Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 36

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
June 3, 2026 9 Mins Read
20 Comments

“މޭބީ އައިމް ޖަސްޓް ބީންގ ޕެރެނޮއިޑް..” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ރައިހާންއަށް ބުނެވުނު ނަމަވެސް، ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެންމެ ފަހުން ލެވުނުހައި ބާރެއް ލާފައި އަތްގަނޑަށް ދަމައިލުމާ އެކީ އެ ކަބަޑު ހުޅުވިގެން ދިޔައެވެ. އެތެރޭގައި އޮތް ފޯނު އޭނާއަށް ފެނުނީ ދެނެވެ. ދެލޯ ހަނިކޮށްލަމުން ރައިހާން އެ ފޯނު ނަގައި ބަލައިލީ އެއީ ލިވްޔާ ގެންގުޅުނު ފޯނު ނޫންކަން ޔަގީންވާތީއެވެ. އޭނާއަށް ނޭނގޭ ކޮންމެވެސް ސިއްރެއް ފޮރުވިފައިވާކަމަށް ހިތުން އިންޒާރުދޭން ފެށުމާ އެކީ ރައިހާން ވަގުތުން އެ ފޯނު ހިފައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އައިފޯނެއް ކަމުން އޭނާގެ ޗާޖަރަށް ޖެހުނުކަމީ ނަސީބެކޭ ހިތަށް އެރިއެވެ. އިރުކޮޅަކުން ފޯނު ޗާޖުވާން ފެށި މަންޒަރާ އެކީ ރައިހާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ކިރިޔާ ހަމަ ޗާޖުވެލާ އިރަށް ރައިހާން ފޯނު ނަގާފައި ހުޅުވައިލީ، ހާމަވާން މި އުޅޭ ހަގީގަތުގެ ބޮޑުކަން ނޭނގި ހުރެއެވެ،

“ރެން!” ހަމަ އެވަގުތު ދޮރުމަތިން މީހަކު ގޮވައިލި އަޑު އިވިގެން ރައިހާން ފަހަތް ބަލައިލި އިރު ދޮރުމަތީގައި ޔާނިއު އާއި ލައިނީ ތިއްބެވެ. އެވަގުތު ރައިހާން އަވަސްއަވަހަށް ފޯނު ފޮރުވުމަށް ބާލީސްދަށަށް ލިއެވެ.

“ލާލަ ނިދީތަ..؟” ޔާނިއު އަހައިލުމާ އެކީ ރައިހާން ހިނިތުންވަމުން ބޯޖަހައިލިއެވެ.

“ޓަޔަރޑްވެފަ ހުރި ވަރުން ކަންނޭނގެ.. ބެލްކަނީ އުނދޯލީގަ އިނދެފަ ހެއްލައިލާ އިރަށް ނިދިއްޖެ.. ކޮބާ ދެމީހުންގެ ޑޭޓް ނައިޓް ކިހިނެއްތަ..؟” ރައިހާން ސަމާސާކޮށްލުމާއެކީ ޔާނިއުއާއި ލައިނީގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވިއެވެ.

“ވަރަށް ސަޅި.. ތެންކްސް ރެން.. މިހެން ދެން ލާލަ ރެންއާ ހަވާލުކޮށްފަ ގިނަގިނައިން ދާންކަމަށް މި ވިސްނަނީ އިނގޭ..” ސަމާސާ ރާގެއްގައި ޔާނިއު ބުނެލުމާ އެކީ ރައިހާން ވެސް ހީގަނެފައި އެންމެ ރަނގަޅޭ ބުނެލިއެވެ. އެއަށްފަހު ރޭގަނޑުގެ ތަހުނިޔާ ކިޔައިލާފައި ޔާނިއުގެ ދެމަފިރިން ދިޔުމުން ރައިހާން ގޮސް ދޮރު ތަޅުލިއެވެ. އެއަށްފަހު އެނބުރި އައިސް އެނދުމަތީގައި އިށީނދެފައި އަނެއްކައި ވެސް އެ ފޯނު ނެގިއެވެ.

ފޯނު ހުޅުވައިލުމާއެކު ޖަހަން އެރި ޕާސްވޯޑުން ރައިހާންގެ އުއްމީދު ފަނޑުވެގެން ދިޔައެވެ. އެހެނަސް، އަދި އެ ފޯނުގެ މުހިއްމުކަން ނުވިސްނޭތީ އެވަގުތު ރައިހާން އެ ހުޅުވަން މަސައްކަތް ނުކޮށް ބޭއްވިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އެނދުމަތީގައި އޮށޯވެ ދެލޯ މަރައިލީ ލިވްޔާގެ ރީތި ސޫރަ ހިތަށް ގެންނަމުންނެވެ. ހިތާ ދިމާލުން މޭމަތީގައި ފިރުމައިލެވުނީ އެ ސޫރަ ހިތުގައި ކުރެހިގެން ދިޔުމުން އެކަނި ވެސް ހިތުގައި އެޅި ވޭނަށް ކެތް ނުވެގެންނެވެ. ލިވްޔާއާ މެދުގައި އަނެއްކައި ވެސް އެތައް ޝަކުވާއެއް އުފެދިގެން ދިޔަ އިރު، ރައިހާންއަށް ނޭނގުނު ކަމަކީ އެހިތުގައި މިއަދު އެ އަޅާ ވޭނުގެ ދެގުނަ އަނިޔާ ލިވްޔާގެ ހިތަށް ލިބެމުން ދާކަމެވެ.

*** ** ***

މީހަކު ބެލް އަޅައިލި އަޑު އިވުމާ އެކީ ލިވްޔާ ލެޕްޓޮޕް ލައްޕައިލާފައި ތެދުވީ މިވަގުތު އަންނާނީ ކާކުކަން އެނގޭތީއެވެ. ގޭތެރޭގައި އަޅާ ކުޑަ ވަށްބުރުގާކޮޅެއް ބޮލަށް މަހައިލަމުން ލިވްޔާ ގޮސް ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައި ތިބި ކެންޑިސްއާއި އޭނާގެ ފިރިމީހާ ޖޯން ފެނުމުން ހުރިހައި ދަތްތަކެއް ފެންނަ ވަރަށް ހީލާފައި އެމީހުން ވަނުމަށް ތަން ދެއްކިއެވެ.

“އަން ދަރިފުޅާ.. ލިވްޔާއަށް ކުރިން ދުވަހު މާ މީރުވެގެން އުޅުނީމަ ހިތަށް އެރީ ގެނެސްދޭނަމޭ..” އަތުގައި އޮތް ތަށި ލިވްޔާއަށް ދެމުން ކެންޑިސް އިނގިރޭސިން ބުނެލުމާއެކީ ލިވްޔާގެ ހިނިތުންވުން ފުޅާވިއެވެ.

“ލަޒާންޔާތަ..؟ އަޅޭ! ކެންޑިސް ހާދަ ރަނގަޅޭ..” ލިވްޔާ ވެސް ހަމަ އިނގިރޭސިން ބުނެލި އިރު އަވަސްއަވަހަށް އުލެއް ހިފައިގެން ގޮސް މޭޒުދޮށުގައި އިށީނީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. އިއްޔެއާ މިއަދު ހެނދުނާ އެއްކޮށް އިމްތިހާނުތަކަށް ތައްޔާރުވާން މާ ބުރަކޮށް އުޅުމުން ލިވްޔާއަށް އެއްޗެއް ކައްކައިލާނެ ވަގުތެއް ނުވީއެވެ.

“ސާބަހޭ ދޫންޏާ! ހަމަޖެހިގެން ކައިބަލަ.. އެހެން މީހަކު ނާންނާނެޔޭ ތި ޖަހައިގަންނާކަށް..” ހިނިތުންވަމުން ޖޯން ބުނެލި ނަމަވެސް ލިވްޔާއަށް އެ އަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. ކެންޑިސް ވެސް ލިވްޔާއަށް ޖޫސް ތައްޓެއް ހަދައިދީފައި ގޮސް ޖޯން ކައިރީގައި ސޯފާގައި އިށީނީ ހަމްދަރުދީގެ ނަޒަރުން ލިވްޔާއަށް ބަލާށެވެ. ކެންޑިސް ވިސްނަމުން ދިޔަ ކަންތައް ނަގައިގަނެވުމާއެކު ޖޯން ލޯބިވާ އަނބިމީހާގެ އަތްތިލައިގައި ހިފައިލި ނަމަވެސް އެ ނަޒަރުގައި ވެސް ވަނީ ހަމްދަރުދީއެވެ. ލިވްޔާގެ އެކަނިވެރި ދިރިއުޅުން އެންމެ ގާތުން އެގޮތަށް ފެންނަ ކޮންމެ ފަހަރަކު އެދެމަފިރިންގެ ހިތަށް ކުރާ ފުން އަސަރު ބަޔާންކޮށްދޭން ވެސް ނޭނގެއެވެ.

“ވަރަށް ވަރަށް މީރު! ތެންކްޔޫ ސޯ މަޗް!” ކައި ނިންމައިލާފައި އެއް ނޭވާއިން ޖޫސްތަށި ދަމައިލަމުން ލިވްޔާ ކެންޑިސްއަށާ ޖޯންއަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. ބަދަލުގައި ހަމައެކަނި ހިނިތުންވެލުން ނޫން ކަމެއް އެ ދެމަފިރިންނަކަށް ނުކުރެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ލިވްޔާގެ އެކަނިވެރި ޙަޔާތުގައި ކުރިމަތިވެފައިވާ މަޖުބޫރީ އަނިޔާވެރިކަމުގެ ޙާލަތުން އަރައިގަތުމަށް ދެވޭނެ އެހީތެރިކަމުގެ އަތެއް ނެތްކަން އިހުސާސްކުރެވުމުން އެ ދެމަފިރިން ހިތުގައިޖެހުނީއެވެ.

އެހެނަސް، މިއިން އެއްވެސް ކަމެއް ނުދެނަހުރި ލިވްޔާ ކޭ ތަށި ދޮވެލާފައި އައިސް އެދެމީހުން ކައިރި ސޯފާގައި އިށީީނދެފައި އެހެން ވާހަކައެއް ފެށިއެވެ. ތަނުގެ މޫޑު ޚަރާބުކޮށްލަން ބޭނުން ނުވާތީ އެ ދެމަފިރިން ވެސް ލިވްޔާގެ ވާހަކަތަކުގައި ބައިވެރިވީ ނަމަވެސް، ދެ ހިތް ވެސް ވިސްނަމުން ދިޔައީ ލިވްޔާއަށް އެހީތެރިވެދެވޭނެ ގޮތަކާ މެދުގައެވެ.

އެތައް އިރަކު އެގޭގައި ލިވްޔާއާ އެކުގައި ވަގުތު ހޭދަކުރުމަށް ފަހު ކެންޑިސްގެ ދެމަފިރިން ދިޔުމާއެކީ ލިވްޔާ ބަދިގެތެރެ ސާފުކޮށްލާފައި ކޮޓަރިއަށް ވަނީ ނުނިމި ހުރި މަސައްކަތްތައް ނިންމައިލާށެވެ. މޭޒުދޮށުގައި އިށީނދެލާފައި ފޮތް ހުޅުވައިލަމުން ކަންފަތަށް ހެޑްސެޓް ޖަހައިލާފައި އޭނާ އާއްމުކޮށް ވެސް ކިޔަވާ ވަގުތު އަޑުއަހާ ޕްލޭލިސްޓް ޕްލޭ ކޮށްލިއެވެ. އެހެނަސް އެވަގުތު އަޑު އިވުނީ އާއްމުކޮށް އޭނާ އަޑުއަހާ ޓޭލަރ ސްވިފްޓް ނުވަތަ ޝޯވން މެންޑެސްގެ އިނގިރޭސި ލަވަތަކެއް ނޫނެވެ. ބަދަލުގައި އިވުނު ދިވެހި ލަވައިގެ ބަސްތަކުން ލިވްޔާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަ އިރު، ހުރިހައި ޙަރަކާތްތަކެއް މަޑުޖެހިގެން ދިޔައެވެ.

ކަލާ ބުނީމާ ދުރުގާ ހުރިން

ހިތާ ދެކޮޅަށް މަޖުބޫރުވީ

ކަލާއަށް އުނދަގުލެއްވާން މަ ނޭދޭތީ

ކަލާ އެދުން ގޮތަށް ކަންތައް ކުރިން

ނަމަވެސް، ތިޔަ ހަނދާނޭ ވަނީ

ނަމަވެސް، ތިޔަ ހަނދާނޭ ވަނީ

ދުރުވާން މަސައްކަތް ކުރިޔަސް

އިތުރަށް ހަމަ ގާތޭ ވެވެނީ

ތިހަނދާން ފުހެވޭތޯ ބެލިޔަސް

އިތުރަށް ތިޚިޔާލޭ ކުރެވެނީ

ފޫހި ވޭތޯ ވެސް ބެލިން

ނަމަވެސް، އިތުރަށް ހަމަ ލޯތްބޭ ވެވެނީ

ލޯތްބޭ ވެވެނީ، ލޯތްބޭ ވެވެނީ

ހިތަށް ކުރާހާ އަސަރުން

ނިދިން މަހުރޫމުވޭ މުޅިން

ބަލަން ނުވިސްނާ އޮވެވޭތޯ

ދެލޯ މަރާލަން ނިދާލެވޭތޯ

ނަމަވެސް، ތިޔަ ހަނދާނޭ ވަނީ

ނަމަވެސް، ތިޔަ ހަނދާނޭ ވަނީ

ދުރުވާން މަސައްކަތް ކުރިޔަސް

އިތުރަށް ހަމަ ގާތޭ ވެވެނީ

ތިހަނދާން ފުހެވޭތޯ ބެލިޔަސް

އިތުރަށް ތިޚިޔާލޭ ކުރެވެނީ

ފޫހި ވޭތޯ ވެސް ބެލިން

ނަމަވެސް، އިތުރަށް ހަމަ ލޯތްބޭ ވެވެނީ

ވިސްނެނީ، ވިސްނެނީ، ވިސްނެނީ، ވިސްނެނީ

އުނދަގުލޭ ދުރުވާން، ހާދަހާ ލޯބިވޭ

އުނދަގުލަސް، ކަލާ އެކީ އުޅެން ނެތީމާ

ދަނީއެ ދަނީ، އެކީ ދުރަށް

ހަނދާނުގާ ވާނޭ ތިނަން

ވިސްނެނީ، ވިސްނެނީ

ދުރުވާން މަސައްކަތް ކުރިޔަސް

އިތުރަށް ހަމަ ގާތޭ ވެވެނީ

ތިހަނދާން ފުހެވޭތޯ ބެލިޔަސް

އިތުރަށް ތިޚިޔާލޭ ކުރެވެނީ

ފޫހި ވޭތޯ ވެސް ބެލިން

އިތުރަށް ހަމަ ލޯތްބޭ ވެވެނީ

ތިހަނދާން ފުހެވޭތޯ ބެލިޔަސް

ތި ދިމާ ނުބެލޭތޯ ބެލިޔަސް

އުމުރަށް ވަކިވާން ޖެހުނަސް

މިގުޅުން އެކުގައި ކެނޑިގެން ދިޔަސް

އިތުރަށް ހަމަ ލޯތްބޭ ވެވެނީ…

ލަވަ ނިމުނު އިރު ލަވައިގެ ކޮންމެ ކަޑިއެއް، ކޮންމެ ލަފްޒެއް ވަނީ އެ ނާޒުކު ހިތުގައި ބިންވަޅު ނެގިފައެވެ. އެ ލަވައިގައި އެ ކިޔައިދިނީ ހަމަ އޭނާގެ ހިތުގެ ހާލަތެވެ. ރައިހާންއަށް ޓަކައި އޭނާވީ ޤުރުބާނީއެވެ. އެ ހިތުން ރައިހާންގެ ނަން ދުވަހަކުވެސް ފިލައިގެން ނުދާނެ މިންވަރަށް ފެވިފައިވާ ވާހަކައެވެ. ދުވަހަކަށް ވުރެ ދުވަހެއް ރައިހާން ދެކެ ވެވޭ ލޯބި އިތުރުވާާކަމެވެ. ދެ އަހަރު ބޭކާރުވެގެން ދިޔުމަށް ފަހު ވެސް، އަދިވެސް ރައިހާންއަށް ޓަކައި، އެ ލޯތްބަށް ޓަކައި އޭނާ ކުރާ ނިމުމެއް ނެތް އިންތިޒާރެވެ. ކޮންމެވެސް ދުވަހަކުން ހަގީގަތް އެނގިގެން އެ އަތުތެރެއަށް ދުވެފައި ރައިހާން އަންނާނެކަމަށް ދެކެވޭ ފޮނި ހުވަފެންތަކެވެ. އެ ހުވަފެންތަކުގައި ހަގީގީ ކުލަޖެހުމަށް އެދި ތާއަބަދު ކުރެވޭ ދުޢާއެވެ.

އިތުރަށް ހިތަށް ކެތް ނުވުމުން ލިވްޔާ ލެޕްޓޮޕް ލައްޕައިލާފައި، ފޮތްތައް ވެސް އެއްކައިރި ކޮށްލާފައި މޭޒުމަތީގައި ބޯއަޅައިލިއެވެ. ކުޑަދޮރުން ބޭރުން ސްނޯ ވެހޭ ހިތްގައިމު މަންޒަރަށް ގެއްލިފައި އޮތް އިރު، އިސާހިތަކު ހޫނު ކަރުނަތިކިތަކުން އެ އޮމާން ކޯތާފަތް ތެމިއްޖެއެވެ. ދެލޯ މަރައިލަމުން ލިވްޔާ މޭޒުމަތީގައި ނިއްކުރި ޖައްސައި ބާރުކޮށްލި ނަމަވެސް މިފަހަރު އެ ވޭނީ ގިސްލުމުގެ އަޑެއް ނީވުނެވެ. ބަދަލުގައި އެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނައިން އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ. ފޮރުވިފައިވީ އެތައް އިހުސާސްތަކެއް ކިޔައިދެމުން ދިޔައެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން އުޅޭ އެތައް ހަނދާންތަކެއް އައުކޮށްދެމުން ދިޔައެވެ.

*** ** ***

ޖެހިގެން އައި ދުވަހު އޮފީހަށް ގޮސް ރައިހާންއަށް އިތުރު ކަމަކާ ވިސްނާނެ ވަގުތު ނުވީ މަސައްކަތްތައް ހުރިލެއް ގިނަކަމުންނެވެ. މިއަދަކީ ޔަލާ ސްކޫލަށް ދާ ފުރަތަމަ ދުވަސްކަމުން ޔާނިއުއަށް ވެސް އާދެވޭނީ ތަންކޮޅެއް ލަހުންކަން އެނގޭތީ ރައިހާން މިއަދު އޮފީހަށް އައީ ތަންކޮޅެއް އަވަހަށެވެ. ފުނިޖެހިފައި ހުރި އެތައް މަސައްކަތްތަކަކާއި، ފުލުފުލުގައި ހުރި މީޓިންތަކަށް ހާޒިރުވަމުން ދުވަހުގެ ބޮޑުބައި ހުސްވި އިރު ރައިހާންއަށް ހަމަނޭވާއެއް ލާނެ ވަގުތެއް ނުވިއެވެ.

“ހޭ މޭން!” މޭޒުމަތީގައި އަތުރާލެވިފައި ހުރި ފައިލްތަކަށް ނަޒަރު ހުއްޓާލައިގެން އިން ރައިހާންއަށް އިސްއުފުލައި ދޮރާ ދިމާއަށް ބަލައިލެވުނީ ޒާމިންގެ އަޑަށެވެ. ރަހުމަތްތެރިޔާ ފެނުމާއެކު ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ރައިހާން ބަލަން އިން ފައިލް ލައްޕައިލާފައި ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ.

“މި އައީ ވަރަށް އުފާވެރި ހަބަރެއް ދޭން ވެގެން..” ގޮނޑީގައި އިށީންނަމުން ޒާމިން ބުނެލުމާއެކީ ރައިހާން އެއްބުމަ އަރުވައިލިއެވެ. އެއާއެކު ޒާމިން ދިއްކޮށްލީ ކާޑެކެވެ. އެ ކާޑުގައި ހިފައިފާ އޭގައި އޮތް އެއްޗެއް ކިޔައިލި އިރު ރައިހާންގެ ދެލޯ ބޮޑުވެ، ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

“ސީރިޔަސްލީ؟! މެރީ ކުރަނީތަ؟ ބަލާބަލަ އަންގާ ވެސް ނުލާ!” ޒާމިންއާ ސަލާމްކޮށްލަމުން ރައިހާން ޝަކުވާކުރި ނަމަވެސް އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

“މި ބުނީނު! އެހެންނޫނަސް މިހާރު ދެން މާ ގިނަ ދުވަސް ވެސް ވެއްޖެއެއްނު.. މީޝްގެ ފެމިލީ ވެސް އަވަސްކުރަން ކިޔާ ވަރުން އަހަރެން ހިތަށް އެރީ ނެކްސްޓް މަންތަށް ހަދާލާނީއޭ.. އަނެއްކާ މީޝް ވެސް ހުންނަނީ އެހައި އުފަލުން.. ޔާންއާ ދެމީހުން އަހަރެންގެ ވެޑިންއަށް ޝެޑިއުލް ފްރީކުރައްޗޭ!”  މީޝާގެ ވާހަކަ ބުނެލި އިރު ޒާމިންގެ އަޑުގައިވީ އާފަޔާޚިލާފު އުފާވެރިކަން ރައިހާންއަށް ވެސް ފާހަގަވިއެވެ. އެވަގުތު ވެސް އިޚްތިޔާރުން ބޭރުގައި އޭނާއަށް ހަނދާންކޮށްލެވުނީ ލިވްޔާ މަތިންނެވެ. އެފަދަ ނަސީބެއް އޭނާއަށް ވެސް މިންވަރުކުރެއްވި ނަމައެވެ. އެހެނަސް، މިވަގުތު އެކަމާ ވިސްނާކަށް ރައިހާން ބޭނުމެއް ނުވެއެވެ. އަމިއްލަ ދިރިއުޅުމުގެ ހިތްދަތިކަމުގެ ވާހަކަ ދައްކައިގެން އެކުވެރިޔާގެ އުފާވެރިކަން ޚަރާބުކޮށްލާކަށް ރައިހާންގެ ހިތެއް ނުރުހުނެވެ.

“ޔަގީނެއްނު މޭން! އަހަންނާ ޔާންއާ މިހާރުއްސުރެ ވެސް ތި ވެޑިންއަށް ގޮސް ހުސްވެފައޭ ހީކޮށްލާ.. ކޮންގްރޭޓްސް މޭން! އަހަރެން މިއަދު އަސްލު ވެސް ވަރަށް ވަރަށް އުފާވެއްޖެ!” ތެދުވެލާފައި ޒާމިން ގައިގައި ބައްދައިލަމުން ރައިހާން ބުނެލީ ހިތުގެ އަޑިން އެކުވެރިޔާއަށް ޓަކައި އުފާކުރަމުންނެވެ.

“ތޭންކްސް މޭން! އެނގޭ ރެން ވަރަށް އުފާވާނެކަން.. އަދި ނޭނގެ ޔާންއަށް ވާނެ ގޮތެއް ވެސް.. އުފަލުން ގޮސް ފުމެން ފަށާނެ ކަންނޭނގެ ދޯ.. އެއްކަލަ ޖޭމްސްއާ ނުހޭ ވެސް ބުނި ވެޑިންއަށް މިކޮޅަށް އަންނާނަމޭ..” ރައިހާންގެ ގައިގައި ބައްދައިލަމުން ޒާމިން ބުނެލީ މެލޭޝިޔާގައި ދިރިއުޅޭ އެމީހުންގެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމުގައިވާ ޖައިލަމްއާއި ނުހައިކްގެ ވާހަކައެވެ. އޭލެވެލްގައި ލިބުނު ސްކޮލަޝިޕްގައި މެލޭޝިޔާއަށް ކިޔަވަން ދިޔަ ގޮތަށް ދެ ރަހުމަތްތެރީން ވެސް ދިރިއުޅުން އެކުގައި މެލޭޝިޔާއަށް ބަދަލުކޮށްލީ އާއިލާއާ ވެސް އެކުގައެވެ. ޖައިލަމް އޭނާގެ އަންހެނުން ޒިވާއާއި ކައިވެނި ކޮށްގެން އެއް އަހަރުގެ އަންހެން ކުއްޖަކު ހުންނަ އިރު، ނުހައިކްގެ އަންހެނުން ޝާޔާ އިނީ މިހާރު ވިހަން ގާތްވެފައެވެ. ޒާމިން މީޝާއާ ކައިވެނިކުރުމުން ދެން އެ ގުރޫޕުގައި ހުސްކޮށް ހުންނާނީ ރައިހާން އެކަންޏެވެ. ޒާމިންގެ ކައިވެނީގައި އެ ދިމާކުރުންތަކާ ކުރިމަތިލާން ޖެހޭނެކަން މިހާރު ވެސް ރައިހާންއަށް އެނގެއެވެ. އެކަން މަޖަލަކަށް ހަދާފައި އެމީހުން އެވާހަކަ ދެއްކިޔަސް، ރައިހާންގެ ހާލަތު އެ އެންމެންނަސް ވެސް އެނގޭނެކަން ގައިމެވެ. މިއަދު ލިވްޔާ ހުރި ނަމަ، ހުރިހައި ކަމެއް ވެސް ހާދަ ބަދަލުވާނޭ ރައިހާންގެ ހިތަށް އެވަގުތު ވެސް އެރިއެވެ.

“އޭ ޒާމިން! އަހަރެން އަދި ހަނދާން ނެތިފައޭ މިހުރީ!” ކުއްލިއަކަށް ކަމެއް ހަދާންވީ ފަދައަކުން ރައިހާން ގޮސް މޭޒުގެ ކަބަޑު ހުޅުވައިލިއެވެ. އޭގެތެރެއިން އޭނާ ދެން ނެގީ ރޭގައި ލިވްޔާގެ ކޮޓަރިން ފެނުނު ފޯނެވެ. އެ ފޯނު ހިފައިގެން ގޮސް ޒާމިން އަތަށް ދިނުމުން ޒާމިން ސުވާލުގެ ނަޒަރަކުން ރައިހާންއަށް ބަލައިލިއެވެ.

“އަހަންނަށް ތި ފޯނެއް ނުހުޅުވުނު.. ޒާމިން ބަލާލަދީފާނަންތަ..؟ ތީގަަ ހުރި ހުރިހާ އެއްޗެއް ވެސް އަހަރެން ބޭނުން..” ރައިހާން ބުނެލީ އޭޢނާގެ ހިތުގައިވާ ޝައްކު ފިލުވައިލުމަށެވެ. އެވަރަށް އެ ފޯނުގައި ވާ އެއްޗެއް ހޯދުމަށް އެދި އެ ހިތް ގޮވަނީ ކީއްވެކަމެއް ޚުދު ރައިހާންއަކަށް ވެސް ނޭނގެއެވެ.

“މީ ކާކު ފޯނެއް..؟” އެ ފޯނަށް ރަނގަޅަށް ބަލައިލަމުން ޒާމިން ސުވާލުކޮށްލިއެވެ.

“ތި ބޭކާރު ސުުވާލު ނުކޮށް ބަލާދީބަލަ..” ކެތްމަދުވެފައިވާ މީހަކު ފަދައިން ރައިހާން ބުނުމާ އެކީ ޒާމިން އަލުން ގޮނޑީގައި އިށީނެވެ. ޒާމިންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެފައި ރައިހާން ޒާމިންގެ ހަރަކާތްތަކަށް ބަލަން އިނީ، މިއީ ޒާމިންއަށް އުނދަގޫކަމަކަށް ނުވާނެކަން އެނގޭތީއެވެ.

“ފޯނު ހުޅުވިއްޖެ.. އެކަމަކު އެއްވެސް އެއްޗެއް ނުއެއް ފެނެ..” ފަސޭހަކަމާއެކީ ފޯނު އަންލޮކް ކޮށްލާފައިި ޒާމިން ބުނެލުމުން ރައިހާންގެ ދެބުމަ ގޮށްޖެހުނެވެ. އަދި އެވަރަކުން އޭނާގެ ހިތެއް ނުފުރުނެވެ.

“ވެދާނެ ސިމް ޑީއެކްޓިވޭޓް ކޮށްފަ ހުރީމަ އެއްވެސް މެސެޖެއް އެއްޗެއް ނުފެންނަނީ ކަމަށް.. ޒާމިން ޕްލީޒް.. އަހަންނަށް ބަލާލަދީބަ ރަނގަޅަށް..” އާދޭހުގެ ރާގެއްގައި ރައިހާން ބުނެލުމުން ޒާމިން ފުން ނޭވާއެއް ކޮށްލީ ރައިހާން ކިޔަން ފަށައިފި ކަމެއް ކުރުނުކުރާނެތީއެވެ.

“އޯކޭ އޯކޭ.. އަހަރެން ބަލާނަން.. އެކަމަކު ފުރަތަމަ ބުނެބަލަ މީ ކާކުގެ ފޯނެއްކަން.. މާ ވަރަކަށް މި ކޮށްޓަން ތި އުޅެނީ ކީއްވެގެން..؟” ޒާމިންގެ ސުވާލުތައް ފެންމަތިވަމުން ދިޔަ ވަރަކަށް ރައިހާންގެ ހާސްކަން އިތުރުވީ ޚުދު އޭނާއަށް ވެސް އެ ސުވާލުގެ އަސްލު ޖަވާބު ނޭނގޭތީއެވެ.

“ތީ.. ތީ ލިވްޔާގެ ކޮޓަރިން އަހަންނަށް ފެނުނު އެއްޗެއް..” އެންމެ ފަހުން ރައިހާން ހަގީގަތް ހާމަކުރުމާއެކީ ޒާމިން ފުންނޭވާއެއް ދޫކޮށްލަމުން މޫނުގައި އަތް ހާކައިލިއެވެ.

“ރެން.. އަދިވެސް އެކަންތަކާތަ ތި އުޅެނީ..؟ މީގެ އަހަރުތަކެއް ކުރިން ނިމްޝާ ގޮސްގެން ރެން ގާތު ދެއްކި ވާހަކަ އަނެއްކާ މިއަދު ވެސް ދައްކަން މި ޖެހެނީ.. ޕްލީޒް ރެން.. ދިރިއުޅުމައިގެން ކުރިޔަށް ދާން މަސައްކަތް ކޮށްލަބަލަ.. އަހަންނަށް ވެސް އެނގޭ މިހެން ބުނާ އިރު ވެސް ފަސޭހަކަމަކަށް ނުވާނެކަން.. އެކަމަކު ޕްލީޒް..” ޒާމިން ހުއްޓައިލީ އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުމުންނެވެ.

އެއް ހިތާމައެއް ދެފަހަރު ތަހައްމަލު ކުރަން ޖެހުމަކީ ކިހައި ވޭނީ ކަމެއްކަން އޭނާއަށް ވެސް އިހުސާސްވެއެވެ. އަހަރުތަކެއް ކުރިން ނިމްޝާ ރައިހާންއަށް ބޭވަފާތެރިވުމުން ތިން އަހަރު ވާން ދެން ދިރިއުޅުމައިގެން ކުރިޔަށް ދާން އެތައް ފަހަރަކު ޒާމިން ރައިހާންއަށް ނަސޭހަތްތެރިވިއެވެ. އެންމެ ފަހުން ލިވްޔާއާ އެކީ އުފާވެރި މަންޒިލެއްގެ ކޮޅުމަތި ފެންނަން ފެށުމުން އެކުވެރިޔާއަށް ޓަކައި ނިހާޔަތަށް އުފާކުރެވުނެވެ. އެހެނަސް، އެ އުފާވެރި މަންޒިލަށް ވާސިލްވެވުމުގެ ކުރިން ރައިހާންގެ މުޅި ދިރިއުޅުމާއި އުފާވެރިކަން ކަނޑުވެ، ޣަރަޤުވީއެވެ. ދިރިއުޅުމުގެ މަގްސަދާއި އުފާާވެރިކަން ދެވަނަ ފަހަރަށް ގެއްލި، ގަދަ ރާޅުތަކުގެ ތެރޭގައި އޮޔާ ގޮސް ބެހުނީއެވެ.

ރައިހާންއަށް ގެއްލުނީ ހަމައެކަނި ލޯތްބެއް ނޫނެވެ. އޭނާގެ މައިންބަފައިންގެ އެންމެ ފަހުގެ ހަނދާންތައް ވެސް މެއެވެ. ލިވްޔާއާ އެކުގައި، މުޅި ޢުމުރުދުވަހު ހޭބޯނާރާ ކުރިއަރުވަން މަސައްކަތް ކުރި ބައްޕަގެ ކުންފުނި ވެސް ގެއްލި، ބިމާހަމަވެ ހަފުސްވީއެވެ. އެވަރުން ވެސް ހިތްވަރު އެލުވައިނުލާ ރެޔާ ދުވާލު ހޭބޯނާރާ މަސައްކަތް ކުރާތާ ދެ އަހަރު ވީއިރު، ކާމިޔާބީގެ ކޮޅުމަތި ކިރިޔާ ފެނިލި ކަމެވެ. ވީއިރު، މިއަދު ރައިހާން ގާތުގައި ވީ ކަންތައް ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިޔަށް ދާން ބުނުމަކީ ކިހައި އަނިޔާވެރި، ކިހައި ބޭއިންސާފުވެރި ލަފްޒުތަކެއްކަން ޒާމިންއަށް ވެސް ވިސްނެއެވެ.

“މިގަޑީ އަހަރެން ވަރަށް ބިޒީ.. ޒާމިން ވެޑިން ކަންތަކުގެ ވާހަކަ ދައްކައިލަން ފަހުން ޔާންއާ އެކީ ކޮފީއަކަށް އަރަންވާނެ.. ނުހޭމެން އައީމަ އަދި އެންމެން އެއްކޮށް ދިމާވާން ވެސް ރާވައްޗޭ..” ރައިހާން މައުޟޫޢު ބަދަލުކޮށްލަން އުޅުނުކަން ވިސްނި ޒާމިން ވެސް އިތުރަށް އެ ކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެއެވެ.

“އަދި އާނ.. ތިކަންތައް ވީހާ ވެސް އަވަހަކަށް ކޮށްލަދެއްޗޭ..” ޒާމިންގެ އަތުގައި އޮތް ފޯނަށް އިޝާރާތް ކޮށްލަމުން ރައިހާން ބުނެލީ ކެތްމަދުވެފައިވާ މީހަކު ފަދައިންނެވެ. އިތުރު އެއްޗެއް ނުބުނެ ބޯޖަހައިލުމަށް ފަހު ޒާމިން ނުކުމެގެން ދިޔައީ ފޯނު ހިފައިގެންނެވެ.

ޒާމިންގެ ފަހަތުން ދޮރު ލެއްޕުމާއެކީ ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން، މޭޒުގައި އުޅަނބޮށި ވިއްދައިލާފައި ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. އިރުކޮޅެއް ވާންދެން އެހެން އިނުމަށް ފަހު ރައިހާން މޫނުމަތިން އަތް ނެގި އިރު އެ ދެލޯ ވަނީ ހިސާބަކަށް ރަތްވެފައެވެ. ދެން ޖީބަށް އަތްލުމަށް ފަހު ނެގި އަލިމަސް ޖެހި ރަން އަނގޮޓިއަށް ބަލަން ރައިހާންއަށް އިނދެވުނު އެއްފަހަރާ އެތައް އެއްޗެއް އެ ހިތަށް އަރާ ފައިބަމުން ދިޔައެވެ.

އިރުކޮޅެއް ވާން ދެން އެހެން އިނުމަށް ފަހު ރައިހާން އަނގޮޓި އަލުން ޖީބަށް ލާފައި މޫނުމައްޗާ އިސްތަށިގަނޑާ އެކުގައި އަތްތިލަ ހިންގައިލިއެެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލާފައި ގޮނޑީގައި ހަމަޖެހިލަމުން އަނެއްކައި ވެސް މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެއްޔެވެ.

*** ** ***

އެރޭ މަސައްކަތްތައް ނިންމުމަށް ފަހު ރައިހާންއަށް ގެއަށް ދެވުނު އިރު ނުވައެއް ޖަހަނީއެވެ. ގެއަށް ހަމަ ވަދެވުމާ އެކީ ޔަލާއާއި ރިއާގެ ލޯބިލޯބި ހުނުމުގެ އަޑުން ރައިހާންގެ ހިތަށް ވަގުތުން ހަމަޖެހުން ލިއްބައިދިނެވެ.

“ކޮބާ ދޮންބެގެ ޓޫ ޕްރިންސެސަސް.. ކީއް ކޮށްލަނީ..؟” ފުޅާ ހިނިތުންވުމަކާ އެކީ ގޮސް ޔަލާއާއި ރިއާ އެކުގައި ގަޔާ ކައިރިކޮށްލަމުން ރައިހާން އަހައިލީ ނުހަނު ލޯބިންނެވެ.

“ނިދަންވާ އިރަށް ސްޓޯރީސް ކިޔަނީ.. ދޮންބޭ! ލާލަ މިއަދު ފަސްޓް ޑޭ އޮފް ސްކޫލް!” ޔަލާ އޭނާގެ މައުސޫމު ޅަ ބަހުރުވައިން ބުނެލުމުން ރައިހާންގެ ހިނިތުންވުނެ ފުޅާވިއެވެ.

“އާޗާ! ދޮންބެގެ ބިގް ގަރލް.. ހައު ވޯޒް ޔުއަރ ފަރސްޓް ޑޭ..؟ ކީއްތަ ކޮށްލީ ސްކޫލްގަ..؟ ނިއު ފްރެންޑްސް ލިބުނުތަ..؟” ރައިހާން އަހައިލުމާ އެކީ ޔަލާ ވަރަށް ގަޔާވެފައި ހުރިހައި ވާހަކައެއް ކިޔައިދޭން ފެށިއެވެ.

“ވަރަށް މަޖާ! ލާލަގެ އާންޓީސް ވެސް ވަރަށް ނައިސް! ބައިވަރު ފްރެންޑްސް ލިބުނު!” ޔަލާ އޭނާގެ ސްކޫލުގެ ފުރަތަމަ ދުވަހާ ބެހޭ ގޮތުން ދެއްކި ހުރިހައި ވާހަކައެއް އަޑުއަހަން ރައިހާން އިނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. ދާދި ދެންމެއަކާ ޖެހެން ދެން ވެސް ހަށިގަނޑަށް ވެރިވެފައިވީ ވަރުބަލިކަން މިހާރު ވަދެ ފިލީ ކޮންތަނަކަށް ކަމެއް ވެސް ނޭނގެއެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ ރައިހާން ޔަލާއާއި ރިއާގެ ލޯބިލޯބި ވާހަކަތައް އަޑުއަހަން އިންދައެވެ. މިވަގުތު އެއްވެސް ކޯލެއް ނުނަގަން ނިންމައިގެން އިން ނަމަވެސް ރައިހާން އެ ފޯނު ނެގީ ޒާމިންގެ ކޯލަކަށް ވާތީއެވެ.

“ހަލޯ ރެން! ވަރަށް އަވަހަށް އާދެބަލަ މިގެއަށް!” ފޯނު ނެގުމަށް ފަހު ރައިހާންއަށް އެއްޗެއް ނުބުނެވެނީސް ޒާމިން ބުނެލުމާ އެކީ ރައިހާންއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

“ޒާމިން ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” އެހެން އަހައިލި އިރު ވެސް ރައިހާން ހުރީ ދޮރުމަތީގައެވެ.

“ފޯނަކުން ކިޔައެއް ނުދެވޭނެ! އަވަހަށް އާދޭ! ޕްލީޒް!” އެހެން ބުނުމަށް ފަހު ޒާމިން ފޯނު ބޭއްވުމުން ރައިހާން އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ގޮސް އޭނާގެ ކާރަށް އެރިއެވެ. އެންމެ ބާރު ދުވެލީގައި އޭނާ މިސްރާބު ޖެހީ ޒާމިންގެ ގެޔަށް ދިޔުމަށެވެ. ޒާމިންގެ އަޑާއި ރާގުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އޭނާއަށް ޔަގީންވެއެވެ. ދިހަވަރަކަށް މިނެޓު ތެރޭ އެގޭ ކައިރިއަށް ދެވުމާއެކީ ކާރު ޕާކްކުރުމަށް ފަހު އެގެއަށް ރައިހާން ވަނީ ދުވަމުންނެވެ. އެތައް ފަހަރަކު އައިސް ބާވެފައިވީ ގެއެއްކަމުގައިވީ ނަމަވެސް، އެގޭގައި ލިފްޓެއް ހުންނަކަން ވެސް ހަނދާން ނައްތައިލާފައި ރައިހާން ފަސްވަނަ ފްލޯއަށް އެރީ ސިޑިންނެވެ. ރައިހާން އަންނާނެކަން އެނގޭތީ ޒާމިން ދޮރު ހުޅުވާފައި ހުރުމުން ރައިހާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޒާމިންގެ އެޕާޓްމެންޓަށް ވަދެ، އެ ކޮޓަރިއަށް ވަނީ ޓަކިޖެހުމެއް ވެސް ނެތިއެވެ.

އެވަގުތު އެނދުމަތީގައި ލެޕްޓޮޕްގެ އިތުރުން ރައިހާން މިއަދު ދިން ފޯނު ހިފައިގެން އިން ޒާމިން އިސްއުފުލާ ބަަލައިލި ގޮތުން ވެސް ރައިހާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އައިސް ޒާމިންގެ ކުރިމައްޗަށްވާ ގޮތަށް އެނދުމަތީގައި އިށީންނަމުން ވީ ކިހިނެއްތޯ އަހައިލި އިރު ރައިހާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

“ރެން.. ޔޫ ނީޑް ޓު ސީ ދިސް..” ޒާމިން އެހެން ބުނެލުމަށް ފަހު ލެޕްޓޮޕް ސްކްރީން ރައިހާންއާ ދިމާއަށް އަނބުރައިލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކީ ރައިހާން ލެޕްޓޮޕް ބަލައިލި އިރު ފެނުނު ޗެޓްލޮގުގެ ފުރަތަމަ މެސެޖު އެކަނި ކިޔައިލެވުނު އިރު ވެސް އެ ދެލޯ ވަނީ ބޮޑުވެފައެވެ. ސިހިފައި ޒާމިންއާ ދިމާއަށް ބަލައިލެވުނު އިރު ރައިހާންގެ ދެއަތް ތުރުތުރުއަޅައެވެ. އެވަގުތު ޒާމިން ބޯޖަހައިލަމުން އަދިވެސް ކިޔުމަށް އިޝާރާތްކޮށްލުމާ އެކީ ރައިހާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެ ޗެޓްލޮގުގެ ބާކީ އޮތް ބައި ކިޔަމުން ދިޔަ އިރު ރައިހާންއަށް ވަމުން ދިޔަ ގޮތް ބަލަން ޒާމިންއަށް އިނދެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..20

Next

ބުނަން ބޭނުމޭ (ޓުރެއިލާ)

Next
June 3, 2026

ބުނަން ބޭނުމޭ (ޓުރެއިލާ)

Previews
June 3, 2026

ގޮތް ހުސްވެފައި ހުރީމޭ..20

20 Comments!

  1. Eym says:
    June 3, 2026 at 9:46 am

    Mee alhugandu v kiyaahithun v gavaaidhun kiyaa v v reethi vaahaka eh,haadha ginadhuvas thakeh kollaafa eyy thi upload kolly,v ufaavejje dhuvasthakeh fahunviyas vaahaka kiyaalan libunyma..

    1. Nayaa Nayaa says:
      June 3, 2026 at 10:17 am

      aww so happy to know that eym💞
      yess i took a little break but i promised june ga vaahaka genesdheyn fashaanamey.. in sha allah let’s hope dho dhen gavaidhun vaahaka genesdheveyne kamah

  2. Its just me says:
    June 3, 2026 at 11:49 am

    Haadha curious kohllaafa eyh thi nimmaalee 😍Alheyhh ren ah hageegaih ingenee dhw 😭😭 ren and livya gulhuvahchey avahah 🥹 v reethi mi part vx 🫶 waiting for the next part ♥️

    1. Nayaa Nayaa says:
      June 3, 2026 at 4:19 pm

      hehe curious kohlaafa ninmaaleema ennu dhen anna part kiyaa hiy vaany..
      lets see dho ren ah hageegaiy engunytho
      thank you <33

  3. 🥀 says:
    June 3, 2026 at 1:19 pm

    I’v been waiting for this ep since 1st June
    Vrh reethi mi part ves MA!
    Ren ah hageegai ingunee ma vane goi balaalan can’t wait
    Whn nxt???

    1. Nayaa Nayaa says:
      June 3, 2026 at 4:26 pm

      thank youu!!<33
      next part sunday ga in sha allah

  4. Naura says:
    June 3, 2026 at 1:31 pm

    When next part, can’t wait

    1. Nayaa Nayaa says:
      June 3, 2026 at 4:26 pm

      sunday ga in sha allah

  5. Your fav bab Your fav bab says:
    June 3, 2026 at 2:47 pm

    Oh ma goshh!! This part was epic👏👏 MA!
    Ey zaamin congra man! But raihaan ahh😭😭 livy is so helpless out there😭
    Yooo what the?? Is that the chat log of nimsha and livya!! Alheyyy hope so!! Ren ah hageegath falhaa ery ey I ge havana hissu bunefi👀
    Just can’t wait for next!
    When next?
    LYsmm💗

    1. Nayaa Nayaa says:
      June 3, 2026 at 4:28 pm

      thank youu sm!!<33
      lets see dho dhen mi vee gotheh
      next part sunday ga IA
      lym<33

  6. Mar Sha Mar Sha says:
    June 3, 2026 at 4:54 pm

    oh no!! alhe mihen hadhaakah nuvaanehnu Nayaa, e chatlog kitaa hithun neyva nula indha e hisaabah nugos e nimuny.. alhe las nukoh next ep upload kohdhehchey. btw story hama awsome

    1. Nayaa Nayaa says:
      June 4, 2026 at 4:31 pm

      marsha ge stories ves varah kiyaahithun indhaa viyya ninmaalaany, hehe.. thank youu💞💞

  7. Cutie girl says:
    June 3, 2026 at 5:50 pm

    Mi part ves varah reethi masha Allah
    Curiously waiting for next part
    I think Livy n nimsha ge chat log fenunee kannyge
    Haadha curious kohlaafa thi nihmaaly
    Emmenah Justice libeyne dhuvaheh ge intizaaru ga
    Mi part kiyaafa rovijje
    Miayee varah saugu veri kamakaa eku kiyaa vaahaka eh
    Really appreciated your hard work 🥰
    When next

    1. Nayaa Nayaa says:
      June 4, 2026 at 4:32 pm

      thank you so much💕
      let’s see dho dhen vaa gotheh
      next part Sunday ga IA

  8. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 says:
    June 3, 2026 at 6:57 pm

    Alhey nayooo….dhen inn Bai avahah upload kohlla dhehcche

    1. Nayaa Nayaa says:
      June 4, 2026 at 4:32 pm

      yess sunday ga IA

  9. Gurlulu says:
    June 4, 2026 at 3:08 pm

    I’ve been here since your very first story back in 2021 and i’ve always loved your stories mi storyy vss vrh vrh reethii my fav authorr ingeyy. Love how you always keep your promises to uss readers☺️ keep it up🫶🏻🩷 btw first time commenting😭

    1. Nayaa Nayaa says:
      June 4, 2026 at 4:33 pm

      awww that makes me soo happy to hear🥹 day one akaa dho mi dhimaavee, hehe..varah varah ufaavejje ingey.. thank you so much loabi💞💞

  10. Lee🌼 says:
    June 4, 2026 at 3:25 pm

    Vrh salhi inge nayu MA!!😍

    1. Nayaa Nayaa says:
      June 4, 2026 at 4:34 pm

      thankyouu💞💞

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 37←


All Right Reserved!