“ދާން…މިރޭ ގެއަށް ވެސް ނުދަނީތަ؟…” ޝަދާންގެ ކެބިންއަށްވަތް އާރާ އަހާލިއެވެ. ކޮމްޕިއުޓަރުން މަސައްކަތެއްކުރަން އިން ޝަދާން އިސްއުފުލާ ބަލާލިއެވެ. “އާން….މީ މާދަމާ އޮތް މީޓިންގްއަކަށް ރެޑީ ވަނީ މި…..މިރޭ ވެސް ބަލާ ނާންނަނީތަ؟….” ޝަދާން އަހާލީ އެހެން ރޭރޭ ވެސް އަހާ އުސޫލުންނެވެ. އާރާ ބަލާ އޭނާގެ ބައްޕަ މީގެ ކުރިން އަންނާނެއެވެ. އެހެންނަމަވެސް އާރާގެ އެދުމުގެ އާރާގެ ބައްޕަ އައުން މަދުވެއްޖެއެވެ. މިހާރު އެއްގޮތަކަށް ވެސް ނާދެއެވެ. އޮފީހުގައި ބުރަކޮށް އުޅުމުގެ ސަބަބުން ބައްޕައަށް ނާދެވޭ ކަމަށް އާރާ ބުނެއެވެ. މިހެންވެ ކޮންމެ ރެއަކު ވެސް ޝަދާންދަނީ އާރާ ގެއަށްލާންށެވެ.
“އާން….ބައްޕައަށް ނާދެވޭތީ؟….” އާރާ މަޑުމަޑުން ބުނެލިއެވެ. “އާނ ހިނގާ ދާން..މިހާރު މާ ލަސް ވެސް ވެއްޖެ ދޯ؟…” ޝަދާން މަސައްކަތް ނިންމާލާފައި ބުނެލިއެވެ. އަދި ދާން ހިނަގއިގަތެވެ.
ކާރުގައިވީ ހަމަހިމޭންކަމެކެވެ. ދެ މީހުން ވެސް ތިބީ ފިކުރުގެ ކަނޑަކަށް ގެނބި ހުސްވެފައިއެވެ. ޝަދާންގެ ވިސްނުމުގައި ވަނީ މިއަދު ސުފުރާގައިވީ ކަންތަކެވެ. އޭނާއަށް މެހެކުގެ ލޮލުން ކަރުނަ ފޭބިތަން ފެނުނެވެ. މެހެކު ވަރަށް ބޮޑަށް ހިތުގައި ޖެހިފައި އިންތަން ފެނުމުން އޭނާގެ ހިތަށް ވެސް އެކަމުން އަސަރުކުރިއެވެ. ދެރަވިއެވެ. އާރާގެ ޚިޔާލުގައި ވަނީ ޝަދާންއެވެ. ޝަދާންގެ ހިތުގައި އަދި ވެސް ވަނީ މެހެކު ހެއްޔެވެ؟ މެހެކު ދެކެ ލޯބި ނުވާކަމަށް ބުންޏަސް އެ ދެލޮލުން ފެންނަ ފެނުން ތަފާތެވެ. ހީވާ ގޮތުގައި އެކަން ގަބޫލުކުރަން ބޭނުން ނުވަނީއެވެ. އެހެންވިއްޔާ އެ ލޮތްބައް ޓަކައި ދީވާނާވެފައިވާ ހިތަކަށް ޖާގަދޭންވީ ނޫން ހެއްޔެވެ؟
“ދާން…..އާރ ޔޫ މެރީން ހާރ؟…..” ކުއްލިއަކަށް އާރާ އަހާލިއެވެ. މިފަދަ ކަމަކަށް ތައްޔާރުނުވެ ހުރި ޝަދާންއަށް ކުއްލިއަކަށް މަގު މެދަށް ކާރު މަޑުކޮށްލެވުނެވެ. އެއަށްފަހު އާރާއަށް ބަލާލީ އެ ބުނި އެއްޗެއް އަޑު އިވިގެން ކަމެއް ނީވި ކަމެއް ނޭނގެއެވެ. “އާންސާ މީ ދާން…” ދެން ވެސް ވާހަކަދެއްކީ އާރާއެވެ. ފަހަތުން ބަރުގޮނުތަކުގެ އަޑުގަދަވާން ފެށުމުން ކާރު އެއްކައިރިއަކަށް ޖައްސާލިއެވެ. “ހޫމް….” ޝަދާންގެ އަނގައިން ބޭރުވި ބަހަކީ އެއީއެވެ. “ސީރިޔަސްލީ؟….އާފްޓަރ އޯލް ދެޓް؟…” އާރާ ހައިރާންކަމާއިއެކު ބުނެލިއެވެ. “ޔެސް…އާފްޓާރ އޯލް ދެޓް…މިއީ ކާފަގެ އެންމެ ފަހުގެ އެދުން….ސޯ ނޯ މެޓަރ ވަޓް ހެޕެންސް އައި ހޭވް ޓު މެރީ ހާރ….” ޝަދާން ސީރިޔަސް ކަމާއިއެކު ޖަވާބުދިނެވެ. އާރާގެ ހިތްތެޅިގަތެވެ. އަނެއްކާ ވެސް އޭނާގެ ލޯބި އަތުން ބީވުމުގެ ރަތް ސިގުނަލު ދީފިއެވެ.
“ވައި؟….ވައި ޑޯންޓު ޔޫ ވޯންޓު ސީ ސަމްވަން އެލްސް…ސަމްވަން އިޒް ގްރީވިން ފޯރ ޔޫ..ފޯރ ޔޯ ލަވް…..އިޓްސް……އިޓްސް ބީން ފައިވް އިޔާޒް….ޔޫ ޝުޑް މޫވް އޮން…ޔޫ ރިއަލީ ޝުޑް….” އެންމެ ފަހުން އާރާގެ އަޑު ބެދުނެވެ. ޝަދާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އާރާ….ޑޯންޓް ވެއިޓް ފޯ ހިމް….ފައިވް އިޔާޒް ތެރޭގައި ނުވި ބަދަލެއް ދެން ވެސް ވާނެކަމަށް ގަބޫލުނުކުރޭ….ޔެސް…ނޯ މޭޓަރ ވަޓް ހެޕެންޑު އައި ކެނޮޓު ފޮގެޓު ހާރ….އިޓް ޑަޒަންޓް މީން އައި ވޯންޓު ހާރ ބެކު..ބަޓް…އާރާ ވެސް ހުއްޓާ ދޯ ކާފަގެ އެދުން ހާމަކުރީ….މިހާރު ކައިވެނީގެ ކަންތަކާ މާމަމެން އެ އުޅެނީ…އައި ކާންޓު ސްޓޮޕް ދިސް….ނީދާ ހާރ….” ޝަދާން ބުނެލިއެވެ. އަދި ކާރު އަނެއްކާ ވެސް އޭގެ މިސްރާބަށް ދުއްވާލީ އާރާއަށް އިތުރަށް އެއްޗެއް ބުނުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުންނެވެ.
ގެއަށް ވަތް އާރާއާއި ބައްދަލުކުރީ ކަނު އަނދިރިކަމެވެ. ގޭގައި ބައްޕަ ނޫޅޭކަން އާރާއަށް އެނގުނެވެ. ބައްޕަވީ ދަންވަރު ޑިއުޓީ އަދާކުރަން ގޮހެވެ. އާރާގެ ބައްޕައަކީ ވެސް ފުލުހެކެވެ. އިންސްޕެކްޓަރެކެވެ. ޝަދާންމެންހާ ތަނަވަސްނޫނަސް ފޯރުންތެރިކަން އާރާމެންގެ ވެސް ހުރެއެވެ. އާރާގެ އާއިލާގައި ހުންނަނީ ބައްޕަ އެކަންޏެވެ. އާރާގެ މަންމަ އޭނާ ވިހެއުމުގެ ތެރޭގައި ވަނީ މަރުވެފައެވެ. އެގޮތުގެ މަތިން އާރާ ބަލާ ބޮޑުކުރީ އޭނާގެ ބައްޕައެވެ.
އެ އަނދިރިކަމުގައި އާރާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށްށެވެ. އެއްޗެހި ވެސް ބަދަލުނުކޮށް އެނދުގައި އޮށޯތީ ބޮލަށް ލުއެއް ދިނުމުގެ ބޭނުމުގައެވެ. ޝަދާންގެ ކުރިމަތީގައި އޭނާގެ ލޯބި ނިއުޅިގެން ހިނގައްޖެއެވެ. ޝަދާން ހުރީ ހިތްހަމަނުޖެހިފަކަން އޭނާއަށް އެނގެއެވެ. އޭނާ ލާފައި މަޑު ވެސް ނުކޮށް ޝަދާން ދިޔައީއެވެ. “އައި ހޭޓު ޔޫ މެހެކު މީކާއިލު…” އާރާ ދަތްކުނޑިވިކާލާފައި ބުނެލިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މީހުން ނޫޅޭ ގަސް ބޯ ހިސާބެކެވެ. އެހިސާބުން ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވެ. ބައެއްފަހަރު މަތިން ދާ ކާޅެއްގެ ހިލަމެއްވެދާނެއެވެ. ނުވަތަ މަތިންދާބޯޓެއްގެ “ބޫން” އަޑެއް އިވިދާނެއެވެ. ވަށައިގެން ގަސްތައް ހުރުމުގެ ސަބަބުން އެހިސާބަށް ހިޔާ ލިބިފައިވެއެވެ. ހީވާގޮތުގައި އެއީ އަދި ބޭނުންނުކުރާ ސަރަހައްދެކެވެ. މިހިސާބަށް ލޯބިވެރިން މާފޮޅުވަން އަންނަ އައުން ވަރަށް ގިނައެވެ.
މަޑު ހިނގުމެއްގައި ދެ ފަރާތް ބަލަމުން އަންހެން ކުއްޖަކު ހިނގާފައިދެއެވެ. ލޮލުގައި އަވިއައިނެއް އަޅާފައި މޫނުގެ ބޮޑު ބައެއް ފޮރުވޭނެހެން ފޮތިގަޑެއް ބޮލުގަ އާއި މޫނާއި އެއްކޮށް އޮޅައިފައި އޮތުމުން ކާކުކަން ވަކިކުރާކަށް ނޭނގެއެވެ. ފޯނުން މީހަކަށް ގުޅައިގެން އުޅޭކަން އިނގެއެވެ. އެމީހަކު ބުނާ ތާކަށް އެ އަންހެން ކުއްޖާގެ މިސްރާބުހުރިގޮތުން ދާކަން އެނގެއެވެ.
އެ އަންހެން ކުއްޖާ ގަސްތަކުގެ ތެރެއިން ހިނގަމުން ހިނގަމުން މޫދު ފެންނަ ހިސާބަށް ނިކުމެވިއްޖެއެވެ. ރާޅުތަކުގެ އަޑުން މުޅި މާހައުލުގައި ވަނީ ހިތްގައިމުކަމެވެ. ޖެހިލާ ވައި ރޯޅިތަކުން ނާނާ ކިޔައިދޭ ކަހަލައެވެ. މި ހިތްގައިމުކަމަށް ގެއްލިފައި އިސްކޮޅުން ހަ ފޫޓުގެ ވެރިއެއް ހުއްޓެވެ. ލައިގެން ހުރި ޖިންސުގެ ދެ ޖީބަށް އަތްޖަހާލައިގެން މޮޑެލެއްހެން ހުއްޓިލައިގެން ހުރީ ކުރިމަތިން ފެންނަ މަންޒަރަށް ގެއްލިފައެވެ. މި މަންޒަރު ފެނުމުން އަންހެން ކުއްޖާގެ މޫނު އުޖާލާވެގެންދިޔައެވެ. ދުވެފައި ގޮސް ޒުވާނާގެ ގައިގައި ފުރަގަހުން ބައްދާލިއެވެ.
“އައި މިސްޑް ޔޫ ސޯ މަޗް….” އެ އަންހެން ކުއްޖާ ބުނެލިއެވެ. ޒުވާނާ އެ އަންހެން ކުއްޖާގެ ވަށާލެވިފައިވާ އަތް ނައްޓުވާލާފައި ފަހަތަށް އެނބުރިލިއެވެ. “ނާނާ….ޔޫ ލުކް އޭޒް ބިއުޓިފުލް އޭޒް ބިފޯރ…” ޒުވާނާ ބުނެލިއެވެ. އެ ކުޑަކުޑަ ތަޢުރީފުން ފައިނާގެ ހިތް އުފަލުން އުނދުއްސައިގެން ކަހަލައެވެ. “ދެން ނުކް….ޔޫ އާރ މޭކިންގ މީ ބްލަޝް…” ލަދުން ފައިނާ އިސްޖަހާލިއެވެ. ދެން އިވުނީ ފިރިހެންވަންތަ ހިތްގައިމު ހިނިގަޑެކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


