މިޝާ އަށް ނިދިން ހޭލެވުނު އިރު ހަަގަޑި ސާޅީސް ވަނީއެވެ.ތެޅެމުން ފޮޅެމުން ސްކޫލަށް ދާން ގެއިން ނުކުމެެވުނު އިރު ރަނގަބީލު ޖަހައިފި އެވެ.އާދައިގެ މަތިން މިއަދުވެސް އެންމެ ފުރަތަަމަ އޭނާ ކުރިމަތިލާން ޖެހުނީ ކުލާސް ކުދިންގެ މަލާމާތާއި ފުރައްސާރައާއެވެ.”އޭތް!! އެންމެނޭ! އެއޮތް އައީ ކުލާސް ކްލައުން.ހަމަ ސީދާ ކަޅު ހަމެއް.” އެއް ކުއްޖަކު މިހެން ބުނުމުން ދެން މަޑުމަޑުން ތިބި ކުދިން ވެސް ކަކަކަ އަޅާފައި ހޭން ފެށިއެވެ.މިޝާ އަށް މިމަންޒަރު ފެނުމުން ނުރޯން ކަށިން ހިތްވަރު ނެރެގެން ހިމޭނުން ހުއްޓަސް ކަރުނަތައް މުތްތަކެއްހެން ފައިބައި ގަތެވެ. އޭނާ އަކީ ވެސް ހަމަ އެހެން މީހުން ފަދައިން އިންސާނެއް ނޫން ހެއްޔެވެ؟ އޭނާ އަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟ މުދައްރިސް އައުމާއެކު މިޝާ ވެސް އޭނާގެ ގޮނޑީގައި އިށީނދެ ، މުދައްރިސްއަށް ފުރިހަމަ ސަމާލުކަން ދެވޭތޯ ބެލިއެވެ.
އެދުވަހު ސުކޫލް ގަޑި ނިމުމުން މިޝާ މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.މަގު ކުރުކޮއްލުމުގެ ނިޔަތުގައި ހަނި ގޯޅިއަކަށް އެޅިތަނާ މީހަކު ބާރަށް “ހައްހައް!ތިހިރަ ކަޅުކަމެއް, ތާނގީ އެކޭ ތަފާތެއް ނެތެއްނު” މިހެން ބުނި އަޑު އިވުމުން ސިހިފައި ފަހަތަށް ބަލާލިއެވެ.”ކީއްވެތަ އަހަރެންނާ ދިމާލަށް ތިކަހަލަ އެއްޗިހި ބުނަނީ! އަހަރެން ވެސް މިއީ އިންސާނެކޭ”.މިޝާ އެމީހުންނަށް ރައްދު ދިނެވެ.އެމީހުން ޖަވާބު ގައި ބުންޏެވެ.”ކަލެއަށް ކަޅު ހަމެކޭ ނުކިޔޭ ވަރުތަ؟ތިހުރީ މީހާ ހުންނަ ގޮތް! މުޅި މޫނުގައި ބިހި ޗީޗީ”މިހެން ކިޔާފައި އެމީހުން އެތަނުން ނައްޓާލިއެވެ.މިޝާ މަގުމަތީގައި ރޮމުން ގެއަށް ވަދެވުނު އިރު އޭނާގެ މަންމަ އިނީ ސޯފާގައި ޓީވީ ބަލާށެވެ.”މަންމާ!އަހަރެން ނުދާނަން ދެން ސުކޫލަކަށް! އެމީހުން ދިމާ ކުރަނީ މަ މޫނުގައި ބިހި ނަގާފައި ހުރީމަ..ކަޅު ހަމެކޭ ވެސް ކިޔައޭ މަންމާ..”މިޝާ ރޮމުން ރޮމުން އޭނާގެ ޝަކުވާތައް ބަންޑުން ކޮށްލިއެވެ.ނަމަވެސް , އޭނާގެ މަންމަ ޖަވާބު ދިންގޮތުން އޭނާގެ ލޯ ތަން މިނަށް ހުޅުވިގެން ދިޔަ އެވެ.”ހޫން.. ޝަހާދަތް މީވާ ދަރިއެއް . މީހަކު ކިރިޔާ އެއްޗެއް ބުނެލާއިރަށް ރޯމް ޖެހޭތަ؟.އެމީހުން އެދައްކަނީ ތެދު ވާހަކައޭ.މިޝާގެެ މޫނެއް ބަލާބަ.ލަދުން ބޯހަލާކު ވާވަރުވޭ! އަނެއްކާ ތިޔަ ހަމެއްގެ ކުލައެއް! މަގޭ ހިތަށް އަރާ މީ އަނެއްކާ މަގޭ ދަރިއެއް ބާއޭ”.މިޝާގެ މަންމަ ބުންޏެވެ.މިޝާ އަށް ހުރެވުނީ ގަބުވެފައެވެ.އަމިއްލަ މަންމަ ދަރިޔަކާ ދިމާލަށް މިފަދަ ބަސްތަކެއް ބުނެފާނެ ކަމަކަށް އުންމީދު ކުރާނީ ކާކު ހެއްޔެވެ؟އަމިއްލަ ދަރިފުޅަށް މިހެން ހަދާނީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟
އޭނާ ވައިސޫރި އެއްހާ ބާރަށް ކޮޓަރިއަށް ދިއުމުން ކަރުނަތައް އޭގެ ވާޖިބު ހުއްޓުމެއްނެތި އަދާކުރަމުން ދިޔައެވެ.މިހެން އެތައް އިރަކު އޮތުމަށް ފަހު ހޭވެރިކަން ވީ އޭނާގެ މަންމަ “އަދި އެބަ އޮވެއެއްނު ކޮޓަރީގަ!ހުއް..ހަމަ މިހާރު ނުކުމޭ!! ތިހެން ކަލެއަށް އޮވެވޭނޭ ހީ ނުކުރާތި! ލާހިކެއް ނޫން އޮންނާކަށް! އާދޭ ހަމަ މިހާރު”މިހެން ގޮވާއަޑު އިވުމުންނެވެ.މީ އަނެއްކާ އަނެއް ކަންތަކޭ އޭނާ ހިތަށްއެރިއެވެ.
އޭގެ މަހެއް ދުވަސް ފަހުން އޭނާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.ސުކޫލައް ވެސް ދަނީ ހާލަކުން ދުވަހަކުއެވެ.މުޅި މީހާގެ ހަށިގަނޑު އަނަރޫފަވެ ، ދެލޯ ވަޅު ވަދެފައެވެ.ދިރިހުއްޓަސް އޭނައަކީ މަރުވެފައިވާ މައްޔިތެކެވެ.ދާ ކޮންމެ ދުވަހަކު ސުކޫލުން ވާ އުނދަގޫތަކާއި ، ގެއަށް އައުމުން ލިބޭ އަނިޔާތަކުގެ ސަބަބުން މުޅިދުނިޔެ މަތިން ފޫހިވެފައެވެ.އަޅާލާނެ މީހެއް ނެތި އޭނާ ވެގެން ދިޔައީ ނަފްސާނީ ބަލީގެ ފުން ކަނޑަކަށް އޭނާ ގެނބެމުން ދާ މީހަކަށެވެ.އަމިއްލަ ނަފުސަށް ގެއްލުން ދިނުން ފަދަ ނުބައި އާދަތައް ވަނީ އޭނާގެ ކަށީގައި ހަރުލާފައެވެ.ކޮޓަރިން ބޭރަށް ނުކުމެ އުޅުމަކީ އޭނާއަށް ދުނިޔޭގައި ލެއްވި އެންމެ ބޮޑުކަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އަމިއްލަ އަށް ކުފުރުގެ މަރަކުން މަރުވުމަށް ހިތަށް އެރީ ކިތައް ފަހަރުކަން ބުނަންވެސް އޭނާއަށް ދަތްޗެވެ.ނަމަވެސް، މިޝާގެ މަންމަ އަކަށް މިކަންކަމެއް ނޭނގެއެވެ.އެންމެ ކުޑަމިނުން ވެސް އެނގޭ އެއްޗަކީ އޭނާ ސުކޫލަށް ދާ ދުވަސްތައް މަދުވަމުން އަންނަ ކަމެވެ.
މިހެން ދުވަސްތައް ފާއިތުވަމުން ގޮސް މިޝާގެ މަންމައަށް މިޝާ ސުކޫލަށް ފަރުވާކުޑަ ކުރާތީ 10 ދުވަހަށް ގޭބަންދު ކުރިކަމުގެ ލިޔުމެއް ލިބުނެވެ.ލިޔުން ހަވާލު ކުރުމުން އޭގައި އޮތް އެއްޗެއް ކިޔާފައި އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ.”އޭތް މިހިރަ ފެންނަ މިޝާ!!ކަލެޔާ ހެދި މީހަކަށް ހަމަޖެހިގެން އުޅެވޭކަށް ނެތޭ..ކީކޭ ހިތަށް އަރައިގެންތަ ކަލޭ ތިޔަ އުޅެނީ”އޭނާ މުޅި ގެއަށް އަޑުއިވޭ ވަރަށް ގޮވަމުން ދިޔައީ މިޝާގެ ކޮޓަރިއަށެވެ.ނަމަވެސް, މަންޒަރު ބަދަލުވެގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ.ފެނުނީ މީހެއްގެ ލޮލަށް ބަލަން ކެތްވާވަރުގެ މަންޒަރެއް ނޫނެވެ.އޭނާ ހުރީ ފަންކާ ގައި ވާގަނޑު އައްސާފައި ކަރަށް މަހާލައިގެންނެވެ.”ނޫން މަގޭ ދަރި”މިޝާގެ މަންމަ އަޑުހުރި ކޮޅައް ހަޅޭއްލަވައިގަތެވެ.އަދި އޭނާގެ ކަރުން ވާގަނޑު މޮހާލުމުން ދެމައިން އެއްފަހަރާ ރޮމުން ދިޔައެވެ.”މަންމަ އަށް މާފް ކުރޭ ދަރިފުޅާ..އެނގޭ މަންމަ އަށް މާފު ހައްގު ނޫން ކަން ވެސް”މިޝާގެ މަންމަ ކުރަކިވެފައިވާ އަޑަކުން ވާހަކަ ދައްކަމުން ދިޔަ އެވެ.”މަންމާ އަހަރެން ކިތައް ފަހަރު ކިތައް ދުވަހު މަންމަ ގާތު އާދޭސް ކުރިން..އެކަމަކު މަންމަ އަޑެއްނޭހި.. އަހަރެން ވާ ކެތްގަދަ”މިޝާ ބުނެލި އެވެ.”މާފުކުރޭ ދަރިފުޅާ!މަންމަ އަށް ނުވިސްނުނީ މަންމަ ދަރިފުޅަށް ފުރިހަމަ އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނަން”މިޝާގެ މަންމަ ބުންޏެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން މިޝާ އަކީ މަންމަ އާ ޓީޗަރުންގެ ބުރަ މަސައްކަތުން އެހެން ކުދިންހެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ކުއްޖެކެވެ.އޭނާގެ މަންމަ ވަނީ މިކަން ރިޕޯޓުކޮށް މިޝާ އަށް އުފާވެރި މާހައުލެއް ގާއިމް ކޮށްދީފަ އެވެ.އޭނާ މިއަދު މިކަންކަމަށް ނުހަނު ޝުކުރުވެރިވެ އެވެ.
ـ ނިމުނީ ـ
ނޯޓު:އާދެ!މިފަދަ ހިތާމަވެރި ވާހަކަ ތަކަކީ މިކުޑަކުޑަ ދިވެހިރާއްޖޭގައި މަދުން ނަމަވެސް ވެސް ހިނގަމުންދާ ކަންކަމެވެ.އެހެންކަމުން,ގަނާ ކުރުމަށް ނޫނެކޭ ބުނެ އެކަންކަމުން ކުދިން ސަލާމަތްކުރާ މީހަކަށް ކޮންމެ މީހަކުވެސް ވާށެވެ.ހަގީގަތުގައި މިއީ މަޖާ ކަމެކޭ ބައެއް މީހުންނައް ހީވިޔަސް،އެ ކަންކަން ކުރިމަތިލާފައިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް އިހުސާސް ކުރެވޭނެއެވެ.ކޮންމެ މީހަކުވެސް ދުލުން ބުނެލާ ބަހަކީ އަނެކާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ފަދަ ބަހަކަށް ހަދަމާތޯ އެވެ.ގަނާ އަށް ނޫނެކޭ ބުނަމާ!!
6 Comments!
Comments are closed.

Binthu ge Mi story in vrh rangalhu ibratheh libigen gohssi
Jazakallah Khairan ✨@anonymous…. Inshallah kuriyah oiyy thaanga ves mifadha ethah iburatheh libey vhk thah genes dhevey thw balaanan…
عيد مبارك ✨🌟🌙🤗❤️🥀🖤
Eid Mubarak…✨♥️
true❤️😢
👍🏻🥺😊