
“ކޮފީއެއް ގެނެސްދީ..” ހަމައެކަނި އެހެން ބުނެފައި ނާއިފް ފާޚާނާއަށް ވަނުމުން ރީނާ ވަގުތުން ތެދުވިއެވެ. ނިދިފައި އޮތް ރިއާގެ ނިތަށް ބޮސްދީފައި ރީނާ ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. އަދި ރައިހާން ކަންތައް ކުރަން އިރުޝާދު ދީފައިވާ ފަދައިން ކޮފީތަށި ހެދުމަށް ފަހު އެނބުރި ކޮޓަރިއަށް އައި އިރު، ނާއިފް ފާޚާނާއިން ނުކުންނަނީއެވެ.
ރީނާއަސް ބަލައިލުމެއް ވެސް ނެތި ނާއިފް ކޮފީތަށީގައި ހިފިއެވެ. އެއަށް ފަހު ފޯނު ހިފައިގެން ގޮސް ނުކުތީ އެ ކޮޓަރިން ނުކުމެވެން ހުރި ބެލްކަންޏަށެވެ. ކޯވަރަކަށް ފަހު ކޯވަރެއް ކޮފީ ބޮމުން ދިޔަ އިރު ނާއިފް ފޯނުން ހުޅުވައިލީ ސީސީޓީވީ ފުޓޭޖެވެ. ވެއަތުވެގެން ދިޔަ ދެ ހަފްތާ ތެރޭގައި މަޖާ ނަގަން އުޅެން ހަދައިގެން އޭނާއަށް އެކަން ރަނގަޅަށް ނުކުރެވިފައިވާތީއެވެ.
ފުޓޭޖް ބަލަމުން ދިޔަ ވަގުތު ކުއްލިއަކަށް ފެނުނު މަންޒަރަކުން ނާއިފްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން ރެއިލިން މަތީގައި ކޮފީތަށި ބަހައްޓާފައި ނާއިފް ދެއަތުން ފޯނުގައި ހިފަހައްޓައިލަން އުޅުނު ނަމަވެސް އެކަން ނުކުރެވި، ފޯނު ބިންމައްޗަށް ވެއްޓުނީ ދެއަތުން ވާގިދޫވާން ފެށުމުންނެވެ. އެއާއެކު ލޯމައްޗަށް އަނދިރިވާހެން ހީވުމުން ނާއިފްއަށް ރީނާއަށް ގޮވައިލެވުނެވެ. ބޮލަށް އެރި ތޫނު ތަދާއި އެކު، ލޯމައްޗަށް އަނދިރިވުމުގެ ކުރިން ނާއިފަށް އެންމެ ފަހުން ފެނުނީ ރައިހާންގެ ނަފްރަތުން ފުރިފައިވީ ދެލޮލެވެ.
*** ** ***
އުނދަގޫ ގޮތަކަށް ދެލޯ ހުޅުވައިލި ނާއިފްގެ ކަޅި އެ އަނދިރި ގުދަނުގެ އެކި ދިމަދިމާއަށް ދަތުރުކުރަން ފެށިއެވެ. ބޮލުގައި ހުރި ރިހުމާއެކީ ވަށައިގެންވާ މާހައުލު ނަގައިގަންނަން ނާއިފަށް އިރުކޮޅެއް ނެގިއެވެ. ދެލޯ ހޭނުމާ އެކީ ފުރަތަމަ ވެސް ނާއިފަށް ތެޅިގަނެވުނީ އިށީނދެގެން އިން ގޮނޑީގައި މީހާ ބަނދެފައި އިނުމުންނެވެ. ދެއަތާއި ދެފައި ވެސް ބަނދެފައިވާ ތަން ފެނުމުން ނާއިފަށް ދަތްކުނޑި ވިކައިލެވުނެވެ. ކުރިމމަތީގައި ތިބި ރައިހާންއާއި ޔާނިއުގެ އިތުރުން ލައިނީ އޭނާއަށް ފެނުނީ ދެނެވެ.
“ހޭލެވިއްޖެ ދޯ..؟” ރައިހާންގެ އަޑުގައިވީ ނުރައްކާތެރިކަމެވެ.
“**އެއްނު! ހަމަ މިހާރު ދޫކޮށްލާ!” ނާއިފް ހަޅޭއްލަވައިގަތް ނަމަވެސް ރައިހާންމެން ކަހާތަން ހިރުވައި ވެސް ނުލިއެވެ.
“ދޫކޮށްލާނީ އެންމެ ގޮޮތެއްގެ މަތިން.. ނުބުންޏަސް ކުރަންވީ ކަންތައް ކަލެއަށް އެނގޭނެ!” މިފަހަރު އިންޒާރު އައީ ޔާނިއުގެ ފަރާތުންނެވެ.
“ކަލޭ ބުނީ ދޯ މި މީހުން ކައިރި! ** އެއްނު ލައިނީ ކަލޭ ހޭއަރުވާލާނަން!” އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިން ޖެހި ދުމެއްހެން ޔާނިއު އައިސް ނާއިފްގެ ކޮލުގައި ހިފައި ފިތައިލީ ތަދުވާނެހައި ބާރަށެވެ.
“އަހަރެންގެ އަންހެނުންނޭ ކިޔައިގެން ތި މުޑުދާރު އަނގައިން އެންމެ ބަހެއް ބޭރުކުރިޔަސް ނިމުނީ! ކަލޭ ހޭއަރުވާލާނަން! އެހެން މީހުންނަން ގޮތްގޮތް ހެދޭހާ ބާރެއް ކަލޭ އަތަކު މިހާރު ނެތޭ! ދެން ވެސް އެންމެ ރަނގަޅުވާނީ މައިތިރިވެގެން އަހަރުން ބުނާ ގޮތަކަށް ކަންތައް ކުރިއްޔާ!” ނާއިފް ގައިން ދޫކޮށްލަމުން ޔާނިއު އިންޒާރު ދިނުމާ އެކީ ރައިހާން ވެސް ކުރިޔަށް ޖެހިލިއެވެ.
“ކަލޭމެންނަށް ވާ ދުވަހު ބާރު ހިފައިގެން އުޅެވިއްޖެއެއްނު.. މިއަދު ބާރު މި އޮތީ އަހަރެމެން އަތުގަ. ދެން ވެސް ކަލެއާ ކަލޭގެ ކޮއްކޮ ނިމްޝާ ދުނިޔޭގަ ހުންނަން ބޭނުމިއްޔާ އެންމެ ރަނގަޅުވާނީ ލިވްޔާ ވީ ތަނެއް ބުނިއްޔާ!” ރައިހާން ވާހަކަ ދެއްކީ މަޑުން ނަމަވެސް އެ އަޑުގައި އެކުލެވިގެން ދިޔަ ބިރުވެރިކަމުން ނާއިފްގެ ހިތް ވެސް ޖެހިލުންވިއެވެ. ލައިނީއަށް އެނގޭ ހުރިހައި އެއްޗެއް މިހާރު ރައިހާންއަސް ވެސް އެނގޭކަން ނާއިފަށް ވިސްނޭކަށް އިރުތަކެއް ނުނެގިއެވެ.
“ހީކުރީތަ ތިހެން ދެފަހަރަކު އިންޒާރު ދޭ އިރަށް އަހަރެން ބިރުގަންނާނެ ކަމަށް..؟ އަހަރެމެންގެ އެންމެ ރޭވުމަކުން ކަލެއަށޭ ހުރިހާ އެއްޗެއް ގެއްލުނީ! ދެން ވެސް ތިމާ މީހާގެ ހައިސިއްޔަތާ ނިކަމެތިކަން ހަނދާންކޮށްލާފަ ފަހަތަށް ޖެހޭ.. އަހަރެން މިތަނުން ސަލާމަތް ވެއްޖެއްޔާ ކަލޭމެން އެކަކު ވެސް ދުލެއް ނުކުރާނަން!” ނާއިފް ހަޅޭއްލަވައިގަތް ނަމަވެސް ޔާނިއުއާއި ރައިހާާން ގުޑައި ވެސް ނުލިއެވެ.
“ސަލާމަތް ވެވިއްޖެއްޔާތާ…” ތިރިއަށް ވެއްޓިފައި އޮތް ވަޅި ނަގަމުން ރައިހާން ދިން ނަަޒަރާއެކީ ނާއިފްގެ ދޫ ބަންދުވީ ފަދައެވެ. ލިވްޔާއަށް ޓަކައި އެފަދަ ބޮޑު ކަމެއް ކުރަން ރައިހާން ފަސްނުޖެހޭނެކަން ނާއިފަށް އެނގެއެވެ. އަމިއްލަ މީހާގެ ފަރުވާކުޑަކަމާ މެދު ނާއިފަށް އެވަގުތު ހިތާމަކުރެވުނީ އިންތިހާއަށެވެ. ހުރިހައި ނުރައްކަލެއް ބަންދުވީ ކަމަށް ހީކުރެވުނު ވަގުތު މިފަދަ މުސީބާތެއް ޖެހިދާނެޔޭ ހީކުރާނީ ކާކުހެއްޔެވެ؟
“ރައިހާން.. ރައިހާން.. އަޑު އަހާބަލަ.. އިހަށް މަޑުކޮށްބަލަ..” ތުރުތުރުލަމުން ދިޔަ އަޑުން ނާއިފް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް އެވަގުތު އޭނާގެ ކޯތާފަތް ހުށައެޅުނީ ރައިހާންގެ އަތުގެ ހޫނު ހަމަލާއެކެވެ. އެންމެ ހަމަލާއެއް ނޫނެވެ. އެތައް ހަމަލާއެކެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭގަނޑު އޮހިގަތުމާއެކީ ނާއިފަށް ކެތްކުރަން އުނދަގޫވިއެވެ.
“** އެއްނު ހަމަ މިހާރު ބުނަންވީ! އެހެންނޫނީ ދެން ކަލޭގެ ލޯބިވާ ކޮއްކޮއަށް ފެންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު!” ރައިހާން ހަޅޭލަވައިގަތުމާ އެކީ އެ އަތުގެ ހޫނު ހަމަލާއެއް އަނެއްކައި ވެސް ނާއިފްގެ މޫނަށް އެރިއެވެ. އެމަންޒަރު ބަލަން މިފަހަރު ލައިނީއަކަށް ވެސް އުނދަގުލެއް ނުވިއެވެ. އޭނާގެ ކޮއްކޮއަށް އެހައި ހާލު ޖެއްސި މީހަކަށް އެ އަނިޔާގެ މިންވަރު ވެސް ކުޑައެވެ.
“ރެން!” އަނެއްކައި ވެސް ނާއިފް ގައިގައި ޖަހަން ހިއްލައިލި އަތް ރައިހާންއަށް ތިރިކޮށްލެވުނީ ފަހަތުން ޒާމިން ގޮވައިލި އަޑު އިވުމުންނެވެ. އޭރު މޭޒުމަތީގައި އޮތް ނާއިފްގެ ފޯނާއި، އޭނާގެ ލެޕްޓޮޕް ދައްކައިލާފައި ޒާމިން ރައިހާންއަށް ބަލައިލިއެވެ.
“ހޯދިއްޖެ!” ޒާމިންގެ އެ ލަފްޒުން އެކަނި ވެސް ރައިހާންގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒާމިންގެ ގާތުގައި ހުއްޓިލާފައި ރައިހާން ޒާމިންގެ ލެޕްޓޮޕް ސްކްރީނަށް ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން ރައިހާންއަށް “އަލްހަމްދުލިﷲ” އޭ ބުނެވުނު އިރު އެ ހިތް އުފަލުން ބަންޑުންވީ ފަދައެވެ. ކޯތާފަތް މަތީ ދެމިލި ކަރުނައިގެ ރޮނގާ އެކީ ރައިހާންގެ މުޅި ނަފްސުގެ ހަމަޖެހުމާއި އުފާވެރިކަން އަނބުރާ ލިބުނު ފަދައެވެ.
ވީގޮތް އެނގުމާ އެކީ ލައިނީގެ ދެލޮލުން ނީރައިލި ކަރުނަ ފުހެދިނީ ގާތުގައި ހުރި ޔާނިއުއެވެ. ދެން ހުރިހައި ކަމެއް ވެސް ރަނގަޅުވާނެޔޭ ބުނަމުން އެ ދެއަތުގެ ތެރެއަށް ލައިނީ ގެނައި އިރު، ޔާނިއުގެ ދެލޮލުގައި ވެސް ކަރުނައިގެ މުތީތައް ވިދަމުން ދިޔައެވެ. ދެން ކަންތައް ކުރަންވީ ގޮތް އެންމެން ރާވަމުން ދިޔަ އިރު އެއްވެސް ބާރެއް ނެތިފައި އެ ހުރިހައި މަންޒަރެއް ބަލަން އިންނަން ޖެހުނީ ނާއިފަށެވެ. އަހަރުތަކެއް ވާން ދެން ރޭވި ނުބައި ރޭވުން ފެނަށް ވެގެން ދާތަން ބަލަން އޭނާ އިނީ ދަތްކުނޑި ވިކާލައިގެންނެވެ. ބޮޑާވެފައި މޭފުއްޕާލައިގެން ބިމުގައި ހިނގި ދުވަސް ނިމިއްޖެކަން ވިސްނުނު ހިނދު އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ގޮތްހުސްވެފައި މަންޒަރު ބަލަން އިނުމެވެ.
*** ** ***
“މިގަޑީ ވަރަށް ބިޒީ.. ފަހުން ގުޅާނަން..” ތިން ފަހަރު ގުޅި ފަހުން ވެސް ފޯނު ނުނެގި ނާއިފް ކުރި މެސެޖު ފެނިފައި ނިމްޝާއަށް ދަތްކުނޑި ވިކައިލެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު އޭނާއަށް އެ މެސެޖުން ލިބުނެވެ.
އެއީ އެހެންޏާ ނާއިފް ކަންތައް ކުރާ ގޮތެއް ނޫނެވެ. ކިތަންމެ ބުރަ ވިޔަސް އޭނާ ގުޅުމުން ނާއިފް ފޯނު ނަގާނެއެވެ. ބުރަ ވާހަކައާއި ފަހުން ގުޅާނެ ވާހަކަ ނާއިފް ބުނާީ ފޯނުންނެވެ.
އެހެނަސް ހަދާން އިތުރު ގޮތެއް ނެތުމުންނާއި، އޮފީހުގައި ހުރި މަސައްކަތްތައް ގިނަކަމުން އެވަގުތު ނާއިފް ވީ ތަނެއް ހޯދުމަށް މަސައްކަތް ނުކޮށް ނިމްޝާ އެނބުރި ރުޖޫޢަވީ އޭނާގެ މަސައްކަތަށެވެ. އެކަމުގެ ސަބަބުން އަންނަން އުޅޭ ބިޔަ ތޫފާނުގެ ހިލަމެއް ވެސް ނުވާ ހާލުގައެވެ.
*** ** ***
ހަވީރުގެ އެ ފިނިފިނި ވަގުތު ކޮލެޖުން ނުކުތް ލިވްޔާ އާދައިގެ މަތިން މިސްރާބު ޖެހީ ކެންޑިސްގެ ކުތުބުޚާނާއަށެވެ. އެވަގުތު ވެސް ކޮންމެވެސް ވަރަކަށް ފިނި ވެހެމުން ދިޔައެވެ. ފިންޏަށް ބަލިވެދާނެތީ ލިވްޔާ ލައިގެން ހުރި މެކްސީ ހެދުމުގެ މަތިން އަޅައިގެން ހުރި މަޑުފިޔާތޮށިކުލައިގެ ފިނިހެދުން ކަކުލާ ހަމައަށް އަރައެވެ. އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެ ހަމަހިމޭން މަގުގައި ހިނގަމުން ދިޔަ ލިވްޔާގެ ފިޔަވަޅުތައް ކުއްލިއަކަށް މަޑުޖެހުނީ ފަހަތުން އިވުނު އަޑަކުންނެވެ. ވިސްނަންވީ އެއްޗެއް ނޭނގިފައި، މުޅި މީހާ ހުއްޓުން އަރާފައި ހުއްޓާ އަނެއްކައި ވެސް އެ އަޑު އިވުނެވެ. އޭނާއަށް ޔަގީންވީ ދެނެވެ. ހިތުގެ ތެޅުން އެތައް ގުނައެއް އަވަސްވެގެން ދިޔަ އިރު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ފިނީގެ ސަބަބުން ނޫންކަން ޔަގީނެެވެ. އެ ދިގުދިގު އެސްފިޔަތައް ތެމުނު އިރު ލިވްޔާއަށް ފަހަތަށް އެނބުރި ބަލައިލެވުނީ މިއީ ހުވަފެނެއް ނޫނީ ޚިޔާލަކަށް ނުވޭތޯ ހިތާހިތުން ދުޢާކުރަމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







omg!! Raihaan tha?? alhey, can’t wait to read the next ep. plz plz Nayaa avaskolla dhehchey, vaahaka vvvv rythi
Omg finally they reunited dhww….
Love how this story is going…
When’s the next part??
Curiously waiting 🫶🏻🫶🏻
be patient
dhen let’s see dho reunite veetho
next week ga genesdheynan insha allah 💞
Haadha laheyyy
Weekly 1 part genes dheny?
Maasha allah🌷.
Mi prt vs vrh reethi.🌷
V heevey e dhemeehun reunite v hen🌷
Anyways when next nayaa? 🌷🌷🌷🌷
Tc n Lysm 🌷💋🌷🌷🌷🌷🌷🌷🌷🌷🌷
Love it
It’s Ren dhwww
Can’t wait!!!
OMG…. Itz ren dhwww???
Imma so so curiousss…. Cant wait for nimsha n naaif to go to jail,,, lol..
Anyways mi ep vx hessah salhi.. Maasha Allah
Curiously waiting for the nxt prt
When next????
Tc.. Lyy💙💚
Naayoooo aslu kon dhuvasthakegga tha vhk up vanee?
Mhr bxy kamun abadhu esfiya nubeleythyve hehe
Oh my gosh!!! Is it ren??
Mi part vrh vx reeethi MA💗
This part was really nice💗vrh reethiii i loved it keep it upp itss renn rightt??😭😭
Hey nayu ,when is the next part?? Curiosity on hundred😭🫶🏻.
Luv your stories💓
Hello. When is next part?? Can you please tell on which days story is uploading? Can’t wait to read next… 😭
Mi week mioh nimuny
Koba story??
Asluves dho. I hate this much waiting. Aslu varah kiyaalaa hithun mi hunnany konme dhuvahaku ehthah faharaku eba check kurevey up vefa intho.. bitakah ves mihaavarakah inthizaareh nukurevey 😭 dhera varah 😑
Hiii.. kobaa next part. Mihaaru 2 weeks vejje. Can’t wait hama. Avahah up kolla dheeba plsss. Kiyaalaa hithun hama nunidhey 😭
Thedheh nayaa avahah up kolldheeba. Or give some updates of the story. Varah dhuvas vejje mihaaru story kiyaahithun hunnathaa. And Plss reply this comment 😭
Hey.. koba next part?? Haadha lahey 😑
This story is really nice. When is next part?
Awwn hope it’s ren!! Finally they both reunite dho. Can’t wait to read next part..
Hi..nayaa
Story ge uodate eh neiytha?
Varah kiyaahithun hureema hama mi ahaalee
Hi nayaa. Where is next part? I hope everything goes well with you.. can’t wait for the next part. Lysm 💗💗
When is next part
Hi nayaa. Story ge update eh dheeba plss. Everyone is waiting for the next part. Story dhen enme avahah fennany kihaa hisaabehga? Can’t wait hama. Hope will get reply for this comment soon 💗
Nayaa, story up nuviyas comments thakah reply dheeba please. Lasvaa reason eh buneba. Gina writer varah ginain kuraa kameh mee. Gina meehun kiyaa hiy vaa hisaabun abadhuves writers gelleynee. 😭😭 hope ehen nuvaane kamah 💗