މި ވާހަކަ އަކީ ހިޔާލީ ވާހަކައެކެވެ . މި ވާހަކައިގައި އުޅެމުން އަންނަ މީހުންގެ ނަންތަކާއި ރަށް ތަކަކީ ހިޔާލެކެވެ . އެކަމަކު ވެސް މި ވާހަކަ މީހަކަށް ނުވަތަ ބަޔަކަށް ދިމާވެއްޖެ ނަމަ އަޅުގަނޑުގެ ފަރާތުން ނިހާޔަތައް މާފައް އެދެމެވެ . އަދި މި ވާހަކަ އަކީ ދިގު ދުވަސްތަކަކަށް ފަހު އެސްފިޔަ އަށް ލާ ވާހަކައެކެވެ .
ވިއްސާރަ ދުވަހެކެވެ . އުޑު މަތިން ވިލާ ބޯ ކަމުން ދުވާލުގެ އަލިކަން ވަނީ ފަޑުވެފައެވެ . ވައި އެހާ ބާރެއެވެ . ކަނޑުގެ ރާޅު ތައް ރުޅި އައިސް ހޮޅި ލާފައި ގޮނޑު ދޮށައް ބިންދާލައެވެ . ހީވާ ގޮތުން މިއީ ހުޅަނގު މޫސުމުގެ ފެށުމަކަށް ވެސް ވެދާނެއެވެ . ހީވަނީ ދެއްމެ ދެއްމެ ކެރި އޮއްސާލަފާނެ ހެންނެއެވެ . މިހާރުވެސް ކުޑަ ކޮށް ކެރީގެ ތިކިތައް ދުނިޔޭގެ ބިމަށް ޖަހާ ހެން ޙީވެއެވެ .
އަސްކެނި ދަށުގައި އެ ހުރީ ޒުވާން ފުރާގެ އަންހެން ކުއްޖެއެވެ . ބަލާ ބެލުމުން ހީވަނީ 20 އަހަރަށް ދާ ހެންނެއެވެ . އަސްކެނި ބޭރަށް އަތް ދިއްކޮއްލައިގެންނެއެވެ . ލޯ ދޮން ލޯބި އަތުގައި ވާރޭގެ ތިކިތައް ބީހެމުން ދެއެވެ . އާދެ! އެއީ ޔާނާ އެއެވެ . ޔަނާ އަކީ ވާރޭ ވެހޭތައް ބެލުމަށް ނުހަނު ޝައުޤުވެރި ކަން ހުންނަ ކުއްޖެކެވެ . ވވާރޭ ވެހޭ އަޑަކީ ޔާނާ އަށް އެތަކެއް މާޒީ އެއް އެކުލެވިގެން ވާ އަޑެކެވެ . އެތަކެއް މާޒީ އޭނަގެ ކުރިމަތީ ހުޅުވިގެންދެއެވެ . ލޮއިއްބާ އަޅާލުން ، އޯގާތެރިކަން ، ވަނީ މިޔަދު ޔާނާ އަށް ގެއްލިފައެވެ . ދުވަހަކު ވެސް އުފާވެރި ކަމެއް ނުލިބޭ ކުއްޖެއް ހެންނެއެވެ . އެ ހުވަފެން ތައް އެއްކޮށް އެފުއް މިފުށައް ޖެހުނީ ދާދި ކުޑަ ކުޑަ ވަގުތު ކޮޅެއް ތެރޭގައެވެ .
ޔާނާ ހުރީ ނުލާހިކު އުފަލުންނެއެވެ . އެއީ ޔާނާ ގެ ދިރިއުޅުމަށް ބަހާރު މޫސުން އަންނަ ކަން އިހުސާތައް ކުރެވޭތީއެވެ . އެތަކެއް ހުވަފެންތަކެއް ދެކެމުން އައެވެ .ނަމަވެސް ކާރު އެކްސިޑންޓް އެއްގައި ޔާނާ ލޯބިވެރިޔާ ވަނީ މިދުނިޔެ އާ ވަކިވެގެން ގޮސްފައެވެ .
ހަމުގެ ކުލަ ދޮން ، ލޮލުގެ ކަޅިރަވަ މަޑު ނޫކުލައަކަށް ދެއެވެ .އިސްކޮޅު ގޮތުން ދިގު ، ބުޅި އިސްތަށިގަނޑެއް ލިބިފައި ޔާނާ ހުންނަނީ މެދައް ހުޅި ޖަހާފައެވެ އެއީ ޔާނާ އަށް ފަސޭހަ ގޮތެއެވެ .
ކަންފަތައް އެއަރ ޕޮޑް އެއް ޖަހާލާގެން އެ އަންނަ ލަވައާ އެއްވަރަށް ކިޔަމުން ދެއެވެ .
” ދުރުވާން މަސަކަތް ކުރިޔަސް އިތުރަށް ހަމަ ލޮއިއްބޭ ވެވެނީ
ތިހަނދާން ފުހެވޭތޯ ބެލިޔަސް އިތުރަށް ތި ހިޔާލޭ ކުރެވެނީ ”
މިއީ ޔާނާ އަބަދުވެސް ކަހަލަ ގޮތަކަށް އަޑު އަހަމުން އަންނަ އެއް ލަވައެވެ . މިއީ ޔާނާ ދިރިއުޅުމާއި ވެސް ގުޅުހުރި އެއްލަވައެވެ .
” ދަރިފުޅާ ޔާނާ .. އަބަދު ތި ގޮތުގައި ނުވާނެ ހުންނާ ކަށެއް . މި ތަނަކީ ވަގުތީ ތަނެއް .. ޖެހޭނެ ކެއްތެރި ވާން …. ” ޔާނާ ގެ މަންމަ ( ޒަހުރިއްޔާ ) އެހެން ބުނުމާއެކު ، ޔާނާ ސިހިފައި ފަހަތް ބަލާލިއެވެ . ” ދެން މަންމާ … ތީ ތަ ” މޫނު ހަދާލުމަށް ފަހު ޔާނާ ބުނެލިއެވެ . ” ހިގާ ސައިބޯން ، ދަރިފުޅަށް އެންމެ މީރު އެއްޗިހި ހަދާފާ ހުންނާނީ ވެސް . އެއްވެސް އެއްޗެއް ނުކާ ނުވާނެ ހުންނާ ކަށެއެވެ . މީހާ ތިޔޮއް އަނަރޫފަ ވަނީ …. ” ( ޒަހުރިއްޔާ) ބުނެލިއެވެ .
ޒަހުއްރިޔާ ކަންބޮޑު ވަނީ ޔާނާ އާ ދޭތެރޭގައެވެ . ޔާނާ ނުކައި ހުއްޓާ ކޮއްމެ ފަދަ ކަމެއް ވެސް ވެދާނޭ ކަމުގެ ބިރު ޒަހުރިއްޔާ ހިތުގައި އޮވެއެވެ . ޒަހުރިއްޔާ އާއި އާދަމް ފުޅު ގެ އެންމެ ފުރާނަ ވީމާ ވެސް ވާނީ އެހެންނެއެވެ .
ހަވީރުގެ ފިނި މުޅި ޖައްވަށް ފެތުރިގެން ދިޔައެވެ . ކުރަމުން ދިޔަ ވިއްސާރަ ހަވީރު ގެ ވަގުތަށް ހުއްޓިފައި އޮތަސް އުޑު މަތި ވަނީ ކަޅު ކަމެއެވެ . ޔާނާ ވެސް އެކި މަސައްކަތުގައި އުޅެފައި ހަވީރު ގެ ވަގުތު ކަމުން ރަށުތެރޭގައި ހިނގާލުމަށް ދާން ތައްޔާރީ ތައް ވަމުން ދަނީއެވެ . މޭޒުމަތީގައި އޮތް ފޯން ރިންގުވާން ފެށުމުން ޔާނާ އާއެކު ކިޔަވަން އުޅުނު ކުއްޖެއް ޔާނާ އަށް ގުޅަނީއެވެ . އެއީ ސަމްރާ އެވެ . ސަމްރާ އަކީ ޔާނާ އަށް ސްކޫލް ދުވަސް ވަރު އުނދަގޫ ކުރި އެއް ކުއްޖެކެވެ . ޔާނާ އަބަދު ވެސް ސަމްރާ ދެކެ ވަނީ ނުލާހިކު ގަދަ ރުޅިއެކެވެ . އެހެން އޮވެގެން ފޯން ކެޑިއްޖެއެވެ .
2 ވަނަ ފަހަރަށް ރިންގް ވާން ފަށާފިއެވެ . އެ ގުޅަނީ އަނެއްކާ ވެސް ޝަމްރާ އެއެވެ . ” ކީކޭ ޝަމްރާ ! ކަމެއް ޖެހުނީތަ މިޔޮށް ހާ ދުވަހު ނުގުޅާ ހުރެ ހުރެފާ ތި ގުޅީ ؟ ” ޔާނާ ރުން ކުރު ގޮތަކަށް ސުވާލު ފަތި އަމުނާލިއެވެ .
” ނޫން ކަމަކު ނޫން . އަސްލު މި ގުޅީ މާފައް އެދެން ސްކޫލް ދުވަސް ވަރު ވީ ކަންކަމާ ، ޔާނާ ގެ ކުރީގެ ބީ އެފް ދޭތެރެއަށް ވަންނަށް އުޅެވުނީމާ ވެސް . މިހާރު އަހަންނަށް އިހުސާސް ކުރެވިއްޖެ . ޔާނާ އާއި ޔު އަރ ބީފް އަށް ލޯޔަލް ކަން ” ފެން ކަޅިވެފައި ވާ ޝަމްރާ ކިޔާ ދިނިއެވެ . ” އަދި ކިރިޔާ ދޯ ތި އިގުނީ މާފައް އެދެން .. މިހާރު އަހަރެން އެންމެ ލޯބިވާ އަދި އަހަރެން ހަޔާތުގެ ބައިވެރިޔާ ދުނިޔޭގައި ނެތް ކަން އިގުނީމާ ދޯ .. އެކަމަށް މާފެއް ނުކުރާނަން .. އެކަމް އެހެން ކަންތައްތަކަށް މާފް ކޮއްފިން … މަ ހިތަކުން ނުފިލާނެ ޝަމްރާ ތި ކުރި ކަންތައްތަކަށް ” ޔާނާ ފެން ކަޅިވެފައި ހުރި ގޮތަކަށް ބުނެލިއެވެ .
” ދަރިފުޅާ ޔާނާ! ކާކު އަށް ތި އެއްޗިހި ތި ކިޔަނީ … ކާކު ގުޅީ ” ޒަހުރިއްޔާ ލޯ ބޮޑޫވެފައި ބުނެލިއެވެ އެހެން ބުނުމުގެ އަޑާ އެކު ޔާނާ ހެދުން އިސްތިރި ކުރަށް ހުރެފައި ޔާނާ މަންމަ ގައިގައި ބާރަށް ބައްދާލުމަށް ފަހު ފެންކަޅިވެފައި ހުރި ދެލޮލުން ކަރުނަ ތައް އޮހޮރާލިއެވެ . ” މަންމާ މިއީ އަހަންނަ ޖެހިފައި ހުރި ބަދު ނަސީބެއްތަ … އަބަދު ކީއްވެ ތަ އެންމެން އެ ރޮއްވަނީ … އަހަރެން ގެ ކުށަކީ ކޮބާ …. ކީއްވެ ތަ އަހަރެން … ” މަންޔާނާ މަންމަ ކޮޑުގައި ބޯޅާލައިގެން ރޮމުން ކިޔާދިނެއެވެ .
” ދަރިފުޅާ ދެން ހުއްޓާލާ …. ކާކު ޚީކޭ ކީ ތާ ދަރިފުޅާ ޔާނާ” ޒަހުރިއްޔާ އޯގާތެރިކަމާއެކު ބުނެލިއެވެ . ޒަހުރިއްޔާ އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ޔާނާ އަށް އުފާވެރި ދިރިއުޅުމެއް ހޯދަދި ނުމަށެއެވެ .
ޔާނާ އަތުގެ ނުފުށުން ކަރުނަ ފޮހެލުމަށް ފަހު . ޔާނާ އަވަސް ވެ ގަތީ އޭނަ ކުރަމުން އައި މަސައްކަތަށެއެވެ އިސްތިރި ކުރުމަށެއެވެ . އެއީ ޔާނާ ހިތް ހަމަ ޖައްސާލުމަށްޓަކެވެ .
އިރުކޮޅެއްގެ ފަސް
” އަހާ … މަންމަ ގެ ޖަވާހިރު … ހާދަހާ ލޮއިއްބޭ މިޔަދު ….. މާޝާ ﷲ …. ” ހިނިތުން ވެލާފައި ޒަހުރިއްޔާ ބުނެލިއެވެ . ” މަންމާ މިއުޅެނީ ބޭރަށް ދާން …. މަންމަ ހިގާބާ ޔާނާ އާއެކު ބޭރަށް ގޮސްލަން …. ” ޔާނާ އެހެން ބުނުމަށް ފަހު ބޭރަށް ދާން ހިގައި ގަތެއެވެ . އަދި ޔާނާ ގެ ފަހަތުން ޒަހުރިއްޔާ ވެސް ހިގައިގަތެއެވެ . މިއީ 2 މައިން އަބަދު ވެސް ކުރަމުން އަންނަ އެއް ކަންތައްތަކެއެވެ . 2 މައިން ހުސް ވަގުތު ލިބޭ ވަރަކަށް ބޭރަށް ގޮސް މަޖާ ކޮށް ހަދައެވެ .
ޔާނާ ގެ ބައްޕަ އާދަމް ފުޅަކީ މަސްވެރިއެކެވެ . އާދަމް ފުޅު ރަށުގައި މަޑު ކުރާނީ ހަފްތާ އެކު 1 ފަހަރެއެވެ . ގިނަ ވަގުތު އުޅެމުން އަންނަނީ ކަނޑުމަތީގައެވެ . މަސް އައިން ހޯދުމަށެއެވެ . ރޭޖް ލިބޭ ހިސާބަކަށް އާދެވިއްޖެ ނަމަ … ޔާނާ އާއި ޒަހުރިއްޔާގެ ހާލު އަހުވާލު ބަލާ ހަދައެވެ .
2 ވަނަ ބަޔައް އިންތިޒާރު ކޮއްލަވާ
One Comment
Comments are closed.


v salhi mi part … keep it up …. plx uplod next part