Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިންސާފް .. 02 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
April 2, 2016 11 Mins Read
46 Comments

ކުއްލިއަކަށް ގޭ ދޮރުގެ ބެލް އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައީ ދެ ފުލުހުންނެވެ. އަހަރެންނާއި ދޮންބެއަށް ވަގުތުން ތެދުވެވުނެވެ. “އާސީން އަހްމަދު” އެތަނުން އެކަކު އަހަރެންގެ ނަން ކިޔާލިއެވެ. އަހަރެން މަންމައާއި ދޮންބެއަށް ބަލާލަމުން ކުރިއަށް ޖެހިލީމެވެ. “އާދެ.. އަޅުގަނޑަކީ އާސީން” އަހަރެން ބުނެލީމެވެ. “އަޅުގަނޑުމެންނާއި ފުލުސް އޮފީހަށް ދުރުވެ ދެއްވާ..” އެމީހާ މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. “އެއީ ކީއްކުރަން.. ކޮބާ ބޭނުމަކީ” ދޮންބެ ކުރިއަށް ޖެހިލަމުން ހަރުކަށިކަމާއި އެކު އަހާލިއެވެ. “ކުޑަ މައުލޫމާތެއް ސާފު ކޮށްލަން” “ތި ސާފު ކުރަންއުޅޭ މައުލޫމާތެއް އަހަރުމެންނަށް އެނގޭ.. އަހަރެންގެ ކޮއްކޮ ދަންނަ މީހެއްނޫން ތި ނާސިރު އަކީ.. އޭނާއަކަށް ނޭނގޭ ކީއްކުރަންކަމެއް އެމީހާ އެހެން ބުނީކީ” ދޮންބެ ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އަހަރެން ދޮންބެގެ އަތުގައި ހިފަހައްޓާލީމެވެ. “އިޓްސް އޯކޭ ދޮންބެ..” އަހަރެން ދޮންބެ ހަމަޔަކަށް އެޅުވުމުގެ ގޮތުން ބުނެލީމެވެ.

މަންމަވެސް ހުރީ ހާސްވެފައިކަން އަހަރެންނަށް އެނގެއެވެ. އަހަރެން މަންމަގެ މޫނަށް ބަލާލަމުން ހިނިތުންވެލީމެވެ. “އެމީހުން ބޭނުންވަނީ ހަމައެކަނި ވާހަކަ ދައްކާލަން.. އަހަރެން ކަމެއް ނުކުރާކަން މަންމައަށް އެނގެއެއްނުން.. އަހަރެން ވަރަށް އަވަހަށް އަންނާނަން” މަންމައާއި ދިމާލަށް ބަލާލަމުން އެހެން ބުނެލަމުން ދެ ފުލުހުންގެ ފަހަތުން އަހަރެން ނިކުތީމެވެ. އޭރު މަގުމަތީގައި މީހުން ތަންތަންކޮޅުގައި ކުޅިވަރު ބެލުމަށް ހުއްޓިގެން ތިއްބެވެ. އަހަރެން މަޑުމަޑުން އެމީހުންގެ ފަހަތުން ގޮސް އެމީހުންގެ ވެހިކަލްއަށް އެރީމެވެ. އެތެރޭގައި އިތުރު ދެމީހުން ތިއްބެވެ. އަހަރެން އެރުމާއި އެކު އެމީހުން ނައްޓާލިއެވެ. އޭގެ ތެރޭގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އަހަރެން އިނީ ނުލާހިކު ބޮޑަށް ހާސްވެފައެވެ. އަހަރެންނާއި ހެދި އަހަރެންގެ އާއިލާއަށް ކަމެއް ދިމާވެދާނެތީއެވެ. އަހަރުމެންނަކީ އާދައިގެ ބައެކެވެ.ކިރިޔާ އަޑެއް އެރިޔަސް އަހަރުމެންނަށް ދިރިއުޅުމަށް އެތައް އުދަގުލެއް ކުރިމަތިވާނެއެވެ. އަނެއްކާ މަންމައާއި ބައްޕަ ނުލާހިކު ހާސްވާނެއެވެ. އެކި މީހުންގެ ފަރާތުން އެމީހުންނަށްވެސް ހާދަ ފާޑުފާޑު ވާހަކައެއް އަޑުއިވޭނެތާއެވެ. މަންމަމެން ހަލާކުވާނެއެވެ.

ވެހިކަލް އައިސް މަޑުކޮށްލީ ހުސައިން އާދަމް ބިލްޑިން ކައިރިއަށެވެ. ދެފުލުހުން ފޭއްބުމުން އަހަރެންވެސް ފޭއްބީމެވެ. އޭރުވެސް އެތަނުގައި މީޑީއަރގެ ބައެއް ތިއްބެވެ. އަހަރުމެން ފެނުމާއި އެކު އަހަރުމެންނާއި ދިމާލަށް އެމީހުން އައެވެ. ނަމަވެސް އޭގެ ކުރިން ދެ ފުލުހުންނާއި އެކު އަހަރެން އެތެރެއަށް ވަނީމެވެ. “ދުރުވޭ އަޅުގަނޑާއި އެކު” އެތަނުން އެއް މީހަކު އެހެން ބުނެލަމުން ލިފްޓާއި ދިމާލަށް ހިގައިގަތެވެ. އަހަރެން އެމީހާގެ ފަހަތުން ދިޔަ އިރު އަހަރެންގެ ހިތް ހީވަނީ ނެގިނެގިފައި ޖެހޭ އިރަކު އެހެން ކަމެއް ހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންނާއި ނުވެސް ބެހޭ ކަމެއްގައި ފުލުސް އޮފީހަށް ޙާޟިރުކުރެވުނީއެވެ. ކުރާނެ ސުވާލަކާއި މެދު އަހަރެން ވިސްނާ ވިސްނާވެސް ސިކުނޑި ސުމަކަށް ދަނީއެވެ. އެމީހާ ފަހަތުން އިސްޖަހައިގެން ހުރެ އަހަރެން ދިޔައީއެވެ. ދޮރެއް ހުޅުވައިދެމުން ދޮރުގައި ހިފަހައްޓާލައިގެން އެމީހާ މަޑުޖެހިލިއެވެ. އަހަރެން އެރޫމްއަށް ވަނީމެއެވެ. އެތަނަށް ވަދެވުނު އިރު އެއީ ކޮން ތަނެއްތޯ ބޭރުގައި އިނީ ކޮން ނަމެއްތޯ ބަލައެއް ނުލެވުނެވެ. ނަމަވެސް އެއީ މީހެއްގެ އޮފީހެއްކަން އަހަރެންނަށް އެނގުނެވެ. ދެފަރާތުގައި ބޮޑު ފައިލް ކެބިނެޓް ތައް ބަހައްޓާފައި ހުރި އިރު މޭޒުމަތީގައިވެސް ދެތިން ފައިލް އެއް ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ބޮޑު ގޮޑިއެއް ހުރި އިރު އޭގެންވެސް އެތަނުގައި އިންނަ މީހާގެ ޝަހުސިއްޔަތު އަންގައިދެއެވެ. އަހަރެން މަޑުމަޑުން ހިންދިރުވާލީމެވެ. ނޭނގިނަމަވެސް އަހަރެންނަށް ވަރަށް އަދިރި ހިސާބަކަށް ވަދެވިގެން އުޅޭ ކަމުގެ އިހްސާސް އަހަރެންނަށް ކުރެވެމުން ދިޔައެވެ.

“މިތަނުގައި އިށީންނަވާ.. މިހާރު ސަރ ދުރުވާނެ..” އަހަރެން އެރޫމްއަށް ވަނުމުން ދޮރުގައި ހިފަހައްޓައިގެން ހުރި މީހާ އެތަނުގައި އިން ދެގޮޑި ދައްކާލަމުން ބުނެލިއެވެ. އަހަރެން ގަދަކަމުން ހިނިތުންވުމެއް ރައްދުކޮށްލީމެވެ. އަހަރެންނަށް ޔަގީނެވެ. އަހަރެންގެ މޫނަށް ބަލާލުމަށްފަހު މިހާރު ކޮންމެ މީހަކަށްވެސް އަހަރެން ބިރު ގަނެފައި ހުރި މިންވަރު އެނގޭނެއެވެ. އަހަރެންނަކީ ބިރުގަނެ ލަދުގަނެއްޖެނަމަ މޫނު އެއްކޮށް ކަހަލައިން ރަތްވާ މީހެކެވެ. ދޮން މީހެއްކަމުން އެކަހަލަ ކަންތައް ފޮރުވަން އެއީ އަހަރެންނަށް އެހާ ފަސޭހަކަމެއް ނޫނެކެވެ. އަނެއްކޮޅުން ބައެއް މީހުން ބުނާ ގޮތުން އަހަރެންނަކީ ފޮތަކަށް ވުރެއް ފަސޭހައިން ކިޔާލެވޭނެ މީހެކެވެ. އެއީ އަހަރެންގެ ‘ފޭސް އެކްސްޕްރެޝަންއިން’ އެމީހުންނަށް ހުރިހާ އެއްޗެއް ދެނެގަނެވޭތީއެވެ. ކިތައްމެ ސިއްރުކުރަން ބޭނުންވިޔަސް ގިނަ ކަންތައްތަކެއް އަހަރެންނަކަށް ސިއްރެއް ނުކުރެވެއެވެ.

އަހަރެން ގޮޑީގައި މަޑުމަޑުން އިށީދެލީމެވެ. އަދި މޭޒުގެ އަނެއްފަރާތުގައި އިން ބޮޑު ގޮޑިއަށް ބަލާލީމެވެ. އޭރުވެސް އަހަރެންގެ ހިތް ތެޅެމުން ދިޔަ ބާރު މިނުން އެއަޑު އަހަރެންނަށް އިވެމުން ދިޔައެވެ. އަނެއްކާ އެހެން މީހަކަށް އެއަޑު ނީވުނިއްޔާ ރަނގަޅެވެ. “ނޫން ނޫން.. އަހަރެން އޭރުވެސް ފަސީން ކައިރީގައި ބުނި ގޮތަށް ކުރިއަށް ގެންދޭ.. އަހަރެން މިފައިލް ކިޔާނަން.. އިތުރަށް ޕްލޭންއަށް ބަދަލެއް ގެންނަން ފެނިއްޖެނަމަ ބުނާނަން” ދޮރު ހުޅުވާލުމަށްފަހު ދެމީހުން އެތެރެއަށް ވަދެގެން އައެވެ. އަހަރެންނަށް ވަގުތުން އިށީދެގެން އިންތަކުން ތެދުވެވުނެވެ. ފައިލްއެއް ހިފައިގެން ހުރި މީހަކު އައިސް އެ ބޮޑު ގޮޑިއާއި ދިމާލަށް ހުއްޓުނެވެ. އަދި އަނެއް ފުލުހުންގެ މީހާއާއި ދިމާލަށް ބަލާލިއެވެ. “ފަސީން ކުރިއަށް ގެންދަން ބޭނުންވާ ގޮތަށް ގެންދޭ.. އެކަމަކު ކުރާ ހުރިހާ ކަމެއް އަހަރެންނަށް އަންގަންޖެހޭނެ” ފިރިހެން އަޑެކެވެ. އަހަރެންނަށް ހައިރާންވެފައި އެމީހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަސީން ބޮލުން އާއެކޭ ބުނެލުމަށްފަހު އެތަނުން ނިކުމެގެން ދިޔައެވެ. އެވަގުތު އެމީހާ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ހީލިއެވެ.

އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ހީލި ވަގުތު ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުންނާއި އެރީތި މޫނުގެ ސަބަބުން އަހަރެން ފިނިވެފައި ހުރި ވަރަށް ވުރެއް ބޮޑަށް އެތައް ތަނެއް ފިނިވެގެން ދިޔައެވެ. މީހާގެ ގައިން ހީބިގި ނަގައިގެން ދިޔައެވެ. އާދައިގެ ތުނި މިނަކަށް ވަނީ ބޯކޮށާލާފައިއެވެ. ރީތި ދޮންމިނެއްގައި އެހަށިގަނޑުގައި ހުރި އިރު ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. ލައިގެން ހުރި މަޑު ވައިލެޓް ކުލައިގެ އަތް ދިގު ގަމީސްހުރީ ފުދޭވަރަކަށް ގަޔަށް ބާރުކޮށެވެ. އަތުގެ ބާރުގަދަކަން އެނގިގެންދަނީ އަތައްވެސް ފިޓް ވެލާފައި ހުރުމުންނެވެ. އަތް އޮޅާލާފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ކަޅުކަންގަދަ ވަރުގަދަ ދެބުމައިގެ ސަބަބުން އެޒުވާނާގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އިތުރަށް ރީތިކަމެއް ގެނެސްދެނީ ފަޅަށް ފަށާފައިވާ ނުވަތަ އެހާ ތުނިކޮށް ކޮށާލާފައިވާ ތުބުޅިއާއި މަތިމަހުގެ ސަބަބުންނެވެ. އަހަރެންނަށް އެމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

“އާސީން ރައިޓް” އެމީހާ އަހާލިއެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. “އާ ޔޫ އޯކޭ” އެމީހާގެ މޫނަށް ގޮތެއް ހަދާލަމުން އަހާލިއެވެ. އޭރުވެސް އަހަރެންނަށް ހުރެވުނީ އެހެން ހުއްޓުން އަރާފައެވެ. އެމީހާ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަހަރެންނަށް އަޑުއިވެމުން ދިޔައެވެ. ނަމަވެސް އެއްވެސް ހަރާކަތެއް ނުގުނެވުނު ކަމީ އަހަރެންވެސް ހައިރާންވެގެން ދިޔަ ސަބަބެކެވެ. “އަހަރެންނަށް ކިޔަނީ އައިރް” އައިރް އަނެއްކާވެސް ހީލިއެވެ. އަހަރެންގެ ކަކުލުން ވާގި ދޫވިއެވެ. ވަގުތުން ގޮޑިމައްޗަށް ވެއްޓުނެވެ. “އާ ޔޫ ރިޔަލީ އޯކޭ” ވަގުތުން އަހަރެންގެ މޫނު ރަތްވެގެން ދިޔަކަން އަހަރެންނަށް އިހްސާސް ވެގެން ދިޔައެވެ. އަހަރެން ހިންދިރުވާލީމެވެ. އަދި ފުންކޮށް ނޭވާއެއް ބޭރުކޮށްލީމެވެ. ދެންމެ އެވީ ކަންތަކާއި ހުރެ އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ފިރިހެނެއް ފެންނައިރަށް އެވަރުވާން ޖެހޭ ހެއްޔެވެ. އެކަމަކު އެއީ ފިރިހެނެއް ނޫނެކެވެ. އަހަރެންގެ ޕްރިންސްއެވެ. އަހަރެންނަށް ރީތި ހުރިހާ ސިފައެއް ކައިގެން އަރާ ހުރި މީހެކެވެ. މީގެ ކުރިން ހިތައް ކިރިޔާވެސް އަސަރެއް ކުރަނީ ޖައިޝް ފެނުނީމައެވެ. އެކަމަކު އައިރް ފެނުމުން އަހަރެންގެ ހިތައް ހީވީ ހާޓްއެޓޭކްއެއް ޖެހުނު ހެންނެވެ.

އަހަރެން ލަދުވެތިކަމާއި އެކު ހިނިތުންވެލީމެވެ. “އަޅުގަނޑު ރަނގަޅު” އިސްޖައިގެން ހުރެ އަހަރެން ޖަވާބު ދިނީ އިތުރަށް އައިރްގެ މޫނަށް ބަލަން ނުކެރުނީމައެވެ. “އެހެންތަ.. އެކަމަކު އާސީން ބަލާލާފައި ނުބުނާނެ އާސީން ރަނގަޅެކޭ” އައިރްގެ އަޑު އިވިގެން ދިޔައެވެ. “ނޫން.. ނޫން.. އަޅުގަނޑު ހަމަ ވަރަށް ރަނގަޅު” އަވަސް އަވަސް ކަމާއި އެކު އައިރްއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. އޭރު އެމޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އަހަރެން އަނެއްކާވެސް ލަދުގަތެވެ. “އެނގޭތަ އާސީން މިތަނަށް މިގެނެވުނީ ކީއްވެގެންކަން” އެއަޑުގައި ސީރިއަސްކަމެއް ހިފަހައްޓަމުން އައިރް ވާހަކަ ދެއްކިއެވެ. “އައި ކޭން ގެސް” އަހަރެން ވެސް މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ވާހަކަ ދެއްކީމެވެ. “ނާސިރު” “ތި ވާހަކަ ފެށުމުގެ ކުރިން ބުނެލަން އޮތީ.. އަޅުގަނޑު އޭނާ ނުދައްނަމޭ.. އަޅުގަނޑަކަށް ނޭނގޭ އޭނާ ކީއްވެ ކަމެއް އަޅުގަނޑުގެ ނަން ކޯޓްގައި ބުނިކީ.. އަޅުގަނޑަކަށް ނޭނގޭ އޭނާ ބޭނުންވަނީ ކޮންކަމެއް ކަމެއްވެސް.. އަދި އޭނަގެ މަގްސަދެއްވެސް” އަހަރެން ހާސްކަމާއި އެކު ހުރިހާ ވާހަކައެއް ދެއްކީމެވެ. އަހަރެން އެހުރިހާ އެއްޗެއް ކީ އިރުވެސް އައިރްގެ އަޑެއް ނީއްވުމުން އޭނައާއި ދިމާލަށް ބަލާލީމެވެ. އޭރު އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުމުގެ ސަބަބުން އަނެއްކާވެސް އަހަރެން ހާސްކަން އިތުރު ކޮށްލިއެވެ.

“އާސީން އަކީ ޖާނަލިސްޓެއް ދޯ” އައިރް އޭނާގެ ބޮޑު ގޮޑީގައި ހަމަޖެހިލިއެވެ. “އާދެ” އަހަރެން ބުނެލީމެވެ. “އެކަމަކު އާސީންގެ ގައިގައި އެމީހުންގެ އެއްވެސް ސިފައެއް ނެތް” އައިރު ބުނެލިއެވެ. އަހަރެން ދެލޯ ބޮޑުކޮށްލަމުން އައިރުއާއި ދިމާލަށް ބަލާލީ އެއީ ކޮންސިފައެއްތޯ އަހާލާ ގޮތަށެވެ. “އަހަރެންނަށް އެނގޭގޮތުން ޖާނަލިސްޓުންނަކީ ވަރަށް ކޮންފިޑެންޓް ބައެއް.. އެމީހުންނަކީ އެހާ އަވަހަށް ޖެހިލުންވާ ބައެއް ނޫން.. އެހާ އަވަހަށް ހާސްވާ ބައެއްވެސް ނޫން..” އައިރްގެ ބުނެލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. އެއީ އައިރް އެކަނި ބުނާ ވާހަކައެއް ނޫނެކެވެ. އަހަރެންނާއި ދިމާލަށް މީގެ ކުރިން އެތައް ބަޔަކު ވަނީ އެހެން ބުނެފައެވެ. “ތިހެން ތި ވިދާޅުވީ.. އަޅުގަނޑު އެނގިނުލައްވާތީ.. ކޮންމެ މީހަކުވެސް އަލަށް ކަމެއް ކުރަންވީމަ ޖެހިލުންވާނެ.. އަދި އަމުދުން މިކަހަލަ ތަނަކަށް ގެނެސް ވެއްދެވީމަ.. ހަމައެކަނި ނަން އެނގުނަސް އަޅުގަނޑަކަށް އަދި ތި ބޭއްފުޅާއަކާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ.. އަދި އަމުދުން އަޅުގަނޑާއި ވާހަކަ ދައްކަން ތި ގަސްދު ކުރާ މައުލޫއަކީ އަޅުގަނޑާއި އެއްވެސް ގުޅުމެއްވެސް ނެތް މައުލޫއެއް.. އަޅުގަނޑު ގަބޫލު ކުރަން އަޅުގަނޑު ހާސްވެ ކަންބޮޑުވާކަން.. އެކަމަކު އަޅުގަނޑު ޖާނަލިސްޓެއްގެ ހައިސިއްޔަތުން ކުރަން ދިމާކުރި ހުރިހާ ކަމެއް ހުންނާނީ ކޮންފަ.. އެހެންވީމަ އަދި ތިހެން ޖަޖް ކުރުން އެއީ އެހާ ރަނގަޅު ކަމެއް ނޫން” އަހަރެން ބުނެލީމެވެ.

“އަހަރެންނަކީ އެއްވެސް މީހަކު ޖަޖް ކުރާ މީހެއްނޫން.. އެކަމަކު އަހަރެން މީހުން ރީޑް ކުރަން.. މީހުންގެ ބިޔޭވިއަރ އާއި މީހުން ދައްކާ ވާހަކައިން އެމީހަކު އަހަރެންނަށް ވަރަށް ފަސޭހައިން ދަސްވެގެންދޭ.. ދެން އަހަރެންނާއި ބެހޭ މައުލޫމާތު ދޯ.. ސޮރީ އެބައުޓް ދެޓް.. އަހަރެންނަކީ އާދަމް އައިރު.. އުޅެނީ މާލޭގައި.. މަންމައާއި ބައްޕަވެސް މާލެ.. އަހަރެން އިންޕެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރާތާ އަދި ނުވާނެ އެހާ ގިނަ ދުވަހެއް.. ވަރަށް ފަހުން ބޭރުން ކިޔަވައިގެން މިއައީ.. މިތާ މީހުން ބުނާ ގޮތުން އަހަރެންނަކީ އިންޕެކްޓަރ އެއްގެ ގޮތުގައި މަސައްކަތް ކުރާ އެންމެ ޒުވާން މީހަކީ.. މިވަރުން އާސީން ހިތްހަމަ ޖެހިއްޖެތަ” އައިރު އެހެން ބުނެލުމާއި އެކު އަހަރެންގެ މޫނު ރަތްވެގެން ދިޔައެވެ. “އަހަރެން ކޮންމެހެން އޭނަގެ މައުލޫމާތު އެގޮތަށް ހޯދާކަށް ބޭނުމެއް ނޫނެކެވެ. އޭނަގެ މައުލޫމާތު އަހަރެންނަށް ކިޔައިދިނަސް އަދި ނުދިނަސް ކީއް ހެއްޔެވެ. އެހުރިހާ އެއްޗެއް ކީއިރު ސިންގަލް ނުވަތަ މެރީޑް ވާހަކަ ވެސް ބުނެލަ ދިންނަމައެވެ. އެކަމަކު ވާއެވެ. އަހަރެންގެ މިހިތަށް މި ވަނީ ކިހިނެއް ހެއްޔެވެ”. އިސްޖަހައިގެން އަހަރެން އިދެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައީމެވެ. “އެންޑް ވަން މޯ ތިން.. އަހަރެން އަދި ސިންގަލް” އައިރްގެ އަޑު އިވުމާއި އެކު އަހަރެންނަށް އައިރުއާއި ދިމާލަށް ބަލާލެވުނެވެ. ހީވީ އޭނައަށް އަހަރެންގެ ހިތުގެ އަޑު އިވިގެން ޖަވާބު ދިން ހެންނެވެ. އެއްކޮލުން ހީލާފައި ހުރި އިރު އެމޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެއެވެ.

“އަޅުގަނޑު މިތަނަށް ގެނައި ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކަމާ” އަހަރެން އެންމެ ފަހުން ބުނެލީމެެވެ. “ރައިޓް.. ހިނގާ ދާން” އެހެން ބުނެލަމުން އައިރު ތެދުވިއެވެ. “ކޮންތާކަށްތޯ” އަހަރެން ހައިރާންކަމާއި އެކު ބުނެލީމެވެ. “ވާހަކަ ދައްކަން” އައިރް އަހަރެންނާއި އެއްވަރު ކުރަމުން ބުނެލިއެވެ. އަދި ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުން ނިކުތެވެ. އަހަރެން އައިރްގެ ފަހަތުން ބޭރަށް ނިކުތީމެވެ. “ފުރަތަމަ އަހަރެން ދައްކާ ވާހަކަ އަޑުއަހާ އިނގޭ..” ބޭރަށް ނިކުތުމާއި އެކު އައިރު ކުރިއަށް ހިގައިގަންނަމުން ވާހަކަ ދެއްކިއެވެ. އަހަރެން ބޮލުން އާއެކޭ ބުނެލީމެވެ. “އަހަރެން ގަބޫލު ކޮށްފާނަން އާސީންއަށް ނާސިރު ނޭނގޭކަމަށް.. އެކަމަކު ނާސިރު ބޭނުންވޭ އާސީންއާއި ވާހަކަ ދައްކަން.. ކީއްވެ ކަމެއް އަހަރުމެންނަކަށް ވެސް ނޭނގެ.. އަސްލު އަހަރެން އާސީން މިގެންނައީ ނާސިރު އެނގޭތޯ އަހަންވެގެން.. އެކަމަކު އޭނާ ނޭނގޭ ވާހަކަ ވަރަށް ރަނގަޅަށް މީގެ ކުރިން ބުނެދީފިންތާ ދޯ… އެހެންވީމަ.. އަހަރެން މިވަގުތު ނާހާނަން އާސީންއާއި ނާސިރުގެ ގުޅުމާއި ބެހޭގޮތަކުން.. އާސީންއަށް އެނގޭތަ.. ކުރިން ދުވަހު ކޯޓްގައި އާސީންގެ ނަން އަހަރުމެންނަށް އެނގުނު ގޮތް.. ދެ ޕޮލިހުން ނިކުމެ އާސީން އެތަނަށް ވަންނަން ބުނީ ކީއްވެ ކަން” އައިރް ވާހަކަ ދައްކަމުން ގޮސް ލިފްޓަސް އަރާ މައްޗަށް ދިއުމަށް ފިއްތާލިއެވެ.

“އަޅުގަނޑު ހިތައް އެރި ކީއްވެބާއޭ އަޅުގަނޑުގެ ނަން ވަކިން ކީ” އަހަރެން ބުނެލީމެވެ. “އެވެސް ނާސިރު.. ނާސިރު ބުނީ އޭނަ ވާހަކަ ދައްކާނީ ބޭރުގައި ހުރި އާސީން ކިޔާ ކުއްޖަކު ވެއްދީމައޯ.. އެހެންވީމަ އަހަރުމެންނަށް އެގަޑީގައި އެތަނުގައި އިތުރު މައްސަލައެއް ކްރިއޭޓިވް ވެދާނެތީ އާސީން ވެއްދީ.. އެކަމަކު އަހަރުމެންނަށް އެނގޭ ނާސިރު ގެއްލުމެއް ނުދޭނެކަން އެއްވެސް މީހަކަށް އެގަޑީގައެއް.. އެހެންވެ އެހެން ކަންތައް ކުރީ” އައިރް ލިފްޓުން ފައިބާ ހިގައިގަންނަމުން ވާހަކަ ދެއްކިއެވެ. “މިއަދު ހެނދުނު ބޭއްވުނު އަޑުއެހުމަށް ނާސިރު ދިޔަ ގޮތައް ބުނަން ފަށައިފި އާސީން ކޮބާހޭ.. އޭނަ ނެތިއްޔާ ތިމަންނަ އެއްވެސް ވާހަކައެއް ނުދައްކާނަމޭ.. ބުނެ ބުނެވެސް އެއްވެސް އެއްޗެއް ނުކީ.. އަދި މިދިޔަ ދެދުވަހުވެސް އަހަރުމެންގެ ތެރެއިން އެއްވެސް މީހަކާއި ނާސިރު ވާހަކައެއް ނުދައްކާ.. އަބަދުވެސް ބުނަނީ އާސީން ގެންނާށޯ.. އެހެން ނޫނީ ވާހަކަ އެއް ނުދައްކާނަމޯ.. އަހަރުމެންނަށް އުޅެ އުޅެވެސް އޭނަގެ ފަރާތުން އެއްވެސް އެއްޗެއް ނުހޯދުނު” އައިރް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނާސިރު އެވަރަކުން އަހަރެންނާއި ވާހަކަ ދައްކަން އެއުޅެނީ ކީއްވެ ހެއްޔެވެ. ވަކި ހިސާބަކަށް ދިޔަތަނާ ހަތަރު ފުލުހުން މަޑުކޮށްގެން ތިއްބެވެ. އައިރް ފެންނައިރަށް ކޮންމެ މީހަކު ސެލިއުޓް ކޮށްލައެވެ. އެމީހުން ފަހަނަ އެޅުމަށްފަހު އަހަރުމެން ވަނީ ޖެހިގެން ހުރި ރޫމްއަށެވެ. އޭރު އެތަނުގައިވެސް ތިން ފުލުހުން މަޑުކޮށްލައިގެން ތިއްބެވެ.

އައިރް ވަންނަ އިރަށް ތިން މީހުން ސަލާމް ކޮށްލިއެވެ. އަހަރެން އެބުރި ބަލާލިއިރު އެތަނުގައި އެއްފަރާތެއްގައި ހަރުކޮށްފައި ހުރި ލޯގަނޑުން އަހަރެންނަށް ނާސިރު ފެނިގެން ދިޔައެވެ. “މިއީ އާސީން..” އެތަނުގައި ތިބި ފުލުހުންނަށް އައިރް ބުނެލިއެވެ. ކޮންމެ މީހަކު އަހަރެންނަށް ހިނިތުންވެލިއެވެ. އަހަރެން އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އެ ލޯގަނޑާއި ކައިރިއަށް ޖެހިލީމެވެ. “ކިހިނެއް ވެފަ އެއިނީ” ނާސިރު އިނީ އިސްޖަހައިގެންނެވެ. މޫނު މައްޗަށް ވަނީ އިސްތަށިގަނޑު ވެއްޓިފައެވެ. ކުއްލިއަކަށް ނާސިރު އެ ލޯގަނޑާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުން މިފަހަރުވެސް އަހަރެންނަށް އަލިފާން ކުލައެއް ފެނުނުހެން ހީވެގެން ދިޔައެވެ. ބިރުގަތްވަރުން އަހަރެންނަށް ފަހަތަށް ޖެހިލެވުނެވެ. އެވަގުތު އަހަރެންނަށް އެރުނީ އައިރްގެ ބޫޑް މައްޗަށެވެ. “ޑޯންޓް ވޮރީ.. އޭނާއަކަށް މިތަނެއް ނުފެންނާނެ” އައިރް ބުނެލިއެވެ. އެކަމަކު އަހަރެން އެކަން ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. އޭނާ ބަލާލި ގޮތުން ހީވީ ސީދާ އަހަރެންގެ މޫނަށް ބަލާލިހެންނެވެ.

“އޯކޭ.. ކޮބާ ބޭނުމަކީ..” އަހަރެން އެ ލޯގަނޑާއި ވީހާވެސް ދުރަކަށް ޖެހިލީމެވެ. އެރޫމްގެ އަނެއް ފަރާތަށް ދިޔައީ އެމީހާ ފެނުމުންވެސް އަހަރެން ބިރުން ހަލާކުވާތީއެވެ. “އަހަރެން ބޭނުންވަނީ ނާސިރު ބުނަން އުޅެނީ ކޮން ވާހަކައެއްތޯ އަހަން.. އާސީން އަށް އެކަނި އެކަން ކުރެވޭނީ.. އަހަރެން ބޭނުންވަނީ އާސީން އޭނައާއި ވާހަކަ ދައްކަން” އައިރް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އެމީހާ އިން ގޮތް އެއިނީއެވެ. އެހާ ބިރުވެރި މީހެއް ކައިރިއަށް އަންހެން ކުއްޖަކު ފޮނުވާކަށް މި މީހުން ޖެހިލުމެއްވެސް ނުވޭ ހެއްޔެވެ. އެމީހާ އަހަރެންނަށް ކަމެއް ކޮށްފިއްޔާ އަހަރެން ހަނދާނީ ކިހިނެއް ހެއްޔެވެ. “ޑޯންޓް ވޮރީ.. އާސީންއަށް އެމީހާ އެއްވެސް ކަމެއް ނުކުރާނެ.. އަހަރުމެންގެ މީހުން އަބަދުވެސް އާސީން ކައިރީގައި ތިބޭނެ” މިފަހަރުވެސް އައިރްއަށް އަހަރެންގެ ހިތުގެ އަޑު އިވުން ކަހަލައެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “މިގަޑީގައި މިކަމަށް އެއްބަސް ނުވިޔަސް އެންމެ ރަނގަޅު.. އަހަރުމެން އާސީންއަށް އެއްވެސް  ކަމެއް މަޖްބޫރު ކުރާކަށް ބޭނުމެއް ނޫން.. އާސީން ވިސްނާލާ.. އޭގެ ފަހުން ޖަވާބެއް ދީ.. އޯކޭ” އައިރް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އަޅުގަނޑު ތިކަން ކޮށްދޭނަން.. އެކަމަކު މިއަދަކު ނޫން.. މިހާރު އަޅުގަނޑު ބޭނުންވަނީ ގެއަށް ގޮސްލަން.. މާދަން އެންމެ ރަނގަޅުތޯ” އަހަރެން އަހާލީމެވެ. “އެންމެ ރަނގަޅު..” އައިރް އެއްބަސް ވިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. “އެކަމަކު އަހަރެންގެ ޝަރުތެއް އެބަ އޮތް.. މިކަން ކުރާކަމަށް ވާނަމަ.. މިތަނުގައި ދެކެވޭ ވާހަކަތައް މިތަނުން ބޭރަށް ގޮސްގެން ނުވާނެ.. އެއްވެސް ވަރަކަށް” އައިރް ބުނެލިއެވެ. “ފައިން.. ކޭން އައި ގޯ ނައު” އަހަރެން އަވަސްކަމާއި އެކު ބުނެލީމެވެ. އަހަރެންނަށް އެތަނުގައި ހުންނަން އުދަގޫވަމުން ދިޔައެވެ. ކީއްވެ ކަމެއް ބުނާކަށް ނޭނގެއެވެ. ބުނަން ނޭނގޭ އިހްސާސްތަކެއް އަހަރެންނަށް ވަމުން ދިޔައެވެ. އުދަގޫ ގޮތަކަށް ހޫނުވަމުން ދިޔައެވެ. އަހަރެންގެ ނޭވާ ހާސްވަމުން ދިޔަކަހަލައެވެ. “މައްސަލައެއްނެތް.. އަހަރެން މާދަން ހެނދުނު އާސީންއަށް ގުޅާނަން.. އެންމެ ރަނގަޅުތަ” އައިރް އަހާލިއެވެ. އަހަރެން އާއެކޭ ބުނަމުން އެތަނުން އަވަހަށް ނިކުތީމެވެ. މާގިނަ އިރެއް ނުވެ އެހެން ފުލުހުންގެ މީހެއް އައެވެ. “ދުރުވޭ.. އަޅުގަނޑު އާސީން ގެއަށް ގެންގޮސް ދޭނަން” އެމީހާ ބުނެލިއެވެ. އަހަރެން އަވަސްކަމާއި އެކު އެމީހާގެ ފަހަތުން ހިގައިގަތީމެވެ.

ފުލުހުންގެ ވެހިކަލްގައި އަހަރެން ގެއަށް އައިއިރު ރޭގަނޑު ވެއްޖެއެވެ. އޭރު ގޭ އެންމެން އަހަރެންގެ ހަބަރެއް ނުވެގެން ހާސްވެގެން އުޅެއެވެ. ސިޓިންރޫމްގައި މަންމައާއި ބައްޕަ ތިއްބެވެ. އަދި އިތުރަށް ދޮންބެއާއި ދޮންބެ ރައްޓެހިވެގެން އުޅޭ ކުއްޖާވެސް ހުއްޓެވެ. “ކޮއްކޮ” އަހަރެން ފެނުމާއި އެކު ދޮންބެ ގޮވާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެމީހުންގެ ސުވާލު ތަކަށް ޖަވާބު ދޭން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. އެކަމަކު އަހަރެންނަށް ހުރީ ވަރަށް އުދަގޫވެފައެވެ. ދޮންބެ އައިސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ސޯފާގައި އިށީދެލިއެވެ. “ދަރިފުޅާ..” މަންމަ ގޮވާލިއެވެ. އަހަރެން މަންމައާއި ބައްޕަގެ މޫނަށް ބަލާލީމެވެ. އެމޫނުމަތީގައި ހުރި ހުރިހާ ސުވާލެއް އަހަރެންނަށް ނަގައިގަނެވުނެވެ. “ފުލުހުން ބޭނުންވަނީ އަހަރެން އެމީހާއާއި ވާހަކަ ދައްކަން..” އަހަރެން ބުނެލީމެވެ. “އެއީ ކީއްވެ..” “ދަރިފުޅު އެމީހާ އާއި ވާހަކަ ދައްކަން ބޭނުންވަނީ ކީއްވެ” “ކޮބާ ބޭނުމަކީ” އެންމެން އެއްފަހަރާ ސުވާލުތައް އަހަރެންނާއި އަމާޒުކޮށްލިއެވެ. އަހަރެން ކުޑަގޮތަކަށް އައިރް ދެއްކި ވާހަކަ އާއި އަހަރެން މިކަން ކުރަން ބޭނުންވާ ވާހަކަ ބުނެލީމެވެ. އަދި ވަރުބަލި ކަމަށް ބުނެ ކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ.

އަހަރެންނަކީ އަބަދުވެސް ހިތްބިރުގަނެ އުދަގޫވާނަމަ ނަމާދު ކުރާ މީހެކެވެ. ކިތައްމެ ބިޒީކޮށް އުޅުނަސް އަހަރެން އަބަދުވެސް ކޮންމެ ދުވަހަކު ނަމާދު ކުރަމެވެ. ފަސްނަމާދު ކޮށް ޤުރުއާނުން ކޮންމެވެސް ވަރެއްގެ މިންވަރެއް ކިޔަވަމެވެ. އަވަހަށް ކޮޓަރިއަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ އަހަރެން ނަމާދުކޮށްލީމެވެ. ހިތައް ލިބިފައިވާ ނުތަނަވަސްކަން ވަގުތުން ފިލައިގެން ދިޔަކަހަލައެވެ. މީހާ އުޖާލާ ވެގެން ދިޔަ ކަމުގެ އިހްސާސް އަހަރެންނަށް ކުރެވުނެވެ. “އާސީން” ދޮންބެ ރައްޓެހިވެގެން އުޅޭ ހާނީ ކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ. އޭރު އަހަރެން އިނީ ޤުރުއާން ކިޔަވާށެވެ. ” އަހަރެންނަށް ހާދަ ހީވެއޭ އާސީން ކަމެއް ސިއްރު ކުރާހެން” ހާނީ އެހެން ބުނެލީ އަހަރެން ހަތިމް ލައްޕާލުމުންނެވެ. އަހަރެން ހާނީ އާއި ދިމާލަށް ބަލާލީމެވެ. ހާނީ އަކީ އަދި އަހަރުމެންގެ މެންބަރެއް ނޫން ކަމުގައި ވިޔަސް އަހަރެންނާއި ހާނީ އަކީ ނުލާހިކު ގާތް ދެ އެކުވެރިންނެވެ.

ހާނީ އައިސް އެނދުމަތީގައި އިށީދެލިއެވެ. “ތެދައް ބުނާނަމަ ހާނީ.. އަހަރެން ވަރަށް ބިރުގަނޭ.. އެމީހާ ފެނުނަސް އަހަރެން ބިރުގަނޭ.. ނޭނގޭ.. ބުނެދޭކަށްވެސް.. ވަރަށް އުދަގޫ ގޮތެއްވޭ.. ހާނީ.. އަހަރެންނަށް ހީވަނީ މިހާރު މީހަކު އަހަރެންނަށް ފާރަލާހެން.. ” އަހަރެން ބިރުގަންނަ ސަބަބު ހާމަ ކުރީމެވެ. ” އަހަރެން ހިތައް އަރާ އެމީހާ ކީއްކުރަން ބާއޭ އާސީންއާއި ބައްދަލު ކުރަން އެވަރަކުން އެއުޅެނީ” ހާނީ އަހާލިއެވެ. “ތިއީތާ އަހަރެންވެސް ބޭނުންވާ ސުވާލުގެ ޖަވާބަކީ.. އަހަރެންވެސް ހިތައް އަރާ ކީއްކުރަންބާއޭ.. އޭނާ އަހަންނާއި ބައްދަލު ކުރަން އެއުޅެނީ” އަހަރެން ބުނެލީމެވެ. “އެކަމަކު އާސީންއަށް ތިހެން ފީލްވަންޏާމު” “އަހަރެން އެކަމާއި ވީސްނާނަން އިނގޭ.. ހާނީ އަޅާނުލާ.. އެންޑް ޕްލީޒް ދޮންބެ ކައިރީގައި މީގެން އެއްވެސް ވާހަކައެއް ނުދައްކާތި” އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި އައިރްގެ ސިފަ ކުރެހިގެން ދިޔައެވެ. ވަގުތުން މޫނުމައްޗަށް ހިނިތުންވުމެއް އައެވެ. “ހޫމް ހޫމް.. އަނެއްކާ އެހެން ކަމެއްވެސް އުޅެނީތަ” ހާނީއަށް އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުން ފެނުމުން އަހާލިއެވެ. “އަޅޭ.. ކިހިނެއް ބުނެދޭނީ.. އޭނަ ހާދަ ރީއްޗޭ” އަހަރެންނަށް ބުނެވުނެވެ.

“ކާކު.. ޖައިޝް ތަ” އަހަރެން ހާނީއަށް ޖައިޝްގެ ވާހަކަތައް ވާނީ ކިޔައިދީފައެވެ. “އޯހް ޕްލީޒް.. އޭނައެއް ނޫނޭ.. މިއަދު ފެނުނު ޕޮލިހެއް.. ސޯ ހޭންޑްސަމް.. ސޯ ނައިސް.. ސޯ އެވްރީތިން” އަހަރެން މޭމަތީގައި އަތް އަޅައިގެން އެނދުމައްޗަށް ވެއްޓިގަތީމެވެ. “އޭނަގެ އެހުރި ބަލާލުމެއް.. އޭނަގެ އެހުރި ވާހަކަ ދެއްކި ސްޓައިލްއެއް.. އޯހް މައި ގޯޑް.. ރިޔަލީ އަހަރެންގެ ހިތެއް މިހާރު މިހަށިގަނޑަކު ނެތް” އަހަރެން ބުނެލީމެވެ. ހާނީ ފާޑަކަށް މޫނަށް ހަދައިގެން އިނެވެ. “އޯކޭ.. އޯކޭ.. އަހަރެންނަށް އެނގޭ ޕްރޮފެޝަނަލިޒަމް އޭ ކިޔާ އެއްޗެއްވެސް ވާނެ ކަން.. އެކަމަކު ސީރިއަސްލީ.. އަހަރެންނަށް އޭނަ ފެނުނު ވަގުތު ހުރެވުނު ތަންވެސް ނޭނގުނު.. އެއްވެސް ގުޑުމެއް ނުގެނުވުނު.. އިޓްސް ލައިކް އަހަރެންގެ ޕްރިންސް އައިއޭ” އަހަރެން ބުނީމެވެ. “އެހެނޭ ވާނީ.. އަބަދާއި އަބަދު ތި ކިޔަނީ ތިކަހަލަ ހިޔާލީ ވާހަކަ.. އަހަރެން ހިތައް އަރާ ޖާނަލިސްޓްއަކު ތިހާ ހިޔާލީ ވާހަކައަށް ލޯބި ކުރަނީ ކީއްވެ ބާއޭ..” ހާނީ ދިމާކުރުމުގެ ގޮތުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

އެރެއަކީ ބައްޕަ ހުރި ރެއެއް ކަމުން އަހަރެންނާއި މަންމަ ނިދާ ކޮޓަރި މަންމައާއި ބައްޕައަށް ދިނީމެވެ. އަދި ކޮއްކޮ އާއި ދޮންބެ އެއްކޮޓަރިއަކަށް ބަދަލުވެފައި އަހަރެންނަށް ކޮއްކޮގެ ކޯޓަރި ލިބުނެވެ. ބައްޕަ މާލޭގައި ހުންނަ ރެއެއްގައި އަހަރުމެން ހަދަނީ އެގޮތަށެވެ. އަހަރެން އެނދުގައި އޮށޯތީމެވެ. އޭރުވެސް ބުނަން ނޭނގޭ ކަހަލަ ގޮތަކަށް މީހާއަށް ހުރީ އުދަގޫވެފައެވެ. އެހެންކަމުން އޮށޯތުމުގެ ކުރިން ނަމާދުކޮށް ދުއާ ކޮށްލީމެވެ. އަހަރެންނަށް ނިދަން އާއްމުވެފައިވަނީ ލައިޓް ނިއްވާލައިގެން ކަމުން އަހަރެން އެނދުގައި އޮށޯވެ ލައިޓް ނިއްވާލީމެވެ. ބޭރު ފެންނަ ގޮތަށް އެކޮޓަރިގައި ކުޑަ ދޮރެއް ހުރެއެވެ. އަހަރެން އެކޮޓަރީގައި ނިދާއިރު އާއްމުކޮށް އެކޮޓަރީގެ ކުޑަދޮރު ބަހައްޓަނީ ހުޅުވާފައެވެ. ދެލޯ މަރާލުމަށްފަހު އަހަރެން އިރުކޮޅު އޮތީމެވެ. ނަމަވެސް އަހަރެންނަށް މީހަކު އެކޮޓަރީ ތެރޭގައި އުޅޭ ކަމުގެ އިހްސާސް ވަމުން ދިޔައެވެ. އަހަރެންނަށް ބަލަހައްޓައިގެން ހުންނަ ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. އެހެންކަމުން ދެލޯ މަރާލައިގެން އަހަރެންނަކަށް ނޯވެވުނެވެ. އެއަދިރި ތެރެއަށް އަހަރެން ދެލޯ ހުޅުވާލީމެވެ. އެންމެ ފަހުން ނޯވެވިގެން ތެދުވީމެވެ. ކޮޓަރިން ބޭރަށް ނިކުތީމެވެ. އޭރު ގަޑިން ދަންވަރު 12 ޖަހައިފިއެވެ. އަހަރެން ސިޓިން ރޫމްގައި ފެން ތައްޓެއް ހިފައިގެން އިށީދެލީމެވެ.

“ދަރިފުޅާ” ސިހިގެން ދިޔައީ ބައްޕަގެ އަޑަށެވެ. ސިހިގެން ދިޔަ ވަރުން އަތުގައި ހުރި ފެންތަށި ނުވެއްޓުނީ ކިރިޔާއެވެ. “ނުނިދާ ރެއެއްތަ” ބައްޕަ ލޯތްބާއި އެކު އަހާލިއެވެ. އަދި އައިސް ސިޓިންރޫމްގައި އިށީދެލިއެވެ. އަހަރެންނާއި ބައްޕައަކީ އާއްމުކޮށް ހުރިހާ ކަމެއް ކަހަލައިން ޝެއާ ކުރާ ދެމީހުންނެވެ. މަންމައަށް ވުރެއް ބޮޑަށް ގިނަ ކަންތައް ކިޔައިދެވިފައި ހުންނާނީ ބައްޕައަށެވެ. “ބައްޕައަށް ކުރިންވެސް ފާހަގަ ކުރެވުނު.. މިއަދު ފުލުސް އޮފީހުން އައި ސުރެއް ދަރިފުޅަށް އުދަގުލެއް ވަމުން ދާހެން ހާދަ ހީވެއޭ” ބައްޕަ ވާހަކަ ދެއްކިއެވެ. އަހަރެން ބައްޕައާއި ދިމާލަށް ބަލާލީމެވެ. އަދި ކުރު ގޮތަކަށް ވެގެން އުޅޭ ކަންތައް ކިޔައިދިނީމެވެ. “މާ ލަހަކުން ނުން ދަރިފުޅު ތި ވާހަކަ ތި ބުނީ.. ކުރިން ބައްޕަ ކައިރީގައި ބުނެލި ނަމަ..” ބައްޕަ ބުނެލިއެވެ. އަދި ތެދުވެ ގޮސް ފެން ތައްޓެއް ހިފައިގެން އައެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު އަހަރެން ކައިރީގައި އެބޯލަން ބުންޏެވެ. އަހަރެން ފެންތަށި އެއްފަހަރުން ހުސްކޮށްލީމެވެ. “ދެން ދޭ ނިދަން.. މިރޭ އިރާދަ ކުރެއްވިއްޔާ އުދަގުލެއް ނުވާނެ ދެނެއް.. އެކަމަކު މާދަން އަދި ބައްޕައަށް އަންގާލާތި ފުލުސް އޮފީހަށް ދިއުމުގެ ކުރިން” ބައްޕަ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އެތަނުން ތެދުވީމެވެ. ކޮޓަރިއަށް ގޮސް އޮށޯވެލި އިރު އެއްވެސް ބިރުވެރިކަމެއް ހިތަކު ނެތެވެ. އަވަސްކަމާއި އެކު ނިދިއްޖެއެވެ.

އާދައިގެ މަތިން އަހަރެން ފަތިސް ނަމާދަށް ހޭލީމެވެ. ނަމާދު ކޮށްލައިގެން އަހަރެންގެ ވާހަކަ ފޮތްތަކުން ފޮތެއް ކިޔަން އޮތީމެވެ. އެންމެން ހޭލަން ވާއިރަށް ސައިހެދުމަށްޓަކައި ބޭރަށް ނިކުތީ ހައެއް ޖެހިފަހުންނެވެ. ސައިގެ ކަންތައް ނިންމާލުމަށްފަހު ސިޓިންރޫމްގައި ޖައްސާލީމެވެ. އޭރު ދޮންބެ އޮފީހަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. މަންމަވެސް ހޭލައިގެން ބަދިގޭގައި އުޅެއެވެ. ބައްޕަ ފަތިސްނަމާދަށް ދިޔަ ގޮތަށް ގެއަކަށް ނާދެއެވެ. ފޯނު ރިންގުވާން ފެށީ އަހަރެން ސިޓިމްރޫމްގެ ސޯފާ މަތީގައި އޮއްވައެވެ. ބަލާލިއިރު ގުޅަމުންދިޔައީ އަހަރެން ކުރިން މަސައްކަތް ކުރި އޮފީހުންނެވެ. “އާސީން.” ހަލޯއޭ ބުނުމުން އެކޮޅުން ވާހަކަ ދެއްކީ ޖައިޝްގެ ސެކެޓްރީއެވެ. “ޖައިޝް ބޭނުންވޭ އެބަ އާސީންއާއި ބައްދަލު ކުރަން މިއަދު.. އެހެން ވީމަ މިއަދު އޮފީހަށް 9ޖަހާއިރަށް އާދެވިދާނެތަ” ސެކެޓްރީ އަހާލިއެވެ. “ނޫން އަހަރެން ވަރަށް ބިޒީ.. ތިބުނާ ޖައިޝްއެއް ކައިރީގައި ބުނޭ އަހަރެންނާއި ބައްދަލު ކުރަން ބޭނުންނަމަ އަންނާށޭ އަހަރެން އުޅޭ ތަނަށް” އެހެން ބުނުމަށްފަހު އަހަރެން ފޯނު ކަނޑާލީމެވެ.

އެއީ ކީކޭ ހިތައް އަރައިގެން އުޅޭ މީހެއް ހެއްޔެވެ. ބޭނުންވީމަ އެތިވަރު ގޮވާލާފަ ބޭނުންވީމަ ބައްދަލު ކުރަންވީއެވެ. އަނެއްކޮޅުން އަމިއްލައަށް އެހެން ބުނަންވެސް ކެރުނީކީ ނޫނެކެވެ. ފޯނު ބައްވާފައި އެބުރެލި އިރު ދޮންބެ ހުރީ ފަހަތު އެވެ. ދޮންބެ ދެފަރާތަށް ބޯ ހޫރާލުމަށްފަހު އެތަނުން ދިޔައެވެ. އަހަރެންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭގެ އިރުކޮޅެއް ފަހުން ބައްޕަ ގެއަށް އައިސް އަހަރެންގެ އަތަށް ގަނޑުކޮޅެއް ދިނެވެ. އަހަރެން ބައްޕައަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ. ގަޑިން ނުވައެ ޖެހިތަނާ އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. “ހަލޯ” ފޯނު ކަންފަތުގައި ޖަހަމުން އަހަރެން ބުނެލީމެވެ. “އަހަރެންގެ ފޯނަކަށްތަ ތި އިންތިޒާރު ކުރަނީ” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. “ސޮރީ” އަހަރެންނަށް ބުނެވުނެވެ. “އިޓްސް މީ އައިރް.. ބުނީމެއްނުން ގުޅާލާނަމޭ” ހިނިގަނޑެއް ޖަހާލަމުން އައިރް ބުނެލިއެވެ. “ސޯ ރެޑީތަ” އައިރް އަހާލިއެވެ. އަހަރެން ވަގުތުން ލަދު ގަނެ މީހާ ފިނިވިއެވެ. “އާދެ.. އަޅުގަނޑު ރެޑީ..” އަހަރެން ބުނެލީމެވެ. “އެހެންވީމަ ބަލާ ފޮނުވަންވީތަ” އައިރް އަހާލިއެވެ. “ނޫން އަޅުގަނޑު 10 ޖަހަންވާއިރަށް ދާނަން.. އެންމެ ރަނގަޅު ތޯ” އަހަރެން އަހާލީމެވެ. “އާ.. މިކޮޅަށް އައިސް ކައުންޓަރުގައި ބުނެލާ އައިރްއާއި ބައްދަލު ކުރާށޭ އިނގޭ” އައިރް ބުނެލިއެވެ. އަހަރެން އާއެކޭ ބުނުމުން އެކޮޅުން ފޯނު ކަނޑާލިއެވެ.

އައިރްގެ އަޑު ފޯނުންވެސް ހާދަ ފިރިހެނެވެ. ހިތުގައި އަހަރެންނަށް އަތް ޖައްސާލެވުނެވެ. މަންމައާއި ބައްޕަ ކައިރީގައި އެވާހަކަ ބުނުމަށްފަހު އަހަރެން ތައްޔާރުވާން އެތެރެއަށް ވަނީމެވެ. އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. ދޮރުހުޅުވާލި އިރު ކޮއްކޮ ފާޑަކަށް ހިނިއައިސްފައި ހުއްޓެވެ. “ދޮންތަގެ ބިޓު އެބަހުރި އައިސް” ކޮއްކޮ ބުނެލިއެވެ. އަހަރެން ބުމަ އަރުވާލީމެވެ. “އެއްކަހަލަ ނައިސް ހޭންޑްސަމް” އެހާ ހިސާބަށް ބުނެވުނުތަނާ އަހަރެންނަށް އެއީ ކާކުކަން އެނގުނެވެ. އަވަސް ކަމާއިއެކު ނިކުން އިރު ޖައިޝް އިނީ ބައްޕައާއި މަންމައާއި ދެމީހުންނާއި ވާހަކަ ދައްކާށެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު (7)

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 6..

Next
April 2, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 6..

Previews
April 2, 2016

ފެންނާތީ ޔާރާގެ މޫނު (7)

46 Comments!

  1. Fantasy says:
    April 2, 2016 at 5:04 pm

    ކިހިނެއްތަ ހުރިހާ ކުދިން.. މިއަދުގެ ބައިވެސް ކަމުދާނެ ކަމަށް ހީކުރަން.. އާދިއްތައިގެ ކުރިން މި ގެނެސްދިނީ ކުރިން އިންތިޒާރުގައި ތިބޭނެ ކަން އެނގޭތީ 🙂 ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂

  2. Nuxu says:
    April 2, 2016 at 6:04 pm

    Nice story..really interesting one. …. keep it up. .☺☺☺

    1. Fantasy says:
      April 3, 2016 at 7:59 am

      thnks nuxu v bodu koh 🙂

  3. Mashu says:
    April 2, 2016 at 6:26 pm

    v reethi… keep it up Fantasy… hama asluves.. v suspense eba huri create kohfa.. cant wait for the next part… aneh bai avahah genesdinun eden.. plz…

    1. Fantasy says:
      April 3, 2016 at 8:00 am

      thnks mashu bodu koh igey… avahah genes dheveytho v try kuraanan 🙂

  4. Superman says:
    April 2, 2016 at 6:29 pm

    Alhey haadha reechey.. shaugu verikamaa eku kiyaalevun.. hehe.. dhen kykuran tha mom n dad ah kotari dhiny visna visna vs neygun ehen hedhi kyve kameh :p

  5. Superman says:
    April 2, 2016 at 6:31 pm

    Varah interesting.. shaugu verikamaa eku kiyaalevun.. ekam aseen kyve tha mom n dad ah kotari dhinee?? :p

  6. Superman says:
    April 2, 2016 at 6:32 pm

    Nice

  7. shine says:
    April 2, 2016 at 6:53 pm

    Wow woww woww.. so nice ingey Fantasy… Ofcox dhn inthizaaruga ehnun thibeyny.. Mi story hama ehaavx ryhchey..Btw, nxt part anekka nxt sunday gatha?????? Alhe avahah up kohdhehchey. Cnt wait……….

  8. Naina says:
    April 2, 2016 at 6:55 pm

    Niiiiiice!!!!

    1. Fantasy says:
      April 3, 2016 at 8:00 am

      thnks naina 🙂

  9. ken? says:
    April 2, 2016 at 7:44 pm

    fantasy bunedhyba mi story up vaane days thah
    btw hama superb ey buneveynee…vaahaka kuriah dhaa goi v v v interesting

    1. Fantasy says:
      April 3, 2016 at 8:01 am

      thnks ken dear 🙂 next bai tuesdayge kurin genes dheynan igey dear 🙂

  10. Aana says:
    April 2, 2016 at 8:31 pm

    Plz avahah up kohdhyba

    1. Fantasy says:
      April 3, 2016 at 8:44 am

      thnks aana dear 🙂

  11. pinkish says:
    April 2, 2016 at 8:39 pm

    Haadha lahakunney.. alhe avahah upkodheeba.. v reeethi mi vaahaka

    1. Fantasy says:
      April 3, 2016 at 8:45 am

      dear nimunyma hama up kury mi.. veehaa ves avas koh leveytho balaana igey pinkish 🙂

  12. Zully says:
    April 2, 2016 at 9:00 pm

    Fantasy Ge vaahaka thakaky nice stories…. But ingireysi bas beynun kurun madhukollaa… Room and light ei faahaga vi BA’s thakeh.. Dhen typing error EBA ulhey.. Good luck

    1. Fantasy says:
      April 3, 2016 at 8:50 am

      thnks v bodah zully 🙂 ingireysi bas thah v madhu kurevey tho balan igey.. adhi ves try kurn 🙂

  13. iffa says:
    April 2, 2016 at 9:24 pm

    V reethi and weiting for next episode.. plxxx avass…

    1. Fantasy says:
      April 3, 2016 at 8:51 am

      thnks iffa dear 🙂

  14. mishk says:
    April 2, 2016 at 10:00 pm

    nice…
    next time “media” dhivehin liyaairu hus”Raa”eh nuliyahchey bahuge fahathah…

    1. Fantasy says:
      April 3, 2016 at 8:51 am

      thnks mishk 🙂 thi kan ragalhu kohlaanan 🙂

  15. shine says:
    April 2, 2016 at 11:34 pm

    Alheyy wowww.. this is so so nice,, nd thank you buni dhuhah vure avahah genes dhinyma… ehnve a bunany fantasy vareh nethey.. hehe.. btw, nxt part kn irakun?? Anekka nxt sunday gatha????
    Avahah up kohdhehchey ingey, cnt wait…

    1. Fantasy says:
      April 5, 2016 at 8:16 am

      thnks shine igey bodu koh dear 🙂

  16. superman says:
    April 3, 2016 at 8:17 am

    alhey varah reethi story eh.. and btw kyve tha aaseen mom n dad ah room e dhinee? :p

  17. ninni says:
    April 3, 2016 at 8:19 am

    alhe varah reethi story eh..
    aasin kyve ba mom n dad ah room e dhinee :p

    1. Fantasy says:
      April 3, 2016 at 8:55 am

      thnks ninni bodu koh 🙂 😉

  18. Nee says:
    April 3, 2016 at 9:46 am

    story is awsom…. alhe next part thankolheh avahah up kohdhyba…. v kiyaa hithun mihury… i jst luv this story…

    1. Fantasy says:
      April 5, 2016 at 8:17 am

      thnks nee dear.. mihaaru up koh fin igey 🙂

  19. Niz says:
    April 3, 2016 at 10:29 am

    Wlcm back dear..hehehe finally niz ah anekka niz favrt writer ge story eh kiyaalan libijje..aslu niz v dhuvahah fahu mi site ah vadhely vadhe vunu iru fantasy ge story ge 2nd part up koffa inthan fenunyma avahah mi kiyaaly first part in feshigen…niz ah vvv reethi fantasy story genes dhyfa inna goi…ehen story thakaa v thafaath fantasy ge story…waitinin waiting 4 nxt part..keep it up..ur the bst…miss u dear…

    1. Fantasy says:
      April 5, 2016 at 8:17 am

      v happy vejje nizge thihaa lobi comment eh fenunyma … v bodu koh thnks igey dear 🙂

  20. nazoo says:
    April 3, 2016 at 11:06 am

    nice story.

    1. Fantasy says:
      April 5, 2016 at 8:18 am

      thnks nazoo 🙂

  21. shinnu says:
    April 3, 2016 at 11:29 am

    Wow nice story

    1. Fantasy says:
      April 5, 2016 at 8:18 am

      thnks shinnu 🙂

  22. eeeek says:
    April 3, 2016 at 2:11 pm

    okay…. O M GGG… this is soooo nice.. wow… just fantastic…. Nd so cool .. Fantasy i like your stories just perfect .no one is perfect.. but i think you are just perrfect really this is so GReat.. okay.. so good luck.. 🙂 and love you too … oh my god .. okay i have nuthing to say.. and i am…. dah! bye..

  23. eeeek says:
    April 3, 2016 at 2:13 pm

    hello every one,…… anything to say about my comment???? anyways heyyy???

    1. Fantasy says:
      April 5, 2016 at 8:19 am

      thnks eeeek v bodu koh 🙂

  24. eeeek says:
    April 3, 2016 at 2:16 pm

    so where are my hottieiixxxx??? hey never mind about that . okay? yah! give a reply.. okay i think i should stop acting this way.. eeeek….. stop it.. huh. well, byeee… mmmwah>>

  25. Anonymous says:
    April 3, 2016 at 4:00 pm

    liyanveenu “beynumeh aaekeve” . ehenya “beynumeh nooneke” liyevenya beynumh aaekeve ves liyeveynetha. ragalhu gothaky beynumeh nooneve

    1. Fantasy says:
      April 5, 2016 at 8:20 am

      thnks Anonymous 🙂

  26. Rineesha says:
    April 4, 2016 at 9:41 pm

    Oh rieesh ge favourite stry ah vejje mi stry……
    My sister ia also marriying police akaa Koatun meet vegen… In april 1st. And nice story dump

    1. Fantasy says:
      April 5, 2016 at 8:21 am

      thnks rieesh bodu koh igey… 🙂 fantasy ge faraathun ufaaveri life akah edhen rieesh ge sister ah igey 🙂

  27. Faxoo says:
    April 7, 2016 at 12:29 pm

    wow varah salhi.. i thought airr kamah innaany sofa ga 😛 hehe. midhuvas kolhu busy kamun vaahaka nukiyeny, but faxu, fantasy ge vaahaka eh vejjeyya kiyeythw balany 😀 good job!

  28. ny says:
    April 7, 2016 at 3:48 pm

    Varareethi bt mee anhenkujaagayatha or firihenkujjetha ny a plight miulheny

Comments are closed.

Next Episodeއިންސާފް .. 03 ވަނަ ބައި←


All Right Reserved!