ވަޒީފާ ނިންމާފައި އިންޖީނުގެއިން ނިކުމެެ އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށްށެވެ. މާލޭގައި ހުރެފަ ދޮންބެ މިކޮޅަށް އައިފަހުން ސައިކަލު އަހަރެންގެ އަަތުޖެހޭ ކަމަކަށް ނުވެއެވެ. މީހާކު ޑުރޮޕެއް ކޮއްލަދެން ނެތިއްޔާ އަހަރެން އުޅެން ޖެހޭނީ ފައި މަގުގަ ހިނގައިފައެވެ . އާދައިގެ ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު ވަށައިގެންވާ މާހައުލަށް ސަމާލުކަން ދެވުނެވެ. ދަން ގަޑިޔަކަށް ވުމުން މަގުމަތި ވަނީ އަމާންވެފައެވެ. ރަށް އެއްކޮށް ނިދާފައިވާ ކަހަލައެވެ. މެދުކެނޑުމެއްނެތި އިވެމުން ދިޔައީ މަގުގެ އެއްް ފަރާތުގައި ހެދިފައި ހުރި […]