Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… ތިރީސްހަތްވަނަބައި (އަޖަބުކުރުވަނިވި މެންދަމުގެ އަލި ބަގީޗާ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
April 30, 2026 5 Mins Read
0 Comments

ލޯބީގެ ރީތި ކަމާއި ފޮނިކަމުގެ އާހުގައި ޚުބާބު ގެ  ހިތް ވަނީ ހުއްޓިފައެވެ. ގޮތް ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭ ގައިދުވެފައެވެ.

 

” ހާދަހާ ވޭ ކުރާހިތް ސަމާސާ

 

ރީތި ހީލުންތަކުން ވޭ ދިލާސާ

 

ހާދަހާ ވޭ ކުރާހިތް ސަމާސާ

 

ރީތި ހީލުންތަކުން ވޭ ދިލާސާ

 

ތި އަރާމާ އެދޭ މީރު ފޮނިކަން

 

ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން

 

ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”

 

***********************************

 

“ސިހުމާ: ދަރިފުޅާ، މިސަރަހައްދުގައި ކީއްކުރަނީ؟ ދޭ ދުރަށް މިތަނައި ކައިރި ނުވާތީ.” މަންމަގެ ވާހަކަތައް ހުރި ގޮތުން ޚުބާބުގެ ހިތުގައި ސުވާލުތައް ފޮނިޖެހުނެވެ. ލައްކަ ޝަކުވާތަށް އޭނާ ކުރަން ބޭނުމެވެ. ކޮންމެވެސް ނުބައެއް އުޅޭހެން އޭނާއަށް މިހާރު ހީވާންފަށައިފިއެވެ. ކަންތައް ވަމުން މިދަނީ އަޅެ ކިހިނެއް ހެއްޔެވެ؟ މިލީހަމް އެކަހިކުރަންވީ ކީއްވެ ހެއްޔެވެ؟ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

***************************************************************

 

ހުސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ. ޖަވާބެއް ދޭނެ މީހަކު ނެތް ސުވާލުތަކެވެ. ކުރިން މައިންބަފައިން އިސްކޮށްގެން ތިބި ރުޅި ފިނިވިޔަސް ވާނުވާ އޭނާއަށް އެނގެންވާނެ އެވެ. ކުރެވުނީ ކުރަން ނުވާ ވަރުގެ ކައިވެންޏެއް ކަން ވިސްނުނީ ބާއެވެ. ދެމީހުންނަށް އެކަކު އަނެކަކު ހަރާމުވާނެކަން އެނގުމުން ދުރުކުރީ ބާއެވެ.

 

 

 

މަންމަ ދިޔަ ދިމާލަށް ކުޑައިރުކޮޅަ ބަލަހައްޓައިގެން ހުރެފައި ޚުބާބު ދިޔައެވެ. އެހިތުގައި އުފެދުނު ޝައްކުތައް ކޮޅިގަނޑެއްހެން ބޯމަތިީ އެނބުރެމުން ދިޔައެވެ. މަންމަ އޭނާއަށް ފޮރުވަން ކަންތައް ގަނޑެއް އެބައުޅެއެވެ. ނޫނީ، މިލީހަމްގެ ދަރީގެ ޙަޤީޤަތް މަންމައަށް އެނގުނީ ނޫން ބާވައެވެ؟

 

ރޭގަނޑުވެ މުޅި ކޮޓަރިތެރޭގެ ހިމޭންކަމުން އޭނާ ހިތްވަރު ހޯދިއެވެ. ގޭތެރެއިން އިވެމުންދިޔައީ ހަމައެކަނި ގަޑީގެ “ޓިކް ޓިކް” އަޑެވެ. ނިދާ އެނދުމަތީގައި ދެކޮޅަށް ފުރޮޅި ފުރޮޅި ޚުބާބު އޮތެވެ. ނިދިވީ އޭނާއި އެތައް ހާސް މޭލެއް ދުރުގައި ކަހަލައެވެ.

 

އެނދު ތެދުވެ ޚުބާބު މަޑު ހިނގުމެއްގައި ކޮޓަރި ނިކުތެވެ. އެ ބިއްފަޅިއާ ދިމާލަށް ދިޔައެވެ. އެ ހިސާބަށް ދެވުނުއިރު ފާރުގައި ހަރުކޮށްފައިވާ “ޤުރުއާން ލޭމްޕް” ގެ އަޑު އިވެން ފެށިއެވެ. ކެނޑިނޭޅި ޤުރުއާނުގެ އަޑު އިވެމުން ދިޔައެވެ. ޚުބާބަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅުނެވެ. އޭނާގެ ކަންފަތުގައި ޖެހުނީ މާ ނުރައްކާތެރި އަޑެކެވެ.

 

އެއީ މިލީހަމްގެ އަޑެއް ނޫނެވެ. އަދި ކިޔެއްތަ އިންސާނެއްގެ އަޑެއްވެސް ނޫނެވެ. ކަރުތެރެއިން އަންނަ ގުގުރީ އަޑެކެވެ. ހީވަނީ އެހީއަކަށް އެދި ޖިންނިއަކު އާދޭސްކުރާހެންނެވެ.

 

ކޮންމެވެސް އެއްޗެއް ކަސްދޮޅުން މިންޖުވާން އެދި ހަޅޭއްލަވަނީއެވެ. ޚުބާބުގެ ހިތް ހީވަނީ ބޭރަށް ނުކުމެދާނެހެންނެވެ. އޭނާ ބިތުގައި ކަންފަތް ޖައްސާލިއެވެ. މާ ސާފު އަޑެއް އިވޭ ގޮތެއް ނުވިއެވެ. “ތީ ޤުރުއާން ކަނޑަލަބަލަ” ފުސްފުސްކޮން ވެސް އިވުންހާ އަޑަކީ މިއެވެ.

 

އެއަޑު އިވިފައި ޚުބާބު އެއްފަހަރުން ގަޑުވިއެވެ. އެތާ އެންމެ ސިކުންތެއްވެސް މަޑުނުކޮށް އޭނާ ކޮޓަރިއަށް ދިޔައެވެ. ދުލަށް އައިހައި ހެޔޮ އެއްޗެއް ކިޔަން ފެށުމުން އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ. ނިދީގެ އަރާމު ކަނޑު ތެރެއަށް ގެބުމާއެކު ޚުބާބަށް ފެންނަށް ފެށީ ހުވަފެނެކެވެ. އޭނާ އުޅުނީ ފާޚާނައިގައެވެ. ނިދާ ހެދުން ލައިގެން އޭނާ އަވަހަށް ނިކުތެވެ. މިލީހަމް އޮތީ އެނދުގައި ފުރަގަސްދީގެންއެވެ. އެކަމަކު، އޭނާގެ ހަށިގަނޑު ހަރަކާތްކުރަމުން ދާހެން ޚުބާބަށް ހީވިއެވެ. ކައިރިއަށް ޚުބާބު ދިޔައެވެ. މިލީހަމް ދިޔައީ އާދަޔާ ޚިލާފު ގޮތް ގޮތަށް ހަރަކާތްތެރިވަމުންނެވެ. އޭނާގެ ލޮލަށް ހީވީ މީހަކު ލޮނު މިރުސް ގަނޑެއް ޖެހި ހެންނެވެ. މިލީހަމްގެ ބަނޑާ ދިމާލުން އެއްޗެއް ޙަރަކާތްކުރާ ތަން ރީތިކޮން ޚުބާބަށް ފެނުނެވެ. އެ ބަނޑު ތެރެއިން ކޮންމެވެސް އެއްޗެއް ބޭރަށް ނުކުންނަން ގަދަގަދަމުން ދިޔައެވެ.

 

“ޚުބާބު: ނޫން…ނޫން” ޚުބާބުގެ ދުލުން ބޭރަށް ނުކުތީ ފަނޑު އާހެކެވެ.

 

އޭނާގެ އަޑު އިވުމާއެކު، އެނދުގައި އޮތް މިލީހަމް ކުއްލިއަކަށް އެނބުރިލިއެވެ. އަހަންނާއި ދިމާލަށް ބަލަން ފެށިއެވެ. ޚުބާބުގެ ފުރާނަ ހަށިގަނޑުން ބޭރަށް ނުނިކުތީ ހަމަ ކިރިޔާއެވެ. މިލީހަމްގެ މޫނުމަތީގައި އެވަނީ އިންސާނެއްގެ ސިފައެއް ނޫނެވެ. މީހާގެ ދެ ލޯ ވަނީ މުޅިން ކަޅުވެފައެވެ. އޭނާގެ ތުންފަތުން ވެއްޓެމުން ދިޔައީ ކަޅުތިކިތަކެއް ފަދަ ވޭނީ ލޭތަކެކެވެ.

 

“މިލީހަމް: ޚުބާބު… އޭ ދޭ ދުރަށްދޭ! މިތަނުން ދޭ”

އެއީ މިލީގެ އަޑެއްވެސް ނޫނެވެ. ޚުބާބަށް ޔަޤީނެވެ. އެ އަޑު ނިކުތީ އެކަމަކު ސީދާ މިލީހަމްގެ އަނގައިންނެވެ.

 

ޖަހާލި ބާރު ގުގުރިއާއެކު އޭނާއަށް ބިރުން ނިދިން ހޭލެވުނެވެ. ފަތިސް ނަމާދަށް އޭރު ބަންޤި ގޮވަމުން ދިޔައެވެ. ނާސި ތިން ސޫރަތް ކިޔަމުން ޚުބާބު ވުޝޫކުރަންވަނެވެ. ޤަމަތަށް ދިއުމުގެ ކުރިން މިސްކިތަށް ދެވޭތޯ އޭނާ އަވަސް ވެގަތެވެ.

 

 

” ޚުބާބު: ނޫން… މިލީހަމް! އަހަރެން ދޫކޮށެއް ނުދާނަން!” ޚުބާބުގެ ހިތް ބުނެލިއެވެ. ފުނުނު ހުވަފެނަކީ ހަޤީޤަތަކަށް ވެދާނެތީއެވެ. ހިތްވަރުކޮށްފައި މިކަމައި ކުރިމަތިލާން އޭނާ ބޭނުންވެއެވެ. މިފަދަ ދަނޑިވަޅެއްގައި ފިނޑިވެގެން ކަތިވަޅި ގެއްލި މަރިޔަބުވެސް ގެއްލޭނީއެވެ. ފަހަރުގައިވެސް އެހެންވާކަށް އޭނާ ނޭދެއެވެ.

 

 

 

މިކަމުގައި، އޭނާއަށް ކުރެވޭނީ ކޮންކަމެއްބާއެވެ؟ އެ ހުވަފެނުގެ ތެދު ދޮގެއްވެސް އެނގެނީ އެއް ނޫނެވެ. ނަމާދުން އަވަދިވެގެން ވެސް އެތައް އިރަކު ދުޢާކުރުމުގައި ޚުބާބު ހޭދަކުރިއެވެ. އަލަތު ކައިވެންޏާއެކު ބަރުދާސްކުރަން އޭނާއަށް މިޖެހުނީ އިންތިހާ ވޭނެއެވެ. ކަރުނަޔާއި ހިތްދަތިކަމާއި ކެކުޅުމެވެ. ފަހެ އޭނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ މިވަރު ސަޒާތަކެއް ލިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ފާާފައަކަށް ހަމަ ހޭ ހުރެ ޚުބާބު އަރައި ނުގަނެވެ. މައިންބަފައިން ގެ އެދުމަށް އެނގިހުރެ ފަފާވެރި ކައިވެންޏެއް  އެކަމަކު ކުރެވިއްޖެ އެވެ.

 

ގޭގެ ދޮރު ޚުބާބު މަޑުމަޑުން ލައްޕާލިއެވެ. މީހަކަށް އަޑު އިވިދާނެތީއެވެ. ލަސްފިޔަވަޅު ތަކުގައި އޭނާ އެފަޅިއަށް ދިޔައެވެ. ވަކި ހިސާބަކަށް ދިޔަތަނާ އޭނާ ފަހަތަށް ވިއްސައިގެން ދިޔައެވެ. ކޮޓަރީގެ ތެރޭގައި ހަރުކޮށްފައި ހުރި “ޤުރުއާން ލޭމްޕް” އިން ކިޔެވުމުގެ އަޑުގަދަވަމުންދިޔައެވެ. ވަށައިގެންވި ފާރުތައް ތުރުތުރުލާން ފެށިއެވެ.

 

ސައިހަދަން ނިކުއިން ސިހުމާއަށް ވެއްޓި ބިއްޖެހިފައި އޮތް ޚުބާބު ފެނުނެވެ. ބާރު ދުވެލި ގައި ގޮސް ޚުބާބު ކައިރީ ހުއްޓާލި އެވެ. މުޅިތައި ހެން އޮތީ ލެޔެވެ. ހޯސްލާފައި އޭނާގެ ބޮލުން ލޭ އޮހޮރެމުން ދިޔައެވެ. އިއްތިފާޤަކުން ކަމެއްވެސް ނޭނގެއެވެ. އެ ވަގުތު ވީ ނަމާދުކޮށް ހަދައިގެން ޚަބީބުވެސް ގެއަަށް ވަތް އިރަށެވެ. ރޯން ހުރި ސިހުމާއި އާއި ވެއްޓިފައި އޮތް ޚުބާބު ފެނި އޭނާގެ ވިންދު އަވަސްވިއެވެ. ފަންޑިތަބޭގެ ވާހަކަ ތަކުން އެހިތް އޮބަހައްޓާލިއެވެ.

 

” އަލިފުޅުބޭ: މިލީހަމް ސަލާމަތް ކުރުމުގެ ކުރިން، ވިސްނާލާ. މިކަން ކުރާއިރު މުޅި ތިޔަ އާއިލާގެ ކޮންމެ މެމްބަރަކުވެސް ސަމާލުވާން ޖެހޭނެ. މީހާރު ތިއިން ގެއެން ރައްކާތެރިއެއް ނުވާނެ. ”

 

 

އެންބިއުލާންސް ގެނެސްގެން ޚުބާބު ހަސްފަތާލަށް ގެންދެވުނެވެ. ގެންދިޔައިރުވެސް މީހާގެ ހޭވެރިކަން ވަނީ ގޮސްފައެވެ. ޑޮކްޓަރުން ބަލައިހެދިއެވެ. ބޮލަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުނެވެ. ބޭސްއަޅައިހެދިއެވެ. ހޭއަރަންދެން ހަސްފަތާލުގައި އެނދުމަތި ކުރުވިއެވެ.

 

“ޚަބީބު: އަލިފުޅުބޭ… އޭނާ ފިޔަވައި އެހެން މީހަކަށް މިކަން ނުކުރެވޭނެ! ދާންވީ ދާން!” ޚަބީބު ހާސްވެގެން ތެޅިގަތެވެ.

” ސިހުމާ: އަދިނުވެއެއްނު ތިވަރު ވާކަށް. އެސޮރު ހޭއަރާފާނެ އިސާހިތަކު.” ހަމައަކަށް އެޅުވުމަށް ސިހުމާ ބުނެލިއެވެ. އެހެންނޫނީ ޚަބީބު އަލިފުޅުބޭ ގޭދޮށަށް ގޮސްފީހެވެ.

 

ޚުބާބު އަވަސް އަވަހަށް ފަހަތަށް ޖެހިފައި ދުއްވައިގަތެވެ. އަލިފުޅުބޭ ހޯދަން ދުއްވައިގަތެވެ. އޭނާ ދުވަމުން ދިޔައިރު ދެވޭ ނޫދެވޭ އެއް ނޭނގެއެވެ. މުޅި އެސަރަހަދުން އިވެމުން ދިޔައީ ގޮތް ނޭނގޭ ނާމާން ތޫލި އަޑުތަކެވެ. ވަށައިގެންވި ފާރުތަކުން ހޫނު ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ޚުބާބަށް އެތަނުން ނިކުމެވުނީ އިރު އޭނާގެ ހަށިގަނޑު ވަނީ ދާހިއްލާ ފޯވެފައެވެ.

 

މަގުމަތީގެ އަނދިރިކަމުގައި ޚުބާބުގެ ދުވުން ބާރުކޮށްލިއެވެ. މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ މަގުތައް އޮތީ ބިރުވެރިކޮށެވެ. ޚުބާބަށް ހީވަމުން ދިޔައީ ވަށައިގެންވާ ގަސްތަކުން ކޮންމެވެސް ބަޔަކު ދެންމެ ދެންމެ ނިކުމެދާނެހެންނެވެ.

 

ދުވަމުން ދުވަމުން ޚުބާބަށް ދެވުނީ ގަސް ބޯ ޖަންގައްޔެއް ކަހަލަ ތާކަށެވެ. އެތަނުން ފެނުނީ ދުވަހަކުވެސް ފެނިފައި ނުވާ ފަދަ މަންޒަރެކެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން ވޭނީ އަޑެއް އިވެމުން ދިޔައެވެ. ބޮޑަށް އެއަޑު ވައްތަރުހެން ހީވަނީ އިންސާނަކަށް ވުރެ ޖަނަވަރާކާއެވެ. މެދުގައި އައިސް ހުއްޓާލުމުން ފަހުން ވެގެން ދިޔައީ އަހެއްގެ ވޭނުން ފުރިގެންވި އަޑަކާއެވެ.

 

ޖެހިލުންވުމެއް ނެތި ޚުބާބު ކުރިއަށް ދިޔައެވެ. ގަސްތައް ފޭކުރަމުން އެއަޑު އަންނަމުން ދިޔަ ދިމާ ހޯދާ ބަލަމުން ދިޔައެވެ. ކަންފެން ރަނގަޅަށް ދީގެން އޭނާ ބަލާ ފާސްކުރަމުން ދިޔައެވެ. އަޑާއި ކައިރިވެވޭ ވަރަަކަށް މީހާ ތުރުތުރު ލާން ފަށައެވެ. ފެންނާނެ އެއްޗަކުން ހޭ ހުސްނުވިއްޔާ ވާ ދެރައެވެ.

 

އެތަން އޮތީ ފެންނަން ހާމައަށެވެ. އެއީ ކުޑަވަރެއްގެ ބާގީޗެއް ކަހަލައެވެ. މީގެ ކުރިން ދުވަހަކުވެސް ޚުބާބުގެ ލޮލަށް ނުފެންނަފަދަ ހާލަތެއްގައިވި ތަނެކެވެ. އަޖައިބު އަންތަރީސް ކުރުވާފަދަ ރީތިކަމެއް ވި ތަނެކެވެ. ވެރިފައިވާ ފަތްތައް ވަޔާ އެކު އުދުހެމުން ދިޔައެވެ. ފަރިވެ ފޮޅިފައިވާ ފިނިފެންމާ ތަކުން މާހައުލަށް ވެރިވެފައި އޮތީ ތާޒާކަމެވެ. ރޭގަނޑުގެ އަނދިރި ކަމުގަވެސް ތަފާތު އަލިކަމެއް އެތާ ހުއްޓެވެ. އެ އެއްޗެއްގެ ދެލޯވަނީ މަރާ ތަގުޅިކޮށްފައެވެ. މެދުގައި އިނދެގެން ހަމަ ހުއްޓައި ނުލައި އޭތި ރޮމުން ގެންދިޔައެވެ. ރަނގަޅަށް ދެލޯ ހުޅުވާ ޚުބާބު ބަލާލިއެވެ. އޭނާގެ ވަށައިގެން ލެއިން ކުރެހިފައިވާ ރަމްޒުތަކެއް ފެންނަން ހުއްޓެވެ.

 

“ޚުބާބު: މީހެކޭ… ހެޔޮނުވާނެ! މަ މިނިވަންކުރޭ ސަލާމަތްދީ!” ޚުބާބަށް ބާރު ބާރަށް ބުނެވުނެވެ. ހުޅުވިގެން ދިޔަ ލޯލާއެކު ޚުބާބު މުޅިތަނަން ނަޒަރެއް ދިނެވެ. އޭނާއަށް އޮއެވުނީ ހަސްފަތާލުގެ އެނދުމަތީ އެވެ. ކައިރީގައި ހުރި ގޮނޑިތަކުގައި ހާސްވެފައި މަންމަ އާއި ބައްޕަ ތިއްބެވެ.

ޚުބާބަށް ފެންނަނީ މަރުގެ ކުލަވަރެވެ. އެނޫން އެއްޗެއް ނުފެނެއެވެ.

 

“ސިހުމާ: އަހާ ދަރިފުޅާ، ހޭއެރީދޯ ރަނގަޅުތަ ބޮލުގައި ރިހުން މިހާރު ކިހިނެއް” ފަތިފައްޗަށް ސުވާލުތައް މަންމަ އަމުނާލިއެވެ. އެކަމުންވެސް މަންމަ ހާސްވެފައި ވާވަރު ހާމަވެގެން ދިޔައެވެ.

 

ޚުބާބު އެނދުގައި ހަމަޖެހިލިއެވެ. އޭނާގެ ބޮލުގައި އަޅާފައިވާ ބޭސްގަނޑުގެ ތެރެއިން ދިލަ ތަދެއް އިހްސާސް ވީ ދެނެވެ. އެހެނަސް، ކުރާނީ ކީއްހެއްޔެވެ؟ އޭނާގެ ސިކުނޑީގައި ބިންވަޅު ނެގިފައިވަނީ އެ ފެނުނު ހިތްގައިމު ބަގީޗާއެވެ. ބިރުވެރިކަމުން ފުރިގެންވި ގަސްބޯ ޖަންގަލީގެ މަންޒަރުތަކެވެ. ފެނުނީ ހުވަފެނެއް ނޫންކަމަށް އޭނާގެ ހިތް ގޮވާލި އެވެ. އެވާނީ ޖިންނިއެއްގެ ގަނޑުވަރުކޮޅެއްގެ ބަޔަކަށެވެ.

 

“ސިހުމާ: ދަރިފުޅާ… ކީއްވެ ތި ހުރިހާ ދިމާލަކަށް ބަލަނީ؟” ސިހުމާ ކަންބޮޑުވިއެވެ. ޚުބާބު ދުނިޔެއިން މޮޔަވީއޭ ހިތައެވެ.

 

“ޚުބާބު: މަންމާ… އެއީ ކޮން ތަނެއްތައް؟ އެ ރީތިކަން ބަގީޗާ… އެތާ އޮތް އެ ރަތް ލޭގެ ރަމްޒު… ފިނި….ފެންމާ ތައް…” ޚުބާބުގެ އަޑު ނުކުތީ ތުރުތުރުލަމުންނެވެ. ބަސްތައް ކެނޑެމުން ކެނޑެމުންނެވެ.

 

ޚަބީބާއި ސިހުމާ ބަލާލީ އެކަކު އަނެކަކަށެވެ. އެމީހުންގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. އެއީ އާދައިގެ އިންސާނަކަށް ފެންނާނެ ކަހަލަ މަންޒަރުތަކެއް ނޫނެވެ. އެމީހުންނަށްވެސް އެވަރު އެނގެއެވެ.

 

 

“ޚަބީބު: ދަރިފުޅާ، އެއީ ހަމަ ހުވަފެނެއް. ބޮލަށް އެލިބުނު އަނިޔާގެ ސަބަބުން ފެނުނު އެއްޗަކަށްވާނީ، އެހެން ނޫނަސް ހުވަފެނަކީ ބިލާހެއް” ޚަބީބު ދަރިފުޅުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ އަތުގައި ތުރުތުރުލުމެއް ވިކަން ޚުބާބަށް ދެނެގަނެވުނެވެ.

 

ޚުބާބު އެއްޗެއް ނުބުނެ މަޑުޖެހިލީއެވެ. އޭނާއަށް އެނގެއެވެ. މައިންބަފައިން އޭނާއަށް އެބަ ކަމެއް ސިއްރުކުރެއެވެ. އެ ބަގީޗާގެ މެދުގައި ރޯން އެއިނީ ހަމަ ގައިމުވެސް އިންސިއެއް ނޫނެވެ. މޫނު ނުފެނުނަސް ހަތަރު ފައި ފެނުނެވެ. އަހެއްގެ ފައިތަކެން ހެންވެސް ބައެއް ފަހަރު ހީވެއެވެ. އެވިއްޔާ ވާނީވެސް ޖިންނި އަހަކަށެވެ. އާދޭހޭވެ. އަހަކަށް ބަދަލު ވުމުގެ ޤާބިލުކަން ލިބިފައިވި ފުރޭތައަކަށެވެ.

 

“ޚުބާބު: އަހަރެން ދާން ބޭނުންވަނީ… ގެއަށް މިތާކު ނޯއެވޭނޭ ބައްޕާ! މަންމާ!” ޚުބާބު ކުއްލިއަކަށް އެނދުން ތެދުވުން އާދޭސްކުރަން ފެށިއެވެ.

 

“ސިހުމާ: ނޫނޭ! ދަރިފުޅާ މަޑުކުރޭ! ތިފުޅި ހުސްވަންދެން!” ސިހުމާ ލޯބިން ބުނެލިއެވެ.

 

އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަރުހެކެވެ. އޭނާގެ އަތުގައި އޮތީ ހުދު ކަރުދާސް ގަނޑެކެވެ. އޭނާގެ މޫނުމަތީގައި އެކުލެވިގެން ވަނީ ސީރިއަސްކަމެވެ.

 

“ނަރުސް ކުއްޖާ: ޚުބާބު… ކިހިނެއް މިހާރު އެކެއް ޖަހާކަށް ހާއިރު ގެއަށް ދޫކޮށްލާނެ! ދެރަނުވޭ ހުރިހާ ކަމެއްވެސް ރަނގަޅު. މާ ބޮޑު ކަމެއް ދިމާވެފައި ހުރިކަމަކަށް ނުބެލެވޭ.” ނަރުސް ކުއްޖާގެ އޯގާތެރި އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހާ އިރު ވަންދެން ޚުބާބަށް ކެތްކޮށްލެވޭނެބާއެވެ؟ ގޭގެ ހާލަތުވެސް އެނގެނީއެއް ނޫނެވެ. ހަރު މީހަކު މިހާލަތުގައި ގޭގަވުންވެސް މުހިންމުވާނެ އެވެ. ސިހުމާ އާއި ޚަބީބު ހަދާނީ ކިހިނެއް ހެއްޔެވެ؟ ހުސީ ބައިންދާފައި ޚަބީބު ދާނީ ބާވައެވެ؟ ނޫނީ ޚަބީބު ހުރެފައި ހުސީ ގެއަށް ފޮނުވާނީ ހެއްޔެވެ؟

 

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 48

Next

ލޯބިން ބުނާތީ 12

Next
May 1, 2026

ލޯބިން ބުނާތީ 12

Previews
April 30, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 48



All Right Reserved!