Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
yaanaa 02
Featuredލޯބި

ޔާނާ 2

eddie
eddie Level 110 Stories
March 25, 2026 3 Mins Read
0 Comments

ނަމަވެސް ޔާނާ އަށް އޭގެއިން އެއްވެސް އަސަރެއް ނުމެ ކުރެއެވެ . ” ޔާނާ .. ދެން ތިހެން ނުހުރެ މީހަކާ އިންނަން ވީނު މަންމަ މެން ވަރަށް މާޔޫސް ވޭ ޔާނާ ތިގޮތަށް ހުންނާތީވެ ” ޔާނާ މަންމަ ( ޒަހުރިއްޔާ ) މަޑުމައިތިރި ކޮށް ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ .

ޔާނާ އަކީ ކުރީގައި ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ . އެހެން މީޙުންނާ ގުޅުން ބަދަހި ކުރާ ކުއްޖެކެވެ . ނަމަވެސް ޔާނާ އަށް ކަންތައްތައް ދިމާ ވި ގޮތުން ޔާނާ ގެ ދިރިއުޅުމަށް އެތަކެއް ގޮން ޖެހުންތަކައެއް އައިސްފައިވެއެވެ . މަޑުމައިތިރި ކަމުގެ މައްޗަށް ޔާނާ އިސް ކުރިއެވެ . އުފާވެރިކަން ޔާނާ ގެ ދިރިއުޅުން ބަދަލު ކުރީ ހިތާމާގެ ކޮޅިގަނޑަކަށެއެވެ . އެކަނިމައި އެކަނި ޔާނާ މާސިންގާ ކަނޑަށް ފަތަން ޖެހުމުންނެއެވެ . ހަށިގަނޑު ރީތި ކޮށް ހުރި ޔާނާ މިހާރު ހިކި އަނަރޫފަ ވެފައޭ ބުންޏަސް ދޮގަކަށް ނުމެ ވާނެއެވެ .

” ނޫނޭ މަންމާ އަދި އަހަރެން މީޙަކާ އިންނަ ހިޔާލެއް ނުކުރަން . މިހާރު ވެސް އަހަރެން ލޯ ކުރިމަތީ އަހަރެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ  ދިޔަ ގޮތް އަދިވެސް ހަނދާނުގައި އެބަ ހުރި . އެ ދުވަސް ތައް އަދިވެސް ހަނދާނުގައި އެބަ ހުރި .. ” ޔާނާ އިސްޖަހާލައިގެން އެ  ވާހަކަ މަންމަ އަށް ކިޔާދެމުން ދިޔައެވެ . ލޮއިއްބައްޓަކައި އެތަކެއް ޤުރުބާނީއެއް ވަމުން ދިޔަ ޔާނާ މުޅި ދުނިޔެ މަތިން ފޫހިވެގެން ދިޔައެވެ . ވިއްސާރަ އަކީ އޭނާ އެންމެ ލޯބި ކުރަމުން އަންނަ އެއް ކަންތައްތައް . ކޮޓަރީގައި އެއް ކަނެއްގައު ރޯލުމަކީ މިޔަދު ޔާނާ އަށް އާއްމު ކަމަކަށް ވެއްޖެއެވެ .

އެންމެ ގާތް ކޮށް އުޅުނު އެކުވެރިން ޔާނާ ވަނީ ދުރު ކޮށްލާފައެވެ .. އެއީ ޔާނާ ގެ އިހުސާސްތައް އެމީހުންނަށް ހާމަ ނުކުރުމަށްށެއެވެ . ބައެއް އެކުވެރިން ޔާނާ ފޯން އަށް ގުޅި ކަމަކު .. ޔާނާ އެ އަންނަ ފޯން ކޯލް ތަކަކަށް ޖަވާބު ދާރީ ނުވެއެވެ . ނުވުމުގެ ސަބަބުން އެ މީޙުން ޔާނާ އަށް މެސްޖް ތައް ކޮށް ކިހިނެއް ވީ ތޯ މެސްޖް ތައް ކުރަމުން ގެންދެއެވެ . އެމީހުން ޔާނާ ހޯދުމަށް ގެޔަށް ވެސް އާދެ . އެކަމަކު ޔާނާ އެ މީޙުންނާ ދިމާ ކުރާ އެއްވެސް ވިސްނުމެއް ނުގެންގުޅެއެވެ.

އަހަރެއް ފަސް

އެތަކެއް ހިތްދަތި ދުވަހެއް ޔާނާ އަށް ހިތްދަތި ދުވަސް ފާއިތުވެގެން ގޮސްފިއެވެ . ޔާނާ ގެ ދިރިއުޅުން އެތައް ކަމެއް ބަދަލު ތަކެއް އައިސްފައި ގޮސްފިއެވެ . މިޔަދު ޔާނާ ވަނީ މުޅިން އައު ދިރިއުޅުމެއް ގެ ޔާނާ ބަހާރު މޫސުމުގެ ކުލަ ތަކެއް ފެންނަން ކަހަލަ އެވެ .  ” މަންމަ ގެ ދަރިފުޅު މިޔަދު އުފާވެރި ކޮށް .. މިޔަދު މަންމަ ވަރަށް އުފާވޭ .. ޔާނާ އުފާވެރި މޫނު ފެންނާތީ ” ޔާނާ ގެ މަންމަ ޒަހުރިއްޔާ ބުނެލިއެވެ . ” އާން ! މަންމާ … މިއީ މަންމަ ދިން ނަސޭޙަތް … އިރާދަ ކުރެއްވިއްޔާ މަންމަ ގެ ދަރިފުޅު އުފާވެރި ކޮށް ފެންނާނީ …. ” ޔާނާ މަންމަ ގައިގައި ބައްދާލުމަށް ފަހު ބުނެލިއެވެ .

މިޔަދު ޔާނާ އަށް އެ ދުވަސް ތަކަކީ މާޒީވެގެން ދިޔަ ދުވަސް ތަކަކަށް ވަނީ ވެފައެވެ . ” ކަމަކުވާ ޔާނާ ! އެބަ އުޅެން ދޯ ! އަހަރެން ގުޅާ ގުޅާ ހަބަރެއް ނުވޭ ވިއްޔާ ! މެސެޖް އެއް ކުރިޔަސް އެޔަށް ރިޕްލައި ވެސް ނުދޭ ! ސީން ޒޯރން ކޮއްފައި ތި ބައިދަނީ ؟ ކިހިނެއް ތި އުޅެނީ ” ޔާނާ ގެ ކޮޑުގައި ޖަހާލުމަށް ފަހު ފިރާޝާ ބުނެލިއެވެ …. ” އާރ ! ފިރާޝާ .. ކޮން އިރަކު އައިސް ގެން ތި އުޅެނީ .. އަންގާ ވެސް ނުލާ ! ” ޔާނާ ބުނެލިއެވެ .

ޔާނާ އާއި ފިރާޝާ އަކީ ގްރޭދް 1 އަކުން ފެށިގެން ސްކޫލް ދައުރު ނިމެންދެން އުޅުނު އެއް އެކުވެރި އެކެވެ . 2 މީހުން 2 ރަށެއްގައި އުޅުނު ކަމުގައި ވިޔަސް . ފިރާޝާ އަކީ ޔާނާ ގެ ބެސްޓް ފްރެންޑް އޭ ވެސް ބުނެވިދާނެވެ. ފިރާޝާ އުޅެމުން އަންނަނީ ފިރާޝާ ގެ ދޮންބައްޕަ މެން ރަށުގައި ކަމުން 2 ކުދިން ވެސް ވާހަކަ ދައްކަމުން އަންނަނީ ސްނެޕް ޗެޓް އއަދި އެ ނޫން ވެސް އެޕް ތަކުން ނެއެވެ .

” އާން ދޯ ! އަސްލު ޔާނާ އުޅެން ޖެހުނީ އެހެން ކަހަލަ ދިރިއުޅުމެއްގައި ، އެކަކާ ވެސް ވާޙަކަ ދައްކާ މޫޑް އެއް ނެތް .. އެންމެ ގާތް އަދި އެންމެ ހެލްޕް ވެގެން ދިޔައީ މަންމަ ” ޔާނާ ބުނެލިއެވެ . ޔާނާ  ދެރަ ކޮށް ހުރި ދުވަސް ވަރު ޔާނާ އަޅާލުމާއި އޯގާތެރިކަން ލިބިގެން ދިޔައީ ނުހަނު  އޯގާތެރި ކަމާއެކުގައެވެ .

” އަހަރެން ކައިރީވެސް ބުނެލި ނަމަ . އަހަރެން ވެސް މީ ގާތް މީހެއް ވިއްޔާ ؟ އެކަމަކު ތިހާ ދުރު ކުރީމާ ވަރަށް ދެރަވެއްޖެއެވެ . ” ފިރާޝާ ބުނެލިއެވެ .  ” ފިރާޝާ … އައި. އެމް. ސޮރީ …. މިޔަދު އަހަރެން މޫވް އޮން ވެފާ މިހުރީ މަންމަ ބައްޕަ ގެ  އެހީ ގާ . އެ ދުވަސް ވަރު …. ” ޔާނާ އަށް ބުނެވުނީ އެހިސާބަށެއެވެ . ފިރާޝާ އަށް ޔާނާ ގެ މޫނަށް ބަލާލެވުނީ ޔާނާ ބުނަން އުޅޭ އެތި އެގޭ ހެން ހީވެގެންނެއެވެ . ޔާނާ އާއި ފިރާޝާ ވަކިވީ ފަހުން ދިމާވާނެ ކަމަށް ބުނެފައެވެ .

” މަންމާ ! އެއްކަލަ ފިރާޝާ އާ ދިމާވި ދެންމެ ! އެއްކަލަ ވާހަކަ ދައްކަން ފެށި ” ޔާނާ ގެޔަށް އައިސް މަންމަ ކައިރި ޝަކުވާ ކޮއްލިއެވެ . ” އެހެންތަ .. ދެން ފިރާޝާ ކައިރީ ހިއްސާ ކޮއްލާ . އެކަމަކު ދެރަ ނުވާތި ” ޒަހުރިއްޔާ ބުނެލިއެވެ .

ރޭގަނޑުގެ ހަމަ ހިމޭން ވަގުތެއެވެ . މަގުތައް މަތިން ފަޅުކަމެއް އޮތަސް ބައެއް ފަހަރު މަގުމަތިން ސައިކަލުގެ ދުއްވުން ތައް އިވެމުންދެއެވެ . ޔާނާ ފާޙާނާ އަށް ވަދެ މޫނު ދޮވުލުމަށް ފަހު ޔާނާ ނިކުތެއެވެ . ޔާނާ ގެ ކަންފަތުގައި ޖެހުނީ ޔާނާ ފޯނަށް ވައިބްރޭޓް ވާން ފެށުމުންނެއެވެ .  ފިރާޝާ އެވެ . ” އޭ ޔާނާ ! ތިގޭ ކުރިމަތީ މިހުރީ ނިކުމެބަލަ ” ޔާނާ ފޯނު ނެގިތަނުން ފިރާޝާ ބުނެލިއެވެ . ” އޯކޭ މި ނިކުންނަނީ ” ޔާނާ އެހެން ބުނުމަށް ފަހު  ފޯން ކަޑާލުމަށް ފަހު ޔާނާ ހިގައިގަތީ ގެއިން ބޭރަށެއެވެ. އެއީ ފިރާޝާ ބުނި ބުނުމަށެއެވެ .

ނުނިމެ

Share Article

eddie
Follow Me Written By

eddie

Level 110 Stories

Other Articles

Previous

އިންސާފު – ފުރަތަމަ ބައި

Next

މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

Next
March 25, 2026

މުޅި ކާއިނާތު އަހަންނާއި  ރުޅިހަދަނީ ކީއްވެހެއްޔެވެ؟

Previews
March 25, 2026

އިންސާފު – ފުރަތަމަ ބައި



All Right Reserved!