“އޯހްހްހް. މިއީ ދޯ މިވާ ގޮތަކީ؟ މާ ނޭނގޭ ކަމަށް ހަދާފަ މަގޭ ވަނަވަރު ހޯދަނީ ދޯ؟ ނޫނޭ. ކުޅަދާނަ. ހޫމް. އޯކޭ. މަށަށް ކިޔަނީ މީކައިލް މުހައްމަދު މިރުޝާލް. އުމުރުން 23 އަހަރު. މަށަކީ ތެރަޕިސްޓެއް. ވިވިއަން އޯ؟” މީކައިލް އަހައިލިއެވެ. “ވިވިއަން އަހުމަދު ރަޒާން. 20 އަހަރު. ލިލީ ފިހާރައިގަ މަސައްކަތް ކުރަނީ” ސަލާމަށް އަތް ދިއްކޮށްލަމުން ވިވިއަން ބުނެލިއެވެ.
(18 ވަނަ ބައި)
މީކައިލް ހިނިތުންވެލާފައި ސަލާމް ކޮށްލިއެވެ. ވަގުތުން ވިވިއަންގެ މުޅި ހަށިގަނޑުގައި ކަރަންޓު ޖެހުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. “މީކައިލްގެ ބިޓު ރުޅިއެއް ނާންނާނެތަ ވިވީއަށް ތިހެން ސަލާމް ކުރީމައެއް؟ މިހާރުގެ ގާލްފްރެންޑްސް ވަރަށް ޖޭ ވާނެ” ވިވިއަން ހީލަމުން އަހައިލިއެވެ.
“ޖޭ ވާނީ ވެސް ބިޓެއް ހުރި ނަމަތާ. އެކަހަލަ ނަސީބެއް ނެތް” ހިތި ހިނިތުންވުމަކާއި އެކު މީކައިލް ބުނެލިއެވެ. “އެންމެ ރަނގަޅު. އެހެން ވިއްޔާމުން މިއަދު ކެއުން ދޭނީ ވިވީ. ވޭޓާރ” ވޭޓަރަށް ގޮވައިލަމުން ވިވިއަން ބުނެލިއެވެ. މީކައިލްގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.
ހިޔާލުތަކުގައި އޮތް ލަޝްކާ ސިހުނީ ކޮޓަރި ދޮރު ހުޅުވާލާފައި ވައިން ދާއިޔަލް ފެނިފައެވެ. އެވަގުތު އޭނާ ޝަރަފްއާއި ދެއްކި ވާހަކަ ހަނދާން ވިއެވެ. ލަދުން މޫނުގައި އަތް އެޅުނީ އެހެން ވެގެންނެވެ.
“ކިހިނެތްވީ؟ ބޮލުގަ ރިއްސަނީތަ؟” ދާއިޔަލްގެ އަޑުގައި މިފަހަރުވެސް ވީ ލޯތްބާއި އަޅާލުމެވެ. “ނޫން. އެހެނެއް ނޫން” ލަޝްކާ ބުނެލިއެވެ. “ދެން؟ ކިހިނެތްވީ؟ ބުނެބަލަ. އުނދަގުލެއް ވަންޏާ އަވަހަށް ދާއި ގާތުގަ ބުނޭ” ދާއިޔަލް ވަރަށް ލޯބިން ބުނެލިއެވެ.
“މަންމަމެން މަތިން ހަނދާން ވަނީ…” އިސްޖަހާލަމުން ލަޝްކާ ބުނެލިއެވެ. “ލަޝް ސީރިޔަސްލީ؟ ލަޝްއާއި ދޭތެރޭގައި އެހާ ގޯސްކޮށް ކަން ކުރި ބައެއްމަތިން ކީއްކުރަން ލަޝް ހަނދާން ކުރަނީ؟ ކޮބާ ބޭނުމަކީ؟” ލަޝްކާގެ ޖަވާބުން ދާއިޔަލް ހިތްހަމަ ނުޖެހުނެވެ.
“ދާއި.. މަންމައަކަށް ނޭނގޭނޭ ބައްޕަ އެެހެން ހަދާ ކަމެއް…” ލަޝްކާ ލޯބިވާ މަންމަގެ ދިފާއުގައި ތެދުވިއެވެ. “އޯކޭ. މަންމައަކަށް ނޭނގެއޯ. އެކަމަކު ލަޝްގެ ދިރިއުޅުމަށް އައި ބަދަލުތައް ކީއްވެ މަންމައަށް ނުފެނުނީ؟ ކީއްވެ މަންމަ އަޅާ ނުލީ؟ މަށަކަށް ތިވާހަކަ ހަމައެއް ނުޖެހޭ” ހިތްހަމަ ނުޖެހިފައި ދާއިޔަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
ރޭގަނޑުގެ ކަނު އަނދިރިކަން މަޑުމަޑުން ފިލައި، އުދަރެހުގެ އިރުމަތީ ފަރާތުން ފަތިހުގެ ރަންދޯދިތައް ފާޅުވާން ފެށީ މުޅި ކާއިނާތަށް އައު ދިރުމެއް ގެނުވަމުންނެވެ. ކަނޑުގެ އޮމާން ލޮނުގަނޑުގައި އިރުގެ ފުރަތަމަ ދޯދިތައް ބީހިލުމާއެކު، ލޮނުގަނޑުގެ މަތީގައި ރަންކުލައިގެ ޖަވާހިރުތަކެއް ފަދައިން ވިދައި ބަބުޅަން ފަށައިފިއެވެ. އުޑުމަތީގައިވާ މަޑު ނޫކުލައިގެ ތެރެއަށް ރަތާއި އޮރެންޖު ކުލައިގެ ކުލަވަރުތައް މުއްސަނދިކަމާއެކު ފެތުރިގެން ދިޔައިރު، ޖައްވުގެ ތެރޭގައި ހިފާލާފައިވަނީ ފިނި އަދި ތާޒާ ހިތްގައިމުކަމެކެވެ. ގަސްގަހާގެހީގެ ފަތްތަކުގައި ހަރުލާފައިވާ ޝަބްނަމްގެ ތިކިތައް އިރުގެ އަލީގައި ވިދަމުންދާއިރު، ދޫނިސޫފާސޫފީގެ މިއުޒިކީ އަޑުތަކުން މުޅި މާހައުލު ގުގުމާލީ، މިއީ އައު އުންމީދުތަކަކާއި ބަރަކާތުން ފުރިގެންވާ އައު ދުވަހެއްގެ ފެށުންކަން އިއުލާން ކުރާ ފަދައިންނެވެ.
އެލާރާއަށް ލޯހުޅުވާލެވުނީ ޒަވުލްގެ ލޯބި މެސެޖަކަށެވެ. “ކޮން އިރަކުންތަ ދެން ދިމާވާނީ؟” ޒަވުލް މެސެޖު ކޮށްލިއެވެ. “ނޭނގެ. މިދުވަސްކޮޅު އަސްލު ވަރަށް ބިޒީ. ލަޝްކާގެ ވޭދަނައިގެ ކަންކަމާ އުޅޭތީވެ. ހުސް ވަގުތަކުން ގުޅާލާނަން” ލަޝްކާ މެސެޖު ކޮށްލިއެވެ.
“އޯކޭ. ޒަވޫ ވެސް ގެއްލެންވީ ކަންނޭނގެ. އޭރަށް އެލާގެ ހުރިހާ ސަމާލު ކަމެއް ޒަވޫއަށް ލިބޭނެއްނުން؟ ހެހެހެ” ޒަވުލްގެ މެސެޖު ކިޔާލުމާއި އެކު އެލާރާގެ ތުންކޮޅު އޫވެލިއެވެ. “ހޫންންން. މިހާރު ކީކޭތަ ތި ކިޔަނީ.؟ ތިކަހަލަ ވާހަކަ ނުދައްކާ ވިއްޔާ” އެލާރާ ދެރަވެލާފައި މެސެޖު ކޮށްލިއެވެ.
“ހެހެ. އޯކޭ، އޯކޭ، ސޮރީ. އެލާ. ޒަވޫ މިދަނީ ސައިބޯން އިނގޭ. ވަރަށް ބަނޑުހައި. އައި ލަވް ޔޫ” ޒަވުލް ބުނެލިއެވެ. “ހެހެ އައި ލަވް ޔޫ މޯރ” އެލާރާ މެސެޖު ކޮށްލިއެވެ.
ފެންވަރާލާ ތާޒާ ވެލައިގެން ނިކުން ޒަވުލްއަށް ފުރަތަމަވެސް ފެނުނީ ބަދިގެ ތެރޭގައި އުޅުނު ޒާލާއާއި ނައުރީންއެވެ. ޒަވުލްގެ ތުންފަތުގައިވީ ހިނިތުންވުން ސައި ގިރަން ހުރި ނައުރީންއަށް ވަރަށް ރީތިކޮށް ފެނުނެވެ.
“އަސްތާ ދަރިފުޅާ؟ ހާދަ ހެވިފަ؟ ކިހިނެތްވީ އަނެއްކާ…؟” ނައުރީން އަހައިލިއެވެ. ނައުރީންގެ ސުވާލާއި އެކު ޒާލާގެ ނަޒަރުވެސް ހުއްޓުނީ ޒަވުލްއަށެވެ. “އެބުނާހެން. ހީވަނީ އެހެން ފަދަ ކަމެއްހެން. އަނެއްކާ ކޮން ކަމެއް…؟” ޒާލާ އަހައިލިއެވެ.
“ދެން މާ ބޮޑު ކަމެއް ނުވޭ. ބޭކާރު ވާހަކަ ނުދައްކާ ކާން އާދޭ ހޫން” ހިނިގަނޑު ހިފަހައްޓާލަމުން ޒަވުލް ބުނެލިއެވެ.
ސައިބޮއެ ނިމުމުން ޒާލާ ކޮޓަރިއަށް ވަނެވެ. އަކްނާންވެސް ގޭގައި ނެތުމުން އޭނާ ހުންނާނީ އެކަނިކަން އެއީ ޔަގީން ކަމެކެވެ. ނަމަވެސް ޒާލާ ދޮރު ތަޅުލިއެވެ. ލަސް ހިނގުމެއްގައި ގޮސް ކަބަޑު ދޮރު ހުޅުވާލިއެވެ. ކަބަޑު ތެރޭގައި އޮތް ބަނޑުބޮޑުތޯ ބަލާ “ކްލިއާރ ބްލޫ” ޓެސްޓު ކިޓު ނެގިއެވެ. ލަސް ހިނގުމުގައި ފާހާނާއަށް ދިޔަ ޒާލާގެ މޫނުމަތީގައިވީ އުންމީދެވެ.
“ތިހެން މާ ހެނދުނާ އަންނާތީ ޒާލާ ޝައްކެއް ނުކުރޭތަ؟” އަކްނާންގެ އަތުތެރޭގައި އޮވެ، އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނަހާތު އަހައިލިއެވެ. އެނދުގައި އޮށޯވެގެން އޮތް އިރު ދެމީހުންގެ މޭމައްޗާއި ހަމައަށް ފޮތިގަނޑު އަޅައިގެން އޮތް އިރު ދެމީހުން ލައިގެން ހުރި އެއްޗެހި ބިންމަތީގައި ހުއްޓެވެ. “ހެޔޮ ޝައްކު ވިޔަސް. މިހާރު ހަމަ އަބަދުވެސް ބޭނުންވަނީ ނަހާ ކައިރިީ އޮންނަން” ނަހާތުގެ ތުންފަތައް ލޯބި ކޮށްލަމުން އަކްނާން ބުނެލިއެވެ.
(ނުނިމޭ)
ނަވާރަވަނަބައިގެ ތެރެއިން:
ފާހާނާ ތެރޭގައި ވަގުތުތައް ގުނާލަ ގުނާލަ ހުރީ ޒާލާ ހުރީ ކެތްމަދުވެފައެވެ. ވަގުތުތައް ގުނަމުން ގޮސް ވަގުތު ހަމަ ވި ކަމަށް ފޯނު އެލާމު ވިއެވެ. އަވަސް ކަމާއި އެކު ގޮސް ނެގި ޓެސްޓު ކިޓުގައި އިން ނަތީޖާ ފެނުމާއި އެކު ޒާލާގެ މޫނުމަތީގައިވީ އިހުސާސްތައް ބަދަލު ވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part ves varah reethi. I think vivian is falling for meekail. Alhey aknaan is cheating on zaalaa. Curiously waiting for next part???
Jazaakallah khairan 🩶🫶🏻
Hehe maybe👀🤭 ikrrr he’s cheatiingggg☹️☹️☹️☹️ stay tuned in sha allah mirey kiyaalan libeyne🫶🏻