
އެދިގެން ކަލާ ލިބޭތޯ 68

(68 ވަނަ ބައި)
“ރެއިން… މީ ޔުމް… މައި ކަޒް…” ނުހަނު ގާތްގޮތަަކަށް ރިއާންގެ ކޮނޑުގައި އަތްއަޅުވާލަމުން ރައިނާ ތައާރަފްކޮށް ދިންއިރު އެދެޒުވާނުން އެކަކު އަނެކަކު ދަންނަމުންދާކަމުގެ ހިލަމެއްނުވިއެވެ. އަދި އެންގޭޖްމެންޓްއަށްފަހު ރިއާންގެ ހިތުގައި އެހެން އަންހެންކުއްޖަކު ގެންގުޅެމުންދާކަމާއިމެދު ޝައްކު އުފެދިފައިވިޔަސް އެ އަންހެންކުއްޖަކީ ޔުމްނުކަމެއް ނޭނގުނެވެ.
“ޔުމްނު…” ރައިނާގެ ޖުމްލަތަކުން ލިބުނު ހައިރާންކަމުގައި ރިއާންގެ ދުލުން އެނަން ބޭރުވެގެންދިޔައިރުވެސް ނޭނގުނެވެ. ރައިނާއަށް ފާހަގަނުކުރެވުނަސް އެއަޑުގައިވީ ރިހުމެކެވެ. މިއަދާއި ހަމަޔަށްވެސް ޔުމްނު އޭނަައަށް ފުރަގަސްދެމުންދިޔައީ އޭނަގެ ހަޔާތުގައި ރައިނާ ހުރިކަން އިނގޭތީއެވެ. އަދި މިއަދު އަމުދުން ރައިނާއަކީ އާއިލާކަން އިނގުމަށްފަހު ޔުމްނު ރުހުމުގެ ލޮލަކުން އޭނައާއި ދިމާލަށް ބަލައިވެސްލާފާނެ ހެއްޔެވެ؟
“ރެއިން… ދަންނަންތަ؟” ރިއާން ވަގުތުން ހިމޭންވެގެންދިޔަގޮތުންވެސް އެދެމެދުގައި އުފެދިފައިވާ ނުތަަނަވަސްކަން ރައިނާ އަށްވެސް ނަގައިގަނެވުނުކަަހަލައެވެ. އޭނަ އެދެޒުވާނުންގެ މޫނަށް ނަޒަރެއްދެމުން ސުވާލުކުރިއެވެ.
“ހޫމް… އެމެރިކާނޯގައި ޔުމްނު…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.