“އެލާ…” އެލާރާގެ ހަށިގަނޑު ނަގާ އުނގުގައި ބާއްވަމުން ޔައުލާން ގޮވައިލިއެވެ. އަދި ކަރުނުން ފުރިފައިވީ ދެލޮލުން އެކާރާއި ދިމާލަށް އޭނާ ބަލައިލިއެވެ. ދެލޮލާއި ތުންފަތް އެކަނި ފެންނަ މާސްކެއް އަޅައިގެން އިން އޭނާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “އެޒިކިއެލް… ފުރަތަމަ ލޯބިވެރިޔާ. ދެން ކޮއްކޮ” އެއްމިޔަކަނުން ހީލަމުން އޭނާ ބުނެލިއެވެ.
(50 ވަނަ ބައި)
އޭނާއާއި ދިމާލައް ދުއްވައިގަތުމައް ޔައުލާން ތެދުވިއެވެ. ނަމަވެސް ބާރު ދުވެލީގައި ކާރު ދުއްވާލިއެވެ. ދެން ޔައުލާން އަނެއްކާވެސް އެނބުރުނީ އެލާރާއާއި ދިމާލަށެވެ. މިވަގުތު އެލާރާ ސަލާމަތް ކުރުން މާ މުހިންމެވެ. ފޯނު ނަގާ އެންބިއުލާންސައް ގުޅަމުން ޔައުލާން އެލާރާ ގާތުގައި އިށީނެވެ.
އަވަސް ދުވެލީގައި އެންބިއުލާންސް ދުއްވާފައި އައިސް މަޑުކޮށްލީ ހަސްފަތާލު ދޮރު މަތީގައެވެ. އެންބިއުލާންސްގެ ‘ސައިރެން’ ގެ އަޑުން މުޅި ތަން ވަނީ އެއްއަޑުވެފައެވެ. ނަރުހުންތަކާއި އެކު އެންބިއުލާސް ދުއްވަން ތިބި ދެމީހުން އައިސް ފަހަތު ދޮރު ހުޅުވާލުމާއި އެކު ފުރަތަމަވެސް ފެނުނީ ދެލޮލުން ކަރުގައިގެ ކޯރެއް އަންނަމުން ދިޔަ ޔައުލާން އެލާރާގެ އަތުގައި ހިފާ ބާރު ކޮށްގެން އިން މަންޒަރެވެ. އެލާރާ ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އުފެދިފައިވަނީ އިންތިހާއަށެވެ.
އެލާރާގެ ހަށިގަނޑު ފުރޮޅުލީ އެނދަކައް ލާފައި ހަސްފަތާލައް ވެއްދުނެވެ. ބަރުހެލި ފިޔަވަޅުތަކުގައި އެލާރާ ގެންދެވުނީ އަވަސް ފަރުވާ ދޭ ކޮޓަރިއަށެވެ. “ބޭރުގަ މަޑުކޮށްލާ…” އެތެރެއަށް ވަންނަން އުޅުން ޔައުލާން ހުއްޓުވަމުން ނަރުސް ކުއްޖަކު ބުނެލިއެވެ.
ފަހަތައް ޖެހިލި ޔައުލާންއަށް ހުރިތަނައް ތިރިވެވުނެވެ. ބިންމަތީގައި އިށީނދެގެން އިނދެ ރޮމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. ތުންކޮޅު އޮޅާލައިގެން އިނދެ އޭނާ ރޮމުން ދިޔަ މަންޒަރު ފެނި ގިނަ ބައެއްގެ ހިތުގައި ހަމްދަރުދީ އުފެދިފައިވިއެވެ.
ޒާލާގެ ހަށިގަނޑައް ގުޅުވާފައިވީ އައިވީ ފުޅިއަށް ބަލަން ޒަވުލް ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ޖީބައް އަތް ޖަހާލަމުން އެނދުމަތީގައި ދެލޯ މެރިފައި އޮތް ޒާލާގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތިން ވަރުބަލި ކަމާއި ހިތާމަވެރިކަން ފެންނަމުން ދިޔައެވެ. “އަނެއްކާ ދޮންތައާއި ދޮންތަބެ ޒުވާބެއް ކުރީބާ…؟” ހިތާހިތުން ޒަވުލްއަށް އަހައިލެވުނެވެ. އެހިޔާލުގައި ހުރި ޒަވުލް ފަހަތް ބަލައިލީ އެނދު ކައިރީ އިން ފޮތިގަނޑު ކަހާލި އަޑަށެވެ.
“މަންމަ ފާހާނާއަށް ދިޔަ މީހަ ހާދަ ލަސްވީ؟ އެތަން ސާފުކޮށް މުށިތައްވެސް ބަދަލު ކޮށްފަތަ ތިއައީ؟” ލާނެތް ގޮތަކަށް ޒަވުލް އަހައިލިއެވެ.
“ދަރިފުޅާ. އަނެއްކާވެސް މީހަކު މަރުވެގެން އެބަ އުޅޭ. އެ މަންޖެގެ ކުޑަ ގޮހޮރުވެސް އޮތީ ބޭރުގައޯ. ވަރަށް އިހާނަތިކޮށް މަރާލާފައި އޮތީ” ނައުރީން އޭނާއަށް އެނގުން މިންވަރު ޒަވުލްއަށް ކިޔައިދިނެވެ.
“ހަމަ އަސްލުވެސް މީހަކު މަރުވީތަ؟” ވަގުތުން އޭނާ އެލާރާ ގާތުގައި ބުނެވުނު ވާހަކަ ހަނދާންވިއެވެ. ނަމަވެސް އޭނާ އެހެން ބުނީކީ މީހަކު މަރުވިކަން އެނގިގެނެއް ނޫނެވެ. މީހެއްގެ މަރާއި ބެހޭ ގޮތުން ސަމާސާއެއް ކުރެވުނީކަން އެނގުމުން އޭނާ އަނގަ ސަކަރާތްވިއެވެ.
“އާނ. އަދި އެއްކަލަ ފުލުހުގައި އުޅޭ އެލާރާވެސް އެކްސިޑެންޓެއް ވިއްޔޯ. ދެންމެގަ އެމަންޖެގެ ހަށިގަނޑު ހޮސްޕިޓަލައް ގެނައީ. އެކަން އެނގިގެން އެތާގަ ހުރެވުނީ. އެ ފުލުހުގައި އުޅޭ ޔައުލާން އެތާ އިނދެގެން ރޮއޭ އެބަ. އެ މަންޖެ ރައްޓެހިވެގެން އުޅޭ ކުއްޖާ ކަންނޭނގެއެއީ” ނައުރީން ބުނެލިއެވެ.
“އޯހްހްހް. މިހާރު ގިނަ ދުވަސް ވެގެން ބިޓެއްވެސް ނެގީތާ ދޯ؟ ކުޅަދާނަ އަންހެނެއްތާ މިއީ. ނަސީބެއް ދޫކޮށްލެވުންކަން” ހިތާހިތުން ޒަވުލް ބުނެލިއެވެ.
އެޒިކިއެލް އޭނާއަށް ހަމަ ޖެހިފައިވީ ކެބިންގައި އިނެވެ. ނިއްކުރީގައި އަތް އަޅާލައިގެން އިން އިރު އޭނާގެ މޫނުމަތީގައިވީ އިންތިހާ ނުތަނަވަސްކަމެވެ. ލަޝްކާގެ ވޭދަނަ ނިމި، ރަނގަޅަށް ހަމަ ނުޖެހެވެނީސް މިކަހަލަ ކަމެއް ކުރިމަތި ވުމުން ހަގީގަތުގައިވެސް އޭނާ އިނީ ބޯ ގޮވާ ހާލުގައެވެ. އެޒިކިއެލްގެ ސިހުރުވެރި ދެލޯވެސް ވަނީ ވަޅުވަދެފައެވެ. ރަނގަޅަށް ނުނިދާ ކަމުގެ ނިޝާންތައް ދިޔައީ ފެންނަމުންނެވެ.
އެޙިޔާލު ތަކުން އޭނާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ޔައުލާން ކަމުން އޭނާ އަވަހަށް ފޯނު ނެގިއެވެ. “ހަލޯ؟” ފޯނު ނެގުމާއި އެކު އިވެން ފެށި ޔައުލާންގެ ރުއިމުގެ އަޑުން އެޒިކިއެލްގެ ހިތުގައި ޖަހާލީ ބިރުވެރި ވިންދެކެވެ.
“އެއްލޫ… އެލާ…” ޔައުލާންއަށް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ.
“އެލާއަށް ކިހިނެތްވީ؟” ކުއްލިއަކަށް ތެދުވަމުން އެޒިކިއެލް އެހިއެވެ. އޭރު އެހިތް ތެޅެމުން ދިޔައީ ފެނުން ނެގި މަހެއް ތެޅި ފޮޅޭ ބީދައިންނެވެ.
“އެލާ… އެކްސިޑެންޓެއްވީ…” ކުރެހިފައިވީ އަޑުން ޔައުލާން ބުނެލި ޖުމްލަ އާއި އެކު އެޒިކިއެލްގެ ދެލޯ ބޮޑުވިއެވެ. ހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. “ކި… ކީކޭ…؟”
“އަވަހަށް އާދެބަލަ ހޮސްޕިޓަލައް…” އަވަސް އަވަހަށް ފޯނު ބާއްވަމުން އެޒިކިއެލް ސްޓޭޝަނުން ނިކުތެވެ. ފުކުހަކަސް އެވަގުތު އޭނާ ސައިކަލު ދުއްވީ ލިމިޓައްވުރެ ބާރަށެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު އަވަހަށް އެލާރާ ގާތައް ދިޔުން އޭނާއަށް މާ މުހިންމެވެ.
ދުވެފައި ހަސްފަތާލައް ވައިން އެޒިކިއެލްއަށް ފުރަތަމަވެސް ފެނުނީ ރޮމުން ދިޔަ ޔައުލާންއެވެ. ލަސް ފިޔަވަޅު ތަކެއްގައި ގޮސް ޔައުލާން ގާތުގައި ހުއްޓި ވީ ކީއްތޯ އަހަން އުޅެނިކޮށް ޑަކްޓަރު ނިކުތެވެ. ޔައުލާންއަދި އެޒިކިއެލްއަށް ޑަކްޓަރާއި ދިމާލައް ދެވުނީ އެކީގައި ކަހަލަ ގޮތަކަށެވެ.
“އެލާރާ… އަޅުގަނޑުމެނައް އެލާރާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު…” އިސްޖަހާލަމުން ޑަކްޓަރު ބުނެލި ޖުމްލައާއި އެކު އެޒިކިއެލްގެ ހިތް ހުއްޓުނު ފަދައެވެ. ދެލޮލުން ކަރުނަ އަންނަން ފެށީ އެހާ އަވަހަށެވެ.
“އާހްހްހް ނޫން… ނޫނެކޭ. އަހަރެން އެލާދެކެ ވަރަށް ލޯބިވެޔޭ. އެލާއާ ނުލާ ނޫޅެވޭނެ. ހަމަ މިހާރު އަހަރެންގެ އެލާ އަހަރެން ގާތަށް ގެނޭ” ރޮވިފާ ވާހާލުގައި ޔައުލާން ކުރިމަތީ ހުރި ޑަކްޓަރު ކޯޓުގައި ހިފާ ތަޅުވައިގަތެވެ.
“އެލާ ބުނީ އަހަރެންދެކެ ލޯބިވެޔޭ… ދެން ކީއްވެ…؟ ކީއްވެ ތިިހާ ގޯސްވާންވީ؟” ބިންމައްޗަށް ޖެހިގަންނަމުން އޭނާ ހަޅޭލަވައިގަތެވެ. އެންމެންގެ ނަޒަރުވެސް ޔައުލާންއާއި އެޒިކިއެލްއަށް ހުއްޓިފައި ހުރި އިރު, އެންމެންގެ ލޮލުގައިވެސްވީ ހަމްދަރުދީއެވެ…
(ނުނިމޭ)
ފަންސާސްއެއްވަނަބައިގެ ތެރެއިން:
ގަބުވެފައިވާ ހާލުގައި އެލާރާގެ ގަބުރައް ބަލަން އެޒިކިއެލް ހުއްޓެވެ. ރޮމުން ރޮމުން ދިޔަ އޭނާގެ ލޯބިވާ މަންމައާއި ބައްޕަ، އަލާން އަދި ޔާޝާގެ މޫނުމަތީގައިވީ ހިތާމައަށް ބަލަން ކެއްނުވެގެން އޭނާ ދެލޯ މަރާ ފިއްތާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







When will the next episode come out…..🥺☺️
Tmrw… in sha allah🫶🏻🩶
Maasha allah.
Mi prt vs vrh reethi
Elaa maruvee???
When next sissy?
Lysm and tx
Jazaakallah khairan N0nni_77 🩶🫶🏻….
Yeaa….
In sha allah next tmrw..
Likewise
Maasha allah.
Mi part ves vrh reethi
Soo elaa died 😢
And now I don’t think zawul is the one but still he’s in the suspect list.
Anyways when next?
Lysm and tc shihaa 🫶💜💗
Jazaakallah khairan shav 🩶🫶🏻….
Hehe let’ see dhww dhen…
In sha allah next tmrw..
Likewise
What?? Elaa hama aslah vx maru vee thr??😭😭 shierr then thi kahala plot twists gennan heyo nuvaane!😭😭
Yauu alhe he’s gonna be so sad!! And ellu too😭
Vedhaane thr ‘e villian’ ellu ge loabivaa meehun ah attack kuranee cuz he’s the lead detective of this case??
Well keke idk all I do is coming up with gibberish theories😅 n all I know is can’t wait for next eppp!!
Shierr MA you are killing it!! 👏👏💖 ~obiness to the max^³
Lyyy
Jazaakallah khairan Your fav bab 🩶🫶🏻….
Haha nice theory… lets see dhw dhen hehe..
In sha allah next tmrw..
Likewise
Shav ge story up kurany Kon iraku
V reethi mi part MA
WHATTTTTTTTT ella maruvee ey
No no way she won’t leave her love ones behind
V v v dheravejje
yaulaan ah vure bodah nuroavunas v v dheravejje
What is wrong with zavul dhera eh ves nuvey dhw eychaku
Feels like zavul hen hurihaa kamehge fahathuga ulhenee
V sus
Azkial hiyvaru kuranjjeheyne konme meehakah ves annane dhuvaheh mee
Dhen othee pray koh dhinun sis ah takaa
CW4THENEXTP
Tc
Jazaakallah khairan Sheex 🩶🫶🏻….
Asluvess dhw… sad… heheh..
Yess.. Ezikiel surely will
In sha allah next tmrw..
Likewise
Salaam readers…
I am not able to upload episode 51 of the story today.. in sha allah i will tmrw.. hope everyone understands 🫶🏻🩶
Where