Skip to content
އެސްފިޔަ

ވާނަން އުމުރަށް 02

Listen to this story Audio · 2:12 Powered by Esfiya Voice
0:00 2:12

ޔާނާ ކިހިނެއް ވެފާ ؟ ހާދަހާ މަޑަކުން ތި އިންނަނީ ؟ ” ކައިލް ގެ އޯގާތެރި ރާގަކުން ބުނެލިއެވެ . އެހެން ބުނުމާއެކު ޔާނާ އަށް ކައިލްގެ އޯގާތެރި ކަމުގެ އިހުސާސް ތައް މާ ބޮޑަށް ކުރެވެން ފެށުނުނެއެވެ . ޔާނާ ގެ ފުރަތަމަ ކައިވެނި އަކީ މަޖުބޫރުން ވެގެން ދިޔަ ކައިވެންޏަކަށް ވިއެވެ

” ކައިލް ، ސޮރީ ، މިޔޮށް ހާ ދުވަހު . ނުބުނެ ހުރެވުނީމާ .. އެހެންވެ ދެރަވެފާ މި އިންނަނީ ” ޔާނާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ . ” އަނެއްކާ ކަމެއް ވީ ތަ ؟ ” ކައިލް އަށް ވާނުވާ ނޭންގޭ ގޮތަށް ބުނެލިއެވެ .  ޔާނާ އަތުގައި އޮތް ކިއްޓް ދައްކާ ލަމުން މި ބަލާލުމަށް ބުނެލިއެވެ

” ވަޓް ޔާނާ .. އާޔޫ ސީރިއަސް .. މަ ބައްޕަ އަކަށް ވަނީ ތަ ؟ ” ކައިލް ލޯ ބޮޑު ކޮއްލުމަށް ފަހު ބުނެލިއެވެ . ކައިލް ޔާނާ އުރާލުމަށް ފަހު ނިތް ކުރިޔަށް ބޮސް ދިނެއެވެ . ” މިއީ މީހަކު ސޮރީ ބުނާ ވަރު ކަމެއް ނޫން ތަ ؟ ”

ކައިލް އަދި ޔާނާ ގެ ދިރިއުޅުމަށް އިތުރު  ހަރުފަތަކަށް ދިޔަ ކަހަލައެވެ . ކުޑަ ކުޑަ ފުރާނަ އެއް ޔާނާ އާއި ކައިލް އަށް ލިބުމުގެ އިހުސާސް ތައް ކުރެވެން ފެށިއެވެ. މި ވާހަކަ 2 ފަރާތުގެ އާއިލާ މީހުންނަށް ހިއްސާ ކުރެވިގެން ދިޔައެވެ . 2 ފަރާތުގެ އާއިލާ އިން ތިބީ އިންތިހާ އަށް އުފާވެރި ކަމާއެކުގައެވެ . ކުޑަ ކުޑަ ދަރިޔަކު ކައިލް އާއި ޔާނާ އަށް ލިބުމުގެ ދުވަސް އެންމެން ތިބީ ގުނަ ގުނައެވެ .

ޔާނާ ބަލިވި ފަހުން ކައިލް ޔާނާ އަށް ވަރަށް އަޅާލާ އޯގާތެރިއެވެ. މިއީ ޔާނާ އާއި ކައިލް ގެ އަލަތު ދަރި ކަމުން 2 މީހުން ގެ މޫނުން ފެނިގެން ދަނީ އުފާވެރި ކަމެއެވެ . ކޮންމެ މިނެޓް އެއް ޔާނާ  އާއި ކައިލް އަށް ވަނީ ގަޑީރެއް ކަމެއެވެ .

9 މަހާ 9 ދުވަސް ފަސް

ޔާނާ އާއި ކައިލް އަށް  ލޯބި ލޯބި ފިރިހެން ކުއްޖެއް ލިބިގެން ދިޔައެވެ . މިއީ ޔާނާ އާއި ކައިލް ދެކެމުން އައި ހުވަފެނެކެވެ. އެތަކެއް ހުވަފެން ތަކެއް ގެ ނިމުން މިޔަދު ޔާނާ އާއި ކައިލް އަށް ނިމިގެން ދިޔައެވެ . އުފާވެރި ހަޔާތުގެ ފެށުން އައި ކަހަލައެވެ . ޔާނާ ގެ އަޒުމަކަށް ވީ ޔާނާ އަށް ލިބުނު ދަރި ރަގަޅު ގޮތުގައި ބަލާ ބޮޑު ކުރުމަށެއެވހޮސްޕިޓަލް އިން ގެޔަށް ދޫކޮއްލާފިއެވެ . ޔާނާ އާއި ކައިލް ގެ ދަރީގެ ނަމަށް އަސްފާއު ބިން ކައިލް ގެ ނަމުން ދިނެއެވެ  މިއީ ޔާނާ އާއި ކައިލް ގެ ލޮލުގެ ކޮއެވެ . އަބަދުވެސް 2 މަފިރިން ބަލަމުން އަންނަނީ ވަރަށް ވެސް އޯގާތެރި ކަމާއެކުގައެވެ

3 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ