އާއެކޭ ލޯބިވޭ… ތިރީސްހަވަނަބައި ( އަނދިރީގެ ކަނު އަނދަވަޅު)
ޒާއިނާގެ ބައްޕަ އާއި އަލިފުޅުބޭގެ ބައްޕައަކީ ކުޑައިރުއްސުރެ ގާތް ދެ ރައްޓެހިންނެވެ. އެވަރު ބޮޑު ކަމަކު ޖެހިގެން ޒާއިނާ އައި އެއީ ފުރަތަމަވެސް ފަހަރެވެ. އެކަން ނުކޮށްދީ ފަސްޖެހޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ނެތް ދުވަހު ބައްޕަގެ އޯގާތެރިކަމާއި ފިރުމުންތައް ދިނީ ނަޒީރުބެއެވެ. ޒާއިނާގެ ބައްޕައެވެ. އެއްބަނޑުގައި ކުއްޖަކު ނެތް ކަމުގެ ފަޅުކަން ފިލުވައިދިނީ ޒާއީއެވެ. އޭނާ ކިޔާއި އުޅުނީވެސް ޒާއިނާއަށް ޒާއީކޮއްކޮވިއްޔާއެވެ.
އެހާ ދިގު މުއްދަތަކަށް މިކަމާއި ދުރުގައި ހުރެފައި ކުރާއިރު ކަންތައްތައް ރަނގަޅު ވާނެބާއެވެ؟ މުހިންމުކަމެއް ބޮލުން ކައްސާލިޔަސް ހުރިހާ ކަމެއް ސުމަކަށް ދާނެއެވެ. ކުރި އެ ބުރަމަސައްކަތް ހަމަ ފެންނަންވާނީ ނޫން ހެއްޔެވެ؟ ފެނަން ވެއްޖެއްޔާ ދެން ކަންތައްތައް ވާނީ ކިހިނެއް ހެއްޔެވެ؟
*******************************************************************ރޭގަނޑުގެ ހަމަހިމޭން ކަމުގައި ދެބަފައިން ދަތުރުކުރަމުން ދިޔައީ އަލިފުޅުބޭގެ ގެކޮޅަށެވެ. މަގުމަތީގެ ބައްތިތަކުގެ އަލިކަން ފިޔަވައި އެއްވެސް އަލިކަމެއް ނެތެވެ. މާހައުލު އޮތީ ނިދަން ރަޖާލާފައި ކަހަލައެވެ. މުޅި އެ ސަރަހައްދުވަނީ ހިމޭންކަމުގެ ސާލެއް ތެރޭ އޮޅާލެވިފައެވެ. ލަސްފިޔަވަޅުގައި ދެމީހުން ހިނގަމުން ދެޔައެވެ. މަގުމަތިން އެމީހުންގެ ފިޔަވަޅުތަކުގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ. މުޅި އެރަށުތެރެ އެ ރޭ އޮތީ ކޮންމެވެސް ބިރުވެރިކަމެއްގެ ހާލީތެރޭއެވެ.
ޒާއިނާ އިނީ ނުހަނު ކަންބޮޑުވެފައެވެ. އޭނާގެ ހިތުގެ ވިންދު ހުރީ އިންތިހާ އާސްމާނުގައެވެ. އަޒީލްމެން ވީ އެގޭދޮށަށް ތެދު ދޮގު ކަށަވަރުކުރަން ގޮހެވެ.
ޚަބީބު ހިނގަމުންދިޔައިރުވެސް ހުރީ ފުން ޚިޔާލެއްގައެވެ. މިލީހަމްގެ އެ ބިރުވެރި ރުއިމުގެ އަޑު އޭނާގެ ކަންފަތުން ފިލައިނުދެއެވެ. މުޅި ބޮލު ތެރޭގައި ދިޔައީ ގުގުމަމުންނެވެ. އެއީ އިންސާނަކަށް ލިބޭނެ ވޭނަކަށް ނުވާނެވެ. ޚަބީބުގެ ހިތުގައި ހާސް ގިނަ ސުވާލުތައްވަނީ އުފެދިފައެވެ. “މިއީ ހަމަ ހަޤީޤީ އޮއެވަރެއް ބާ؟ ނުވަތަ އަހަރެމެންގެ ސިކުނޑިތަކަށް ލިބިގެން އުޅޭ ހަމަނުޖެހުމުގެ އޮޅުމެއް ބާ؟” ހިތާ ހިތުން ޚަބީބަށް ކިޔާލެވުނެވެ.
އަލިފުޅުބޭގެ ގެކޮޅު ފެންނަ ހިސާބަށް ދެވުނުއިރު އެތަން އޮތީ ރަށުގެ އެކަހެރި ހިސާބެއްގައެވެ. ވަރަށް ހިމޭންކޮށް ނިދާލާފައެވެ. ރޭގަނޑުގެ އަނދިރީގައި ވަށައިގެން ހުރި ބޮޑެތި ގަސްތަކުގެ ހިޔަނިތައް ފެންނަމުން ދިޔައީ ޖިންނިތަކެއް ފަދައިންއެވެ. ގެއިން ނުކުންނަމުން ދިޔައީ ފަނޑު އަލިކަމެވެ. އެއަލިކަމަކީ ކޮންމެވެސް ބޮޑު ކަމެއްގެ ފެށުން ކަހަލައެވެ. ސިއްރުން މީހާކު ވާހަކަ ދައްކާ ފަދަ ގޮތަކަށް ވައިރޯޅިތައް ޖެހެމުންދިޔައެވެ. އެހާވެސް ރޯޅި މަޑެވެ.
އަޒީލް ގެއާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. “މިއީ އަހަރުމެންގެ އާއިލާއަށް ކުރިމަތިވިވެގެން އުޅޭ ބޮޑު ބިންހެލުމުގެ ފުރަތަމަ ރާޅުގެ އައްސޭރި.” އަޒީލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ ދަރިފުޅު އޮތީ ކޮން ކުށެއް ހެއްޔެވެ؟ މިހާރު ވާނީ ކޮންފަދަ ނުރައްކަލެއްގެ ތެރޭގައި ކަމެއްވެސް ނޭނގޭ އެވެ.
ގެއާ ހަމައަށް ދެވުމުން ޚަބީބު މަޑުކޮށްލިއެވެ. ދޮރުގައި ޓަކި ދޭން އަތް އުފުލައިލިތަނާ، އެތެރެއިން މީހެއްގެ އަޑު އިވިލިއެވެ. އެ އަޑު އައީ ގެއާ ދިމާލަކުންންނެއް ނޫނެވެ. ސީދާ ޚަބީބުމެންގެ ކަންފަތް ދޮށުންނެވެ.
” އަލިފުޅުބޭގެ އެހީތެރިޔާ: އާދޭތެރެއަށް… އަވަހަށް ޚަބީބު… އަޒީލު…” އަހަރުމެންގެ އިންތިޒާރުގައި ހުށިޔާރުވެ އަލިފުޅުބޭ ހުރިފަދައެވެ.
އެ އަޑުގައި ހުރީ އާދަޔާ ޚިލާފު ބަރުދަން މޭލެވެ. ތަޖުރިބާހުރި ފޮނި ކަމާއެކުއެވެ. ގޯތިތެރެއަށް ބޭބެއާއެކު ދެމީހުން ދެމިގަތެވެ. ގެއިން އެއްވެސް އަލިކަމެއް ފެންނާކަށްނެތެވެ. ދޮރާދިމާލަން ދަނިކޮން ހަމަ ކުއްލިއަކަށް ދޮރު އަމިއްލައަށް ހުޅުވިއްޖެއެވެ. އެތެރޭގައި ހުރި ކުޑަ އުއްބައްތިއެއްގެ އަލީގައި އަލިފުޅުބޭ އިށީނދެ އިންތަން ފެނުނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމަމެވެ. އެއަށްވުރެ މާ ބޮޑަށް ކަންބޮޑުވުމެވެ. އަޒީލުމެން ފަހަތަށް އެނބުރި ބަލާލިއެވެ. އެއްވެސް މީހަކު ނެތެވެ. އެތެރެއަށް އޭމީހުން އައީ އަލިފުޅުބެއާއެކުއެވެ. އެކަމަކު، ބޭބެ އޭނީ އެތެރޭގައި ކިޔެވެލި ކިޔަވާށެވެ. ދެން ފަހެ އެއީ ކާކު ހެއްޔެވެ؟ ޖިންނިން އުޅޭކަން ވިސްނި ޚަބީބުމެންނަށް ބިރުގަނެވުނީ ދެނެވެ.
އެހެން ހުރި ފިޔަވަޅުމަތީ އަހަރުމެން ގަޑުވެފައި ތިއްބާ އަލިފުޅު ބެއްޔާގެ އަޑު ޖެހުނެވެ.
“އަލިފުޅުބޭ: ތިޔަ އައީ ވަރަށް ބޮޑު ކަމެއް ވެގެންކަން އަހަންނަށް އެނގޭ. އެކަމަކު ބުނަން ހަނދާންކުރާތި… މިއީ ހަމައެކަނި ފެށުމެއް. މިއީ މި ބިންހެލުމުގެ ބިޔަ ރާޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާޅުގެ ރަގަބީލު.”
އަލިފުޅުބޭގެ އެ ބަސްތަކުން އަޒީލްއާއި ޚަބީބުގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. ދެމީހުން އެއްކުއްލިއަކަށް ސިހިގެން ގޮސް ހުރި ތަނަން ބަންލާފައި ވެއްޓުނެވެ. ވާހަކަ އެހިސާބަށް ދިޔައިރު، ދެން ވާނެ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ބިރުން ގޮސް ދެމީހުން ހަލާކުވާވަރު ވަނީއެވެ.
އަލިފުޅުބޭގެ ގެކޮޅުގެ އެތެރެއަށް ވަދެ ދެމީހުން ސޯފާގައި ހަމަޖެހިލިއެވެ. އެތެރެގެއިން ހޫނުކަމުގެ ބަދަލުގައި ލިބުނީ އާދަޔާ ޚިލާފު ފިނިކަމެކެވެ. މޭޒުމަތީގައި ހުރި ފޮތްތައް ހުރީ ހުޅުވައި އަޅާފައެވެ. އެއިން ކޮންމެ ފޮތެއްގައި ވެސް ވަނީ ލެއިން ކުރެހި ނެގިފައިވާ ކުލަ އަތުލިޔުމެވެ. އަލިފުޅުބޭ އެހެންއިނދެފައި އޭނާގެ ދެލޯ ހުޅުވާލިއެވެ. އެ ދެލޮލުގައި ހުރީ މީގެ ކުރިން ނުފެންނަ ވަރުގެ ރަތްކަމެކެވެ.
“އަލިފުޅުބޭ: ތިޔަ ދެމީހުން ތިޔައައީ ޒާއިނާގެ ވާހަކަ ޤަބޫލުނުކުރެވިގެން އެހެންނޫތޯ ؟ އެކަން ޤަބޫލު ނުކޮށް ވާނެ ގޮތެއް ވޭތޯ ބަލަން އެހެންނު؟” އަލިފުޅުބޭ މަޑުމަޑުން އަހާލިއެވެ. އޭނާގެ އަޑުއައީ ތުރުތުރުލުމުގެ ސަބަބުން ކެނޑި ކެނޑިގެންނެވެ. ” މިލީހަމްގެ ބަނޑުގައި އޮތް އިންސާނެއް ނޫން. އިންސިންގެ ނަސްލުން ބައެއްވެސް ވާރުތަ ނުކުރާނެކޭ ނޫން މިބުނީ. އެއީ ބާރުގަދަ ވެރިއެއްގެ އަލަތު ލޯބިން ފަރިކުރާ ބާރުގަދަ ދޮން ދޮން އަހެއް ”
އަޒީލްގެ ގައިން ހީބިހި ނަގައިގެދިޔައެވެ. “އަޒީލު: އަލިފުޅުބޭ، ކީކޭ ތޯ ދޮން އަހެކޭ އަޅުގަނޑުމެން ދަރިފުޅުގެ ބަނޑުގައި ވަނީ. ދެން ހަދަންވީ ކިހިނެއްތޯ؟ އެދަރިފުޅު މިލީހަމް ސަލާމަތް ކުރެވޭނެތޯ؟” ކަނާއަތުފައިން ވާގިދިޔަ ފަދައެވެ.
އަލިފުޅުބޭ ތެދުވެގެން ހިނގައިގަތެވެ. ގޮސް ކޮޓަރީގެ ކަނެއްގައި ހުރި ދުވަސްވީ ފޮށިގަނޑެއް ހުޅުވިއެވެ. ދުވަސްވެގެން ބާވޭ ފަނިކައި ފައި ހުރި ފޮށިގަނެކެވެ. މަކުނުވާއި އަޅާއި އެތެރެވެސް އޮތީ ފުރިފައެވެ. އެޔެއް މިޔެއް ވަކިވަނީއެއް ނޫނެވެ. އޭގެ ތެރެއިން ބެއްޔާ ނެގީ ކަޅުކުލައިގެ ފޮތިގަނޑަކުން އޮޅާފައި އޮތް މިޔަ ތޫނު ހަންޖަރެކެވެ.
“އަލިފުޅުބޭ: މިލީހަމް ސަލާމަތް ކުރުމުގެ ކުރިން، ވިސްނާލާ. މިކަން ކުރާއިރު މުޅި ތިޔަ އާއިލާގެ ކޮންމެ މެމްބަރަކުވެސް ސަމާލުވާން ޖެހޭނެ. މީހާރު ތިއިން ގެއެން ރައްކާތެރިއެއް ނުވާނެ. ” ހާލު ހާލުން އަލިފުޅުބޭ ވާހަކަ ދައްކަމުން ދިޔައެވެ.
” އަލިފުޅުބޭ: އެހެން އުޅޭއިރު ބިރުވެރި އަޑުތައް އިވޭނެ. މިލީހަމްއަށް ގޮތް ގޮތްވާނެކަން ދަންނާތި.” އޭނާ ޚަބީބާއި އަޒީލްގެ ހާސްވެފައި މޫނަށް ބަލައިލިއެވެ.
“އަލިފުޅުބޭ: މާދަން ރޭ އިރުއޮއްސުމުގެ ކުރިން، ކަމެއް ކޮށްދީ. މިލީހަމް އެހެން މީހުންނާ ވަކިން އެކަނި ބޭންދޭނެ ގޮތެއް ހޯދައިދީ. އެއްވެސް މީހަކަށް އޭނާއާ ކައިރިވެވިގެން ނުވާނެ.” ކޮށި އަރަމުން ގޮސް އަލިފުޅޫބޭގެ ލޮލުން ފެންއަންނަށް ފެށިއެވެ.
” އަލިފުޅުބޭ: ހުއްބާގެ ދެދަރިންނާއި ކައިރިނުކުރާތި. އެ ކުދިންވާނީ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަކަށް.” އަލިފުޅުބޭ ހަރުކަށި ރާގަކަށް ބުނެލިވެ. ” އަދި ބުނަން ކޮންމެހެން މުހިންމު ނޫންނަމަ، މިލީހަމްގެ ކޮޓަރިއާ ދިމާލަށް ވެސް ނުބަލާތި!.” މޫނު ފުހެލަމުން ބޭބެ ދުރަށް އަތް ފޮޅާލިއެވެ. އޭނާގެ ހަރަކާތްތަކުގައި ހުރީ އާދަޔާ ޚިލާފު ބާރެކެވެ.
” އެ އެތި މިހާރު ހޭލާނެ. އޭނާއަށް އެނގޭނެ އަހަރެމެން މިކަން ކުރަން ފެށިކަން.” އަތްގުޑުވަމުން ގުޑުވަމުން އަލިފުޅުބޭ ދިޔައެވެ.
” އަލިފުޅުބޭ: އަދި ބުނަން ހަނދާންކުރަނވާނެ، މިލީހަމްގެ އަނގައިން އިވޭ އެ އަޑުތަކަކީ ހަމައެކަނި އަޑުތަކެއް ނޫން… އެއީ އޭނާގެ ހަށިގަނޑު މެދުވެރިކޮށް އެ ބަނޑުގައި ވާ އެތި ކުރުވާ ކަމެއް.” ހީވަނީ އެއްޗެއް ދުރަށް ފައްސަން އުޅޭ ހެންނެވެ.
ބައެއް ފަހަރު އަލިފުޅު ބެއްޔާގެ އަޑު ބެދޭހެން ހީވެއެވެ. ކަރުގައި ތާށިވެ އޮއްދާ ހިއްލާތަން ފެނެއެވެ. ހުއްޓުމެއްނެއްނެތި މުޅި ތަނަށް އެދެލޯ ދަތުރުކުރަމުންދިޔަ އެވެ.
ރޭގެ ބަނަކަމަށްފަހު ފޫހިކުލަތަކުން އާ ހެނދުނަކަށް މަރުޚަބާކިޔެވެ. ގޭގައި ހުސްކޮން ހުރި ކޮޓަރިގަނޑު ހިރަފުސް ފޮޅާ ސާފުކުރިއެވެ. އެނދުތަންމަތި އަޅާއި މޮޕު ޖެހިއެވެ. މިލީހަމްއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ލިއެވެ.
ފާރުގައި ޤުރުއާނުް ކިޔަވާ “ލޭމްޕެއް” ހަރުކުރިއެވެ. ހަތިމުއަޅައި ޖަހަން ފަށަމުން މިލީ އެތަނަނަން ބަދަލުކުރުވިނެވެ. އެއިން ކެނޑިނޭޅި ޤުރުއާނުގެ ހިތްގައިމު އާޔަތްތަށް އިވެމުންދިޔައެވެ. އެ އަޑުގެ ބާރުން، އެ ކޮޓަރީގައި އުޅޭ ނުބައި ބާރުތަކަށް އުނދަގޫވާނެއެވެ. އެބަނޑުގައިވި އިފުރީތައް ހަމަގައިމުވެސް އުނދަގޫތަކެއް ކުރިމަތި ވާނެއެވެ.
ފަހު ކަމަކަށް ފިލާބިތެއްޖަހައި އެފަޅި އެއްކޮން ބަންދުކުރިއެވެ. މީހަކަށް އޮޅިގެންވެސް އެކޮޓަރިއަށް ވަދެވިދާނެތީއެވެ.
ޕާކުގެ ބެންޗެއްގައި ލީނިޔާ އިނެވެ. މާއިޒު ގޭގައި އުޅޭއިރަށް ވުރެ ނޫޅޭ އިރު މާގިނައެވެ. ވެގެން އުޅޭ ގޮތެއް އެނގެނީއެއް ނޫނެވެ. ފެންނަ އެ ހުވަފެން ވެސް ތަކުރާރުކޮށް ފެންނަތައި މަހެއް ފަހަނަ އަޅައި ދިޔައީއެވެ.
” މާއިޒުގެ މަންމަ: ތިވިސްނަނީ މާއިޒާ މެދުދޯ. އޭނާ ގޭގައި އުޅޭ ލެއް މަދުވަނީ ދޯ.” ފުރަތަމަވެސް ލިނީ ހިތަށް އެރީ އެއީ ކާކުބާއެވެ؟ ވަގުތުން އޭނާ ސުވާލުކުރިއެވެ.
ލީނިޔާ: އަހަންނަށް އިނގޭ ތި ސުވާލު ކުރާނެކަން. ” ހިނިގަނޑެއް ޖަހާލަމުން އެ އަންހެންމީހާ ބުނެލިއެވެ.
” ލީނިޔާ: ތީކާކު؟” އަނެއްކާވެސް ލީނިޔާ ސުވާލު ތަކުރާރު ކޮށްލިއެވެ.
” މާއިޒުގެ މަންމަ: އަހަރެން މީ މާއިޒުގެ މަންމަ” ހެމުން ހެމުން އޭނާ ދިޔައެވެ.
“ލީނިޔާ: މާޒުގެ މަންމައޭ” ލިނީއަށް ބުނެވުނީ ހަމަ އެހެންނެވެ. އޭނާއަށް މާއިޒުގެ އާއިލާ މިކޮޅުގައި އުޅޭކަމެއް ނޭނގެއެވެ.
” މާއިޒުގެ މަންމަ؛ އޭނާ ގިނައިން އުޅެނީ އަހަރުމެން ގޭގައި މިދުވަސްކޮޅު.” އެމިހާ ކިޔައިދިނެވެ.
“މާއިޒުގެ މަންމަ: ނޭނގޭ ދޯ މީ މާއިޒުގެ ރަށްކަމެއް. މިރަށުގައި މާއިޒުގެ އާއިލާ އުޅޭކަމެއް.” ކިޔައިދެމުން ކިޔައިދެމުން މައިދައިތަ ދިޔައެވެ.
މާއިޒުގެ ރަށް ކަމެއް ނޭނގޭހޭ އެހުމުން އަހަރެންގެ މޭގަނޑު އަގަޔަށް ނައީ ކިރިޔާއެވެ. އަހަރެން މިއުޅެނީ އެމެރިކާގައެވެ. މިތަން މާއިޒުގެ ރަށަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިތާގައި އޭނާގެ މުޅި އާއިލާ އަދި ވާނީ ކިހިނަކުން ހެއްޔެވެ؟ ވިޔަސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އާއިލާގެ މާގިނަ ވާހަކަތަކެއް މާއިޒު ނުދައްކައެވެ.
އެހާވަރަށް އަހަންނަށް ބަލަމުން އެމީހާ ހޭތީ ލަދުގަންނަގޮތްވެސް ވިއެވެ. ހީވަނީ ސިފަޔަށް މަލާމާތް ކުރާހެންނެވެ. އެހެން ހިތަށް އެރުމާއެކު އިންތިހާ ދެރަވިއެވެ. މައިދައިތަ އާއި ދިމާވި ފުރަތަަމަ ދުވަހުވެސް މި ޖެހުނީ މަލާމާތުގެ އަޅަކަށް ވާށެވެ.
ކެތްކުރަން ދަތިވެގެން އަހަންނަށް ބުނެވުނެވެ. “ލީނިޔާ: ތީ މާޒުގެ މަންމަ ދޯ ކޮންއިރަކު އައީ. މާއިޒު އައިމަ ދާނަން ތިގެއަށް. މިވަގުތު ދެން ދަނީ.” އެނާ ދާން ނޫޅުމުން، ލީނިޔާ ދާން ހިނގައިގަތެވެ. ފަސްއެނބުރި ބަލާވެސް ނުލާ ލިނީ ކުރިއަށް ދިޔައެވެ.
އެބިއްފަޅި ލޮލުގައި އަޅައި ގަންނަ ކޮންމެ ފަހަރަކު ޚުބާބުގެ ހިތް ކުދިކުދިވެއެވެ. ބިންފަޅާފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އަރަ އެވެ. ދުނިޔޭގައި އޭނާ އުޅުމުގެ މަޤުސަދެއް ކޮބާ ހެއްޔެވެ؟ މާކުރިން މަރުވި ނަމަ ކިހާ ހެޔޮ ވީސް ހެއްޔެވެ؟ އޭރުން މިމަންޒަރުތައް ދެކޭކަށް ނުޖެހުނީހެވެ.
ފެށިގެން ދިޔަ މެންދުރުފަސް ޗާޓާއެކު އަލީ ރަމީޒުގެ ޖާދުވީ އަޑު ގޭގައި ގުގުމާލިއެވެ. މަޝްހޫރު ޅެންވެރިޔާ އިޝާ ސަރީފުގެ ކުޅަދާނަ ޅެންވެރިކަމުގެ ފަށުވި ކަމާއެކުއެވެ.
” ތިޔަ ނަލަ ފަރިކަން
ހާ… އާ އާ… ހާ… އާ އާ… ތިޔަ ނަލަ ފަރިކަން
ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”
***********************************
ލަވައިގެ ޖަޒުބާތީ ކަނޑުގެ ތެރެއަށް އޭނާ އަރަޤުވިފަދައެވެ. ޚުބާބަށް ސިފަވީ މިލީހަމްއާއި އޭނާއެވެ. ދެމީހުން އެކުގައި ދުންވެލި ތުނޑިއެއްގައި ނަށަމުން ދިޔަ ކަހަލައެވެ.
” ހާދަހާ ވޭ ކުރާހިތް ސަމާސާ
ރީތި ހީލުންތަކުން ވޭ ދިލާސާ
ހާދަހާ ވޭ ކުރާހިތް ސަމާސާ
ރީތި ހީލުންތަކުން ވޭ ދިލާސާ
ތި އަރާމާ އެދޭ މީރު ފޮނިކަން
ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން
ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”
***********************************
އަތުގުޅާލައިގެން ދެމީހުން މުޅިތައި ދުވެ ސަމާސާ ކުރަމުންދިޔައެވެ. ލޯބިވާވަރު ހާމަކޮށް ދައްކަމުން ދިޔައެވެ.
“ތީއޭ މޭގެ ފަރުވާއޭ އިނގޭހޭ މަލާޔޭ
އޭގާ ޖަހާ ވިންދަކީ މީ މިހިތަކީ ކަލާޔޭ
ތީއޭ މޭގެ ފަރުވާއޭ އިނގޭހޭ މަލާޔޭ
އޭގާ ޖަހާ ވިންދަކީ މީ މިހިތަކީ ކަލާޔޭ
އިންތިހާ ލޯބިވޭ، މަސްތުވާހާވެޔޭ
އިންތިހާ ލޯބިވޭ، މަސްތުވާހާވެޔޭ
ޗާލު މަސްތީ ތިޔައީއޭ ޒުވާންކަން
ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން
ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”
***********************************
އެކުގައި ވުމަށް އެދޭވަރު ޚުބާބު އަންގަމުން ދިޔައެވެ. އެދެލޮލުން މިލީހަމްއަށްޓަކަވި ފަނޑު ނުވާ ލޯބި ވިދަމުން ދިޔައެވެ. އެއީ ތެދުވެރި ލޯތްބެއެއްގެ އުފާވެރި ކަމެކެވެ.
” ބޭނުންވަނީއޭ މަންޒިލު މިތާގާ
ބެހެނީ މަގޭ ހިތޭ ލޯބީގެ އޮއިގާ
ބޭނުންވަނީއޭ މަންޒިލް މިތާގާ
ބެހެނީ މަގޭ ހިތޭ ލޯބީގެ އޮއިގާ
ހިތުގެ ޔާރޭ ތީ ވާނުހޭ ގާތުގާ
ހިތުގެ ޔާރޭ ތީ ވާނުހޭ ގާތުގާ
ދޭނުތޯއޭ ހަޔާތަށް ހިމޭންކަން
ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން
ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”
***********************************
ލޯބީގެ ރީތި ކަމާއި ފޮނިކަމުގެ އާހުގައި ޚުބާބު ގެ ހިތް ވަނީ ހުއްޓިފައެވެ. ގޮތް ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭ ގައިދުވެފައެވެ.
” ހާދަހާ ވޭ ކުރާހިތް ސަމާސާ
ރީތި ހީލުންތަކުން ވޭ ދިލާސާ
ހާދަހާ ވޭ ކުރާހިތް ސަމާސާ
ރީތި ހީލުންތަކުން ވޭ ދިލާސާ
ތި އަރާމާ އެދޭ މީރު ފޮނިކަން
ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން
ނާޒުކީ ރީތިކަން، ތިޔަ ނަލަ ފަރިކަން”
***********************************
“ސިހުމާ: ދަރިފުޅާ، މިސަރަހައްދުގައި ކީއްކުރަނީ؟ ދޭ ދުރަށް މިތަނައި ކައިރި ނުވާތީ.” މަންމަގެ ވާހަކަތައް ހުރި ގޮތުން ޚުބާބުގެ ހިތުގައި ސުވާލުތައް ފޮނިޖެހުނެވެ. ލައްކަ ޝަކުވާތަށް އޭނާ ކުރަން ބޭނުމެވެ. ކޮންމެވެސް ނުބައެއް އުޅޭހެން އޭނާއަށް މިހާރު ހީވާންފަށައިފިއެވެ. ކަންތައް ވަމުން މިދަނީ އަޅެ ކިހިނެއް ހެއްޔެވެ؟ މިލީހަމް އެކަހިކުރަންވީ ކީއްވެ ހެއްޔެވެ؟ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





