Skip to content
އެސްފިޔަ

ހައްޖުގެ މާތްއާރު…

ޅެން: ހައްޖުގެ މާތްއާރު

ރާގު: އިސްޤީ މިހިތުގައި

ލިޔުނީ: އާއިޝަތު އިސްނާން އަޙުމަދު

 

ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު

ހިތްތަށް އުފާކޮށްދޭ އަލިވީ  އެ ޛުލްޒާރު

ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު

ހިތްތަށް އުފާކޮށްދޭ އަލިވީ  އެ ޛުލްޒާރު

**********************************

 

ލައްބައިކަ ކިޔަމުން ފެށުނު ފަރިވި ހައްޖާރު

ހައްޖުގެ މި ބަރަކާތުން ރަންވީ މި ގުލްޒާރު

(އެކި ކަންކޮޅުން) 2x އައި ދަތުރުގައި ނަޔާހާރު

ރަޙުމަތުގެ ނޫރުން އެކުގައި ލިބުނު ފެންއާރު

ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު

ހިތްތަށް އުފާކޮށްދޭ އަލިވީ އެ ޛުލްޒާރު

**********************************

ޢަރަފާތު ބިމުގައި ތިބޭއިރު އެކީ ޔާރު

ކަރުނުން މި ފުރޭއިރު ދުޢާތަކުގެ މެހެފާރު

ފާފައިން އަޅާ މިންޖުވެތޯ މި ދޫމާރު

މާތްވީ އިލާހުގެ އެ އަރިހަށް އެދޭނޫރު

*******************************************************************

މާޒީގައި ކުރެވުނު ނިކަން ގިނަ އެފާސާރު

މާހިތް ހަންދާކޮށްދެ ކަރުނައިގެ އެ ޒަމީރު

*********************************

ގާތުން ބާލާލާނެ ތޯއޭ މި މަހުޝާރު

ހާލާއެކީ ހިތުގެ އުންމީދި ފޮނިނާރު

ހާލަތުގެ ފުރިހަމަ އެ ލިބިލެއްވި އުހުމާރު

މާތްވީ އިލާހުގެ އެ އަރިހަށް އެދޭނޫރު

*********************************

ފެށުނީޔޭ ބަރަކާތުން ފުރިގެންވި މާތްއާރު

ހިތްތަށް އުފާކޮށްދޭ އަލިވީ އެ ޛުލްޒާރު

ލައްބައިކަ ކިޔަމުން ފެށުނު ފަރިވި ހައްޖާރު

ހައްޖުގެ މި ބަރަކާތުން ރަންވީ މި ގުލްޒާރު

(އެކި ކަންކޮޅުން) 2x އައި ދަތުރުގައި ނަޔާހާރު

ރަޙުމަތުގެ ނޫރުން އެކުގައި ލިބުނު ފެންއާރު

*********************************

1 ޛުލްޙިއްޖާ 1447

18 މެއި 2026

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

ފެށިގެން މިއަދު މިދަނީ އެންމެ މާތް ވީ އެއް ދުވަސްވަރެވެ. އާދެ! ހައްޖު މަހުގެ ފުރަތަަމަ ދިހައެކެވެ. ފާފަތަކުން މިންޖުވޭތޯ ގިނައިން ދުޢާކޮށް އިސްތިގުފާރު ކުރަންވާނެއެވެ. އިންސާނުންނަކަށް ވީތީ ނޭނގިވެސް އެތައް ކަމެއް ކުރެވޭނެއެވެ. މި ލިބުނު ފުރުސަތުގެ ބޭނުން ހިފަންވާނެއެވެ. ތައުބާވުން މާދަމަށް ލަސްނުކުރާށެވެ. މިއީ ވަގުތީ އަލާމެކެވެ. ވަގުތާއެކު ފަނާވެދަނެއެވެ. މާދަމާއަށް އަލި ވިލޭއިރު ދުނިޔޭގައި ހުންނާނެ ކަމުގެ އޮތީ ފަހެ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ލަސްނުކޮށް ތައުބާވާށެވެ. ފުރުސަތެއް ފަސްކޮށްގެން ނުލިބިދާނެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަަމަ ދިހަ ދުވަހު ރޯދަ އަށް ހުރެވޭތޯ ބަލަން ވާނެއެވެ.  ވަކިން ޚާއްސަކޮށް ހައްޖު ރޯދަ ހިފުން އެދެމެވެ. ބަރަކާތުން ފުރިގެންވީ މާތް ދިހަ ދުވަސް ކަމުގައި މިިދިހަ ދުވަސް ލައްވާށި! އަދަށް ވުރެ ފެހި މާދަމައެއް އަޅުގަނޑުމެންނަށް މިންވަރުކުރައްވާށި!  ފުރިހަމަ ތައުބާއަކުން ތައުބާވުމުގެ ނަސީބު ދެއްވާށި!

މިއީ އަޅުގަނޑު ލިޔަން ފެށި މުޅިން ތަފާފު ބާބެކެވެ.  ނަމަކީ “މާތްވީ ހައްޖުގައި” އެވެ.   މީ ހައްޖު މަހުގެ ދިހަ ދުވަހަށް ހާއްސަކޮށް އަޅުގަނޑު ލިޔަން ގަސްތުކުރި ޅެން ސިލްސިލާއެކެވެ. މިރޭ މި ގެނެސްދެނީ މި ޅެންތަކުން ފުރަތަަމައެވެ. އާދޭހޭވެ.  ދީނީ ފަރިހިއެކެވެ. ހުރިހާވެސް އުންމީދަކީ މި ފަރިހި ކިޔުންތެރިންނަށް ކަމުދިއުމެވެ.

ކުރިއަށް އޮތް ދިހަ ދުވަހު އަޅުކަމުގައި ވީހާވެސް ގިނައިރު ހޭދަ ކުރެވޭތޯ ބަލަންވާނެއެވެ. ޤުރުއާން ކިޔެވުމާއި ސުންނަތް ނަމާދުތައްވެސް ވީވަރަކުން ކުރަން ވާނެއެވެ. ޚާއްސަކޮން ދަންވަރުގެ ދެނަމާދު ވިތުރުއާއި ދަމުނަމާދެވެ.

އެނބުރި “އާއެކޭ ލޯބިވޭ…” ވާހަކައާއެކު އަންނާނީ ދެން އަލްޚާ ޢީދުގައެވެ.  ފެށިގެން މިދިޔަ މާތް މަހުގެ ދިހަ ދުވަހު އަންނާނީ “މާތްވީ ހައްޖުގައި ” ގެ ޅެންތަކެވެ.

ކިޔުންތެރިންގެ ފަރާތުން ލިބެމުން މިދާ ތަރުޚީބަަށް ނިހާޔަތަށް ފަށްފަށުން ޝުކުރުދަންނަވައެވެ.  ނިންމާލަމުންވެސް ދަންނަވާލާ ހިތްވަނީ

“ތިދޭ ލޯތްބާއި ތަރުހީބަށް،

ނިހާއި ޝުކުރު އިއްވޭނޭ” މިހެން މެވެ.

ބާއްޖެވެރި ރޭގަނޑަކަށް އެދެން!

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. xxx

    Ok good

    1. Isnaa
      xxx

      ❤️

Comments are closed.