Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 29

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
April 13, 2026 3 Mins Read
4 Comments

“އަޑު އަހާކަށް ބޭނުމެއް ނޫންތަ؟ މަށަށް އެނގޭ ލަޝްކާ ވީ ކޮންތާކުކަން” އިމްރާން ހިނގައިގަތުމުން ރަޝާ ބުންޏެވެ. ރަޝާގެ އެޖުމްލައާއި އެކު އިމްރާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ސިހިފައި ފަހަތް ބަލާލެވުނެވެ. “ހޫމް. ހަމަ ރަނގަޅަށް ތި އިވުނީ. ލަޝްކާ ވީ ކޮންތާކުކަން މަށަށް އެނގެޔޭ” ރަޝާ ތަކުރާރު ކޮށްލިއެވެ. “ކޮންތާކު…؟” ހިންދިރުވާލަމުން އިމްރާން އެއްސެވެ.

(29 ވަނަ ބައި)

އަވަސް ފިޔަވަޅު ތަކެއްގައި ހަސްފަތާލުން ނިކުން އިމްރާންގެ ހަރަކާތްތައް އަވަހެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ސައިކަލަށް އެރިއެވެ. އަވަސް ކުރަން ހަދައިގެން އެހެން ސައިކަލެއްގައި ސައިކަލުން ޖެހި، އެ ސައިކަލު ބިންމައްޗަށް ވެއްޓުނެވެ. “ޕިސް އަވަސް ކުރަން އުޅެންޏާ މި ހުރިހާ ކަމެއްވެސް ވާނެ” އިސްތަށިގަނޑު ހާވާލަމުން އިމްރާން ކުދި ކިޔައިގަތެވެ.

“ލަޝްކާ ހުރީ އައިސް ބްލޫ ގޭ ގެސްޓު ބައިގަ. ލަޝްކާ ރަހީނު ކުރި މީހަކީ ދާއިޔަލް. އެދެމީހުންވީ އެތާގަ”

ރަޝާގެ ޖުމްލަ އަނެއްކާވެސް އިމްރާންގެ ބޮލުގައި ގުގުމާލިއެވެ. “ދާއިޔަލް! ކަލޭ އަތު ޖެހޭ ވަގުތަށް މިހާރު މި އިންތިޒާރު ކުރަނީ” ދަތްކުނޑިވިކާލަމުން އިމްރާން ހިތާ ހިތުން ބުނެލިއެވެ.

ބާރު ދުވެލީގައި ސައިކަލުގައި އައިސް އިމްރާން މަޑު ކޮށްލީ ޕޮލިސް ސްޓޭޝަން ކުރި މައްޗަށެވެ. ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް ވައިން އިރު ބޭރުގައި އިން ބެންޗެއްގައި އެޒިކިއެލް، އެލާރާ އަދި ޔައުލާން ތިއްބެވެ.

“އެޒިކިއެލް. ހިނގާބަލަ… މަށަށް މަގޭ ދަރިވީތަން އެނގިއްޖެ” ނޭވާ ހަމައަކަށް އަޅުވާލަމުން އިމްރާން ބުނެލިއެވެ. “އޭނ؟ ކޮންތާކު؟ ކިހިނެތް އެނގުނީ؟” ކޮޅަށް ތެދުވެލަމުން ޔައުލާން އަހައިލިއެވެ. “މީހަކު ބުނި އޭނަ ވީ އައިސް ބްލޫ ގޭގެ ގެސްޓް ބައިގައޭ. ހިނގާބަލަ އަޅެ ބަލައިދޭން ހެޔޮނުވާނެ” ލޮލަށް ކަރުނަތައް ބޮނޑި ކުރުވަމުން އިމްރާން ބުނެލިއެވެ.

“ވަރަށް ދެރަވޭ ލަޝް ތިހެން މަސައްކަތް ކުރާތީ. ބޭނުންވަނީ އަބަދުވެސް ލަޝް އެނދުގަ ބާއްވާފަ ދާއި ހުރިހާ ކަމެއް ކުރަން” ދާއިޔަލް ބުނެލިއެވެ. އޭރު ކައި ނިމިގެން ތަށި ދޮންނަން ލަޝްކާ ހުރި އިރު، ދާއިޔަލް ހުރީ މޭޒު މަތި ސާފު ކުރާށެވެ.

“ދެން ސާބަސް ދާއިއަށް. ގޭތެރޭގެ ކަންކަން ކުރާނީ އަންހެން ކުއްޖާއެއްނުން؟” ލަޝްކާ ބޯހޫރުވާލަމުން ބުނެލިއެވެ. “އެއީ ކަޓު ފިރިހެނުންގެ ގޮތް. ގަޓު ފިރިހެނުން ލޯބިވާ އަނބިމީހާ ބާއްވާނީ އެނދުގައޭ” ފަހަތުން އައިސް ލަޝްކާގެ އުނަގަނޑުގައި ބައްދާލަމުން ދާއިޔަލް ބުންޏެވެ.

“އޯހްހްހް. ދެން ތިހާ ގަޓެއް ހުރީއާ ލަޝްއަށް ކައިވެނި ކުރަންވީނުން ދޯ؟” ހީލަމުން ލަޝްކާ ބުންޏެވެ. ލަޝްކާގެ އެ ޖުމްލައާއި އެކު ދާއިޔަލްގެ ތުންފަތުގައިވީ ހިނިތުންވުން ފިލާ ދިޔައެވެ. އޭނާ އެކަން ކުރަން ބޭނުމެވެ. ވަރަށް ބޭނުމެވެ. ނަމަވެސް… ކިހިނެތް ހެއްޔެވެ…؟

ލޮލުން ވެއްޓެން ތައްޔާރު ވަމުން ދިޔަ ކަރުނަތިކި ބޮޑުވައިން އިނގިލިން ދާއިޔަލް ފުހެލިއެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލަމުން ކަރުނަތައް ހިންދާލިއެވެ. އަދި ލަޝްކާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އެނބުރުވިއެވެ.

“ދާއި ލަޝްދެކެ ވަރަށް ލޯބިވޭ” ލަޝްކާގެ މޫނުގެ ދެފަރާތުގައި ހިފާ އޭނާގެ މޫނާއި މޫނު ކައިރި ކޮށްލަމުން ދާއިޔަލް ބުނެލިއެވެ. “ލަޝްވެސް ވަރަށް ލޯބިވޭ ދާއިދެކެ” ދާއިޔަލްގެ ކޮނޑަށް އަތް ވައްޓާލަމުން ދާއިޔަލް ބުނެލިއެވެ. ހިނިތުންވެލަމުން ދާއިޔަލް ލަޝްކާގެ ތުންފަތަށް ބޮސްދިނެވެ.

ފުލުސް ކާރުގައި އިމްރާން، އެޒިކިއެލް، އެލާރާ އަދި ޔައުލާން އެތަނަށް އައެވެ. ބޭރު ރޯނުގައި އެއްޗެހި ހިއްކަން އަޅަން ހުރި ޝަރާ ފެނި އިމްރާން ދަތްކުނޑިވިކާލިއެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް ޝަރާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އެނބުރުވިއެވެ.

“މިއީ ދޯ ކަލޭގެ ދަރި ޝަރަފް ގަންނަ ގަނޑަކީ؟ ކޮބާ މަގޭ ދަރި؟ އޭނ؟ ކޮބާ ހޭ މަގޭ ދަރި؟” ހިނދެއް ހިނދަކަށް އިމްރާންގެ އަޑު ބާރު ވަމުން ދިޔައެވެ. “އިމްރާން. ހަމަ ޖެހޭ. ރުޅި އިސް ކޮށްގެން މިކަމެއް ނުވާނެ” އިމްރާންގެ ކޮނޑުގައި އަތް ޖައްސާލަމުން ޔައުލާން ބުނެލިއެވެ.

“ކީކޭތަ ތި ކިޔަނީ؟ ކަލޭގެ ދަރި ކީއްވެ މިގޭގަ ހުންނަންވީ؟” ޝަރާ ހުރީ ވާނުވާގައެވެ. “ތިއީ ޝަރަފް ހަލީލްގެ މަންމަތޯ؟” އެލާރާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަހައިލިއެވެ. ޝަރާ ބޯ ޖަހައިލިއެވެ.

“އަޅުގަނޑުމެން މިހާރު ބަލަމުން މިދާ ވޭދަނައަކީ، ދާއިޔަލް މުހައްމަދު ޖިނާން ފާއިތުވެ ދިޔަ 7 މަހު އަޅުގަނޑުމެން ހޯދަމުން ދިޔަ މަރިޔަމް ލަޝްކާ އިމްރާން ރަހީނު ކުރި ކަމުގެ ވޭދަނަ. އަދި އަޅުގަނޑުމެނަށް ޙަބަރު ލިބުނު ގޮތުގައި މަރިޔަމް ލަޝްކާ އިމްރާން ރަހީނުކޮށް ބަހައްޓާފައި ވަނީ މިގޭގެ ގެސްޓު ރޫމްގައި. އަޅުގަނޑުމެން މި މައްސަލަ ތަހުގީގު ކުރުމުގައި އަޅުގަނޑުމެނަށް އެއްބާރުލުން ދެއްވުން އެދެން” މިކްޔާ ވާހަކަ ދެއްކީ އިހުތިރާމާއި އެކުއެވެ.

ގޭ ދޮރު ހުޅުވަން އުޅޭ އަޑު އިވުމާއި އެކު ދާއިޔަލް ލަޝްކާއާއި ދުރުވެލިއެވެ. “ޝަރަފްތަ އެއުޅެނީ؟” ލަޝްކާ އަހައިލިއެވެ. “ނޫން. އެހެންނެއް ނުވާނެ. ޝަރަފް ނުހުޅުވާނެ ދޮރެއް” ދާއިޔަލްގެ ހިތުގެ ތެޅުން އަވަސް ވެލިއެވެ. ލަސް ހިނގުމުގައި ބަދިގެއިން ނިކުމެވުން ވަގުތު ވެގެން ދިޔައީ ގޭ ދޮރު ހުޅުވުން ވަގުތަށެވެ. ދޮރު ކައިރީ ތިބި ފުލުހުންނާއި އިމްރާން ފެނި ލަޝްކާގެ އަތުގައި ދާއިޔަލް ހިފިއެވެ.

“ތިއީ ދާއިޔަލް މުހައްމަދު ޖިނާން ތޯ؟” ޔައުލާން ކުރި ސުވާލަށް ދާއިޔަލް ހަމަ އެކަނި ބޯ ޖަހާލީއެވެ. “ކީއްކުރަން މިތަނަށް ތިއައީ؟ ދާން އުޅޭ. ލަޝް ގެންދަން ނޫޅޭ” ލަޝްކާއަށް ވަގުތުން ރޮވުނެވެ. އިސްޖަހާލަމުން އެޒިކިއެލް ކުރިއަށް ޖެހިލިއެވެ. އޭނާގެ އަތުގައި އޮތް ބިޑި ފެނި ލަޝްކާގެ ދެލޯ ބޮޑުވިއެވެ. އަދި ބާރަކަށް ދާއިޔަލްގެ މޭގައި ބައްދާލިއެވެ. “ދާއި ނޫން” ދާއިޔަލްގެ މޭގައި ދަތްދޮޅި ޖައްސާލަމުން ލަޝްކާ މައްޗަައް ބަލައިލިއެވެ.

“މަރިޔަމް ލަޝްކާ އިމްރާން ރަހީނު ކުރިކަމުގެ ތުހުމަތުގައި އާދަމް ދާއިޔަލް ޖިނާން މި ހައްޔަރު ކުރެވުނީ…” ދާއިޔަލްގެ އަތުގައި ބިޑި އެޒިކިއެލް ބިޑި އަޅުވަމުން ދެއްކި އެއްވެސް ވާހަކައެއް ދާއިޔަލްއަކަށް ސާފެއް ނުވިއެވެ. އޭނައަށް ފެންނަމުން ދިޔައީ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ލަޝްކާއެވެ. ދާއިޔަލްގެ ލޮލުގައިވީ ކަރުނަތަކުގެ ސަބަބުން ލަޝްކާގެ ހިތާމައިން ފުރިފައިވީ މޫނުވެސް ފުސްވިއެވެ.

(ނުނިމޭ)

ތިރީސްވަނަބައިގެ ތެރެއިން:

އެއްވެސް އެއްޗެއް ނުބުނެ ލަޝްކާ ލީރާ ދުރުކޮށްލިއެވެ. “ދަރިފުޅާ…؟” ލީރާގެ ހިތް މަރުވިފަދައެވެ. އެހާ ދުވަސް ފަހުން ފެނުނީމައިވެސް ލަޝްކާ އޭނާ ދުރުކޮށްލީތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 20

Next

ހަގީގަތަކީ ކޮބައިހޭ؟…14

Next
April 13, 2026

ހަގީގަތަކީ ކޮބައިހޭ؟…14

Previews
April 12, 2026

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 20

4 Comments!

  1. Sheex says:
    April 13, 2026 at 1:05 pm

    HAAADHA REECHEY MI PART
    also previous part ves v reethi comment nukerevuneema SAD!!
    WHATTTTTTTTT noooo don’t do that to dhaaii
    Lash haadha dheravaaney
    What kind of fatherrrrrr is that?
    I don’t think leeraa akah Lash ge loabi libeyne heneh
    CW4THENEXTP
    TC

    1. shihaamaa ali shihaamaa ali says:
      April 13, 2026 at 2:47 pm

      jazaakallah khairan Sheex 🩶🫶🏻
      hehe it’s alright..
      yess lash is rlly sadd rnn😭
      wellll.. let’s see dhw what happens between leera and lash..
      stay tuned for te next episode. in sha allah tmrw
      likewise 🫶🏻

  2. Shaba says:
    April 13, 2026 at 1:30 pm

    Hey…Shiherr New character kn Irakun??
    I’m glad to know…
    I really love it.MA..Ur talented Always my Fav..
    Lysm & Tc ttyl my bab 🫰🏻❤️
    When’s next???🆓

    1. shihaamaa ali shihaamaa ali says:
      April 13, 2026 at 2:47 pm

      jazaakallah khairan Shaba 🩶🫶🏻
      new character? which one?
      bigg jazaakallah khairan.. ilyt and tc🫶🏻
      in sha allah next episdoe tmrw

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 30←


All Right Reserved!