Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފަށުފޫ

mohamed neer Level 210 Stories100 Stories
July 13, 2013 4 Mins Read
3 Comments

ފެށުން

ހޮނިހިރު ދުވަހުގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ސިޔާދާއި ވާފިރާ އަދި ސަބީން އާއި ހުޒައިފާ ހެދިގޮނޑުދޮށަށް
ދިޔައީ މޭލޭގައި ދިރިއުޅެމުންދާ އެހެން ވެސް ރައްޔިތުން ފަދައިން މޫދަށް އެރި މަޖާކޮށްލާށެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ލިބޭ ހިތްހަމަ ޖެހުން ލިބިގަންނާށެވެ.
ދުވަހަކީ މަދަރުސާތަކާއި ސަރުކާރުގެ މުއައްސަސާތައް ބަންދު ދުވަހަކަށްވާތީ އެސަރަހައްދު ފެންނަމުންދަނީ ވަރަށް ބައި ބޯ
ކޮށެވެ. އެތައް ކުދިންނަކާއި ބައިވެރި ބޮޑެތިމީހުން މޫދުގަ ހަރަކާތްތެރިވަމުން ދިޔައިރު ގޮނޑުދޮށާއި އެއްގަމުގަ ކުޅެ މަޖާކުރުމާއި ގެން އުޅޭ މީހުން ވެސް މަދެއް ނޫނެވެ.
މޫދުތެރޭގަ މީހުން ގިނަވެ ބައިބޯވުމުގެ ސަބަބުން ސިޔާދުމެން ގަސްދުކުރީ މީހުން މަދުވެލަންދެން މޫދަށް ނޭރި އެއްގަމުގަ
މަޑުކޮށްލާށެވެ.
ހެދިގޮނޑުދޮށާ ދިމާ އެއްގަމުގަ ހައްދާފައި ހުރި ގަސްތަކުގެ ތެރެއިން ގަހެއްގެ ހިޔަލުގައި މަޑުކޮށްލުމަށްޓަކައި އެދިމާއަށް
ހިނގަމުންދިޔަ ސިޔާދުގެ ފިޔަވަޅުތަކަށް ހުއްޓުންއައީ އެދިމާއަށް ހިނގަމުންއައި އަންހެން ކުއްޖާ ފެނުމުންނެވެ.
މަޑުނޫކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހުރި އެއަންހެންކުއްޖާގެ ބޮލުގެ އިސްތަށިގަނޑު ކޮނޑާއި ހަމައަށް
ކުރުކޮށް ބުރިކޮށްލާފައިވާއިރު މަޑު މުށިކުލައެއް ޖައްސާފައިވެއެވެ. ނުހަނު ރީތި ބައްޓަން ފުރިހަމަ ހަށިގަނޑަކާއި ކުލަދޮން މޫނެއް ލިބިފައިވާ އެއަންހެން ކުއްޖާގެ ފަރާތުން ފެންނަމުންދަނީ އަންހެންވަންތަ ކަމުގެ މިސާލެއް ކަމުގައި ސިޔާދަށް ގަބޫލު ކުރެވުނެވެ.
ސިޔާދުގެ އިތުރުން ސަބީނަށް ވެސް އެއަންހެން ކުއްޖާ ފެނުމުން ޝައުޤުވެރި ވެވުނުކަން އޭނާގެ ހަރަކާތްތަކުން އެނގުނެވެ.
” ނަޒީމާ ” ސިޔާދަށް ހޭވެރިކަން ވީ ހުޒައިފާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
އެހެން ދެއަންހެންކުދިންނާއެކު ހިނގަމުން އައި އެއަންހެން ކުއްޖާ ދުވެފައި ކަހަލަގޮތަކަށް އައިސް ނުހަނު އުފަލާ ހިތްހަމަ
ޖެހުމާއެކު ހުޒައިފާއާ ސަލާން ކޮށްލަމުން ކުޑަގޮތަކަށް ބައްދާލި އެވެ. އޭރު ދެމީހުންގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
ހުޒައިފާއާ އެއަންހެންކުއްޖާ އަކީ ވަރަށްގާތް ދެއެކުވެރިންކަން އެދެމީހުންގެ ހަރަކާތްތަކުން އެންމެނަށް ވެސް އެނގުނެވެ.
ހުޒައިފާ އޭނާގެ ރައްޓެހިންނަށް ސިޔާދާ ތަޢާރަފް ކޮށްދިނެވެ. ހަމައެހެންމެ އޭނާގެ ރައްޓެހިން ސިޔާދާއަށް ތަޢާރަފް ކޮށްދިނެވެ. އެ
އާއެކު ސިޔާދާ ވެސް ހަމަ އެފަދައިން ކަންތައް ކުރިއެވެ.
ހުޒައިފާމެން މޫދަށް ނޭރި މަޑުކުރި ސަބަބު ބުނުމުން ނަޒީމާމެނަށް ވެސް އެކަން ގަބޫލު ކުރެވުނެވެ. އެހެންކަމުން އެމީހުން
ވެސް ގަސްދުކުރީ މޫދުން މީހުން މަދުވެލަންދެން މޫދަށް ނޭރި އެއްގަމުގައި މަޑުކޮށްލާށެވެ.
އަބަދުވެސް ކަންކަމާމެދު ކުރިޔަށް ވިސްނާ ސިޔާދު، މޫދަށް އެރޭން އައި ނަމަވެސް ރައްކާކުރެވޭނެ ގޮތަކާއެކު ކޮންމެވެސް
ވަރަކަށް ފައިސާ ގެނައެވެ.
މިތަނުގައި މިހެންތިބެ ވަގުތުތައް ބޭކާރު ކޮށްލުމަށްވުރެ، އެތަނުން ހޮޓަލަކަށް ގޮސް ކޮފީއެއް ބޯލުން މާރަނގަޅުވާނެކަމަށް
ސިޔާދު ބުނި ބުނުމުން އެންމެނަށް ވެސް ވަރަށް ކަމުދިޔައެވެ.
ސިޔާދުގެ އެހުށަހެޅުމަށް އިޖާބަދީ ހިނިތުންވެލި ވަގުތު ނަޒީމާގެ ދެކޮލުން ފާޅުވި ދެއަޑިކޮޅަކީ ނަޒީމާގެ މޫނުމައްޗަށް އިތުރު
ފުރިހަމަކަމެއް ގެނެސް ދިން ކަމެއްކަން ޔަގީނެވެ.
ސިޔާދުމެން ހަތްމީހުން ކޮފީބުއިމާއިގެން މަޝްޣޫލުވެތިބި އިރު އެމީހުންގެ މެދުގައި ތަފާތު މަޢުލޫތަކަށް ވާހަކަ ދެކެވެމުން
ދިޔައެވެ. ހަމައެހެންމެ އެކަމުގެ ތެރޭން އެއެންމެންގެ މެދުގައި ރަހުމަތްތެރިކަން އުފެދި އެގުޅުން ބަދަހިވަމުން ދިޔައެވެ.
ކޮފީ ނިންމާލުމަށްފަހު މޫދަށް އެރިގެން ގެއަށް ދިޔައިރު ސިޔާދުގެ ފަރާތުން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ
އަސަރުތަކެވެ.
ނަޒީމާއާ ބެހޭގޮތުން ސިޔާދު ވާހަކަދައްކާ މަޝްވަރާކޮށް ޚިޔާލުހޯދީ ހުޒައިފާގެ ފަރާތުންނެވެ.
ސިޔާދާއި ހުޒައިފާ ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން، ހުޒައިފާ ވިލިނގިއްޔަށް ގޮސް ނަޒީމާ ބައްދަލު ކުރިއެވެ.
އަދި އޭނާ ނަޒީމާގާތަށް އައީ ވަރަށްބޮޑު ބޭނުމަކު ކަމުގައި ބުނެ އެބޭނުމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.
ނަޒީމާ އާއި ހުޒައިފާ ވާހަކަ ދައްކާ މަޝްވަރާކޮށް ނިންމިފަދައިން ނަޒީމާއާ ބައްދަލުކުރުމަށްޓަކައި ސިޔާދާއި ހުޒައިފާ
ވިލިނގިއްޔަށް ދިޔައީ ރޭގަނޑު އަށެއް ޖަހާކަން ހާއިރުއެވެ.
ނަޒީމާމެންގެ ގެފެނުމާއެކުހެން ސިޔާދުގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ތިންބުރިއަށް ހަދާފައިވާ އެގެއަކީ ނަޒީމާގެ މައިންބަފައިންގެ ގެކަމާއި އެދެމަފިރިންގެ ހުންނަނީ ނަޒީމާ އެކަނިކަން ސިޔާދަށް ވެސް އެނގުނެވެ.
ސިޔާދު ބޭނުންވި ފަދައިން އޭނާއަށް ނަޒީމާއާ ބައްދަލުކުރެވޭނެގޮތް ހުޒައިފާ ހަމަޖައްސައި ދިނެވެ. އެކަމުގެ ސަބަބުން
ސިޔާދުގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.
ނަޒީމާގާތުގައި ވަރަށްގިނަ ވާހަކަ ދެއްކުމަށްފަހު ނަޒީމާދެކެ ސިޔާދު ވަރަށް ލޯބިވާ ކަމަށްބުނެ ލޯބި ހުށަހެޅިއެވެ. ސިޔާދުގެ އެހުށަހެޅުމަށް ޖަވާބެއް ދެވޭނީ އެކަމާމެދު ވިސްނާލާފައި ކަމަށް ނަޒީމާ ބުންޏެވެ. ނަޒީމާ އާއި ސިޔާދުގެ ބައްދަލުވުން ނިންމާލީ ދިހަގަޑި ތިރީސް ވެސް ވީ ފަހުންނެވެ.
ނަޒީމާ އާ ސިޔާދުގެ ބައްދަލުވުން ނިންމާލުމަށްފަހު ސިޔާދާއި ހުޒައިފާ މާލެ ހިނގައްޖެއެވެ.
ނަޒީމާ ގެއަށް ގޮސް ސިޔާދުގެ ވާހަކަތަކާމެދު ވަރަށް ވިސްނިއެވެ. ހަމަ އެހެންމެ ސިޔާދުއާ މެދު ވެސް ވަރަށް ވިސްނިއެވެ. ސިޔާދުގެ އެވާހަކަތަކަކީ ތެދު ޙަޤީޤަތް ކަމަށް ވަންޏާ ސިޔާދުގެ ހުށަހެޅުން ގަބޫލުކޮށް ސިޔާދު އާ ގުޅުން ރަނގަޅު ކަމުގައި ނަޒީމާއަށް ވިސްނުނެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު ހުޒައިފާމެނަށް ފޯނުކޮށް ސިޔާދުއަކީ ކޮންކަހަލަ ޒުވާނެއްތޯ ބެލުމުގެ މަސައްކަތް ނަޒީމާ ކުރަމުން ގެންދިޔައެވެ. ހުޒައިފާ އާއި ސިޔާދުގެ ވާހަކަތައް ކިތަންމެ ރަނގަޅަކަށް ވެސް ދިމާވެއެވެ. ސިޔާދު އެކޭ އެއްފަދަ އިން ހުޒައިފާ ވެސް ބުނީ ސިޔާދުއަކީ މާލޭގައި ފިހާރައެއް ހުޅުވައިގެން އެކަމުން ދިރިއުޅެމުންދާ ވަރަށް އެކަނިވެރި ޒުވާނެއް ކަމަ ށެވެ. މައިންބަފައިން މަރުވެފައި ވާއިރު އެއްބަނޑު އެއްބަފާ އިތުރު އެހެން މެންބަރަކު އެޢާއިލާގައެއް ނުހިމެނެއެވެ.
ދުވަސްތައް މާޒީއާ އެކުވަމުން އައިސް އެއްދުވަހެއްގެ ހަވީރު ވަގުތެވެ. ސިޔާދު ފިހާރާގައި އިންދާ ނަޒީމާ އެތަނަށް އައިސް ސިޔާދުއާ ބައްދަލުކުރިއެވެ. އޭރު ނަޒީމާގެ އުރުގައި ކުޑަވަރެއްގެ އަންހެންކުއްޖެއް އިނެވެ. ވަރަށް ލޯބިލޯބިކޮށް އިން އެ ކުއްޖާ ފެނުމުން ސިޔާދު ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދިގެންދިޔަ ނަމަވެސް އެކުއްޖާއާ މެދު ސައުޤުވެރި ވެވުނެވެ. ސިޔާދުއަށް ބަލާލަމުން ނަޒީމާ ވާހަކަދައްކާން ފެށިއެވެ.
” ސިޔާދު! … ވަރަށް ބޮޑު ވާހަކައެއް …. ބުނަން މިއައީ. ” ވަށައިގެން ހޯދާލުމަށްފަހު އެތަނުގައި އެދެމީހުން ފިޔަވާ އެހެންމީހެއް ނެތްކަން ޔަގީންވުމުން، ހިތްވަރުކޮށްފައި ނަޒީމާ ވާހަކަ ދެއްކިއެވެ.
” އެހެންތަ ؟ އެއީ ކޮންވާހަކައެއް؟ އަވަހަށް ބުނޭ. ” އަވަސް އަވަހަށް ސިޔާދު ބުންޏެވެ. ނަޒީމާ ބުނަން އެއުޅޭ ވާހަކަ އަޑުއެހުމަށް ސިޔާދު އިނީ ކެތްމަދުވެފައެވެ.
” މިއީ އަހަރެންގެ ދަރިއެއް. މީނަ ބައްޕަ އަހަރެން ވަރިކޮށްފައި ދިޔަ ފަހުން މިހާރު އަހަރެއްވަރު ވެއްޖެ. ދަރިފުޅަކަށް އެއްވެސް ހަރަދެއް ނުކުރޭ. ސިޔާދު އަށް މިކަން އޮޅިފައިވާހެން ހީވާތީ އެކަން ސާފުކޮށްދޭން މިއައީ ……. ދެން ދަނީ ” މާޔޫސް ކަމާއެކު ސިޔާދަށް ބަލާން ހުރެ އެވާހަކަތައް ދެއްކުމަށްފަހު ނަޒީމާ ގޮސް ފިހާރައިން ނުކުތެވެ.
ނަޒީމާ ފިހާރައިން ނުކުތުމާއެކު އޭނާގެ ފަހަތުން ސިޔާދު ވެސް ފިހާރައިން ނުކުތެވެ. އަދި އަވަސް އަވަހަށް ގޮސް ނަޒީމާއާ އަރާހަމަކޮށް އޭނާ މަޑުކުރުވަމުން ވާހަކަ ދައްކަން ފެށިއެވެ. ނަޒީމާގެ އެވާހަކަތަކަށް އިސާރާތްކޮށް ސިޔާދު ބުނީ ނަޒީމާގެ ދަރިއެއް ހުރުން އެއީ މައްސަލައެއްކަމަށް ނުދެކޭ ކަމަށާއި އޭނާ ލޯބިވަނީ ނަޒީމާދެކެ ކަމަށެވެ. ހަމައެހެންމެ އޭނާ ނަޒީމާ ދެކެ ވާ ލޯބި އެއީ ނަޒީމާގެ ދަރިފުޅަށް ވެސް އޭނާގެ ފަރާތުން ލިބޭނެ އެއްޗެއް ކަމަށެވެ.
ސިޔާދުގެ އެވާހަކަތަކުގެ ސަބަބުން ނަޒީމާއަށް ވަރަށްބޮޑު އުފަލެއް ލިބިގެން ދިޔައެވެ. ހަމައެހެންމެ ލިބުނު ހިތްހަމަ ޖެހުމުގަ ހިނިތުން ވެލެވުނެވެ.
ނަޒީމާ އާއި ސިޔާދު ވާހަކަދައްކާ ނިންމާފައިވާ ފަދައިން ރޭގަނޑު އަށެއް ޖަހާކަންހާއިރު ނަޒީމާއާ ބައްދަލު ކުރާން ވިލިނގިއްޔަށް ސިޔާދު ދިޔައެވެ. ސިޔާދު އާއި ނަޒީމާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް މަޑުކުރީ ވިލިނގިލީގެ އަތިރިމަތީގައިވާ ދިއްގާގަސްތަކުގެ ތެރެއިން ގަހެއްގެ ކައިރީގައެވެ. އޭރު އެދެމީހުން ފިޔަވާ އެހެން އެއްވެސް މީހަކު އެހިސާބުން ފެންނާކަށް ނެތެވެ.
ނަޒީމާގާތު ސިޔާދު ބުނަމުން ދިޔައީ ނަޒީމާގެ ދަރިއަކުހުރި ނަމަވެސް ސިޔާދު ބޭނުންވަނީ ނަޒީމާއާ ކައިވެނިކޮށް އުފާވެރި މުސްތަގުބަލެއް ހޭދަކުރާން ކަމަށެވެ. ހަމައެހެންމެ ނަޒީމާގެ ދަރިފުޅަށް ބައްޕައެއްގެ ފުރިހަމަ ލޯބިދޭނެކަމާ ކުރީގެ ފިރިމީހާ އެހެން ކަންތައްކުރި ނަމަވެސް ސިޔާދު އެހެން ކަންތައް ނުކުރާނެ ކަމަށެވެ. ނަޒީމާއާ ކައިވެނި ކުރާން ސިޔާދު ބޭނުންވަނީ ނަޒީމާ ދެކެ ލޯބިވާތީ ކަމަށާއި ފިރިއެއްގެ ފަރާތުން ދޭންވާ ލޯތްބާއި އަޅާލުން ދޭނެކަމަށެވެ.
ސިޔާދުގެ ވާހަކަތަކުގެ ސަބަބުން ނަޒީމާއަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ އިތުރުން ވަރަށްބޮޑު ހިތްވަރެއް ލިބިގެން
ދިޔައެވެ. ހަމައެހެންމެ އަލަތުކައިވެނި ރޫޅުމުން ލިބިފައިވާ މާޔޫސްކަމާއި ހިތްދަތިކަން ފިލުވާލާ އާހަޔާތެއް ފެށުމުގެ އުންމީދުތައް އާ ވެގެން ދިޔައެވެ. އެއާއެކު ދަރިފުޅާމެދު ކުރަމުންއައި އުންމީދުތަކަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 30

Next

ފަށުފޫ

Next
July 13, 2013

ފަށުފޫ

Previews
July 13, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 30

3 Comments!

  1. އިއްބެ says:
    July 13, 2013 at 7:10 pm

    ސަޅި ފެށުމެއް

  2. Naash says:
    February 11, 2015 at 2:34 pm

    aharenmee Neeruge varah gina vaahaka kiyaafa huri kuhjeh….aharennah varahbodah faahaga kurevey neeru liyaa knme vaahaka eh ga ves “emeehunge moonu mathin fennamun dhany ufalaa hinhama jehumuge asaruthakey” abadhu abadhu ehvaahaka eh ga ves mithankolhu thakuraaru kohfa hurey….knme paragraph eh ga ves hurey gina vaahakathakuga dhn varah hadi aslu mihen liuneema unmeedhu kuran mi comment balaigannane kamah……..

  3. lilly white says:
    November 18, 2015 at 9:23 pm

    Naash e buny v bodu thedheh. .naash ekey ehgothah v v v faahaga kure vey ekan. .
    Ekamaku vx neer ge vaahaka thah v v v reethi!
    Adhi mi part ga ebain mistake eh. E ee “isthashi gandu hury kurukoh buri koh laafa ey. . ” aslu isthashi gandu kurukoh koshaafa hunnaany burikohfa kaa eh noon. .

Comments are closed.



All Right Reserved!