
އެދިގެން ކަލާ ލިބޭތޯ 69

(69 ވަނަ ބައި)
“ހެލޯ..” އެވަގުތު ކޮންމެވެސް ޒުވާނެއް އެބައިގެ ދޮރުގެ ތަޅުގައި ހިފާލި އަޑުއިވުމާއިއެކު އެ ވަގުތަށް އަމިއްލަ ހިޔާލުގެ ދުނިޔެއިން ޔުމްނުއަށް ބޭރުވެވުނެވެ. ވިލާގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ހިޒްުޔާންމެންނާއި އެއް އުމުރެއްގެ ޒުވާނެކެވެ. އެ ޒުވާނާ ފޯނު ކަންފަތުގައި ޖައްސާލައިގެންހުރެ އެތެރެއަށް ވަދެގެން އައުމާއިއެކު އިސްއުފުލާ ބަލާލީ އެންމެންގެ ނަޒަރު އެމޫނަށް ހުއްޓިފައިވާކަމުގެ އިޙުސާސްކުރެވިގެންކަންނޭނގެއެވެ. އެއާއިއެކު ފަތުއަޑުކިޔާފައި މޫނާއި ދިމާލަށް އައި ފުޅި ނިއްކުރިމަތީގައި ޖެހިފައި ތިރިއަށް ވެއްޓުނުއިރު އޭނައަށް ނިއްކުރިމަތީގައި ފިރުމާލެވުނެވެ. މާބްލްސްމަތީގައި ކުދިކުދިވެފައިވާ ފައުންޑޭޝަން ފުޅިއާއި ރޫމްގައި މަޑުކޮށްލައިގެން ތިބި އަންހެންކުދިންކޮޅު ފެނިފައި އޭނަގެ މޫނު ވަގުތުން ރަތްވެގެންދިޔަކަހަލައެވެ.
“ސޮރީ… އޮޅިގެން…” ޝަދަފް އަވަސްއަވަހަށް މައާފަށް އެދުނުއިރު ނަޒަރު ބައްދަލުވީ އޭނަގެ ކުރިމަތީގައި ދެއުކުޅުގައި އަތްވިދެލައިގެންހުރި ނެހާއާއެވެ. އެ ހަނި ދެލޮލުން ފެންނަ ރުޅިވެރިކަމުންވެސް ޝަދަފްގެ ބަސްތައް ގަބޫލުނުކުރާކަން ހުރީ ހާމަވާށެވެ. އެކަމަކު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.