Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…13

Mysterious Woman Level 310 Stories100 Comments
April 12, 2026 3 Mins Read
3 Comments

“ޒިން…އޭ” ރާކިން އެލްޒިންގެ ފަލަމަސްގަނޑުގައި ވިކާލުމުން މީހާ ސިއްސައިގެން ގޮސް ގޮޑިން ނުވެއްޓުނީ ވެސް ކިރިއާއެވެ. “ސާބަހޭ…ވަރެއްވެފައޭ ދޯ؟……” ރާކިން ދިމާކޮށްލިއެވެ. އެލްޒިން ރަކިވިއެވެ. އަންހެން ކުއްޖަކު ފެނިގެން އެވަރު ވާންޖެހޭ ހެއްޔެވެ؟….އެވަރުން ވެސް ލޮލުގެ ހިމަކޮޅުން ފައިނާމެންނާ ދިމާލަށް ބަލާލިއެވެ.

“މަ ބުނީ…އެއިނީ ކޮން ކުއްޖެއް ތަ؟….” އެލްޒިން އަހާލިއެވެ. “ކޮން….އެއީ ދާންގެ ކަޒިންސް އެއްނުން…” ރާކިން ނޭނގޭ ކަމަށް ހަދާލިއެވެ. “ސާބަހޭ…މަށަށް ވެސް އެނގޭ ތިވަރު….މި ބުނީ ބުޅި އިސްތަށިގަނޑެއްގެ ވެރިޔާ އަކީ ކޮން ކުއްޖެއްހޭ؟…..” އެލްޒިން އަނެއްކާ ވެސް އަހާލިއެވެ. ރާކީންއަށް ފުން ނެވާއެއް ދޫކޮށްލެވުނީ އެއީ ފައިނާއަށް ނުވީމައެވެ. އެތަނުން އިސްތަށިގަނޑު ބުޅިކޮށް އިނީ ނޫރާގެއެވެ. “އެއީ ނޫރާ….ހޯ ހޯ…ހިތް ކީ ދޯ؟….” ރާކިން ދިމާކުރަންފެށިއެވެ.

މީހަކު މާވަރަކަށް ބަލާހެން ހީވެގެން ނޫރާ ވެސް އެލްޒިންމެން އިން ދިމާލަށް ބަލާލެވުނު ވަގުތު ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. ނޫރާގެ ދެ ލޯ ބޮޑުވިއެވެ. ހިތުގެ މައުޝޫގައި ކުރިމަތިން ފެނުމުން ވާނީ ވެސް އެހެންތާއެވެ. އެލްޒިން އަކީ އޭނާގެ ކާފަގެ ޚާއްސަ ޑަކުޓަރުކަން އޭނާއަށް އެނގެއެވެ. ހޮސްޕިޓަލުން އެލްޒިން ފެނުނު ވަގުތުން ފެށިގެން އޭނާގެ ހިތުގެ ލަގަން އެލްޒިންއަށް ޓަކައި ދޫވެއްޖެއެވެ. ނަމަވެސް އެވަގުތު އެކަން ސިއްރެއްގެ ގޮތުގައި ބޭއްވީ ޙާލަތުގެ ގޮތުންނެވެ.

އަނެއްކާ ވެސް އެލްޒިން ކުރިމަތިން ފެނުމުން ހިތަށް ދިރުން ލިބުނު ފަދައެވެ. ނޫރާއަށް ގޮވާ ގޮވާ އަނގައިން ނުބުނުމުން ފައިނާ ކުސްތަޅާލިއެވެ. ނޫރާގެ ނަޒަރު ހުރި ދިމާލަށް ބަލާލިއެވެ. ރާކިންމެން ފެނުމުން ފައިނާގެ މޫނުން އުޖާލާކަމެއް ފެނުނެވެ. “ރެކު…ޒިންބެ…ކީއްކުރަނީ މިތާ…” ފައިނާ އެމީހުންނަށް އިވޭ ވަރަށް އަހާލީ އެމީހުން ތިބީ މާދުރުގައި ނޫންވީމައެވެ. “ވީ އާރ ހެވިން ވަޓް ޔޫ އާރ ހެވިން…..” ރާކިން ޖަވާބުދިނެވެ. ކުރެވުނީ މޮޔަ ސުވާލެއްކަމުން ފައިނާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.

“މޭ ވީ؟…..” އެލްޒިން އެމީހުންގެ ފަރާތުން ހުއްދައަކަށް އެދުނީ ދެ މޭޒު އެއްކޮށްލުމަށްށެވެ. އެއިރުން ވާހަކަ ވެސް ދެއްކޭނެތާއެވެ. ރާކިން ވެސް އެލްޒިން ވެސް މިފުރުސަތު ގެއްލުވާލަން ބޭނުމެއްނުވެއެވެ. “ޝުއާރ…” ޖަވާބުދިނީ ނޫރާއެވެ.

 މެހެކު އިނީ އަނގައިން ވެސް ނުބުނެއެވެ. ބުނަން ބޭނުން ނުވާތީކީ ނޫނެވެ. މިއަދު ބެލި ވޭދަނައިގެ މައްސަލަ ބަލަމުން ނޯޓުކުރި މީހުންގެ ތެރޭގައި އެ ދެމީހުން ވެސް ހިމެނޭތިއެވެ. މެހެކަށް ބެލެނީ ހައްތަހާ ވެސް ޝައްކުގެ ނަޒަރުންނެވެ. އެހެންވެ ހަނުހުރުން މާ ބުއްދިވެރިތާއެވެ.

“މި ތިބީ……” ކޮފީ ކުލަބަށް ވަތް ޝަދާން ފެނުމުން ރާކިން ހަނާ އަޅާލިއެވެ. މެހެކު ވެސް އެދިމާލަށް ބަލާލިއެވެ. ޝަދާން ފެނުމުން ދެ ލޯ ބޮޑުވީ އަނެއްކާ ވެސް އޭނާ އާއި ކުރިމަތިލާން ޖެހުމުންނެވެ. އެންމެން ވެސް މެހެކަށްށާއި ޝަދާނަށް ބަލާލައެވެ.

މެހެކު ފެނުމުން ހިނގަ ހިނގާ ހުރި ފިޔަވަޅު މަޑުޖެހިލިއެވެ. އެގޮތުގައި މޭޒާއި ހަމައަށް އާދެވިއްޖެއެވެ. ޝަދާން އިށިނީ މެހެކުގެ ކުރި މައްޗަށްވާ ގޮޑީގައެވެ. “ކީއްވީ ހާދަ ލަސްވީ…..އަހަރުމެން ލައްކަ ވާހަކަ ދައްކައިފީމޭ…..” ރާކިން ހަމަހިމޭންކަން ކަނޑުވާލިއެވެ. “މިއައީ މީޓިން އެއް ނިންމާލާފައި އެހެންވެ…” ޝަދާން ޖަވާބުދިނީ މެހެކަށް ބަލާލަމުންނެވެ.

“ކުޑޭ…..ލެޓްސް ޕްލޭން ސަމްތިންގ……ހާދަ ދުވަހެއްވެއްޖެއޭ ކަމެއް ނުރާވާތާ ވެސް….” ފައިނާ ބުނެލިއެވެ. “ފައިއްކޮ…މި ދުވަސްކޮޅު ކިހިނެއް ކަމެއް ރާވާނީ ވެސް…ކޮމްޕެނީ އަހަރީ ދުވަސް ކައިރިވާތީ ކުޑޭ ވަރަށް ބިޒީ……” ޝަދާން ބުނެލިއެވެ. “ދެން ވަރަށް ފޫހި..އެންމެން ބިޒީ….މި މެހެކު ވެސް އައި ގޮތަށް އަބަދު ބިޒީވެފައި…..” ފައިނާ އަނެއްކާ ވެސް ބުނެލިއެވެ.

“އަމް…ވެލް…..ލެޓްސް ޑޫ ދިސް….ކުޑޭމެންގެ ކޮމްޕެނީގެ އަހަރީ ދުވަހަށްފަހު ލެޓްސް ގޯ ވިތް ޔޯރ ޕްލޭން ފައިއްކޮ…..” ނޫރާ ބުނެލިއެވެ. މިގޮތާއި އެންމެން ވެސް އެއްބަސްވިއެވެ. މެހެކާއި ޝަދާން އާއި ދެ މީހުންގެ ނަޒަރު ބައްދަލުވެއެވެ. ނަމަވެސް އެއިން އެކަކު ވެސް ވާހަކަދައްކާކަށް ނޫޅެއެވެ. އަނެކާ ވާހަކަނުދައްކާތީ ނުދައްކަނީ ކަމެއް ނޫނީ ހިތުގައި އޮތް ގިލަންވެރިކަމެއްގެ ސަބަބުން ވާހަކަނުދައްކަނީ ކަމެއް ނޭނގެއެވެ. މި ދެމީހުން އުޅެނޫޅޭ ގޮތް ދެންތިބި މީހުންނަށް ފެނުނަސް އަޅާނުލާތިބީއެވެ.

މިފަދަ މާހައުލެއްގައި ތިބެ ހެނދުނުގެ ވަގުތު ފަހަނައަޅާ ގޮސް މެންދުރު ބަންގި ގޮވީއެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު އެންމެން ވެސް އަވަސްވެގަތީ އެމީހެއްގެ މަންޒިލަށްދާށެވެ. އެހެންނަމަވެސް އެއިން މީހަކަށް ނޭނގުނުކަމީ މީހެއްގެ ނަޒަރު ފައިނާއަށް ހުއްޓި ހުރި ކަމެވެ. އެމީހާގެ މޫނުން ނުރުހުންވުން ފައުޅުވިއެވެ. އަތުގައި އޮތް ފޯނުން ފައިނާމެންގެ ފޮޓޯއެއް އެމީހާ ނެގިއެވެ. އަދި އެތަނުން ދިޔައީ ފައިނާމެން ނިކުމެ ބައިގަޑިއިރުވީ ފަހުންނެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބައި ބޯ ޖަންގަލިތެރެއެވެ. ކަޅުފޮއެ ރޭގަނޑުގައި މީހެއްގެ ހިލަމެއް ނުވެއެވެ. ދިރޭ ސުއެތްޕެއްގެ ވެސް ހިލަމެއް ވަނީ މަދުފަހަރަކުއެވެ. ހީވަނީ ރަށެއްގެ ސަރަހައްދެއްހެންނެވެ. އެ ޖަންގަލިތެރޭގެ އެކަހެރިކޮށް އޮތް ސަރަހައްދަކީ ނާމާންކަމުން ފުރިގެންވާ ސަރަހައްދެކެވެ. އެކަނި މީހަކު އުޅުމަކީ ބިރުހުރިކަމެވެ. އެތަނުގައި ޓިނުން ހަދާފައި ކުޑަ ޖިފުޓިގަނޑެއް ހުއްޓެވެ. އެތަން ފޮރުވިފައި ވަނީ ވިނަތަކުގެ ސަބަބުންނެވެ.

ޖިފުޓިގަނޑުގެ ދޮރު ކުރިމަތީ މީހަކު ހުއްޓެވެ. ވަރަށް ސިއްރިއްޔާތުގައި އެތަން ހުޅުވާ އެތަނުގެ ތެރެއަށް ވަނީ ޖެހިލުމެއްނެތިއެވެ. ހީވާގޮތުގައި އެއީ އެ މީހަކު އާންމުކޮށް ވަދެ އުޅޭ ތަނެކެވެ. އުއްބައްތީގެ އެހީގައި އެތާ ހުރި ކުޑަ ކޮޓަރިގަޑަށް އެމީހާ ވަނެވެ. ފާރުގައި އަތް ކާއްތަމުން ގޮސް ސުވިޗް ބޯޑެއްގައި އަތް ޖެހުމުން އެތަން ދިއްލައިލިއެވެ. އެ އަލިކަމަކީ ހަމައެކަނި އެ ޖިފުޓިގަނޑުގައި ހުރި އަލިކަމެވެ.

މުޅި ކޮޓަރިތެރެ ހުދު އަލިން ދިއްލުނެވެ. އެއާއިއެކު ފެނުނީ މީހަކު ބިރުން ފިތްކަނޑައިގެންދާ ފަދަ ބިރުވެރި މަންޒަރެކެވެ. ވަށައިގެން އަންހެން ކުއްޖެއްގެ ފޮޓޯތަކެއް ވާއިރު ސަތޭކައެއްހާ ގިނަ ފޮޓޯތައް ހަތަރު ބިތުގައި ހިއްޕާފައިވެއެވެ. ކުޑައިރުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތަކެވެ. އެކި ޙަފުލާތަކުގައި ނަގާފައި ހުރި ފޮޓޯތަކެވެ. އަދިހަމައެއާއިއެކު ކޮޓަރި މެދުގައި ނޯޓިސް ބޯޑެއް ބަހައްޓާފައިވާއިރު އެހެން އަންހެން ކުއްޖެއްގެ ފޮޓޯތަކެއް އޭގައި ހަރުކޮށްފައި ހުއްޓެވެ. ނަމަވެސް އެފޮޓޯތަކުގައި ވަނީ ލޭގެ އަސަރުތަކެވެ. ހިކިފައި ހުރި ލެ އާއި ތާޒާކަންމަތީ ހުރި ލޭގެ އަސަރު ވެސް ފެނިގެންދެއެވެ. އަދި އެއިން ކޮންމެ ފޮޓޯއެއް ވަނީ ކަޓަރުން ކަނޑާނަގާފައިއެވެ. އެ ފޮޓޯތަކުގައި ހުރި އަންހެން ކުއްޖާ ސިފަ ވަނީ ކުޑަ ކުއްޖެއްގެ ގޮތުގައިއެވެ. ބަލާބެލުމަށް އަށާރަ އަހަރުގެ ކުއްޖެކެވެ.

އެތަނުން ފޮޓޯއެއް އެމީހާ ނެގިއެވެ. އިނގިލިން އެ ފޮޓޯގައި ހުރި އަންހެން ކުއްޖާގެ މޫނުގައި ފިރުމާލިއެވެ. “ޗަބީ……ބިމު އަޑީގައި އޮވެގެން ވެސް އުނދަގޫ ކުރަނީ ތަ؟…” އެމީހަކު ބުނެލިއެވެ. އަދި ރުޅި އައިސްގެން އެ ފޮޓޯ އަތަށް ބޮޑިކޮށްލިއެވެ. “ވައި؟……ތިތާ މަޑުން އޮވެބަލަ…ވައި އާރ ޔޫ ޑިސްޓާބިންގ ހާރ؟…..” އެމީހާ ހަޅޭލަވައިގަތެވެ. ބިރުވެރި ހަޅޭކެކެވެ. ނަމަވެސް އެ އަޑު އިވޭ ދިރޭ ފުރާނައެއް ވެސް އެ ހިސާބަކު ނެތެވެ.

އެއީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އެމީހާ އެ އަންހެން ކުއްޖާދެކެ އެހާ ރުޅި އަންނަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ ދެން އެ ފާރުތަކުގައި ހިއްޕާފައި އެހުރީ ކާކުގެ ފޮޓޯތަކެއް ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ. ޔަގީނުން ވެސް މިކަމުގައި ފޮރުވިފައިވާ ހަގީގަތެއްވާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ލޯބިވެވިއްޖެ

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 28

Next
April 12, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 28

Previews
April 12, 2026

ލޯބިވެވިއްޖެ

3 Comments!

  1. N says:
    April 12, 2026 at 12:32 pm

    U 🥰🥰🥰

  2. Sheex says:
    April 12, 2026 at 2:55 pm

    Wow so nice v thriller story eh dhww?
    What a stalker ehtha noonij murder ehtha?
    TBH I’m scared asluves v biruganejje
    EVES boy eh veema
    CW4THENEXTP
    Tc

  3. Mysterious Woman says:
    April 12, 2026 at 7:10 pm

    thanks for the feedback….
    yes thriller story aka dew vahthary..
    let’s c dew via goi…

Comments are closed.

Next Episodeހަގީގަތަކީ ކޮބައިހޭ؟…14←


All Right Reserved!