ގޮތް ހުސްވެފައި ހުރީމޭ 24 (ފަހު ބައި)
“ވަރަށް ބާއްޖަވެރި ކައިވެންޏަކަށް އެދެން. ދައްކަބަލަ ސިއްރެއް ބުނާނަން.” ޔުސްރާ އަހަރެންގެ ކަންފަތާ ދިމާލަށް ކައިރި ވެލިއެވެ. އަދި އަހަރެން ޔުސްރާ ބުނި އެއްޗަކަށް އެއްބަސް ވެލަމުން ތަންކޮޅެއް ދުރުގައި ހުރި އިޔާން ދައްކާލީމެވެ. އެވަގުތު އެމީހުން ހިނގައިގަތީ އިޔާން ގާތަށެވެ.
ޕާޓީގައި ގިނައިރު ކޮޅަށް ހުރުމުން ދެފައި ހީވަނީ ބަރުވެފައި ވާހެނެވެ. މުޅި މީހާ ވަރުބަލި ވުމުން ބޭނުން ވަނީ އިށީންދެލާށެވެ. އެހާ ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ގޮހޮރު ހީވަނީ ވަޔާ ތެޅޭހެނެވެ. ޕާޓީއިން މީހުން މަދުވުމާއި އެކު އަހަންނާއި އިނާން ކާން






