ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 18)
އެ ކުރިމަތިލުމަށްފަހު އަހަރެންގެ ބޯމަތިން ހީވީ ބޮޑު ބަރެއް ނެގިގެން ދިޔަހެންނެވެ.ނުބުނެވި ފިއްތައިގެން ހުރި އެތައް ވާހަކައެއް އެ ދެ މީހުންނާ ދިމާލަށް ބުނެލެވުމުން އަހަރެންގެ ހިތަށް ލިބިފައިވަނީ ބަޔާން ކުރަންވެސް ދަތި ތަސައްލީއެކެވެ.
****
ކޯޓުން މައްސަލަ ބަލަން ފެށި ނަމަވެސް އެ މައްސަލަ ހިންގާ ނިންމަން ދިގު މުއްދަތެއް ނަގާނެކަމީ އެނގި ޔަގީންވާ ކަމެކެވެ.އެންމެ މައްސަލައެއް ދެ މައްސަލައެއް ނޫންވިއްޔާއެވެ.ޖާނާ މާލުން ގުރުބާން ވެގެން ވިޔަސް އެ މައްސަލަތައް ކުރިއަށް ދިޔަ ނުދޭން މުހުސިނު ހުރީ ފައި ވިއްދާލައިފިއެވެ.އެގޮތުން މައްސަލަ ބަލަމުންދާ ގާޒީއަށް އެތައް ހުށައެޅުމެއް ހުށައަޅައިގެން އޭނާގެ ކޮޅު މޮޅުވޭތޯ މުހުސިނު ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ.އެހެނަސް އެކަމުގައިވެސް އޭނާއަށް މިފަހަރު ލިބުނީ ކޮޅު ކެއްސެވެ.އެ ގާޒީއަކީ ޢަދުލު އިންސާފަށް ލޯބިކުރާ،ނިކަން ގޮތުގައި ހިފަހައްޓާ ހަރުކަށި މިޒާޖެއްގެ މީހެކެވެ.ޒާތީ ގޮތުން ޝާމިން ދަންނަ އޭނާއާއި ވަރަށް ގާތް މީހެއްވެސްމެއެވެ. ޝާމިނަކީ އަހަރެން ހީކުރިވަރަށްވުރެވެސް ގާނޫނީ ދާއިރާގައި ފުންނާބު އުސް މީހެއްކަން އަހަންނަށް އެނގުނީ މައްސަލައިގެ ފުރަތަމަ އަޑު އެހުން އޮތް ދުވަހުއެވެ. އެންމެންވެސް އޭނާއަށް ކުރި އިހުތިރާމް ފެނި އަހަރެން ހުރީ ހަމަ އަންތަރީސްވެފައެވެ.
އަހަރެން ޑައިލިސިސް ހުއްޓާލި ފަހުން ޝަފްކާގެ ކަމަކީ އަހަންނަށް މީރުހާ އެއްޗެހި ކައްކާފައި ކާން ދިނުމެވެ. އެހާ ދުވަސް ފަހުން އެގޮތަށް ކާން ލިބެން ފެށުމުން އަހަރެންގެވެސް އެއްވެސް ހިފެހެއްޓުންތެރިކަމެއް ނުހުރެއެވެ. ކެވޭ ވަރެއް ބަލާ ނުލާ ހަމަ ކެވެނީއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންގެ ގައިގައި ތަންކޮޅެއް މަސްޖަހާލައި ބަރުދަން އިތުރުވާން ފެށިއެވެ.ނުވިސްނާ ހުއްޓާ ހިސާބަކަށް ބަނޑުވެސް ލައިފިއެވެ.
”ހަމަ ތެދެއް ޝަފް ދެން ތިހާ މީރު އެއްޗެހި ކާން ނުދީ އަހަންނަށް… މިހާރު ކޭކެއްހެން އަހަރެން ފުފެނީ މިއޮއްގެން…“ ލޯގަނޑު ކުރިމައްޗަށް އަރާފައި އަމިއްލަ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި މެދުގައި އަހަރެން ބުނެލީމެވެ.
”އެހެން ނުވާނެ… މިހާރު އަދި މާ ލޯބި.މައި ޕޫ ބެއަރގަނޑު “ ފަހަތުން އައިސް އަހަރެންގެ މެދު ހަށީގައި ދެއަތް ވަށާލަމުން ބޯ އަރިކޮށްލައި، އަހަރެންގެ މޫނަށް ބަލާލާފައި ޝަފްކާ ބުނެލިއެވެ.
”ތި ކިޔަނީ އަހަރެން ފަލައޭ ދޯ މިހާރު…ހުރެބަލަ ނިކަން.ދެން ދާން ފަށާނީ ޖިމަށް…އޭރުން ދުވަސްކޮޅަކުން ޝަފްއަށް ވެސް އަހަރެން އޮޅޭނެ.“ ޖެއްސުމަށް އަހަރެން ބުނެލީމެވެ.
”އައްދޭ…ޖިމަށް ދިޔަޔަކަސް ހަމަ މީރުކޮށް ކެވި ދާނެ ދޯ.އަހަރެން މިއައީވެސް ކެއުމަކަށް ދާން ދައުވަތެއް ލިބިގެން އެ ވާހަކަ ބުނަންވެގެން.“ ޝަފްކާވެސް ހަމަ އެ ރާގު ގަނޑުގައި ބުނެލިއެވެ.
”މިހާރު ކޮންތާކުން؟“ އަހަރެން ނިތްއަރުވާލަމުން އަހައިލީމެވެ.
”މާމަ ގެއިން…މަންމަޔާ މާމައާ ދެމީހުން ބުނީ ހުކުރު ދުވަހު އެގެއަށް ކާން އަންނައްޗޯ…އާކިއަށް ދާން ކެރޭނެ؟“ ޝަފްކާ ފާޑަކަށް ހުރެ އަހައިލިއެވެ.
އަހަންނަކަށް އަދި ޝަފްކާގެ މަންމަ ފަރާތު އާއިލާގެ އެކަކާވެސް ދިމަލެއް ނުވެއެވެ.ޝަފްކާ ކިޔައިދީފައި އޮތް ގޮތުގައި އޭނާގެ މާމައަކީ ނިކަން ފާޑެއްގެ ސިނގު ރުޅިގަނޑެއް ގެންގުޅޭ މީހެކެވެ.އެމީހުން ކުޑައިރު އެގެއަށް ގޮސް އުޅުނުއިރު އެމީހުން މައިތިރި ނުވީމާ އެމީހާ ގާތަށް ރުޅި އައިސްގެން ވަރަށް ގިނައިން ކުދި އަނިޔާ ދީ ހެދިކަމަށް އޭނާ ބުންޏެވެ.ބައެއް ލަކުނުތައް އަދިވެސް ޝަފްކާގެ ގައިގެ އެތަން މިތާގައި ފަނޑުކޮށް ފެންނާން އެބަހުއްޓެވެ.އެކަމާ ޝަހީމާއި އާތިޔާވެސް ނުރުހުންވެ، އެގެއަށް ޝަފްކާމެން ގެންދިޔުން ހުއްޓާލިކަމާއި، އޭގެ ފަހުން ބޮޑުވެގެން އައި އިރު މާމަމެންނާ މާ ބޮޑު ގުޅުމެއް ނެތް ކަމުގައި ޝަފްކާ ކުރިންވެސް އޮތީ އަހަންނަށް ކިޔައިދީފައެވެ. އަހަރެމެންގެ ކައިވެނީގެ ކުޑަ ކުޑަ ގެޓް ޓުގެދަރގައި އެމީހުން ބައިވެރި ކުރަން ޝަފްކާ ގަޔާ ނުވާނެކަން އެނގޭތީ އާތިޔާވެސް އެމީހުންނަށް ދައުވަތު ނުދިނީއެވެ.އޭނާގެ މާމައަކީ ކަން ކަމަށް ފާޑުކިޔުމުގައި ހައްދު ފަހަނައަޅައި ގޮސްފައިވާ މީހަކަށް ވާތީއެވެ. ކައިވެނިން ބޭރުން ޝަފްކާއަށް ނުހައިކު ލިބިފައި ހުރީމައި އަދިވެސް އޭނާ ފެންނަ ކޮންމެ ފަހަރަކު މާމަ އެވާހަކަ ނަގައިގެން ދައްކާ ވާހަކަ ޝަފްކާ ބުނެލީ ވަރަށް ހިތްހަމަ ނުޖެހިފައި އިނދެއެވެ.
”މަންމަ ކިތަންމެ ރަނގަޅަސް މަންމަ ސައިޑް އެކްސްޓެންޑެޑް ފެމިލީ ސަކްސް ހަމަ…އާންޓްމެންވެސް އެއީ ހަމަ ސީދާ ޑަބަލް ޓޭޕްތަކެއް.ފެންނަ ފެނުމަށް ނިކަން ނައިސްވާނެ…އެކަމަކު ފަސްދިނީމަ އެމީހެކޭ ކިޔައިގެން ދެން ނުކިޔާކަށް އެއްޗެއް ނޯންނާނެ… އަހަންނަށް ވަރަށް ރަނގަޅަށް އެމީހުންގެ ގޮތް އެނގޭ…މިހާރު މަންމަ ޑިވޯސް ވެގެން އެގެއަށް ދިޔާމަ އެވާހަކަ ފަތުއަޑުކިޔާފައި ފަތުރާ ބަޔަކީވެސް ހަމަ އެ ސްނޭކްސްތައް… އަހަރެން ނުވޭ ކުޑަކޮށްވެސް އެގެއަށް ދާހިތެއް…ނޫކްވެސް ނުގެންދަނީ އެހެންވެ…އެކަމަކު މަންމަވެސް މިފަހަރު އެވަރަކުން އަންނާށޭ ބުނީމަ ނުދެވޭނޭ ބުނަންވެސް ނުކެރިގެން މިއުޅެނީ… ކޮންމެ ގޮތެއްވިޔަސް ކޮންމެ އެއްޗެއް ކިޔަސް ފެމިލީވިއްޔަދޯ…“ ޝަފްކާ ގަޔާނުވެފައި ބުނެލިއެވެ.
”ޝަފް އެހާ ކޮމްފްޓަބަލަ ނޫނިއްޔާ…އައި ވޯންޓް ފޯރސް ޔޫ ފެމިލީއެއް ކަމަކު އެގެއަށް ދާކަށް…ޝަފްއާ ނޫކްއޭ ކިޔައިގެން އެމީހުން ކަޑަ އެއްޗެކޭ ބުނެލަން ހިތަށްވެސް އަރުވާލަބަލަ…އަހަންނަކަށް ނީނދެވޭނެ އިނގޭ ހައްޕު ކިޔައިގެން ތުން ފިއްތައިގެނެއް…ހަމަ ތެދެއް މިބުނީ… ރީތިކޮށް މަންމަ ގާތުގައި ބުނޭ ޝަފް ދާން އޯކޭ ނޫނިއްޔާ…ޝަފް ދާން ބޭނުމިއްޔާ އަހަރެން ދެކޮޅެއް ނުހަދާނަން…އެކަމަކު ކަން އޮންނާނެ ގޮތް މިބުނީ…“ އަހަރެން ބުނެލީމެވެ.އެއާއެކު ޝަފްކާ ދޫކޮށްލީ ފުން ނޭވާއެކެވެ.
”ތެދަށް ބުނަންޏާ ކޮމްފްޓަބަލްއެއް ނޫން އެކަމަކު ދާން ބޭނުން…އާކިއޭ ކިޔައިގެންވެސް އެގޭ މީހަކު އެއްޗެކޭ ކިޔަން އުޅެފިއްޔާ އަހަންނަށްވެސް ވަނީ ހަމަ ތިކަހަލަ ގޮތެއް… ވަރަށް ފާޑުކިޔަން ދަންނާނެ އެމީހުން.“ ޝަފްކާ ބުނެލިއެވެ.
”އެހެންވީއިރު ހިނގާ ދެން މިފަހަރު ގޮސްލަމާ…ވާ ގޮތެއް އެނގިދާނެއެއްނު ދޯ“ އެކަމާ ތާއީދު ކުރުމުގެ ގޮތުން އަހަރެން ބުނެލީމެވެ.
****
އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ.މާ ސިންގާ ކަނޑުގައި ހީވަނީ ތަރަފާއްޔެއް ފަތުރާފައި އޮތްހެންނެވެ.އެހާވެސް އޮމާނެވެ.ލޮނުގަނޑު ދެފަރާތަށް ކަފަމުން ބާރު ދުވެލީގައި މާލެއިން ފުރައިގެން އެ އަތޮޅު މާފުށްޓާ ދިމާލަށް މިސްރާބު ޖަހާފައިވާ ލޯންޗުގައި އަހަރެން އިން އިރު އެތައް ހާސް ޚިޔާލުތަކަކުން އަހަރެންގެ ސިކުނޑިވަނީ ފުރި ބާރުވެފައެވެ.ގާތުގައި ޝަފްކާގެ އިތުރުން އާތިޔާވެސް އިނެވެ.ޝަފްކާގެ އުނގުތެރޭގައި ނުހައިކު ނިދިފައި އޮތެވެ.މި ދަތުރަކީ މާފުށީ ޖަލުގައި ހުރި ނުހާޒަށް ޒިޔާރަތް ކޮށްލުމަށް އަހަރެމެން ކުރާ ދަތުރެކެވެ.ޝަފްކާއާއި އާތިޔާ މި ނޫނަސް އެތައް ފަހަރެއްގެ މަތިން ނުހާޒަށް ޒިޔާރަތް ކޮށްފައިވެއެވެ.އެހެނަސް މިއީ އަހަރެން އޭނައަށް ޒިޔާރަތް ކުރާ ފުރަތަަމަ ފަހަރެވެ.އަހަންނަށް ވިސްނެމުން ދިޔައީ އަހަރެން ފެނުނީމައި ނުހާޒު ރިއެކްޓުކޮށްފާނެ ގޮތަކާއި މެދުގައެވެ.ގައިމުވެސް އަހަރެން އުޅެނީ ޝަފްކާއާއި ކައިވެނިކޮށްގެންކަން އޭނައަށް މިހާރު އޮންނާނީ އެނގިފައެވެ.އެވަރުގެ ބޮޑު ކަމެއް ޝަފްކާއާއި އާތިޔާވެސް އޭނާއަށް ސިއްރުކޮށްފައި އޮންނާނެހެންނެއް އަހަންނަކަށް ހިއެއް ނުވެއެވެ.އެހެނަސް އަހަންނަށް ނޭނގި އޮތް ކަމަކީ މި ކައިވެންޏާއިމެދުގައި އޭނާ ދެކޭ ގޮތެވެ.އަހަރެން ގާތުގައި ޝަފްކާވެސް އެފަދަ އެއްވެސް ވާހަކައެއް ދައްކައިފައެއް ނެތެވެ.
*****
ޝަފްކާއާއި އާތިޔާވެސް ބޭނުންވީ އެހާ ދުވަސް ފަހުން އަހަންނަށް ނުހާޒާއި ވަކިން ވާހަކަ ދައްކާލަން ފުރުސަތު ދޭށެވެ.އެހެންކަމުން އަހަރެން ގާތުގައި ބޭރުގައި މަޑުކޮށްލަން ބުނެފައި ފުރަތަމަ އެތެރެއަށް ވަނީ އެ ތިން މައިންނެވެ.ޝަފްކާ ނުހައިކު ގެނައީ ނުހާޒު އެކުއްޖާ ދެކިލާ ހިތުން ކިޔާވަރުންނެވެ.އަހަރެން ދެކެ ކިތަންމެ ރުޅިއެއް އަޔަސް އަހަރެންގެ ދަރިފުޅުދެކެ އޭނާ އިންތިހާއަށް ލޯބިވާކަން އެނގުމުން އަހަރެންގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަންވެސް ދަތި ހިތްހަމަ ޖެހުމެކެވެ.
****
ނުހާޒާއި ބައްދަލު ކުރުމަށްފަހު ނުކުތްއިރު އާތިޔާއާއި ޝަފްކާގެ ފަރާތުންވެސް ފެންނަމުން ދިޔައީ މަޑު މޮޅިކަމެވެ.ޚާއްސަކޮށް އާތިޔާގެ މޫނުމަތިން ވަރަށް ރޮއެފައި ހުރިކަމުގެ އަސަރުތައް ރީތިކޮށް ފާޅުވާން ހުއްޓެވެ.ޝަފްކާވެސް ހުރީ ފެންކަޅިވާގޮތްވެފައެވެ.ކުޑަ ކުޑަ ނުހައިކުވެސް ކުސްތަޅަމުން ދިޔައީ އެ މާހައުލާމެދު ގަޔާ ނުވެގެން ކަހަލައެވެ.
”އާކި….ޕްލީޒް ދޮންބެއާ ދެމީހުން ރަނގަޅަށް ވާހަކަ ދައްކައިގެން ތި ބީފް ގަނޑަށް ނިމުމެއް ގެނެވޭތޯ ބަލާބަލަ…މިހާރު ކިހާ ދުވަހެއް މިވީ ތި ދެމީހުން އަނގައިންވެސް ނުބުނާތާ..ޓްރައި ޓު މޭކް އަޕް. ތި ދެމީހުންގެ ފްރެންޑްޝިޕް މަތިން ވަރަށް ހަނދާންވޭ.. ޔޫ ގައިސް ވަރ ސޯ ކްލޯޒް.. ދޮންބެ ރުޅި އައިސްގެން އެއްޗެއް ބުންޏަސް އަޅާ ނުލައްޗޭ… އަސްލު ވަރަށް ނެގެޓިވްކޮށް ވިސްނުން ހުންނަނީ މިހާރު…ހީ އިޒް ސްޓިލް އަ ބިޓް ގްރަމްޕީ ކުރީގަހެން ހަމަ…“ އަހަރެންގެ ގާތަށް ޖެހިލައި، ނަސޭހަތެއް ދޭ ފަދައަކުން ޝަފްކާ ބުނެލިއެވެ. އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލާފައި އަހަރެން މަޑުމަޑުން އެ ޚާއްސަ ކޮޓަރިއަށް ވަންނަން މިސްރާބު ޖެހީމެވެ.އޭރު އަހަރެންގެ ހިތުގެ ހިނގުން ވަނީ އިންތިހާއަށް އަވަސް ވެފައެވެ.
****
އަހަރެން ދޮރު ހުޅުވާލާފައި ވަތް އަޑަށް އިސް ޖަހައިގެން އިން ނުހާޒު ކުއްލިއަކަށް ދެލޯ ފުހެލާފައި އިސް އުފުލާ ބަލާލީ އަހަރެން މީ ޖަލު އޮފިސަރެއް ކަމަށް ހީކޮށްގެން ކަންނޭނގެއެވެ.އަހަރެން ފެނުނުހާއިރަކަށް ލިބުނު ސިހުމުގައި އޭނާއަށް އިންތަނުން ތެދުވެސް ވެވުނެވެ. ގަބޫލު ނުކުރެވިފައި ހުރި ފަދަ ގޮތަކަށް ދެލޯ ބޮޑުކޮށްލާފައި އޭނާ އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކުގައި ބަލާލި ގޮތުން ހީވީ ކުރިމަތިން ފެންނަން ހުރީ ހަމަ އަހަރެންކަން ޔަގީން ކުރަނީހެންނެވެ.
”އާކިލް؟؟؟ ހައިރާންވެފައި ހުރި ވަރުން ނުހާޒުގެ އަޑުވެސް ނުކުތީ އާދައިގެ ވަރަށްވުރެ ތޫލިކޮށެވެ.އަހަރެން އޭނާއާއި ބައްދަލު ކުރަން އައިސްފާނެކަމަށް އޭނާ ކުޑަވެސް އުންމީދެއް ކޮށްފައިނުވާ ކަހަލައެވެ.އަހަރެން ހީކޮށްގެން ހުރީ އަހަރެން ބައްދަލު ކޮށްލަން އައިސް ހުރި ވާހަކަ ޝަފްކާ ނުހާޒު ކައިރީގައި ބުނާނެ ކަމަށެވެ.އެކަމަކު އެހެނެއް ނުވިތާއެވެ.
”އާކިލް… ކީއްކުރަން ތިއައީ…؟“މޫނުމަތިން އެ އަސަރުތައް ފަރުދާކޮށްލަމުން ފިނި ގޮތަކަށް ނުހާޒު އަހައިލިއެވެ.އެ އަޑުގައި ގާތްކަމެއް ނެތެވެ.އޭނާއަށް އެ އައި ކުއްލި ބަދަލުން އަދިވެސް މުޅިން އޭނާގެ ހިތް އަހަންނަށްޓަކައި ސާފުނުވާކަން އަހަންނަށް ޔަގީންވިއެވެ.އެވަގުތު ހިތަށް ވެރިވި ނުތަނަވަސްކަން ކުޑަކޮށްލުމުގެ ގޮތުން އަހަރެން ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލީމެވެ.
އެންމެ ރަނގަޅެވެ.އަހަރެން ހުރަސްކުރީ ނުހާޒު އެ އިމެއް ދުވަހަކުވެސް ހުރަސްނުކުރާން ތަކުރާރުކޮށް އަހަރެންގެ ގާތުގައި ބުނެފައިވާ އިމެކެވެ.އެހެނަސް އަހަންނަށް ލޯބިވެވޭނޭ މީހަކީ، އަހަރެންގެ ހިތް ލެނބޭނޭ ފަރާތަކީ ކަނޑައަޅިގެން ވަކި މީހެއް ކަމުގައިި ނިންމުމުގެ އިޚުތިޔާރެއް އަހަންނަކަށް ލިބިގެނެއް ނުވެއެވެ.އެ ނިންމުން ނިންމަނީ އެ މީހެއްގެ ހިތެވެ.އެގޮތުން އަހަރެންގެ ހަޔާތަށް އައި ހުރިހާ އަންހެން ކުދިންތަކުގެ ތެރެއިންވެސް އަހަރެންގެ ހިތް ޚިޔާރުކުރި ފަރާތަކީ ޝަފްކާއެވެ.އެމީހަކު ބޭނުން މީހެއް ދެކެ ލޯބިވެވޭނަމަ އަހަރެންވެސް ވަކި އެ ގޮތަށް ކަންތައް ކުރާނެ ހެއްޔެވެ؟
”ބައްދަލުކޮށްލަން މިއައީ“
އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.އެއްޗެކޭ ނުބުނެ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެފައި ބައްދަލު ކުރަން އައުމުގެ ބޭނުމަކީ ކޮބައިހޭ ނުހާޒު އަހައިލީ ދުރު ބަލައިލަމުންނެވެ.އޭނާ ހީވަނީ އަހަންނާ ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނުވެފައި އިން ހެންނެވެ.އަދިވެސް އޭނާ އަހަންނަށް އެ މޫނު އެ ދައްކަނީ ޝަފްކާގެ ކަންތަކުގައި ހެއްޔެވެ؟އަހަރެންގެ ގާތަށް ހިސާބަކަށް ރުޅި އައިސްފިއެވެ. މިހާރު މިދެން ތަންފުކެއް ބޮޑުވަރު ނޫން ހެއްޔެވެ؟ނުހާޒަކީވެސް މިހާރު ގައިމު ތަންދޮރު ނޭނގޭ ކުޑަ ކުއްޖެއް ނޫންވިއްޔާއެވެ. މާޒީވެ ދިޔަ ތަން ބަދަލު ނުކުރެވޭނެކަން ގަބޫލުކޮށް ނުހާޒުވެސް ދެން މިހާރު ތަންކޮޅެއް ވިސްނުން ހަރުދަނާ ކުރަންވެއްޖެ ނޫންހެއްޔެވެ؟ އަހަރެން ގައިމު ގަސްދުގައި ޝަފްކާއަށް ދެރައެއް ދިނީކީ ނޫނެވެ.އެހެނަސް ކުށެއް ކުރެވިފައި އޮތީތީ އަހަރެން މިހުރީ އެ ކުށަށް ތައުބާވެސް ވެ ނުހައިކުގެ ޒިންމާވެސް ލޮލުން ބޮލުން ގަބޫލުކޮށްގެންނެވެ.ޝަފްކާއަށް އަނިޔާވެރިވި މީހަކީ އަޒަދެވެ. އެކަން ގައިމު އޭނައަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ.ދެން އެހެންވީމާ އަދިވެސް އެހާ ރުޅިއެއް އެ އަންނަނީ އަޅެ ކީއްވެގެން ހެއްޔެވެ،؟ހަމަ އޭނާ ބުނި އެންމެ ބަހަކަށް އަހަރެން ބޯ ނުލެނބީމައި ހެއްޔެވެ؟ އެ ނޫނަސް ކިތައް ކިތައް ކަންތައް އޭނާ ނުރުހޭ ގޮތަަށް އަހަރެން ކޮށްފައިވާނެ ހެއްޔެވެ؟ގައިމު އަހަރެމެން ދެމީހުންގެ ރަހުމަތްތެރިކަމަށް މިވަރުގެ ހީނަރުކަމެއް އެ ކަންތައްތަކުގެ ސަބަބުން އައިސްފައެއް ނުވެއެވެ.ދެން ކީއްވެގެން ހެއްޔެވެ؟
ނުހާޒުގެ އެ ބީރައްޓެހި އަމަލުތައް ފެނި އަހަރެންގެ ގާތަށް އައިސްފައި ހުރި ރުޅިގަނޑު ގަދަވެއްޖެއެވެ. ހެޔޮ އެދޭތީ، ހަނދާން ވާތީ ބައްދަލުކޮށްލަން އައީމަވެސް އީގޯ އިސްކޮށްފައި ނުހާޒަށް އަހަންނަށް ދައްކަން އެނގުނީ އެ ކުނި މޫނު ހެއްޔެވެ؟ އެ ބުނާ ބުރޯ ކޯޑެއްގައި ކުށެއް ކުރެވުނީމާ އެކަކު އަނެކަކަށް މާފު ކުރުމެއްވެސް ނޯންނަނީ ހެއްޔެވެ؟
”އަދިވެސް ޝަފްގެ ކަންތަކާތަ އަހަރެން ދެކެ ރުޅިއައިސްފައި ތި ހުންނަނީ؟ ސީރިއަސްލީ މޭން؟…ޝީ އިޒް މައި ވައިފް އެން މަދަރ އޮފް މައި ޗައިލްޑް ނައު.ދެން އަހަރެންވީ ނުހާޒު ރުއްސާށޭ ކިޔާފަ އަހަރެންގެ ފެމިލީވެސް ދޫކޮށްލަންތަ؟ ނުވާނެ ބުރޯ…އޯލް އައި އެވަރ ޑިޑް ވޯޒް ލަވް ހަރ…އައި ޑޯންޓް ގިވް އެ ޝިޓް އެބައުޓް ހައު ޔޫ ފީލް އެބައުޓް އަސް އެނީމޯރ…އައި ކޭންޓް ޗޫޒް ހޫ އައި ފޯލް އިން ލަވް ވިތް…އެހެންވީމަ ބޭނުން ގޮތަކަށް ދެކޭ… އަހަރެންގެ އެއްވެސް މައްސަލައެއްނެތް މިހާރަކު…އޭރު ވަރަށް ކަޑަވި ބުރޯ އޯކޭ ނުވީމަ…އެކަމަކު މިހާރު އެނގިއްޖެ ދުވަހަކުވެސް ތި ގޮތެއް ދުލެއް ނުކުރާނެކަން… އަހަންނަށް ޝަފް ދެކެ ލޯބިވެވުނީތީ އޭގެ ބަދަލު ދެވިއްޖެއެއްނު…އެހާ ގާތްކޮށް އުޅެފަ އަހަންނާ އެއްކޮށް ގުޅުން ކަނޑާލީނު…އަހަރުމެން މީ ކިހިނެއް އުޅުނު ބައެއްތަ؟! އަހަރެން ގަސްދުގައެއް ނޫނޭ ޝަފްއަށް ފޯލްވީކީ… ނުހާޒަށްވެސް ލޯބިވެވުނީމަ އެނގޭނީ މީ ކިހާ ވަރެއްގެ ކަމެއްކަން…“ ރުޅިއާއި ހިތާމަ އެކުވެގެން އަހަންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
”އެންމެންނަކީ އާކިލްހާ ނަސީބު ގަދަ ބައެއް ނޫނޭ..“އެސްފިޔަވެސް ޖަހާނުލާ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ހިތި ގޮތަކަށް ހިނިތުންވެލަމުން ނުހާޒު ބުނެލިއެވެ.އެއާއެކު އަހަންނަށް ނިތަށް ރޫގިނަކޮށްލެވިއްޖެއެވެ. ނުހާޒު އެބުނި އެއްޗެއްގެ މާނަ އަހަންނަކަށް ނުވިސްނުނެވެ.އަހަރެން ނަސީބުވެެރިއަކަށްވީ ކޮން ގޮތަކުން ހެއްޔެވެ؟ އަހަންނަށް ހިލަމެއްވެސް ވެފައިނުވާ ބޮޑު ކަންތައްގަނޑެއް އޭނާއަށް ކުރިމަތިވެފައިވެޔޭ އަހަރެންގެ ހިތް ބުނެލީ ކީއްވެގެން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
”ކީކޭތަ ތި ކިޔަނީ…؟ ތަންކޮޅެއް ސާފުވާނެހެން ކިޔާބަލަ! “ އަހަރެން ބުނެލީމެވެ.އެއާއެކު ނުހާޒު ދޫކޮށްލީ ފުން ނޭވާއެކެވެ.
”އަހަރެންވެސް މީހަކު ދެކެ ލޯބިވީން…ތިއިން އެކަކު ގާތުގައިވެސް އަހަރެން އެވާހަކައެއް ނުދައްކަން…ކާމިޔާބުކޮށްފަ ބުނަންވެގެން ހުރީ…އެކަމަކު…އަހަންނަށް އެކުއްޖާ ގާތުގައި ލޯބިވާ ވާހަކަ ބުނެވުނުލެއް މާ ބޮޑަަށްވެސް ލަސްވީ… އަހަންނަށް އެވާހަކަ ބުނެވުނުއިރު އެ އަންހެންކުއްޖާ މީހަކާ އިންނަން ރަންވެސް ކިޔައިފި… އަހަރެން ކިހާ ލަދެއް ގަންނާނެ އަޅެ…. ވަރަށް ވަރަށް ދެރަވި…އެކަމަކު އަހަރެން އޭރު އުޅުނުލެއް ޗިލްކަމުން ކަންނޭނގެ ތިމީހުންނަށް ޝައްކެއްވެސް ނުވީ…އެއީ މިހާރު މީހެއްގެ އަނތްބެއް.އެކަމަކު އާކިލަށް އާކިލް ލޯބިވާ މީހާ ލިބުނެއްނު.އެ ކަންތައްގަނޑުގައި އެހާ ކަޓާފައި އަހަރެން ހުއްޓާ ތި ދެމީހުންގެ ކަންތައް އެނގުނީމަ އަހަންނަށް އެކަން ހަޖަމު ނުވީ…އެހެންވެ އޭރު އަހަރެން އެހާ ރުޅި އައީ.އައި ވޯޒް ސޯ ޖެލަސް އޮފް ޔޫ…އަހަންނަށް ހާސިލު ނުވި ފަދަ ލޯތްބެއް އާކިލަށް ލިބެން އަހަންނަށް ނޭދެވުނީ…ޕްލަސް އެއީ އަހަރެން ތިމީހުން ގާތުގައި ކޮށްގެން ނުވާނޭ ބުނި ކަމެއް…ޝައްކޮއަކީ އޯފް ލިމިޓްސްއޭ އަހަރެން ފުރަތަމަ ދުވަހުވެސް ތަކުރާރުކޮށް ބުނިން…އެކަމަކު ތި ދެމީހުންކުރެ އެކަކުވެސް އެ އަޑެއް ނޭހި… ޝައްކޮއަކީ އަހަރެންގެ ލައިފްގަ ކިހާ މުހިންމު މީހެއްކަން، އަހަރެން ކިހާ ވަރަކަށް އޭނާ ރައްކާތެރިކުރަން މަސައްކަތް ކުރާކަން ތި ދެމީހުނަށްވެސް އެނގޭނެ…އާކިލް ދެކެ އައިސްފަ ހުރި ރުޅީގަ އަހަންނަށް އަޒަދާ މާ ގާތް ވެވުނީވެސް…ބަޓް ދެޓް މޮންސްޓަރ…އެ ***އެ ފަކީރުގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލީ…ޝައްކޮއަށް ސަޕޯޓް ދޭކަށް މާގިނަ ދުވަހަކު އަހަންނަކަށްވެސް ނުހުރެވުނު…ކޮޕުން އަހަރެންވެސް އުފުރާލީ.ޝައްކޮއަށް ދިމާވި ކަންތައްގަނޑަށްފަހު އަހަންނަށް އަސްލު ވިސްނުނު އާކިލް ޝައްކޮއަށް ރަނގަޅުވަރު…ޝައްކޮ ރޮއެ ރޮއެފައި ކިޔަންވެސް ކިޔާނެ އެހެން… އާދޭސްވެސް ކުރި އެހެން ކަންތައް ނުކުރާށޭ ކިޔާފައި..އެކަމަކު އެދުވަހު އަހަރެން ޝައްކޮއަށް ދިނީ ބީރު ކަންފަތެއް…ތި އޭނަގެ ލައިފަށް ކިހާ މުހިންމު މީހެއްކަން މިއަދު އަހަރެން ގަބޫލު ކުރަން އާކިލް…އަހަރެން ވަރަށް ބޭނުންވި އާކިލްގެ ކިބައިން މާފަށް އެދެން…ބައްދަލުކޮށް ވާހަކަ ދައްކާލަން..އެކަމަކު އޭރު އާކިލް ހުރީ ޖަލުގަ…އަހަރެން ކޮން ހައިސިއްޔަތަކުން އާކިލާ ބައްދަލު ކުރަން ދާނީ؟ ޝައްކޮ ހީކުރަނީ އަހަރެން އަދިވެސް މިހުންނަނީ އާކިލް ދެކެ ރުޅިއައިސްފައޭ…މިއަދުވެސް އެ މަޢުޟޫ ފަށާފަ އެ ދިޔައީ…ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އިނީ އެއްޗެކޭ ނުބުނެ…އަމް ނޮޓް މޭޑް އެޓް ޔޫ އެނީމޯރ…އަމް އެޝޭމްޑް އޮފް މައި ސެލްފް…އޭރު އާކިލާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އަހަރެން މިހުންނަނީ ވަރަށް ކަޑަވެފަ އަދިވެސް…އަމް ސޯ ސޮރީ އާކިލް… އަހަންނަށް މާފުކޮށްފާނަންތަ…؟ފޮރ އޯލްޑް ޓައިމްސް ސޭކް…ވަރަށް އުފާވެއްޖެ އަސްލު އަހަންނާ ބައްދަލުކުރަން އައީމަ…ޝައްކޮ ނުވެސް ބުނޭ އައި ވާހަކައެއް…ހައު…ހައުޒް ލައިފް؟“
”އަލްހަމްދުލިއްލާހި…އަހަރެން މާފުކޮށްފިން…އެން އަމް ސޮރީ ޓޫ……ޝަފް ނުބުނޭތަ އިތުރު އެއްވެސް ވާހަކައެއް؟“ އަހަރެން ބުނެލީމެވެ.
”އިތުރު ކޮން ވާހަކައެއް…؟ އަހަރެން ގާތުގައި ޝަފް ބުނެފަ އޮތީ ތި ދެމީހުން މެރީ ކުރި ވާހަކަ އެކަނި…ދެން އަހަރެމެންގެ ފެމިލީ ޑްރާމާގެ ވާހަަކަ… އެނގެއެއްނު އެކަންތައް؟“ ނުހާޒު ހިސާބަކަށް ހައިރާންވެފައި ބުނެލިއެވެ.އެހިސާބުން ޝަފްކާ އޭނާއަށް އަހަންނާ ބެހެގޮތުން އިތުރު އެއްވެސް ވާހަކައެއް ކިޔާ ނުދޭކަން އަހަންނަށް އެނގި ޔަގީންވެއްޖެއެވެ.
ފުން ނޭވާއެއް ދޫކޮށްލާފައި އޭގެ ފަހުން ހިނގާ ދިޔަ ހުރިހާ ކަމެއްގެ ވާހަކަ އަހަރެން ކުރުގޮތަކަށް އޭނާއަށް ކިޔައިދިނީމެވެ.އެވާހަކަތައް އަޑުއަހާފައި ނުހާޒުގެ މޫނު މަތިން ފެނިގެން ދިޔައީ އިންތިހާ ސިހުމެވެ.އަހަރެން ދިރިއުޅުނު ނިކަމެތި ހާލަތު ނޭނގި އަހަރެންގެ ދިރިއުޅުން އެފަދަ ގޮތަކަށް އިންސާފު ކުރެވުނީތީ އޭނާ އެކަމާ ވަރަށް ދެރަވިއެވެ.އަހަރެންގެ ކިބައިން މާފަށްވެސް އެދުނެވެ.
އަހަރެން ހިތުން ރުހުމުން އޭނައަށް މާފު ދިނީމެވެ.
”އާކިލް ތީ ހަމަ ނަމޫނާއެއް…ދޫ ނުދެއްޗޭ އެމީހުންނަށް…އާއިލާއަކަސް ނުޖެހޭނެ އެވަރުވީމަ ބަލާކަށް.ކައެ ކެތްގަދަ…މަށަށް ނަމަ ނުހުރެވުނީސް މަޑަކުންނެއް..އެ މުހުސިނަށް އަތުން ފައިން ރަނގަޅަށް ފިލާވަޅު ނަގައިދީފަ ހުއްޓާލީހީ…ހަމަ ތެދެއް އާކިލަށް ހައްގުވާ އެއްވެސް އެއްޗެއް އެމީހުންގެ އަތްދަށަށް ދިޔަ ނުދޭތި!ބުރޯގެ ހައްގު އަނބުރާ ހޯދާތި…ސޯ އޯލް ދިސް ޓައިމް ޔޫވަރ ދި ސޯލް އެއަރ ޓު އެ ބިގް އެމްޕަޔަރ ދޯ؟މޭން….ޔޫ އާރ ފިލްތީ ރިޗް ނުވެސް އެނގި…ޑޭމްންން..އިރާދަކުރެއްވިއްޔާ ތި ކޭސް ކާމިޔާބުވާނެ…ދެޓް ލޯޔަރ ސީމްސް ރިއަލީ ގުޑް އެޓް ވަޓް ހީ ޑަޒް…ވަރަށް ހިތްހަމަ ޖެހިއްޖެ އާކިލަށް ރަނގަޅު ރައްޓެހިންކޮޅެއްވެސް ލިބުނުކަން އެނގުނީމަ…އަހަރެން އާކިލާ މެދު ފަޚުރުވެރިވަން…ތީ އިންސްޕިރޭޝަނަކަށް ބަލައިގެން ރީހެބް ކޮމްޕްލީޓް ކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން އިނގޭ…ތި މިހާރު ކިހާ ހަރުދަނާ މީހެއް…ހަމަ އެކަނިމާއެކަންޏޭ ފެމިލީއެއް ތި ބަލަހައްޓަނީ… އަހަރެން މިއަދު އުފާކުރަން.ތިކަހަލަ މީހަކު ޝައްކޮގެ ލައިފަށް އައީމަ… އާކިލް ދުވަހަކުވެސް ޝައްކޮއަށް ދެރަ ގޮތެއް ނުހަދައްޗޭ…“ އާދޭހުގެ ރާގެއްގައި ނުހާޒު ބުނެލިއެވެ.
”އަހަރެން މާފުކޮށްފީމޭ…އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަން.ވަރަށް އުންމީދުކުރަން ބްރޯވެސް އަވަހަށް މިނިވަންވާނެކަމަަށް“ އަހަރެން ބުނެލީމެވެ.
”ކަމޯން އާކިލް…ތިހެން ބުނާއިރުވެސް އެނގެއެއްނު….މީ އަހަރެންނަށް ހައްގު އަދަބެއްކަން… އަހަރެން މިހިރީ ހަމަ ހިތުން ރުހުމުން މި އަދަބު ލިބިގަންނަން ތައްޔާރަށް…އައި ވޮނަ ޑޫ ވަޓްސް ރައިޓް…ވެދާނެ މީ އަހަންނަށް ހެޔޮ މަގު ދައްކަވަން މާތް ރަސްކަލާނގެ މިންވަރު ކުރެއްވި ގޮތް ކަމަށްވެސް..މިހާރު އަހަންނަށް ވިސްނޭ ލައިފް ވޭސްޓް ކުރެވިފައި ހުރިވަރު…އަމް ޓްރައިން ޓު ބީ އަ ބެޓަރ ޕާސަން އާކިލް…“ ނުހާޒު މިފަހަރު ހިނިތުންވެލިއެވެ.
އެއަށްފަހު ވާހަކަ ދިގުލައިގެން ގޮސް އަހަރެންގެ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ދިމާވި ބައެއް ކަންކަމުގެ ވާހަކަވެސް ނުހާޒަށް ކިޔައިދިނީމެވެ.ނުހައިކު އުޅެފައި ކޮށްލާ މަޖާ ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމުން ނުހާޒު ގާތަށް ވަރަށް ހިނިއައެވެ.ވަރަށް ޝައުގުވެރިކަމާއެކު އަހަރެންގެ ވާހަކަތަކަށް ގެއްލި ހިނިތުންވެފައި އޭނާ އިނީ އެތައް ދުވަހަކަށްފަހު ހިތްހަމަޖެހުމެއް ލިބިފައިވާ މީހަކު ފަދައިންނެވެ.ވަގުތު ހަމަވިކަން އޮފިސަރ އެންގުމުންވެސް ދެމީހުން ކުރެ އެކަކުވެސް އިންތަނުން ތެދުވާ ހިތެއް ނުވިއެވެ.އެހާ ދުވަސް ފަހުން ޒަމާންވީ ދެ ރަހުމަތްތެރިން ބައްދަލުވީމާ ދައްކާނެ ލައްކަ ވާހަކަ ހުންނާނެތާއެވެ.
****
އަހަރެން އެ ކޮޓަރިން ނުކުތްއިރު އަހަރެންގެ މޫނުމަތީގައިވި ހިތްހަމަޖެހުމުގެ އަސަރުތައް ފާހަގަވެގެން ޝަފްކާ ވަގުތުން އަހަންނާ ސުވާލުކުރަން ފެށިއެވެ.އަހަރެން ވީގޮތް ކިޔައި ދިނުމުން ޝަފްކާގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެެވެ.
*****
އަހަރެމެން އެނބުރި މާލެ އައީ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށެވެ.އޮފް ދުވަހެއްކަމުން އަހަރެން ވިސްނައިގެން ހުރީ ގެއަށް ގޮސް ކުޑަކޮށް އަރާމުކޮށްލާށެވެ.ޝަފްކާވެސް ވަރުބަލިވެފައި ހުރި ވަރުން ގެއަށް ގޮސް ނިދާލަން ބޭނުންވާ ވާހަކަ ބުނެލިއެވެ.ވަކިވުމުގެ ސަލާމްކޮށްލުމަށްފަހު އާތިޔާވެސް ސައިކަލުގައި ގެއަށް ދާން ނައްޓާލައިފިއެވެ.ނަސީބަކުން މާ ބޮޑު ކިޔޫއެއްގައި ނުޖެހި އަހަރުމެނަށްވެސް ޓެކްސީއެއް ލިބޭ ގޮތްވިއެވެ.
****
މެންދަމުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ ބާލީސް ދަށުގައި އޮތް ފޯނު ވައިބްރޭޓްވަމުން ދިޔަ އަޑަށެވެ.ކަންނެތް ގޮތަކަށް ބާލިސް ދަށަށް އަތް ކޮއްޕާލައި،ފޯނު ނަގައި ބަލާލިއިރު އަހަންނަށް ގުޅަމުން ދިޔަ ފަރާތް ފެނިފައި ބޭއިޚްތިޔާރުގައި ނިތަށް ރޫގިނަކޮށްލެވިއްޖެއެވެ. އަހަންނަށް ގުޅަމުން ދިޔަ މީހަކީ އާތިޔާއެވެ.ވަގުތުން ނިދިގަނޑުވެސް ފިލައިފިއެވެ.ކަމެއް ދަމެއް ބޮޑުވެގެން ނޫނީ މިފަދަ ގަޑިއެއްގައި އާތިޔާއެއް އަހަންނަކަށް ނުގުޅާނެކަން އަހަންނަށް އެނގެއެވެ.ކޯލު ނުކެނޑެނީސް އަވަހަށް އަހަރެން ފޯނު ނަގައި ހަލޯއޭ ބުނެލައިފީމެވެ.
”ދަރިފުޅާ… ވަރަށް އަވަހަށް ހޮސްޕިޓަލަށް އައިސްދީބަލަ…ޝަފް…ޝަފްއަށް ގޮވާދީބަލަ“ އާތިޔާއަށް ހުރީ ރޮވިފައެވެ.އެ އަޑުގައިވަނީ އިންތިހާ ހާސްކަމާއި ބިރުވެރިކަމެވެ.
”މަންމާ ކިހިނެއްވީ އަނެއްކާ؟މަންމަ އޯކޭތަ؟!“ ހާސްވެފައި އަހަންނަށް އަހައިލެވުނެވެ.
”ޝަހީމް….އެކްސިޑެންޓް…އައިސީޔޫގަ…ހަމަ ދެންމެ…“ ރޮވޭވަރުން އާތިޔާއަކަށް ވާހަކައެއް ނުދެއްކުނެވެ.
”ކީކޭ؟!!“އޭނާ ދިން ޚަބަރުން އަހަންނަށްވެސް ލިބުނީ ސިހުމެކެވެ.ދާންވީ ހޮސްޕިޓަލުގެ ނަން ބުނެފައި އާތިޔާ ފޯނު ބޭއްވުމުން އަހަރެން އަވަސް އަވަހަށް ޝަފްކާއަށް ގޮވައި ހޭލައްވައިލީމެވެ.އޭނާ ގާތުގައި އެވާހަކަ ހަމަ ބުނިހާ އިރަކަށް ހާސްވެގެން ތެޅިފޮޅިގެންފިއެވެ.ތެދުވެގެން ދެފައި ހުރި ބާރެއްލައި ދުވެފައިގޮސް ފާޚާނާއަށް ވަދެ ތާޒާވެލައިގެން އައިސް އަވަސް އަވަހަށް ހޮސްޕިޓަލަށް ދާން ތައްޔާރުވާން ފެށިއިރު އޭނައަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.އިސްތިރިނުކުރާ ފޮއްޗެއްގެ ޓޮޕް ކޮޅަކާ ޖިންސެއް ލާފައި އޭނާގެ ތަރުތީބު ގެއްލިފައިވާ ފަން އިސްތަށިގަނޑުގައި އަވަސް ގޮތަކަށް ބުރުސް ހިންގައިލާ އޮމާންކޮށްލިއެެވެ. އަހަރެންވެސް އަވަހަށް ފާޚާނާއަށް ގޮސް ހަދާފައި އައިސް އަލަމާރިން ޓީޝާޓަކާއި ފަޓުލޫނެއް ނަގައިގެން ތަައްޔާރުވާން ފެށީމެވެ.އޭރު ނުހައިކަށް ހަދާނެ ގޮތެއް ނޭނގިގެން އެކަމާވެސް ޝަފްކާ ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ.އެހާ ދަންވަރު އެކުއްޖާފުޅުގެ ނިދިކޮޅު ހަލާކުކޮށްލައިގެން ހޮސްޕިޓަލަށް ގެންދަން އަހަރެންގެ ހިތަށްވެސް އުނދަގޫވިއެވެ.
”އަހަރެން ނޫކް ކައިރީ މަޑުކޮށްފާނަން…ޝަފް ދޭ…މަންމަ އަހަރެން ކޮބައިހޭ އަހައިފިއްޔާ ބުނޭ އަހަރެން ނޫކް ކައިރީ މަޑުކުރީއޭ…ނޫނީ ޝަފް މަޑުކުރޭ އަހަރެން ދާނަން…މަންމަ ވަރަށް ހާސްވެފައި ހުރީ ނުވާނެ މިގަޑީ އެކަނި ބަހައްޓާކަށް…ބައްޕަ ފެމިލީ މީހަކުވެސް ނެތީބާ އެތާ؟ ކޮބާބާ އެ ލެއޯރާ؟“ހަދާނެ ގޮތެއް ނުނިންމިގެން އަހަރެން ބުނެލީމެވެ.
”ނޫން އަހަރެން ބޭނުން ދާން…ނޫކް ހޭލައިގެން އަހަރެން ފެންނަން ނެތިއްޔާ އޭނަ ވަރަށް ރޯނެ…އާކިލަކަށް މަތައެއް ނުވާނެ…ނޫކް ގޮވައިގެން ދާނީ…ނުކެރޭނެ ބާއްވާފަ ދާކަށް…ފެމިލީ މީހެއްގެ އަތަށް ދޭކަށް ހިތްހަމައެއް ނުޖެހޭ…ބައްޕަ ފެމިލީ އެކަކުވެސް ނޫޅޭނެ މިކޮޅަކު…އެމީހުން އުޅެނީ ރާއްޖޭން ބޭރުގަ… އެމީހުން މިކޮޅަށް ފޯރަންވެސް ހާދަ ވަގުތެއް ނަގާނޭ އަންނަން އުޅުނަސްވެސް…ނޭނގެ އެ ދެޔޯ ނިދިކޮޅު ގުރުބާންކޮށްފަ އެތަނަށް ދިޔަކަމެއްވެސް…މަންމަ އިންނާނީ ބައްޕަގެ އިމަޖެންސީ ކޮންޓްކްޓުގަ…އެހެންވެ ކަންނޭނގެ މަންމަ އެކަނި އެތާ އެ އިނީ… ހެޔޮކޮށްވިއްޔާ އެ ދެޔޯއަށް ނޭނގެ އެނގޭކަމެއްވެސް ބައްޕައަށް ކަމެއް ވެގެން އުޅޭކަންވެސް…“ރޮވިފައިވާ އަޑަކުން ޝަފްކާ ބުނެލިއެވެ.
”ޝަފް ހަމަޖެހޭ…ނުރޮއެ…ޝަފް ރޮމުން ރޮމުން އެތަނަށް ގޮސްފިއްޔާ އަނެއްކާ މަންމަވެސް ހައްތަހާ ވީކްއެއްނު ވާނީ… މަންމައަށް ހިތްވަރު ދޭން ހުރި ދަރިއަކީ ތީ… އަދި ލިބުނު އަނިޔާގެ ތަފްސީލެއްވެސް ނޭނގޭތާ…އެކަމަކު ކްރިޓިކަލްވީމަދޯ އައިސީޔޫއަށް އެ ލީވެސް…“ ޝަފްކާ ގަޔާ ގާތްކޮށްލަމުން އަހަރެން ބުނެލީމެވެ.
”އާކި އަހަރެން ބޭނުމެއްނޫން ބައްޕައަށް ދެރަގޮތެއް ވާކަށް… އަހަރެން ބިރުގަނޭ…“ ޝަފްކާގެ ބަޑި ފަޅައިގެން ދިޔަ އެވެ.
”އަނހާ… އަވަހަށް ހުއްޓާލާ ދޫނީ….އިރާދަކުރެއްވިޔާ ރަނގަޅުވާނެ…ބަލާ ޝަފް ރޯތީ ނޫކްވެސް ހޭލީއެ… އަވަހަށް ހުއްޓާލާ…ހިޒް ގޮނަ ބީ އޯކޭ ލަވް.ނުރޮއެ ހުއްޓާލާ..ދުޢާކުރޭ…ހިނގާ ނޫކް ރެޑީކޮށްލައިގެން އަވަހަށް ދަމާ“ އަހަރެން ބުނެލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






V reethi mibai vx❤️
Thank you Anaq ❤️
Vrh reethi mi part vx MA!
Huh I mee shaf nama edhun gudi ves nulaanan! E kahala nulafa meehun gandun dheke I vany amashaku foosseh nun!
Btw descriptions on another level ingey✨✨
Lyy💗
Thank you Your fav bab ❤️
Keehkuraani Shaf can’t stay mad egothah veema to her dad,but yeah I understand Shaheem kanthah kohfa oiy gothun rulhi aadheveynekann.
Really 🥺 Thank you though ❤️ ❤️ ❤️
Ly.
Tc.
stay tuned for next eps