Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އިއްތިފާގެއް

Shihaan Level 1
April 2, 2026 4 Mins Read
0 Comments

ވަޒީފާ ނިންމާފައި އިންޖީނުގެއިން ނިކުމެެ އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށްށެވެ. މާލޭގައި ހުރެފަ ދޮންބެ މިކޮޅަށް އައިފަހުން ސައިކަލު އަހަރެންގެ އަަތުޖެހޭ ކަމަކަށް ނުވެއެވެ. މީހާކު ޑުރޮޕެއް ކޮއްލަދެން ނެތިއްޔާ އަހަރެން އުޅެން ޖެހޭނީ ފައި މަގުގަ ހިނގައިފައެވެ .

އާދައިގެ ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު ވަށައިގެންވާ މާހައުލަށް ސަމާލުކަން ދެވުނެވެ.
ދަން ގަޑިޔަކަށް ވުމުން މަގުމަތި ވަނީ އަމާންވެފައެވެ. ރަށް އެއްކޮށް ނިދާފައިވާ ކަހަލައެވެ. މެދުކެނޑުމެއްނެތި އިވެމުން ދިޔައީ މަގުގެ އެއްް ފަރާތުގައި ހެދިފައި ހުރި ހުއި ގަސްތަކުން ގޮވާ ފަނިފަކުސާގެ އަޑެވެ.
ހިތުގައި އުފެދިފައި ހުރި ބިރުވެރިކަން ހަމަޔަކަށް އަޅުވައިދެމުން ދިޔައީ މަގުގެ އެއް ފަރާތުގައި ހުރި ހޮޅި ބުރިތަކުގެ އައްޔެވެ. ހިނގަމުން ދަނިކޮށް ޖީބުގައި އޮއް ފޯނު ރިންގުވާފެށިއެވެ. ބިރުގެންފާ ހުރުމުން އަހަރެންނަށް ލިބުނީ ސިހުމެކެވެ. ދެވަނަ ސިކުންތުގައި ފުންނޭވާއެއްލަމުން ފޯނުނަގައި ބަލައިލީމެވެ. ގުޅަނީ އަހަރެންގެ އެކުވެރި ޒައިން އެވެ. އޭނާ ނުވަގުތަކު ގުޅުމުން ކީއްކުރަން ބާވެއޭ ހިތަށް އަރާފާ ކަންފަތުގައި ފޯނު ޖައްސާލީމެވެ.”ހަލޯ…”

ގިނައިރެއް ނުވެ އެކޮޅުން ވާހަކަ ދެއްކިއެވެ. ޒައިން އެދުނީ ކޮފީ އަކަށް ގެވަޅު ހިސާބު ކެފޭ އަށް އައުމަށްށެވެ. އަތުކުރީގަޑިއަށް ބަލައިލި އިރު 11 ޖަހައިފި އެވެ. ފައިމަގުގަ ހިނގަން ދުރުހިސާބަކަށް ވުމުން ސައިކުގައި ބަލާ އައުމަށް ބުނެފަ ފޯނުކަަނޑާލީމެވެ.
އެއިރު އަހަރެންނަށް ވަނީ ސުކޫލާ ކައިރިއަށް އާދެވިފައެވެ. އެހިސާބު އެއީ އާބާދުވެފައި ހުރި ސަރަހައްދެއް ކަމުން ފަނިފަކުސާގެ އަޑެއް ނީވެއެވެ. ހަމަޖެހިލަން ދޫކޮށްލި ނޭވާ އުފުރި އެރީ އިވުނު ގަދަފަދަ އަޑަކުންނެވެ. އެއްޗެއް ގޮވި އަޑެވެ. އެއާއިއެކު އިވުނި ގައިން ހީބިހި ނަގުވާލާފަދަ ބިރުވެރި ހުނުމެއްގެ އަޑެވެ. ގައިގާ ހުރިހާ ލޯތްޔެއް ކޮޅަށް ޖެހުނު އިރުުު އަޑު އައިކަމަށް ލަފާކުރެވުނު ދިމާލަށް ބެލުނެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. ސުކޫލު ހޯލުތެރެއިން އަރައިގަތީ އަލިފާންގަނޑެކެވެ. އާދަޔާ ހިލާފު އަވަސް މިނެއްގައެވެ. ބަލާކަށް ނުހުރެ އަހަރެން ސުކޫލާއި ދިމާލަށް ދުއްވާގަތީމެވެ. މި ވަނީ ސަހަލު ކަމެއް ނޫން ކަން އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އެދިޔަ ގޮތަށް ގޮސް ސުކޫލުގެ ފާރު މަތިން އަރަން އުޅެނިކޮށް އިވުނީ މީހެއްގެ ރުއިމާއި އާދޭހުގެ އަޑެވެ. އަހަރެން ހަރަކާތްތައް އަވަސްކޮށްލީމެވެ. ފާރަށް އަރަނިކޮށް އެ މީހަކުގެ ވޭނީ ހަޅޭކުގެ އަޑު ވަރަށް ގަދަޔައް އިވުނެއެވެ.
އަހަރެންނަށް ހަށިގަނޑަށް ލެވުނީ ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭނގުނެވެ. ފާރުމައްޗަށް އެރޭތޯ ބެލީމެވެ. ފާރުގައި އަތް އަޅުވާލަ އެތެރެއަށް ބޯދިއްކޮއްލާ ބަލާލި ތަނާ ލިބުނީ ސިހުމެކެވެ. ގަޔާއި ދިމާލަށް ފުންމައިގެން އައީ ބޮލުގައި ދެދަޅުލައިފައި ހުރި ކަޅު ހިޔަންޔެއް ކަހަލަ އެއްޗެކެވެ. ހިތް މޭފަޅާފައި ނިކުތް ކަހަލައެވެ.
ބިރުންގޮސް ހަޅޭއްލަވައިގަނެވުނީ އެހެންނެއް ބަލާފައެއްނޫނެވެ. އެއާއިއެކު ފާރުގައި ހިފަހައްޓައިގެން އޮތް އަތް ދޫކޮށްލެވިއްޖެއެވެ.
ނަތީޖާ އަކަށްވީ ބެލެންސް ކަޓައިގެން ފާރުމަތިިން ސޮއްސާލުމެވެ. ވަރަށް ބާރަށް ގޮސް ތަނެއްގައި ޖެހުނު ކަމުގެ އިޙްސާސް ކުރެވުނުވެ. ދެންވީގޮތެއް ނޭންގުނެވެ.

ލޯ ހުޅުވާލުމާ އެކު ފެނުނީ ހުދުކުލައިގެ ސީލިންގެކެވެ. ވިސްނާލެވުނީ އޮއެވުނު ތަނާއިމެދުގައިއެވެ. ސިކުނޑި ގަބުވެފައި ހުރުމުން ވިސްނުމަކަށް ކަމެއް ނައެވެ. ގައިމަތީގައި ވަނީ ހުދު ފޮތި ގަނޑެއް އަޅާފައެވެ. އިރުކޮޅަކު އެހެން އޮވެފައި ދެކޮޅަށް ނަޒަރު ހިންގާލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކައިރީ ގޮނޑިއެއްގައި އިން ދޮންބެއެެވެ. އަހަރެން ލޯހުޅުވައިގެން އޮތްތަން ފެނުމުން އަވަހަށް ގޮނޑިން ތެދުވެ އެނދާއި ކައިރިވެލިއެވެ. އަހަރެންގެ ބޮލުގައި ފިރުމާލަމުން ހާލު ރަނގަޅުތޯ އެއްސެވެ. އަހަރެން އާއެކޭ ބުނެ ފުއްދާލީމެވެ. މިވަނީ ކިހިނެއްހޭ އަހާލާމުން ހަށިގަނޑު ހިއްލާލެވޭތޯ މަސައްކަތް ކުރީމެވެ. އަތްތިލައަށް ވާނެއް ވެގެން ބަލައިލި އިރު އަތަށް ހުރީ އައިވީ ގުޅާފައެވެ. އެހެންކަމުން މި އޮވެވުނީ ހަސްޕަޓާލުގައި ކަން މޭރުންވިއެވެ. އަހަރެން ދެން ބަލައިލީ ދޮންބެ އައްށެވެ. ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލީމެވެ. ދޮންބެގެ ފަރާތުން ފެނުނު ހިމޭން ކަމުން އަހަރެންނަށް ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން ލަފާކޮށްލަން އެނގުނެވެ. އަހަރެން ދޮންބެ ކައިރީގައި އަހާލައިގެން ވެގެން އުޅުންފިލުވޭތޯ މަސައްކަތް ކުރީމެވެ. ދޮންބެ ބުނީ ވެގެން އުޅޭގޮތް ނޭންގޭ ކަމަށެވެ. އަހަރެންގެ ޒަމީީރަކަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް އިތުރަށް އަހަން ބޭނުންނުވީ ދޮންބެގެ މަޒާޖު ރަނގަޅަށް އެނގޭތީއެވެ.
އެވަގުތު އެންމެ ހަގައް ހުންނަ ކޮއްކޮ އައިސް ވޯޑަށް ވަންތަންފެނުނެވެ. އަހަރެން ބަލައިލުމުން އޭނާގެ މޫނުން ފެނުނު މޯޅިކަމުން ކަމެއްގޯސްކަމަށް އަހަރެންގެ ހިތް ބުނެލި އެވެ. އެއާއިއެކު ދޮންބެގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އަހަރެންގެ ހީ ޔަގީނަށް ބަދަލުވި އެވެ. ޔަގީނުންވެސް ކަމެއް ވެއްޖެއެވެ. އަހަރެން އިނީ ދަނޑިވަޅަކަށް ބަލަންށެވެ. ދޮންބެ ފާހަނައެއްކުރަން ދިޔަގަޑި ބަލާފަ ގެނައި މެންދުރުގެ ކޮއްތު ނިންމާލުމަށްފަހު ކޮއްކޮ ކައިރީ އަހައިފިމެވެ. އަހަރެންގެ ސުވާލު އަމާޒުމުން އޭނާ މަޑު ފުއްކޮޅަކަށްވިއެވެ. ބަހެއް ނުބުނެ ހިމޭންވެފައި ކަމަކާއި ވިސްނާ ފާޑަކަށް އިނީއެވެ. “ތިއްތީ.. އަހަރެންނަށް މައާފު ކުރޭ… އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން……”. އޭނާގެ އިރުކޮޅަކުން ފެށީ ރޯންށެވެ. އޭނާ ދެއްކި ވާހަކަތަށް ސިކުނޑިއަކަށް ތަރުޖަމައެއްނުކުރެވުނެވެ. ގާތުގައި އުޅޭ ބޮޑުވި އިރު ވެސް ދުވަހަކުވެސް ރޯތަން ފެނިފައި ނުވާ ކޮއްކޮ ރޯ މަންޒަރު ފެނުމުން އަހަރެން އަޖައިބުވެ އަންތަރީސްވިއެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގައިގެން އުޅޭކަމަށް ޔަގީން ކުރެވުނެވެ. އެހެންނޫންނަމަ ކަމަކާ ނުލައި ކޮއްކޮ އަހަރެން ކުރެ މައާފަށް އެދެންޖެހޭ ކަހަލަ ކަމެއް އަދި ދިމާވެފައިވާ ނެތެވެ.
” ދެން….. ކިހިނެކޯ މިވީ” އަހަރެން ކޮއްކޮގެ މޫނަށް ކަޅި ހުއްޓާލަމުން އެހީމެވެ. އޭނާ ގިސްލަމުން ކިޔައިދިނީ މޮޅިވެފައި އިނދެއެވެ. އަހަރެން ފެނުނީ އެކްސްޓްރާ ކިލާސް ނިންމާފައި ގެއަށް އަންނަނިކޮށް ސުކޫލު ފާރުކައިރިންނެވެ. ކުއްލިއަކަށް ފެނުނު އަލިފާންގަނޑާއި އިވުނު ހުނުމުގެ އަޑަށް އެދިމާލަށް ދަނިކޮށް އިއްތިފާގަކުން ދިމާވިީ އަހަރެން ފާރުމަތިން ސޮއްސާލި ވަގުތާއި އެވެ. އަހަރެންނަށް ފަރުވާ ދެވުނީ ކޮއްކޮ އެތާ އެވަގުތު ހުރިކަމުންނެވެ. އަހަރެންނަށް ފުންނޭވާއެއްލެވުނެވެ. އަހަރެން އަނިޔާތަކުގެ ވާހަކަ ބުނުމުން ބެޑްޝީޓް ކަހާލައި ނަޒަރެއް ދިނީމެވެ. ސަހަރޯއެވެ….ކަމަކުދާކަށް ނެތެވެ. އަހަރެންގެ ކަނާއަތު ފައިގެ ދުވަސް އޮތީ ގޮއްސައެވެ. ކަކުލު ހުޅުގައި ބޭސް އަޅާފައި އަދި ފައިގައި ވަނީ ޕޯލްސްޓަރު އަޅާފައި އެވެ. އަހަރެންގެ ހިތް ފޮތިފޮތި ވެގެން ދިޔައިރު ރޮވެންފެށުނީ އަމިއްލަ އިހްތިޔާރަކުނޫނެވެ. އަހަރެންގެ ކުޅިވަރުގެ ކެރިއަރު ކަފުން ކުރެވުނީ ކަމަށް ނިންމުނެވެ. ހުރިހާ އުއްމީދުތަކެއް ހަފުސްވީއެވެ.
އެހެނަސް ކުރާނެ ކަމެއް ނެތެވެ. ކަމުގެ ބާވަތުން ރަނގަޅުވާން ލައްކަ ދުވަސް ނަގާނެއެވެ.

އަހަރެން ގެއަށް ދޫކޮށްލުމުން އުޅެން ޖެހުނީ ދަނޑިގަނޑެއްގެ އެހީގައި އެވެ. ފައިތިލަވެސް ޖައްސަން އޮތީ ޑަކްޓަރު މަނާކޮށްފައެވެ. ކިތަންމެ ހަލާކު އުޅުނު ކަމުގައިވީނަމަވެސް ވަޒިފާއަށް ދިޔައީމެވެ. ރައްޓެހިންނާއި އެކުވެސް އޮތް ގުޅުންވެސް ކޮންމެވެސް ގޮތަކުން ކުރިޔަށް ގެންދިޔައީމެވެ. އެހެންނަމަވެސް ޖިންނީގެ ކަންތައް ހަނދާނުގައި ތާޒާކަމާއި އެކު ހުއްޓެވެ. އެކަމާއި ހެދި އަނދިރި މަގަކުން ހިނގުމަކީ މިހާރު އަހަރެންނަށް ލާހިކު ކަމެއް ނޫނެވެ.

ސުކޫލުގެ ހަފްތާ ބަންދު އައިސް ޖެހުނީއެވެ. މިފަހަރު ކަންދިމާވިގޮތުން ކޮއްކޮގެ ޕޭރެންޓު މީޓިންއަށް ދާން ޖެހުނީ އަހަރެންނަށްށެވެ. ދޮންބެ އެއިރު ރަށަކު ނެތެވެ. މަންމަވީ ހާވާދު ކަންކަން ތަނަކަށް ގޮހެވެ. އެކަންކުރާނެ އެހެންމީހަކާ ނެތުމުން އަހަރެން ދިޔައީމެވެ. ހުރިހާ ޓީޗަރުންގެ ވާހަކަ ހުރީ އެއް މިސްރާބަކަށްށެވެ. ކުލާސްތަކަށް ދޭތެރެއިން ނާންނަ ވާހަކައިން ފެށިގެން އަޙްލާގު ރަނގަޅުކުރަންޖެހޭކަމުގެ ވާހަކައެވެ. މިދިޔަ ހަފުތާ ބުރާސްފަތި ދުވަހުވެސް ރޭގަނޑު އެކްސްޓްރާ ކުލާހަކަށް އައި ކަމަކަށް ނުވެއެވެ. އަހަރެންނަށް ތި ރަދުންގެ ގޮވެލިފަތި ގަބޫލުކުރަން ޖެހުނީ ވަކި ސަބަބެއް ނެތި އެއް ނޫނެވެ. ނަގައިފަ ހުރި ޓެސްޓުތަކުގެ ނަތީޖާތަށް ހެއްކަކަށް ފުދެއެވެ. އެތާ ހޭދަވި ވަގުތުތަކުގައި
ބޯމަތީ ހިލަގަނޑެއް ބާއްވާގެން އުޅެވުނު ކަހަލައެވެ.

އަހަރެން އެހެން އިނދެފައި ބޭރަށް ނިކުތީ ފޯނުކޯލެއް އައުމުންނެވެ. ބޭރަށް ނިކުތުމަށްފަހު މިސްރާބުޖެހީ އެއްކަލަ އިރު ޖިންނި ފެނުނުދިމާލަށްށެވެ. އެތަން ވަނީ ތަހުގީގަށް ޓޭޕް އަޅައި ބަންދުކޮށްފައެވެ. ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަށް ނަޒަރެއް ދީފައި ގޮސް އަހަރެން ވަނީ އެތަނުގެ ތެރެއަށްށެވެ. ފޯނުގެ ފުލެޝްލައިޓް ދިއްލައިގެން އެތަން ބަލަން ފެށީމެވެ. އެތަން ވަނީ ހުޅުހިފާފައެވެ. ރޯވެ އަނދާފަ ހުރި ގަހުގެ ފަތާއި ގޮފި ނޫން އެއްޗެއް ނުފެނެއެވެ. އަހަރެން ދެލޯ ހޯދަމުން ދިޔައީ އެހެންކަހަލަ ކަމެއް ފާހަގަވޭތޯއެވެ. ކުރީ ހަފުތާ ބުރާސްފަތި ދުވަހު ކުލާހަށް ނުދާއިރު ކޮއްކޮ އަށް އަހަރެން އެދުވަހު ސުކޫލުދަށުން ފެނުނީ ކީހިނެތްބާއެވެ؟. ޓީޗަރުންގެ ވާހަކަ ދޮގުކުރެވޭކަށްވެސް ނެތެވެ. ހިތްސުވާލުތަކުން ތަކުން ފުރެމުންދިޔައިރު އޭގެ ޖަވާބު ނުހަނު އަވަހަށް ލިބިއްޖެއެވެ. ރަށުގައި މި ހިނގާ ޖިންނި ކުޅިގަނޑުގެ ހަގީގަތް ވެސް އެނގުނީ އެވަގުތުއެވެ. މިއީ ކުދި ވެރިންގެ ކަމެކެވެ. ކުޅިވަރަކަށް ވެގެން ރަށުގައި ޖިންނި ހެދިގެން މީހުން ބިރުގަންނަ ވަނީއެވެ. އަހަރެން އަތުގައި އޮތް ގޮވައިފަވާ ސެންޓުފުޅިއަށް ބަލައިލީމެވެ. އެކަހަލަކަމެއް ކުރާނެ އެކަކު ވިސްނާލުމުން އެނގި ޔަގީން ވެސް ވެއްޖެއެވެ.

އަަހަރެން ގެއަށް ގޮސް ކޮއްކޮއާއި ސުވާލުކުރީ އާއިލާ އެންމެންގެ އެއްކޮށްފައި އެއެންމެންގެ ކުރިމަތީގައި އެވެ. އޭނާ ފުރުތަމަ ރެކެން އުޅެފައި ވެސް ކުށަށް އިއުތިރާފް ވިއެވެ. އެދުވަހު ސުކޫލު އަހަރެންނަށް ފެނުނު ޖިންނި އަކީ އޭނާ ކަމަށް އެއްބަސްވިއެވެ. މަޖަލަކަށް ކުރަން ފެށި ކަމަކުން އެފަދަ ނަތީޖާއެއް ނިކުންނާނީ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. އެކަމުގައި މަސްއޫލުވާ މީހުންނާއި އެކަންކުރާ ގޮތް ވެސް ކިޔައިދީފައި އަދި އެކަމަށް ބޭނުންކުރާ އެއްޗެހި ހަވާލުކުރި އެވެ. މިއަދުންފެށިގެން އުޅުން ރަނގަޅުކުރާނެކަމުގެ ޔަގީންކަން ދިނެވެ.

އަހަރެން އޭނާއަށް މަޢާފު ކުރީ އެކަހަލަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެފައެވެ. ސިޔާސަކަމަކުން ނިކުންނަ އާޙިރު ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އާއިލާ އެހެންމީހުން ވެސް ނަސޭހަތްތެރިވިއެވެ. ކިޔެވުމަށްށާއި އަޙްލާގަށް ހެޔޮބަދަލެއް ގެނައުމަށް ބާރު އަޅާ ހިތްވަރު ދިނެވެ.

ކޮއްކޮ އެންމެންގެ ނަސޭހަތްތައް އަޑުހައި ކަންކަމަށް އެއްބަސްވި ގޮތުން އަހަރެންނަށް ޔަގީންކަން ލިބި އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.

ދިމާވި ކަންތައް އަހަރެން ކަމާބެހޭ ފަރާތްތަކަށް އެންގީމެވެ. އެމީހުން ޒިންމާދާރު ކަމާއިއެކު ކުރިޔަށްގެންދިޔަ މަސެއްކަތުން ރަށުގައި އުޅޭ ސިޔާސަ ކުދި ވެރިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނެވުނެވެ. އެއާއިއެކު ރަށުގައި ހިނގާ ޖިންނީގެ ކުޅިވަރަށް ނިމުމެއް އައީއެވެ.

-ނިމުނީ-

Share Article

Follow Me Written By

Shihaan

Level 1

Other Articles

Previous

ނިވެމުންދާ ހުޅުކޮޅު 02

Next

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

Next
April 2, 2026

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

Previews
April 2, 2026

ނިވެމުންދާ ހުޅުކޮޅު 02



All Right Reserved!