Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ދުނިޔެއީ ދައުރުވާ އެއްޗެއްމެ 19

Queenquill Level 210 Stories100 Login
March 24, 2026 2 Mins Read
3 Comments

ދުވަސްތައް ވޭތުވަމުންދިޔައީ އެފަދަ ވޭނީ ހިތްދަތިކަމެއްގެ ތެރޭގައެވެ. މިހާރު ނީލަމް ހުންނަނީ މުޅިން ނެގި މަޑުވެފައެވެ. ތަޤުދީރު ނިޔާކުރި ފުން ވޭނުގައި ނީލަމްގެ ޙަޔާތް އޮޔާދަނީއެވެ.
އާދައިގެ މަތިން އޮފީސް ނިމޭގަޑި ކައިރިވުމުން ނީލަމް ރާކިންއަށް ގުޅާލިއެވެ. ކޮލެޖަށް ދިއުމުގެ ކުރިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އުންމީދުގައެވެ.
” ކޮންތާކު؟ ބަލާ އާދެވޭތަ؟” އުންމީދަކާއިއެކުގައި ނީލަމް އެއްސެވެ.
” ނޫން އޮފީސް ކަމެއްގަ ވަރަށް ބިޒީ. ނުދެވޭނެ” އެހެން ބުނުމަށްފަހު ނީލަމް އެއްޗެކޭ ބުނާނެ ފުރުސަތުވެސް ނުދީ ރާކިން ފޯނު ބޭއްވީއެވެ. ނީލަމް މެސެޖު ކުރުމުންވެސް ޖަވާބެއް ނުލިބުނެވެ. ލޮލުން ފައިބާގަންނަން ތައްޔާރަށްހުރި ކަރުނަތައް ހިންދާލަމުން ނީލަމް ހިނގައިގަތެވެ. މިހެން ކިހާދުވަހެއްގައި ކެތްވާނެ ބާއޭ ހިތަށް އެރިއެވެ.
ހައިޖާނުތަކުން ފުރިފައިއޮތް ސިކުނޑިޔަކާއެކު ގޮސް ގެއަށްވަދީ އަރާމުކޮށް ހަމަޖެހިލުމުގެ ގަސްތުގައެވެ. އެހެނަސް ގޭތެރެވެސް އެހާ ހަލަބޮއްޏެވެ.
އެނދުމަތީގައި އެކަނި އޮވެ ރޮވެމުން ދިޔައީ އެކަނިވެރިކަން އިޙްސާސްވާލެއް ބޮޑުކަމުންނެވެ. މީހަކު ހުރެމެ އެކަނިވެރި ވުމަކީ އަދި މާ ހިތްދަތި ކަމެކެވެ. އެހެނަސް ދުނިޔޭގެ ޢިމްތިޙާނުން މިންޖުވާނެ އިންސާނަކު ނުހުންނާނެތާއެވެ. ކޮންމެ ނަމާދެއްގައި އިނދެ ގިސްލަމުން ނީލަމް ކުރި ދުޢާއަކީ ފިރިމީހާގެ ލޯތްބާއި އޯގާތެރިކަންދެއްވެވުން އެދި ކުރި ދުޢާއެވެ. ހެއްދެވި އިލާޙުގެ އަރިހުގައި މުޅި ހިތް ބަންޑުންކޮށްލަނީ އެ އިޙްސާސްތައއ ދަންނާނެ އިތުރު ފަރާތެއް އެހީއަށް އެދި ދާނެ އިންސާނެއް ނުވާ ޙާލުއެވެ. ހިތްދަތިކަމުގެ އިންތިހާއެވެ. ލާކޮންމެ ނޭވާއެއް މިހާރު ކުރަނީ މަލާމަތޭ ނީލަމްއަށް ހީވެއެވެ. ނީލަމްއަށް މިފަދަ ޝަޒާއެއް ލިބެން ޙައްޤު ކުރެވުނީ ކޮންކުށެއްހޭ ހިތް ބުނެއެވެ.
” ހަލޯ..ކީކޭ؟” ރޭގަނޑު ދިހައެއް ޖަހާލާކަށްހާއިރު ނީލަމްއަށް ގުޅީ އެކުވެރިއެކެވެ. މާގިނައިން ދިމާނުވި ނަމަވެސް ރަނގަޅު ރަޙުމަތްތެރިއެކެވެ.
” އޭ ހަނދާން ނެތުނީއޭ ހަވީރު ގުޅާލަން.. ކިހިނެއްތަ ހާލު ހުރިހާކަމެއް ރަނގަޅުތަ؟” ޝާނީ އެހެން އެހުމުން ނީލަމް ވަރަށް ދެރަވިއެވެ.
” އާން ކިހިނެއް ވީ؟” ހިތާމަތަށް ފޮރުވާލަމުން ނީލަމް ބުންޏެވެ.
” މިއަދު ފެނުނު މަންޒަރަކުން.. ތިނެއް ޖަހާކަށްހާއިރު ކެފޭއަކަށް ވަތްއިރު ރާކިންއާ އަންހެން ކުއްޖަކާ ތިބި ކޮފީއެއްގަ. ނީލަމްއަށް އެނގިގެންތަ؟ އަހަރެން ފޮޓޯވެސް ނެގިން.. އެބަ ފޮނުވާލަން އިނގޭ..” ޝާނީގެ ކޮންމެ ޖުމުލައެއް ނީލަމްގެ ހިތަށް ހެރުނީ ތޫނު ތީރެއްފަދައިންނެވެ.
” ތިވާނީ ކަޒިންއެއް ކަމަށް” ނީލަމް ރާކިން ދިފާޢުކުރީ ހިތުގައި އަތް އަޅައިގެން ހުރެއެވެ. ފޯނު ބޭއްވުމުން ޝާނީ ފޮނުވި ފޮޓޯ ހުޅުވާލެވުނީ ދެއަތް ތުރުތުރުލާ ޙާލުގައެވެ. އެއީ ނީލަމް ރާކިންއާއެކު ވަގުތު ހޭދަކޮށްލުމަށްޓަކާ ގުޅުމުން އޮފީހުގައޭ ބުނި ވަގުތެވެ. ނީލަމްގެ ހިތް ކުދިކުދިވިއެވެ. އެ ފޮޓޯގަނޑަށް ބަލަންއިން ނީލަމްގެ ދެލޯ ފުސްވަމުން ދިޔައީ، ލޮލަށް ޖަމާވި އެއްހާސް ކަރުނައިންނެވެ. ގިސްލަގިސްލާފާ ރޮވުނީ ހިތުގައިއެޅިވޭނަށް ޝިފާއެއް ނެތީމައެވެ. އާއެކެވެ. ފޮޓޯގައި އިނީ ނީލަމްއަށްވެސް ފެނިފައިހުރި ރާކިންގެ އެކުވެރިއެކެވެ. އެހެނަސް ހިތާމައަކީ ނީލަމްއަށްޓަކައި އެވަގުތުކޮޅު ނުދެވި ހިލޭ އަންހެނަކާއިއެކުގައި ދޮގުހަދާފައި ރާކިންއަށް އުޅެންކެރުނުކަމެވެ. މިއީ ކޮންފަދަ އިންސާފެއް ހެއްޔެވެ. ނީލަމްގެ ތެދުވެރިކަމާއި ވަފާތެރިކަން އަގުކުރަނީ މިވަރަށް ހެއްޔެވެ.
އެހެން ރޭތަކެކޭވެސް އެއްފަދައިން މުޅިރޭ ކަރުނާގައި ހޭދަވީއެވެ. އެހެނަސް މިރޭ އިތުރަށް ހިތުގެ ރިހުން ގަދައޭ ހީވިއެވެ. އެހިތާމާގައި އެހެން އޮވެއޮވެ ނިދި ޖެހުން އިރެއް ބުނާކަށް ނޭނގެއެވެ.
އެއްގަޑި ބައިހާއިރު ރާކިން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނިދި މަޑުވެ މޭގައި ރިއްސަންފަށާފައިއޮތް ނީލަމް މަޑުމަޑުން ލޯހުޅުވާލިއެވެ. ރާކިން ފާޙަނާއަށް ވަނުމަށްފަހު އައިސް އެނދުގައި އޮށޯވެލިއެވެ.
” ނުނިދަންތަ؟” އަނެއް ފަރާތަށް މޫނު އަނބުރައިގެން އޮތް ނީލަމްގެ ކޮނޑުގައި ރާކިން އަތް ޖައްސާލިއެވެ. ނީލަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ލޮލުގައި ހުރި ކަރުނަތައް އެފަނޑު އަލީގައި ވަނީ ފޮރުވިފައެވެ.
” ކަމެއް ވެފަތަ ތިއޮތީ؟ ބުނެބަލަ” އެހެން ދުވަސްދުވަހާ ޚިލާފަށް ރާކިން ކޮންމެވެސް ވަރަކަށް ވާހަކަދެއްކޭތޯ އުޅުނެވެ.
” ދެން މިހެން އޮންނާނީތާ.. ލިބުނު އުފަލައިގެން މިހެން އޮތުން ނޫން ގޮތެއް ނެތް” ނީލަމް ވަރަށް ހިތްވަރުކޮށްފައި ބުނެލިއެވެ. ނީލަމްގެ އަޑުގައިހުރި އިންތިހާ ދަރަޖައިގެ ހިތާމަ ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ.
” ޕްލީޒް..ކަމެއް ވީތަ؟ ބަލާ ނުދިޔާމަ ރުޅި އައީދޯ..” ރާކިން ނީލަމް، ރާކިންއާވީ ފަރާތައް އަނބުރާލިއެވެ. ހިތްވަރު އެލުނީ އެހިސާބުންނެވެ. ތިމާ މީހާއަށް އެނގިއެނގި ހުރެ އެހާ ރީތިކޮށް އެދޮގު ހަދާލަނީ ކިހިނެއް ހެއްޔެވެ. މޫނަށް ރުލެއްވެސް އަރުވާނުލާ، މަކަރުވެރިޔަކު މަޢުސޫމުފާޑު އެ ޖައްސަނީ ކީއްވެތޯއެވެ. އެއީ ހާދަހާ ބޮޑު އަނިޔާއެކެވެ. ހިތަށް ލިބެނީ އިތުރު ވޭނެކެވެ. ނީލަމް ތުރުތުރު އަޅައިގަތީ އެވޭނަށް ކެތްނުވެގެންނެވެ. އަރު ތެރޭގައި ނޭވާތާށިވާފަދަ އިޙުސާސެއްވަމުން ދިޔައީ މެޔަށް އެރި ތަދާއިއެކީގައެވެ.
ނީލަމްއަށް ވަމުން ދިޔަގޮތް ފެނުނު ރާކިން ކޮންމެވެސް ވަރަކަށް ޖެހިލުންވިފަހަރެކެވެ. މީހަކު މަރަށްތެޅޭ ފަދައަކުން ނީލަމް ނޭވާ ނުލެވިގެން ތެޅިގަތެވެ. އޭރުވެސް ލޮލުން ކަރުނަތައް ހުއްޓުމެއްނެތި އޮހެމުން ދިޔައެވެ.
” ނީލަމް…ކިހިނެއްތި ވަނީ.. ހިނގާ ހޮސްޕިޓަލަށް” ނީލަމްގެ ގައިގައި ހިފަހައްޓާލަމުން ރާކިން ތެދުވިއެވެ.
” މަންމަ..” ނީލަމްގެ ހޭވެރިކަން ހުސްވުމުގެ ކުރިން ދުލުން ނިކުތީ އެލަފުޒެވެ. ފަހުނޭވާއޭ ހީވުމުން މަންމަގެ އޯގާތެރިކަމަށް އެދެވުނީއެވެ. އެއަތުގެ ހިމާޔަތަށް އެދި ރޮވުނީއެވެ. މަންމަގެ ހަނދާންއެވަގުތު ނީލަމްގެ ހިތް ގުޑުވާލިއެވެ. އެފިރުމުންތަކުގައި ޢުމުރު ހޭދަވުން އެދެވޭތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ލޯބިން އަރިހުގާ 8

Next

ކިޔުންތެރިންގެ ސަމާލުކަމަށް!

Next
March 24, 2026

ކިޔުންތެރިންގެ ސަމާލުކަމަށް!

Previews
March 24, 2026

ލޯބިން އަރިހުގާ 8

3 Comments!

  1. Ekuhjaa 🫀 says:
    March 29, 2026 at 1:00 pm

    Kobaaaa when’s the next episode Imma waiting Kon ireh

  2. Eelam.. says:
    March 30, 2026 at 1:10 pm

    Heyyy vrh vrh reethi ingey dhen in ep kon irakunno? Actually feel bad for Neelam

  3. Queenquill says:
    April 1, 2026 at 9:04 pm

    Will release soon IA

Comments are closed.

Next Episodeދުނިޔެއީ ދައުރުވާ އެއްޗެއްމެ 20←


All Right Reserved!