Skip to content
އެސްފިޔަ
PRO · MVR 2.00

އެދިގެން ކަލާ ލިބޭތޯ 56

(56 ވަނަ ބައި)
ފާރުގައި ދަމާލެވިފައިވާ ފަރުދާތައް އެއްފަރާތްކޮށްލަމުން މިލާންގެ އަތްފައި ބަދެފައިވާ ބަރު ހިލިހިލާގަނޑު ދަމަމުން ގެނެސް ފަރުދާތަކުގެ ފަަަހަތުގައިވާ ބޮޅުތަކުން ބޮޅެއްގައި ހައްޔަރުކޮށްލަމުން ރީހާން މަޑުމަޑުން ހިންދެމިލިއެވެ. އޭރުވެސް މިލާން އޮތީ ހޭހުސްވެފައެވެ. އަތުގައި އޮތް ތަޅުދަނޑި ފައިދޮށަށް ވައްޓާލަމުން އޭނަ ފައިން ޖަހާ އެ ތަޅު ދަނޑި ދުރަށް ވިއްސާލިއެވެ. ބަރު ހިލިހިލާގެ ކަސްތޮޅުން ސަލާމަތްވާންވެގެން މިލާން އެ ކުޑަކޮޓަރިތެރޭގައި ތެޅޭ މަންޒަރަކީ އޭނައަށް ބަލާ ހިތްވާނޭ މަންޒަރަކަށްވާނެއެވެ. މަޑުމަޑުން ދެއަތުން މޫނުމަތީގައިވީ ލޭތައް ސާފުކޮށްލިއިރު ރީހާންގެ މޫނުމަތީގައިވީ ހިތްހަމަޖެހުމެވެ. އަތުގައި ހޭކިފައިވާ ލޭތަކުގެ ވަސްދަމާލަމުން އޭނަ ވިހަގޮތަކަށް ހިނިތުންވެލިއެވެ.
***************
ދަންވަމުންދިޔަވަރަކަށް ފަޒާގައިވީ ތެތްފިނިކަމުގެ އަސަރުތައް ގަދަވަމުންދިޔައެވެ. އުޑުގައިވީ ފަޅި ހަނދު އޭގެ މަޤާމުން ތިރިއަށް ޖެހެމުންދިޔަވަރަކަށް ހަނދުގެ އޮރެންޖްކުލަ ގަދަވަމުންދިޔައެވެ. އޭރުވެސް އަޅިފުސްކުލައިގެ ވިލާތަކުން ކޮންމެ ވެސް ވަރަކަށް އުޑުމަތި ބައްދަމުންދިޔައެވެ. ދޭތެރެއަކުން ފަޒާގަ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.