ގޮތް ހުސްވެފައި ހުރީމޭ..23
“މީ ކީއްކުރާ ސްޕްރައިޓް ފުޅިއެއް؟… އަހަރުމެން މިއައީ އެއްޗެއް ބަލައެއް ނޫނޭ ދޯ އަތޫފު.” އަތޫފާ ދިމާލަށް ނިތް އަރުވާލަމުން އިނާން ހިނގައިގަތެވެ.
“ހެވޭ… އެކަމު ވެސް އަހަރެން މި ދިނީނު.. އިނާން ގުޅީމަ ހިތަށް އެހެރީ ހަމަ މި ފުރުސަތުގައޭ ދެން ފިނި އެއްޗެއް ވެސް ދެވޭނީ…. މިދިމާ ބީޗަށް ދަމާ ވާހަކަ ދައްކަން.” އިނާންއާ ދިމާލަށް ބަލައި ވެސް ނުލާ ނަޖްދާ ވާހަކަ ދައްކަމުން ދިޔައިރު އިނާން ފާރަވެރިވީ ނަޖްދާގެ މަކަރުވެރި ކަމަށެވެ.
“އަން… އަތޫފު! މި ބޯލާ” ސްޕްރައިޓް ފުޅި ދިއްކުރަމުން އިނާން ބުނެލިއެވެ.
“އުހ�






