Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މާފުކުރާށޭ ލޯބިވާ 3

miss rose Level 1
June 3, 2026 3 Mins Read
0 Comments

ޝޫރާ ސިހުނީ މީހެއްގެގައި ޖެހިފައި ވެއްޓެންދިޔުމުންނެވެ. ވެއްޓުނީމައި ވާނެ ތަދު ހިތަށް އަރުވާލި ޝޫރާއަށް ލޯހުޅުވާލެވުނީ ނުވެއްޓުމުންނެވެ. މަޑުމަޑުން ލޯހުޅުވާލި ޝޫރާގެ މޫނު ރަތްވީ ފެނުނު މީހެއްގެ ސަބަބުންނެވެ.

…………………………………………………………

” އިޔާން” ޝޫރާއަށް ބުނެލެވުނެވެ. ޝޫރާގެ އަޑަށް ހޭވެރިކަމެއްވީ އިޔާން އަވަސް އަވަހަށް ޝޫރާ ތެދުކުރުމަށްފަހު ބެހެއްޓިއެވެ.

” ހާއި ޝޫރާ. ކޮފީއެއްބޯން ދަނާންތަ؟” ވަރަށް ނުކެރިފައިހުރެ އިޔާން އަހާލިއެވެ.

” ޝުއަރ. ލެޓްސްގޯ.” ހިނިތުންވެލަމުން ޝޫރާ ބުނެލިއެވެ. އިޔާންއާއި ޝޫރާވަނީ ކައިރީގައިހުރި ކެފޭއަކަށެވެ. ކެފޭގެ ކަނެއްގައިހުރި މޭޒެއްގައި އިޔާން ޝޫރާ ގޮވައިގެންގޮސް އިށީނެވެ. އޭރު އެމޭޒުގައި އަންހެންކުއްޖަކާއި ފިރިހެންކުއްޖެއްވެސް އިނެވެ.

” އަދިކިރިޔާ ދޮންބެއަށް ތިއާދެވުނީ؟ މީ ކޮންކުއްޖެއް؟” ޝޫރާއަށް އިށާރާތްކޮށް އިޒާން އަހާލިއެވެ.

” މީ ޝޫރާ . ދޮންބެގެ ފްރެންޑްއް. ޝޫރާ ދެންމީނީ އަހަރެންގެ ކޮއްކޮ އިޒާން. ދެންމީނދީ ނޯރާ. އިޒާންގެ ޖީއެފް.” އިޔާން އެހެންބުނުމުން އިޒާންއާއި ނޯރާ ހާއި އެ ބުނެލިއެވެ.

…………………………………………………………..

ގޭތެރެއަށްވަތް ސަނާޝް ދުވެފަގޮސް ކޮޓަރިއަށް ވަދެ ކޮޓަރި ތަޅުލިއެވެ. ލައިގެންހުރި އެއްޗެހިވެސް ބަދަލުނުކޮށް އެނދުމައްޗައް ވެއްޓުނު ސަނާޝްއަށް ރޮވެނީއެވެ. އެވަގުތު ސަނާޝްއަށް ސިފަވީ އޭނާގެ މާޒީއެވެ.

1 އަހަރުކުރި

” ދަރިފުޅާ ޝާޝާ. މިރޭ ބައްޕަގެ ރައްޓެއްސެއް އަންނާނެ. މިރޭ ބޭރަށް ނުދައްޗެ އިނގޭ.” ސޯފާގައި ވާހަކަ ފޮތެއް ކިޔަންއިން ސަނާޝްއަށް ގޮވާލަމުން ސާއިމާ ބުނެލިއެވެ. ސަނާޝްވެސް ފަރުވާކުޑަ ރާގެއްގައި ހޫމްއެއް އަޅުވާލިއެވެ.

” ދޮންތާ ވަރަށް ސަކަރާތޭ. އަޒާން ބުނި މިރޭ ބޭރަކަށް ނުދެވޭނެޔޯ. މަންމަމެން ބުނިއްޔޯ މަންމަމެންގެ ރައްޓެއްސްއެއްގެ ގެއަށް ދާވާހަކަ. ދެން އަޒާންވެސް އަހަރެން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ނުކުރާނެ. މަންމަމެން ކައިރީގައި ބިޒީއޭ ބުނެފަ އަހަންނާއެއްކޮށް ބޭރަށް ދެވޭނެންނު. ” ސާރާ އާދައިގެ މަތިން ސަނާޝް ކައިރީގައި ކުސްތަޅާލިއެވެ.

” އެއްކަލަ ސާރާ. އަޒާންގެ މަންމަމެންނާއެއްކޮންނެންނު އަޒާން އެދަނީ. ސާރާ އަބަދުވެސް ހަނދާން ބަހައްޓައްޗޭ. ސާރާ އަޒާން ދެކެ ލޯބިވަންޏާ ސާރާ އަޒާންއަށް ކުރާ އިހުތިރާމްޖެހޭނެ އަޒާންގެ ޕޭރެންޓްސްއަށް ވެސް ކުރަން. އެމީހުންގެ ސަބަބުން މިއަދު އަޒާން އެހުރީ އެވަރުވެފަ. އެހެންނޫނަސް މިރޭ އަހަރެމެންނަކަށްވެސް ބޭރަކަށް ނުދެވޭނެ. ބައްޕަގެ ރައްޓެއްސެއް އެބައާދޭ މިގެއަށް.” ސަނާޝްވެސް ބުނެލިއެވެ.

ރޭގަނޑުގެެ ވަގުތެވެ. ސަނާޝް އާދައިގެ މަތިން ރަތްކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ދޫޖިންސެއް ލައިގެން ސާރާގެ ކޮޓަރިއަށް ސާރާ ތައްޔާރުވިތޯ ބަލަން ދިޔައެވެ. އޭރު ސާރާ ލޯގަނޑު ކުރިމަތީގައި ފުނާ އަޅަން ހުއްޓެވެ. ޝޯލްޑަރލެސް ކްރޮޕް ޓޮޕަކާއި ނޫކުލައިގެ ޖިންސެއްލައިގެން ހުރި ސާރާ ކިތަންމެ ހާވެސް ރީއްޗެވެ.

” ދަރިފުޅާ އަވަހަށް ހިނގަ ބަދިގެއަށް އެމީހުން އައިއްސި. ” އެވަގުތު ސާއިމާ ބޯދިއްކޮށްލާފައި ބުނެލިއެވެ. ސާއިމާއާއި ސަނާޝްވެސް ކޮޓަރިން ނުކުތުމުން ފަހަތުން ސާރާވެސް ނުކުތެވެ. އެވަގުތު ސާރާ ސިހުނީ ފެނުނު ސޫރައެއްގެ ސަބަބުންނެވެ.

” އަޒާން”

” ސާރާ”

އަޒާން އަށާއި ސާރާއަށް ބުނެވުނީ އެއްފަހަރާއެވެ.

” ދަރިފުޅުމެން އެކަކު އަނެކަކު ދަންނަންތަ؟ ” ސުވާލުގެ ނަޒަރަކުން ޒުހައިރު އަހާލިއެވެ.

” ލައްބަ. އަޅުގަނޑުގެ ރައްޓިއްސެއް ސާރާ އަކީ.” އަޒާން ހީލަމުން ބުނެލިއެވެ.

” ޒުހައިރު. މީ އަހަރެންގެ ދޮށީ ދަރިފުޅު ސަނާޝް. ދެންމެ އަހަރެންގެ ހަގު ދަރިފުޅު ސާރާ. ދެންމެ އަހަރެންގެ އަންހެނުން ސާއިމާ.  ދަރިފުޅު މެންނޭ. މިއީ ޒުހައިރު ބޭބެގެ ދޮށީ ދަރިފުޅު އަޒްކާން. ދެންމެ ޒުހައިރު ބޭބެގެ ހަގު ދަރިފުޅު އަޒާން. ދެންމީ ޒުހައިރު ބޭބެގެ އަންހެނުން ޔޫހާ” ސަމީރު ހުރިހާ އެންމެން ތައާރަފް ކޮށްދިނެވެ. އެވަގުތު ސަނާޝްގެ ލޮލުގައި އަޅައިގަތީ އަޒްކާންއެވެ. ނޫކުލައިގެ ސްވެޓަރ އަކާއި ހުދު ކުލައިގެ ޓްރައުސަރ އެއްލައިގެން ހުރިއިރު އެކަޅުކަން ގަދަ ފަންއިސްތަށިގަނޑު ވަނީ ހާވާލާފައެވެ. ބޮޑު ދެލޮލާއި ކަޅު ކުލައިގެ ކަޅިއެއް ހުރިއިރު އިސްތަށިތަކުން ދިޔައީ އެރީތި ދެލޮލަށް އުނދަގޫ ކުރަމުންނެވެ.

އަޒްކާންއަށް ދިޔައީ ކުރިމަތީގައިހުރި ސަނާޝްއަށް ބެލެމުންނެވެ. ރަތްކުލައިގެ ޓީޝާޓަކާއި ހުދުކުލައިގެ ދޫޖިންސެއް ލާފައިވާއިރު މުށިކުލައިގެ ފަންފަން އިސްތަށިގަނޑުވަނީ ދޫކޮށްލެވިފައެވެ. މިރީތި ކަމަށް އިތުރުފުރިހަމަ ކަމެއްގެނެސްދަނީ ސަނާޝްއަށް ލިބިފައިވާ ބޮޑުދެލޮލާއި މުށިކުލައިގެ ކަޅިންނެވެ.

” ދޮންތާ! އަޒްކާން! ހިނގަ ބަދިގެއަށް.” އެވަގުތު ސަނާޝާއާއި އަޒްކާން ސިހުނީ ސާރާ ގޮވާލުމުންނެވެ. ދެމީހުން އެކަކުއަނެކަކަށް ހިނިތުންވެލުމަށްފަހު ބަދިގެއަށްދާން ހިނގައިގަތެވެ.

” ދޮންބެ ހާދަލަސްވީ” ސަނާޝް ފަހަތުން ބަދިގެއަށް ވަތް އަޒްކާންއަށް ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަޒާން ބުނެލިއެވެ.

” ދޮންބެ އަނެއްކާ ސަ………….”

” ދެން އަޒާން. ވާހަކަ ނުދައްކާ ކެވޭތޯ ބަލާބަލަ.” އަޒާންގެ ވާހަކަ ހުއްޓުވަމުން ޔޫހާ ބުނެލިއެވެ. ކާމޭޒު ދަށުގައި އެންމެން ތިބިއިރު ސާއިމާ މޭޒުގައި އެއްކޮޅުގައި އިންއިރު ސަމީރު އިނީ މޭޒުގައި އަނެއްކޮޅުގައެވެ. ސާރާ އާއި އަޒާން ކައިރިކައިރީގައި ތިބިއިރު ސަނާޝްއާއި އަޒްކާންވެސް ތިބީ ކައިރިކައިރީގައެވެ. އަޒާންގެ އަނެއްފަރާތުގައި ޔޫހާ އިންއިރު އަޒްކާންގެ އަނެތްފަރާތުގައި އިނީ ޒުހައިރުއެވެ.

” އަޒާންއަށް އެނގޭދޯ މިރޭ މިގެއަށްއަންނަން ޖެހޭކަން.” ސާރާ ފާޑަކަށް ހީލަމުން ބުނެލިއެވެ.

” ނޫން އަހަންނަށް ކިހިނަތް އެނގޭނީ؟” އަޒާން އަވަސްއަވަހަށް ބުނެލިއެވެ. އެންމެން އެރޭ ސަކަރާތާއި މަޖަލުގައި ކައިނިންމާލިއެވެ.

…………………………………………………………..

” ދޮންތާ! ދޮންތާ!” ނިދިފައިއޮތް ސަނާޝާއަށް ހޭލެވުނީ ސާރާ ގޮވާއަޑަށެވެ.

” ކިހިނަތްތަވީތަ؟” ކަންނެތްކަމާއިއެކު ސަނާޝް އަހާލިއެވެ.

” މިރޭ އެބޮތް ގެޓްޓުގެދަރ އެއް. ޝޫދައްތަވެސް ދޭ. އަޒްކާންވެސް ދޭ.” ސާރާ ލާނެތްފާޑަކަށް ހީލަމުން ބުނެލިއެވެ.

” ކީކޭ؟ އަޒްކާން ދެއޭ؟” ސަނާޝްއަށް ފުންމައިގެން ތެދުވެވުނެވެ.

” ހޫމް. ހޫމް. އަޒްކާންއޭ ބުނީމަ މީހަކަށް ހާދަވަރެއް އެބަވޭ.” ދިމާކުރާ ރާގަކަށް ސާރާ ބުނެލިއެވެ.

” ކަމެއްނުވޭ. އައި ވޯޒް ޖަސްޓް ކިއުރިއަސް.” ސަނާޝް އެހެންބުނުމަށްފަހު ސާރާއަށް އެއްޗެއްބުނާނެ ފުރުސަތެއްނުދީ ފާހާނާއަށް ވަދެ ދޮރުލެއްޕިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައިހުރި ސަނާޝްއަށް ދިޔައީ ބޮލުގައި ފުނާއަޅަމުންނެވެ. ރަތްކުލައިގެ ޝޯލްޑަރލެސް ކްރޮޕްޓޮޕަކާއި ހުދުކުލައިގެ ބެގީޖީންސެއް ލާފައިވާއިރު ތުންފަތުގައިވަނީ މަޑު ރަތްކުލައެއްޖައްސާލެވިފައެވެ.

” ވާއު ދޮންތާ. ޔަގީން މިރޭ އަޒްކާން ފެއިންޓްވާނެކަން ދޮންތަަ ފެނިފައި. ” ކޮޓަރި ދޮރު ހުޅުވާލި ސާރާ ބުނެލިއެވެ.

” އަޒްކާންއެއް ނޫން ދޮންތަަ ފެނިފައި ފެއިންޓްވާނީ. އަޒާން ފެއިންޓްވާނެ ސާރާ ފެނިފައި.” ސަނާޝްވެސް ސާރާ ބުނެލި ރާގުގައި ބުނެލިއެވެ. އަދިއަވަސްއަވަހަށް ހޭންޑް ބޭގް ހިފައިގެން ކޮޓަރިންނުކުތެވެ.

” މި ޝާޝާ ވާނީ ޝާޝާއަށް. އަޅެ ދުވަހަކު ގަޑިއަށް ދާން ތައްޔާރުވެވޭ މީހެއްނޫނޭ މީއީ. ކޮބާ ސާރާ؟ ” އެވަގުތު ގޭދޮރުމަތީގައިހުރި ޝޫރާ ބުނެލިއެވެ.

” މިނިމުނީއޭ. ސާރާ! ހިނގަދާން .” ފައިވާނަށް އަރަމުން ސަނާޝް ސާރާއަށް ގޮވާލިއެވެ.

” ޔެސް ދޮންތާ. މަންމަ ކައިރީގައި ދާވާހަކަ ބުނެލަން ވެގެން ދިޔައީ.” ފައިވާން ހަރުން ފައިވާނެއް ނަގައިގެން އަރަމުން ސާރާ ބުނެލިއެވެ. ސާރާ އާއި ސަނާޝް އާއި ޝޫރާ ސަކަރާތް ޖަހަމުން ލެވެންޑާގެއަށް ދާން ހިނގައިގަތެވެ.

…………………………………………………………..

” އޭތް ސާރާ މަޑުކުރޭ. ޝާޝާ ކުރިން ވަންނާނީ. ފަހަތުން ސާރާއާއި މަށާ ވަންނާނީ.” ލެވެންޑަރ ގެއާއި އަރާހަމަވުމާއިއެކު ސާރާ ކުރިންވަންނަން އުޅުމުން ޝޫރާ ބުނެލިއެވެ.

” ކީއްކުރަން މަގޭ ކުރިން ވައްދަން ތިއުޅެނީ؟” ގޭ ދޮރުމަތީގައި ހުއްޓެމުން ސަނާޝް އެހިއެވެ.

” ސުވާލު ގިނަނުކޮށް ވަދެބަލަ . ޔޫ ވިލް ވެސް ސަޕްރައިޒްޑް. ” ސަނާޝްގެ ފަހަތުގައި ހުރެ ޝޫރާ ބުނެލިއެވެ.

” ކަމޯން ޝާޝާ. ވަދެބަލަ އެތެރެއަށް.” ސަނާޝް ނުވަދެ ހުންނަން ފެށުމުން ޝޫރާ ބުނެލިއެވެ. ސަނާޝް ވަރަށް ނުކެރިފައި ހުރެ ދޮރުހުޅުވާލާފައި ވަނުމާއިއެކު ސިހުނީ މުޅިތަން ދިއްލިގެން ދިޔުމުންނެވެ. އެވަގުތު ސަނާޝްއަށް އަނގަ މަތީގައި އަތްއަޅާލެވުނީ ފެނުނު މަންޒަރަކުންނެވެ.

ކިޔުން ތެރިންގެ ސަމާލުކަމަށް.

އަޅުގަނޑު މިހާރު ވަނީ އިންސްޓަގްރާމްގައި ވާހަކައިގެ އަޕްޑޭޓްސް ލުމަށް އެކައުންޓެއް ހުޅުވާފައެވެ. ހުރިހާ ކިޔުން ތެރިންނަށްވެސް ވާހަކަ ކަމުދާނެ ކަމަށް އުންމީދުކުރަން. ހޯޕް ޔޫގައިޒް ވިލް ފޮލޯ މައި އެކައުންޓް.

missrose080910

 

Share Article

Follow Me Written By

miss rose

Level 1

Other Articles

Previous

ބުނަން ބޭނުމޭ (ޓުރެއިލާ)

Next

ވަސްމީރު ހާރަކުން…

Next
June 3, 2026

ވަސްމީރު ހާރަކުން…

Previews
June 3, 2026

ބުނަން ބޭނުމޭ (ޓުރެއިލާ)



All Right Reserved!