Skip to content
އެސްފިޔަ

ހިމޭން 3

ދަރިން ކުރިމަތީގައި އަމީލު ދައްކާ ވިޔާނުދާ ޢަމަލުތައް ކުރިޔަށް ވުރެ މިހާރު ގިނައެވެ. އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫނެވެ. އެހެނަސް އަމީލުގެ އެ ހަރަކާތް ތަކަށް ފިލަން އެކުދިން ދާނީ ކޮންތާކަށް ހެއްޔެ؟ ކޮންމެ ގޮތެއްގައި ވިޔަސް އެއީ ދަރިންގެ ބައްޕައެވެ. ލޯތްބާ ހިމާޔަތް އެ ކުދިންނަށް ދޭންޖެހޭ މީހަކީ އަމީލެވެ. އެ ކުދިންނަށް ރައްކާތެރި ވެއްޓަކާއި މާހައުލެއް ގާއިމު ކޮށްދޭން މަސައްކަތް ކުރަން ޖެހޭނީ ވެސް އަމީލެވެ. އެހެނަސް މިންހާގެ ދިރިއުޅުން ވަނީ ވޭނީ އާހް ތަކެއްގައި ބެދިފައެވެ.

“ނަޝާ!… ނަޝާޔާ!… ދޭ ފެންވަރައިން އަންނަން. މިރޭ ނަޝާޔާ ކާނެ ކަމެއް ނެތް.. ރީތި ވެގެން ނިދަން އޮށޯއްވޭ.” ޝަރާ ވާހަކަ ދައްކަމުން ދިޔައީ ނަޝާޔާ ނިދަން ލާނެ ހެދުމެއް ހޯދަމުންނެވެ.

“ނޫން.. ބޭނުން ކާން. ވަރަށް ބަނޑުހައި މަންމީ.” ނަޝާޔާ ބުނެލީ އަދަބުވެރި ކަމާއެކުގައެވެ.

“މަންމަ ހަމަ ކާނެ ކަމެއް ނެތޭ ބުނީމަ ވެސް ކީއްކުރަން ތިއުޅެނީ؟ ނަޝާޔާ ބަނޑުހައި ވީމަ އިނގޭނީ މަންމަ އަށް. އިތުރަށް ބަހެއް ނުބުނެ ފާޚާނާއަށް ވަދޭ.” ޝަރާގެ އަޑާއި ޚަރަކާތް ބަލަން އިން ވިޔާމަށް އެގޮތް ކަމަކު ނުދިޔައެވެ.

“ޝަރާ! ތިދެން ކޮން ކަމެއް؟ ނަޝާޔާ ބަނޑުހައި ވީމަ ދޯ އެ ބުނަނީ ކާން ބޭނުމޭ.” ޝަރާ ކުރިމަތީ ޖެހިލުން ވެފައި ހުރެ ވިޔާމް ޝަކުވާ ކުރީ ލުއިލުއި އަޑަކުންނެވެ.

“ވިޔާމް އިނދެބަލަ ބަހެއް ނުކިޔާ.. އަހަރެން މިތަނަށް މި އައީ ތި މީހުންނަށް މާ ގިނައިން ކާންދީގެން ފައިވް ސާޓަރ ފެންވަރުގަ ގެންގުޅޭކަށް ނޫނޭ…. ހިތްހަމަ ޖައްސާލަން. އެހެންވީމަ އަހަރެން ބުނާގޮތެއް ހެދީމަ ހުންނާނީ ރަނގަޅަށް ހިތްހަމަ ޖެހިފަ.” ޝަރާ އޭނާގެ ގަޓު ކަމުގައި ބުނެލިއެވެ.

ފެން ވަރައިން ނުކުތް ނަޝާޔާ މަޑުމަޑުން ލޯގަނޑު ކުރިމަތީ ހުރެ ރީތި ވަމުން ދިޔައެވެ. ނަޝާޔާގެ ކަނާއަތު ކޮލުގެ އަރިމަތިން ކަހަލަ ގޮތަކަށް އިން ކުޑަ ބިހި ކޮއްޓާލީ ކޮންމެސް ވަރަކަށް އެ ބިހި ބޮޑުވެފައި އިނުމުންނެވެ. ނަޝާޔާގެ އެ ހަރަކާތް ބަލަން ހުރި ޝަރާއަށް މަޑަކުން ނުހުރެވުނެވެ. ވަގުތުން ނަޝާޔާގެ ކޮލުގައި އަޑު ކިޔާވަރަށް ޖަހާލިއެވެ. އެޔާއި އެކު ވަގުތުން ނަޝާޔާ ރޯން ފެށިއެވެ.

“ޝަރާ!…” ވިޔާމް ހަޅޭއްލަވައި ގަތީ ކުށެއް ނެތް އެ ކުއްޖާގެ ކޯތާފަތުގައި ޖެހުމުންނެވެ.

“އާނ… ނުޖެހޭ ދޯ ކޮންމެހެން ތަންތާ ހުންނަ ބިހި ކޮއްޓާކަށް. ބަލާބަލަ ނަޝާޔާ ދޮންކަން. ދެން އެ ބިހި ކޮއްޓީމަ މޫނު ދޯ ހަޑިވާނީ. ނިމުނީ ދެން އެތާ އަތް ލިޔަސް..” ޝަރާގެ ހަރުކަށި އިބާރާތް ތަކުން ރޮވިފައި އިން ނަޝާޔާ ހިމޭން ވިއެވެ.

“ނަޝާ! އާދޭ ބައްޕަ ގާތަށް.” ނަޝާޔާގެ އަތުގައި ހިފައި ކައިރިއަށް ގެންނަމުން ވިޔާމް ބުނެލިއެވެ.

ޑޮކްޓަރަށް ދައްކާފައި ގެނައި ފައިލް ބާއްވާލާން އިނާޔާ ހުޅުވާލީ އަލަމާރީގެ ދޮރެވެ. އެވަގުތު އެ ކަބަޑު ތެރޭގައިވާ ސުކޫލު ފޮތްތަކާއި އިނގިރޭސި އަދި ދިވެހި ވާހަކަ ފޮތްތައް ފެނި އެއިން ބައެއް ފޮތް ނަގައިން އިނާޔާ ހިނގައިގަތެވެ.

“ބަނޫން! އަން މިއޮތީ ވާހަކަ ފޮތް ފެނިފަ. މި ހިފައިން ދޭބަލަ ކިޔާލަން.” ފޮތެއް ދިއްކޮށްލަމުން އިނާޔާ ބުނެލިއެވެ.

ހާވަމުން ދިޔަ ފޮތްތަކުގެ ތެރެއިން ސްކޫލުގެ ދިވެހި ކުޑަ ފޮތް އިނާޔާ ހުޅުވާލިއެވެ. އެކިފަހަރު އެކި ގަނޑުތައް އުކަމުން ދަނިކޮށް އިނާޔާގެ ލޮލުގައި އަޅައިގަތީ ލިޔެފައިވާ ލިޔުން ކޮޅެކެވެ.

“މަންމައަކީ ބިޒްނަސް ވުމަންއެކެވެ. އެހެންވެ އަހަރެން ބާކީ ވީއެވެ.”

އެއީ ލިޔެފައިވާ އިބާރާތް ކޮޅެކެވެ. ކިތަންމެހާ ވެސް މާނަ ފުނެވެ. އޭގައި ދޮގެއް ނެތެވެ. ހަގީގަތަކީ އެއީއެވެ. ލިޔުންކޮޅު ކިޔައިލުމަށް ފަހު އިނާޔާއަށް ހިމޭން ވެވުނެވެ. އިރުކޮޅަކު ވިސްނާލަން މަޑުކޮށްލެވުނެވެ. މިއީ މިފަދަ ނޯޓެއް ފެނުނު ދެވަނަ ފަހަރެވެ. އެއިން ކޮންމެ ވާހަކައެއް ބުނެދެނީ އެ ކުޑަކުޑަ ކުއްޖާގެ ހިތްދަތި ހިމޭން ދިރިއުޅުމެވެ.

މިންހާ އިނީ ކޮޓަރީގައެވެ. ލިޔަމް އާއި ޝިޔާމަގެ ފިލާވަޅުތައް ހެދުމުގައި އެހީތެރި ވަނީއެވެ. މިންހާގެ ކޮންމެ ކުއްޖަކީ ވެސް އަދަބުވެރި ކުދިންނެވެ. އެ އުމުރުގައި ވެސް މިންހާގެ އަނގައިން ބުނެލާ ކޮންމެ ކަމެއް ފަސްނުޖެހި ކޮށްދޭނީ އެކުދިން މިންހާ ދެކެ އިންތިހާ ލޯބިވާތީއެވެ.

އެހެން ނުވާނެ ހެއްޔެވެ؟ މިންހާ އަކީ ކެތްތެރި މީހެކެވެ. ދަރިންނާއި ވާހަކަ ދެއްކުމުގައި ގެންގުޅެނީ މަޑުމައިތިރި ކަމާއި އޯގާތެރި ކަމުގެ ސިފައެވެ. ދަރިންނާއި އެކު މިންހާ ވަގުތު ހޭދަ ކުރެއެވެ. އެއީ މިންހާ އާއި އެކުދިންގެ މެދުގައި ވަރުގަދަ އިތުބާރަކާއި ކުލުނު ވެރިކަން އިތުރު ކުރުމުގެ ގޮތުންނެވެ. އެހެނަސް މިފަދަ ކަންކަމުގައި އަމީލު ތަފާތެވެ. އޭނާގެ ރުޅިވެރި ކަމާ ހެދި ދަރިން އޭނާއަށް އިހްތިރާމެއް ނުކުރެއެވެ. ކުދިންގެ ހިތުގައި އިތުރަށް ނަފްރަތު އުފެދުން ނޫން ކަމެއް ނުވެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި އަމީލު އެތެރެއަށް ވަނުމާއި އެކު ދެކުދިން މަޑު ފުށް ކޮޅަކަށް ވިއެވެ. އަމީލް އާއި ދިމާލަށް ބަލައި ލުމުގެ ބަދަލުގައި މިންހާއަށް ބަލައިލުމަށް ފަހު ދެ ކުދިން ވެސް އިސް ޖަހާލިއެވެ. ހަމަ ޔަގީނުން ވެސް ކުދިންގެ އެ ޢަމަލު އަމީލަށް ފެންނާނެއެވެ. ވީގޮތް އެނގޭނެއެވެ. އަމީލަކީ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއް ނޫނެވެ. އެހެނަސް އެ ކުދިންގެ އެ ހަރަކާތަށް އަމީލު ފަރުވާލެއް ނުބެހެއްޓިއެވެ.

“އަން… އެއް ކޮތަޅުގަ ހުންނާނީ ހުތް އަނބު. އަނެއް ކޮތަޅުގަ ހުންނާނީ ރޯ އަލަނާސި. މިންހާ ޖެހޭނީ މިހާރު ވަރަށް ރަނގަޅަށް ކައިގެން ހުންނަން. އެހެންނު؟ އަލަނާސި ހުސްވީމާ އަހަންނަށް ގުޅާތި.” އިތުރަށް މަޑު ނުކޮށް އަމީލު ނުކުމެގެން ދިޔައެވެ. ކައިރީގައި ތިބި ދަރިންނަށް ނޭނގުނަސް އަމީލުގެ ވާހަކަތަކުގެ ޖުމްލަ މާނަ ނަގަން މިންހާއަށް އެނގުނެވެ.

“ބައްޕަ މިއަދު ހާދަ ރަނގަޅޭ ދޯ؟ އެ އައީ ހަދިޔާ ހިފައިން… ބައްޕަ ދިނީމަ މަންމަ ދެން އެ ކައްޗެ.” ޝިޔާމް ބުނެލީ މިންހާ އާއި ދިމާލަށް ހިނިތުން ވަމުންނެވެ.

ބަދަލުގައި މިންހާ ހިނިތުން ވެލީ ގަދަ ކަމުންނެވެ. އެ ހިނިތުން ވުމުގެ ފަހަތުގައި ފޮރުވިފައިވާ ގިލަން ވެރިކަން އެކުދިންނަށް އިހްސާސް ވިޔަ ނުދިނުމަށް ޓަކައެވެ. މީރު މޭވާ އެއްގެ ސިފައިގައި ހުއްޓަސް އެއީ މި ވަގުތަށް މިންހާއަށް ހުރި ޒަހަރެއް ކަމުގައި ނޫނީ ނުވާނެއެވެ. އެކަން އެކުދިންގެ ސިކުނޑިއަށް ނުވިސްނޭ ކަން މިންހާއަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. އެހެންވެ ޝިޔާމްގެ އެ ވާހަކައަށް މިންހާ ރައްދު ނުދިނީއެވެ. އެއްވެސް ބަހެއް ނުބުނީއެވެ. އޭގެ ބަދަލުގައި އަނެއްކާ ވެސް ކުދިންނާ އެކު ފިލާވަޅުގެ މަސައްކަތުގައި ކުރިޔަށް ދާން ފެށިއެވެ.

ފޫހި ކަމާއި އެކު ވެސް ބަނޫން އިންތިޒާރު ކުރަމުން ދިޔައީ ނަޝާޔާ އަންނާނެ އިރަކަށެވެ. އިނާޔާގެ ފޯނު ނަގައިން އޮތް ބަނޫން އެނދުގައި އޮތަސް ބޯ އަޅާލައިން އޮތީ ޗޮކްލެޓް ކުލައިގެ ބޮޑު “ބެއަރ” އެއްގައެވެ. އެއީ އާންމު ގޮތެއްގައި ނަޝާޔާ ވަރަށް ލޯބިން ގެންގުޅޭ އެއްޗެކެވެ. ގިނަ ފަހަރަށް އެ “ބެއަރ” ނަޝާޔާ ނިދުމުގެ ކުރިން ބާލީސްތައް ކައިރީގައި ބައިންދާފައި އިނދެއެވެ.

“ބަނޫން! ޝަރާ ދައްތަ ގުޅިއްޔާ ފޯނު ދެއްޗެ. މިއަދު ނަޝާޔާ އެބަ އާދޭ.” ދޮރު ހުޅުވާލައިން ހުރެ އެހެން ބުނުމަށް ފަހު އިނާޔާ ދޮރު ލައްޕާފައި ބޭރަށް ނުކުތެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޝަރާ އޭނާގެ ފިރިމީހާ ވިޔާމް އާއި އެކު ސައި ބޯން އިނެވެ. ބާގަރ އަކާއި ކްލަބް ސޭންޑްވިޗެއްގެ އިތުރުން ދެ ތަށި އައިސް މައިލޯ އެމީހުން ކައިރީގައި ހުއްޓެވެ. އޭރު ޝަރާގެ އަތުގައި ފޯނު އޮތެވެ. ރަނުގެ އަގު ބޮޑެތި ކެވެލި ތަކާއި ތަނޑިތައް އަޅާފައިވާ އެ އަތުކުރިން ދައްކުވައި ދެނީ މީހާގެ ތަނަވަސް ކަމާއި ފުދުންތެރި ކަމުގެ އިތުރުން މީހާގެ ހައިބަތެވެ.

“ކޮބާ؟ މި މަހު މުސާރަ ޖަމާ ވެއްޖެތަ؟” ސޭންޑްވިޗް ކާން އިނދެ ޝަރާ އަހައިލިއެވެ.

“ބަލައިލަން ޖެހޭނީ..” ވިޔާމް ބުނެލީ އަބަދު ވެސް ވާހަކަ ދައްކާ ގޮތަށް އެ މަޑުމައިތިރި ކަމުގައެވެ.

“ކޮންމެ ފަހަރަކު އަޅެ ނުބުންޏަސް މުސާރަ ޖަމާ ވީމަ މަށަށް ފޮނުވާލަބަލަ. އަހަރެންގެ ސްޓާފުންނަށް އަވަހަށް މުސާރަ ދެވޭނީ ތި މުސާރަ މަށަށް ލިބިގެން ދޯ.؟” ހިތްހަމަ ނުޖެހިފައި ޝަރާ ވާހަކަ ދެއްކިއެވެ.

“އޯކޭ.. ސެލަރީ އެއްކޮށް ދޭނަމޭ..” މައިލޯ ތަށި ކައިރިއަށް ޖައްސާލަމުން ވިޔާމް ބޯންފެށިއެވެ.

“ސާވިސް ޗާޖަށް މިހާރު ކިހާވަރެއް ލިބޭ؟” ޝަރާ އަނެއްކާ ވެސް ކުރީ ވިޔާމްގެ މުސާރަ އާއި ބެހޭ ސުވާލެކެވެ.

“އަޅެ ސާވިސް ޗާޖާއި ހުރިހާ އެއްޗެއް އެއްކޮށް ދޯ ޝަރާއަށް މި ފޮނުވަނީ. އެއީ ސެލަރީ އަކީވެސް. ސާވިސް ޗާޖަކީ ވެސް.” ޓިޝޫއެއް ނަގައި ތުން ފުހެލަމުން ވިޔާމް ބުންޏެވެ.

“އޯކޭ އެހެންވިއްޔާ.. ތި މުސާރަ ވެސް ނޫޅޭ ދޯ ބޮޑު ވާކަށް. ވިޔާމް ވަޒީފާގަ ގޭނި ގޭނި ހުސްވާ އިރުވެސް މުސާރައަކަށް އެނގުމެއް ނުވޭ. ހިނގާ ދާން.. އިރުކޮޅަކުން ފުރާ ގަޑި ޖެހޭނެ.” ޝަރާ އިން ގޮނޑިން ތެދުވީ ކޭޝް ކާޑް ނަގައިން ހޭންޑް ބޭގް އަޅައި ލަމުންނެވެ.

“ނަޝާޔާއަށް އެއްޗެއް ނުގެންދަންތަ؟” ވިޔާމްގެ ކަންބޮޑުވުން ގުޅިފައި ވަނީ ގެސްޓް ހައުސްގައި އެކަނި އިން ނަޝާޔާއަށެވެ.

“ބުނެފަ އިންނާނީ ޓޭކްއަވޭއަށް. ހިނގާ އެ ނަގައިން ދާން.” ޝަރާ ހިނގައިގަތީ ކައުންޓަރާ ދިމާލަށެވެ.

ޝިޔާމް އާއި ލިޔަމް ގޮވައިން މިންހާ ބޭރަށް ނުކުތެވެ. ސުލޫކަށް ބޭނުންވާ ބައެއް ތަކެތި ގަނެލަން މިންހާ ދެ ކުދިން ގޮވައިން ނުކުތީ އަމީލުގެ ފަރާތުން އެކުދިން ބިރުގަންނަ ވަރުގެ ކަމަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެކުދިންގެ ރައްކާތެރި ކަމަށެވެ.

މަގުގެ ދެ ފަރާތުގެ ގެތަކުގައި އިންދާފައި ހުރި އެކި ބާވަތުގެ ގަސްތަކުން މުޅި ވެށި ވަނީ ފެހި ވެފައެވެ. ހިނގަމުން ދިޔަ ވަރަކަށް މިންހާ ވަރުބަލި ވަމުން ދިޔަސް ގާތުގައި ތިބި ދަރިންނަށް އެކަމެއް ނާންގައެވެ. މިންހާ ނަގަމުން ދިޔަ ފިޔަވަޅަށް ހުއްޓުން އެރީ ކުރިމަތީ ހުރި ގޭގެ ކުންނާރު ގަހުގައި ދޮންވެ ފައްކާ ވެފައިވާ ކުންނާރުތައް ފެނިފައެވެ.

“މަންމާ! ކިހިނެއްވީ؟ ކުންނާރު ބޭނުންވީތަ؟” މިންހާގެ އަތުގައި ހިފާ ތަޅުވާލަމުން ލިޔަމް ބުނެލިއެވެ.

“އެކަމު އެއީ މަންމަ ވަންނަ ގެއެއް ވެސް ނޫން. ބޭނުން ވިޔަސް ނުކެރޭނެ ބުނާކަށް.” މިންހާ ހިނިތުން ވެލަމުން ބަލައިލީ ލިޔަމްއަށެވެ.

“އެގޭގަ އުޅޭނެ ކްލާސް ކުއްޖެއް. އޭނަ މަންމަ  ޝިޔާމްއާ ވާހަކަ ދައްކާނެ. ޝިޔާމް އަންނާނަން މަންމައަށް ކުންނާރު ހިފައިން.” ޝިޔާމްގެ ފަހަތުން ލިޔަމް ވެސް އެ ގޭ ތެރެއަށް ދުއްވައިގަތެވެ.

އިޝާ ނަމާދު ފަހެވެ. ނަމާދުކޮށް ނިމިގެން އިނާޔާ އާއި އެކު ބަނޫން ވެސް ނުކުތީ ކާމޭޒު ކައިރިއަށެވެ. އޭރު އިނާޔާ ހުރީ މޭޒުމަތީގައި ތަށިތައް އަތުރާ ތައްޔާރު ކޮށްފައެވެ. ގޮނޑިއެއް ދަމާލަމުން ބަނޫން އިށީނީ އޭނާގެ އުނގުގައި ‘ބެއަރ’ ވެސް ބައިންދާ ލައިންނެވެ.

“ބަނޫން! ތި “ބެއަރ” ގެންގޮސް ކޮޓަރިއަށް ލާފަ އާދޭ. ތީ ނަޝާޔާގެ އެއްޗެއްނު؟ މިހާރު އުޅޭނެ ނަޝާޔާ އަންނަން.” ނަޝާޔާ އެހާ ލޯބިން ގެންގުޅޭ އެއްޗެއްކަން އިނގޭތީ އިނާޔާ ބުނެލިއެވެ.

އެވަގުތު ދޮރު ހުޅުވާލާފައި ޝަރާގެ ފަހަތުން ވިޔާމް ވެސް ވަނެވެ. ބަރު ދަބަސްތައް ހިފައިން ވިޔާމް އާއި ޝަރާ ވައިން އިރު، އެމީހުންގެ ފަހަތުން އެތެރެއަށް ވައިން ނަޝާޔާގެ ލޮލުގައި  ފުރަތަމަ ވެސް އަޅައިގަތީ ބަނޫންގެ އުނގުގައި އިން ‘ބެއަރ’ އެވެ.

“ކީއްވެ ނަޝާގެ ‘ޑައިރީ’ ނެރުނީ؟ އެއްވެސް މީހެއް މި ނުނަގާތި. ގެނޭ.. މި ނުނެރެއްޗެ.” ފުރަތަމަ ފެނުމާއި އެކު ވެސް ނަޝާޔާ ބަނޫން ދެކެ ހިތްހަމަ ނުޖެހުނީ އެހާ ލޯބިން ގެންގުޅޭ ‘ބެއަރ’ ނެރުނީމައެވެ.

އެ ބެއަރއަށް ނަޝާޔާ ލޯބިން ދީފައިވާ ނަމަކީ”ޑައިރީ” އެވެ.

-ނުނިމެ-

ކިޔުންތެރިންނަށް ބާއްޖަވެރި ދުވަހަކަށް އެދެން.

މި ވާހަކައިގަ ކުރިޔަށް ހުރި ކޮންމެ ބައެއްވެސް ދާނީ އިތުރަށް ޝައުގުވެރި ވަމުން. އެހެންވީމަ، ހުރިހާ ކިޔުންތެރިން ވެސް މި ވާހަކަ ނިމެންދެން ކިޔާލައިފި ނަމަ ވަރަށް މުހިއްމު ޢިބުރަތެއް ހާސިލްވެގެން ދާނެ ކަމެއް ގަބޫލު ކުރަން.

މިދިޔަ ބައިގަ ކޮށްލި ސުވާލަށް ޚިޔާލު ދިން ކުދިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޝަލީން މި ވިސްނަނީ ބައެއް ހަފްތާގަ 3 ބައިވެސް ކިޔާލަން ދޭން.. ސަޕްރައިޒްކޮށް އިތުރު ދުވަހެއްގަ އިތުރު ބައެއް ހަމަ ކިޔާލަން ދޭގޮތަށް މިހުރީ… 😃 އެހެންވީމަ އެކަހަލަ ދުވަހަކަށް އިންތިޒާރު … ޕްލީޒް!!!

ކިޔުންތެރިން ދެއްވާ އެއްބާރު ލުމަށް ވަރަށް ޝުކުރު ބަރުތީލަ ކުރަން.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Anonymous

    Vrh reethi maashaa allah..
    Haadha thafaathu vaahaka ekey…
    Why diary???
    Can’t wait for the next part

  2. Shaleen

    Thanks varah bodah.
    Vahakaa reethi kamah buneleema Varah ufaa vejje.
    Yess
    Mee Hama thafaathu vaahaka eh gothuga nimigen dhaanee. Ummeedhu kuran mi vaahaka nimendhen kiyaane kamah. Adhi mi vaahaka in varugadha iburathi hasilu vaane kamah.

    “DIARY” name of the bear.
    Let’s c dho dhen vaa gothei.
    V v v interesting vaane gothah vaahaka genesdheveytho mi balanee Hama.

    Alheyy… Can’t wait dho?
    Ekamvessssss inthizaaru kollahchey dear

    1. Anonymous
      Shaleen

      I wanna know keehve kan bear ah diary kee 😭😭
      I hurihaa vhk eh bear ah kiyaadheythee kanneyge..

    2. Fan of shalyy
      Shaleen

      ‘ diary ‘ saying Nash ge Teddy ah dhw
      Aslu Nasha ‘s mum is Iner right?

  3. Shaleen

    Hingaabala dho ehen part thakah inthizaaru kuramaa.
    Bear ah vaahaka kiyaidheneetho????
    Nooni diary akee kyvve kee namei Kan balaalan vaahaka Hama continue Kollan fennanee hehehehe.
    Ekam aslu Maa ufaavey comment kolleema ingey. ❤️❤️❤️

    1. Fan of shalyy
      Shaleen

      Dhw Leen

  4. Fan of shalyy

    MaashaAllah
    The best Linn sis beynunvaagotheh Ok for me..
    Anyways, Ameel is so mean to them all I felt so sad for minnu and two kiddos…
    So sad Anyways,
    Btw lysm and Tc Leen sis
    Ha May I call you ‘leen sis’??

    1. Shaleen
      Fan of shalyy

      Hi 👋
      Ufaavejje huwa mibuni thioh comment thah feni.
      Aslu kiyuntheringe salhi kamakee comment kurumey.
      Mee haadha ummeedhu kurevey kamekey komme part akunves comment fenumakee..
      Komme reader egge comment ves shaleen ah Hama varah special ingey.
      Mi part ga Eba feney readers shaleen ah connect vaathan.

      Ya Ameel dho? Sad sad… Vaahaka Liyaa iruves dheravey aslu.

      Hama beynunvanyaa LEEN SIS kiyas evves massala eh nei.
      Aslu ves v happy ingey
      Thanks and take care

    2. Shaleen
      Fan of shalyy

      Ya e gengulhey bear akee ooooo ebunaa DIARY

  5. Shaleen

    Hi fan of shalyy
    Adhi javaabu nudhevi suvaalei Eben dhookollevifa.
    Nasha ge mamma akee Inaa hey dho?
    Dhen hingaabala balamaa dho kiyamun dhaa varakah ingeynethaa.
    Heekuraa gothahves dhimaavedhaane/ heenukuraa gothahves Hama dhimaavedhaane javaabuthah…
    Ekam bunelan othee Hama javaabu thah hoadhan, dhookonnulaa vaahaka kiyahchey.

    1. Fan of shalyy
      Shaleen

      Hehe, keep it up sis, 👍🏻🌷
      IA, Which year you started wrtigg

  6. Fan of shalyy

    Aslu my name ga Shalyy ingeyy
    Shaleen’s Big big Fann Akah vaathy ingey…
    My name is unknown ok?

    1. Shaleen
      Fan of shalyy

      Thanks dear
      Site ga liyan feshee 2020 ga.
      Eyrun fashaigen time vaa varakun dhen Hama liyelanee..

      Oh it’s okay Hama shalyy ge namuga viyas, comment libenyaa aslu ithurah liyaa hihvey… Plus comment kuraa kudhin mathin handhaan nunetheyne. ❤️❤️❤️
      Comment kuranee ves haadha loabi kudhinney.

      Vaahaka liyunee v masakkai… Ehenve vaahaka publish Veema v beleyne comment libeytho.. comment nulibenyaa vaahaka liyumuge shauguveri Kan gelleykahala…
      Ekam emme comment eh viyas libuneema avahah next part up kollaa hihvey.

      Ok vaane kommehen aslu name nubunyas.. massala eh noon. Ekam shaleen ge fan ge gothuga hureethee lakka ufaa vejje.☺️

      Ekam shaleen ge fan ge gothuga hunnathaa kihaa dhuvahei?
      And shaleenge kithah vaahaka kiyaalevunu ?

    2. Shalyy's Fan
      Fan of shalyy

      Yeah you’re right ….
      Me just few days ago I saw shalee ge story eh n I really loved it Just read all stories by u…
      Rlly??? 2020 in feshigen 6 yrs vehjje dhw I was eyru 6 yrs!

    3. Fan of shalyy
      Fan of shalyy

      Alhug Name dhekolhu vee
      Same ingey inee

  7. Shaleen

    Thanks ehenveema v bodah
    Fan of shalyy
    Shalyy’s fan
    ❤️❤️❤️

Comments are closed.