“ހަލޯ؟ ދިޔާން. ދާއިޔަލް ވީތަން އެނގިއްޖެ” ހަލޯ އޭ ބުނަން އަނގަ ހުޅުވާލި ވަގުތު އެފަރާތުން ބުނި ޖުމްލައާއި އެކު ރަޝާގެ ހަރަކާތްތައް ހުއްޓުނެވެ. “ދާއިޔަލްވީ އޭނަގެ ބެސްޓް ފްރެންޑްގެ ގޭގެ މަތީ ފްލޯރގަ. ގެސްޓު ބައިގަ. އެއުޅޭ ލަޝްކާ ގޮވައިގެން އޭނަ އުޅެނީ. އެމަންޖެ ރަހީނު ކުރީވެސް ދާއިޔަލް ކަމަށް ވަނީ. އަދި މީގެ ފައްކާތަންކޮޅު އިނގޭތަ؟ މިހާރު އެމީހުން ތިބީ އެންގޭޖް ވެފަ.” ޒެއިންގެ ފަރާތުން އިވުނު ޙަބަރާއި އެކު ރަޝާގެ ތުންފަތައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
(28 ވަނަ ބައި)
“ހަލޯ؟ ދިޔާން؟ ކީއްވެތަ ވާހަކަ ނުދައްކާ ތިހުރީ؟” ޒެއިން އަނެއްކާވެސް އަހައިލިއެވެ. “ހޫމް. ދެން ވީތަން އެނގިއްޖެއްނުން؟ މަ ވަރަށް ބިޒީ. ހަބަރެއް ވޭ ނުފެނުނިއްޔާ” އެހެން ބުނެ ޒެއިން ފޯނު ބޭއްވިއެވެ. ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ރަޝާ އަތު ތެރޭގައި ފޯނު ފިއްތާލިއެވެ. “އޯހްހްހް ލަޝްކާ. ކަލޭ ކައިރިއަށް ދާންތަ ދާއިޔަލް މަގޭ ދޫކޮށްލީ؟ އޯހޯ. ހަމަ ހިލާ ކަލޭމެނަކަށް އުފަލަކު ނޫޅެވޭނެ” ދަތްކުނޑިވިކައިލަމުން ރަޝާ ބުނެލިއެވެ.
ނިދިފައި އޮތް ލަޝްކާގެ އެނދު ކައިރީ ބިންމަތީގައި އިށީނދެލައިގެން އިން ދާއިޔަލްގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. ލަޝްކާއާއި ކައިވެނި ކުރަން އޭނާ ނިހާޔަތައް ބޭނުމެވެ. ނަމަވެސް އެކަން އޭނާ ކުރާނީ ކިހިނެތް ހެއްޔެވެ؟ ލަޝްކާ އަކީ ފުލުހުން ހޯދަމުން ދާ ފަރާތެކެވެ. ކޮންމެ ގޮތެއް ވިޔަސް ފުލުހުން އޭނާ ހައްޔަރު ކުރާނެއެވެ. ސަލާމަތް ވެވޭނެ މަގެއް ދާއިޔަލްއަކަށް ނެތެވެ.
ހިޔާލު ތަކުން ދާއިޔަލްއަށް ނިކުމެވުނީ ފޯނަށް މެސެޖެއް އައުމުންނެވެ. “މިހުރީ ދޮރު ކައިރީ” ޝަރަފްގެ މެސެޖުގައި އިނެެވެ. ބޮޑުވައިން އިނގިލީގެ ކުރީކޮޅުން ދެލޯ ފުހެލަމުން ދާއިޔަލް ކޮޓަރިން ނިކުތެވެ.
ޝަރަފް ވަނުމަށް ދޮރު ހުޅުވާފައި ދާއިޔަލް ގޮސް ސޯފާއަށް ވެއްޓިގަތެވެ. “ކިހިނެތްވީ ހާދަ ޑިޕްރެސް ވެފަ؟ އަނެއްކާ ލަޝްކާއާއި މައްސަލައެއް ޖެހުނީތަ؟” ސޯފާގައި އިށީންނަމުން ޝަރަފް އަހައިލިއެވެ.
“ޝަރަފް… އަހަރެން އަސްލުވެސް ލަޝްދެކެ ހާދަ ލޯބިވެޔޭ. ހާދަ ލޯބިވެޔޭ. ލަޝްއަށްޓަކާ އަހަރެން މުޅި ދުނިޔެ ގުރުބާން ކުރަން ވެސް މިހުރީ ހަމަ ތައްޔާރަށް. ލަޝްއެއީ މަގޭ ފުރާނަ. ލަޝްއާއި ނުލާ ނޫޅެވޭނެ. ލަޝްދެކެ ލޯބިވެވުން ފަހުން ގޭންގު އުޅުންގަނޑުވެސް ދޫކޮށްލީ. ފަރުޟު ފަސް ނަމާދު ކޮށް އަންހެން ކުދިންނާއި ދުރުވީ. މިއަދު މަށަށް ލަޝް ލިބިއްޖެ… އެކަމަކު…” ދާއިޔަލްގެ އަޑު ކުރެހުނެވެ.
“އެކަމަކު…؟” ވާހަކަ ކުރިޔަށް ގެންދިޔުމަށް ދާއިޔަލްއަށް އެހީވުމުގެ ގޮތުން ޝަރަފް ބުނެލިއެވެ. “މިއަދު އަހަރެމެން މިތިބީ އެންގޭޖު ވެފަ. އެކަމަކު… އަހަރެން ކިހިނެތް ލަޝްއަށް ކައިވެނި ކުރަނީ؟ ލަޝް އެއީ ފުލުހުން ހޯދަމުން ދާ ކުއްޖެއް. މިހެން ބުންޏަސް… ލަޝް ރަހީނު ކުރެވިގެން އަހަރެން ދެރައެއް ނުވޭ. ލަޝްގެ ތުންފަތުގައި މިހާރު އެވީ ހިނިތުންވުން އައީ އަހަރެން އޭނާ ރަހީނު ކުރުމުގެ ސަބަބުން…” ނޭފަތް ދަމާލަމުން ދާއިޔަލް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން ޝަރަފްއަށް ހަމަ އެކަނި ދާއިޔަލްގެ ކޮނޑުގައި ފިރުމާލެވުނީއެވެ.
ހަސްފަތާލުުގައި އިން އިމްރާން އިނީ ފޫހިވެފައެވެ. ލީރާ ނިދާފައި އޮތުމުން ފޯނުން ޓިކްޓޮކް ބަލަން އިން އިމްރާން އެކޮޓަރިން ނިކުތީ ސިނގިރޭޓެއް ބޯލުމަށެވެ. ހަސްފަތާލުގެ ބޭރުގައި ހުރެ ސިނގިރޭޓެއް ބޯން އިން އިމްރާން ރަޝާއަށް ފެނުނެވެ. އޭނާ އެކަނި އިން ވަގުތަކު އާދެވުމުން ރަޝާގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ.
“ލަޝްކާ ގެއްލި ލޯބިވާ އަނބިމީހާ ދަންޖެހެން އުޅުނީމަ ނަފްސާނީ ވެގެން ފަހަރަކު ފެގެއް ބޯލަ ބޯލަ ދޯ ތީނީ؟” ހަރަމް ބަނދެލަމުން ރަޝާ ގޮސް ހުއްޓުނީ އިމްރާން ކުރިމަތީގައެވެ. “ކިހާ ބޮޑު މުސީބާތެއްތަ މިއީ ދެން؟ ކަލޭ ކައިރީ ބުނެފީމެއްނުން މަގޭ ކައިރިއަށް ނާންނާށޭ؟” އަތުގައި އޮތް ސިނގިރޭޓު ހޫރާލަމުން އިމްރާން ތެދުވިއެވެ.
“އަޅޭ… އަހަރެން ހާދަ ބޮޑު މުސީބާތަކަށް ތި ހަދާލީ؟ ބަލަ މިއީ އެއްލޭގެ ގުޅުމެއްނުން؟” ރަޝާ ބޭނުންވީ ހައްތަހާވެސް އިމްރާން ރުޅި އަރުވާށެވެ. “ހުއްޓާލާ! ކަލޭގެ ތި މުޑުދާރު ހަށިގަނޑަކު މަގޭ އާއިލީ ލެޔެއް ނުހިގާނެ” ދަތްކުނޑި ވިކާލަމުން އިމްރާން ބުނެލިއެވެ.
“ޕިސް ޕިސް. މީނަވެސް ދާއިޔަލްވެސް ހަމަ އެއްގޮތް. މަށަށް ވުރެ ހަމަ އެ ލަޝްކާތަ ރީތީ؟ ގައިމު އޭނައަށް ވުރެ މަގޭ ހަށިގަނޑު މާ ރީތި ވާނެ-”
“ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ؟” ރަޝާގެ ވާހަކަ ހުއްޓުވާފައި އިމްރާން އެއްސެވެ. “ބުނަން މިއުޅެނީ ދާއިޔަލްއަށް ވެސް ކަލެއަށް ވެސް އަރަން އެނގުނީ ލަޝްކާ ގަޔަށް ދޯ ވޭ؟ އޭނަގެ ހުރީ މަގޭގެ ނެތް ކޯއްޗެއް ހޭ؟” ރަޝާގެ ވާހަކަ އިވި އިމްރާންގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ. “ދާއިޔަލްއަކީ ކާކު ހެއްޔެވެ؟” ނަމަވެސް އެހެން އަހާކަށް އިމްރާން ބޭނުމެއް ނުވިއެވެ. އަމިއްލައަށް އެޔެއް ހޯދަން ނިންމާ އޭނާ ހިނގައިގަތެވެ.
“އަޑު އަހާކަށް ބޭނުމެއް ނޫންތަ؟ މަށަށް އެނގޭ ލަޝްކާ ވީ ކޮންތާކުކަން” އިމްރާން ހިނގައިގަތުމުން ރަޝާ ބުންޏެވެ. ރަޝާގެ އެޖުމްލައާއި އެކު އިމްރާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ސިހިފައި ފަހަތް ބަލާލެވުނެވެ. “ހޫމް. ހަމަ ރަނގަޅަށް ތި އިވުނީ. ލަޝްކާ ވީ ކޮންތާކުކަން މަށަށް އެނގެޔޭ” ރަޝާ ތަކުރާރު ކޮށްލިއެވެ. “ކޮންތާކު…؟” ހިންދިރުވާލަމުން އިމްރާން އެއްސެވެ.
(ނުނިމޭ)
ނަވާވީސްވަނަބައިގެ ތެރެއިން:
“މަރިޔަމް ލަޝްކާ އިމްރާން ރަހީނު ކުރިކަމުގެ ތުހުމަތުގައި އާދަމް ދާއިޔަލް ޖިނާން މި ހައްޔަރު ކުރެވުނީ…” ދާއިޔަލްގެ އަތުގައި އެޒިކިއެލް ބިޑި އަޅުވަމުން ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް ސާފެއް ނުވިއެވެ. އޭނައަށް ފެންނަމުން ދިޔައީ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ލަޝްކާއެވެ. ދާއިޔަލްގެ ލޮލުގައިވީ ކަރުނަތަކުގެ ސަބަބުން އޭނާގެ ހިތާމައިން ފުރިފައިވީ މޫނުވެސް ފުސްވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







MaaSha Allah 🫶🏻🥹…Mi prt Wx Haadha Cute ey…Shiher Hama Vrh talented!!
Alhamdhlillah ❤️ Oowwhhh!Me 1st💗..Ethah irehge inthizaaruge nimun Shiher furihama kohdhinee…Tysm I appreciate Ur tales a lot & lot 💗🫶🏻;)
Dhaai € Lash Dhuru nukurahcheyy🥹🫶🏻…
OMG 😱…What the hell did this Rasher did?
I hate you so so much 🧐….
Dhaai aai medhu Dhogu Hageegahthah don’t spread plxx…He didn’t do anything!
Imraan Wx dhw…Meehun Ge Hithah nuhehlebaa!
Anyways,IA When’s next?🫶🏻💗
Tc & Lysm..🤳🏻💞💞
Jazaakallah khairan Black_18 🩶🫶🏻
Hehe labba.. hehe dhw rashaa broke snitched.. dhen let’s see dhw what happens.. in sha allah next episode tmrw..
Likewise🫶🏻
Alhey nooooo dhaaiyal doesn’t deserve to be arrested 😭😭😭
He’s lash ge whole world… I cannot even imagine how sad Lash will be when dhaaiyal ge arrested 😭😭😭💔
Ikrrrr😭😭😭😭 asluvess dhww lash vrh dheravaane.. lets see dhww what happens next.. stay tuned for next episode.. 🩶🫶🏻
Maasha allah.
Mi prt vs vrh reethi……
Wait.. Is rashaa imran ge child eh?????
So so so curious,.
Lysm n Tc❤💋
Jazaakallah khairan Jung_su_99 🩶🫶🏻
Mmmmm???? Neynge shihaa akh🤭 let’s see dhww.. very soon ingeyne..
Likewise🫶🏻