އާއެކޭ ލޯބިވޭ… ތިރީސްތިންވަނަބައި (ނާމާން ގެކޮޅުގެ ބިރުވެރި ދަތުރު)
“ޚުބާބު: ކޮއްކޮ، ދޮންބެ ޤަބޫލު ބައްޕަމެން އެދޭ ހެން މިލީ މިލަދުން ސަލާމަތްކުރަން. އޭނާއަށް އިންނަށް!” ނޫރިޔާގެ ކަންފަތް ދަށުގައި ހީވީ ބާރު އެތިފަހަރެއް މީހަކު ވިއްލާލި ހެންނެވެ. މިކަމުގައި އެކަމަކު އޭނާއަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟
އެއް ހުވަފެނެެއް ތަކުރާރުކޮށް ލީނިޔާއަށް ފެންނަތާއި ދުވަސްކޮޅެއްވެއްޖެއެވެ. ހޭލެވޭ އިރު ކައިރީ ހަމަގައިމުވެސް މާއިޒު ނިދާފައި އޮވެއެވެ. މިލީހަމްއަށް ޤަވައިދުން އެއް ކަންތައްތަކެއް ވާންފެށިއެވެ. ބާރު އަޑު ފަންގަޑާއި ބަނޑު ފުފުމެވެ. ޖަނާވެރެއް ފަދަ އެއްޗެއް ބަނޑުތެރޭގައި ހަރަކާތްތެރިވާ އިހްސާސްކުރެވުމެވެ. އަނެއްކާ މިލީހަމްގެ ބަނޑުގައި އެވަނީ އިންސާނެއް ނޫން ބާއެވެ؟ އެއީ ދިރޭ ސޫފާސޫފީގެ އެއްޗަކީ ހެއްޔެވެ؟ ނޫނިއްޔާ ޖިންނިއެއްގެ ދަރި ޖިންނިއަކީ ހެއްޔެވެ؟
********************************************************
އާދައިގެ މަތިން މިރޭވެސް ޒާއިނާ ތެދުވި ދަމުނަމާދަށެވެ. ގަޑިން އޭރު ދޭއްޖަހަން ހުރީ އެންމެ ފަސްމިނެޓެވެ. އެ ބިރުވެރި ތޫފާނާ އޭނާ ކުރިމަތިލާތައި އެއީ މަހެއްވާ ރެއެވެ.
މާދަމާ އަކީ ބޮޑު ދުވަހެކެވެ. ޚުބާބާއި މިލީހަމްގެ ޚިތުބާ ކުރެވޭ ދުވަހެވެ. ވުޟޫކުރަން ވަދުމުގެ ކުރިން އެނދުގެ މަޑިފަޅީގައި ޒާއިނާ ބޯޖަހާލައިގެން ފުންކޮން ވިސްނާލަން އިނެވެ.
ގަޑިން ދެއްޖުހުމާއެކު ހިވީ މުޅިގެވެސް ފުނޑުފުނޑު ކޮށްލި ހެންނެވެ. ހަމަލާއަކަށްފަހު ހަމާލައެއް ދިޔައީ ބާރު ވަމުންނެވެ. އިރަކަށް ވުރެ އިރެއް ދިޔައީ އަޑު ގަދަވަމުންނެވެ. ކައިރީގައި ނިދާފައި އޮތް ފިރިމީހާއަަށް އެއްވެސް ކަމެއް ރޭކާ ނުލައެވެ. އޭނާ އޮންނަނީ އަރާމުކޮށް ނިދާލާފައެވެ. އެހެން ރޭރެއަށް ވުރެ މިރޭގެ ކުޅިސަމާ މާ ބާރުގަދަކަމަށް ޒާއިނާއަށް ފާހަގަ ކުރެވުނެއެވެ. މިގޭގައި ޖިންނި ފުރޭތައިގެ ކަމެއް އުޅޭހެން އޭނާގެ ހަވަނަ ހިއްސު ބުނެލީ މިރެއެވެ.
މުޅި މީހާ ބިރުން އޮށްދާ ހިތްލާފެށިއެވެ. ކައިރި އޮތް ފިރިމީހާއަަށްވެސް ދެތިން ފަހަރަކު ގޮވާވެސް ލެވުނެވެ. ދެން ވީ ގޮތެއް ނޭނގެއެވެ.
ޚުބާބާއި މިލީހަމްގެ ކައިވެންޏާއެކު މާއިޒްގެ ރުޅި މުތުނަށް އަރައިގެންދިޔައެވެ. މިލީގެ ބަނޑުގައި އެއޮތީ އޭނާގެ ނަސްލުގެ އިފްރީތެކެވެ. ހުދު އެނާ ފަދަ ހަތަރު މޮއްގަނޑު ލީ ދޮން އަހެކެވެ. އިންސާނުންނަށް ބަދަލުވުމުގެ މާ ފުރިހަމަ ބާރު އެދަރިއަށް މިހާރު ވަނީ ލިބިފައެވެ. ތާޖާ ތަހުތުގެ ވެރި އެއީ ސާހިބެކެވެ.
މިލީހަމްގެ ހިތްވެެސް ބިރުން ރޫރޫއަޅަމުން ދިޔައެވެ. އެބަނޑު ފަޅާފައި ހީވަނީ ކުއްޖާ ނިކުމެދާނެހެނެވެ. އިވެމުން ދިޔަ އަޑުފަންގަނޑުން ގޭގެ ފާރުތަށްވެސް ދިޔައީ ރޫރޫއަޅަމުންނެވެ.
މިލީހަމްގެ ކައިވެނި އެހެންމީހަކާއި ކުރާތަން އޭނާ ދެކޭކަށް ބޭނުމެއް ނޫނެވެ. މާއިޒް މަޑުމަޑުން ކިޔާލިއެވެ. އެދެލޮލުން އޭރުވެސް އަލިފާންކަނި ބުރަމުން ދިޔައެވެ.
ރިންގުވަމުން ދިޔަ ފޯނުގެ އަޑަށް ޒާއިނާއަށް ހޭވެރިކަންވިއެވެ. އޭނާއަށް އޮއެވުނީ އެނދުގައެވެ. ހާސްވެ ކަންބޮޑުވެފައި ހުއްބާއި މިލީހަމް އެނދުގެ މަގަތުގައި ތިއްބެއެވެ. ހޭއެރުމާއެކު ދެމީހުންނަށް ވަގުތުން ބުނެވުނެވެ. ”
ހުއްބާ/މިލީހަމް: މަންމާ ކިހިނެއްވީ؟”
އަތުގައި އޮތް ފޯނުގައި އިން ގަޑި ދައްކާގޮތުން ވިއްޔާ ދިހައެއް ޖަހާއި ބޮޑުވެއްޖެއެވެ.
“މިލީހަމް: ބައްޕަ ބުނި މަންމަ އޮތީ ފާޚާނަ ތެރެއަށް ހޭހުސްވެގެން ވެއްޓިފައޭ” ދެންވެސް ވާހަކަ ދެއްކީ ދަރިންނެވެ. މަންމަ އިނީ އަނގައިން ބަސްހުއްޓިފައެވެ. ވާއެއް ނުވާއެއް އޭނާއަށް އަދި ރޭކާލާގޮތެއް ނުވިއެވެ.
” ހުއްބާ: މަންމާ، މަންމާ” ދެއަތް ހަލުވާލަމުން ހުއްބާ މަންމައަށް ގޮވާލި އެވެ. ހަމަބިމަށް ތިރި ވެވުނީ ޒާއިނާއަށް ދެނެވެ. ވަގުތުން ކިހިނެއް ވީހޭ އަހަފިއެވެ.
” ޒާއިނާ: ކިހިނެއް ވީ ދަރިފުޅު މެން ކީއްކުރަނީ؟” ވެގެން އުޅޭގޮތް އަލިފުން ޔާއަށް ހުއްބާ ކިއަދިނެވެ. ހުރިހާ ކަމެއް ހަދާންވީ އޭނާއަށް ހަމަ ކުއްލިއަކަށެވެ. އެއިން އެއްވެސް ކަމެއް ދަރިންނާއި އަދި ހިއްސާކުރަން އެހިތެއް ނޭދުނެވެ. އެހެން ކަމުން އެއްޗެއް ނުބުނެ އޭނާ ހަނުއިނީއެވެ.
އެހެނަސް، މާގިނައިރަކު އޭނާއަކަށް ނީދެވުނެވެ. ދަރިން ކައިރީ ދޮގު ހަދަން ޖެހުމުން ފަސްޖެހޭ ގޮތްވިއެވެ. އެނޫން ގޮތެއް މިހާލަތުގައި ނެތުމުން ޒާއިނާ އެކަންވެސް ކުރިއެވެ. ދޮގުވެސް ހެދި އެވެ. އެހިތަށް ހަމަޖެހުމެއް އެކަމުން ނުލިބޭނެކަން އެނގިހުރެއެވެ. ކަންތައް ވީވެސް އެހެންނެވެ. ތަދު އިހްސާސެއް ކުރެވެން ފެށިއެވެ. އެތާވެސް އޭނާއަށް ކެތެއްނުކުރެވުނެވެ. ދުވެފައި ހެން އޭނާއަށް ފާޚާނާއަށް ދެވުނެވެ.
ދޮރު ތަޅުލެވުމާއެކު ހިފައްޓައިގެން ހުރި ކަރުނަތައް މަގާމުދޫކޮށް އޮހިގަތެވެ. ހާދަ ފުން އަސަރުތަކެއް އެހިތަށް ވާ ކޮށްފިއެވެ. އެދެލޮލުން އެކަމުގެ ހެކިތައްއެދަނީ ވިދާ ބަބުޅަމުންނެވެ.
މިކަމަށް ހަލެއް ނުހޯދާ ނޭވާއެއްވެސް ޒާއިނާއަށް ނުލުލޭވެނެއެވެ. އަލިފުޅުބޭގެ ގެކޮޅަށް ދާން ނިންމަމުން އޭނާ ނިކުތެވެ. މޫނު ދޮވެ ދަތްވެސް އުނގުޅައިގެންނެވެ. މަންމަ ގިނައިރު ވެގެން ކަންބޮޑުވެފައި ދެދަރިން ތިބީ ކޮޅަށް ވެސް ތެދުވެއެވެ.
” ޒާއިނާ: ދަރިފުޅުމެން ސައިބޮއެފިންތައް، ހިނގާ މަންމައާއެކު ކުޑަގޮތެއް ހަދާލަން” ހިނިތުންވާން މަސައްކަތް ކުރަމުން ޒާއިނާ ހިނގައިގަތެވެ. ފަހަތުން ދެކުދިންވެސް ނިކުތެވެ.
ސައިބޮވޭނެ ގޮތަކަށް ކާމެޒުމަތި ހުރީ ހުއްބާ ތައްޔާރުކޮށްފަ އެވެ. ގެއިން އޭނާ އައީ ސައިހިފައިގެންނެވެ.
“ޒާއިނާ: މިލީ، ދަރިފުޅާ ހުރިހާ ކަމެއް މިހާރު ތައްޔާރު ވެއްޖެތައް ހެދުމާ.” މަންމަގެ ވާހަކަތަކަށް މިލީހަމް ބޯޖަހަމުންދިޔައެވެ. މާބޮޑު ތައްޔާރު ތަކެއް ވާން ޖެހޭހެއްޔެވެ؟ މިކުރެވެނީ ޚަރާމް ކައިވެންޏެއްވިއްޔާއެވެ؟ ކުލަ ގަދަ ހަފްލާއެއް ބޮޑު ބޭއްވުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ؟
އާއިލާއާއި ގާތް ރައްޓެހި ރަޚުމަތްތެރިންނަށް ކުޑަ ސައެއް ދިނުމުން ފުދޭ ނެއެވެ. މުއްސަނދި އާއިލާއަކުން އަޔަސް މާ ސާހީކޮން މިކަންތައް ކުރިއަށް ގެންދާކަށް މިލީގެ ޒަމީރު އެއްބަހެއް ނުވެއެވެ. އޭނާ ހުރީ ބޮޑު ފާފާއެއްގައި ބަދެވި މުޅި މީހާ ހަފުސްވެފައެވެ.
ދުނިޔެއަށް ދައްކާ އިއުލާނުކުރަންވެސް ބޮޑުކޮން ޕާޓީ ބާއްވަނީ ލޯބިވެރިންނެވެ. އަހަރުމެން މިއީ ލޯބިވެގެން ކުރާ ކައިވެންޏެއް ނޫނެވެ. މަޖޫބޫރުގެ ހަޅުތާލުން މިންޖުވާން ކުރާ ކަމެވެ. ކައިވެނިން ޝަވާބާއި ދަރުމަ ލިބުނަސް އަހަރުމެންނަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކަން މިވާން އުޅޭ ގޮތުން ޝުވަރުގޭގޭ ވަސްވެސް ލިބޭނެ ހެއްނެތް ހިޔެއްނުވެއެވެ؟
ލޯތްބަކީ އަޅާލުމާއި އޯގާތެރި ފިރުމުން ތަކެވެ. ތެދުވެރިކާމާއި އިހްލާސްތެރިވުމާއި ވަގުތެވެ. ތެދުވެރި ހިތަކުން ވަފާތެރިވުމެވެ. މިގުޅުމުގައި ޖެހިފައިވާނީ ބޭވަފާތެރި ކަމުގެ ސިއްކަ އެކެވެ. މިބަނޑުން އުފަންވާނީ އެހެން މީހެއްގެ ލެޔެވެ. އެހެން މީހުންނަށް ފެންނަށް ހަލާލު ފިރިމީހާގެ ދަރިއެއް ނޫނެވެ. މިއީ ޚިޔާނާތުގެ ނިޝާނެކެވެ.
އޯގާތެރިއަތަކުން ސަރާބުގެ ފެން ވެސް ބޯންޖޭހިދާނެއެވެ. ކޮންމެ ހާލަތަކަށް މެ މީހާ ހުންނަން ވާނީ ހުސިޔާރުވެއެެވެ. މިއަދު ޚުބާބަށްވެސް ވެފައި މިވަނީ އެފަދަ ގޮތެކެވެ. އޭނާގެ ދިރިއުޅުން އެވަނީ ޒަަހަރުހައި ހިތިވެފައެވެ.
ވަފާތެރި ހިތަކުން ބޭވަފާތެރިކަމުގެ ކަރުމަޅި އައްސާފާނެއެވެ. ދުނިޔޭގައި އުޅެން ނުކެރޭ ވަރުކޮށްލަފާނެއެވެ. ދިރިހުއްޓާ ދަންޖަންސާއި މަރާލަފާނެއެވެ.
އިހްލާސްތެރި ކަމަށް ހެދިން މަކުރުންވެސް އުޅޭނެއެވެ. އެދުންވެރިކަމާއި މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ނުކުރާނި ކީއްހެއްޔެވެ؟ މީހަކު މަރާލަންވެސް ފަހެއް ނުޖެހޭނެއެވެ.
ލޭގެ ގުޅުމަކީ މަތިވެރި ގުޅުމެކެވެ. ވަކިނުވެ ވޭނެ މާތް ގުޅުމެކެވެ. އެއްލެއިން އުފަންވާ އެއްނަސްލުގެ މީހުންނަކީ އެއް އާއިލާއެކެވެ. ރަހިމުގެ ގުޅުންތައް ކަނޑައިފިނަމަ ޝުވަރުގެ ނުދެވޭނެ ކަމަށް ވާރިދުވެފައިވޭ ނޫންހެއްޔެވެ؟
މެންދުރަށް ކައްކަން ވެސް ނޫޅި ޒާއިނާ ދިޔައީ ބޭރަށެވެ. އެކަކު ކައިރީވެސް ބުނެ ނުލައެވެ. ކާރެއް ގެނެސްގެން އޭނާ އެދިޔަ ތާކަށް ދިޔައީ އޭގައެވެ. ބުރިޖު މަތިން ލާފައި ކާރު ގޮސް ފައިބީ ހުޅުމާލެއަށެވެ.
ބާރު ދުވެލި މަޑުކޮށްލަމުން ކާރު ދުއްވަންފެށިއެވެ. ފޭސް އެކެއްގެ ފަޅު ހިސާބަކަށް ޑުރައިވަރު މަޑުކޮށްލުމާއެކު ޒާއިނާ ފައިބިއެވެ. އަގަކީ ފަންސާސް ކަމަށް ޑުރައިވަރު އެންގިއެވެ. ސަތޭކަ ރުފިޔާ ޒާއިނާ ދިނެވެ. ހަދިޔާ އެކޭ ކިޔާފައެވެ. އެހެންނޫނަސް މީހަކަށް އެއްޗެއް ދީގެން އޭނާއަށް ގެއްލޭނެ އެއްޗެއް ނެތެވެ.
ޒާއިނާގެ ހިތް ނެގިނެގިފައި ތެޅެމުންދިޔައެވެ. އެ ހަށިގަނޑު ދައްކައިދެނީ ބިރުވެރިކަމުގެ އިންތިހާއެވެ. އަލިފުޅުބޭގެ ގެކޮޅަކީ އާދައިގެ މީހުންނަށް ފެންނަ ވަރަށްވުރެ މާ ނާމާން ތަނެކެވެ. ހިނގާލައި އެ ގެއާ ހަމައަށް ޒާއިނާ ދިޔައެވެ. އޭރު ވަށައިގެންވާ މާހައުލު އޮތީ ބުނެދޭން ނޭނގޭ ފަދަ ހިމޭންކަމަކާއި ނާމާންކަމުގެ ދާސްތައެއް ތެރޭގައެވެ.
އެތަނުގެ ވަށައިގެން އޮތީ މަރުފަދަ ހިމޭންކަމެކެވެ. މެންދުރުގެ އަލިކަމުގެ ތެރެއިން އެ ގޭގެ ފާރުތަށް ފެންނަނީ ހިޔަނި އެޅިފައިވާ ކަޅު ކުލައެކެވެ. ގޭގެ ވަށައިގެން ހުރީ އާދަޔާ ހިލާފަށް ދިގުވެފައިވާ، މުށިކުލައި ހުންނަ ވިނަތަކެވެ. ވައިރޯޅިއެއް ޖެހުނަސް އެ ވިނަތައް ލޭރޮއްޗެއްހެން ހެލިލައެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ އެއީ ދިރޭ އެއްޗެއް ހެންނެވެ. މުޅި ކައުނުގައި އޮތީ އަނދިރި ކިއްލާއެއްގެ ތަސްވީރު ކުރަހުވާލާފަ ކަހަލައެވެ.
ގެއާ ދިމާލަށް ޒާއިނާ ފިޔަވަޅެއް އެޅިއެވެ. އެ ގެއިން ދުވަމުންދިޔައީ އާދަޔާ ހިލާފު، ކުނިވަސްދުވާ ފަދަ ނުބައި ވަހެކެވެ. އެއީ ހިކިފައިވާ ގަސްތަކާއި، މުޅަ މަހުގެ ވަސް ކަހަލަ ވަހެކެވެ. ކޮންމެވެސް ނުބައި އެއްޗެއްގެ ބާރު ފެތުރިފައިވާ ވަހެއް ވެސް އަދި ދުވިއެވެ.
ގޭގެ ދޮރާށި ހުރީ ދަބަރު އަރާފައިވާ ދަގަނޑުތަކަކުންނެވެ. ވީރާނާވެ ހަލާކުވެގެން ގޮސް ޗަސްވެފައެވެ. އެ ދޮރު ހުޅުވުނުއިރު އައި އަޑަކީ ކޮންމެވެސް މީހަކު ވޭނުގައި ހަޅޭއްލަވާ އަޑު ފަދަ ނާމާން އަޑެކެވެ. މަރުން ސަލާމަތަކަށް އެތި ހަޅޭތް ލަވައި ފަދައިންނެވެ.
ގޭގެ ގޯތިތެރޭގައި ހުރި ބޮޑު ސައްކެޔޮ ގަހުގެ ހިޔަނި އެތެރެއަށް އެޅިފައި އޮތެވެ. އެ އޮތް ގޮތުން ހީވަނީ ބިރުވެރި މަޚްލޫޤެއް އެ ގެއަށް ވަންނަން މަސައްކަތްކުރަނީ ހެންނެވެ. ވައިރޯޅިތައް ގޭގެ ކުޑަދޮރުތަކުން ވަންނައިރު އިވެނީ ފުން ނޭވާތަކެއް ފަޒާ ތެރެއިން ބޭރުވާ އަޑެވެ.
އެތެރޭގެ މާހައުލު އިތުރަށް ބިރުވެރިއެވެ. ފާރުތަކުގައި ހުރީ ބޯކޮށް އުފެދިފައިވާ އަނދިރިކަމެވެ. ބިޔަކޮން އުފެދިފައިވާ މޫތަކެވެ. ގަސްގަހުގެ ބިޔަ ވެއޮތަކެވެ. ބޮޑު ނިކަގަހެއްގެ ދަޅަވެސް ގޭތެރެއިން އަޅަމުން ދިޔައެވެ. ދޮންވެ ފައްކާވެފައި ނިކަތަކުން މުޅި އެސަރަހައްދު އޮތީ ފެންވަރުވާލާފައެވެ.
ސިނޑީގެ ހަރުފަތްތައް ޒާއިނާ ގިރާކުރަަން ފެށިއެވެ. ވަކި ހިސާބަކުން ހުއްޓެން މަޖުބޫރުވެއްޖެއެވެ. މަތީ ފަންގިފިލާއިން އެޅޭ ފަނޑު އަލިކަމުގެ ތެރެއިން، މީހަކު އޭނާއަށް ފެންނަ ހެން ހީވީއެވެ. އާނއެކެވެ. ފަނޑު އަލިކަމުގެ ތެރޭން މީހަކު ބަލަން ހުރި ކަމުގެ އިހުސާސް ޒާއިނާއަށް ކުރެވެންފެށުނެވެ.
މައްޗަށް އަރަން ހުރި ހަރުފަތްތައް ހުރީ ވެލިތަކުން ފުރިފައެވެ. މަކުނަވަލާއި ދިރޭ ސޫފާސޫފީގެ ފަނި ފަކުސާ ތަކުން ރެދަން ލާފައެވެ. އެތަންތަނުން ފެންނަ ހުރި ފިޔަވަޅުތަކަކީ އިންސާނެއްގެ ފިޔަވަޅުތަކެއް ނޫން ކަހަލައެވެ. މުޅި އެ މާހައުލު އޮތީ ބިރުވެރިކަމުގެ ބާރުގަދަ ތިލިސްމެއްގެ ދަށުގައިފަދައެވެ.
ޒާއިނާއަށް ހީވީ އޭނާ ހުރީ ދިރޭ ދުނިޔެއަކު ނޫން ހެންނެވެ. ޖިންނި ފުރޭތޭންގެ ބިންގަރާހެއްގައި ކަހަލައެވެ. ބިރު ނުގަންނަން އުޅުނަސް އޭނާގެ ދެފައިވެސް ދިޔައީ ތުރުތުރު ލަމުންނެވެ. މިއީ ހަމަ ކޮންމެވެސް ނުބައި ބާރެއްގެ ފައްޅިފަދައެވެ. މައްޗަށް އެރުނުތަނާ އޭނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއްވެސް އަޑެއް އިވޭތޯ އޭނާ މަޑުކޮށްލިއެވެ. ތަނުން އިވެމުންދިޔައީ އޭނާގެ ހިތުގެ ތެޅުމުގެ އަޑު އެކަނި ނޫންކަން އޭނާއަށް ޔަގީންވިއެވެ. މުޅި ތާއި ހަރުލާފައި ހުރީ ނާމާން ކަމުން ފުރިފައިވި ރާގެކެވެ.
“އަލިފުޅުބޭގެ އެހީތެރިޔާ: ޒާއިނާ ޒާއިނާ.” ކަޅި އެއްލަމުން ހިނގަމުން ދިޔަ ޒާއިނާގެ ފައިގައި ތަޅެއް ލެވުން ފަދައެވެ. ކުރިއަށްވެސް ފަހަތަށްވެސް ފިޔަވަޅެއް އޭނާއަކަށް ނޭޅުނެވެ. ހުރިތާ ގަނޑުވެފައި ހުރެވުނީ އެވެ. އޭނާގެ ނަމުން އެގޮވާލީ ކާކު ހެއްޔެވެ؟ ޖިންނިއެއް ހެއްޔެވެ؟ މިގެގަޑުން ޒާއިނާއަށް ސަލާމަތްވެވިދާނެ ބާއެވެ؟ އަލިފުޅުބޭ އަނެއްކާ ދުނިޔޭގައި އެބަހުރި ބާއެވެ؟
ނިމުނީ
😊❤️🥀🫶🥰
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





